ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން… (01)
“ އޭ! އަހަރެން މިގުޅީ ރޭގަ ވަރަށް އެހެން ކަހަލަ ހުވަފެނެއް ފެނިގެން “
އުޝާ ވާހަކަ ދައްކަމުން ދިޔައީ ރަށުގައި ތިބި ކުޑައިރުއްސުރެ އޭނާގެ އެންމެ ގާތް ދެ އެކުވެރިޔާއާއެވެ. ހެނދުނު ހޭލި ގޮތަށް ދިމްރާ އާއި ރީމް ލައިގެން ކޮންފަރެސް ކޯލަކަށް އުޝާ ގުޅީ ރޭގަ ފެނުނު ހުވަފެން ބުނަން ކެތްމަދުވެފައިވާ ވަރުންނެވެ. ވާނީވެސް އެހެންތާއެވެ. ހުވަފެނުގައި ފެނިގެން ދިޔައީ އޭނާ މިހާރު ވަރަށް ދެކެން ބޭނުންވެފައިވާ މަންޒަރެކެވެ.
“ އަޅެ! ނިންޖޭ ތި ހަލާކު ކޮށްލީ “
ދިމްރާ ނިދިއަޑާއިއެކު ބުނެލުމަށްފަހު އާ ފުރިލިއެވެ.
“ ހޫމް! ކޮން ހުވަފެނެކޯ ފެނުނީ “
ދިމްރާ ބުނި އެއްޗަކަށް ސަމާލުކަން ނުދީ ރީމް ބުނެލިއެވެ.
“ ފެނުނީ ތި މީހުން އަހަރެން ކައިރިއަށް މާލެ އަންނަތަން “
“ އޭރުވެސް އަހަރެންނަށް އެނގިއްޖޭ އުޝާގެ ތި ހުވަފެނުގައި ވާާނީ ތިހެންކަން..އަބަދު އެދިއެދި ހުންނަ ކަމެއް ދޯ ފެންނާނީވެސް. އެވަރަކަށް ނޫންވިއްޔަ ހިތު އަޅައިގެން ތި އުޅެނީ “
ރީމް އުޝާގެ ވާހަކަ މެދުކަނޑާލަމުން ބުނެލިއެވެ.
“ ބައިދަވޭ ތީ މީހަކު ދާ ވަރު ތަނެއްތަ. މި ގައުމު އެންމެން ތި މާލެއަކަށް އެރުވިޔަސް ، މި ދިމްރާއެއް ތި މާލެއަކަށް ނާރާނަން “
ދިމްރާ ބުނެލި އެއްޗަކުން ރީމްއަށް ހިނިގަނޑު ހިފަހައްޓާލެވުނީ ކިރިޔާއެވެ. އުޝާއަށް ، އޭނާ އާއި ދިމްރާގެ ޕްލޭންގެ ކުޑަ މިންވަރެއްވެސް އެނގޭކަށް ބޭނުން ނުވާތީ ހިނިގަނޑު ކޮންޓްރޯލް ކުރަން ޖެހުނީއެވެ.
“ ދެން! އަހަރެން މިއޮތް ވަރަށް ކިޔާއިރުވެސް މި ދިމްގެ ދުލުން އެކަހަލަ އެއްޗެއް ނޫނީ ނުބުނާނެ. ކީއްތަ ވާނީ އެއްފަހަރުވެސް އަހަރެންގެ ހިތްހަމަޖައްސާލާދޭށޭ ކިޔާފަވެސް އުއްމީދު އާލާވާނެ ކަހަލަ އެއްޗެއް ބުނިއްޔާ. އަހަރެން ތި މީހުންނާއެކު އުޅެން ބޭނުންވާ ވަރުންނޭ އެހެން ކިޔެނީވެސް. ކުޑައިރު ތިންމީހުން އުޅުންގޮތަށް އުޅެން އެއީ އަހަރެން މިހާރު އަބަދުވެސް އެންމެ ބޭނުން އެއް ކަންތައް “
“ މަގޭ ލޯބިވާ އުޝާ ދުންޏާ! މިހާރުވެސް ކޮންމެ ބަންދެއްގައި އުޝް މި ކޮޅަށް އައީމަ މި އުޅެނީ ހަމަ ކުޑައިރު އުޅޭގޮތަށް އެއްކޮށްނޭނުން.. ހޫމް ހޫމް.. މިހާރު އަހަރެންނަށް އެނގިއްޖޭ ތި ވާ ގޮތް. އެވަރުވެސް މަދުވަނީ ދޯ “
“ އާނ! ގުރޭޑް 8 ކަށް މިކޮޅަށް ކިޔަވަން ބަދަލުވީއްސުރެ ބޮޑު ބަންދުގަ އެކަނިވިއްޔަ މި ދިމާވަނީ “
ދިމްރާ އެހެން ބުނުލުމުން ، އުޝާ ހެވިލާފައި ޖަވާބުދިނެވެ. އެވާހަކަ އެ މަގުން ދިޔަ ނުދިނުމަށްޓަކައި ރީމް ބޭނުންވީ ވާހަކަ ބަދަލު ކޮށްލާށެވެ.
