Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އެދުވަހު ލޯބިން 11

Star Fire Level 310 Stories
August 15, 2022 5 Mins Read
0 Comments

*ކުއްލިއަކަށް އެ މީހާ އަޑުނެތްތަނަށް ހަޅޭލައްވައި ގަތުމުން އަމާން ހީކުރީ އެ މީހާ ވެއްޓެން ދިޔަ ކަމަށްށެވެ. އެހެންކަމުން އެ މީހާގެ އަތުގަ ހިފާ ދަމާލިއެވެ. އެއާއެކު އެ މީހާ ލުވިފަތެއްހެން އައިސް ޖެހުނީ އަމާންގެ މޭމަތީގައެވެ. *

 

” އާރ ޔޫ އޯކޭ؟ ” އަމާން އަވަހަށް އެމީހާ މޫނަށް ބަލައިލަމުން އަހާލިއެވެ. އެއާއެކު ލާން އުޅުނު ނޭވާ ވެސް ހުއްޓުނު ފަދައެވެ. ލޯމަރާ ފިއްތާބާރުކޮށްގެން ހުރި ޖެނީ ފެނި ހިތުގެ ވިންދު އަވަސް ވާގޮތްވިއެވެ. އަދި ހާއްސަ ކޮށް އެހާކައިރިން ޖެނީ ފެނުމުން އަމާން ބޭނުންވީ ޖެނީ ގެނެސް އޭނާގެ އަތު ތެރެއަށް ލުމަށްށެވެ. އަމާން އަށް ޖެނީ ގެ މޫނަށް ބަލަން ހުރެވުނެވެ. 

 

އިވުނު އަޑާ އެކު ޖެނީގެ މެރިފައިވާ ދެލޯ ހުޅުވާލިއެވެ. އަދި އިސްއުފުލާ މައްޗަށް ބަލައިލިއެވެ. އެއާއެކު އެހާކައިރިން ފެނިގެން ދިޔަ މޫނާއެކު ޖެނީ ހުއްޓުންއަރާ ގޮތްވިއެވެ. ފުރަތަމަ ފަހަރަށް  އަމާން ގެ ލޮލަށް ބަލައިލެވުނެވެ. އެއާއެކު އެ ފުންކަނޑެއް ފަދަ ލޮލު ތެރެއަށް ގެނބިގެން ދާން އެންމެ ސިކުންތެއް ވެސް ނުނެގިއެވެ. ހަތަރު ކަޅި ހަމަވުމުން ކުރެވޭ އިހުސާސް ދެމީހުންނަށް ވެސް ކުރެވުމުން ދިޔައެވެ. 

 

” ވަޓް އެބައުޓް މާދަން ރޭ ؟ އަހަރެން އެބަ ޖެހޭ މިރޭ އެހެން އަންހެން ކުއްޖެއް ގާތަށް ދާނ ” ހައިޒޫމްގެ ވާހަކަތައް އަޑުއަހަމުން ދިޔަ ރިޔާދާއަށް މަގު އެއްފަރާތެއްގަ ތިބި ޖެނީ އާއި އެއްކަލަ ޒުވާނާ ފެނުނެވެ. އެއާއެކު ރިޔާދާގެ ހިނގުން މަޑުޖެހުނެވެ. ކުއްލިއަކަށް ރިޔާދާ ހުއްޓުމުން ހައިޒޫމް ރިޔާދާއަށް ބަލައިލިއެވެ.” ރިޔާދާ! ؟ ”  ރިޔާދާ ގެ ފަރާތުން ޖަވާބެއް ނުލިބުމުން ރިޔާދާ ގެ ނަޒަރު ހުއްޓިފައި ހުރި ދިމާއަށް ބަލައިލިއެވެ. އެއާއެކު ހައިޒޫމް އަށް ވެސް ވީ ހަމަ ރިޔާދާ އަށް ވީގޮތެވެ. އަތް މުއްކެވިގެން ދިޔައިރު މޫނުމަތިން ރުޅިވެރިކަން ފާޅުވަން އެންމެ ސިކުންތެއްވެސް ނުނެގިއެވެ. 

