ޒާހިދުގެ ދެލޮލުން ފާޅުވަމުންދިޔަ ހިތްދަތިކަމާ އާދޭސް ރޭޝަމްއަށް ބަލާކަށް ފަސޭހައެއް ނުވިއެވެ. ޖަވާބެއް ދިނުމުގެ ބަދަލުގައި ރޭޝަމް އެނދުން ތެދުވިއެވެ. ” އަހަރެން ބޭނުންވާ ކަހަލަ މީހެއް ނޫން ތީ …އަހަރެންނަށް މައާފްކުރޭ…“ ރޭޝަމް ވާހަކަދެއްކީ ޒާހިދަށް ފުރަގަސްދީގެން ހުރެއެވެ. ” ޕްލީޒް… ތިހެން ނުބުނޭ… ރޭޝަމްވެސް އަހަރެންދެކެ ލޯބިވާކަން އަހަރެންނަށް ޔަގީން… ރޭޝަމްގެ ދެލޮލުން ފެނޭ އަހަރެންނަށްޓަކައި ތިހިތުގަވާ ލޯބި…“ ޒާހިދު އެނދުން ތެދުވެ ރޭޝަމްގެ ކުރިމައްޗަށް ހުއްޓުނެވެ. އޭރު ރޭޝަމްގެ ދެލޮލުން ކަރުނަ އޮހެރެމުންދިޔައެވެ. […]
އެގޮތަށް 20 ފަހަރު ފޯނު ރިންގުވީތަނާ ރޭޝަމްއަށް ސިހިފައި ފޯނަށް ބަލާލެވުނެވެ. ނުދަންނަ ނަމްބަރަކަސް އެކާ ގިނައިން ގުޅާފަ އިނުމުން ދެވިސްނުމެއްގައި އޮވެ ރޭޝަމް އެކޯލަށް ޖަވާބުދިނެވެ. ” ޖަނާހުއޭ މީ….ހާދަ ވަރަކަށް ގުޅިއްޖެއޭ …“އެކޮޅުން ވާހަކަދެއްކީ ޖަނާހުކަން އެނގުމާއެކު ރޭޝަމްއަށް ގިސްލެވެންފެށުނެވެ. “ ރޮނީތަ؟ ކިހިނެއްވީ؟ ޕްލީޒް ބުނެބަ ރޭޝަމް ޕްލީޒް..“ ހާސްވެފައިހުރެ ޖަނާހު ސުވާލުކުރިއެވެ. އެއާއެކު ރޭޝަމްގެ ރުއިން ވީ އިތުރެވެ. ” އަޅެ އާދޭސްކޮށްފަ މިއަހަނީ ޕްލީޒް ވީ ގޮތެއް ބުނެބަލަ…“ ރޭޝަމް […]
ރޭޝަމްވެސް އެތަނަށް ދެވުމާއެކު މެސެޖްކުރި ނަންބަރަށް ގުޅާލިއެވެ. “ހަލޯ.. އަހަރެން މިއިނީ އެތާނގަ.. ކޮބާ ތީނަ؟“ ރޭޝަމް މަޑުމަޑުން އަހާލިއެވެ. އެވަގުތު ރޭޝަމްގެ ފަހަތުގައި މީހަކު ހުރި ހެން ހީވެގެން ފަހަތް ބަލާލިއެވެ. ކުރިމަތީގައި ހުއްޓިގެން އިން މީހާގެ މޫނެއް ރޭޝަމްއަކަށް ނުފެނެއެވެ. އޭނަ ހުރީ އޯރކިޑް މާބޮނޑިއެއް ހިފަހައްޓައިގެންނެވެ. އެމާބޮނޑި މޫނާ ދިމާލަށް ވާގޮތަށް ހިފަހައްޓައިގެން ހުރުމުން އޭނަގެ މޫނުވަނީ އެމާބޮނޑީގެ ފުރަގަހުގައި ފޮރުވިފައެވެ. ވިސްނާލުމެއްނެތި ރޭޝަމް އެމާބޮނޑި އޭނަގެ އަތުން ޖަހައިގަތެވެ. އެއާއެކު ދެމީހުންނަށްވެސް […]