“ އޭ އޭ! ތިޔެއްނޫނޭ. އެނގޭތަ އަދިވެސް މިރަށަށް އައިސްގެން އެއުޅޭ ސޮރު ދިމްރާ އަހުމަދަށް ހަދިޔާ ދިނުން ހުއްޓާނުލާ. މިހާރު ގައިމު ކޮށް ދުވަހެއް ދޯ. އަދި މޮޅު ތަންކޮޅަކީ މީނަވެސް އެހެން އެކައްޗެއްގަ ނުހިފިޔަސް އޭނަ ފޮނުވާ ޗޮކްލެޓްތަކުގަ ހިފާތީ. އަދި އޭގަ ހިފާފަ ދިމާލަށް ބުނާނެ ނޯ އޭ. ލޯތްބެއްވެސް ނުވެޔޭ. ނުވެސް ވެވޭނޭ “
“ ރީ އަށް އެނގޭނުން އެވާގޮތް. އެއީ ކުޑަކުޑަ ބޭބީއެއް ވިއްޔަ. ޗޮކްލެޓެއް ވިއްޔާ ހިފާނެ ކޮންމެ މީހަކު ދިނަސް. އަދި އަހަރެމެން ކަހަލަ މީހަކު އަތުން ވިއްޔާ ގަދަކަމުންވެސް އަތުލާނެ. ދޯ ޗޮކްލެޓް ބޭބީ “
އުޝާ ، ކުޑަކުއްޖަކާ ވާހަކަ ދައްކާނެ ސްޓައިލަށް ދިމްރާ އާއި ވާހަކަ ދެއްކިއެވެ. ދިމްރާ އާއި ދިމާކޮށްލުމުގެ ނިޔަތުގައެވެ.
“ ދެން އުޝާ ގަނޑާ! ތިހެން ނުކިޔާށޭ ބުނަމޭނުން. އެންޑް އޭގަ އަހަރެން ކުރާނެ ކަމެއް ނެތް އެހެންނޫނަސް. އަހަރެން ހަމަ ރީއްޗަށް ނޫނެކޭ ބުނާއިރުވެސް އޭނަ އެ އެއްޗެހި ފޮނުވަނީނުން. އެހެން ބުނާއިރަށް އޭނަ ބުނަނީ ހެޔޮ ހިތުން ދިން އެއްޗެއް ކަމަށް ހީކޮށްލާ ހިފާށޯ. އެހެންވެއޭ އަހަރެން އޭގަ ހިފަނީ “
ދިމްރާ ކުސްތަޅައި ގަންނަމުން ބުނެލިއެވެ. އެއާއިއެކު އުޝާ އާއި ރީމް އާއި ދެމީހުން އެއްފަހަރާ ހީގަތްއަޑު އިވުނެވެ. ނުހޭން ހުރެފައިވެސް ދިމްރާވެސް އެމީހުންނާ ބައިވެރިވެ ހޭންފެށިއެވެ.
“ އޭ! ދެން ބާއްވަނީ އިނގޭ. އެބަހުރި ބައިވަރު މަސައްކަތްވެސް”
“ މަސައްކަތޭ!!.. ތީ މަސައްކަތް ކުރާ މީހެއްވެސް ނަމައޭނުން. ދިމް ލައްވާ މަސައްކަތެއް ކުރުވޭނީ ކިހާ ހާލަކުންކަން ރަށު އެއްމެންނަށްވެސް އެނގޭނެ. މިއަދު އެކަމު ތިހެން ބުނީމަ އަހަރެން މިހިރީ ހަމަ ހައިރާންވެފަ “
އުޝާ ދެންވެސް ބެލީ ދިމްރާ އާއި ދިމާ ކޮށްލެވޭތޯއެވެ.
“ ދެން ކޮންމެހެން ދިމާ ކުރާނެ ކަމެއް ނެތް އިނގޭ..ހީ ހީ.. ވަރަށް މަޖާ. އޯކޭ. ޓާޓާ.. “
ދިމްރާ މިހެންބުނެ ، އިތުރަށް އެހެން މީހަކު އެއްޗެއް ބުނާނެ ފުރުސަތު ނުދީ ފޯނު ކަނޑާލިއެވެ. އެއާއިއެކު އިވިގެން ދިޔައީ އުޝާ އާއި ރީމްގެ ހުނުމުގެ އަޑެވެ. ދެން ދެމީހުންވެސް އިތުރަށް ފޯނުގައި ތިބެން ނުހަދާ ވަދާއީސަލާމް ކިޔާލުމަށްފަހު ފޯނު ބާއްވާލިއެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާާޕޯޓުގައި ފުލައިޓު ޖެއްސިތާ މާ ގިނަ އިރެއްނުވެ ޓާމިނަލް ތެރެއިން ނުކުމެގެން އާއި ދެ އަންހެން ކުދިން އެކި ކޮޅުކޮޅު ހޯދަންފެށީ އަންނަން ބުނި ފަރާތް ފެނޭތޯއެވެ. ހޯދަން ބޭނުންވި މޫނު ފެނުމުން ދިމްރާ ހުރިހިސާބަށް ފޮށި ދޫކޮށްލުމަށްފަހު ދިޔަގޮތަށް ގޮސް ކުރިމަތީ ހުރި މީހާގެ ގައިގައި އޮޅުލައިގަތެވެ. ދިމްރާގެ މި އަމަލުން ދިމްރާގެ ދޮންބެ ދާނިޝްގެ ގާތަށް އައީ ހިންޏެވެ.