 

އަމާން އާއި ޖެނީ ސިއްސައިގެން ދިޔައީ ކާއްޅެއް “ކާކާކާކާ” ލައްވައިގަތުމުންނެވެ. ހަމަ ބިމަށް އާދެވުމުން އަމާން ޖެނީގެ ހަށިގަނޑުން ދޫކޮއްލިއެވެ. ” އާރ ޔޫ އޯކޭ ؟” އަމާން ސުވާލު ކޮއްލުމާއެކު ޖެނީ އަވަހަށް އާނ އެކޭ ބުނެލިއެވެ. އެއަށްފަހު އެދެމެދުގައި ވެރިވީ ހަމަހިމޭންކަމެވެ. ބުނާނެ އިތުރު އެއްޗެއް ނޭނގުމުން ޖެނީ އަވަހަށް ބުނެލިއެވެ. ” ދަ.. ދަނީ” އަދި އަވަހަށް ފިހާރަ އަށް ވަންނަން ދިޔައެވެ. ޖެނީ ދިޔަތަން ފެނި އަމާން ބޯ ކަހާލިއެވެ. ބިންމައްޗަށް ފެއްޓިފަ އޮތް ފޯނު ނަގަމުން ފިހާރައަށް ވަންނަން ދިޔައެވެ. 

 

ޑީ ފްރިޖް އިން ބޯން ލެސް ޗިކަން ދެ ޕެކެޓް ނަގަމުން ޖެނީ އަވަހަށް ކައުންޓަރ އަށް ދިޔައެވެ. އަދި ފައިސާ ދެއްކުމަށް އުޅުނެވެ. ޖެނީ ކުއްލިއަކަށް ސިއްސައިގެން ދިޔައީ އަނެއް ފަރާތުގައި ހުރި ފްރީޒަރް އިން ކޯކު ފުޅިއެއް ނަގައިގެން އާ އަމާން ފެނުމުންނެވެ. އަމާން ފެނުމުން ހިތް އަވަސް ވާނ ފެށިއެވެ. އެހެންކަމުން އަވަހަށް ފައިސާ ދެއްކުމަށް ފަހު ގަތް ސާމާނުތައް ކޮތަޅަށް އަޅަމުން ފިހާރައިން ނިކުމެގެން ދިޔައެވެ. 

 

**** **** **** **** **** **** 

“ޝިފޫ….. އަހަރެން ދެކެ ލޯބި ވޭތަ ؟ ” ރަށުގެ ހޭޅިފަށުގައި މީހުން އާމުކޮށް ގޮސް ނޫޅޭ ހިސާބުގައި ހުރި ނިކަ ގަހެއްގެ ހިޔަލުގައި ޝިފާގެ އުނގުގައި ބޯއަޅާގެންއޮތް ހައިޒަލް ޝިފާ އާއި ސުވާލު ކޮއްލިއެވެ. އެއާއެކު ފެނިގެން ދިޔައީ ޝިފާ ލަދުން އިސްޖަހާލިތަނެވެ.” ދެން ބުނެބަލަ… އަހަރެން ދެކެ ލޯބި ވޭތަ ؟” ހައިޒަލް ސުވާލު ތަކުރާރު ކޮއްލަމުން ޝިފާ ބުނެލިއެވެ. ” ހޫމް ވަރަށް ލޯބި ވޭ…. ހައިޒަލް ވޭތަ އަހަރެން ދެކެ ؟” ޝިފާ ލަދުން އިނދެ އަހާލުމުން ހައިޒަލް ޝިފާގެ އުނގުން ބޯހިއްލާލަމުން ކޮޅަށްތެދުވިއެވެ. އަދި ބުނެލިއެވެ. ” ކޯއްޗެއް ތަ ވަނީ” ހައިޒަލް ލާނެތް ހިނިތުން ވުމަކާއެކު އެހެން ބުނުމުން ޝިފާ ހައިޒަލްގެ ފަހަތުން ދުއްވައިގަތެވެ.ހައިޒަލް ޝިފާއަށް އަތު ނުވަން ވެގެން ދުވަމުން ދިޔައިރު ހައިޒަލް ގެ މޫނު މަތީގައި ވަނީ ހިތްހަމަ ޖެހުމުގެ ހިނިތުން ވުމެކެވެ. 

