Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އެދުވަހު ލޯބިން 8

Star Fire Level 310 Stories
August 10, 2022 4 Mins Read
0 Comments

ތިން ދުވަސް ފާއިތު ވެގެން ދިޔައެވެ. މިތިން ދުވަހުގެ ތެރެއިން އެންމެންގެ ހަޔާތަށް ވަނީ ބޮޑެތި ބަދަލު ތަކެއް އައިސް ފައެވެ. އައިލީންގެ ދުވަސްތައް ހޭދަ ވަމުން ދިޔައީ ހިތާމައިގައެވެ. އެ ހިތާމަތަކަށް ކުޑަވެސް ލުއްވެއްލިބެނީ ރަޙުމަތްތެރިންނާއެކު ވަގުތުހޭދަ ކުރުމުންނެވެ. 

 

ހައިޒަލް އާއި ޝިފާގެ ދެމެދުގަވަނީ ކީއްކަމެއް ހުދުއެދެމީހުނަކަށް ވެސް ނޭނގެއެވެ. އާމުކޮށް ޖެނީ އާއި އައިލީން އާއެކު ވަގުތުހޭދަކުރާ ހައިޒަލް އާއި ޝިފާ މިހާރު ގިނަވަގުތު ހޭދަކުރަނީ އެކަކުއަނެކަކާ އެކުގައެވެ. ގިނައިން ފޯނުން ގުޅައިގެން ނޫނީ މެސެންޖާއިން ވާހަކަ ދައްކައިގެންނެވެ. ބައެއްފަހަރު ދެމީހުން އެކަހެރިކޮއް އެކަކުއަނެކަކާ ބައްދަލުވެސް ކުރެއެވެ. ގިނަފަހަރު ހައިޒަލްއަށް ޝިފާ ގައިގަ ހުންނަ ސިފަތަކަށް ހިތުން ތަޢުރީފު ކުރެވޭއިރުވެސް ހައިޒަލް އަކަށް ނޭނގެއެވެ. އެނގޭ ހާވެސް އެއްޗަކީ ހިތުގައި އާވިންދެއް ޖަހަންފެށި ކަމެވެ. އަބަދުވެސް ޝިފާ ފެންނަ ހިސާބުގައި ހުންނަން ބޭނުންވާ ކަމެވެ. 

 

ޙުސާން ގެ ހާލަތު ދަނީ ދުވަހެއްދުވަހަކު ގޯސް ވަމުންނެވެ. ނަހުލާގެ މައްސަލައިން އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާއިރު އަބަދުވަނީ އައިލީންގެ ހިޔާލުތަކުގެ ތެރޭގައެވެ. އަމާން ހޯދަން ދިޔަދުވަހެއްގައި ކޮޓަރިން އައިލީންގެ ރުއިމުގެ އަޑު އިވުމަށްފަހު ޙުސާން ގެ ހަމަޖެހުންވަނީ އެކީއެކު ގެއްލިފައެވެ. ޙުސާންއަށް މިހާރު ރަނގަޅަށް ނުކެވޭ ތާ ރަނގަޅަށް ނިދައިވެސް ނުލެވެއެވެ. ނިދަން ލޯ މަރާލިއަސް ކަންފަތުގައި ޖެހެނީ އައިލީންގެ ރުއިމުގެ އަޑެވެ. 

 

އަމާންގެ ބްލެކް އެންޑް ވައިޓް ހަޔާތަށް މިހާރު ވަނީ ކުޑަކުޑަކޮށް ކުލަޖެހިފައެވެ. އެކުލަ ޖެއްސީ ޖެނީއެވެ. އަމާންއަށް ޖެނީ ފެންނަ ކޮންމެ ފަހަރަކު ވާގޮތެއް ނޭނގެއެވެ. އަތްފައި ފިނިވެފައި ހިތުގެ ވިންދު އަވަސްވެއެވެ. ޖެނީ އާއި ވާހަކަ ދައްކަން ބޭނުންވެއެވެ. ނަމަވެސް ބުނާނެ އެއްޗެއް ގިނަފަހަރަކު ނޭނގެއެވެ. ކޮންމެ ތަނެއްގަ ހުއްޓަސް އަމާންއަށް ކުރެވެނީ ޖެނީގެ ހިޔާލެވެ. މިކަމާ އަމާންގެ ތަބީޢަތް ހުންނަނީ ގޯސްވެފައެވެ. 

 

ހުރިހާ ރަޙުމަތްތެރިންގެ ހަޔާތުގައި އެކިކަންތައް ހިނގާއިރު ޖެނީގެ ހަޔާތުގައި ވަނީ ގޮތްނޭނގޭ ބިރުވެރިކަމެއް އައިސްފައެވެ. މަގުމައްޗަށް ނިކުތަސް ހީވަނީ އަބަދުވެސް މީހަކު ފަހަތުން އަންނަ ހެންނެވެ.އެހެން ކަމުން މަޖުބޫރީ ޙާލަތެއް ދިމާވެގެން ނޫނީ ޖެނީ މަގުމައްޗަށް ނުނިކުމެއެވެ. 

 

***** ***** ***** *****

 

ހެނދުނުގެ ވަގުތެވެ. ޖެނީ ދިޔައީ ސްކޫލަށް ދިޔުމަށް ތައްޔާރުވަމުންނެވެ. ހިތް ފުރޭވަރަށް ރީތިވުމަށްފަހު ޖެނީ އެނދުމަތީގައޮތް ދަބަސް ކޮނޑުގަ އަޅުވާ ލަމުން އަތަށް ލޮގު ފޮތްތަށް ނެގިއެވެ. އަދި އަވަހަށް ކޮޓަރިން ނިކުތެވެ.  

 

“ސުބުޙާނައްﷲ!!! މިއަދު ކޮންފަރާތަކުން އިރު އަރައިގެން ތި އުޅެނީ؟ ” ކޮޓަރިން ނިކުތް ޖެނީއަށް ސޯފާގައި ބޫޓު ލާންއިން ހައިޒަލް ފެނި އަހާލެވުނެވެ. އެހެންޏާ ކޮޓަރީ ދޮރު ވެއްޓޭ ވަރަށް ޓަކިޖަހައިގެން ނޫނީ ނުހޭލާ ހައިޒަލް މިއަދު ތައްޔާރު ވެގެން އިނުމުން ޖެނީ އަށް ލިބުނީ ބޮޑު ޝޮކެކެވެ. ” މަންޖޭ ޗިލް.. އިރުއެރީ ހަމަ އިރުމަތި ފަރާތުން ކިހިނެއްތަ ވީ ؟ ހާދަ ޝޮކް ވެފަ ތިހުރީ ؟ ބިރުވެރި އެއްޗެއް ފެނުނީ ތަ ؟” ހައިޒަލް ސުވާލަކަށް ފަހު ސުވާލެއް ކުރަމުން ދިޔައެވެ. ނަމަވެސް ޖެނީ އެހާ ޝޮކް ވާންވީ ސަބަބެއް ނޭނގުނެވެ. ” ޝޮކް ވެސް ވާނެ އެއްނު މަގޭ ހައިޒަލް ކަލޯ މިއަދު އެ ހުރީ މަށައް ވުރެ ކުރިން ރެޑީ ވެގެން ނިކުމެ!!! އެވެސް ސްކޫލަށް ދާނ!!!!!” ޖެނީ މިހެން ބުނުމުން އިވިގެން ދިޔައީ ހައިޒަލް ގެ ލުއިހުނުމުގެއަޑެވެ. ” ހޫނ ދެނ އޯކޭ ހިނގާ އަވަހަށް ދަމާ ނޫނީ ގަޑި ޖެހިދާނެ” ހައިޒަލް ސޯފާ އިން ތެދުވަމުން ކޮނޑުގައި ދަބަސް އަޅުވާލިއެވެ. އަދި ތިރިއަށް ފައިބަން ދިޔައެވެ. ހައިޒަލްއަށް މި އައި ކުއްލި ބާދަލާއެކު ޖެނީ ހުރީ ހައިރާންވެ އަންތަރީސް ވެފައެވެ. 