“ ޕިސް ޕިސް.. ދޮންބެގެ ބޮޑު ނުވާ ކޮއްކޮ ދޯ. އުމުރުން 16 އަަހަރު ވެގެން ދިޔަ އިރުވެސް ތިން އަހަރު ކުދިންގެ އުޅުން މި ހުންނަނީ “
ދާނިޝް ، ދިމްރާގެ ގައިގައި އޭނާގެ ދެއަތް ވަށާލަމުން ދިމްރާ އާއި ދިމާ ކޮށްލިއެވެ.
“ އަހަރެންނަށް އެނގޭ ދޮންބެ އަހަރެން ދުރަށް ޖެހޭތޯކަން ތިހެން ތިބުނީ. އެކަމުވެސް ހެޔޮ. މިހާ ދުވަސް ކޮއްފަ ދިމާވީމަ ހިތްފުރޭވަރު ވީމަ ދޫކޮށްލާނީ. އަދި ބުނަން މީ ހަމައެކަނި ކުޑަކުދިން އުޅޭ ގޮތެއް ނޫން އިނގޭ “
ދިމްރާ މިހެންބުނެ ހޭންފެށުމުން ދާނިޝްވެސް އެ ހުނުމުގައި ބައިވެރިވިއެވެ. އޭރު ރީީމް ވެސް ދިމްރާގެ ފޮއްޓާ ރީމްގެ ފޮށި ހިފައިގެން އައިސް އެމީހުން ކައިރީ ހުއްޓިލައިފިއެވެ.
“ ހޫމް! ދެން ހިނގާ އަވަހަށް ދެވޭތޯ ބަލަން. އަދި ތިބުނީ ގެއަށްވެސް ދެވޭނީ އުޝާ ކައިރިއަށް ވަދެފަ، ރީމްވެސް ރީމްގެ ގެއަށް ލާފައޭ. މި ބޭބީއާއި ދިމާވެއްޖެއްޔާ އަހަރެންގެ ދިރިއުޅުމަށް ބޮޑު ޒަލްޒަލާއެއް އައުންފަދަ “
ދާނިޝް ، ދިމްރާ ދުރުކޮށްލުމަށްފަހު ބުނެލި އެއްޗަކުން ދިމްރާ ތުން ދަމާލިއެވެ. މިތަންފެނި ދާނިޝް އާއި ރީމް ފެށީ ހޭށެވެ.
މާލެއަށް ފޭބުމަށްފަހު ދާނިޝްގެ ޕްރައިވެޓް ކާރުގައި ތިން މީހުން މިސްރާބުޖެހީ އުޝާމެން ގެއާއި ދިމާާލިށެވެ. އެއީ ދެކުދިންވެސް އެންމެ ދާން ބޭނުންވި މަންޒިލެވެ. މިއަދު ހެނދުނުގެ ކޯލުގައި ދެއްކި ހުވަފެނުގެ ވާހަކަ ހަގީގަތަކަށް ވުމުން އުޝާއަށް ވާނެގޮތް ބަލައިލާ ހިތުން ދެމީހުންވެސް ތިބީ ކެތްމަދުވެފައެވެ.
“ ދޮންބެ އަނެއްކާ ދޮންބެދައްތަ އާއި ޔާން ކައިރީ ބުނިންތަ އަހަރެން އަންނަ ވާހަކަ “
“ ބޭބީގާލް ވިދާޅުވި ގޮތާއި ހިލާފްވާން ދޮންބެއަށް ކެރޭނެތަ “
ލާނެއް ހިނިތުންވުމަކާއިއެކު ދާނިޝް ބުނެލިއެވެ. އުމުރުން ސާޅިސް އަހަރު ގުނަމުންދާ ދާނިޝްއަކީ ވަރަށް މަޖާ މީހެކެވެ.ހާާއްސަކޮށް އާއިލާއާއި ގާތް ރަހުމަތްތެރިންނަށް ފެންނަ ސިފަޔަކީ މިއެވެ. އެހެނަސް ވަޒީފާގެ ދާއިރާގައި ދާނިޝް ސިފަކުރެވިފައިވަނީ ވަރަށް ސީރިއަސް ވެރިއެއްގެ ގޮތުގައެވެ. އަދި އެހާމެ ހިތްހެޔޮ ވެރިއެއްގެ ގޮތުގައިވެސްމެއެވެ.
“ ކޮބާ ރީމް! ބައްޕަމެން މަންމަމެން ރަނގަޅު ދޯ “
“ އާނ! އިރާދަކުރެއްވީތީ އެންމެންވެސް ރަނގަޅު “
ރީމް ހިނިތުންވެލަމުން ޖަވާބުދިނެވެ.
ވިހި މިނެޓުގެ ދުއްވުމަކަށްފަހު ދާނިޝް ކާރު މަޑުކޮށްލީ “ބްލޫ އޯޝަން “ ގޭ ކުރި މައްޗަށްށެވެ. ޒަމާނީ ފެންވަރަކަށް ހުރި ދެ ބުރި އިމާރާތަށް ދިމްރާ އާއި ރީމް ބަލައިލީ ހިނިތުންވެފައި ތިބެއެވެ.