 

ވަކި ހިސާބަކަށް ދުވުމަށް ފަހު ހައިޒަލް ޝިފާ އާއި ދިމާއަށް ދުއްވައިގަތެވެ. ވާނުވާ ނޭނގި ހުރި ޝިފާ ކުއްލިއަކަށް ހައިޒަލް އޭނަ އާއި ދިމާއަށް ދުވެފަ އަންނަ ތަން ފެނުމުން އިޙްތިޔާރަކާ ނުލާ ހައިޒަލް އާއި ދުރަށް ދުއްވައިގަނެވުނެވެ. ހައިޒަލް ހަލުވި ކަމާއެކު ގޮސް ޝިފާ ގެ އަތުގައި ހިފަމުން ޝިފާ އާއި ކާރި ވެލިއެވެ. އަދި ބުނެލިއެވެ. ” އާނ އަހަރެން ޝިފޫ ދެކެ ވަރަށް ބޮޑަށް ލޯބި ވޭ” އެހެން ބުނަމުން ހައިޒަލް ޝިފާ ގެ މެދު ހަށީގައި ހިފާ މައްޗަށް ހިއްލާލިއެވެ. ” އައި ލަވް ޔޫ ޝިފާ!!!” ހައިޒަލް އަޑު ނެތް ތަނަށް އެހެން ބުނަމުން ޝިފާ ތިރިއަށް ބޭލުވިއެވެ. ” ހައި ތިހާ ލޯބި ވަންޏާ ޕްރޫވް ކުރަން ވީ ނު” ޝިފާ ހައިޒަލް ގެ ކަރުގައި ދެއަތް ވަށާލަމުން ބުނެލިއެވެ. އެއާއެކު ހައިޒަލް ލާނެތް ކަމުން ފުރިގެން ވާ ގޮތަކަށް ބަލާލަމުން ޝިފާ އިތުރަށް ގާތް ކޮއްލިއެވެ. އަދި ޝިފާ ގެ ތުންފަތަށް ބޮސް ދިނެވެ. 

 

އިރުކޮޅެއް ފަހުން ހައިޒަލް ޝިފާ އާއި ދުވެލި އިރު ޝިފާ ގެ ތުންފަތް ވަނީ ރަތް ވެފައެވެ. ހަމަ އެގޮތަށް ހައިޒަލް ގެ ތުންފަތް ވެސް ވަނީ އެކީ އެކު ރަތް ވެފައެވެ. ” މި ވަރުން ފުދޭތަ ؟ އޯރ ޔޫ ވޯން މީ ޓު ޕްރޫވް ޔޫ އެގެއިން ؟” ހައިޒަލް މިހެން ބުނަމުން އަނެއްކާވެސް ޝިފާ ގާތް ކޮއްލިއެވެ. ” ނު…ނޫން…. އައި އޮންލީ ވޯންޓެޑް އަ ހަގް ޔޫ ޑަމީ” ޝިފާ ހައިޒަލް ގެ އަތު މަތީގައި ޖަހަމުން ބުނެލިއެވެ. ” އޯހް…. މެއްހް ގުޑް ފޯރ މީ އަ ގޮޓް އަ ކިސް” ހައިޒަލް ކޮނޑު އަރުވާލަމުން މިހެން ބުނުމުން ޝިފާ ހައިޒަލް ގެ އަތުގައި ވިކާ ގަތެވެ. ” އައުޗް އައުޗް” ހައިޒަލް އެހެން ކިޔަމުން ޝިފާ ގެ ހަށިގަނޑުން ދޫކޮއްލިއެވެ. 

