Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ބަދަލް…3

UNKNOWN_07 Level 210 Stories
March 20, 2025 3 Mins Read
4 Comments

އުޑުމަތި ރީތިކޮށް އޮތްއިރު ހަނދު އޭގެ އެންމެ ފުރިހަަމަކަމާއި އެކީ މެދުއުޑުގައި ރަސްކަންކުރަމުންދިޔައެވެ. ޖަވާހިރުތަކެއްފަދައިން ކުދި ތަރިތައް ހަނދުވަށައި އެތުރިލައިގެން، ފިޔަޖަހަމުން ދިޔައެވެ. ޖެހޭ ފިނި ވައިރޯޅިތައް ގައިގައި ބީހިލަމުންދިޔައިރު، ގުދުރަތުގެ ރީތިކަމަށް ގެއްލިގެން ޒައިޝާންއާއި ރަޔަން ތިބީ ލ.މާމެންދޫ ނޯތްބީޗުގައެވެ. ވެލިގަނޑުމަތީ ދެމީހުންވެސް އޮށޯވެގެންތިބެ މާޒީގެ އެތައް ހަނދާނެއް އާކުރަމުންދިޔައެވެ.

ލ. މާމެންދޫއަކީ ރަޔަންއާއި ޒައިޝާން އެންމެ ފުރަތަމަ ބައްދަލުވިތަނެވެ. ރަޔަންގެ މައިންބަފައިން، ރަޔަން ގޮވައިގެން މާލެއިން ބޭރަށްދިޔައީ ސްކޫލު ބަންދުވުމުން ޗުއްޓީ ހޭދަކޮށްލާށެވެ. އޭރު ރަޔަންއަށް ވާނީ އެންމެ އަށް އަހަރެވެ. އޭރުވެސް ރަޔަންއަކީ މަޑުމަޑުން ހުންނަކުއްޖެކެވެ. ސަކަރާތްޖެހުމާއި އަޑުގަދަވުމަކީ ރަޔަންއަށް އެންމެ އުނދަގޫކުރާ ކަންތަކެވެ. ރަޔަންގެ އަނގައިން ބަހެއްވެސް ބޭރުވާނީ ކޮންމެހެން ބުނަންޖެހޭ އެއްޗެއް ބުނުމަށެވެ. ހުނުމާއި، ހިނިތުންވުމަކީ ރަޔަންއާއި މުޅިން ބީރައްޓެހި ކަންކަމެވެ. ޚުދު ރަޔަންގެ މަންމައާއި ބައްޕައަށްވެސް އޭނާގެ ހިނިތުންވުން ފެންނަނީ އިނގިލިން ގުނާލެވޭހާ މަދުފަހަރަކުއެވެ. ރަޔަންގެ ހިނިތުންވުން ފެނުނަސް އެ ގެއްލެން ނަގާނީ މަދު ސިކުންތު ކޮޅެކެވެ. ސްކޫލުގައިވެސް، ރަޔަންއަކީ ކިތަންމެ ކިޔެވުމަށް މޮޅު ކުއްޖަކަސް، ބަސްމަދުކަމުން ޓިޗަރުން ލަފާދިނީ ސައިކޮލޮޖިސްޓަކަށް ދައްކާށެވެ. ނަމަވެސް، ސައިކޮލޮޖިސްޓަކަށް ދެއްކުމުންވެސް ބުނީ އެއްވެސް މައްސަލައެއް ނެތްކަމަށެވެ. އެހެންކަމުން ރަޔަންގެ މަންމައާއި ބައްޕަ ނިންމީ ޗުއްޓީގައި ރަށުން ބޭރަށް ދިއުމުން ރަނގަޅުވާނެކަަމަށެވެ. އިއްތިފާގުން މި ޗުއްޓީވީ ޒީނާއާއި ޒިޔާންވެސް ޒައިޝާން ގޮވައިގެން ލ.މާމެންދޫއަށް އައި ޗުއްޓީއަށެވެ. ޒައިޝާންއާއި ރަޔަން އެންމެ ފުރަތަމަވެސް ދިމާވީ، ދެ އާއިލާވެސް ނޯތް ބީޗަށް ޕިކްނިކް ގޮސްއުޅުމުގެ ތެރޭގައެވެ. ރަޔަންގެ އެހުންނަ މަޑުމައިތިރި މިޒާޖާ ބަލަން ޒައިޝާންއެއީ ހަމަ ދިމާ އިނދިކޮޅެވެ. އޭރު ޒައިޝާން ކިތަންމެ ކުޑަޔަސް ލާނެތްކަމުގެ އިންތިހާއެވެ. މީހުން ހެއްވުމާއި، ސަކަރާތްޖެހުމުގައި ޒައިޝާންއަކީ ހަމަ އެއްވަނައެވެ. ކިތަންމެ ސަކަ މިޒާޖެއް ހުއްޓަސް ޒައިޝާންއަކީ އަޚުލާގު ރަނގަޅު، މައިންބަފައިންގެ ބަސްއަހާ މޮޅު ކުއްޖެކެވެ.