” ހޭއި.. މާދަން އެއް ގޮތަކަށްވެސް މިކޮޓަރިއަށް ނުވަންނައްޗޭ.. ޓުމޯރޯ އިޒް ފްރައިޑޭ…“ ޒާހިދު ތަންކޮޅެއް ބާރަށް ގޮވާލިއެވެ. އެއަޑު އިވުމާއެކު ރޭޝަމްގެ ފިޔަވަޅަށް ހުއްޓުން އެރިއެވެ. ވަގުތުން ފަސްއެނބުރި ޒާހިދާ ދިމާލަށް ހިތްހަމަނުޖެހިފައިހުރެ ރޭޝަމްއަށް ބަލާލެވުނެވެ. ދުވަހަކީ ހުކުރު ދުވަސްކަމުން އަވަހަށް ތެދުވަން ޖެހުމުން ރޭޝަމް ހުރީ މޫޑު ކަޓާފައެވެ. އެހާ ލަހުން ނިދުނީމަ ރަނގަޅަށް ނިދި ހަމަ ނުވަނީއެވެ. ފެންވަރައި، ރީތިވެލައިގެން ބަދިގެއަށް ދެވުނުއިރު އާމިރާ އަވަދިނެތި ބަދިގެތެރޭގައި އުޅެއެވެ. އަތް ގާތްކޮށްލަދިނުމަށްޓަކައި ރޭޝަމް […]
“ ތިސުވާލުގެ ޖަވާބު ލިބޭނެ މިރޭ ރޭޝަމްއަށް..“ ޒާހިދު ފުން ނޭވާއެއް ބޭރުކޮށްލިއެވެ. “އަހަރެން ދައްކަން މިއުޅޭ ވާހަކައަކީ އަހަރެންގެ ކޮޓަރިތެރޭގައި ހިނގާ ކަންތައްތައް ރޭޝަމްއަށް އިނގެނީ ކިހާވަރަކަށްތޯ..“ ޒާހިދު ސައިކަލުން ފައިބަމުން ރޭޝަމްއަށް ބަލާލިއެވެ. ރޭޝަމްގެ ހިތުގެ ވިންދު އަވަސްވެގަތެވެ. “ އަހަރެންނަކަށް..ނޭ…ގެ މާ ބޮޑު އެއްޗެއް..އިނގޭހާވެސް އެއްޗަކީ ތިކޮޓަރިތެރޭގަ ރާފުޅިތަކާ ފާޑެއްގެ ރަބަރު ޕެކެޓުތަކެއް ހުރިކަން..“ ރޭޝަމް އިސްދަށަށް ޖަހާލިއެވެ. ”18 ޑެޑް..ކިހިނެއް އެކަންތައް ރޭޝަމްއަށް އެނގުނީ؟“ ޒާހިދު ސިގިރޭޓެއް ރޯކޮށްލިއެވެ. ދޭނެ ޖަވާބެއް […]
“ އެއްފަހަރު ނަމަވެސް މިއަތުގަ ހިފާބަލަ.. އޭރުން އެނގިދާނެ ހުރި ހިތްވަރެއް ވެސް“ ރޭޝަމް ވެސް ޒާހިދަށް ބަލާލިއެވެ. އެއް މިޔަކަނުން ހީލަމުން ރޭޝަމް ދިއްކޮށްލި އަތުގައި ޒާހިދު ހިފާލިއެވެ .އެއާއެކު ދެމީހުންގެ ވެސް ހިތަށް ފިނިވެގެން ދިޔައެވެ. އާ ދުވަހަކަށް އިރު އަރައިފިއެވެ. ކޮލެޖަށް ދިޔުމަށް ސިޑިން ފޭބިތަނާ ޒާހިދު އައިސް ގޭ ކުރިމައްޗަށް ސައިކަލު މަޑުކޮށްލިއެވެ. “ހާދަ އަވަހަކަށް ހޭލައިގެން.. އަނެއްކާ ކޮން ކަމެއް “ރޭޝަމް ހިނިތުންވެލިއެވެ. “ނިދަން އުޅެ އުޅެ ނުނިދުނީ..“ ޒާހިދުވެސް […]