 

**** **** **** **** **** 

 މެންދުރަށް ކައްކައި ނިނމަފަ އައިލީން ވަނީ ކޮޓަރިއަށްށެވެ. އަދި މެންދުރު ނަމާދު ބަނގި ގޮވަން 15 މިނެޓް އޮތުމުން އައިލީން ވަނީ ފާހާނާއަށް ފެންވަރަންށެވެ. ފެންވަރާ ނިމިގެން ނިކުތް އައިލީންއަށް އެނދު މަތީގައި އޮތް ފޯނު ރިނގް ވިތަން ފެނުނެވެ. ” ހެލޯ” އައިލީން ފޯނު ނަގާ ކަންފަތު ޖަހަމުން ބުނެލިއެވެ. ” ހޭ އައި… ހިނގާ މިއަދު ހަވީރު ހިނގާލަން ދާނ” އެކޮޅުން ވާހަކަ ދައްކަމުން ދިޔަ ޖެނީ ގުޅުމުގެ މަގުސަދު ފާޅުކުރުމުން އައިލީން ބުނެލިއެވެ. ” އޯކޭ ހިނގާ ދަމާ… ޝިފް ކައިރީ ބުނެފިން ތަ ؟” 

އައިލީން ސުވާލު ކުރުމާއެކު ޖެނީ ބުނެލިއެވެ. ” ނޫން އަދި ނުބުނަން”  ” އޯކޭ އަހަރެން ބުނާނަން” އައިލީން މިހެން ބުނުމަފަހުން ފޯނު ބޭއްވި އެވެ. އަދި އަތުގައި އޮތް ތުވާލި އެއްފަރާތެއްގައި ބޭއްވުމަށް ފަހު ޝިފާ ގެ ނަންބަރަށް ޑައިލް ކޮއްލި އެވެ. ” ހޭއި ހިނގާ ހަވީރު ހިނގާލަން ދާނ…… ހޫމް ހަމަ ޔޫޝުއަލް ޓައިމް 4:15 ގަ… ޔަހް އޯކޭ ބާއި” އައިލީން ބަންގި ގޮވި އަޑު އިވި ފޯނު ކޯލް ކުރުކޮށް ލަމުން އަވަހަށް ނަމާދު ކުރަން ތައްޔާރު ވިއެވެ. 

 

**** **** **** **** ***** 

 

ހަވީރުގެ ހިތް ގައިމު ވަގުތެވެ. ޝިފާ ރީތި ވެގެން ގެއިން ނިކުތް އިރު ޖެނީ ލާގެން ހުރި ކަޅުކުލައިގެ އަބާޔާ ހެދުން ފަސްބަޔު ހިފަހައްޓާގެން އަންނަނީއެވެ. ” ވޯވް ޖެން މިއަދު މީ ބްލެކް ޑޭ ތަ ؟” ޝިފާއަށް ކަޅުކުލައިގެ ޝޯލް އަކާއި ކަޅުކުލައިގެ އަބަޔާ ހެދުމެއް ލައިގެން ހުރި ޖެނީ ފެނި އަހާލެވުނެވެ. ” ކައިންޑަ” ޖެނީ ކޮނޑު އަރުވާލަމުން މިހެން ބުނުމުން ޝިފާ ހީލިއެވެ. އަދި ބުނެލިއެވެ. ” ޔޫ ލުކް ސްޓަނިންގް ގާރލް” ޝިފާ އެހެން ބުނުމުން ޖެނީ ވެސް ކްރީމް ޕިންކް ކުލައިގެ އަތް ފުޅާ އަބާޔާ ހެދުމަކާއި މަޑު ފިޔާތޮށި ކުލައިގެ ޝޯލް އަޅައިގެން ހުރި ޝިފާ އަށް ބަލައިލިއެވެ. އަދި ބުނެލިއެވެ. ” ޔޫ ކުލް ކިޔުޓް އިން ޕިންކް ޝިފް” ދެ އެކުވެރިން އެކަކު އަނެކަކަށް ތަޢުރީފު ކުރަމުން ގޮސް އައިލީން މެން ގެއަށް ވަނެވެ. އެއިރު އެ ގޭ ސިޓިން ރޫމް ގައި ހައިޒަލް އާއި ޙުސާން ގެ އިތުރުން އަމާން ވެސް ތިއްބެވެ. 

