އުޑުމަތި ރީތިކޮށް އޮތްއިރު ހަނދު އޭގެ އެންމެ ފުރިހަަމަކަމާއި އެކީ މެދުއުޑުގައި ރަސްކަންކުރަމުންދިޔައެވެ. ޖަވާހިރުތަކެއްފަދައިން ކުދި ތަރިތައް ހަނދުވަށައި އެތުރިލައިގެން، ފިޔަޖަހަމުން ދިޔައެވެ. ޖެހޭ ފިނި ވައިރޯޅިތައް ގައިގައި ބީހިލަމުންދިޔައިރު، ގުދުރަތުގެ ރީތިކަމަށް ގެއްލިގެން ޒައިޝާންއާއި ރަޔަން ތިބީ ލ.މާމެންދޫ ނޯތްބީޗުގައެވެ. ވެލިގަނޑުމަތީ ދެމީހުންވެސް އޮށޯވެގެންތިބެ މާޒީގެ އެތައް ހަނދާނެއް އާކުރަމުންދިޔައެވެ. ލ. މާމެންދޫއަކީ ރަޔަންއާއި ޒައިޝާން އެންމެ ފުރަތަމަ ބައްދަލުވިތަނެވެ. ރަޔަންގެ މައިންބަފައިން، ރަޔަން ގޮވައިގެން މާލެއިން ބޭރަށްދިޔައީ ސްކޫލު ބަންދުވުމުން ޗުއްޓީ ހޭދަކޮށްލާށެވެ. އޭރު […]
ރަޔަން އެޕާޓްމަންޓްއަށް ވަންނަން ތަޅުދަނޑި ނެގުމަށްފަހު ދޮރުހުޅުވާލުމުން ކުރިމަތީގައިހުރި ސޫރަފެނި ބޮލުގައި ސުވާލުމާކެއް ޖެހުނެވެެ. ރަތްކުލައިގެ ކަކުލާއިހަމައަށް އަރާވަރުގެެ ހެދުމެއްލައިގެން، އުނަގަޑާއި ހަމައަށް އަރާ ރާޅުބާނީ އިސްތަށިގަނޑު ދޫކޮށްލައިގެން އެ އަންހެންކުއްޖާ އިނީ ސޯފާގައެވެ. ހަމުގެ ކުލަ ނުހަނު އަލި، ލިއުޅާފަތި ހަށިގަނޑަކާއި، ކަޅުކަންގަަަދަ ދެލޮލާއި، ދިގު އެސްފިޔަތަކެއް ލިބިފައިވާ މިކުއްޖާ ބޮޑަށް ވައްތަރީ ބޭރު ކުއްޖަކާއެވެ. މިކުއްޖާ އިންގޮތުން ބޭރު މޮޑެލަކާއިވެސް ވައްތަރެވެ. އަންހެންވަންތަކަމާއި، ރީތިކަމުގެ ފުރިހަމަ މިސާލެކެވެ. “ބް…ބްރޯ،…މި…މި އެޕާޓްމަންޓްގަ ޖިންނި އުޅެންފެށީ ކޮ… […]
ކޮލެޖް ގޭޓުދޮށުގައަ ހުއްޓިލައިގެން ހުރި ފިރިހެންކުއްޖާ ފެނި ކޮންމެ އަންހެން ކުއްޖެއްގެވެސް ހިތުގެ ތެޅުން ބާރުވަމުންދާކަން ގައިމެވެ. ކޮލެޖަށް ވަންނަންދާ ކޮންމެ އަންހެންކުއްޖެއްވެސް އެނބުރި ފަހަތްބަލާލަނީ އެޒުވާނާއަށް ލިބިފައިވާ ރީތިކަމަށް ތައުރީފްކޮށްލާ ހާލުގައެވެ. ނަމަވެސް މިއިން އެއްވެސްކަމަކަށްް ފަރުވާލެއްނުބަހައްޓާ އެ ޒުވާނާ ސައިކަލުގައި ލެނގިލައިގެން ފޯނާކުޅެންހުރީ އަންހެންކުދިންގެ ހިތް ކަރިލާގޮތަކަށެވެ. ފިރިހެންވަންތަ، ކަސްރަތީ ދޮން ހަށިގަނޑެއް ލިބިފައިވާއިރު، އެ ފުން، ކަޅުކަންގަދަ ލޮލުގައިވަނީ ތަފާތު އަސަރެކެވެ. ކަޅުކުލައިގެ އަތްދިގު ޓީޝާޓެއް ލާފައިވާއިރު ހަމަ އެކުލައިގެ ޖިންސެއް ލާފައިވެއެވެ. […]
