ނަސީމާގޮސް އަލަމާރީ ދޮރުމަތީ ހުއްޓިލިއެވެ. އެތެރޭއިން އަޔާންއިނީ ޔާލްގެ ހެދުންތަށް ގައިމަށްޗަށް އަޅައިގެނެވެ. ދޮރުގެ ހަނި ދޭތެރެއިން އޭނާއަށް ނަސީމާހުރިކަން އެނގެއެވެ. ޔާލް ހުރީ ބިރުންގޮސް ވިރިވިރިއެވެ. ޒަމާން ދިޔައީއެވެ. ޔާލްގެ މޫނަށް ފުޅާ ހިނިތުންވުމެއްވެރިވީ ޑްރެސިން ޓޭބަލް ގޮނޑިމަތީއޮތް ކޮތަޅު ފެނުމުންނެވެ. “މަ…މަންމާ..މަންމާ… އެއޮތީއެއްނު ތިބުނާ ކޮތަަޅު…..” ނަސީމާ އަލަމާރީ ދޮރުފަތް ހުޅުވާލަން ދިމާކޮށްލި ވަގުތު ޔާލް އޭނާގެ މަންމަ އަތުހިފައި ދަމައިގަންނަމުން ބުންޏެވެ. “މިއޮތީ ދޯ… އާން ފަހުން މަންމަ ދަމުން ދިޔައީ އެތާނގައޭ […]
“ކޮން ކޯލާ ބޭބެއެއްތަ ދޫނީ…” ޔަނާލް އައިސް އަންޖަލް އުރާލަމުން އަހާލިއެވެ. އެވަގުތު އަންޖަލްއަާއި ދިމާލަށް ޔާލް ބަލާލައިފައި ދެފަރާތަށް ބޯހޫރާލީ ނުބުނައްޗޭ ބުނާފަދައަކުންނެވެ. އެ ޅަޅަ ސިކުނޑިއަށް އެކަން ނަގައިގަނެވުނެވެ. “ނޫން އެ ސީކްރެޓެއްދޯ ދޮނޭ….” އަންޖަލް ދަތްޕިލަ ދައްކާލަމުން ބުނެލިއެވެ. ނޫރާމެންވެސް އައީ އެވަގުތުއެވެ. އެންމެން ލަސްނުކޮށް ސައިބޯން އައުމަށް ނަސީމާ އެދުނެވެ. އަދި މިއީ ޔާލްއަށް ވަޒީފާ ލިބުނުކަމުގެ އުފަލުގައި ދޭ ސައެއްކަމަށްވެސް ބުންޏެވެ.. އެކި ވާހަކަތަކުގައި ތިބެ އެންމެން ސައި ބޮމުން […]
އަޔާންމެންނަށް މާލެ ދެވުނީ 11 ޖަހަން އުޅެނިކޮށެވެ. “ޓެކްސީއެއް ހޯދަން ވަރަށް އުނދަގޫވާނެ މިވަގުތު…. ހިނގާ އަހަރެމެން ދެމީހުން ޔާލްމެން ޑްރޮޕް ކޮށްލަދޭންދާން…؟؟ ” ޝާނިމް ވާހަކަ ދެއްކީ އަޔާންއާއެވެ. ” ތިމީހުން ނައްޓައިލަ… އަހަރެންވެސް މިދަނީ ޔާލް ގޮވައިގެން…” ނޫރާއާއި ޝާނިމް ގާތު ދާށޭ ބުނުމަށްފަހު އަޔާން ދިޔައީ ޔާލް ކާރިއަށެވެ. “ހިނގާ ދާން… އެމީހުންވެސް އެދިޔައީ… ” އަޔާން ސައިކަލަށް އަރަމުން ޔާލް ކާރީ އެރުމަށް ބުނެލިއެވެ. “އަހަރެންދާނީ ހިނގާފަ…. ކޮންމެހެން އަަޔާން އަހަރެންލާން […]
ޔާލްއަަށް އެއްޗެކޭ ނުބުނެވެނީސް އަޔާން ޔާލްގެ އަތުގައި ހިފައިގެން ގޮސް އެރުނީ ގޮނޑުދޮށަށެވެ. އަދި އެތާހުރި ގަސްތަކާ ނިވާވެލިއެވެ. ހަނދުވަރުދޭ ރީތި ރެއެއްކަމުން މުޅި ގޮނޑުދޮށަށްވަނީ ރިހި އަލިކަމެއް އެޅިފައެވެ. ޖެހޭ މަޑުރޯޅި އާއި ރާޅުޖަހާ އަޑުނޫން އެހެން އަޑެއް ނީވޭ ހަމަހިމޭން މާހައުލެކެވެ. “މިހާރު އަހަރެންގެ ފަހަތުން އައީދޯ ހުޅުމާލެއަށްވެސް އެންމެފަހުން ކޮންމެވެސް ޖެއްސުމެއްކޮށްލަން… މިހާރު ފާރަލާންވެސް ފެށީތަ؟؟ ހަމަ ދާހާތާކަށް އެބަ އާދެޔޭ.. ކިހިނެތަ ވެގެން ތިއުޅެނީ..؟؟ ” އަޔާން ޔާލްގެ އަތުގައި ބާރަށް […]