 

” އޯ މައި ލެއިޑީސް!!! ” ގޭތެރެއަސް ވަތް ޝިފާ އާއި ޖެނީ ފެނި ހައިޒަލް އަނގަ މަތީގައި އަތް އަޅާ ލަމުން ބުނެލިއެވެ. އެއާއެކު އަމާން އާއި ޙުސާން ގެ ސަމާލުކަން އެ ދެ މީހުނަށް ހުއްޓުނެވެ.” ދޮންބޭ އައި މި ދަނީ ޖެން އާއި ޝިފް އެކު ހިނގާލަން ”  ކޮޓަރިން ނިކުތް އައިލީން ބުނެލިއެވެ. އެއާއެކު ދެން އެންމެންގެ ސަމާލުކަން ހުއްޓުނީ އައިލީން އަށްށެވެ.  ޕީޗް ކުލައިގެ އަބާޔާ ހެދުމެއް ލައިގެން  މަޑު ޕީޗް ކުލައިގެ ޝޯލް އެއް އަޅައިގެން ހުރި އައިލީން ވަރަށް ރީއްޗެވެ.” ޕިސް ޕިސް  ޖެންޓަލްމެންސް ޔޫ ސީ ވީ ހޭވް ޕިންކީ ، ބްލެކީ ، ޕީޗީ ” ހައިޒަލް އެހެން ބުނުމުން އަމާން އާއި ޙުސާން ހީލިއެވެ. ޙުސާން އައިލީން އާއި ދިމާއަށް ބަލައިލަމުން ބުނެލިއެވެ.” ދޭ އޯލް ލުކް ބިޔުޓިފުލް ” ޙުސާން އާއި އެއްބާއި ވެލަމުން އަމާން ވެސް ބުނެލިއެވެ.” ޔަހް ދޭ އާރ ޝައިނިން “ނަމަވެސް އަމާން އެހެން ބުނި އިރު ، އަމާން ގެ ނަޒަރު ހުއްޓިފައި ވަނީ ޖެނީ އަށްށެވެ. 

 

” ޔާ ޔޫ ބޯތް އާރ ރައިޓް…. ގާރލްސް ގޯސް ބްރޭކް ސަމް ހާރޓްސް… ވެލް އެކްސެޕްޓް ފޯރ ޝިފް ” ހައިޒަލް މިހެން ބުނުމާއެކު ޖެނީ އުނަގަނޑުގައި ދެއަތް ވިއްދާ ލިއެވެ. އަދި ބުނެލިއެވެ.” ކީއްވެ ޝިފާއަށް ތިހެން ތި ބުނީ ؟ ” ހައިޒަލް އާއި ދިމާއަށް ލޯ ކުޑަކޮށް ގެން އިނދެ އަހާލުމުން ހައިޒަލް ބުނެލިއެވެ.” އެއީ މަންޖެ އާ އައި އަށްވުރެ ކުޑަ ވީމާ ” ހައިޒަލް ޝިފާ އާއި ދިމާއަށް އެއް ލޯ މަރާލަމުން ބުނެލިއެވެ. އެއާއެކު އިވިގެން ދިޔައީ ޖެނީ އާއި އައިލީން ކުސްތަޅަން ފެށިއަޑެވެ. 

 

★–ނުނިމޭ–★

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star Fire

Level 310 Stories

Other Articles

Previous

ހިތުގައި ވޭ ތިޔަ ނަން…3

Next

އޭ ހަނދަކީ 18

Next
August 15, 2022

އޭ ހަނދަކީ 18

Previews
August 14, 2022

ހިތުގައި ވޭ ތިޔަ ނަން…3



All Right Reserved!