ދުވަސް ތައް އޭގެ ހާލުވި ކަމާއެކު ފާއިތު ވަމުން ދިޔައިރު ޝިފާ އާއި ހައިޒަލްގެ ގުޅުން ދިޔައީ ވަރުގަދަ ވަމުންނެވެ. ހައިޒަލްގެ ދުވަސް މިހާރު ޝިފާގެ ގުޑް މޯރްނިން އާއި ނުލާ ފުރިހަމައެއް ނުވާނެއެވެ. އަދި ހަމަ އެގޮތަށް ޝިފާ ގެ ފަރާތުން ރޭގަނޑުގެ ތަހުނިޔާ ނުލިބިއްޖެނަަމަ އެރެއެއްގެ ނިދި އެއްކޮށް ހައިޒަލް އާއި ރުޅި ވާނެއެވެ. ނަމަވެސް މި ގުޅުމަކީ އައިލީން، ޖެނީ ، ޙުސާން އަދި އަމާން އަށް ސިއްރު ކުރެވިފައި ވާ ގުޅުމެކެވެ. ދުވަސްތައް ފާއިތު ވަމުން ދިޔަ ވަރަކަށް ހައިޒަލް އަށް ދިޔައީ މަޑުމަޑުން ޝިފާ ދެކެ ލޯބި ވެވުމުންނެވެ.
އާދައިގެ މަތިން ދުވަހެކެވެ. އައިލީން އުޅުނީ ގޭ މާހިތް ފަރާތުގައި ކުނި ކަހައެވެ. ދުވަހަކީ ހަފްތާ ބަންދު ގެ ފުރަތަމަ ދުވަސް ވިއަސް އައިލީން އަކީ މެންދުރު ވަންދެން އެނދު މަތީގައި އޮންނަން އާދަވެފައި ވާ ކުއްޖެއްނޫނެވެ.އެހެންކަމުން އިލޯށިފަތި ކުނިކަހަމުން ދިޔައެވެ. ކުނިކަހަން އޮތް އައިލީން ސިއްސައިގެން ދިޔައީ މީހަކު އޭނަ އަށް ގޮވާލި އަޑު އިވުމުންނެވެ. ” އައިލީން” އައިލީން ފަހަތަށް އެނބުރި ބަލައިލީ އިރު ފަހަތުގައި ހުރީ ޙުސާންއެވެ. އެހެން ކަމުން ފަރުވާ ކުޑަ ގޮތަކަށް ބުނެލިއެވެ. ” ދޮންބެ އަދި ނުހޭލާ… ހިއެއް ނުވޭ އެހާ އަވަހަށް ހޭލާން ހެންނެއް މިއަދު” އެހެން ބުނުމަށްފަހު އަނެއްކާވެސް ކުނިކެހުމާގެން ކުރިއަށް ދިޔައެވެ.
އައިލީންގެ އެ ފަރުވާ ކުޑަކަންފެނި ޙުސާން ހިންދިރުވާލިއެވެ. އަދި ހަމަޖެހުމައް ޓަކައި ދެތިން ފަހަރު ފުންކޮށް ނޭވާލިއެވެ. މިހާރަކަށް އައިސް އައިލީން ޙުސާންއަށް ދޭ ސަމާލުކަން ކުޑަވުމުން ޙުސާން ދައްކަންއައި ވާހަކަ ދައްކަން އެހާ ފަސޭހައެއް ނުވިއެވެ. ހަމަ އެހެންމެ އެހާ ދެރަވެސްވިއެވެ. އެހެން ކަމުން ޙުސާން ލައިގެން ހުރި ނޫކުލައިގެ ސޯޓު ދެޖީބަށް އަތްޖަހާލިއެވެ. އަދި އައިލީން ގެ ޙަރަކާތް ތަކަށް ބަލަން ހުއްޓެވެ. ޙުސާން ކިތައްމެ ގަބޫލު ކުރަން ބޭނުން ނުވިޔަސް މިހާރު ޙުސާންއަށް އައިލީން އާއި ގަޔާވެއެވެ. އައިލީން އާއި ދިމާއަށް ކިތައްމެ ވަރަކަށް ކޮއްކޮ ގޮތު ދެކޭން ބޭނުން ވިޔަސް މިހާރު އެކަން ޙުސާން އަކަށް ނުކުރެވެއެވެ.
” ޙުސާންބެ ކޯއްޗަކަށް ތަ ތި ބަލަނީ މާ ވަރު ދައްކާފަ!!! ” ކުއްލިއަކަށް އިވިގެން ދިޔަ އައިލީންގެ އަޑާއެކު ޙުސާން ދިޔައީ ސިއްސައިގެންނެވެ. އައިލީން ގެ އަޑުގައި ވާ ހިތްހަމަ ނުޖެހުން ފާހަގަ ކުރެވުމުން ޙުސާން އިތުރަށް ފަސްޖެހެވުނެވެ. ނަމަވެސް ހިތްވަރު ކޮއްލާފައި ބުނެލިއެވެ.”އައިލީން އަށް މި ބަލަނީ” މޫނު މަތީގަ ވާ ހާސްކަން ކުޅަދާނަ ކަމާއެކު ފޯރުވައިލަމުން ޙުސާން ތެދައް ބުނެލިއެވެ. އެއާއެކު ފެނިގެން ދިޔައީ އައިލީން ބުމަގޮށްޖަހާލީ ތަނެވެ.” ތިކަން އެބަ އެނގޭ އެކަމަކު ކީއްކުރަން އަހަރެން ނާ ދިމާއަށް ތި ބަލަނީ ؟ ކޮން ހައިސިއްޔަތަކުން ؟ ” އައިލީން އެހެން ބުނުމާއެކު ޙުސާން އައިލީން އާއި ދިމާއަށް ހިނގައި ގަންނަމުން ބުނެލިއެވެ.” މި ބަލަނީ ދެލޯ ހުރީމަ…. ދެނ ތި ބުނީ ކޮން ހައިސިއްޔަތަކުން ހޭ…. ހޫމް އަހަރެން ގެ ހައިސިއްޔަތު އައިލީން އެނގެން ބޭނުން ތަ ؟ ” ޙުސާން އައިލީން ގެ ނޭވާ އިޙްސާސް ވާހާ ކައިރިއަށް އައުމުން ބުނެލިއެވެ. އެއާއެކު އައިލީން ވަގުތުން ފަހަތަށް ފިޔަވަޅު އަޅާލިއެވެ. އަދި ބުނެލިއެވެ.” ދެ..ދެލޯ ހުއްޓެއް ކަމަކު ނުޖެހޭ ފެންނަ ހާ ކޮންމެ އެއްޗަކަށް ބަލާކަށް…….އަހަރެންނަށް ޙުސާންބެގެ ހައިސިއްޔަތު އޮޅިއްޖެ ޙުސާންބެ ބުނެދޭން ވީނު އިނގެންޏާ ” އައިލީން ޙުސާންގެ އަމަލުތައް ހުރި ގޮތުން ހާސްވި ނަމަވެސް އެކަން މޫނު މަތިން ނުދެއްކެވޭތޯ މަސައްކަތް ކުރަމުން ބުނެލިއެވެ. އެއާއެކު ޙުސާން އަނެއްކާވެސް އައިލީން އާއި ދިމާއަށް ހިނގައި ގަތެވެ.”ތިބުނީ ތެދެއް ފެންނަ ހާ ކޮންމެ އެއްޗަކަށް ބަލާކަށް ނުވާނެ ، އެކަމަކު ކީއް ކުރާނީ އަހަރެންގެ ހިތަކީ ވަރަށް ބަސް ނަހާ އެއްޗެއް ހިތް އެދޭ ގޮތަށް ކަންތައް ނުކޮށްފިއްޔާ ހިތަށް ވަރަށް އަނިޔާ ލިބޭ….. ހައިސިއްޔަތު ދޯ ، ހެހެހެހެ އަހަރެންގެ ހައިސިއްޔަތަކީ އައިލީން ލޯބިވީ މީހާ ނޫން ތަ؟” ޙުސާން ކުރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާ އެކު އައިލީން ދިޔައީ ފަހަތަށް ފިޔަވަޅު އަޅަމުންނެވެ. ނަމަވެސް އެކަން ހުއްޓުނީ އެއްފަރާތެއްގަ ހުރި ރުކުގައި އައިލީން ޖެހުމުންނެވެ.