 

ހައިޒަލް އާއި ޖެނީ އެކުގައި ހިނގަމުން ދިޔައިރު ދެމީހުންގެ މެދުގައި ތަފާތު ވާހަކަ ދެކެވެމުން ދިޔައެވެ. “ހެއި ގާއިސް!” ކުއްލިއަކަށް ފަހަތުން އިވިގެން ދިޔަ އަޑާ އެކު ޖެނީ އާއި ހައިޒަލް ވާހަކަ މެދުކަނޑާ ލަމުން ފަހަތަށް ބަލައިލިއެވެ. އެއީ އައިލީން އާއި ޝިފާ އެވެ. ޝިފާ އާއި އައިލީން އައިސް ޖެނީ ކައިރީ މަޑު ކުރަމުން ހައިޒަލް އަށް ބަލައިލިއެވެ. ” ހައިޒޫ މިއަދު ކޮންފަރާތަކުން އިރު އަރާގެން ތި އުޅެނީ ؟” މިހާރަކަށް އައިސް މަޑުމައިތިރި ކޮށް ހުންނަ އައިލީން ހައިޒަލް ސްކޫލް ދުވަހެއްގަ އެހާ ހެނދުނާ ފެނުމުން ނާހައި ނުހުރެވުނެވެ. އައިލީންގެ ސުވާލާ އެކު އިވިގެން ދިޔައީ ހައިޒަލް ޕިސް ޕިސް ޚިޔާލީ އަޑެވެ. “މިހާރު މީހަކަށް ހެނދުނު އަވަހަށް ހޭލެވެން ވެސް ނުވާނެ މި ޖެނީ އާއި އައިލީން އާ ހެދި” ހައިޒަލް އެހެން ބުނުމަށް ފަހު ކުރިއަށް ހިނގައިގަތެވެ. އަދި ގޮސް ސްކޫލު ގޭޓުން އެތެރެއަށްވަނެވެ. ޖެނީ އާއި އައިލީން އާއި ޝިފާ ވެސް ހަރުހިނގުމެއްގައި ގޮސް ސްކޫލަށްވަނެވެ. 

 

 10ބީއަށް ވަދެގެން އައި ހައިޒަލްއަށް ކުރިމަތިލާނ ޖެހުނީ އެންމެންގެ ހައިރާންކަމުގެ ބެލުމުގެ ޝިކާރަކަށްށެވެ. ހައިޒަލްގެ ފަހަތުންވަތް ޖެނީ އާއި ޝިފާ އަދި އައިލީންއަށް ވެސް މިކަން ފާހަގަވިއެވެ. ހައިޒަލް މިއިން އެއްވެސް ކަމަކަށް ބެލުމެއްނެތި ގޮސް އޭނަގެ ގޮނޑީގައިއިށީއެވެ. އަދި ދަބަހު ތެރޭގައި ހުރި ލޮގު ފޮތްތަށް ނަގައި ކަބަޑައްލިއެވެ. ޖެނީ އައިސް ހައިޒަލް ކައިރީ އިށީނިއެވެ. އައިލީން އާއި ޝިފާ އިށީންނީ އެ ދެމީހުންގެ ކުރިމަތީގައި ހުރި ގޮނޑީގައެވެ. 

 

” ޑާރލިންގްގްގްގްގްގްގް!!!!! ހާދަ އަވަހަކަށް މިއަދު ތި އައީ ” ކުއްލިއަކަށް އިވިގެން ދިޔަ އަޑާއެކު ހައިޒަލް އަނގައަށް ވައްތަރެއް ޖައްސަލިއެވެ. ” ބޭބް އާރ ޔޫ އޯކޭ ؟؟؟ އަނެއްކާ ހުން އައީ ތަ ؟ ” ރައިލީ އައިސް ހައިޒަލްގެ ނިތްކުރީގައި އަތް ޖަހަމުން އަހާލިއެވެ. ކުއްލިއަކަށް ރައިލީ އެހާ ގާތް ވުމުން ހައިޒަލް ދިޔައީ ސިއްސައިގެންނެވެ. އަވަސް ހަރަކާތްތަކާއެކު ރައިލީގެ އަތް ނިތްކުރި މަތިން ފޮޅާލަމުން ހައިޒަލް ބަލައިލީ ކުރިމަތީގައި އިން ޝިފާ އަށްށެވެ. ޝިފާ އިނީ އިސްޖަހައިގެންނެވެ. އަނެއްކާވެސް ރައިލީ ހައިޒަލް އާއި ކައިރި ވެލިއެވެ. ” އާރ ޔޫ އޯކޭ ހައިޒަލް” ރައިލީ އެހެން އަހާލުމާއެކު ހައިޒަލް ގާތަށް އައީ އަމަށަކުން ރުޅިއެއް ނޫނެވެ. ” ޑޭމްއިޓް ވަޓް ދަ ހެކް އިސް ޔޯރ ޕްރޮބްލަމް” ހައިޒަލްގެ ރުޅިވެރި އަޑާއެކު މުޅި ކްލާސް ހަމަ ހިމޭންވިއެވެ. ހައިޒަލްއަށް މިއައި ކުއްލިބަދަލާއެކު ޖެނީ ހުރީ ބުނާނެއެއްޗެއް ނޭނގިފައެވެ.ހައިޒަލް އެކަކަށް ވެސް ބެލުމެއްނެތި ގޮނޑިންތެދުވިއެވެ. އަދި ކުލާހުން ނިކުމެގެން ދިޔައެވެ. 

