Skip to content
އެސްފިޔަ

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން… (05)

“އާދޭ އާދޭ! ތީ ކޮން ކުއްޖެއްތަ ” އެތަނުން އެންމެ ދުވަސްވެފައި ހުރި އަންހެން މީހާ އައިސް ދިމްރާގެ އަތުގައި ހިފައިގެން އެމީހުންގެ ކައިރިއަށް ގެންދަމުން އަހާލިއެވެ.

“ދެން ބުނެބަލަ..ތީ ކޮންކުއްޖެއްތަ ”

“އެއީ ދާނިޝްބެގެ ކޮއްކޮ ދިމްރާ ” ޖަވާބުދިނީ ބަދިގެއިން ނިކުތް ޔުއާންއެވެ.

“އަޅެ އެހެންތަ! ތީ ދޯ ދާނިޝް އަންނާނޭ އެކީ ކުއްޖަކީ.. ނޭނގޭނޭނުން ދާނިޝްއަކާ އެހާ ވައްތަރެއް ނޫންވިއްޔަ ” އެތާ އިން އެންމެ ދުވަސްވެފައި ހުރި ފިރިހެން މީހާ ބުނެލިއެވެ.

“އެކަމު ދިފްލާއާއި ވައްތަރުގޮތެއް އެބަހުރި ދޯ.. ދިމްރާ ކީއްވެތަ މިގެއަށް ނާންނަނީ.. ދާނިޝްމެން ދިޔާންމެންވެސް މީ އަމިއްލަ ގެއެއް ކަމަށް ދެކޭވިއްޔަ..އެހެންވީމަ ދިމްރާވެސް ވާނެ ގިނަގިނައިން އަންނަން އެނގޭ  ” ދުވަސްވީ އަންހެން މީހާ އެހެންބުނުމުން ބަދަލުގައި ދިމްރާ ހިނިތުންވެލިއެވެ.

“އަދި މިއުޅެނީ ތައާރަފެއްވެސް ނުދެވި ދޯ.. މީ ޔުއާންގެ މަންމަ..ދެން މިއިނީ ޔުއާންގެ ބައްޕަ  ” އެތަނުން ދުވަސްވީ ފިރިހެންމީހާ ދައްކާލަމުން ޔުއާންގެ މަންމަ ބުންޏެވެ. ދިމްރާ ހިނިތުންވެލާފައި ސަލާމަށް އަތް ދިއްކޮށްލިއެވެ. ޔުއާން އެންމެ ވައްތަރީ ޔުއާންގެ ބައްޕައާއެވެ. ޔުއާންގެ ބައްޕަގެ ކިބައިން ދިމްރާއަށް ފެނުނީ ވަރުގަދަ ސަޙްސިއްޔަތެކެވެ. އުމުރުން ފަންސާސް އަހަރުވެދާނެކަމަށް ލަފާ ކޮށްލެވުނަސް މީހާ އެއައްވުރެ ޒުވާންކަމަށް ދައްކަނީ ހަށިގަނޑުގެ ގޮތުން ކަމަށް ވެދާނެއެވެ. ގިނައަދަދަކަށް ނުރަ ހުއްޓަސް މޫނުމަތިން ފެންނަނީ ހަރުދަނާކަމާއި ޒިންމާދާރުކަމެވެ. ޔުއާންއަށް އެ ރުޅި ވާރުތަވެފައިވަނީ ކާކުގެ ކިބައިންކަން ދިމްރާއަށް ނަގައިގަނެވުނެވެ.

“ދެން މިއީ ޔުއާންގެ ދޮންތަ ޔުޝްރާއާއި އޭނާގެ ފިރިމީހާ އާލިކް ” ދިމްރާ އެ އެންމެންނާވެސް ސަލާމް ކޮށްލިއެވެ. އެ އެންމެންގެ ކިބައިންވެސް ދިމްރާއަށް ފެނުނީ ގާތްކަމެވެ.

“އެނގޭތަ އަހަރެމެން އެންމެން ހައިރާންވެފަ ފުރަތަމަ ބަލަން ތިބީ ކީއްވެކަން..ޔުއާން ތި ނޫނީ އަންހެން ކުއްޖެއް މިގެއަށް ގެނެސްފަކާ ނެތް..އެހެންވެ ” ޔުޝްރާ ދިމްރާގެ އަތުގައި ހިފާލައިގެންހުރެ މަޖާވެފައިހުރެ ބުނެލިއެވެ.

“ދޮންތީ ” ޔުއާން ޔުޝްރާއަށް ގޮވާލީ އެ މައުޟޫ ހުއްޓާލާށޭ ބުނާ ފަދަޔަކުންނެވެ. އޭނާ ގޮވާލިގޮތުން އެ އެންމެން ފެށީ ހޭށެވެ. ދިމްރާއަށް ބަލައިލެވުނީ ޔުއާންއާއި ދިމާލަށެވެ. އޭރު ޔުއާން ހުރީ ދުރުބަލަހައްޓައިގެންނެވެ.

“އާދޭ ދާން..މިހާރު އެމީހުން ތިބޭނީ ލަސްވެފަ ” ޔުއާން މިހެންބުނެ އެކަކާ ދިމާލަށްވެސް ބަލައިލުމެއްނެތި ނުކުންނަން ހިނގައިގަތެވެ.  އެހެންކަމުން އަދި ފަހުން އިރާދަކުރެއްވިއްޔާ ދިމާވާނެ ކަމަށްބުނެ ދިމްރާވެސް ޔުއާންގެ ފަހަތުން ހިނގައިގަތެވެ. ސިޓިންރޫމްއިން ނުކުތުމާއިއެކު ޔުޝްރާ ހޭންފެށިއަޑު އެދެމީހުންނަށް އިވުނެވެ. ދިމްރާގެ ގާތަށްވެސް ހިނިއައީ ޔުއާންއަށް ވެފައި ހުރިގޮތް ފެނުމުންނެވެ. ނަމަވެސް ދިމްރާ ހުނުން މައިތިރިކުރީ ޔުއާން ރުޅިއައިސްފާނެތީއެވެ.

“އެއީ ތެދެއްތަ! އަހަރެން ނޫނީ އަންހެން ކުއްޖެއް ނުދޭތަ ”

“އެމީހުންނަށް ފެނުނީ ދިމްރާ އެކަނި އަދި…އަހަރެން ދަންވަރު ކުދިން ގެންނަނީ.. އެހެންވެ އެމީހުންނަށް ނުފެންނަނީ ” ޔުއާންގެ ޖަވާބުން ދިމްރާ މޫނު ކުނިކޮށްލިއެވެ. ދިމްރާއަށް ހީކުރެވުނީ ރަނގަޅަށެވެ. ޔުއާންއަކީ ހަމަ ރަނގަޅަށްވެސް ޕްލޭބޯއީއެކެވެ.

އެ ގޯޅިގަނޑަށް ވަދެވުމުން މިފަހަރު ދިމްރާ އެރީ ފާރާވީ ފަޅިއަށެވެ. ދުވެލާފާއި އައިސް ޔުއާންއާއި ފާރާ ދޭތެރެއަށް ވަނުމުން ޔުއާންގެ ތުންފަތްމައްޗަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އަދި ދިމްރާ ޔުއާންއާއި ކައިރިއަށް ޖެހިލުމުން ޔުއާންގެ ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައެވެ. އަދިހަމަ އެހެންމެ ޔުއާން ކުރިން ބުނި ގޮތަށް ދިމްރާ މިފަހަރު އަމަލު ކުރުމުން ޔުއާން ހިތްހަމަޖެހުނެވެ.

ދިމްރާ ވެއްޓުނު އަޑަށް ސިއްސައިގެން ގޮސް އުޝާއަށް އިސްކޫރާ ކައިރިއަށް ޖެހެވުނުއިރު އެކުއްޖާ ފަކީރު ނުވެއްޓުނީވެސް ކިރިޔާއެވެ. ނުވާކަމަށް ހަދާފައި އިސްކޫރު ނިވާލުމަށްފަހު އުޝާ އެނބުރި ބަލައިލިއިރު ދިމްރާ ފަހަތަށް ބަލައިލުމެއްނެތި ހިނގައި ގަންނަނީއެވެ.އެދިމާލަށް ބަލަން ހުރެފައި އުޝާ ދިޔާން ހުރި ދިމާލަށް ބަލައިލީ ދިޔާން ބަލަން ހުރެދާާނެ ކަމަކަށް ހީކޮށްފައެއް ނޫނެވެ. ނަމަވެސް އޭރުއްސުރެ ދިޔާންގެ ނަޒަރު ވަކިނުވެ ހުރިކަން އެނގުމުން އުޝާ ލަދުގަތެވެ. އުޝާ ލަދުން އިސްޖަހާލުމުންވެސް ދިޔާން އުޝާގެ މޫނުން ނަޒަރު ވަކިކޮށެއް ނުލިއެވެ. އޭގެ ބަދަލުގައި އެ ހުރިގޮތަށް ހުރެ ދިޔާން އަޅާލީ ކުރިއަށް ފިޔަވަޅެކެވެ. އުޝާވެސް އެއާއެކު އިސްނެގުމެއްނެތި ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. ދިޔާން ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން ދިޔުމުން އުޝާއަށްވެސް މަޖުބޫރުވީ ފަހަތަށް ފިޔަވަޅުތައް އަޅާށެވެ.

އުޝާއަށް އިސްނަގާ ދިޔާންގެ މޫނަށް ބަލައިލެވުނީ މީހާގެ ހަށިގަނޑު ފާރުގައި ޖެހުމުން ލިބުން ސިހުމުގައެވެ. ދިޔާންއާއި ހަތަރުކަޅި ހަމަވުމުން މިފަހަރު އުޝާއަކަށްވެސް މޫނު އިސްދަށަށް ޖަހައެއް ނުލެވުނެވެ. ދިޔާން އާއި ގޮތަށް އައިސް ދެއަތް ފާރުގައި ޖައްސާ އުޝާ ގައިދު ކޮށްލީ އުޝާ ދިޔަނުދިނުމުގެ ގޮތުންނެވެ.

“އުޝާ ” ދިޔާން އުޝާގެ ނަމުން ގޮވާލީ އެތައް އަސަރެއް އެކުލެވިގެންވާ ރާގަކުންނެވެ.

“ކީއްވެތަ އަބަދު އަހަރެންނަށް ތި ފިލަނީ..ދުރައްދަނީ..އަހަރެން މިހާރު އަބަދުވެސް ބޭނުންވޭ އުޝާ މިގޮތަށް ކައިރީ ބަހައްޓަން.. އެކަމު ފުރުސަތެއް ނުލިބެ..އެހެންވެ ހިތަށްއެރީ ދެންމިކަހަލަ ފުރުސަތެއް ނުލިބޭނޭ..އެހެންވެ ލިބުން ފުރުސަތުގެ ބޭނުން މިހިފީ ” ދިޔާން އެހެން ބުނުމުން އުޝާގެ ފަރާތުން ލިބިގެންދިޔައީ ލަދުވެތި ހިިނިތުންވުމެކެވެ.

“އުޝާ! އަހަރެން ހަގް އެއް ކޮށްލިޔަސް އޯކޭތަ ” އުޝާގެ ދެލޮލަށް ބަލަންހުރެ ދިޔާން ބުނެލި އެއްޗަކުން އުޝާގެ މޫނު ހައްތަހާ ލަދުން ގޮސް ރަތްވަމުން ދިޔައެވެ. އުޝާގެ އެ ހަމަހިމޭންކަން ދިޔާންނެގީ ދިން ހުއްދައެއްގެ ގޮތުގައެވެ. އެއާއެކު ވަގުތު ބޭކާރުކޮށްނުލާ ދިޔާން ވަގުތުން އުޝާ ގެނެސް އެމޭގައި ލައްކޮށްލިއެވެ.ނަމަވެސް ދެމިނެޓުވެސް ނުވަނީސް އުޝާ ދިޔާންގެ މޭގައި އަތްއަޅާ ދުރަށް ކޮއްޕާލިއެވެ. އޭރުވެސް އެ މޫނުގައި ވަނީ ލަދުވެތިކަމެވެ.