ޒައިޝާންއާއި ޖެހުންފަހުން ރަޔަންގެ މިޒާޖުވެސް އެއްކޮށް ބަދަލުވިއެވެ. ރަޔަންގެ އެހުންނަ ބަސްމަދުކަމާއި، މަޑުމައިތިރިކަންވެސް ޒައިޝާންގޮތަށް ލާނެތްކަމާއި ހަލަނިކަމަށް ބަދަލުވިއެވެ. ރަޔަން އުޅެމުންދިޔަ އަނދިރި ދުނިޔެއިން ޒައިޝާން އޭނާ ނެރެދިނެވެ. ފުރާވަރު އުމުރަށް އެޅުމުންވެސް ދިރިއުޅުމުގައި އެކިކަހަލަ ކަންކަމާއި ދިމާވާނެކަމާއި، އަދި އެކަންތައްތަކާއި ކެރިގެން ކުރިމަތިލާންވާނެކަން ބުނެދީވެސް ޒައިޝާން، ރަޔަންއަށް އެތައް ނަސޭހަތެއްދިނެވެ. ޒައިޝާންއަށް އާދައިގެ ކަމަކަށް ވިޔަސް، އޭނާއަށް ކޮށްދެވުނީ ރަޔަންގެ މައިނަބަފައިންނަށް ވަރަށް ބޮޑު ކަމެކެވެ. އަދި މިކަމުގެ ސަބަބުން ރިޔާނާއާއި ރިޔާދު އެތައް ފަހަރަކު ޒައިޝާންއަށް ޝުކުރު އަދާކުރިއެވެ. ޒައިޝާންގެ ސަބަބުން ރަޔަންގެ މިޒާޖަށްއައި ބަދަލުތައް އޭނާއަށްވެސް ފާހަގަވެއެވެ. އަދި ޒައިޝާން އޭނާއަށް ދެއްކި ދުނިޔެ އޭނާއަށް ވަރަށް ކަމުދެއެވެ. އަދި ރަޔަންގެ ކުރީގެ ހަރުކަށިކަން ނެތި ދިޔުމުން ރަޔަންގެ މައިނަބަފައިންވެސް ވަރަށް ހިތްހަމަޖެހުނެވެ. މިދުވަސްތަކަށްފަހު ރަޔަންއާއި ޒައިޝާންގެ ދެމެދުގައި އުފެދުނީ ވަރުގަދަ ގުޅުމެކެވެ. ރަޔަންގެ ހިތުން ޒައިޝާން ހޯދީ ދުވަހަކުވެސް މީހަކަށް ނިގުޅައިނުގަނެވޭނެވަރުގެ ޖާގައެކެވެ. އެހެންކަމުން ރަޔަންވެސް، ޒައިޝާންއާއި ދިމާވާ ކޮންމެކަމެއް ކަޑައްތުކުރުމަށް އެހީވާނެކަމަށް އަމިއްލަ ނަފްސަށް ވަޢުދުވިއެވެ.