ވަކި ހިސާބަކަށް ދެވުނުއިރު ރޭޝަމްގެ ކޮނޑާ ހަމައަށް މޫދުގެ ލޮނުގަ ނޑު އޮތެވެ. އޭރު ބޯޅަ އޮތީ ތަންކޮޅެއް ކައިރީގަކަމުން ފުން ނޭވާއެއް ރޭޝަމްއަށް ބޭރުކޮށްލެވުނެވެ. ހިންދިރުވާލަމުން ރޭޝަމް ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. އެއާއެކު ރޭޝަމްއަށް ހަޅޭއްލަވައިގަނެވުނެވެ. “ޒާހިދުބޭ… ޒާހިދުބޭ… ދައްތަ އެއޮށް ގެނބެނީ.. ދައްތަ ސަލާމަތްކޮށްދީ“ ގަހެއްގެ ދަށުގައި އިށީނދެގެން އިން ޒާހިދު ސިއްސައިގެން ދިޔައީ މާލްގެ ހަޅޭކުގެ އަޑަށެވެ. ބޭއިޚްތިޔާރުގައި މޫދާ ދިމާލަށް ޒާހިދަށް ބަލާލެވުނެވެ. ފެނުނު މަންޒަރުން ޒާހިދުގެ ހިތުގެ ވިންދު އަވަސްވިއެވެ. […]
ރޭޝަމްއަށް އެހުރި ފިޔަވަޅު މަތީގައި ހުއްޓި ހުރެވުނެވެ. ޒާހިދުގެ އެއަމަލު ސިފަކުރާކަށް ރޭޝަމްއަކަށް ނޭނގުނެވެ. ރޭޝަމް ޒާހިދާ އެކުވެރިކަން ބޭއްވުމުގެ ހަމަ އެކަނި ބޭނުމަކީ ޒާހިދުގެ ކޮޓަރިތެރެއިން ފެނުނު ފައިލްގެ ހަގީގަތް ހޯދުމެވެ. އެހެނަސް ޒާހިދު ކުއްލިއަކަށް އަތް ފޮޅުވާލި ސަބަބު މާބޮޑަށްވެސް ރޭޝަމް އެނގެން ބޭނުންވިއެވެ. “ކޮބާ ޖަވާބު؟“ ރޭޝަމް ސޯފާ ކައިރީގައި، ޓައިލްސް މަތީގައި އިށީނެވެ. “ސޯފާ ނުފެނުނީތަ ބިންމަތީގަ ތިއިށީނީ؟“ ޒާހިދު އިނީ ޓީވީ ބަލާށެވެ. “މީ އަހަރެންގެ ފެންވަރަކީ… މިފެންވަރުގެ މީހަކާ […]
ތަކުރާރުކޮށް މިންހާގެ ފޯނަށް ގުޅުމުންވެސް ޖަވާބެއް ނުލިބުނެވެ. “އަނެއްކާ މިންހާއަށް ކަމެއް ވީބާ؟“ ރޭޝަމްއަށް ހަދާނެ ގޮތް ހުސްވިކަހަލައެވެ. މިންހާ ހުރިތޯ ވަށައިގެން ހޯދެން ފެށުނެވެ. ބަނދަރުމައްޗަކީ ހަލަބޮލި ސަރަހައްދަކަށް ވުމުން މީހުން ގިނަވެފައި ބާރު ބޮޑެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ މަސައްކަތާއިގެން ކުރިއަށް ދާތަން ފެނެއެވެ. ކުއްލިއަކަށް ރޭޝަމްގެ ކޮނޑުމަތީގައި މީހަކު އަތް ބައްވާލިއެވެ. ސިއްސައިގެން ގޮސް ރޭޝަމްއަށް ފަހަތް ބަލާލެވުނެވެ. ރޭޝަމްގެ ކުރިމަތީގައި ހުއްޓިލައިގެން އިނީ މިންހާއެވެ. ލިބުނު ހިތްހަމަޖެހުމާއެކު ރޭޝަމްއަށް ބޭއިޚްތިޔާރުގައި މިންހާގެ […]