ލޯބިވަން ޔާރާ އޭ 14
ލޯބިވަން ޔާރާ އޭ 14
“އަހަރެންގެ ވައިފް އަށް އޮފިޝަލް ކޮށް ވާން ބޭނުން ތަ؟” އީތަން މިޝެލްގެ މެރިފައިވާ ދެ ލޮލަށް ބަލައިލަމުން އަހައިލިއެވެ. މިޝެލް އީތަން ލައިގެން ހުރި ކޯޓް އެ ހަށިގަނޑާ ވަކިކޮށްލަމުން އީތަން ލައިގެން ހުރި ހުދު ގަމީހުގެ ގިރުވާނުގައި ހިފައްޓައިލިއެވެ. އެއާއި އެކު އީތަން މިޝެލް ލުއި ފަތެއްހެން އީތަން އަށް ކުރިމަތި ވާ ގޮތަށް އުފުލައިލިއެވެ. އަދި ކެއްތެރި ކަމެއްނެތި މިޝެލް ގެ ތުންފަތުގައި ބޮސްދެމުންގޮސް ގޮސް ޑްރެސިންގް ޓޭބަލް މަތީ ބޭންދީ އެތާގައި ހުރި ހުރިހައި ރީތިވާ ސާމާނެއް ބުރުވައިލަމުންނެވެ. ދެމީހުން އުޅެގަތް ގޮތުން ހީވީ އެތައް ޒަމާނަކު ދުރުގައި ތިބެފައި ބައްދަލުވި ދެ ލޯބިވެރިން ހެނެވެ. އީތަން މިޝެލްގެ ހެދުމުގެ ޒިބު ފަހަތުން ކަހައިލަމުން އެ އޮމާން ބުރަކަށީގައި ފިރުމައިލިއެވެ. މިޝެލް ވެސް އީތަން ލައިގެން ހުރި ގަމީހުގެ ގޮށް ތައް ނައްޓާކަށް ގަސްތެއް ނުކުރިއެވެ. އައިސްފައި ހުރި ބާރަކުން ގިރުވާނުގައި ހިފައި ދެފަޅިއަށް ދަމައިގަތުމާއި އެކު ގަމީހުގައި ހުރި ގޮށްތައް އެކި ދިމަ ދިމާލަށް ބުރައިގެން ދިޔައެވެ. އެއާއި އެކު އީތަން ގެ ތުންފަތަށް ލާނެއް ހިނިތުން ވުމެއްވެރިވިއެވެ.
“ޔޫ ރިއަލީ އާ އަ ވައިލްޑް ލޭޑީ” އެވަގުތު ކޮޅުވެސް އީތަން އަށް މިޝެލް އާ ދިމާ ކޮށް ނުލައި ނުހުރެވުނެވެ. އީތަން ހީގަންނަމުން މިޝެލް ނަގައި ގަނެގެން ގޮސް ޖެހިގަތީ ކިންގް ސައިޒް އެނދު މައްޗަށެވެ. އީތަން މިޝެލްގެ މުޅި ހަށިގަނޑުގައި ބޮސްދެމުން ދިޔައިރު އޭނާ މިޝެލް އަށް ބޭނުން ވެފައި ހުރި ވަރު ހާމަވެއެވެ. މީގެ ކުރިން ދުވަހަކުވެސް ފިރިހެނަްކު ބީހިފައި ނުވާ މިޝެލް އަށް ކުރެވެމުން ދިޔައީ މުޅިން އާ ތަޖުރިބާ އެކެވެ. އީތަންގެ ކޮންމެ ބީހުމަކާއި އެކު މިޝެލްގެ ތުންފަތް ފޫ އަޅުވާލާފައި ނުކުންނަމުން ދިޔަ މަޑު އާހުގެ އަޑުން އީތަން ގެ ހިއްސުތައް ހޭލައްވަމުން ދިޔައެވެ. އީތަން މިޝެލްގެ ހެދުންް އެ ހަށިގަނޑާ ވަކި ކޮށްލުމުން މިޝެލް އަށް ލަދުން ހަށިގަނޑު ފޮރުވަން މަސައްކަތް ކުރެވުނެވެ.
“ޔޫ އާ ބްލަޝިންގް މައި ލަވް.” އީތަން މިޝެލްގެ މޫނުގައި ބޮސްދެމުން ސަމާސާ ކޮށްލިއެވެ. މިޝެލް ކުއްލިއަކަށް ރޯން ފެށުމުން އީތަން ހާސް ވީ ވަކި ވަރެއް ބަލާފައެއްނޫނެވެ. އީތަން މިޝެލް މޫނުގައި އަތް އެޅުމުން އެ އަތް ނައްޓަން ވަރަށް މަސައްކަތް ކުރިއެވެ.
“މިޝީ.. ތަނަކަށް ތަދު ވީ ތަ؟” އީތަން ގެ އަޑުގައި އަބަދު ހުންނަ ބޮޑާ ކަމާއި ކިބުރުވެރިކަން ދިޔަ ތަނެއްވެސް ނޭނގެއެވެ. އެ އަޑުގައި ވަނީ އޯގާތެރި ކަމާއި ލޯތްބެވެ. އަދި މިޝެލް އަށް އެ ގޮވައިލީ ދުވަހަކުވެސް އިތުރު މީހަކު ނުގޮވާ ނަމަކުން ނެވެ. މިޝެލް މޫނުން އަތް ނަގަމުން އީތަން ގެ މޫނުގައި ފިރުމައިލިއެވެ. އޭރުވެސް އެ ލޮލުގައި ކަރުނައިގެ އަސަރު ހުއްޓެވެ.
“މީ ހުވަފެނަކަށް ވެއްޖެއްޔާ… އައި ކާންޓް ޓޭކް ދެޓް އެނީ މޯ” މިޝެލް ގެ އަޑުން އެ ހިތުގެ ހާލު އީތަން އަށް ނަގައިގަނެވުނެވެ. އީތަން މިޝެލްގެ އަތްތިލައިގައި ހިފައި ދެ އަތުގެ އިނގިލި ތައް މަހައިލަމުން ލޯބިން ބޮސްދިނެވެ.
“މީ ހުވަފެނެއް ނޫން. އައި ޕްރޮމިސް. ތީ މިހާރު އަހަރެންގެ ލައިފް ގެ އެންމެ މުހިންމު ކުއްޖަކީ. އަހަރެންގެ މިޝީ އަށްޓަކައި ކޮންމެ ފަދަ ކަމެއް ކުރަން ޖެހުނަސް އަހަރެން އެ ކަމެއް ކުރާނަން. ކުރިން ވީ ހުރިހައި ކަމަކަށް ވަރަށް ބޮޑަށް ސޮރީ. އިނގޭ ސޮރީ އަކުން ނުފުދޭނެ ކަންވެސް އެއަށް ވުރެ މާ ބޮޑަށް ހިތުގަ ޖެއްސުނު ކަންވެސް، އެކަމުން ވެސް ޕްލީޒް ފޮގިވްމީ އެންޑް މޭކް މީ ދި ހެޕިއެސްޓް މޭން އިން ދަ ވޯލްޑް މިސް އީތަން” އީތަން މިޝެލްގެ ނޭފަތުގައި އީތަން ގެ ނޭފަތް ޖައްސައިލަމުން ވާހަކަ ދެއްކީ ވަރަށްވެސް ލޯބިންނެވެ.
“އައި ލަވް ޔޫ ސޯމަޗް އީތަން. ދުވަހަކުވެސް އަހަރެން ދޫކޮށްލާފަ ނުދައްޗޭ” މިިޝެލް ހިނިތުން ވެލަމުން އީތަންގެ އަތުގައި ބޮސްދިނެވެ. އެއާއި އެކު އަނެއްކާވެސް ފެށުނީ ލޯބީގެ ވަގުތުކޮޅެކެވެ. މިޝެލް އީތަންގެ ހަރަކާތް ތައް ހުއްޓުވަމުން ވާހަކަ ދެއްކިއެވެ.
“މިރޭ މީ މިޝް ގެ ލައިފް ގަ އަންނާނެ އެންމެ އުފާވެރި ރެއަށް ހަދަން ބޭނުމީ. ފެން ވަރާލައިގެން މި ރޫމް ވެސް މިއަށް ވުރެ ރޮމް ކޮށްލާފަ އާ ފެށުމަކުން ފަށަން ބޭނުމީ. އޯކޭ ތަ؟” މިޝެލް ކުޑަ ކުއްޖެއް ފަދައިން ތުންކޮޅު އޫ ކޮށްލުމުން އީތަން އަށް މަޖާވެގެން ހީގަނެވުނެވެ.
“އޯކޭ މައި ލަވް. އޭޒް ޔޫ ވިޝް” އީތަން މިޝެލް ގެ ނިތްކުރީގައި ބޮސްދެމުން ތެދުވީ މިޝެލް އޭނާ ގާތު ލޯބިން އެދުން ފުރަތަމަ ކަންތައް ކޮށްދިނުމަށްޓަކައެވެ. އީތަން މިޝެލް އާއި އެކު އުކާލެވިފައި ހުރި ހުރިހައި އެއްޗެއް ނެގުމަށް އެހީ ތެރިވިއެވެ. ކޮޓަރިތެރެ ހަމައަކަށް އަޅުވައިލަމުން މިޝެލް ފާހާނާއަށް ވަންނަ ވާހަކަ ބުނުމުން އީތަން ފާޑަކަށް ހެވިފައި ހުރެ ބުނެލި ޖުމްލަ އަކުން މިޝެލް ގެ ދޮން މޫނު ރަތްވެގެން ދިޔައެވެ.
“ދެން ނޯ އީތަން. އަހަރެން ނުކުތީމަ އީތަން ވަންނާނީ. އޯކޭ” މިޝެލް ލަދުން އޮޅިގަންނަމުން އީތަންގެ މޭގައި އަތް އަޅައި ކޮއްޕައިލަމުން ގޮސް ފާހާނާ އަށް ވަނެވެ. އީތަން މިޝެލް ނުކުންނަން ވާއިރަށް ވެނީލާ ފްލޭވާގެ އުއްބައްތި ތަކެއް ދިއްލަން ފެށިއެވެ. އެއާއި އެކު މުޅި ކޮޓަރި ތެރެ އެއްވަސް ކޮށްލީ ވެނީލާ ގެ މަޑު މަޑު މީރުވަހުން ނެވެ. އީތަން ހުދު ބޮކި ނިވާލުމުން އުއްބައްތި ތަކުގެ ި މަޑު އޮރެންޖު އަލި ކޮޓަރި ތެރޭގައި ރަސްކަން ކުރަން ފެށިއެވެ. ހިތްހަމަ ޖެހުމުގެ ނޭވާއެއް ލަމުން ހުސް ގަޔާ ހަދާލަމުން އީތަން ގޮސް ވަނީ ފާހާނާ އަށެވެ. އެ ބޮޑު ފާހާނާގައި ވަކިން ފެންވަރާ ތަންކޮޅު އިންނަނީ ބިއްލޫރި ކަހާ ދޮރަކުން ބަންދު ކުރެވޭ ގޮތަށެވެ. ގަދަ އޮރެންޖު އަލީގައި މާގަނޑު ދަށުގައި ފެން ވަރަން ހުރި މިޝެލް ފެނި އީތަން އަށް ދުރުގައި ހުންނަން އުނދަގޫ ވިއެވެ. އެތައް ދުވަހަކު މިޝެލް އާ ދުރުގައި ހުރެގެން އީތަން އަށް ކެތް ކުރެވިއްޖެ އެވެ.
ތާފަނާފެނުން ފެންވަރަމުން ދިޔަ މިޝެލް ސިހިގެން ދިޔައީ އެއްވެސް ހުރަހަކާ ނުލައި އީތަން ގެ ހަށިގަނޑު މިޝެލްގެ ބުރަކަށީިގައި ޖެހުމުންނެވެ. އީތަން ފަހަތުން މިޝެލްގެ ގައިގައި ބައްދާލަމުން ކޮނޑުގައި ބޮސްދިނެވެ.
“ހާދަ ގިނައިރެއް ވަންދެން އިންތިޒާރު ކޮށްފީމޭ. ހަމަ ކެތް ނުވެގެން މި އާދެވުނީ. ފޮގިވްމީ” އީތަން ވައި އަޑަކުން މިޝެލް ގެ ކަންފަތް ބުޑުގައި ބުނެލުމުން ހީލިކަރުވައި ގަނެގެން މިޝެލް އަށް މޫނަށް ފާޑެއްގެ ގޮތެއް ހަދައިލެވުނެވެ. އީތަން މިޝެލް އޭނާ އާއި ދިމާއަށް އަނބުރައިލަމުން އެ ރީތި ހަށިގަނޑުގެ އެތަން މިތާ ބޮސްދޭން ފެށިއެވެ. ފެން އޮހި އޮހި ހުރި މާގަނޑު އެ ހާލަށް ދޫކޮށްލަމުން އީތަން މިޝެލް ގެ އަތުގައި ހިފައިގެން ފެންވަރާ ބައިން ނުކުތެވެ. މިޝެލް ބުޅިގަނޑުގައި އަޅުވާފައި އިން ހުދު ތުވާލިން ގައި ނިވާ ކޮށްލަމުން އެ ހަށިގަނޑު އީތަން އާ ހަވާލު ކުރި ފަދަ އެވެ. އެ ބާރުގަދަ އަތްމަތީގައި ލުއި ފަތެއްހެން މިޝެލް ގެ ހަށިގަނޑު ހައްޔަރު ކޮށްލަމުން އީތަން ގޮސް މިޝެލް ބާއްވައިލީ އެ ކިންގްސައިޒް އެނދުގެ މަޑު ތަންމަތީ އެވެ. ވެނީލާ އުއްބައްތިތަަކުން ދުވަމުން ދިޔަ މީރުވަހަށް ވުރެ އީތަން އަށް މިޝެލްގެ ގައިން ދުވަމުން ދިޔަ މަޑުމަޑު މީރުވަސް މާ ކަމުދިޔައެވެ. އީތަން ގެ ހަށިގަނޑާއި މިޝެލް ގެ ހަށިގަނޑު ބޯ ކްއިލްޓުން އީތަން ނިވާކޮށްލީ މިޝެލް ލަދުން އުޅޭކަން އިނގުމުންނެވެ.
“އާ ޔޫ ރެޑީ؟ ނޫނީ އަދި ދުވަސްކޮޅެއް ބޭނުންތަ؟” އީތަން މިޝެލް އަށް ކިތަންމެ ބޭނުން ވެފައި ހުއްޓަސް ޔަގީން ކުރަން ބޭނުން ވިއެވެ.
“ނޫން އައި އެމް ރެޑީ” މިޝެލް އީތަން ގެ މޫނުގައި ފިރުމައިލިިއެވެ. އީތަން މިޝެލް ގެ ގައިގައި އޮޅާލައިފައިވާ ތުވާލި މަޑު މަޑުން އެ ހަށިގަނޑާ ވަކި ކޮށްލަމުން މިޝެލްގެ މޫނުގައި ބޮސް ދިނެވެ. ލޯބީގެ އެތައް ގޯނާއެއް މިޝެލް އަށް އީތަން ގެ ފަރާތުން ލިބެންފެށީ ހިފެއްޓުމެއް ނެތިއެވެ. އެންަމެފަހުން މިޝެލް އެންމެ ބިރުގަންނަ ވަގުތު އައިސް ޖެހުނެވެ. ބާރަށް އީތަން ގެ ކަރުގައި ބައްދައިގެން ލޯމަރައި ފިއްތައިގެން މިޝެލް އޮތެވެ. މިޝެލް ބިރުން އުޅޭކަން އިނގުމުން އީތަން ހުުރިހައި ކަމެއްވެސް ކުރީ ވަރަށް ބަލައިގެން މަޑުން ނެވެ. ބިރުން އުޅުން މިޝެލް އަށް ވެސް އެންމެ ފަހުން އެއީ ބިރުވެރި ކަމެއް ނޫންކަން އިނގިގެން ދިޔައެވެ. ދެމަފިރިން ގެ ނޭވާގެ އަޑު ކޮޓަރީގެ ހަމަ ހިމޭން ކަން ފޫދުއްވަމުން ދިޔައެވެ. އެތައް އިރަކު އެގޮތުގައި އުޅުމަށް ފަހު ދެ މީހުނަށް ނިދުނީ އެކަކު އަނެކަކުގެ އަތުތެރޭ އޮވެގެންނެވެ.
މިޝެލް އަށްވުރެ ކުރިން އީތަން އަށް ހޭލެވުނެވެ. ހޭލެވުމާއި އެކު އެ އަތުތެރޭ ނިދާލާފައި އޮތް މިޝެލް އީތަން އަށް ފެނުނެވެ. އީތަން އަށް ހިނިތުން ވެވުނީ ރޭގެމަތިން ހިތަށް އަރާފައެވެ. އެއޮށް ގިނަ އަންހެން ކުދިންނާ އެކީ އުޅެވިފައި ހުރި އިރުވެސް މިޝެލް ފަދަ އަންހެން ކުއްޖަކާ އީތަން އަކަށް ގާތް ވެވިފައެއްނެތެވެ. އެކަން ރޭގައި އީތަން އަށް ޔަގީން ވިއެވެ. އެހެން ކަމުން އެ ހިތުގައި މިޝެލް އަށް ހާއްސަ މަޤާމެއް ދެވިގެން ގޮއްސިއެވެ. އެންުދުން ތެދުވުމުގެ ކުރިން އެތުންފަތުގައި އީތަން މަޑުމަޑުން ބޮސްދިނެވެ. މިޝެލް އީތަން ގެ މުޅި ދިރިއުޅުން ބަދަލު ކޮށްލައިފިއެވެ.
އީތަން ފެން ވަރާލައިގެން ނުކުތް އިރުވެސް މިޝެލް ނިދާލާފައި އޮތެވެ. އޮފީހުން ކުޑަ ބްރޭކެއް ނަގަން އީތަން ކިތަންމެ ބޭނުން ވިޔަސް އެކަން ކުރެވޭކަށް ނެތެވެ. އެއަށް ވުރެ އޮފީހުގެ މަސައްކަތްތައް މާ ގިނައެވެ. އީތަން ލައިގެން ހުރި އަޅި ކުލައިގެ ގަމީހުގެ އަތުކުރީ ގޮށް އަޅުވަމުން ގޮސް މިޝެލްގެ މޫނު ފެންނާނޭ ހެން އެނދުގެ އެއްފަރާތުގައި އިށީނެވެ. އިރުކޮޅަކު އެހެން އިންދާ މިޝެލް އެސްފިޔަތައް ތަޅުވައިލަމުން ލޯ ހުޅުވައިލި އިރު އީތަން އޮފީހަށް ދާން ރެޑީވެގެން އިންތަން ފެނި ފުންމައިގެން ތެދުވެވުނެވެ. ހަށިގަނޑުގައި އަންނައުނެއް ނެތް ކަން ވެސް އިހުސާސް ވީ އެގަޑީގައެވެ. އަވަސް އަވަހަށް ކުއިލްޓުން މޭމައްޗާއި ހަމަ ނިވާކޮށްލިއެވެ. އީތަން އެއްމިޔަކަނުން ހީލަމުން އެ ހަށުގަނޑު ސީދާ ކޮށްލިއެވެ.
“އި..އީ..އީތަން އޮފް.. އޮފީހަށް ދަނީތަ؟” މިޝެލް އަޅަ އަޅައިގަން ނަމުން އަހައިލިއެވެ.
“ނޫނޭ ޖޮގިން އަކަށް ދާން މިދަނީ” އީތަން ގެ ޖުމްލައިން މިޝެލް ލޯ ހަނި ކޮށްލަމުން އިސްދަށަށް ޖަހައިލިއެވެ.
“އޮފްކޯޒް އޮފީހަށް ދާން ދޯ މިގޮތަށް އިންނާނީ. އަހަރެންވެސް އަސްލު ދާކަށް ބޭނުމެއްނޫނޭ. އެކަމު ވަރަށް ވޯކް އޮތީމަ އިތުރު ގޮތެއް ނެތް. އެކަމު އަދި ހަނިމޫން ކުރިއަށް އޮތީ އިނގޭ” އީތަން މިޝެލް ގެ މޫނަށް އަރަިމުންދާ ކުލަވަރު ތަކަށް ބަލައިލިއެވެ.
“އެކަމު ދިއުމުގެ ކުރިން ގުޑްބާއި ކިސް އެއް ދޭތޯ މަޑު ކޮށްގެން މި އިނީ” އީތަން އިސް ޖަހައިގެން އިން މިޝެލްގެ ދަތްދޮޅީގައި ހިފައި އުފުލައިލަމުން ބުންޏެވެ. މިޝެލްއެއްޗެކޭ ނުބުނެ މަޑުމަޑުން އިންނަން ފެށުމުން އީތަން މޫނަށް ގޮތެއް ހަދައިލިއެވެ.
“އޯކޭ ފައިން. މިޝީ ކިސް އެއް ނުދިނަސް އަހަރެންނަށް ކިސް ކުރެވިދާނެ ދޯ” އީތަން މިޝެލް އާއި ގާތްވެލަމުން އެކޯތާފަތުގައި އީތަން ގެ ފަޅަން ފަށާފައި ހުރި ތުނބުޅި ހާކައިލިއެވެ. އަދި މަޑުމަޑުން އެ މޫނުގައި ބޮސްދެމުން ތެދުވިއެވެ.
“ދަނީ ލަވް. އާދެވޭނީ ވަރަށް ލަހުން. އެންޑް މިރޭ ވަރަށް ބޮޑު ސަޕްރައިޒް އެއް އޮންނާނެ އިނގޭ. ބާއި.. ވިލް މިސް ޔޫ.” އީތަން ފަސް ދޭން އުޅެނިކޮށް މިޝެލް އެ އަތުގައި ހިފައި ހުއްޓުވިއެވެ.
“ޕްލީޒް ބަލައިގެން އުޅެއްޗޭ.އައި ލަވް ޔޫ” މިޝެލް ގެ ޖުމްލައަށް އީތަން ހިނިތުން ވަމުން ބޯ ޖަހައިލިއެވެ. އީތަން ދިޔަ ތަން ބަލަން މިޝެލް ހިނިތުން ވެލައިގެން އިނެވެ. ނަމަވެސް އެހިތުގައި ކުޑަކޮށް ރިއްސައިލިއެވެ. ރޭގަ ވެސް ލޯބިވާ ވާހަކަ ބުނުމުން އީތަން އެއްޗެކޭ ނުބުނެ އެވެ. ދެންމެވެސް އެ ހެދީ ހަމަ އެހެން ނެވެ. މިޝެލް ދެ އަތަކަށް ބޯ ހޫރައިލަމުން ތެދުވެ ފާހާނާ އަށް ވަނެވެ.
އީތަން މެކްބުކް އިން އޮފިހުގެ މަސައްކަތެއް ކުރަން އިންދާ ޔޫލީ ގުޅިއެވެ. ނަމަވެސް އެހައި މުހިންމު ކޯލެއްހެން ހީނުވާތީ އިތަން ފޯނު ނުނަގައި އިނެވެ. ނަމަވެސް ކެނޑިފައި އަނެއްކާވެސް ފޯން ރިންގު ވާން ފެށުމުން އީތަން ފޯނު ނެގިއެވެ.
“ހޭއި ސިސް. މިގަޑީގަ ކީއްވެ މާ ވަރަކަށް ތި ގުޅަނި؟” އީތްނ ސުވާލު ކޮށްލިއެވެ.
“ރޭގަ އަސްލު ނުބުނެވި އޮތް ވާހަކައެއް ބުނަން ބޭނުން ވާތީ.” ޔޫލީ ޖަވާބު ދެމުން އަލްހާން ގެ ވާހަކަ ކިޔައިދޭން ފެށިއެވެ. ދާއިން އެގެއަށް ދިއުމުން ކަން ވީ ގޮތާއި ދާއިން މަސްތުވާ ތަކެތީގައި ބައްދަން އުޅުން ވާހަކަ ވެސް ކިޔައިދިނެވެ. އަދި ބައްޕަގެ ނުގަބޫލުގައި ދާއިން އާ ކައިވެނި ކުރާ ވާހަކަ ވެސް ޔޫލީ ބުންޏެވެ.
“އެކަމު ޔޫލް. ދޮންބެ އަށް އިނގޭ ޔޫލް ޑޭން ދެކެ ލޯބިވާ ކަން، އެކަމު ޑޭޑް ގެ ނުގަބޫލުގަ ތިކަން ކުރުން ރަނގަޅުހެނެއް ދޮންބެ އަކަށް ހިއެއް ނުވޭ” އީތަން ގެ ވާހަކަ ހުރީ މިޝެލް އަށް ވިސްނައިދޭ ފަދަ ގޮތަކަށެވެ.
“ދޮންބެ ތިހެން ބުނާ އިރު ޑޭން ގެ ކޮއްކޮ އާ ދޮންބެ މެރީ ކޮށްގެން ތި އުޅެނީ ވަކި ޑޭޑް ގެ ގަބޫލުގަތަ؟ ފުރަތަމަ ގަބޫލުތޯ އަހައިލިން ތަ؟ ނޫން ދޯ. ދެން ދޮންބެ ކީއްވެ އަހަރެންގެ ސިޗުއޭޝަން ގަ ތިގޮތަށް ތި ބުނަނީ؟ ހަގީގަތުގަ ދޮންބެ މާ ގިނަ މީހުނަށް އޮޅުވާލައިގެން ނު ތި އުޅެނީ” ޔޫލީ އަމިއްލަ ދިފާއުގައި ވާހަކަ ދެއްކިއެވެ. ޔޫލީ އެ ބުނީ ތެދެކެވެ. ޔޫލީ އީތަން އަށް ވުރެ ހާސް ބައި ރަނގަޅެވެ. ޔޫލީ ގެ އާއި ދާއިން ގެ ގުޅުމުގައި އޮޅުވައިލުމެއް ނުވެއެވެ. ނަމަވެސް އީތަން އޭނާގެ އާއިލާ އަށާއި މިޝެލް ގެ އާއިލާ އަށް ވެސް ކިތަންމެ ކަމެއް ސިއްރު ކޮށްފިއެވެ.
“ސޮރީ ޔޫލް، ދޮންބެ ގާތު ތި ވާހަކަ ބުނީމަ ވަރަށް ހެޕީ ވެއްޖެ. ދޮންބެ އަށް ދާއިން ވަރަށް ކޫލް ހަމަ. މިގަޑި އެކަމް ކުޑަކޮށް ބިޒީ އިނގޭ. ފަހުން ދިމާވާނަން.” އީތަން ފޯން ކަނޑައިލަމުން ގޮނޑީގައި ލެނގިލިއެވެ. އަބަދަކު އެއް ކަމެއް ވެސް ސިއްރެއް ނުވާނެއެވެ. އިއްޔެ އީތަން ގެ ކައިވެނި ފަޅާ އެރީ ޔޫލީ އަށެވެ. ދެން އިނގިގެން ދާނީ ކާކަށް ކަމެއް ނޭނގެއެވެ. އީތަން ނިތުގައި އަތް ކާއްތާލަމުން ވިސްނައިލިއެވެ. އާއިލާ އަށް އެ ކަން ހާމަ ކުރަން ވީ ވަގުތު އައިސް ޖެހިއްޖެއެވެ. އީތަން ކިތަންމެ އިރަކު ވިސްނަން އިނދެފައި ފޯނު ނެގީ ސޫޒަން އަށް ގުޅާށެވެ. ދެތިން ފަހަރަކު ރިންގް ވެލަން ވާއިރަށް ސޫޒަން ފޯނު ނެގިއެވެ.
“ހަލޯ ދަރިފުޅާ.” ސޫޒަން ކިތަންމެ ލޯބިން ވާހަކަ ދެއްކިއަސް އެ އަޑުގައިވާ މޮޅިވެރިކަން އީތަން އަށް ފާހަގަ ކުރެވުނެވެ.
“މަންމާ ފެމިލީގަ ހިނގައިގެން އުޅޭ އެއް ކަމެއް ވެސް އަޅުގަނޑަށް ނޭނގީ ކީއްވެ؟” އީތަން ގެ އަޑުގައި ވަނީ ