Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އެދުވަހު ލޯބިން 5

Star Fire Level 310 Stories
July 22, 2022 4 Mins Read
0 Comments

 *” ޖެން ، ޝިފް  އަހަރެންނަށް ލޯބި ވެވިއްޖެ ” އައިލީން މިހެން ބުނަމުން ޖެނީ އާއި ޝިފާ ގެ މޫނަށް ވަކިވަކިން ބަލައިލިއެވެ. ޖެނީ އާއި ޝިފާ ތިބީ ޖެހި ބުދެއް ހެން އައިލީން ގެ މޫނަށް ބަލައިގެން ނެވެ. “ގާއިސް އެއްޗެކޭ ބުނެބަލަ” އައިލީން ޖެނީ އާއި ޝިފާ ގެ އަތުގައި ހިފާ ތަޅުވާލަމުން ބުނެލިއެވެ. އެއާއެކު ޖެނީ އާއި ޝިފާ އެއްފަހަރާ ” ވަޓް ދަ އެކްޗުއެލްލްލްލް!!!!!!” އޭ ބުނެލި އެވެ. * 

” ކީހާ ދުވަހެއް ވެއްޖެ ؟ ” ޖެނީ އެހެން އަހާލުމުން އައިލީން ބުނެލިއެވެ.” ދުވަހެއް ނޫން އަހަރު ” އައިލީން އެހެން ބުނުމުން ޖެނީ ހައިރާން ކަމާއެކު ޝިފާ އަށް ބަލައިލިއެވެ. އެއިރު ޝިފާ ވެސް އިނީ ހައިރާން ކަމާއެކު ޖެނީ އަށް ބަލަން ށެވެ.” އޯކޭ އެހެން ވެއްޖިއްޔާ ކިތައް އަހަރު ؟” ޖެނީ އަނެއްކާވެސް ސުވާލު ކުރުމުން އާއިލީ ޖަވާބު ދިނެވެ. ” 6 އަހަރު” އައިލީން އެހެން ބުނުމުން އަނެއްކާވެސް ޝިފާ އާއި ޖެނީ އަށް ލިބުނީ ޝޮކް އެކެވެ. ” ކޮނ ނަމެއް ކިޔާ މީހެއް ؟” މިފަހަރު ސުވާލު ކުރީ ޝިފާ އެވެ. އެއާއެކު އައިލީން ޖަވާބު ދިނެވެ. ” ޙުސާންބެ” އައިލީން ގެ ޖަވާބާއެކު ޖެނީ އާއި ޝިފާ އަށް ލިބުނީ އަނެއްކާވެސް ޝޮކް އެކެވެ. އައިލީން އިސްޖަހައިގެން އިނދެ ފައި ޖެނީ އާއި ޝިފާ އިތުރު އެއްޗެއް ނުބުނުމުން އިސްނަގާލީއެވެ. އެއާއެކު ޖެނީ އާއި ޝިފާ އައިލީން ގެ ކޮނޑުގައި ހިފަހައްޓަމުން ބުނެލިއެވެ. ” މަންޖެ ކީއް ތި ކުރަނީ އޭނ ތި ވަރަށް ޝޮކް ދޭކަށް ނުވާނެ އެއްނު ދޯ ޖެން” ޝިފާ ޖެނީ އަށް ދޯ އެއްލަމުން ބުނެލިއެވެ. ” އެބުނާ ހެން ތި ވަރަށް ޝޮކް ދޭކަށް ނުވާނެ އެއްނު އަހަރުން ގެ މި ނާޒުކު ހިތަށް ބަދަރުދާސްތު ނުވެއްޖެއްޔާ ކީއްކުރާނި އައި” ޖެނީ ވެސް ޝިފާ އާއި ބައިވެރި ވެލަމުން ބުނެލިއެވެ. އެއާއެކު އައިލީން ބުނެލި އެވެ. ” ސާބަސް ތި ދެމީހުންނަށް” އައިލީން އެހެން ބުނުމުން ޖެނީ އާއި ޝިފާ ނުސިޔާނު ގޮތަކަށް އައިލީން އަށް ބަލައިލިއެވެ. ” އައިލީންންންންން އެންޑް ޙުސާންންންންންން” ޖެނީ އާއި ޝިފާ އެހެން ބުނުމުން އައިލީން މޫނުމަތީގައި އަތް އަޅާ ލަމުން ” ދެންންންންން” އޭ ބުނެލިއެވެ. އައިލީން އެހާ ލަދުގަތުމުން ޝިފާ އާއި ޖެނީ “ހޮއެ ހޮއެ ހޮއޭ” ކިޔަން ފެށިއެވެ. ޖެނީ އާއި ޝިފާ ހިތް ފުރޭ ވަރަށް އައިލީން ލަދުގަނވާލުމަށް  ފަހު ބުނެލިއެވެ. ” ވީ އާރ ސޯ ހެޕީ ފޯރ ޔޫ އައި” 