އުޝާ ދޮރާ ދިމާލަށް ދުއްވައިގަތީ ދިޔާންގެ ކުރިމަތީ އިތުރަށް ހުންނަން ނުކެރިގެންނެވެ. ނަމަވެސް ތަންކޮޅަކަށްވެސް ނުދެވެނީސް ދިޔާން ހުޝިޔާރުކަމާއިއެކު އުޝާގެ އަތުގައި ހިފާ ކައިރިއަށް ދަމައިގަތެވެ. ނުވިސްނާ ހުއްޓާ ދިޔާން ދަމައިގަތުމުން އުޝާގެ ބުރަކަށި އައިސް ޖެހުނީ ދިޔާންގެ މޭގައެވެ. އެވަގުތު އުޝާއަށް އެތެރެއަށް ދަމާލި ނޭވާ ބޭރަށް ދޫކޮށްލަންވެސް ނޭނގުނެވެ.

“އުޝް! އިތުރަކަށް ދެން މިހިތް ފޮރުވައިގެން އުޅޭކަށް އަހަރެންނަކަށް ކެތެއްނުވާނެ…..އައި ލަވް ޔޫ އުޝާ ” ދިޔާން ، އުޝާގެ ކަންފަތްކައިރީ މަޑުމަޑުން ބުނަމުންދިޔަ ބަސްތަކުން އުޝާއަށް ހުރެވުނީ ލޯ މަރާލައިގެންނެވެ. ނަމަވެސް ދިޔާންގެ ދުލުން ފަހުން ނުކުތް ޖުމުލަ އަޑުއިވި އުޝާއަށް ދެލޯ ހުޅުވާލެވިގެން ދިޔައެވެ. ދިޔާންގެ ފަރާތުން އެބަސްތައް އެހާ އަވަހަށް އިވިދާނެކަމަކަށް އުޝާ ކުޑަކޮންވެސް އުއްމީދެއް ނުކުރެއެވެ. އުޝާގެ ހިތް އުފަލުން ފޮޅިގެންދިޔައެވެ. ނަމަވެސް ބުނާނެ އެއްޗެއް އެވަގުތު ދުލަކަށް ނައެވެ.

އެއީ ދިޔާންގެ ދުލުން އުޝާ ހާދަ އަޑުއަހަން ބޭނުންވެފައިވާ ލަފްޒު ތަކެކެވެ. ދިޔާންއާއި ފުރަތަމަ ދިމާވި ދުވަހުވެސް އޭނާއަށް ކުރެވުނީ މުޅިން އެހެންކަހަލަ އިހްސާސެކެވެ. ހިތުގާ އާ ވިންދެއް ޖަހާލިކަމުގެ އިހްސާސް ކުރެވިގެން ދިޔައެވެ. ދިޔާންގެ ހުރިހާ ސިފައެއް ފުރަތަމަ ފެނިލުމުންވެސް އޭނާއަށް ކަމުދިޔައެވެ. އެހެނަސް މީގެކުރިން ކުރެވިފައިނުވާ އިހުސާސެއް ކުރެވުމުން ސީދާ ލޯބިކަމެއް ދެނެގަންނާކަށް އޭނާއަކަށް ނޭނގުނެވެ.

ނަމަވެސް ދިޔާން މިރޭ ބުނެލި އެބަސްތަކުން އުޝާއަށްވެސް ދިޔާންދެކެ ލޯބި ވެވިއްޖެކަން އޭނާއަށް ޔަގީން ކުރެވިއްޖެއެވެ. އެހެންނޫންނަމަ ދިޔާން އެހެންބުނީތީ މީހާ އެހާ އުފަލެއް ނުވީސްއެވެ. އުފަލުން އެދެލޯ ފެންކަޅިވީ އެނާގެ ހިތުގައިވެސް އިހްސާާސްތަކެއް ވީމަކަން އޭނާއަށް ގަބޫލުކުރެވުނެވެ.

“އޯކޭ ވަގުތުން ޖަވާބު ނުދިނަސް.. އުޝާ ވިސްނާލަން ވަގުތު ދީފިން..ހީކުރަން އުއްމީދު ކުރާ ޖަވާބު ލިބޭނެކަމަށް ” ދެންވެސް ދިޔާން ވާހަކަ ދެއްކީ އުޝާގެ ކަންފަތްދޮށުގައެވެ. ދިޔާން އެހެންބުނުމަށްފަހު އިރުކޮޅެއް ވަންދެން އެގޮތުގައި ހުރެލުމަށްފަހު އުޝާގެ ދެ ކޮނޑުން މަޑުމަޑުން އަތް ދޫ ކޮށްލިއެވެ.

ހަމައެވަގުތަކީ ޝާރިމްއާއި ރީމްވެސް އައިސް ބަދިގެއަށް ވަތް ގަޑިއެވެ. އުޝާވެސް އަވަހަށް ނުވާކަމަށް ހަދާފައި ދިޔާންއާއި ދުރަށް ޖެހިލިއެވެ.އެދެމީހުންނަށް ނޭނގޭ ކަމަކީ ޝާރިމްއާއި ރީމް އެތެރެއަށްވަނީ އެދެމީހުން ދެއްކި ވާހަކަ އަޑުއަހަން ތިބެފައިކަމެވެ. އެދެމީހުންނަށް ބަދިގެ ދޮރާ ހިސާބަށް އާދެވުނީ ދިޔާން  “އައި ލަވް ޔޫ ” އޭ ބުނެލި އިރަށެވެ. އިތުރަށް މަޑުކޮށްލީ ދައްކާ ވާހަކަ އަޑުއަހާލުމަށެވެ. ނަމަވެސް އެތެރެއަށް ވަދެފައި ދެމީހުންވެސް ހެދީ ނޭނގޭ ކަމަށެވެ. އިރުކޮޅެއްނުވެ ދިމްރާއާއި ޔުއާންވެސް އައިސް ބަދިގެއަށްވަނެވެ.އެއާއެކު އަނެއްކާވެސް ފެށިގެން ދިޔައީ ސަކަރާތްޖެހުމެވެ.

