ޖެހެމުންދިޔަ ވަޔާއި އުޑުމަތީގައި ބޯކުރަމުން ދިޔަ ވިލާތަކުން ހީވަނީ ހަމަ ދެންމެ ދެންމެ ކެރިގަނޑު އޮއްސާލަފާނެ ހެންނެވެ. އުޑުމަތީގައި މީގެ އިރުކޮޅެއްކުރިން ބަބުޅަމުންދިޔަ ތަރިތަކުގެ އެއްވެސް ހިލަމެއްނުވެއެވެ. ނާރުތައް ތޮރުފާލާކަހަލަ ފިނިވައިރޯޅިތައް އެޅެމުނދިޔައިރު ޒައިޝާންހުރީ އޭނާގެ އެޕާޓްމަންޓަގައި އޮންނަ ތަނަވަސް ބެލްކަނީގައެވެ. ބެލްކަނީގެ ރެއިލިންގައި އަތްއަޅުވާ ބާރުކޮށްފައިވާއިރު ޒައިޝާންގެ ސިކުނޑީގައިވަނީ ހައިޖާނުގަނޑެއް ހެދިފައެވެ. މީގެ ތިންއަހަރު ކުރީގެ މާޒީ އޭނާގެ ކުރިމަތީގައި ސިފަވަމުންދިޔައިރު ޒައިޝާންގެ ނަޒަރު ހުއްޓިފައިވަނީ އުޑުމައްޗަށެވެ. *********************************************************************************************** އެއީވެސް އެފަދަ ރެއެކެވެ. ބެލްކަނީ ރެއިލިންގައި […]
ޚިޔާލުތަކުގެ ތެރޭގައި ދާނެ އައްސޭރިއެއް ނެތި ގެނބެމުންދިޔަ ޒިވިޔަންއަށް ވަށައިގެން ވަމުންދިޔަ އެއްވެސް ކަމެއްގެ ހިލަމެއްނުވާކަހަލައެވެ. ގެއަށްއައިސް ވަތްއިރު ސޯފާގައިއިން ޒައިކް އެތައްފަހަރަކު ގޮވުމުންވެސް ޒިވިޔަންގެ ފަރާތުން ޖަވާބެއްނުލިބުމުން، ޒިވިޔަންއާދިމާލަށް ހިނގައިގަތެވެ. “ޒިވް، ދޮންބެ ކިތައްފަހަރު ގޮވައިފިންތަ؟”. ޒައިކް، ޒިވިޔަންގެ ގައިގައި ކޮށްޓާލުމުން، ޒިވިޔަން ބިރެއްފެނުންހެން ޒައިކްގެ އަތްފޮޅުވާލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ޒައިކް ކަން ރެޔަކާލުމުން މޫނުމަތިން ނުތަނަވަސްކަން ނުދައްކަން ޒިވިޔަން މަސައްކަތްކުރިއެވެ. “ކީ..ކީއްވެ ދޮ..ންބެ ގޮވީ؟”. ޒިވިޔަންއަށް ވާހަކަދެއްކުނީވެސް އަޅައަޅައިގަންނަމުންނެވެ. “ކިހިނެއްވެފަ ތިހިރީ؟”. ޒިވިޔަންއަށް […]
ވީރާނާވެފައިވާ އެ އިމާރާތުގެ ކޮންމެ ދިމާލަކުންވެސް ފެންނަމުންދިޔައީ ކަޅުއަނދިރިކަމެވެ. އިމާރާތުގެ އެކި ތަންތަން ހިރަފުސްވެފައިވާއިރު ކުޑަދޮރުތައްވެސްވަނީ ބިމާހަމަވެފައެވެ. ހާމައަށް ހުރި އެ އިމާރާތުގެ އެންމެމަތީބައިގައި، ޒުވާނުންތަކެއްތިއްބެވެ. އޭގެން ކޮންމެ މީހެއްވެސްހުރީ ކަޅު ހޫޑީއަކާއި، ހަމައެކުލައިގެ ޖިންސެއްލައި މޫނު ނިވާކޮށްގެންނެވެ. “އަހަރެން ކަލޭމެން މިތަނަށް ގެނައި ވަރަށްބޮޑު ކަމަކު ކިޔަންވެގެން، އެއްވެސް މީހަކު މިކަމުގައި ބައިވެރިވާން ބޭނުންނުވާނަމަ އަނބުރާ ދިޔުމަށް ފުރުސަތުދެން”. އެތަނުން އެކަކު، މޫނުގައި އަޅާފައިވާ މާސްކު ނިގާލަމުން ބުނެލިއެވެ. “ބައްލަވާ ބޮސް، އަޅުގަނޑުމެންނަށް ތި ކުރަންއުޅޭކަމުގެ […]