ލޮތްބަކީ އެކު މީހުންނަށް އެކި ގޮތްގޮތަށް އިޙުސާސް ކުރެވޭ އެއްޗެކެވެ. ބައެއްމީހުންނަށް އެއީ ފޮނި މީރު އެއްޗަކަށްވާއިރު އަނެއްބަޔަކަށް އެއީ ހިތި ޒަހަރެއްފަދަ އެއްޗެކެވެ. ލޯބިވުމަކީ އިންސާނާގެ ފިތުރަތުގައިވާ އިޙުސާސަކަށްވާއިރު، މި މަތިވެރި އިޙުސާސްގެ ނަމުގައި އެތައްބަޔަކު އެތައް ޤުރުބާނީތަކެއްވެއެވެ. އެކު މީހުންނަށް އެކި ކުލަވަރުދައްކަމުން ދުނިޔޭގެ ފޮތުން ގަނޑަކަށްފަހު ގަނޑެއް އުކެމުންދެއެވެ. ދުވަސްތައް އޭގެ ބާރުމިނުގައި ވޭތުވަމުންދަނީ އެއްބައެއްގެ ދިރިއުޅުމުގައި ބަހާރު މޫސުމުގެ ކުލަވަރު ޖައްސާ އަދި އަނެއްބައެއްގެ ދިރިއުޅުން ޚަރީފު މޫސުމުގެ ގަދަކޮޅިގަނދުގައި ޖައްސާފައެވެ. […]
އެވަގުތު އޭނާއަށް ހޮސްޕިޓަލުން ފޯނުކޯލެއް އައެވެ. އޭނާ އެ ފޯނުކޯލަށް ޖަވާބު ދިނީ އެއީ އޭނާގެ ހިތްދަތިކަން ލުއިކޮށްދޭނެ ކޯލެއް ކަމަށް ހީކޮށެވެ. “އައްސަލާމުޢަލައިކުމް، ތިއީ ޒާއިމްތޯ؟”.”އާދެ ކިހިނެއްތޯވީ.” ދެން އިވިގެން ދިޔަ ޖުމްލައިން ހީވީ ޒާއިމްގެ ފައިދަށުން ބިންގަނޑު ދަމައިގަތް ހެންނެވެ. “ސިޔާނާ މިދުނިޔެއާއި ވަކިވެއްޖެ.” ޒާއިމްއަށް މި ޖުމްލަ އިވުމުން ކޮޅަށް ހުންނާނެ ހިތްވަރެއްވެސް ނުލިބުނެވެ. އެހެންކަމުން ކައިރީގައި ހުރި ގޮނޑީގައި އިށީންދެ، މޫނުގައި އަތްއަޅައިގެން އިނދެ ބާރަށް ރޮއިގަނެވުނެވެ. ވާނީވެސް އެހެންތާއެވެ. ތިމާ […]
ދޮރު ހުޅުވާލުމާއެކު ފެނުނު މަންޒަރުން ސިޔާނާ އަންބުރައިގެން ވެއްޓުނެވެ. މާގިނައިރު ތަކެއް ވަންދެން ބަލަންނުހުރެ ޒާއިމް އޭނާގެ އަންހެނުން ހިފެހެއްޓިއެވެ. އެވަގުތު އޭނާއަށްވެސް ބޭއިޚްތިޔާރުގައި ހަޅޭއްލަވައިގަނެވުނެވެ. ވާނީވެސް އެހެންތާއެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރަކީ އޭނާ ދުވަހެއްގެ ކޮޅުންވެސް ފެންނާނެކަމަށް ހީވެސްނުކުރާ މަންޒަރެއްކަން ޔަޤީނެވެ. އޭނާއާއި ސިޔާނާގެ ކައިވެންޏަން ލިބުނު ހަމައެކަނި ދަރިފުޅު، ވިޝާލް ދަންޖެހިގެން އޮތް މަންޒަރެވެ. މިފަދަ ހިތްދަތި މަންޒަރެއް ބަލަން ކެތްކުރެވޭނީ ކޮން މަންމަ އަކާއި ބައްޕައަކަށްހެއްޔެވެ؟. މިމަންޒަރު ފެނުމުން ޒާއިމްއަށް ހުރެވުނީ […]