ކާން ހަމީހުންވެސް ނުކުތީ އުނދޯލިގެއަށެވެ. ކާންތިބެގެންވެސް ހަމީހުން ވަރަށް މަޖާކޮށް ސަކަރާތްޖެހިއެވެ. އުފާވެރި މާހައުލެއްގައި ކާއި ނިންމާލިއިރު ހުރީ ގެއަށްދާން ލަސްވެސް ވެފައެވެ.

ފަތިހު ފަތިސް ނަމާދު ކޮށްލައިގެން ދިމްރާ ގޮސް ދިޔާންއަށް ގޮވިއެވެ.އޭރު ހުރީ ފަސްގަޑި ބައިވެގެން ބޮޑުވެފައެވެ. ނަމާދު ކޮށްލައިގެން ދިޔާން ނުކުތުމުން ދެމީހުންވެސް ބަދިގެއަށް ދިޔައީ ކޮފީ ތައްޓެއް ބޯލުމަށެވެ. މާގިނައިރު ވާހަކަ ދައްކަން ނުތިބެ ދެމީހުންވެސް ދިޔައީ ސުކޫލަށް ދާން ތައްޔާރުވާންވެގެންނެވެ. އޭރު ދާނިޝްއާއި ސިނާއާއި އަދި ދިފްލާވެސް ހޭލައިފިއެވެ.

“ދޮންބެދައްތާ ކޮބާ ޔާން ” ދިމްރާ ތައްޔާރުވެގެން ނުކުތްއިރު ދިޔާން ފެންނަން ނެތުމުން ދިފްލާއަށް ކިރުތައްޓެއް ދޭން އިން ސިނާ ކުރެން އަހާލިއެވެ.

“ބުނި ގޭ ދޮރުމަތި މަޑުކުރާނަމޭ.. ދިމްކައިރީ ބުނާށޯ ބޭރަށް ނުކުންނާށޭ ” ސިނާގެ ޖަވާބު ލިބުމުން ދިމްރާ ބޭރަށް ނުކުތެވެ. އޭރު ދޮރުމަތީ ހުއްޓިލައިގެން ދިޔާންއާއިއެކު ޔުއާންވެސް ހުއްޓެވެ.

“އާއްޗާ! ތީ ހަމަ ދިމްތަ..ވައްތަރެއްވެސް ނޫން ” ދިޔާން ، ކަޅުކުލައިގެ ސްކާޓް ތިރިއަކާއި މަޑުފެހިކުލައިގެ ގަމީސްކޮޅެއް ލައިގެން ހުރި ދިމްރާއަށް ތައުރީފު ކޮށްލިއެވެ.ކަކުލުން ތިރިއަށް ހުރިި ސްކާޓްކޮޅެއް ލާފައި ހުރިއިރު ގަމީސް ހުރީ ބެގީ ކޮށްފައެވެ. ކަޅުކުލައިގެ ބެލްޓެއް އަޅާލާފައިވާއިރު ކަޅުކުލައިގެ ދިގު ޓައިއެއްވެސް އަޅާފައި ހުއްޓެވެ. ޓައީގައި ސުކޫލް ރަމްޒުކޮށްދޭ ނިޝާން ހުއްޓެވެ. އިސްތަށިގަނޑު ހުރީ މައްޗަށް ނަގާ އައްސާލާފައެވެ. އެއީ އަބަދުވެސް ދިމްރާއަށް އެންމެ ކަމުދާ ގޮތެވެ.

ދިޔާން އެހެންބުނުމުން ބޫޓަށް އަރަން ހުރެފައިވެސް ދިމްރާއަށްވެސް އިސްއުފުލާ ދިޔާންމެނާ ދިމާލަށް ބަލައިލެވުނެވެ. އެދެމީހުންނަށް ބަލައިލެވުމުން އެވަގުތު މަޑުފެހިކުލަ އެދެމީހުންނާވެސް ވަރަށް ގުޅެއޭ ދިމްރާގެ ހިތަށް އެރިއެވެ. އެމީހުންވެސް ކަޅުކުލައިގެ ފަޓުލޫނެއް ލާފައި ހުރިއިރު ، ހުރީ ހަމަ ދިމްރާ ލާފައި ހުރި ވައްތަރުގެ ގަމީހެއް ލާފައެވެ.އަތް ދިގުކޮށް ހުރި އަތްކުރި ހުރީ އުޅަބޮއްޓާ ހަމަޔަށް އޮޅާފައެވެ. ކަރުގައި ސުކޫލް ރަމްޒު ކޮށްދޭ ނިޝާން ޖަހާފައިވާ ޓައި އަޅާފައި އޮތެވެ.ދިޔާން ނިއްކުރިމަތި އެކަނި ހިއްލާލާފައިވާއިރު ޔުއާން ހުރީ އެހެންޏާވެސް އިސްތަށިކޮޅު ބަހައްޓާ ގޮތަށެވެ. ނިއްކުރި މައްޗަށް އިސްތަށިކޮޅު ދޫކޮށްލާފައެވެ. ދެމީހުންވެސް ތިބީ އަވިއައިނު އަޅާލައިގެންކަމުން އިތުރު ފުރިހަމަކަމެއް ދައްކައެވެ.