ތިންމަސް ފަސް….. ތިންމަސް ފާއިތުވެގެންދިޔައީ ހީވެސްނުކުރާހާ އަވަހަށެވެ. ދުނިޔޭގެ ފޮތުން ސަފްހާއަކަށްފަހު ސަފްހާއެއް އުކެމުންދިޔައީ އެކިމީހުންނަށް އެކިހާލު ޖައްސަމުންނެވެ. ތިންމަސްފާއިތުވެގެންދިޔައިރު، ރަޔަންއަކަށް އޭނާގެ މައިންބަފައިންވީ ހިސާބެއްވެސް ނޭނގެއެވެ. އޮފީހަށްގޮސް އެތައްފަހަރެއްގެމަތިން އެހުމުންވެސް ބުނީ އެއްވެސް މަޢުލޫމާތެއް ނުލިބޭކަމަށެވެ. ރަޔަން އަމިއްލައަށްވެސް އެތައްފަަހަރެއްގެމަތިން އެމީހުން ހޯދަން އެތައް މަސައްކަތެއްކޮށްފިއެވެ. ނަމަވެސް، އެއްވެސް ކުރިއެރުމެއް ލިބިފައެއްނެތެވެ. އިރުއޮއްސެމުންދިޔަ ވަގުތު ރަތްވިލާތަކުގެ ދަޅަތަކުން މުޅިއުޑުމަތިވަނީ އެއްކުލަކުރުވާފައެވެ. ދުނިޔެމަތި އަނދިރިވަމުން ދިޔަވަރަކަށް ހަވީރު ފިނިބުރުޖަހަން އުޅުނުމީހުންވެސްދިޔައީ މަދުވަމުންނެވެ. އޮއްސެމުންދިޔަ އިރުގެ އެންމެފަހު ދޯދިތައް […]
ރަޔަން، ޒިވިޔަން ލާފައި ގެއަށްއައިސް މިސްރާބުޖެހީ ރިޔާނާއާއި ރިޔާދު އުޅޭ ބަޔަށެވެ. މަންމަމެންނާއެކު ސަކަރާތްޖަހާނުލާތާ ދުވަސްކޮޅެއްވުމުންނެވެ. ކިތަންމެ އުމުރުން ދުވަސްވިޔަސް، ކަށީގައި ހަރުލާފައިވާ ކަންކަމީ ބަދަލުވާނެ ކަންކަމެއްނޫނެވެ. އެ އެޕާޓްމަންޓްގެ ޑަބަލްކީ ހިފައިގެންގޮސް ދޮރުހުޅުވާލުމުން ރަޔަންއަށް މަރުޚަބާކީ ހަމަހިމޭންކަމެވެ. ހުރިހާ ބޮތްކެއް ނިއްވާފައިވުމުން މަންމައާއި ބައްޕަ ނޫޅޭކަން އެނގެއެވެ. ނަމަވެސް ދިޔަތަނެއް ހަމަ އެއްގޮތަކަށްވެސް ނޭނގެއެވެ. އެހެންކަމުން ރަޔަން ވިސްނީ އެމީހުންނަށް ގުޅާލާށެވެ. ފޯނުނަގާ ދެތިންފަހަރު ގުޅާލުމުންބުނީ ފޯނުނިއްވާލާފައިވާ ކަމަށެވެ. އެވަގުތު ރަޔަންގެ ލޮލުގައި އަޅައިގަތީ ފްރިޖް […]
ބަދަލް ވާހަކައިގެ ލޮބުވެތި ކިޔުންތެރިންނަށް މި އިޢުލާނަކީ “ބަދަލް” ވާހަކައިގެ ކިޔުންތެރިންނަށް އަމާޒުކޮށް ކުރެވޭ އިޢުލާނެކެވެ. އަޅުގަނޑު މި ވާހަކަ ލިޔުން މެދުކަނޑާލަން ޖެހުނީ އިމްތިހާނު ފެށޭތީކަން އަންގަމެވެ. ނަމަވެސް، އިމްތިހާނު ނިމުމާއެކު ވާހަކަ ލިޔުން ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަމެވެ. އަދި ހަމައެހެންމެ، ވަގުތު ލިބޭ މިންވަރަކުން ވާހަކައިގެ ބައިތައް އަޕްލޯޑްކުރަމުން ގެންދާނެ ވާހަކަވެސް ދަންނަވަމެވެ. ވީމާ، ކެތްތެރިކަމާއެކު އިންތިޒާރުކޮށްލެއްވުން އެދެމެވެ. ޝުކުރިއްޔާ.