“ކޮއްކޮމެން ވަދެލާފަ އާދޭ. ދޮންބެ މަޑުކޮއްލާނަން “
އުޝާ ހުރީ އުޝާގެ މަންމައަށް އެހީވެދިނުމަށްޓަކައި ތަރުކާރީ ކޮޅެއް ކޮށައި ދޭށެވެ. އޭރު އުނދުން މައްޗަށް ތެލި ލައިގެން ފިޔާކޮޅު ރަތްކުރަން އުޝާގެ މަންމަ ކައިރީގައި ހުއްޓެވެ.އުމުރުން 16 އަހަރުވެފައިވާ އުޝާމެން އެއްކޮން މާލެ ބަދަލުވީ އުޝާގެ އުމުރުން 14 އަހަރަށް އަޅާފައި ވަނިކޮށެވެ. ގުރޭޑް 8 ކުން މާލެއިން ކިޔަވަން ފެށި ގޮތަށް 10 ވެސް ނިންމާލީ މާލޭގައި ހުރެއެވެ.އުޝާގެ ބައްޕައަކީ މާލެ މީހަކަށް ވުމުން އެ ތިންމައިން އުޅެމުން ދަނީ އަމިއްލަ ގޭގައެވެ.
އުޝާ އަކީ މަޑުމައިތިރި މިޒާޖެއްގެ ކުއްޖެކެވެ. ރަހުމަތްތެރިންނާއިއެކު އުޅޭއިރު އިސްނަގާ ވާހަކަ ދައްކާ ސަކަރާތްޖަހާއި އުޅުނަސް ދުނިޔޭގެ އެހެން މީހުންގެ ކުރިމަތީ އުޝާ ވެފައިވަނީ މަޑުމައިތިރި ، ލަދުވެތި ކުއްޖެއްގެ ގޮތުގައެވެ. އުޝާ އަކީ އިސްކޮޅުން ކުރުވެފައި ހިކިކޮން ހުންނަ ކުއްޖެކެވެ. ބުރުގާ އަޅާފައިވާއިރު އާންމުކޮން ލައިއުޅެނީ ދިގު ހެދުމެވެ.
ބަދިގޭގައި އުޝާއާއި އޭނާގެ މަންމަވެސް ހުރީ ދޮރާ ފުރަގަސް ދީގެން ކަމުން ދޮރުމައްޗަށް އައިސް ހުއްޓިލި ދިމްރާ އަކާއި ރީމްއެއް އެދެމައިންނަކަށް ނުފެނެއެވެ. އެދެމައިންވެސް ސިއްސައިގެން ގޮސް ފަހަތަށް އެނބުރި ބަލައިލީ “ ސަޕްރައިޒް “ އޭ ކިޔާއި ދިމްރާ އާއި ރީމް ހަޅޭއްލަވައިގެން އަޑަށެވެ. އުޝާ ހުރީ ކުރިމަތިން ފެންނަ މަންޒަރު ގަބޫލުވެސް ނުކުރެވިފައެވެ. މިއަދުގެ ކޯލުގައި އެފަދަ އެއްވެސް އިޝާރާތެއްވެސް ކޮށްނުލާ ކުރިމަތީ އައިސް ހުއްޓާ ފެނުމުން ވާނީވެސް އެހެންތާއެވެ. އެ ފަކީރަށް ހަމަހޭވެރިކަންވެސް ވީ އަތުގައި އޮތް ވަޅި ވެއްޓި ތަށިމުށިތައްމަތީ ޖެހުނު އަޑު އިވުނީމައެވެ. އެއާއިއެކު ދިމްރާއާއި ރީމް އައިސް އުޝާގެ ގައިގައި އޮޅުލައިގަތެވެ. ވަގުތުން އުޝާވެސް މީހާ ހަމަޔަކަށް އެޅިލާ އެދެމީހުންގެ ގައިގައި އޮޅުލައިގަތެވެ. އެއާއިއެކު އިވިގެން ދިޔައީ ތިން ކުދިންގެ އުފާވެރި ހިނިތުންވުމުގެ އަޑެެވެ.
“ އަޅެ! ތީ ހަމަ އަސްލުވެސް ދިމްއާ ރީތަ. ގަބޫލުވެސް ނުކުރެވޭ “
އުޝާ ހަމަ މިހެން ބުނެލުމާއިއެކު ދިމްރާ އުޝާގެ ގައިގައި ވިކާލިއެވެ.