ނަމަވެސް ދިމްރާ އެކަމަށް އެއްޗެއް ބުނަން އުޅެފައިވެސް ޱނުބުނީ އޭނާ އެއްޗެކޭ ބުނެފިއްޔާ އެދެމީހުން ފޮނިވެދާނެއޭ ހިތަށް އަރާފައެވެ. އެހެންކަމުން ބޫޓު ރަނގަޅު ކޮށްލަމުން އޭނާ ހިނގައިގަތީ ކުރިއަށެވެ.އެއާއެކު ދިޔާންއާއި ޔުއާންވެސް އައިސް އޭނާއާއި އެއްވަރު ކޮށްލިއެވެ.

“މިދަބަސް ހާާދަ ބަރޭ..ދިމް ހިފާއި ދޭންވީނުން ” ދިޔާން ދެކޮނޑުގައި އަޅުވާފައި އޮތް ދަބަހު އަތްގަނޑުގައި ހިފާލަމުން ބުނެލިއެވެ.

“އަހަރެންވެސް މިއުޅެނީ މި ދަބަސް ބަރުކަމުންނޭ ” ދިމްރާވެސް ދެކޮނޑުގައި އަޅުވާފައި އޮތް ނޫކުލައިގެ ދަބަސް ދައްކާލަމުން ބުނެލިއެވެ.

“ޔުއާންގެ ގައިގަ ހީވެ ދެދަބަސް ހިފަހައްޓާނެ ބާރު ހުންނާނެހެން.. މިހާރުވެސް ހީވަނީ ހުސްދަބަހެއް ހިފައިގެން ދާހެން ” ދެންވެސް ވާހަކަ ދެއްކީ ދިމްރާއެވެ.

“އެއީ ތެދެއްތަ..އަނެއްކާ ހުސް ދަބަހެއްތަ؟ ” ދިޔާން ، ޔުއާންގެ ދެކޮނޑުގައި އަޅުވާފައި އޮތް ކަޅުކުލައިގެ ދަބަހުގައި އަތްލީ ޔަގީން ކޮށްލާށެވެ. ދިޔާން ދިމްރާ ބުނި ވާހަކަ ގަބޫލުކުރީތީ ދިމްރާ ފެށީ ހޭށެވެ. އޭރު އުޝާމެން ގެއާ ހިސާބަށްވެސް އެމީހުންނަށް އާދެވިއްޖެއެވެ. އެގޭ ދޮރުމަތީ އުޝާއާއިއެކު އުޝާގެ މަންމަ އާއި ރީމްވެސް މަޑުކޮށްލައިގެން ހުއްޓެވެ. އެމީހުން ފެނުމުން ބަސްއަހައިގެން ކިޔަވައްޗޭ ކިޔާފައި އުޝާގެ މަންމަވަނީ އެތެރެއަށެވެ.

ސުކޫލް މަގަށް އެޅިއިރު އެކިދިމާލުން ކުދިންކުދިން އައިސް ވަންނަތަން ފެނުނެވެ. ދިމްރާއާއި ރީމްއަށް ސުކޫލް މިފެނުނީ އަލަށެވެ. އެ ބޮޑު ސުކޫލާއި އެ މާހައުލު ފެނި ދެކުދިންވެސް ހިތްހަމަޖެހުނެވެ. އެއީ ހަމައެކަނި ހައިސުކޫލް ދެ ގުރޭޑު އުޅޭނެ ސުކޫލެއްކަމުން އެތާ ތިބޭނީ އެގާރަ އާއި ބާރައިގެ ކުދިންކަން ވިސްނުނެވެ.

“ތިމީހުން ވަދޭ..އަހަރެމެން ވަންނާނަން ފަހުން..ރެން އައީމަ ” ދިޔާން އެހެންބުނުމުން އެ ތިންމީހުން އެއްވެސް ޝަކުވާއަކާއިނުލާ އެތެރެއަށް ވަންނަން ހިނގައިގަތެވެ. އެވަގުތުކޮޅުވެސް ދިޔާންގެ ލޯ އަމާޒުވެފައިހުރީ އުޝާއަށެވެ. އުޝާއާއި ރީމްއާއި އެއްގޮތަކަށް ޔުނީފޯމް ލާފައި ހުރިއިރު ދިމްރާއާއި އަޅާބަލާއިރު ތަފާތަކީ އިތުރަށް ހަރުވާޅެއް ލާފައި ހުރުމާއި އަތްކުރި ދިގުވުމެވެ. ދިމްރާ ބޮލުގައި ފެހި ބޭންޑެއް އަޅާލާފައި ހުރިއިރު ރީމްއާއި އުޝާ ހުރީ ކަޅުކުލައިގެ ބުރުގަލެއް އަޅާފައި ، އޭގެ މަތިން ހަމަ އެވައްތަރު ބޭންޑެއް އަޅާފައެވެ.

ތިންމީހުން ގޮސް މަޑުކޮށްލީ ބޭރު ހޯލްތެރޭ ހުރި ރީތި ބޮޑުބޮޑު މޭ މާ ގަސްދަށުގައެވެ. ވާހަކަ ދައްކަން ތިބެފައި ވަށައިގެންވީ މާހައުލަށް ތިންމީހުންނަށް ސަމާލުކަމެއްދެވުނީ ކުއްލިއަކަށް ކައިރީ ވަށައިގެން އުޅޭ ކުދިންތަކަށް އަންނަންފެށި ބަދަލަކުންނެވެ. ހާއްސަކޮށް އަންހެންކުދިންނަށްށެވެ. އެކަކު އަނެކަކު ގައިގައި ފާޑަަކަށް އޮޅުލައިގަނެގެން ތިބެ ކޮންމެސް އެއްޗެހިތަކެއް ކިޔަމުން ދިޔައެވެ. އެވަގުތު ތިންމީހުންގެ ސަމާލުކަންވެސް ހުއްޓުނީ އެކުދިންތައް ދައްކަމުން ދިޔަ ވާހަކަތަކަށެވެ.

“އަޅެ އަޅެ.. ބަލާ ހޭންޑްސަމްކަން..ނަސީބެއްނު އައިނު އަޅައިގެން ތިބިކަންވެސް ”
“ޔާ..އެ ދެލޯ ފެނިއްޖެނަމަ ފެއިންޓް ވާހާވޭ..އަދި އެ ބަލާލާ ނަޒަރުން ދޯ ”
“އެކަކަށް ދޫކުރާނެ އެކަކުވެސް ނެތް..ތިން މީހުންވެސް ހީވަނީ ރީތިކަން ހުސްކޮށްލައިގެން ތިބިހެން ” ދެކުދިންކައިރީ ހުރި ތިންވަނަ ކުއްޖަވެސް ބުނެލި އަޑު އިވުނެވެ. މި ކުދިންތަކަށް މިހާ ވަރުތަކެއް މިވަނީ ކޮންބައެއް ފެނިގެންތޯ ބަލާލުމުގެ ޝައުގުވެރިކަން ތިންމީހުންގެ ހިތުގައިވެސް އުފެދުނެވެ. އެއާއެކު ތިން މީހުންނަށްވެސް ބަލައިލެވުނީ ގޭޓާ ދިމާލަށެވެ.ލިބިގެން ދިޔައީ ހައިރާންކަމެކެވެ. މި އަންހެންކުދިންތަކަށް އެވަރުވަމުން އެދަނީ ހަމަ އެތިން މީހުން ފެނިފައި ހެއްޔެވެ؟ ގޭޓުން ވަދެގެން އާއި ދިޔާންއާއި ޔުއާންއާއި ޝާރިމް މިކަމަށް މާ ބޮޑު ފަރުވާލެއްނެތީ އާދައަކަށްވެފައި ތިބީމަކަމަށްވެސް ވެދާނެއެވެ. އެތިންމީހުން ވަށައިގެން ވީ މާހައުލަށް ކުޑަވެސް ސަމާލުކަމެއް ނުދެއެވެ.

ދިމްރާއަށް މި މަންޒަރު ވީ މަޖާ ކަމަކަށެވެ. ވަގުތުން އޭނާގެ ހިނިގަނޑު ދިޔައީ ފަޅަފަޅައިގެންނެވެ. މި އަންހެންކުދިންގެ މޮޔަ ކަމާއެވެ.

ދިމްރާގެ ބާރު ހުނުމުގެ އަޑަށް އެތިން ފިރިހެންކުދިންނަށް އަމާޒުވެފައިހުރި ލޯތަށް ދިމްރާއާއި ދިމާލަށް ބަދަލުވެގެން ދިޔައެވެ. އޭރުވެސް ދިމްރާގެ ހުނުމަކަށް ބަދަލެއް ނާދެއެވެ. އޭރު އެތައް ކުދިންނެއްގެ ރުޅިވެރި ނަޒަރު ދިމްރާއާއި އަމާޒުވަމުން ދިޔައެވެ. ދިމްރާއަށް ހޭވެރިކަމެއްވީވެސް އެނަޒަރުތަކުން އުނދަގޫވެފައިހުރި އުޝާާ ދިމްރާގެ ގައިގައި ކޮއްޓާލުމުންނެވެ.އިސްއުފުލާ ބަަލައިލެވުމާއިއެކު އަމާޒުވެފައިވާ ލޯތަށް ދިމްރާއަށް ފެނިގެން ދިޔައެވެ. މީހާގެ ހުނުންވެސް އެއްފަހަރުމަތިން ހުއްޓިގެން ދިޔައެވެ. ވަގުތުން ކެއްސާ ކަމަށް ހަދައިލެވުނީ ކަޑަވި ވަރުންނެވެ. އޭރު އެތިން ފިރިހެންކުދިންގެ މޫނުމަތިންވެސް ފެނިގެން ދިޔައީ މަޖާވިކަމުގެ ހިނިތުންވުމެކެވެ.

އެތިންމީހުން އައިސް ދިމްރާމެންގެ ކައިރިއަށް ހުއްޓުމުން އެނަޒަރުތަކުން ރެކެން ބޭނުންވި އުޝާމެނަށް ޖެހުނީ އަނެއްކާވެސް އެބެލުންތަކާއި ކުރިމަތިލާށެވެ. ބައެއްކުދިން ބީރައްޓެހި ކަމާއިއެކުވެސް އެދިމާލަށް ބަލަން ތިއްބެވެ. ލަފާ ކޮށްލެވެނީ އަލަށް އެގާރައަށް ވަތްކުދިން ކަމަށެވެ.އިތުރަށް އެތާ މަޑުކުރަން ނުހަދާ އެމީހުން ކުރިއަށް ހިނގައިގަތީ އެނަޒަރު ތަކުން ރެކެން ވެގެންނެވެ.

“ހާދަ ބޮސީއޭ ދޯ މި މީހުން..ވަދެގެން އާއިއިރު ހީވަނީ ތަނެއްގެ ބޮޑުންތަކެއްހެން..އެކަކު އެއްޖީބަށް އަތް ޖަހާލައިގެން..އަނެކަކު ދެ ދެ ޖީބަށް އަތް ޖަހާލައިގެން..އަނެކަކު އެއްއަތުން ފޮތެއް ހިފަހައްޓާލައިގެން..އަނެއްކާ ޕްރެކްޓިސް ކޮށްގެންތަ ތި އައީ ” ދިމްރާ އެތިންމީހުންނާ ދިމާކުރަމުން ދިޔައިރު އުޝާއާއި ރީމްވެސް ތިބީ ހީލަހީލައެވެ.

ހަގީގަތަކީ ގޭޓުން ފުރަތަމަ ތިންމީހުން ވަދެގެން އައީ އެއްވެސް ހިޔާލެއް ފިކުރެއްނެތި ކަމެވެ. ވަދެގެން އާއިއިރު ޝާރިމްއާއި ދިޔާން ހިނިތުންވެލާ ނަމަވެސް އެއްވެސް ޝުއޫރެއް ނުފެނުނީ ޔުއާންގެ މޫނުމަތިންނެވެ. އެފަދަ ކަންކަމަށް އެ ތިންމީހުންވެސްވަނީ ހޭނިފައެވެ.

“ހޫމް ހޫމް!ވާވަރަށް ދިމާ ކުރެވިއްޖޭނުން ދޯ..ދެން ވަދޭ ކުލާހަށް.. މި ތިމީހުންގެ ކުލާސް..ދަބަސް ބަހައްޓާފައި އެހެރި ހޯލްއަށް އިނގޭ ދާނީ.މިއަދު އޮންނާނެ ކުޑަކުޑަ ޖަލްސާއެއް. ”

ދިޔާން އެ ތިންމީހުންނަށް ކަންތައް ކުރަންވީ ގޮތް ކިޔައިދީފައި އެމީހުންގެ ކުލާހާއި ދިމާލަށް ހނގައިގަތެވެ.ދިޔާން އާއި އެއްހަމައެއްގައި ޝާރިމްއާއި ޔުއާންވެސް ހިނގައިގަތެވެ.

ކުލާހުގައި ދަބަސް ބަހައްޓާފައި ތިންމީހުންވެސް ގޮސް ހޯލަށް ވަނެވެ.ކުދިން ގިނަ ކަމުން ވާނުވާވެސް ނޭނގެއެވެ.ވަރަށް ބަލައިގެން ގުރޭޑު 11އޭ ގެ ކުލާސް ލައިނު ފެނުނެވެ. ކަންދިމާކުރިގޮތުން ގުރޭޑު 12އޭ ގެ ކުލާސް ލައިނު އޮތީ ކައިރީގައެވެ. އެހެންކަމުން ހަމީހުންނަށްވެސް ތިބެވުނީ އެއް ހަމައެއްގައެވެ. އޭރުވެސް ގުރޭޑު 12 ގެ ކުދިންގެ ލައިނު ތަކުގައި ތިބިކުދިން އެނބުރިފަވެސް އެދިމާލަށް ބަލަމުން ދިޔައެވެ. އަލަށް އެގާރައަށް ވަތް ބައެއްކުދިންގެ ނަޒަރުވެސް އެދިމާލަށް ހުއްޓިފައި ހުއްޓެވެ.

ސްޓޭޖުމަތީގައި ތިބި މީހުންނަކީީ ޓީޗަރުންކަން ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. މުޅި ހޯލް ހަމަ ހިމޭންވީ މައިކު ކައިރިއަށް އައިސް ޓީޗަރަކު ވާހަކަ ދައްކަން ފެށުމުންނެވެ.އެ ޓީޗަރު މިއަދުގެ ހާއްސަ މެހެމާނުގެ ނަން ބުނުމާއިއެކު ބޭރު ދޮރާ ދިމާލަށް ހުރިހާ ކުދިންގެ ނަޒަރު ހުއްޓިގެން ދިޔައެވެ. ދިމްރާމެނަށް ތިބެވުނީ ލައިނުގެ ވަރަށް ފަހަތުގައިކަމުން ދޮރުން ވަދެގެން އާއި ބައެއް އެމީހުންނަކަށް ނުފެނުނެވެ. އެބައެއްގެ މޫނު ފެނިގެން ދިޔައީ ސްޓޭޖު މެދަށް އައިސް ހުއްޓިލުމުންނެވެ. އުޝާއާއި ރީމްއަށް އެއީ ކާކުކަން ނޭނގުނަސް ދިމްރާއަށް ވަގުތުން އެއީ ކާކުކަން އެނގުނެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (67)

  1. Green handi

    Yay me first nice storyeh

    1. ithoo
      Green handi

      Thanxx.. Green handi.. ☺

  2. Ell

    Me first dho vrh reethi keep it up

    1. ithoo
      Ell

      Thanxx Ell ☺

  3. Afy

    V salhi adhi ginain dhimraa aai yuaange bai genes dhiniyyaa miah vuren furihama vaanehen heevanee kon irakun anehbai up vaanee

    1. ithoo
      Afy

      Fahun ohnaane bodah e dhe kudhinge baai..adhi kurykolhu v ma dww..ekamu dhen dhaane madhu madhun fehnamun a dhe kudhinge kanthah vx ☺

  4. Shahu

    Reethi..? yuan family meeheh dhw e aei ?

    1. ithoo
      Shahu

      Hahaha..letxx see dww.. ☺ thanxx dearr ☺

  5. Afreen

    V rythi stry ehh mii..When is the next prt?

    1. ithoo
      Afreen

      Hahaha..letxx see dww.. ☺ thanxx dearr ☺

    2. ithoo
      Afreen

      Thanxx Afreen.. Maadhen kureveythw balaanan.mahsala eh dhimaa nuvanyaa ekamu.. ☺

  6. Aki

    v reethi

    1. ithoo
      Aki

      Thanxx dearr ☺

  7. Jazz

    Yuan bappa dhw e ee..

    1. ithoo
      Jazz

      A kyhve o yuaan bappa kamah thi heevee jazz ah.. ☺

  8. Mary

    V rythi mi bai ves.

    1. ithoo
      Mary

      Thanxx Mary ☺

  9. cham

    Oh haadha reechey… Hama obi… ‹3

    1. ithoo
      cham

      Thanxx cham ☺

  10. Afreen

    Ithoo iraadha kurehviaa vaany v successful writer..Maasha allah v rythi mi stry?

    1. ithoo
      Afreen

      Awwh.. Im really really glad to hear that..thanx my dear..thank u so much ☺

  11. love girl

    v reethi story eh.