5 ދުވަސް ފަސް…….. އުޑުމަތީގައި ވިލާކޮޅެއްވެސް ނެތި އޮމާން ބިއްލޫރިކޮޅެއްފަދައިން ވިދާވިދާ އޮތްއިރު އަލިމަސްތަކެއްފަދަ ތަރިތައް އުޑަމަތި އަލިކުރަމުންދިޔައެވެ. މެދު އުޑުގައި ބަބުޅަމުންދިޔަ ސާދަވިލޭރޭގެ ހަނދުވެސް އިނީ ހިނިތުންވެލައިގެންނެވެ. ހަނދުވަރުގެ އަލިން ފެންވަރަމުންދިޔަ ގަސްތައް، ޖެހެމުންދިޔަ އަރާމު ވައިރޯޅިތަކުގައި ނަށަމުންދިޔައެވެ. ދުވަސްތަކަކަށްފަހު މި ފުރިހަމަ ރޭގަނޑުގެ ރީތިކަމަށް ގެއްލިފައި ރަޔަންއާއި ޒިވިޔަންތިބީ ވިލިނގިލީ، ބީޗުގެ ދޮންވެލިގަނޑުމަތީގައެވެ. ޒައިޝާން ދޫކޮށްލީ ދެދުވަސް ކުރިންކަމުން، ރަޔަންއަށް ޒިވިޔަންއާއެކު އެއްވެސްގޮތަކަށް އެކަނިވެލާނެ ފުރުސަތެއްނުލިބެއެވެ. ޒައިޝާން ބަލިވުމުގެ ކުރިންވެސް ލާމަށް ދިޔުމުގެ ކުރިން، […]
ދޮރު ހުޅުވާލާފައި މަޑުމަޑުން އެތެރެއަށް ވަނުމާއެކު ރަޔަންގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ލޯމެރިފައިއޮތް ޒައިޝާންއެވެ. ޒައިޝާންގެ މޫނުމަތިން ފެންނަމުންދިޔައީ ވޭނީ އަސަރުތަކެވެ. ހީވަނީ ދިރުންނެތިފައިވާ މީހެއް ފެނުނުހެންނެވެ. އެމޫނު ފެނުމުން ރަޔަންއަށް ސިފަވަމުންދިޔައީ ޒައިޝާން ނޭވާނުލެވިގެން ތެޅިފޮޅުނު މަންޒަރެވެ. މުޅި ކޮޓަރިތެރެއަށް ވެރިވެފައިވާ މަރުފަދަ ހިމޭންކަން ފޫއަޅުވާލާ، އިވެމުންދިޔައީ ޒައިޝާން ގަޔަށް ގުޅުވާފައިވާ މެޝިނުތަކުގެ އެކަންޏެވެ. އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް އެކި ޒާތްޒާތުގެ މެޝިނު ގުޅުވާފައިވާއިރު، އެ ފިރިހެންވަންތަ ހަށިގަނޑުވަނީ އެއްކޮށް ވަރުދެރަވެ، ބަލިކަށިވެފައެވެ. ޒައިޝާން […]
އައިސީޔޫ ބޭރުގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ރަޔަން ހުރީ ޑޮކްޓަރު އަންނާނެ އިރަކަށް އިންތިޒާރުގައެވެ. ޒައިޝާން ހޮސްޕިޓަލަށް ގެނައިފަހުން ފެންފޮދެއްހާ މިންވަރުވެސް އަރުތެރެއިން އެތެރެވެފައިނުވާއިރު ހޮސްޕިޓަލުން ބޭރަށްވެސް ރަޔަން ގޮސްފަކާނުވެެއެވެ. ޒިވިޔަން ކިޔައިގަނެގެންވެސް ރަޔަން ދާން އެއްބަސްވީ ކެންޓީނު އޭރިޔާއަށެވެ. ނަމާދުވެސްކުރީ ހޮސްޕިޓަލުގައި ހުންނަ ނަމާދުކުރަން ޚާއްސަ ކޮޓަރީގައެވެ. ރަޔަންއަށް ވެފައިވާ ވަރުފެނި އެންމެންވެސް ތިބީ ކަންބޮޑުވެފައެވެ. ތަނެއްގައި އިށީންނަންވެސް ބޭނުންވެފައިނުވާއިރު ރަޔަންގެ ކެތްތެރިކަންވަނީ ކޮޅުންލައިފައެވެ. މިހެން ދެކޮޅަށް ދެކޮޅަށް ހިނގަހިނގާ ހުއްޓާ ޑޮކްޓަރު […]