“ އައުޗް “
“ މިހާރު ޔަގީންވެއްޖެ ދޯ މީ ހަގީގަތެއްކަން “
“ ހޫމް! އަޅެ އައިމް ސޯ ސޯ ހެޕީ. ބުނެދޭނެ ގޮތެއްވެސް ނޭނގެ. ހާދަ އުފާ ވެއްޖެޔޭ “
“ދަރިފުޅާ ދެން އެމީހުން ކޮޅައްތަ ބައިތިއްބަނީ. ދޭބަލަ ޖޫސް ތައްޓެއް ވިޔަސް ދޭން “
“ ނޫނޭ ދައްތާ. ދެން މިގަޑިއަކު ނޫން. އެކޮޅުން އާއިގޮތަށް ފުރަތަމަވެސް މިއައީ މިގެއަށް. އަދި ގެއަށްވެސް ވަދެނުލަން. ދޯ ދިމް “
“ އެ ތެދެއް ދައްތާ. ފަހުން އަންނާނަން ދައްތަމެނަށް އުނދަގޫ ކޮއްލަން. މިގަޑީ ދެން ދަނީ “ދިމްރާވެސް ރީމް އާއި އެއްބައިވެލަމުން ބުނެލިއެވެ. ފަހުން ދިމާވާނެ ކަމަށް ބުނެ ދެމީހުން އެގެއިން ނުކުމެގެން ގޮސް ކާރަށް އެރިއެވެ. ދެން އެމީހުން މިސްރާބުޖެހީ ރީމް ދާާ ގެއާއި ދިމާލަށެވެ. އެއީ ރީމްގެ މަންމަ ފަރާތު ބޮޑުދައިތަމެން އުޅޭ ގެއެވެ.
ރީމް ، އުޅެން ހަމަޖެހިފައިވާ ގޭ ދޮރުމައްޗަށް ކާާރު މަޑުކޮށްލުމާއިއެކު ދެމީހުންވެސް އެގެއާއި ދިމާލަށް ބަލައިލިއެވެ. އާދައިގެ ގެއެކެވެ. ބަލައިލަން ހުތުރެއް ނޫނެވެ. ބޮޑު ބިިޔަ ކުންނާރު ގަހެއް ފޫޓުފާރުމަތިން ފެންނަން ހުއްޓެވެ. މާލޭ ގޭ ގެއިން ފެނުނު ވަރަށް ނާދިރު މަންޒަރެވެ. ގޭ ހަދާފައި ގިނަފަހަރަށް ގަހެއް އިންދާލާނެ ތަނެއް ނޯވެއެވެ.
“ ރީ އާ އެކު އަހަރެން ވަންނަން ވީ ދޯ. އަހަރެމެން ބުނެގެންނޭނުން ރީ ބޮޑުދައިތަ ބަލާވެސް ނައީ “
“ ނޫނޭ! އަހަރެން އެކަނި ދާނީ. ދިމްވެސް މިހާރު ހުންނާނީ ވަރުބަލިވެފަ. ފަހުން ދިމާކުރާނީ ދޯ.. އޯކޭ ޓޭކް ކެއާރ އިނގޭ “
ދިމްރާގެ ހިޔާލާ ރީމް ދެކޮޅު ހެދިއެވެ. މާލެއަށް އައީ އަލަށް ކަމަށްވިޔަސް ބޮޑުދައިތައަކީ އޭނާއަށް އާ މީހެއް ނޫން ވިއްޔާއެވެ. އެކަކު ވަކި ކުރަން ނޭނގުނަސް ބޮޑުދައިތަ ވަކިި ކުރަން އޭނާއަށް އެނގޭނެއެވެ.
ފޮށި ހިފައިގެން ރީމް ގޮސް މަޑުކޮށްލީ ދޮރޯށި ކައިރީގައެވެ. އެއައްފަހު އެތާ ހުރި ސުވިޗަށް ދެތިން ފަހަރު ފިތާލިއެވެ. މާކަ ގިނައިރެއްނުވެ ދޮރު ހުޅުވާލި އަޑު އިވުނެވެ. އިސްއުފުލާ ބަލައިލިއިރު ކުރިމަތީ ހުރީ ހަމަ ރީމް ވަރުގެ އަންހެން ކުއްޖެކެވެ. އިސްކޮޅުގައިވެސް މާ ބޮޑު ތަފާތެއް ނެތެވެ. ލާފައި ހުރީ ކުރު ޖިންސު ސޯޓު ކޮޅަކާއި ޓޮޕް ކޮޅެކެވެ. ބަލާއިލުމުގައި މާ ގާތް ގޮތެއްވެސް ނެތެވެ. ރީމްއަށް ފުރަތަމަވެސް އިހްސާސް ކުރެވިގެން ދިޔައީ ދުރުހިލޭ ކަމެވެ. ނަމަވެސް ހިތްވަރު ކޮއްލާ ހިނިތުންވެލީ އާއި މަގުސަދު ހަނދާން ކޮށްލަމުންނެވެ.
ގޭތެރެއަށް ވަންނަން ދިޔައިރު ބޮޑުދައިތަ ގޭ ދޮރުމަތީ ހިނިތުންވެލައިގެން ހުއްޓެވެ.
“ ދަރިފުޅަށް އާދެވިއްޖެ ދޯ. ބޮޑުދައިތަ ހީކުރީ ގެއްލުނީ ކަމަށް”
ރީމް ކައިރިއަށް އައިސް ހުއްޓިލުމާއިއެކު ، ބޮޑުދައިތަ ހަސީނާ ރީމްގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. އަދި ރީމްގެ އަތުން ފޮށި އަތުލާ ރީމް ގޭ ތެރެއަށް ވެއްދިއެވެ. ރީމް ގެންގޮސް ސޯފާގައި ބައިންދަމުން ކައިރީ ހުރި ރީމް އާއި ފުރަތަމަ ދިމާވި ކުއްޖާއަށް ބޮޑުދައިތަ ގޮވާލިއެވެ.