” ހައިޒަލް ކޮބާ ޖެނީ ގެ ކަންތައް ހަމަ ޖެހިއްޖެ ތަ ” ޙުސާން ކޮފީ މަގު ހިފައިގެން އައިސް ކުރިމަތީގައި ހުރި ސޯފާގައި އިށީންނަމުން އަހާލިއެވެ. އަދި ކޮފީ ތަށިން ކޮއިވަރެއް ބޯލިއެވެ.” އާނ ހުރިހާ ކަމެއް ވެސް ހަމަ ޖެހިއްޖެ އެކަމަކު މަބުނާނީ ޖެނީ ހަމަ ހިތްވަރު ގަދައީ އޭ އެއްކޮޅުން މަންމަ ދުނިޔެއާ ވަކިވެގެން ދިޔުން އަނެއް ކޮޅުން ބޮޑުދައިތަ ގެއިން ނެރެލުން…. އެއްކަމަކުން އަރައިނުގަނެވިގެން އުޅެނިކޮށް އަނެއް ކަމެއް ” ހައިޒަލް އެހެން ބުނުމުން އަމާން އެކަމާ ބެހޭ ގޮތުން އެއްބަސް ވެލިއެވެ.” އެތެދެއް ޖެނީ ހަމަ ކެއް ގަދައީ ” އަމާން އެހެން ބުނުމުން ހައިޒަލް އާއި ޙުސާން އެކަމާ އެއްބަސް ވުމުގެ ގޮތުން ބޯ ޖަހާލި އެވެ.” އޭ ހައިޒަލް ކޮބާ ސްކޫލު ގަ ކަންތައް ދަނީ ކިހިނެއް ؟ ” އަމާން އެހެން އެހުމުން ހައިޒަލް ފުންނޭވައެއް ދޫކޮށްލިއެވެ. އަދި ބުނެލިއެވެ.” އަދިވެސް އެ ސާޖިޙު އައިލީން އަށް އުނދަގޫ ކުރޭ އެކަމަކު ކުރިޔާ އަޅާ ބަލާއިރު ވަރަށް މަދު ދެން އުޅެނީ ހައިޒޫމް އޭނަ ގެ ކަމަކީ ހުސްވަގުތެއް ލިބޭ އިރަށް ޖެނީ އަށް ޖެއްސުން ކުރަން އައުން…… ދެން މިހާރު ޝިފާ އަކަށް އެކަކު ވެސް ޖެއްސުމެއް ނުކުރޭ ” ހައިޒަލް އެއްފައްޗަކަށް ހުރިހާ އެއްޗެއް ކިޔާލިއެވެ.” އެ ހައިޒޫމް އަދިވެސް ނުނިމޭ ތަ ؟ ” ޙުސާން ގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ހައިޒަލް ބޯ ޖަހާލިއެވެ.” އާނ އަދި ނޫނިމޭ ގްރޭޑް 12 ގަ ރިޕީޓް ވީ އެހެން ވެ ދޮންބެ ނުނިމި ގެން އެ އުޅެނީ ” ހައިޒަލް އެހެން ބުނުމާއެކު އަމާން ބުނެލިއެވެ.” މިހާރު ދެވަނަ ފަހަރަށް ކަންނޭނގެ ރިޕީޓް އެ ވީ ހައިޒޫމް ” އަމާން އެހެން ބުނުމުން ހައިޒަލް އާނ އެކޭ ބުނެލިއެވެ.” ދެނ ތިއެއް ނޫނޭ ސުކޫލު ގަ ހައިޒޫމް އުޅެނީ ކޮނ ހާލެއްގަ ؟ ” ޙުސާން ލާނެތް ކަމާއެކު އަހާލުމުން ހައިޒަލް ބުނެލިއެވެ.” ތި ވާހަކަ ނުދެއްކިއްޔާ ރަނގަޅު ވާނީ ” ހައިޒަލް އެހެން ބުނުމުން އަމާން އަހާލިއެވެ.” އެއީ ކީއްވެ ؟ ”  ” އެއީ މި ރައިލީ ގެ އުނދަގޫ ބޮޑުކަމުން ” ހައިޒަލް ކުނިމޫނު ހަދާލަމުން އެހެން ބުނުމުން ޙުސާން އަށް ށާއި އަމާން އަށް ހެވުނެވެ. 