އަޔާންގެ ތޫނު ނަޒަރު ސީދާވެފައިވުމުން ޔާލް އިސްޖަހާލިއެވެ. އުޅެވުނުގޮތް ރޭކާލީވެސް ދެނެވެ. ” އަމްމް.. ޝާނިމްއަށް މިގުޅަނީ.. އަޔާން ގެޔަށް ގެންގޮސްދޭން..” އަޔާން ބަހެއްނުބުނެ އެއިންގޮތަށް އިނެވެ. ޔާލް ކަންފަތުގައި ފޯން ޖައްސާލަމުން ދުރައްހިނގައިގަތެވެ. އަދި ޝާނިމްއަށް ވީ ގޮތް އޮޅުންފިލުވާދިނުމަށްފަހު އައުމަށް އެދުނެވެ. ދިހަވަރަކަށް މިނެޓްތެރޭ ޝާނިމް ކާރުގައި އައެވެ. “ކޮބާ.. ތިދެމީހުން އެކްސިޑެންޓްވެގެން އުޅޭވާހަކަ އަޑުއެހިން.. އެހެންނުވާނީ މިގަޑީ ވިއްޔާ އޮފީހަށް އައިސްގެންތިއުޅުނީ..” ގަޑި ބަލާލަމުން ޝާނިމް އެމީހުންނާ ދިމާކޮށްލިއެވެ. އޭރު ގަޑިން 10 […]
ގަލަން އަތަށް ހެޔޮވަރު ކޮށްލުމަށްފަހު އިސްއުފުލާ ބަލާލި އަޔާންގެ ދެބުމަ ގޮއްޖެހިގެން ދިޔައީ ކުރިމަތީއިން ކުއްޖާ ފެނުމުންނެވެ. ޝާނިމްވެސް ހުރީ ދެންވާނެ ގޮތެއް ނޭނގޭތީ އަނގަމަތީ އަތްއަޅާލި ގޮތަށެވެ. އެވަގުތު އެތާ މީހުން މަދުކަން ނަސީބެވެ. ” ޔާލް ޝާހިދު” އަޔާންގެ ދުލުން ޔާލްގެ ނަން ބޭރުވީ ރުޅިވެރިފާޑަކަށެވެ. މިއޮއް ހުރިހާއިރު އަޔާންގެ މޫނަަށް ނަޒަރު ހުއްޓައިލައިގެންހުރި ޔާލް ސިއްސައިގެންގޮސް އިސްޖެހިއެވެ. އަހަރެންވާން މިޖެހެނީ މީނަގެ ސެކެޓްރީއަކަށް ހެއްޔެވެ؟ އެހެންވެއްޖެނަމަ އޭނަ އަހަރެން ރޮލާ ކާލާކަށްވެސް ފަހެއްނުޖެހޭނެއެވެ. […]
“ދަރިފުޅާ.. އަވަހަށް ތެދުވެބަލަ. މިހާރު އެއޮށް ގަދި ޖެހެނީއޭ..” ނިދާފައި އޮތް އަޔާން ފުންމައިގެން ތެދުވީ އޭނާގެ މަންމަ ގޮވާ އަޑަށެވެ. ގަޑި ބަލާލި އިރު ކަމަކު ދާކަށްނެތެވެ. ގަޑިޖެހެން ބާކީ އިނީ 15 މިނެޓެވެ. ރޭގައި މާ ލަހުން ނިދުމުގެ ސަބަބުން ބޮލުގައި ރިހުމެއްވެސް ހުއްޓެވެ. އެކަމަށް މާ ބޮޑު ފަރުވާލެއް ނުބަހައްޓާ ފެންވަރައިލައިގެން ނަމާދު ކުރަން އަވަސްވެ ގަތެވެ. މަޑު ނޫކުލައިގެ ގަމީހަކާއި ފަޓުލޫނެއް ލުމަށްފަހު ފަޔަށް ހިނި އަރައިގެން އުޅޭ މީހެއް ފަދައިން […]
އައްސަލާމް އަލައިކުމް.. މި ވާހަކަ ނޮވެމްބަރ ފަހުކޮޅު ޕަބްލިޝް ކޮއްދޭން ބުނެފައިވީ ނަމަވެސް ނޮވެމްބަރ 26ން ޑިސެމްބަރ 7 ކާ ހަމަޔަށް އޮންނަ ކޭމްޕް އެއްގައި ބައިވެރިވާން ޖެހުމުގެ ސަބަބުން ވާހަކަ ޕަބްލިޝް ކުރުން ލަސްކޮއްލަންވަނީ ޖެހިފަ. މި ވާހަކައިގެ އިންތިޒާރުގަ ތިބި ކުދިންގެ ކިބައިން ނިހާޔަތަށް މައާފައް އެދެން. ނަމަވެސް ވީ އެންމެ އަވަހަކާ އެކަން ނިމުމުން ވާހަކަ ގެނެސްދޭނެ ވާހަކަ ދަންނަވަން. ހުުރިހާ ކިޔުންތެރިންވެސް އިންތިޒާރުކުރާނެ ކަމަށް އުއްމީދުކުރަން..
އަޅުގަނޑުގެ މި ވާހަކަ ނޮވެމްބަރ ފަހު ކޮޅު ގެނެސްދޭނެ ވާހަކަ ދަންނަވަން… އިންތިޒާރުކޮއްލައްވާ…..