ޙުސާން ބުނި ބަސްތަށް އަޑު އިވުމުން އައިލީން ހުރީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. އެހެން ކަމުން އައިލީން އިސްޖަހާލިއެވެ. ” ބުނެބަލަ އައިލީން އަދި ވެސް އަހަރެން ދެކެ ލޯބި ވޭތަ ؟” ޙުސާން ގެ ސުވާލާ އެކު އައިލީން އިސްނެގިއެވެ. އަދި މޫނު މައްޗަށް ރުޅިވެރިކަން ގެންނަމުން ބުނެލިއެވެ. ” އެއީކީ މިހާރު ޙުސާންބެ ބަލަން ޖެހޭ ކަމެއް ނޫން” އައިލީން މިހެން ބުނަމުން ޙުސާން ފަހަތަށް ކޮއްޕާލިއެވެ. އަދި އެއްކޮށްފައި ހުރި ކުނިފޫނި ޑަސްބިންއަށް އެޅުމުގައި އުޅުނެވެ. ” އެއީ ކީއްވެ ؟…. އަހަރެން އައިލީން ރިޖެކްޓް ކުރީމަތަ ؟” ޙުސާން އައިލީން ގެ މައުސޫމު ކަންފެނި ހިނިއައެވެ. އެހެން ނަމަވެސް ޙުސާން ބޭނުން ވީ ދެވަނަ ފަހަރަށް އައިލީންގެ ދުލުން އޭނަ ދެކެ ލޯބިވާ ކަމަށް ބުނުމަށްށެވެ.
” ހަހް އަހަރެން ނުދެނެ ހުރިން ޙުސާންބެ އަކީ ވެނިމިފަ އޮތް ކަންތައް ތަކުރާރު ކުރާ ކަހަލަ މީހެއް ގޮތަކު އެއް…… ވީ ކަމެއް ވީ ، އެ ކަމެއް ނުވާ ކަމަކަށް ނުވާނެ އެއްނު” އައިލީން މިހެން ބުނަމުން ކުނި ތަށް ޑަސްބިން އަށް އަޅާލިއެވެ. އަދި އެނބުރި ގެއަށް ވަންނަން ދިޔައެވެ. އައިލީންގެ ޖަވާބާއެކު ޙުސާން ގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދުނެވެ. ކުއްލިއަކަށް ހިތާއި ސިކުނޑި ގޮވަން ފެށީ އައިލީން ހުއްޓުވުމަށްށެވެ. އެހެން ކަމުން ޙުސާން ދުވެފައި ގޮސް ގެއަށް ވަންނަން ދިޔަ އައިލީންގެ އަތުގައި ހިފާ ހުއްޓުވިއެވެ. އަދި ބުނެލިއެވެ. ” އައި ލައިކް ޔޫ” އެ ތިން ލަފުޒު އަޑު އިވުމާއެކު އައިލީން ހުރިތަނަށް ގަނޑުވި ކަހަލައެވެ.
” ވަޓް ޑިޑް ޔޫ ސޭ” އައިލީން ފަހަތަށް އެނބުރިލަމުން އަހާލިއެވެ. އަޑު ނީވުނީތީކިއެއް ނޫނެވެ. ދެވަނަ ފަހަރަށް ޙުސާން އެހެން ބުނާ އަޑު އަހާލަން ބޭނުން ވެފައި ހުރުމުންނެވެ. ” އައި ލައިކް ޔޫ އައިލީން” ޙުސާން އޭނާގެ ބަސް ތައް ތަކުރާރުކޮށްލިއެވެ. ” ސޯ އަހަރެން ކީއް ކޮއްދެން ވީ ؟” އައިލީން ފަރުވާ ކުޑަ ގޮތަކަށް ބުނެލިއެވެ. ނަމަވެސް ހިތުތެރޭގައި އައިލީން ދިޔައީ އުފަލުން ނަށަމުންނެވެ. ހަމައެކަނި އެހެން ބުނީ ޙުސާން ބުނާ އެއްޗެއް ބަލާލުމުގެ ނިޔަތުގައެވެ. ޙުސާން އެކައްޗެއްވެސް ނުބުނެ އިސްޖަހާލަމުން އައިލީން ގެ އަތުން ދޫ ކޮއްލިއެވެ. ކުއްލިއަކަށް ހިތުގައި މަޑު ރިހުމެއް އުފެދުނެވެ. އެއާއެކު ލޮލުގައި ކަރުނަ ޖަމަވަން ފެށިއެވެ. މިވަނީ ކީއްކަމެއް ހުދު ޙުސާން އަކަށް ވެސް ނޭނގުނެވެ.