 

ހައިޒަލް ކުލާހުން ނިކުމެގެން ދިޔަތާ މިހާރު 10 މިނެޓައް ވުރެ ގިނައިރު ވެދާނެއެވެ. ކްލާހު ތިބި ހުރިހާ ކުދިން ރައިލީ އާއި ދިމާއަށް ކުދިކިޔަމުން ދިޔައިރު ޝިފާ އިނީ ކަންބޮޑު ވެފައެވެ. ” އަހަރެން އެބަ އަންނަން ފާހަނައަށް ގޮސް ލާފަ” ޝިފާ ކުއްލިއަކަށް މިހެން ބުނަމުން ގޮނޑިން ތެދުވިއެވެ. ” އެހާ ލަސް ނުކުރައްޗެ… އޯހް އެންޑް ހައިޒަލް ފެންނަން ހުރިއްޔާ އޭނަ ވެސް ހިފައިގެން އަންނަން ވާނީ” ޝިފާ ފާހަނައަށް ދާނ ބުނުމުން ޖެނީ އަވަހަށް ބުނެލިއެވެ. ޝިފާ އާނ އެކޭ ބުނުމުގެ ގޮތުން ބޯޖަހާލުމަށްފަހު އަވަހަށް ކުލާހުން ނިކުމެގެން ދިޔައެވެ. 

 

ޝިފާގެ މިސްރާބު ހުރީ ސްކޫލް އިމާރާތު ބިއްދޮށުގައި އޮންނަ ބަގީޗާ އާއި ދިމާއަށްށެވެ. އެއީ އެ ތަނަކީ ހައިޒަލް އާމުކޮށް ދާތަނަކަށް ވުމުންނެވެ. ޝިފާ ގޮސް ބަގީޗާއަށް ވަތްއިރު އެއްފަރާތެއްގައި ހުރި ފިތުރޯނު ގަސް ދޮށުގައި ހަދާފައި ހުރި ބެންޗުގަ އިށިންދެގެންއިން ހައިޒަލް ފެނުނެވެ. 

 

” ހުވާ ދެރަ ވެއްޖެ ކަމެއް މީ……ގަޑި ޖެހިގެން ސްކޫލަށް އައިސްފިއްޔާ އެއީ ލޮޑުވީމަ….އެކަމަކު ގަޑި ނުޖެހި ސްކޫލަށް އައިސްފިއްޔާ އެއީ ހުން އައީމަ….ހޭ ގޮތެއް ނެތް އެއްގޮތެއްވެސް…މިއަށްވުރެ މާ ރަނގަޅު ވާނެ ސްކޫލް އިން ކެނޑުނަސް….އޭރުން އެ ރައިލީ ގެ ޖެއްސުން ތަކުން ވެސް ސަލާމަތް ވާނެ” ހައިޒަލް ބެންޗު ގައި އިނދެ ކުދިކިޔަމުން ދިޔައިރު އެ އަޑުގައި ވާ ރުޅިވެރިކަން ޝިފާއަށް އިހުސާސް ކުރެވުނެވެ. މިއިން ދުވަހަކުވެސް ހައިޒަލް ރުޅި އައިސްފަ ވަނިކޮށް ނުދެކޭ ޝިފާ ހުރީ ކުޑަކޮށް ޖެހިލުން ވެފައެވެ.” ހަ…ހައި ” ޝިފާ ބިރުގަނެފައި ވާވަރު ތުރުތުރު އަޅަމުން ދިޔަ އަޑުން ވެސް އެނގޭނެއެވެ. 