ދެމީހުން އެކި ޚިޔާލުތަކުގައި ތިއްބާ ކުއްލިއަކަށް ސިހުނީ ޒައިޝާންގެ ފޯނު ރިންގުވާ އަޑަށެވެ. “ހަލޯ…. ދަރިފުޅާ ޝާން… ބައްޕަ ވަރަށް ފުންކޮށް ވިސްނުމަށްފަހު ނިންމައިފިން ގޮތެއް، އެއީ ދަރިފުޅުގެ ސައިކަލު އިހަށް ބަހައްޓަން، އެކަމަކު ދެން ބާރަށް ދުއްވަންޏާ ވިއްކާލާނަން… ޖަސްޓް ކީޕް އިން މައިންޑް ދެޓް ދިސް އިސް ޔުއާ ލާސްޓް ޗާންސް.” އެކޮޅުން އިވިގެންދިޔައީ ޒިޔާންގެ އަޑެވެ. ޒިޔާންގެ ބަސްތަކުން ޒައިޝާންއަށް ލިބިގެންދިޔައީ ބަޔާންކުރަންދަތި ހިތްހަމަޖެހުމެެކެވެ. ވީ އުފަލުން ވަގުތުން ބައްޕަ ގައިގައި ބައްދައިގަންނަނެވެސް ބޭނުންވިއެވެ. “ލައްބަ ޑޭޑް…. ޑޯންޓް ވޮރީ އައިވިލް ޓްރައި މައި ބެސްޓް، ނޮޓް ޓު ކްރޮސް ދަ ސްޕީޑް ލިމިޓްް… އެންޑް ތޭންކްސް އަ ލޮޓް ޔޫ އާ ދަ ބެސްޓް ޑޭޑް އިން ދި ހޯލް ވައިޑް ވޯލްޑް.” ޒައިޝާން ކުޑަކުއްޖެއްހެން އަމުނާލުމުން ޒިޔާން ހިނިގަނޑެއް ޖަހާލާ، ބަސްއަހައިގެން އުޅުމަށް ނަސޭހަތްދީ ފޯނު ބޭއްވިއެވެ. ޒިޔާން ފޯނު ބޭއްވުމުން ޒައިޝާންއަށް ބަލާލެވުނީ ކައިރީގައި އޮތް ރަޔަންއަށެވެ. ރަޔަންއަށް ބަލައިގެން އޮވެފައި ޒައިޝާން ފެންކަޅިވާންފެށިއެވެ. އޭނާއަށް މިހާ ރަނގަޅު ރަޙުމަތްތެރިއެއް ލިބުނުކަމަށްޓަކައި ޝުކުރުކުރެވުނެވެ. ޒައިޝާން ފެންކަޅިވާތަން ފެނިފައި ރަޔަން ހާސްވާންފެށިއެވެ. ޒިޔާން ގުޅި ވަގުތުވީ ޒިވިޔަންވެސް ރަޔަންއަށް ގުޅިވަގުތުކަމުން ޒައިޝާން ދެއްކި ވާހަކަ ރަޔަންއަކަށް އަޑެއްނީވެއެވެ. އެހެންކަމުން ރަޔަން ހީކުރީ ޒައިޝާން ކަމެއް ގޯސްވެގެން ރޮނީ ކަމަށެވެ. “އޭ މޭން ކީއްވެ ތި ރޮނީ އަނެއްކާ ކަމެއް ގޯސްވީތަ… ކީކޯ ދެންމެ ޒިޔާންބެ ބުނީ؟.” “ރޮނީއެއް ނޫނޭ…. ޑޭޑް ބުނީ ސައިކު ނުވިއްކާނަމޯ އެކަމް މީ ލާސްޓް ޗާންސް އޯ… ތޭންކް އަ ލޮޓް މޭން.” ޒައިޝާން ކުޑަކޮށް ރަޔަން ގައިގައި ބައްދާލަމުން ބުނެލިއެވެ. “ހޭ…ޑޯންޓް މެންޝަން އިޓް… ޔޫ ކޭން އޯލްވޭސް ކައުންޓް އޮން މީ.” “ހިނގާ ދާން މިހާރު ބާރަ ޖަހަން އެ އުޅެނީ.” ދިރިއުޅުމަށް އަންނަން އުޅޭ ލޮޅުމުގެ ހިލަމެއްނުވާ ހާލު ދެމީހުންވެސް ހަމަޖެހިލައިގެން ނިދަން ދިޔައެވެ.