“ ދަރިފުޅާ ރާޝާ! ދޭބަލަ ޖޫސް ތައްޓެއް ރީމްއަށް ގެނެސްދޭން”
“ މަންމައަށް ތިހެން ބުނާއިރުވެސް އެނގޭނެ އަހަރެންނަށް ޖޫސް ގިރާކަށް ނޭނގޭނެކަން “
ރާޝާ ރުންކުރު ރާގަކަށް އެހެން ބުނެލުމަށްފަހު ފެނުނީ ދުވެފައި ގޮސް ކޮޓަރިއަށްވަދެ ދޮރުޖެހިތަނެވެ. ރާޝާ ދިޔަ ދިމާލުން އިތުރު އަންހެން ކުއްޖެއް އެވަގުތު އަންނަތަން ފެނުނެވެ. ބަލާބުލުމަށް ބާވިސް ތޭވިސް އަހަރު ވެދާނެހެން ހީވެއެވެ.
“ މީ އިޝްރާ. ބޮޑުދައިތަގެ ދޮށީ ދަރި ރީހާންގެ އަންހެނުން “
އޭނާ އައިސް ކައިރިއަށް މަޑުކޮށްލުމުން ބޮޑުދައިތަ ބުނެލިއެވެ. އޭނާ އެވަގުތު ފުޅާ ހިނިތުންވުމަކާއިއެކު ރީމް އާއި ސަލާމް ކޮށްލުމަށް އަތްދިއްކޮށްލިއެވެ. އިޝްރާގެ މި ގާތްކަމާއި ހިތްހެޔޮކަމުން ރީމްއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ.
“ އެބަ އަންނަން އިނގޭ ޖޫސް ތައްޓެއް ހިފައިގެން. އެ ބޯލައިގެންނޭނުން ދޯ ކޮޓަރިއަށް ދާނީ “
އިޝްރާ މިހެންބުނެފައި ބަދިގެއާއި ދިމާލަށް މިސްރާބު ޖެހިއެވެ.
“ ހިނގަ ދާން ކޮޓަރި ބަލާލަން. ދޯ. އޭރުންނޭނުން ވަރުބަލިވެސް ފިލުވާ ލެވޭނީ “
ރީމް ޖޫސްތަށި ބޮއެ ބޮޑުދައިތައާއި ތަށި ހަވާލުކުރުމާއިއެކު، އިޝްރާ އައިސް ރީމްގެ އަތުގައި ހިފައިގެން ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.
ކޮޓަރި އާއި މެދު ރީމް ވަރަށް ހިތްހަމަޖެހުނެވެ. ރީމް އަކީ އަބަދުވެސް އާދައިގެ ކަންކަމަށް ލޯބިކުރެވޭ ކުއްޖަކަށް ވާތީ އޭނާއަށް އެ ކޮޓަރި މާ ބޮޑަށްވެސް ކަމުދިޔައެވެ. ރީމް އަކީ އުޝާ އާއި ދިމްރާއެކޭ އެއްފަދައިން 16 އަހަރު ވެފައިވާ ކުއްޖެކެވެ. އުޝާ އާއި ދިމްރާ އާއި ހިލާފަށް ރީމް ހުންނަނީ ދިގު ކޮންނެވެ. އެދެކުދިންނަށްވުރެ ރީމް މާ ހިކިވެސްމެއެވެ. ލައި އުޅެނީ ގަމީސް ސްޓައިލްގެ ހެދުން ކޮޅުކޮޅާއި ޖިންސެވެ. ބުރުގާ އެޅުމުގައިވެސް ގިނަ ފަހަރަށް ގެންގުޅެނީ އާދައިގެ ސްޓައިލް ސްޓައިލެވެ.
ދާނިޝް އާއި ދިމްރާ ކާރު ގޭ ގަރާޖަށް ލުމަށްފަހު މަޑުމަޑުން ހިނގާލާފައި ގޮސް ގޭތެރެއަށް ވަނެވެ. ސިއްރު ސިއްރުން ބޯ ދިއްކޮއްލި އިރު ދިޔާން ސޯފާގައި އޮށޯވެލައިގެން ޓީވީއަށް ނަޒަރު ހުއްޓާލައިގެން އޮތެވެ.ސަމާލުކަމާއިއެކު ބަލަމުން ދިޔައީ ފުޓުބޯޅަ މެޗެކެވެ. ކައިރީގައި ދޮންބެދައްތަ ކަމުގައިވާ ސިނާ އުމުރުން ތިން އަހަރުގެ ދިފްލާއަށް ކާން ދެން އިނެވެ. އޭރުވެސް ދިފްލާ ނުކާންވެގެން ގަދަހަދަމުން ދިޔައެވެ. ދިމްރާ ވިސްނަން ހުރެފައި ގަޑިއަށް ބަލައިލީ މޮޅު އައިޑިއާއެއް އައިސްގެންނެވެ. އޭރު ގަޑިން އިރުއޮއްސި ހަތެއް ޖަހަނީއެވެ.
