ކޮލެޖް ގޭޓުދޮށުގައަ ހުއްޓިލައިގެން ހުރި ފިރިހެންކުއްޖާ ފެނި ކޮންމެ އަންހެން ކުއްޖެއްގެވެސް ހިތުގެ ތެޅުން ބާރުވަމުންދާކަން ގައިމެވެ. ކޮލެޖަށް ވަންނަންދާ ކޮންމެ އަންހެންކުއްޖެއްވެސް އެނބުރި ފަހަތްބަލާލަނީ އެޒުވާނާއަށް ލިބިފައިވާ ރީތިކަމަށް ތައުރީފްކޮށްލާ ހާލުގައެވެ. ނަމަވެސް މިއިން އެއްވެސްކަމަކަށްް ފަރުވާލެއްނުބަހައްޓާ އެ ޒުވާނާ ސައިކަލުގައި ލެނގިލައިގެން ފޯނާކުޅެންހުރީ އަންހެންކުދިންގެ ހިތް ކަރިލާގޮތަކަށެވެ. ފިރިހެންވަންތަ، ކަސްރަތީ ދޮން ހަށިގަނޑެއް ލިބިފައިވާއިރު، އެ ފުން، ކަޅުކަންގަދަ ލޮލުގައިވަނީ ތަފާތު އަސަރެކެވެ. ކަޅުކުލައިގެ އަތްދިގު ޓީޝާޓެއް ލާފައިވާއިރު ހަމަ އެކުލައިގެ ޖިންސެއް ލާފައިވެއެވެ. އިރުގެ ދޯދިތަކުން ސަލާމަތްވުމައްޓަކައި އަޅާފައިވާ ރޭބަން އައިނުން އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ލިބިފައިވާ ގަދަ މުށިކުލައިގެ ރާޅުބާނީ އިސްތަށިގަނޑު އާދައިގެ ވަރަކަށް ދިގުކޮށް، ސްޓައިލްކޮށްފައިވުމުން ނުހަނު ރީތިކަމަށް ދައްކައެވެ. ދޭތެރެ ދޭތެރެއިން އަތުކުރީގައި އަޅާފައިވާ ގަޑިއަށް ބަލާލާގޮތުން ކޮންމެސް މީހަކަށް އިންތިޒާރުކުރާކަން އެނގެއެވެ.
އެހެން ހުންނަތާ ގާތްގަނޑަކަށް ފަނަރަވަރަކަށް މިނެެޓު ފަހުން އެ ޒުވާނާ ކައިރިއަށް އައިސް ހުއްޓުނީ ހަމަ އެޒުވާނާއާއި އެއް އިސްކޮޅެއްހުންނަ ރީތި ފިރިހެން ކުއްޖެކެވެ. “ހެއި ލޯބްސް” އެޒުވާނާ ގާތަށް އައިސް ކޮނޑަށް އަތް ވައްޓާލަމުން ލާނެތް ރާގަކަށް އެ ފިރިހެން ކުއްޖާ ބުނެލިއެވެ. “އައްޗީޑި ޝާން، އައިމް ނޮޓް ޔުއާ ލޯބްސް، ތިހެން ބުނާ އިރުވެސް ޔޫނޯ އައި އޯލްރެޑީ ހޭވް އަ ލޯބްސް، އެންޑް ކޮންކަމެއް ލައިގަނެގެންތަ ތިހާ ލަސްވީ، މިތާ އިންނަތާ މިހާރު ބައިގަޑިއިރު ވަނީ ވިއްޔަ، މިތަނުން އެންމެން ނިކުމެގެންގޮސް އެންމެ ފަހުން ޝާން ތި ނިކުތީ”. އެޒުވާނާ ކުރިމަތީގައި ހުރި ޒައިޝާންއާ ދިމާލަށް ލޯއަޅާލަމުން އެޒުވާނާ ކުދިކިޔާލިއެވެ. “ހޯން އެއްކަލަ ޝަކުވާ ގޯނި ދޯ، ހޫން މަށަށް އެނގޭ ރަޔަންގެ ލޯބްސްއެއް ހުންނަކަން، އެކަމް މަގޭ ޖާންއާ ދިމާލަށް ބޭނުންއެއްޗެއް ކިޔުމުގެ ހުއްދަ މަށަށް އޮންނާނެ ދޯ، އޮހް ޔާ އެންޑް ލަސްވީ އެއީ އަމްމް…. މަ ހަނދާންނެތިގެން މިދިޔަ ވީކްގަ ދިން އެސައިންމެންޓް ހަވާލުނުކޮށް ދިޔައީމަ އައިހޭޑްޓު ސްޓޭ ބެކް އެންޑް ޑޫއިޓް”. ޒައިޝާން ވީގޮތް ކިޔައިދިނުމުން ރަޔަންގެ ހިނިގަނޑު ދިޔައީ ފަޅަފަޅައިގެންނެވެ. “މޭން… ދެން ތަންކޮޅެއް ޒިންމާދާރުވާން ވެއްޖެއެއްނު މިހާރު ތިހިރީ ބާވިސް އަހަރުވެފަ ވިއްޔަ، ދެންވެސް އަރާބަ، ތި އަނގައިން ބަސް ބޭކާރުނުކޮށް އަދި ޖެހެއޭދޯ މައެ ލޯބްސްއާ މީޓް ކުރުވަންވެސްދޯ”. “ކައެ ހިތުން ތިހިރީ މާ ޒިންމާދާރުވެފަދޯ މަށަށް ނަސޭހަތްތިދެނީ މާ ހެޔޮފުޅުވެފަ، އުމުރުން ތޭވިސްއަހަރުވާއިރުވެސް މަންމަ ބުއްތަށި ގިރާދޭ މީހެކޭމީ މާ ގަދަވެގެން … ދެންވެސް ހިނގާބަ ތި ލޯބްސްއެއް ދައްކަން”. އެހެން ބުނެލުމާއެކު ޒައިޝާން ހިނިގަނޑެއްޖާހާފައި ރަޔަންގެ ސައިކަލު ފަހަތަށް އެރިއެވެ.