އިރުގެ ރަންދޯދިތައް އުދަރެހުން ފާޅުވަމުންދިޔަ ވަގުތު ފުން ނިންޖެއް ތެރެއަށް ގެނބިފައިއޮތް ރަޔަންއަށް ހޭލެވުނީ ޒައިޝާން ކެއްސާ އަޑަށެވެ. ރަޔަން އެންމެ ފުރަތަމަ އަޑު އިވުމުން މާ ބޮޑުކަމަކަށް ނުހަދާ އަނެއްކޮޅަށް އެނބުރިގެން ނިދަންއުޅުނެވެ. ނަމަވެސް ޒައިޝާން ހުއްޓާނުލާ ކެއްސަންފެށުމުން ކަމެއް ގޯސްވާންއުޅޭކަމުގެ ރަތްސިގްނަލް ލިބެންފެށިއެވެ. އެހެންކަމުން ރަޔަން އަތްދަމާފައި ބޮކި ދިއްލާ ޒައިޝާން އޮތްކޮޅަށް އެނބުރުނެވެ. އެވަގުތު ރަޔަންގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ނޭވާނުލެވިގެން ޒައިޝާން ތެޅެ، ފޮޅެމުންދިޔައެވެ. މުޅި މީހާ ނޫވެ، ދެލޯ ހުރީ ތައްމިނަށް ހުޅުވިފައެވެ. ރަޔަން މާގިނައިރު ބަލަންނުހުރެ ޒައިޝާންގެ އުނަގަނޑުގައި ތަޅަންފެށިއެވެ. ފަސްވަރަކަށް މިނެޓު އެހެން ހެދުމުންވެސް ޒައިޝާންއަށް ރަނގަޅުނުވުމުން ރަޔަން އަަވަހަށް އެމްބިއުލާންސަށް ގުޅިއެވެ. ހޮސްޕިޓަލަށް ގެންދިއުމުން އެނގީ ވަގުތުން މާލެ ދާށެވެ. އެހެންކަމުން ރަޔަން އިތުރު ވަގުތު ބޭކާރު ނުކޮށް ޒައިޝާންގެ މައިންބަފައިންނަށް ގުޅާ މާލެދެވޭނެ ގޮތް ހަމަޖެއްސިއެވެ.

ޒައިޝާން މާލެ ގެންގޮސް، ގެންދިޔައީ ޓްރީޓޮޕް ހޮސްޕިލަޓަށެވެ. ޒައިޝާންއަށް އެހެންވި ޚަބަރު ލިބުމުން ޒީނާ އާއި ޒިޔާން ވަގުތުން ހޮސްޕިޓަލަށް ދިޔައެވެ. އަދި އައިސީޔޫއަށް ވެއްދިތާ އިރުކޮޅަކުން ރިޔާނާގެ ދެމަފިރިންނާއި ޒިވިޔަންވެސް ހޮސްޕިޓަލަށް ދިޔައެވެ. ޒިވިޔަންވެސް އޭނާގެ ދޮންބެގެ ގްރެޖުއޭޝަން އިއްޔެ ނިމުމުން އިތުރަށް މަޑުކުރަން ބޭނުންނުވީއެވެ. އެއާރޕޯޓްގައި ހުއްޓަ ޒައިޝާންއަށް އެހެންވި ޚަބަރު ރަޔަން ދިނުމުން ގެޔަށްވެސް ނުގޮސް އޭނާ އައީ ހޮސްޕިޓަލަށެވެ. އެތަނަށް ދިޔައިރު ރަޔަން އިން ހާލުފެނުމުން އޭނާގެ ހިތް ހަމްދަރުދީއިން ފުރުނެވެ. ބޮލުގައި އަތްއަޅައިގެން ގޮތްހުސްވެފައި އިންއިރު ގިސްލަގިސްލާފައި ރޮމުންދިޔައެވެ. އޭނާއަކީ ފިރިހެނަކަސް އެންމެ ގާތް ރަހުމަތްތެރިޔާ މިފަދަ ހާލަތަކު އޮއްވާ ކެތްކުރެވޭނެ ހެއްޔެވެ؟. މިމަންޒަރުފެނި ޒިވިޔަން އައިސް ރަޔަން ގައިގައި ބައިދާ، ބޮލުގައި ފިރުމަމުން ކެތްތެރިވާން ނަސޭހަތްދޭން ފެށިއެވެ. ރަޔަންވެސް ޒިވިޔަން ގައިގައި ބާރަށް ބައިދައިގެންހުރެ އަޑުން އަޑުނަގައި ރޮމުންދިޔައީ ހިތާމައަށް ލުޔެއް ލިބޭތޯއެވެ. ރަޔަން އެތައްއިރަކު އެހެންހުރެވެސް ނުހުއްޓުމުން ޒިވިޔަންއަށް ދެން ހަދާނެ ގޮތެއްވެސް ނުވިސްނުނެވެ. “ރަޔަން، ދެން ހުއްޓާލަބަ… ދެޓްސް އިނަފް… ތިހެން ރުޔަކަސް ޝާން ރަނގަޅެއްނުވާނެ އެންނު، ރުއިން ހުއްޓާލާފަ ދުޢާކޮއްބަ ޝާން ރަނގަޅުވޭތޯ… އަނެއްކާ ރަޔަންވެސް ބަލިވެއްޖެއްޔާ މާގޯސްވާނެ އެއްނު… ހިނގާބަ ޒިވްއާ އެއްކޮށް ބޭރަށްޖެހިލާފަ އަންނަން…ޕްލީޒް.” ޒިވިޔަން ކުޑަކުއްޖަކަށް ނަސޭހަތްދޭފަދައިން ރަޔަންއަށް ނަސޭހަތްދެމުންދިޔައެވެ. ޒިވިޔަން ނަސޭހަތްދިނުމުން ރަޔަންވެސް ރުއިން ހުއްޓާލިއެވެ. “ތެދެއް ދަރިފުޅާ… އެހާ އަވަހަށް ހިތްވަރު އެލުވާލާ އެއްޗެއްނޫނޭ… ﷲގެ އިރާދަފުޅުން ޝާންއަށް ރަނގަޅުވެގެން ދަރިފުޅު ކައިރިއަށް އަންނާނެ… އަހަރުމެންނަށް އޮތީ ދުޢާކުރުން… ދަރިފުޅު ދޭބަލަ ޒިވިޔަންއާ އެއްކޮށް ބޭރަށް ވައިޖައްސާލަން.” ރިޔާނާ އެހެންބުނުމުން ރަޔަން ޒިވިޔަންއާ އެއްކޮށް ދިޔައެވެ. ރަޔަން ހިނގަމުންދިޔައިރު ހީވީ ކުއްލިއަކަށް ވެއްޓިދާނެ ހެންނެވެ. އެހެންކަމުން ޒިވިޔަން ދިޔައީ ރަޔަންގެ އުނަގަނޑުގައި ބާރަށް ހިފަހައްޓައިގެންނެވެ. މި މަންޒަރު ބަލަންތިބި ރިޔާނާގެ ދެމަފިރިންނާއި، ޒީނާގެ ދެމަފިރިން ރަޔަންއަށް މިފަދަ ރަނގަޅު ކުއްޖެއްލިބުމުން އެތައްފަހަރަކު ޝުކުރުކުރިއެވެ. އަދި މިގުޅުން ދެމިއޮވޭތޯ ދުޢާވެސްކުރިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