ފޯރީގައި މެޗް ބަލަން އޮތް ދިޔާންއަށް ސިހުމެއް ލިބިގެން ދިޔައީ ސިޓިންރޫމްއިން އެއްކޮން ކަރަންޓް ދިޔުމުންނެވެ. ސޯފާއިން ތެދެވެ އިށީންދެލަންވާއިރަށް މަންމަ ހުރީ އައިސް ކައިރީގައި ޖައްސާފައެވެ. ދިޔާންގެ އަތުގައި މަންމަ ހިފާލިލެން ބާރުކަމުން ދިޔާންއަށް ތަދުވެސްވިއެވެ.
“ ދަރިފުޅާ ދިޔާން! ދިފް ކޮބާ؟
“ އަޅެ މަންމަ ކައިރީއޭނުން ދިފް ހުރީ “
“ މަންމަ ކައިރީ ހުރެފަ،މިހާރު ދިޔަތަނެއް މަންމަ އަކަށްވެސް ނޭނގެ.ހިނގާބަ ހޯދަން ދާން. އަޅެކީއްވެތަ ކަރަންޓް ދާންވީވެސް “
“ މަންމަ މިތާ މަޑުކުރޭ. އެބަ އަންނަން ބަލައިލާފަ “
“ ނުކެރޭނެ ދަރިފުޅާ. ޔަގީނޭ ވަގެއްގެ ކަމެއްކަން މިއީ.. އަވަހަށް ބައްޕައަށް ގުޅާބަލަ “
“ އަޅެ މަންމާ! އަހަރެން ދިޔަދިނީމައޭނުން ކޮކީއަށް ވީ ގޮތެއްވެސް ބެލޭނީ “
ކަންބޮޑުވެފައިވާ މަންމަގެ އަތުގައި ދިޔާން ހިފާލަމުން ހިތްވަރު ދޭ ފަދަޔަކުން އެ އަތަށް ފިތާލަމުން ބުނެލިއެވެ. އަދި ތެދުވެގެން ސިޓިންރޫމްއިން ބޭރަށް ނިކުމެވެން އިން ދޮރާ ދިމާލަށް މިސްރާބު ޖެހިއެވެ. ނުދާން ދާން ހުރެފައި ސިނާ ވެސް ދިޔާން ފަހަތުން ހިނގައިގަތެވެ. އެވަގުތު އަތު ޖެހުނު ފިހިގަނޑުވެސް ހިފައިގެންނެވެ.
ސިނާ ދޮރާއި ހިސާބަށް އެރިތަނާ އަޑުއިވުނީ ދޮރުމަތީ ތިބި ދެމީހުން ހަޅޭއްލަވައިގަތް އަޑެވެ. ސިއްސައިގެން ދިޔަވަރުން ސިނާ އެތާ ތިބި ދެމީހުންގެ ގައިގައިވެސް ފިހިގަނޑުން ތަޅައިގަތެވެ. އަނދިރިކަމުން އެތާ ތިބި ދެމީހުންވެސް ފެންނަނީ ދެ ހިޔަނި ފަދައިންނެވެ.
“ ދަރިފުޅާ! މިއޮތީ އެ ދެ ވަގު.އަވަހަށް އާދޭ “
ސިނާ އެހެން ގޮވަމުން ދިޔައިރުވެސް ފިހިގަނޑުން އެމީހުން ގައިގައި ތަޅަމުން ދިޔައެވެ. އޭރު ސާފު ނުވި ނަމަވެސް އެދެމީހުންވެސް ކޮންމެސް އެއްޗެއް ކިޔަމުން ދިޔައެވެ. ނަމަވެސް ބިރުގެންފައި ހުރިވަރުން ސިނާއަކަށް އެމީހުން ކިޔާ އެއްޗެއް ނުވިސްނެއެވެ. ސިނާ ހުރީ އެހާވެސް ބިރުގެންފައެވެ. އެހެންކަމުން ސިނާގެ ހަރަކާތްތަކަށް ހުއްޓުމެއް އައީވެސް މުޅި ގެއަށް ކަރަންޓް އައުމުންނެވެ. އެވަގުތު ކުރިމަތީ ތިބި ދެމީހުންފެނި ސިނާގެ ދެލޯ ދިޔައީ ބޮޑު ވެގެންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
76 Comments!
Comments are closed.





Vv reethi…gudluck…nimendhen genesdheynekamah ummeedhu kuran…
Thanxx dearr.. Yaa..in sha allah nimen dhen gehnaanan..
V reethi mi story..three frends ?
Hehe.. Thanx dearr.. So nimendhen kiyaalahcheyy.. ☺
???
☺
Wow… kihinehbaa vaan miulheny.. gud luck sithu..
Hehe..thanxx dearr..letxx see dww.. Vaan ulheh goih..hehe..
Vara reethi feshun?
Awwh..thanxx my dearr..
Ranglhu suprise eh dhw….. he he he
Dwww..so naxy ah heevany kon dhe kudhihneh hen dhoru mathy thibee.. _☺ ..hehe
Nice….vaahakaige anehbai avahah upkohla dhinihyaa v happy vaane
Thanxx dearr.. In sha allah tmrw noonee saturday night ga up kuraanan..
Ehen v ma Anonymousege namuga story thakah commnt kurany ithoo dhw? Author Id in nukurany keehvetha?
Thibuny.. Hadhaan nethigen login nuvevi rply kurevuny.. Maa fahun visnunee login nuvevilan rply kurevuny.. Ekamu anonymous ge namuga sithu eh vx myhakah cmnt eh nukuran..