ފަނަރަ މިނެޓައް ދުއްވުމަށްފަހު ވާހަކައިގައި ތިބެ ދެއެކުވެރިން ދުއްވުމަށްފަހު ރަޔަން ދިޔައީ ޒައިޝާން ގޮވައިގެން އޭނާގެ ގެ ކަމަށްވާ ވިންޓަރ ބްރީޒް އަށެވެ. ފަސްބުރިއަށް ނަގާފައިވާ މިގެއަކީ ބަލާލަން ނުހަނު ރީތި ގެއެެކެވެ. ގޭގެ ބޭރުފުށުގައި އަލިކުލައިގެ މާބްލް ހިލަ ބޭނުންކޮށްފައި ވެއެވެ. ކޮންމެ ފްލޯއެއްގައިވެސް ބޮޑެތި ބެލްކަނިތަކެއް ހަދާފައިވާއިރު، ފުޅާކޮށް ހުޅުވިފައިވާ ކުޑަދޮރުތަކުން އައްޔާއި ވައި ދައުރުވާން މަގުފަހިކޮށްދެއެވެ. ގޭގެ ކުރިމަތީގައި ފެހިކަންގަދަ ގަސްތަކާއި މާމެެލާމެލީގެ ބަގީޗާއެއް ހައްދާފައިވާއިރު ސްވިމިން ޕޫލަކާއި ބާބަކިޔު އޭރިޔާއެއްވެސް އޮވެއެވެ. މިގެ ބޭރުންވެސް ފެންނަ ފެނުމަށް ތަނަވަސް ގެއެއްކަން އެނގޭނެކަން ގައިމެވެ.
ވިންޓާރ ބްރީޒް ކުރިމައްޗަށް ސައިކަލު ޕާކުކޮށްލުމަށްފަހު ރަޔަންއާއި ޒައިޝާން މިސްރާބުޖެހީ ރަޔަން އުޅޭ ފްލޯ ކަމަށްވާ ފަސްވަނަ ފްލޯއަށެވެ. މި ބަޔަކީ ރަޔަންގެ މައިންބަފައިން އޭނާ އޮސްޓްރޭލިޔާގައި ކިޔެވުމަށްފަހު ރާއްޖެ އައުމުން އުޅެން ހަމަޖެއްސި ބައެވެ. މި ފްލޯގައިވެސް ބޮޑު ދެކޮޓަރި އާއި ތަނަވަސް ބަދިގެއެއްގެ އިތުރުން ޖިމްރޫމްއެއްވެސް ހުރެއެވެ.
ރަޔަން އެޕާޓްމަންޓަށް ވަންނަން ތަޅުދަނޑި ނެގުމަށްފަހު ދޮރު ހުޅުވާލި ވަގުތު ކުރިމަތީގައި ހުރި ސޫރަފެނި ބަޔާންކުރަން ދަތި ކުލަވަރެއް އޭނާގެ މޫނަށް އަރާ ފޭބިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.


vrh reethi
Thank youuuuuu soooo muchhhhhhhhhhhhhhhhhhhhhhhhhhh
Varah reethi Masha Allah waiting for the next part heeveyy varah reethi vaane hen mi story
Thank youu sooo muchhhhhhh
Masha Allah Mi vaahakaige first part vrh reethi..❤️
Kuriah huri part thah ves mihaa interesting vaane kamah ummeedhu kuran🙂
When’s next part????
Curiously waiting for the next part..
Thank you so muchhhhhhhhhhh
Hingaa dhww balamaa vaa gotheh hehe
next part next week ga insha’allah
hopefully wont let you down
saabahey brother…
hessa salhi ingey…
hurihaa part ehkoh submit kurinama ehnu…
vrh loabiveyyyy darl ❤️❤️❤️
Thank you so muhhhh
ahaha hurihaa part eh ekkoh submit nukureveyne ennu midhuvaskolhu kdk bxy eyyy
vrh loabiveyyyyy moreeee