 

ރުޅި އައިސް ރަތް ވެފަ އިނ ހައިޒަލް ގެ ކަފަތުގައި ޖެހުނު އަޑަކާއެކު ފަހަތަށް އެނބުރި ބަލައިލިއެވެ. “ޝިފޫ !؟” ހައިޒަލް ހައިރާން ކަމާއެކު ބުނެލިއެވެ. ދެންމެ ޖެހެންދެން ރުޅި އަރާ ރަތް ވެފަ އިން ހައިޒަލް ގެ ރުޅި ދިޔައީ ކޮންތާކަށް ކަމެއްވެސް ނޭނގެއެވެ. ހައިޒަލްގެ މޫނު މަތިން ރުޅިވެރި ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތުމުން ޝިފާ ފުން ނޭވާއެއް ލުމަށްފަހު ހައިޒަލް އާއި ވާހަކަ ދައްކަން ފެށިއެވެ. ” ހައި ކީއްވެ މި ތާގަ ތި އިނީ….އިރުކޮޅަކުން މިސް ކްލާހަށް އަތުވެދާނެ” ޝިފާ މަޑުމައިތިރި ކަމާއެކު އެހެން ބުނުމުން ހައިޒަލް ހިނިތުންވެލިއެވެ. ” ޝިފޫ ނާހާނަން ތަ މިއަދު އަހަރެން ގަޑިއަށް ސްކޫލަށް މިއައީ ކީއްވެ ކަން؟ ނޫނީ އަހަރެން ހުން އައިސްގެން އުޅެނީ ތޯއެއް ނުބަލާނަން ތަ؟” ހައިޒަލް މަޖާވެފަ އިނދެ މިހެން ބުނުމުން ޝިފާ ހީލިއެވެ. އަދި ހައިޒަލް ކައިރީ އިށީންނިއެވެ. ” ކީއްކުރަން ތި ކަހަލަ ކޫސަނި ސުވާލު އަހަނީ….އިޓްސް އޮބްވިޔެސް ދެޓް ހައި ބޭނުން ވެގެންނު އަންނާނީ” ޝިފާ އެހެން ބުނުމުން ހައިޒަލް ހީލިއެވެ. ” އަސްލު އަހަރެން ގަޑިއަށް މި އައީ އަހަންނަށް ވަރަށް ކަމުދާ އަންހެން ކުއްޖަކު ބުނި އޭނަ ލައިކް ވަނީ ގަޑިއަށް ފަރުވާތެރި ވާ ފިރިހެނުން ދެކޭ….އެހެންވެ ގަޑިއަށް މި އައީ”ހައިޒަލް އެހެން ބުނުމާއެކު ޝިފާގެ މޫނުމަތިން ހަނދުއޮއްސުނު ކަހަލައެވެ. މާޔޫސްކަމާއިއެކު ތުންފިއްތާލިއެވެ. ނަމަވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. ދެންވެސް ވާހަކަދެއްކީ ހައިޒަލްއެވެ. ” ބޭނުން ތަ އެނގެން އެއީ ކާކު ކަން؟ ” ހައިޒަލް ޝިފާއަށް ވީގޮތް ފެނި ހިނިއަންނަގޮތްވިއެވެ. އެހެންނަމަވެސް އެހިނިގަނޑު ބަނޑަށް ހިނދާލަމުން ސީރިއަސް ގޮތަކަށް އަހާލިއެވެ. 

 

★–ނުނިމޭ–★

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star Fire

Level 310 Stories

Other Articles

Previous

ޙާލަތު )ދެވަނަ ބައި(

Next

އެ ޖަންގަލީގެ ތެރެއިން… 1

Next
August 10, 2022

އެ ޖަންގަލީގެ ތެރެއިން… 1

Previews
August 8, 2022

ޙާލަތު )ދެވަނަ ބައި(



All Right Reserved!