Skip to content
އެސްފިޔަ

ބަދަލް (ޓްރެއިލަރ)

ލޮތްބަކީ އެކު މީހުންނަށް އެކި ގޮތްގޮތަށް އިޙުސާސް ކުރެވޭ އެއްޗެކެވެ. ބައެއްމީހުންނަށް އެއީ ފޮނި މީރު އެއްޗަކަށްވާއިރު އަނެއްބަޔަކަށް އެއީ ހިތި ޒަހަރެއްފަދަ އެއްޗެކެވެ. ލޯބިވުމަކީ އިންސާނާގެ ފިތުރަތުގައިވާ އިޙުސާސަކަށްވާއިރު، މި މަތިވެރި އިޙުސާސްގެ ނަމުގައި އެތައްބަޔަކު އެތައް ޤުރުބާނީތަކެއްވެއެވެ. އެކު މީހުންނަށް އެކި ކުލަވަރުދައްކަމުން ދުނިޔޭގެ ފޮތުން ގަނޑަކަށްފަހު ގަނޑެއް އުކެމުންދެއެވެ. ދުވަސްތައް އޭގެ ބާރުމިނުގައި ވޭތުވަމުންދަނީ އެއްބައެއްގެ ދިރިއުޅުމުގައި ބަހާރު މޫސުމުގެ ކުލަވަރު ޖައްސާ އަދި އަނެއްބައެއްގެ ދިރިއުޅުން ޚަރީފު މޫސުމުގެ ގަދަކޮޅިގަނދުގައި ޖައްސާފައެވެ. އެއީ ދުނިޔޭގެ ޤާނޫނެވެ. ދުނިޔެއަކީ އަޖާއިބެއްފަދަ ތަނެކެވެ. ހިޔާލެއް ފިކުރެއްނެތި އުޅެމުންދާ މީހުންވެސް ހީނުކުރާވަރުގެ އަނދަވަޅުތަކަށް ވައްޓާލައެވެ. އެންމެ ދުވަސްވީ، ގާތް މިތުރުންވެސް ފަޅި ސިކުންތުކޮޅެއްގެތެރޭޭގައި ހަތުރުންނަށްވެގެންދެއެވެ. މިބުނާފަދައިން ރަޔަންވެސްވަނީ ދިރިއުޅުމުގެ އެތައް ހަރުފަތްތަކެއް ގިރާކޮށްފައެވެ. ނަމަވެސް ރަޔަންއަށް ދިމާވީ ކޮން ކަން ކަންތައްގަނޑެއްހެއްޔަވެ؟. ކިހިނެއްދިމާވި ކަންތައްގަނޑެއްހެއްޔެވެ؟. ރަޔަން ކަންތައްކުރާނީ ކިހިނެއްހެއްޔެވެ؟. ދިރިއުޅުމާއި ކުރިމަތިލާނެ ހެއްޔެވެ؟. ނޫނީ އަޅާނީ ކަތި ފިޔަވަޅެއްހެއްޔެވެ؟.

 

 

Comments (2)

  1. baby girl 🙈

    when first part??
    can’t wait..

    1. UNKNOWN_07
      baby girl 🙈

      Insha’allah next week hisaabu ga

Comments are closed.