Skip to content
އެސްފިޔަ

ފެނުގެ ކުލައިގައި ފިލައި ދިޔަ ހުވަފެން

ދޮރު ހުޅުވާލުމާއެކު ފެނުނު މަންޒަރުން ސިޔާނާ އަންބުރައިގެން ވެއްޓުނެވެ. މާގިނައިރު ތަކެއް ވަންދެން ބަލަންނުހުރެ ޒާއިމް އޭނާގެ އަންހެނުން ހިފެހެއްޓިއެވެ. އެވަގުތު އޭނާއަށްވެސް ބޭއިޚްތިޔާރުގައި ހަޅޭއްލަވައިގަނެވުނެވެ. ވާނީވެސް އެހެންތާއެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރަކީ އޭނާ ދުވަހެއްގެ ކޮޅުންވެސް ފެންނާނެކަމަށް ހީވެސްނުކުރާ މަންޒަރެއްކަން ޔަޤީނެވެ. އޭނާއާއި ސިޔާނާގެ ކައިވެންޏަން ލިބުނު ހަމައެކަނި ދަރިފުޅު، ވިޝާލް ދަންޖެހިގެން އޮތް މަންޒަރެވެ. މިފަދަ ހިތްދަތި މަންޒަރެއް ބަލަން ކެތްކުރެވޭނީ ކޮން މަންމަ އަކާއި ބައްޕައަކަށްހެއްޔެވެ؟. މިމަންޒަރު ފެނުމުން ޒާއިމްއަށް ހުރެވުނީ ގަންޑުވެފައެވެ. އިންތަނުން ގުޑާލަން އިރުކޮޅެއް ނެގިއެވެ. ނަމަވެސް ތެދުވެ، ހަމައަކަށް އެޅިލާފައި ސިޔާނާ އާއި ވިޝާލް ހޮސްޕިޓަލަށް ގެންދިއުމަށް އަވަސްވެގަތެވެ. އަވަހަށް ޖީބުން ފޯނުނަގާ އެންބިއުލާންސަށް ގުޅިއެވެ. މާގިނައިރުތަކެއްނުވެ އެންބިއުލާންސް ހ.ރޯސްވިލާ ކައިރިއަށް މަޑުކޮށްލިއެވެ. ޒާއިމް ގައިގައި ހުރި ބާރަކުން ސިޔާނާ އާއި ވިޝާލްގެ ފުރާނަނެތް މަސްގަނޑު އެންބިޔުލާންސަށް ލިޔެވެ.

ހޮސްޕިޓަލަށް ދެވުނުހާއަވަހަކަށް ޒާއިމް އަވަހަށް ސިޔާނާ ގޮވައިގެން އިމަރޖެންސީ ކޮޓަރިއަށް ދިޔައެވެ. އޭރު ވިޝާލް ކަފުންކޮށް ހިނުވަން ވައްދައިފިއެވެ. ސަޔާނާގެ ހާލުވެސް ވަރަށް ދަށެވެ. ލިބުނު ހައިރާންކަމެއްގެ ސަބަބުން ހާޓް އެޓޭކެއް ޖެހިފައިވާކަމަށް ޑޮކުޓަރު ބުންޏެވެ. ޒާއިމް ހަދާނެ ގޮތް ހުސްވިއެވެ. ނަމަވެސް ވަޤުތު ބޭކާރުނުކޮށް އޭނާ ދިޔައީ ވަޅުލުމުގެ ކުރިން ވިޝާލްގެ މޫނު ދެކިލާށެވެ. ވިޝާލް ބާއްވާފައިވާ ކޮޓަރިއަށް އޭނާ ވައިން އިރު، އޭނާގެ ބޭބެ ޒައިޝަން ހުއްޓެވެ. ޒައިޝަން ހުރީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވެފައެވެ. “ކޮންއިރަކުތަ ކަށުނަމާދު އޮތީ؟” ޒައިޝަން އޭނާގެ ބޭބެ ގާތު އެހިއެވެ. “އިޝާއަށް ފަހުގައި” ޒާއިމް ދިނީ ކުރު ޖަވާބެކެވެ. “އަހަރެން ރަށުގަ ތިބި މީހުންނަށް ޚަބަރު ދިނިން، އެކަމަކު އެކަކަށްވެސް އާދެވޭ ވަރެއް ނުވި”. ޒާއިމް ބޯޖަހާލިއެވެ. އެވަގުތު އެނާއަށް ހޮސްޕިޓަލުން ފޯނު ކޯލެއް އައެވެ. އޭނާ އެ ފޯނުކޯލަށް ޖަވާބު ދިނީ އެއީ އެނާގެ ހިތްދަތިކަން ލުއިކޮަށްދޭނެ ކޯލެއް ކަމަށް ހީކޮށެވެ. “އައްސަލާމުޢަލައިކުމް، ތިއީ ޒާއިމްތޯ؟”.” އާދެ، ކިހިނެއްތޯވީ؟”………………………..

-ނުނިމޭ-

Comments (8)

  1. UNKNOWN_07

    This is my very first time publishing a story, so it might not be perfect, but I sincerely hope readers will enjoy it and see the effort I’ve put into it. I’ll keep improving as I publish more in the future, InshaAllah.

  2. UNKNOWNME-12

    this is a really nice story and cant wait for the next part

  3. Rose_quinn23

    Can’t waitt for the next partt

  4. Your fav bab

    It’s very nice
    Carry onnn……

  5. UNKNOWNME-12

    when are u uploading the next part…………………

  6. UNKNOWN_07

    THANK YOU VRH UFAA VEJJE LKE VEEMA………
    But I’ve been reading a story too ehen v ma thankolheh las v InshaAllah vrh avahah next part upload kohdheynan.

  7. Dream

    V interesting next part plz❤️

    1. UNKNOWN_07
      Dream

      InshaAllah varah avahah upload kohdheynan and glad you liked it 🙂

Comments are closed.