Skip to content
އެސްފިޔަ

ބަަދަލް….2

ރަޔަން އެޕާޓްމަންޓްއަށް ވަންނަން ތަޅުދަނޑި ނެގުމަށްފަހު ދޮރުހުޅުވާލުމުން ކުރިމަތީގައިހުރި ސޫރަފެނި ބޮލުގައި ސުވާލުމާކެއް ޖެހުނެވެެ. ރަތްކުލައިގެ ކަކުލާއިހަމައަށް އަރާވަރުގެެ ހެދުމެއްލައިގެން، އުނަގަޑާއި ހަމައަށް އަރާ ރާޅުބާނީ އިސްތަށިގަނޑު ދޫކޮށްލައިގެން އެ އަންހެންކުއްޖާ އިނީ ސޯފާގައެވެ. ހަމުގެ ކުލަ ނުހަނު އަލި، ލިއުޅާފަތި ހަށިގަނޑަކާއި، ކަޅުކަންގަަަދަ ދެލޮލާއި، ދިގު އެސްފިޔަތަކެއް ލިބިފައިވާ މިކުއްޖާ ބޮޑަށް ވައްތަރީ ބޭރު ކުއްޖަކާއެވެ. މިކުއްޖާ އިންގޮތުން ބޭރު މޮޑެލަކާއިވެސް ވައްތަރެވެ. އަންހެންވަންތަކަމާއި، ރީތިކަމުގެ ފުރިހަމަ މިސާލެކެވެ.

“ބް…ބްރޯ،…މި…މި އެޕާޓްމަންޓްގަ ޖިންނި އުޅެންފެށީ ކޮ… ކޮންއިރަކު…ހިނގާބަ ދުއްވައިގަންނަން ޕްލީޒް މޭން… މަ ބެނުމެއްނޫނޭ އަދި މަރުވާން….ޕް… ޕްލީޒް….ރަޔަން، މަ މަރުވެއްޖެއްޔާ މަންމަ ކައިރި ބުނެދޭތި ވަރަށް ލޯބިވެއޭ އިނގޭ… އެންޑް ބޭގްތެރޭގަ އޮންނާނެ ސައިކު ތަޅުދަނޑި، އޭތި ރަނގަޅަށް ބަލައިދޭތި…ވަ…ވަރަށް ލޯބޮވެ އިނގޭ ބްރޯދެކެވެސް.” ޒައިޝާން އެ ހުރިގޮތަށްހުރެ، ތުރުތުރުއަޅާ ހާލު ފަތިވަރު ގުނަމުން، ވަސިއްޔަތް ކުރަމުން ދިޔައެވެ. ޒައިޝާންއަކީ އެންމެ ކުޑައިރުން ފެށިގެންވެސް ފިނޑި މީހެއްކަން ރަޔަން ދަނެއެވެ. އަދި މިހާރުވެސް ރޭގަނޑު ނިދާއިރު ކޮޓަރީގެ ހުރިހާ ބޮތްކެއް ދިއްލައިގެން ނިދާކަންވެސް އެނގެއެވެ. އެކަމަކު މި ރޯމާ ދުވާލު މިވަރުވާނެކަމަކަށް ރަޔަން ހިއެއްނުކުރެއެވެ.