” ދެނ ތި ދެމީހުން ނޫހީ ތިބެބަލަ ” އައިލީން ޝިފާ އާއި ޖެނީ އާ ދިމާއަށް ބުނެލިއެވެ.” ނޫނޭ ވަރެއްނޫން ދޯ ތިހުރީ އައިލީން ކުރާ ކަންތަށް ” ޖެނީ އެހެން  ބުނުމުން ޝިފާ ބުނެލިއެވެ.” އެތެދެއް އައިލީން ދެނ ނުވާނެ އެއްނު ޙުސާން ބޭ ގަމީސް ބާލާތަން ބަލާކަށް ” ޝިފާ އެހެން ބުނުމުން އައިލީން ދެރަނުވަން ވެގެން ބުނެލިއެވެ.” ބެލީ ކީއެއް ނޫން އެއްލި ކަޅިއަކުން ފެނުނީ ” އައިލީން އެހެން ބުނުމާއެކު ޖެނީ އައީ ޝިފާ ބުނެލި އެވެ.” އޯކޭ އޯކޭ ” ތިން ކުދިން ވެސް ސަކަރާތް ޖަހަން ތިއްބާ މަޣްރިބްނަމާދު ބަންގި ގޮވުމުން ޝިފާ އައީ އައިލީން ގެއަށް ދިޔައެވެ. ޖެނީ ފާހާނާއަށް ވަދެ ވުޟޫ ކޮށްލައިގެން ނިކުމެ ނަމާދު ކުރިއެވެ. އަދި ނަމާދު ކޮއް ނިމުމުން ބަޤަރާ ސޫރަތް ކިޔަވަން ފެށިއެވެ. އެހެން ޤުރުއާން ކިޔަވަން އިންދާ އިޝާ ނަމާދު ބަންގި ގޮވުމުން ޙަތިމް ލައްޕާލުމަށްފަހު ޢިޝާނަމާދު ކުރިއެވެ. ނަމާދު ކޮއް ނިމުމުން ޖެނީ ކެމިސްޓްރީ ފޮތާއި ފިޒިކްސް ފޮތާއި އިސްލާމް ފޮތް ހިފައިގެން މޭޒުދޮށުގައި އިށީނދެގެން އިނދެ ފިލާވަޅު ހަދަން ފެށިއެވެ. 

” ހައިޒޫމް މި ރަށުގަ ނޫޅޭތަ ވަން ނައިޓް ސްޓޭންޑް އަކަށް ދާނެ ރީތި ބިޓެއް ؟ ” ރިޔާދާ ފޫހި ގޮތަކަށް އިނދެ އަހާލުމުން ހައިޒޫމް ހިނިގަނޑެއް ޖަހާލި އެވެ. ވަގުތަކީ ދަންވަރު 1:30 އެވެ. ހައިޒޫމް ރިޔާދާ ހިފައިގެން ހަވީރު ދުއްވާލަން ގޮސްފަ އިރުއޮއްސުމުން ގެއަށް ނުގޮސް މަޑުކުރީ ހައިޒޫމް ގެ ބައްޕަ ހައިޒޫމް އަށް ހަދާފައި ވާ ގޭގަ އެވެ. އެހެން އެގޭގައި ކޫސަނި ވާހަކަ ދައްކަން ތިއްބާ ގަޑި ދިޔަނުދިޔަ ގޮތެއް ނޭނގި އެންމެ ފަހުން މެންދަމު 1:30 ވިއެވެ. ” ރިޔާދާ އަހަރެންނާއެކު ވަން ނައިޓް ސްޓޭންޑް އަކަށް ދާނަން ތަ ؟” ހައިޒޫމް ސަމާސާ ރާގަކަށް ބުނެލިއެވެ. އެއާއެކު ރިޔާދާ ގެ ހިނިގަނޑު ދިޔައީ ފަޅައިގެން ނެވެ. ” އޯކޭ އޯކޭ ރިޔާދާ ހޭނެ ވަރަކަށް ހީ އަހަރެން މިދަނީ ފެންވަރަން” ހައިޒޫމް އެހެން ބުނަމުން ސިޑިން މައްޗަށް އަރައިގެން ދިޔަ އެވެ. ހައިޒޫމް ދިޔުމުން ރިޔާދާ ފޫހިވެގެން މުޅި ގޭތެރޭގައި ހިނގަން ފެށިއެވެ. އެހެން ހިނގަމުން ހިނގަމުން ގޮސް ރިޔާދާ ސިޑިން މައްޗަށް އެރިއެވެ. އެ ފަނގި ފިލާގައި ހުރި ހުރިހާ ކޮޓަރިއެއް ބޭލުމަށްފަހު ރިޔާދާ އެންމެ ފަހު ކޮޓަރީ ދޮރު ހުޅުވާލިއެވެ. އަދި އެ ކޮޓަރިއަށް ވަނެވެ. އެ ކޮޓަރި އާއި ދެންމެ ބެލި އެހެން ކޮޓަރި ތަކުގައި ކުޑަ ތަފާތެއް ހުއްޓެވެ. އެހެން ކަމުން ރިޔާދާ މުޅި ކޮޓަރި ބަލަމުން ގޮސް އެނދުމަތީގައި އިށީންނި އެވެ. އެއާއެކު ކުއްލިއަކަށް ކޮޓަރީ ގައި ހުރި ފާހާނާ ދޮރު ހުޅުވުނު އަޑު އިވުނެވެ. އެއަޑަށް ރިޔާދާ ފާހަނަ އާއި ދިމާއަށް ބަލައިލިއެވެ. ހަމައެކަނި ތުވާލި ކޮޅެ އަނދެ ލާގެން ހުރި ހައިޒޫމް ފެނި ރިޔާދާ ނުސިޔާނު ގޮތަކަށް ހީލިއެވެ. އަދި ހައިޒޫމް އާއި ދިމާއަށް ހިނގައި ގަތެވެ. ރިޔާދާ ގޮސް ހައިޒޫމް ކައިރީ ހުއްޓި ލަމުން ހައިޒޫމް ގެ މޭ މަތީގައި އެއް އިނގިލިން ފިރުމާލިއެވެ. އަދި ބުނެލިއެވެ. ” ހައިޒޫމް ތިހެން ހުއްޓަކަސް ޔޫ ހޭވް އާ ސެކްސީ ބޮޑީ” ރިޔާދާ މިހެން ބުނުމާއެކު ހައިޒޫމް ވެސް ބުނެލިއެވެ. ” ބަލާ ބެލުމުން ރިޔާދާ ގެ ހަށިގަނޑުގެ ވަންތައް ވެސް ވަރަށް ބޮޑެއްނު ލެޓް މީ ޗެކް ކިހާ ބޮޑު ތޯ” ހައިޒޫމް އެހެން ބުނަމުން ރިޔާދާ ލައިގެން ހުރީ ޓީށާޓު ބޭލުވިއެވެ. އަދި ރިޔާދާ ގެ ތުންފަތަށް ބޮސް ދޭން ފެށިއެވެ. 

 

★–ނުނިމޭ–★

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star Fire

Level 310 Stories

Other Articles

Previous

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 8

Next

އެދުވަހު ލޯބިން 6

Next
July 24, 2022

އެދުވަހު ލޯބިން 6

Previews
July 21, 2022

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 8



All Right Reserved!