Aaan ithoo thy anonymous ge name ga comnt kuraa myhaky dhw
Nooney anonymous aee ithoo eh noon dearr.. Dearr ah kuda kon olhigen thiulheny ☺
v reethi feshun…
Thanxx dearr.. Hope kuran nimendhen kiyaane kamah ☺
Adi varah salhi!!!
Gud luk???
Thanxx dear. In sha allah kuriah oih thaa vx reethi vaane ☺
Story ge feshun v v reethi…
Awwh..thanxx my dearr.. Adhi kuriah oih thaa miah vure reethi vaane kamah balamaa hingaa dww.. ☺
hahahhahahahahaaaaaaaaaaaaaaaaaaaaaaaaaaaaaaaa………. heeeeheeee halaaku… enme majalee enme fahu thankolhu…. but story habeys ingey… and story liyan fashaafa huttaanulachcheyyy… kameh dhimaaviyas angaalan vaane… mi bunee humeh ayas bunelachey…. eyrun we won’t be
disappointed….. good luck……
Hahaha..dww.. Hehe..fahun huhnaane adhi hama varaa majaa scene thah.. Hmm..hadhaan kon bunaanan efadha uxureh medhuveri vehjehyaa..n thanx for the cmnt dear..n hope kuraanan nimendhen kiyaane kamah..n stry aa dheytherey dhekevey goih thah bunedheyne kamah vx ☺
Hahahaha…. enme fahun dhimraa gaiga dhw ethalhaigathy…??
Haha..letx see dww.. Hee nukuraa meehaku vx hure dhaane hama.. Next part ga ingeyne konme akas kaaku kan dww..
Salhii .!! When is the next part!!?
Thanxx dearr.Saturday night in sha allah up kuraanan..
feshun v rythi…… adhi furathama vaahakayaa balaafa vaahaka ves v rythi….
Awwh.. Thanx dearr.. Glad to hear that. ☺
Aneh part kon irakuntha up kodđheynee. V salhi. Avas avaha koddheyne kama heekuran
Hmmmm… Saturday night kamah balamaa dww.. Maybe tmrw night vx up vedhaane.. ☺
Reethi
Thanxxx dearr ☺
what is ur full name ithoo
Wat happen dearr.. Sithura eh aslu kiyanyy..
Reeeethi….gud luck
Thanxx dearr.. ☺
Ithoo thee chanyeol ge fan eh tha??
Konmes varakah.. Hehehe..
Varah salhi vaahaka eh uhmeedhu kuran nimendhen vaahaka genes dheyne kameh I love u sithoo n miss u
Hehehe..hmm.. In sha allah.. Nimendhen gehnaanan
Varah salhi vaahaka plx upto next
☺
Very interesting I am waiting next patt
Thanxx dear
Varah reethi vaahaka .. Keep it up dear..
Thanxx dearr.. ☺
Vvvvvvvvv loabi mi vaahak. Thanx thanx thanx a lot c thoo. N bunelan othy mee c thooge furathama vaahakayaa balaafa ham vvvv habays vaahaka ekay. Feshun hama v reethiyay. Uhnmeedhukuran mi c thooge gina vaahaka thakeh kiumah libayne kamah. U r the bes. Next part ge inthixaaruga.
Anytime sanu.n Thanxx my dearr.. ☺ ..yaa in sha allah.. I will try my best..
heheehe.. v majaa..heehee halaaku vehjjee.. hope this is gonnaa be nice… good luck <3
Hehehe.. Thanxx dearr.. Fahun adhi vx huhnaane majaa thanthan.. Hope kuran nimendhen kiyaane kamah vx ☺
Nice.. ? gud luck
Thanxx dearr ☺
Wow Nice story.. Waiting for the next part?
Awwh..thanxx dearr… ☺
Good work..
Waiting for next part.. ??
Awwh..thanxx dearr… ☺.. Maybe tmrw night ga up vedhaane..in sha allah..
JUst Amazing… sithu thee foruvifa in Star eh…. I am proud of u.. keep going girl…. waiting eagerly for every part… good luck sithuppa
Awwhh..thanxx munippa..in sha allah i will.. ☺
gud wrk sithu.. i always knew u had tha ability to write stories kan.. keep on writing.. my best wishes r with u.. good luck love ?
Awwhh..thanxx sixu dear..im really glad to hear that..?
v salhi story… good luck sithoo… looking forward for next part…
Thanxx joo..hmm.. Mirey noonee maadhen up kuraanan..
Nice
Thanxx dearr☺
wow v nice story <3 <3
Thanxx dear ☺
Varah rythi mi stry.. varah ufa vehje sithu ge vaahaka eh kiyaalan libunyma..
Thanxx neysha ?
masha allah v reethi mi part 🙂
Turkish DRAMA Ehge thankolhuthah handhaaan vaanee mi story kiyaaleema. Ask laftan anlamaz. ???? Ehaaves reecheyy mibunee. ? Eyga ves 3 frnds ulheynee conference hadhain abadhu call kohgen thiebeynee. And One frnd hama dhimra gothah Hehe vrh Reethi. thanks for making me remind that drama . I laaaaav it…. Keep it up. Love youuu
Yeah starting v reethi.?
This is my 3rd time reading this story