” ޙުސާންބެ ރޮނީ ތަ ؟…. އައި ވޯސް ޖަސްޓް ކިޑިންގް ” ޙުސާން ގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ފެނި އައިލީން ހާސްވެފައި ހުރެ ބުނެލިއެވެ. އެއާއެކު ކުއްލިއަކަށް ޙުސާން އައިލީން ގެ ހަށިގަނޑުގަ އޮޅުލައިގަތެވެ.” ޕްލީސް ޑޯންޓް ކިޑް ލައިކް ދެޓް މީގެ ފަހުން ” ޙުސާން އައިލީން ގެ ކޮނޑުމަތީގަ ބޯ އަޅައިގެން އޮވެ ބުނެލިއެވެ. އެއާއެކު އައިލީން ޙުސާން ގެ ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ.” އޯކޭ ދެން ޙުސާންބެ ވެސް ބޭބީ އެއް ހެން ނުރޮއެ ބަލަ ” އައިލީން މިހެން ބުނުމާއެކު އިވިގެން ދިޔައީ ޙުސާންގެ ހުނުމުގެއަޑެވެ. ” ދެން ނުރޯނަން އެކަމަކު އައިލީން ދެން ޙުސާންބެ ކިޔާގެން ނުވާނެ” ޙުސާން އެއްއަތުން މޫނު ފުހެލަމުން ބުނެލިއެވެ. އެއާއެކު އައިލީން ބުނެލިއެވެ. ” އޯކޭ ނުކިޔާނަން… އެކަމަކު އެއްވެސް މީހެއް ނުހުންނަ އިރު” އައިލީން މިހެން ބުނުމުން ޙުސާން އެކަމާ އެއްބަސް ވެލިއެވެ. އަދި އައިލީން ގެ ހަށިގަނޑުން ދޫކޮއްލިއެވެ.
***** ***** ***** ***** *****
މެންދުރަށް ފްރައިޑް ރައިސް ކައްކަން ކެރެޓް ގަންނަން ބޭރަށް ނިކުންނަން ޖެހުމުން ޖެނީ ހުރީ ފޫހިވެފައެވެ. އެހެންނަމަވެސް ގޭގައި ހައިޒަލް ނޫޅޭތީ ޖެނީއަށް ފިހާރަ އަށް ދާން މަޖުބޫރުވިއެވެ. ރުފިޔާ ހިފައިގެން ސިޑިން ފޭބި ޖެނީގެ ހިތުގައި މަޑުމަޑުން ބިރުވެރިކަން އުފެދެމުން ދިޔައެވެ. ނަމަވެސް އެއިން ކަމަކަށް ބެލުމެއް ނެތި ގެއިން ނިކުތެވެ. އަދި ފިހާރައަށް ދާން ހިނގައިގަތެވެ.
މެންދުރު ގެ ވަގުތު ކަމުން މަގުމަތީގައި އުޅޭ މީހުންމަދެވެ. މަގުމަތިން ހަލާކުން މީހަކު ނޫނީ ނޫޅޭނެއެވެ. މަގުގައި ހިނގަމުން ދިޔައިރު މީހަކު ފަހަތުން އަންނަ ކަމުގެ އިޙްސާސް ކުރެވުމުން ދިޔައެވެ. އެހެން ކަމުން ފަޔުގައި ހުރި ބާރެއް ލާފައި ހިނގަމުން ދިޔަ ޖެނީ ގޮސް ޖެހުނީ އަނެއްމަގުން އައި މީހާ ގައިގަ އެވެ.
މެންދުރު ނަމާދު ވަގުތު ނުޖެހޭތީ އަމާން ދިޔައީ އައިލީން ބުނެގެން ކޯކު ފުޅިއެއް ގަތުމަށް ފިހާރައަށްށެވެ. މަގުމަތީގައި އެހާ މީހުން ގިނަ ނުވުމުން އަމާން ގެ ސަމާލުކަން ހުރީ އަތުގައި އޮތް ފޯނަށްށެވެ. ފިހާރަ އިންނަ މަގަށް ނިކުތް ތަނާހެން ކުއްލިއަކަށް މީހަކު އައިސް ޖެހުނެވެ. އެއާއެކު އަމާންގެ އަތުގައި އޮތް ފޯނު ބިންމައްޗަށް ވެއްޓުނެވެ. ކުއްލިއަކަށް އެމީހަކު އަޑު ނެތް ތަނަށް ހަޅޭލައްވައި ގަތުމުން އަމާން ހީކުރީ އެމީހަކު ވެއްޓެން ދިޔަ ކަމަށްށެވެ. އެހެންކަމުން އެ މީހަކު ގެ އަތުގައި ހިފާ ދަމާލިއެވެ. އެއާއެކު އެ މީހާ ލުވިފަތެއްހެން އައިސް ޖެހުނީ އަމާންގެ މޭމަތީގައެވެ.
★–ނުނިމޭ–★
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