    1. ithoo
      love girl

      Thanxxx love girl ☺

  12. Afy

    Ithoo asslu v molhu vaahaka kiyaahithun v koment kurevey eyee up vaaley laskamun ehchekey heenukurahchey kon irakun anehbai up vaanee inthizaarugai ummeedhu kuran hihheyo vaanekamah all the best

    1. ithoo
      Afy

      Hahaha..thanxx dearr.. Sryy inthixaaru kuran jehseythy dearr..n thanxx for the compliment..☺

  13. Afy

    Inthizaarugai ?

    .

  14. Sanu

    Wow! C thooooooo. Alhay avahah anehbai ves up kihdhybar. Mi gothah kiyan libuneema maaaa bodah reethi. Alhay avahah ip kohdheh chay. Thanx thanx thanx mihaa loabi stry eh genes dhaythee. Best of luck dear.

    1. ithoo
      Sanu

      Awwhh..thanxx my dearr sanoo..in sha allah adhi fahun fahun maa reethi vaane..dww..hehe.. n thanx for always supportin me dearr☺

  15. Kiddy dhahtha

    Keekey bunaanii..
    Saabahey dhariyaa ..
    Hama obiness to max…
    V reethi nge

    1. ithoo
      Kiddy dhahtha

      Woahh..thanxx dearr.. Thihen support dheythy varah bodu hihvarakah vey..thank u so much ☺

  16. XuhuNafix

    Hee vanee vara salhi vaane hen

    1. ithoo
      XuhuNafix

      Awwhh..thanxx xuhunafix☺

  17. Yanaa

    Its awesome.. V reethi. Best of luck..

    1. ithoo
      Yanaa

      Thanxx yanaa☺

  18. imagination

    hehee.. kaakuba?,,, story vvv reethi

    1. ithoo
      imagination

      Dww..next part ga balaany dww kaaku thw..thanxx dearr ☺

  19. Naxy

    Mi story vvv reethi…. story liyaa kudhin haadha molhey…. asluves v molhu… v reethi

    1. ithoo
      Naxy

      Awwhh..thanxx dearr… Aslu vx varah molhu writer in ebaulhey..bt mee adhi alah feshyma evareh nuvaane ingey..

  20. Azu

    Yuaan ge bappa hen heevanee….bappa sifa kohdheefa huri iru v vahtharu vi mathee maqaamehga huri meeheh hen….vaahaka vv reethi…

    1. ithoo
      Azu

      Awwhh..hehehe..letx see dww.. ☺…n thanxx dearrr..☺

  21. Saandy

    V reethi mibaives… Yuaange bappahen heevany hama… Next partah eba v inthizaaru kurevey…

    1. ithoo
      Saandy

      Hehehe.. Ehme nukuraa myhaa vx aisdhaane hama..dww..n thanxx saandy.. ☺

    2. ithoo
      Saandy

      Heenukuraa*

    3. Suzy
      Saandy

      Dhaanish dw
      Eyna ehnu thun kudhin eh class ah lee ves

  22. Suzy

    Heevany korean drama eh hen

    1. ithoo
      Suzy

      N anehkaa suzy akah kamaku nudheytha korean drama thakeh.. ☺

    2. ithoo
      Suzy

      Dhen stry nimendhen balaalaanee dww dearr korean drama akaa vahtharu thw.. ☺

    3. imagination
      Suzy

      yep.. that’s the reason y m in luv with this storyy <3

    4. ithoo
      Suzy

      Awwwhh..thanxx imagination… ☺

  23. Samee

    Nycc mi prt vess… Bt thankolhe kuru hen hyvey… Nxt prt dhigu khladhechey ithoo… Gud luck..

    1. ithoo
      Samee

      Awwhh..thanxx samee… Ok dhen liyaa part dhigu kureveythw balaanan..☺

  24. Afy

    Kon irakun up vaanee anehbai ithooo

    1. ithoo
      Afy

      Uxureh dhimaa nuvanyaa maadhama in sha allah up kuraanan

  25. Hau

    Wow…. amazin… kaaku tha stage ah e ery… yuaan ge dad tha… hehehehe… v majaa mi part ingey.. adhi v romantic vx me… keep it up ithooo… n gud luck for the nxt part… avahah nxt part up kohlahchey ingey…???

    1. ithoo
      Hau

      Dhen ahna baiga balaanee dww kaaku thw..thanxx dearr.. In sha allah maadhamaa up kureveythw balaanan.. ☺

  26. Mifu

    Next part avaha up koladheebal.. Story vara salhi

    1. ithoo
      Mifu

      Thanxx mifu ☺.. In sha allah maadhamaa..

  27. Jazz

    Next please. . Can’t wait?

    1. ithoo
      Jazz

      ☺

  28. imma

    Wow c thoo haadha molhey vaahaka liyan thiyagothuga abadhuves kuriyah dhey kaamiyaabu anhenakah vaane Allah iraadha kureh veeyaa saabahey magey besty

    1. ithoo
      imma

      Awwhh.. Thanxx imma.. In sha allah always i will try my best.. ☺

  29. mishele

    Nice keep it up ithoo

    1. ithoo
      mishele

      Thanxx mishele ☺

  30. sharu

    alheyyy dhn vaahakaige aneh part up kohladhyba… mi part kiyunu adhadhu vx neyge mihaaru rythi kamun.. 🙂 u r d best hama.. dhuvas kolhakun enme best writers thereyge u ll b included insha allah.. luv u :*

    1. ithoo
      sharu

      Alheyy thanxx sharu..neynge thivaru vaane kameh..bt ill trt my best..ehme best writer akah nuvevunas sharumen ehmen balai gahna varu writer akah vevihjehyaa i will be happy..In sha allah miadhu up vaane kamah balamaa dww..thanxx sharu.. ☺☺

  31. Cherry

    Koba aneh bai

    1. ithoo
      Cherry

      In sha allah mahsala eh dhimaa nuvehejyaa mirey up vaane ☺

Comments are closed.