UNKNOWN_07

Level 210 Stories

𝒮𝓉ℴ𝓇𝒾ℯ𝓈 𝒽𝒶𝓋ℯ 𝒶𝓁𝓌𝒶𝓎𝓈 𝒷ℯℯ𝓃 𝓂𝓎 ℯ𝓈𝒸𝒶𝓅ℯ, 𝓂𝓎 𝒸ℴ𝓂𝒻ℴ𝓇𝓉, 𝒶𝓃𝒹 𝓂𝓎 𝓋ℴ𝒾𝒸ℯ. 𝐼 𝓇ℯ𝒶𝒹 𝓉ℴ 𝒻ℯℯ𝓁 𝒶𝓃𝒹 𝓌𝓇𝒾𝓉ℯ 𝓉ℴ 𝓊𝓃𝒹ℯ𝓇𝓈𝓉𝒶𝓃𝒹 𝓂𝓎𝓈ℯ𝓁𝒻. 𝐸𝓋ℯ𝓇𝓎 𝓌ℴ𝓇𝒹 𝐼 𝓈𝒽𝒶𝓇ℯ 𝒸ℴ𝓂ℯ𝓈 𝒻𝓇ℴ𝓂 𝒶 𝓅𝓁𝒶𝒸ℯ ℴ𝒻 𝓉𝓇𝓊𝓉𝒽, 𝒶𝓃𝒹 𝑒𝓋ℯ𝓇𝓎 𝒸ℴ𝓂𝓂ℯ𝓃𝓉 𝐼 𝓇ℯ𝒸ℯ𝒾𝓋ℯ 𝓇ℯ𝓂𝒾𝓃𝒹𝓈 𝓂ℯ 𝓉𝒽𝒶𝓉 𝓂𝓎 𝓌ℴ𝓇𝒹𝓈 𝒽𝒶𝓋ℯ 𝒶 𝓅𝓁𝒶𝒸ℯ 𝒾𝓃 𝓈ℴ𝓂ℯℴ𝓃ℯ ℯ𝓁𝓈ℯ’𝓈 𝓌ℴ𝓇𝓁𝒹. 𝐼 𝒹ℴ𝓃’𝓉 𝓉𝒶𝓀ℯ 𝓉𝒽𝒶𝓉 𝓁𝒾ℊ𝒽𝓉𝓁𝓎 𝓎ℴ𝓊𝓇 𝓉𝒽ℴ𝓊ℊ𝒽𝓉𝓈 𝒶𝓇ℯ 𝓉𝒽ℯ ℯ𝒸𝒽ℴℯ𝓈 𝓉𝒽𝒶𝓉 𝓀ℯℯ𝓅 𝓂ℯ ℊℴ𝒾𝓃ℊ. :)

Other Articles

Previous

ހާސިލްވުމަށް އެދެނީ 3

Next

ވާ ލޯބި އެގޭނަމަ(3)

Next
March 20, 2025

ވާ ލޯބި އެގޭނަމަ(3)

Previews
March 20, 2025

ހާސިލްވުމަށް އެދެނީ 3

4 Comments!

  1. leekko says:
    March 20, 2025 at 1:56 pm

    omg mi part vx vrh reethi Masha Allah 💗
    aslu mihaaru noolhey ekahaka rangalhu Friends eh sadly..
    Mihaaru gina vaanee enemies…
    mi part kiyaafa hithah eree rayan ge gaiga bahdhaaleveyne nama ey 😭
    when next part darl?
    lyssm dhoonyaaa 💗💗💗

    1. UNKNOWN_07 says:
      March 20, 2025 at 4:35 pm

      THANKK YOUUUUUU AND GLAD U LIKED ITTT
      YEAHH MADHU VAANE
      AHAHA RAYAN VRH BROKEN HAMA EHEN KANTHAH V MA …. HINGAA DHWW BALAMAA DHEN VAA GOTHEHHH
      NEXT PART UPCOMING WEEK THEREYGA UP KOLLADHEYNAN IA
      LOVE YOUU MOREEEEEEEEE BBG
      THANKS FOR COMMENTINGGGG

  2. Cutie girl says:
    March 21, 2025 at 12:58 pm

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    I appreciate your hard work

    1. UNKNOWN_07 says:
      March 21, 2025 at 2:18 pm

      THANK YOUUUUU SMMMMM
      GLAD YOU LIKEDDD ITTTT
      THANKS FOR COMMENTINGGG

Comments are closed.

Next Episodeބަަދަލް….4←


All Right Reserved!