ކުރިމަތީ އިން އަންހެންކުއްޖާއަށްވެސް ޒައިޝާންއަށް ވާގޮތްފެނި ހިނިގަނޑު މަތަކުރެވެނީ ހަމަ ކިރިޔާއެވެ. “ބްރޯ… ހަމަޖެހިބަލަ އިހަށް، އަދި ތިވަރުވާކަށް ނުވެއެންނު… ރަނގަޅަށް ނޭވާ ލާބަލަ، އަދި އިރާދުކުރެއްވިއްޔާ ޝާން މަރުވާކަށްނުވެއޭ..މަމިހިރީއެއްނު، އެހެންމަ ހަމަޖެހިބަ އިހަށް.” ޒައިޝާން ކޮނޑަށް އަތްވައްޓާލަމުން، އޭނާ ކުޑަކޮށް ހަމައަކަށްއަޅުވާލަން ރަޔަން ބުނިއެވެ. “އޯކޭ، ސޯ….ޝާން، މީޓް މައި ލަވްލީ ގާރލް އައިޝަތު ޒިވިޔަން ޒަމްހާން… ޔޫ ކޭން ކޯލް ހާރ ޒިވް…. އެންޑް ޒިވް، މީޓް މައި ޗައިލްޑްހޫޑް، އެންޑް އޯލްޓައިމް ބެސްޓީ، މުހައްމަދު ޒައިޝާން ބިން ޒިޔާން…. ލޯބިނުވިޔަސް ލޯބިވާކަމަށް ހެދިގެން ލޯބިން ވީ ކޯލް ހިމް، ޝާން.” ޒިވިޔަން ގާތަށްގޮސް އޭނާ އުނަގަނޑުގައި އަތްވަށާލައިގެން އިނދެ، ލާނެތް ހިނިތުންވިމަކާއިއެކު ރަޔަން ބުނެލިއެވެ. “ނައިސް ޓު މީޓް ޔޫ ޝާން…. ރަޔަންގެ ބެސްޓީއަކިީ ހާދަ ފިނޑި ކުއްޖެކޭދޯ…ދެންމެެސް ޒިވް ފެނިފަ ކިރިޔާ ވިއްޔަ ހޭނުނެތުނީ… އަޅެ ޒިވް ހަމައެހާވެސް ބިރުވެރީތަ؟” ޒިވިޔަން ސަލާމްކުރަން އަތްދިއްކޮށްލަމުން ކުޑަކޮށް ޒައިޝާންއާއި ދިމާކޮށްލިއެވެ. ޒިވިޔަން މިހެންބުނުމުން ޒައިޝާން ގަތްލަދުން ބިންފަޅާފައި އަޑިޔަށްދާނެނަމައޭވެސް ހިތަށްއެރިއެވެ. އޭނާމީ ކޮންކަހަލަ ފިރިހެނެއްހެއްޔެވެ؟، އަންހެންކުއްޖެއް ފެނިގެން މިވަރު ވާންޖެހޭ ހެއްޔެވެ؟. ފިރިހެނުންގެ ތެރޭގައި އޭނާ ހިމެނޭނެކަމާއިމެދުވެސް މިހާރު އޭނާއަށް ޝައްކެވެ. ސިކުނޑިއަށް އަންނަމުންދިޔަ ހިޔާލުތައް އެއްފަރާތްކޮށްލުމަށްފަހު ފާޑަކަށް ބޯކަހާލާފައި އޭނާވެސް ޒިވިޔަން ސަލާމަށް ދިއްކޮލި އަތުގައި ހިފަމުން ސަލާމްކޮށްލިއެވެ. “ނަ….ނައިސް ޓު ފައިނަލީ މީޓް ޔޫ ޓޫ ޒިވް…. އާނ ބިރުގަންނާނެއެންނު މި ރަޔަންއަކީ އެންމެ ކުޑަމިނުން ރިޔާނައްތައާ ރިޔާދުބެއާވެސް މި އެޕާޓްމަންޓްއަށް ވައްދާ މީހެއްނޫންވިއްޔަ… ދެން ކުއްލިއަަކަށް އަންހެންކުއްޖެއް ވައްދާނެކަމެއް ކިހިނެއް އިނގޭނީ.” ޒައިޝާން މިހެން ބުނެލުމުން ޒިވިޔަންއާއި ރަޔަން ހިނިގަނޑެއްޖަހާލިއެވެ. “އާނ އެހެން ބުނީމައޭ، ޒިވް ކިހިނެއް ވަނީ؟…. ވިޗް ވިންޑޯ ޑިޑްޔޫ ބްރޭކް؟.” ރަޔަން އަދިވެސްހުރީ ޒިވިޔަން އޭނާގެ އެޕާޓްމަންޓަށް ވަތްގޮތް ނޭނގިފައެވެ. “ޗިލެކްސް ރަޔަންންން… އައި ޑިޑިންޓް ބްރޭކް އިން….. އިއްޔެ ރަޔަން ޒިވް ގޮވައިގެން ދުއްވަން ގޮއްސަ ގެއަށްދިޔައިރު މީތި އޮތީ ޕޮކެޓްއިން ވެއްޓިފަ… ރަޔަން ދިޔަފަހުން ޒިވްއަށްވެސް ފެނުނީ، ދެން ހިތަށްއެރީ ސަޕްރައިޒްއެއް ދޭން.” ޒިވިޔަން އަތުގައިއޮތް ރަޔަން އެޕާޓްމަންޓްގެ ޑަބަލްކީ ދައްކާލާފައި ބުނެލިއެވެ. ރަޔަންވެސް ހިނިގަނޑެއްޖަހާލާފައި ފުންނޭވާއެއް ބޭރުކޮށްލިއެވެ. ރަޔަންގެ އެޕާޓްމަންޓަކީ އޭނާ ނުލާހިކު ލޯބިން ބަލާ ތަނެކެވެ. އޭނާ ޚުދު މަންމައާއި ބައްޕައަށްވެސް އެތަނަށް ވަންނަ ތަޅުދަނޑިިއެއްނުދެއެވެ. އެމީހުންނަށްވެސް އެތަނަށް ވަދެވޭނީ ރަޔަން ގޭގައި އުޅޭގަޑީގައި އެކަނިއެވެ. އެތަނަށް ވަންނަ ޑަބަލްކީ އޮންނާނީ ހަމައެކަނި ޒައިޝާން އަތުގައެވެ. ކުރީދުވަހު ޒައިޝާން އަތުން އެ ތަޅުދަނޑި ބިނދިގެން އާ އެއްޗެއް ހަދައިގެން ނުދެވި އުޅެނިކޮށް އޭތި ޒިވިޔަންގެ އަތަށް އެރީއެވެ. “އޯކޭ ޑާލިން….ދެން ޒިވް ދަނީ އިނގޭ، ތިއްތި އެބައިން ބަލާ އައިއްސަ…ޓޭކް ވެރީ ގުޑް ކެއާ އޮފް ޔުއާސެފްސް.” ޒިވިޔަން ރަޔަން ގައިގައި ބައްދާލަމުން ބުނެލިއެވެ. ރަޔަންވެސް ޒިވިޔަން ދިއުމުން ޒައިޝާން ގޮވައިގެން އޭނާ ގެއަށްލާން ދިޔައެވެ. ދިޔަ މަގުމަތީގައި ޒައިޝާން ކަމަކަށްއޮތީ ރަޔަންއާއި ދިމާކުރުމެވެ. ޒައިޝާން ދިމާކުރާވަރުން ބޮލަށް އުނދަގޫވެގެން އަނެއްކާ އަނެއް ކަންތަކާ ލައިގަތީއޭ ރަޔަން ހިތަށްއެރިއެވެ.

ދުވަސްތައް އޭގެ ބާރުމިނުގައި ފާއިތުވަމުންދިޔައެވެ. ގިނަދުވަސްވަމުންދިޔަ ވަރަކަށް ޒިވިޔަންއާއި ޒައިޝާންގެ ގުޅުންވެސްދިޔައި ވަރުގަދަވަމުންނެވެ. އަދި ހަމައެހެންވެ، ރަޔަން އާއި ޒިވިޔަންގެ ލޯބިވެސްދަނީ ދުވަހެއް ދުވަހަކަށް ކުރިލާ ހެދި، ބާރުގަދަވަމުންނެވެ.  ޒިވިޔަން އާއި ޒައިޝާންއަކީ ދާދި އެއް މިޒާޖެއްގެ ދެމީހުންކަމުން ދެމީހުން އެއްތަންވިއްޔާ އޮންނަނީ ކޮންމެސް ސަކަރާތެއް ޖެހުމެވެ. ރަޔަންއަކީ މީހުންގެ ކުރިމަތީގައި މާ އަނގަގަދަ, ސަކަރާތްޖަހާއުޅޭ މީހެއް ނޫނެއްކަމަކު ގާތްމީހުން ކުރިމަތީގައި އޭނާއަކީ މުޅިން ތަފާތު މީހެކެވެ. “މޭން…. ހިނގާބަ މަށާ އެއްކޮށް ލާމަށް ޖައްސާލަން ފޮ އޯލްޑް ޓައިމްސް ސޭކް…ޝާން ކޮލެޖަށްވެސް ދާކަށް ނުޖެހެއެއްނު… މަވެސް އަހަރެއްވަރު ބްރޭކެއް ނަގާފަ ޖޮބަށްދާނީ… ސޯ އައި ވޯންޓް އެންޖޯއީ ކޮށްލަން.” ސުނާމީބިނާ ކައިރި ޕާކްކޮށްފައިހުރި ޒައިޝާންގެ ސައިކަލު ކައިރި ސައިކަލު ޕާކްކޮށްލުމަށްފަހު ރަޔަން ބުނެލިއެވެ. “ދެން ބްރޯ…. މަ ނެތޭ ދާހިތެއް، ކޮބާތަ ޒިވް އޭނަ ގޮވައިގެން ދޭބަ.” ޒައިޝާން ވާހަކަދެއްކި ގޮތުންވެސް ކޮންމެސް ކަމެއް ގޯސްވެއްޖެކަން ރަޔަންއަށް ނަގައިގަނެވުނެވެ. “ދެން ޝާން….. ޒިވް ގޮއްސިއޭ އޭނަ ދޮންބެ ގްރެޖުއޭޝަންއަށް ޔޫކޭއަށް، ބުނީ ލައިކް މަންތެއްވަރު ކޮށްފަޔޯ އަންނާނީ.” ރަޔަން އާދޭސްކުރާ ރާގަށް ބުނެލިއެވެ. “ދެން އެހެންވިއްޔާ ނުދާނީ މިހާރު، ދެން ޒިވް އައިމަ ދެމީހުން ދޭ.” މިހެންބުނެ ޒައިޝާން ސައިކަލަށްއަރަން އެންބުރުމުން ރަޔަން އޭނާގެ މުލައްދަނޑީގައި ހިފާ ހުއްޓުވިއެވެ. “ޝާން… ކިހިނެއްވެފަ ތިހިރީ އަނެއްކާ ކަމެއް ގޯސްވީތަ… ޑިޑް ޒީނައްތަ އޯ ޒިޔާންބެ ސޭ އެނީތިންގް؟.” ރަޔަން އަހާލީ، އޭނާއަށް ޔަޤީންވިޔަސް ޒައިޝާންގެ ދުލުން އަޑުއަހަން ބޭނުންވާތީއެވެ. “ނޫން ނުބުނޭ.” ޒައިޝާންދިނީ ކުރުޖަވާބެކެވެ. “ކަމޯން މޭން…. ޑޯންޓް ލައި ޓުމީ… އައި ހޭވް ނޯން ޔޫ ސިންސް ވީ ވާރ ޖަސްޓް އެއިޓް… ސޯ މަށަށް ޝާން އޮޅިފައެެއްް ނޯންނާނެދޯ…. ދެންވެސް ނުފޮރުވާ ބުނެބަ ކީއްތަވީ؟.” ރަޔަން ޔަޤީންކަމާއެކު ބުނުމުން ދެން ޒައިޝާން އިތުރަށް ފޮރުވާކަށް ނޫހަދައެވެ. އެއީ ކުޑައިރުވެސް ހާލެވެ. ރަޔަންއަށް ދުވަހަކުވެސް ޒައިޝާންއެއް ނޯޅޭނެއެވެ. ޒައިޝާން ކުޑަކޮށް ހިތްހަމަނުޖެހިފައި ހުއްޓަސް ރަޔަން އަށް އެނގޭނެއެވެ. ހަމައެފަދައިން ރަޔަންވެސް ކަމަކާ ފިކުރުބޮޑުވެގެން އުޅެންޏާ ޒައިޝާންއަށްވެސް އެނގޭނެއެވެ. ކިތަންމެ ފޮރުވަން އުޅުނަސް އެކަކު އަނެކަށް އިހުސާސްތަކެއް ނުފޮރުވޭނެއެވެ. އެއަށްވުރެ ބޮޑަށް ދެމީހުންވަނީ އެކަކު އަނެކަކު ދަސްކޮށްފައެވެ. “ޑޭޑް ބުނީ ޝާން ސައިކު ވިއްކާލާނަމޯ ދުވަސްކޮޅަކުން… މާބާރަށޯ ދުއްވަނީއޯ ބުނެބުނެ ރަނގަޅެއްނުވިއެއްނޫންހޯ ދެން އެންމެ ރަނގަޅު ގޮތަކީ އެއީއޯ.” ޒައިޝާން މާޔޫސްވެފައިހުރެ ބުނެލިއެވެ. “މަށަށް އޭރުވެސް ހީވިއޭ ތިކަހަލަ ކަމެއްކަން… އަސްލު ޒިޔާންބެ އެބުނީ ހަމަ ރަނގަޅު ވާހަކައެއް، ޝާން ސައިކު ދުއްވާއިރު ތަނެއް ދޮރެއް ބަލާނުލާނެ، މިއޮއްބޮޑު މާލޭގަ އެހެން ދުއްވާނީ ކިހިނެއް؟، ވެހިކަލްސް ފުރިބާރުވެފަ، ކަމެއްވާނީ ބުނެފައެއް ނޫނެއްނު… މަވެސް ބިރުގަނެ ޝާން ދުއްވާތަން ބަލަން އަދި ހާއްސަކޮށް ބްރިޖްގަ، ނަސީބެއް ކޮޕުން ނުހިފަހައްޓާކަން… އެކަމް އައި ވިލް ޓޯކް ޓު ހިމް ޑޯންޓް ވޮރީ… ބަޓް އޮންލީ އިފް ޔޫ ޕްރޮމިސް ޓު ޑްރައިވް ބަލައިގެން، އެންޑް އިފް ޔޫ ޕްރޮމިސް ޓު ގޯ ލާމަށް ވިތްމީ.” ސްޓައިލްކޮށްފައިވާ ޒައިޝާންގެ އިސްތަށިގަނޑު ހާވާލަމުން ރަޔަން ބުނެލިއެވެ. “ތޭންކްސް ބްރޯ… ފޮ އޯލްވޭސް ބީއިންގް ދެއާރ ފޯރ މީ… އެންޑް ޔެސް ޕްރޮމިސް ފޮ ބޯތް.” ޒައިޝާން އެނާގެ އިސްތަށިގަނޑު ރަނގަޅުކޮށްލަމުން ބުނެލިއެވެ. “އޮފްކޯޒް… ޔޫކޭން އޯލްވޭސް ކައުންޓް އޮން މީ…. އެހެންމަ ޓިކެޓް ނަގާނަން ފޯ ނެކްސްޓް ވީކް.” ޒައިޝާން އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލިއެވެ. ދެމީހުންވެސް ސައިކަލަށް އަރައި ސްޓާޓްކޮށްލީ އިރުއޮއްސި ބަންގި ގޮވުމުން މިސްކިތަށް ދިއުމަށެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (8)

  1. hanna

    UNKNOWN_07 don’t mind me asking this pls!
    are you a boy??

    1. UNKNOWN_07
      hanna

      ahahaha nooneyyy imma girl…..
      kihineh v anehkaa????

    2. hanna
      hanna

      bcs eyneenu leekko kiyaa kuhjjeh she cmmnt kohffa inehnu last part ga vx bro kiyaafa ehnve…
      jst to clear my confusion

  2. leekko

    Mi part vx vrh reethi ❤️❤️❤️
    aaaaaaaaaaaaaaah loabi gandaa thi vhk world ah alhugandu gendhebalaaa…
    next part when??
    avahah up kohdheeba dhn nuhureveyne maa dhigu inthizaaruga eh…
    vrh loabiveyyyy luving 😘

    1. UNKNOWN_07
      leekko

      THANK YOOUUU SMMMMM LEEKKO
      hingaaa avahah dhaaannnn
      next part mi week thereyga up kureveythwww balaanannnnnnn IA
      eheheh nujeheyne maa dhigu inthizaareh kuraakah
      LOABIVEYYYYYYYY MOREEEEE
      THANKS FOR COMMENTINGGGG

  3. UNKNOWN_07

    ohh okayhhh
    btw thanks for commentinggg

  4. cutie girl

    mi part ves v reethi masha allah
    curiously waiting for next part
    keep it up

    1. UNKNOWN_07
      cutie girl

      THANK YOUUUUU
      NEXT PART MI WEEK THEREYY UP KOHDHEVEYTHW BALAANANN
      THANKS FOR COMMENTINGGGG

Comments are closed.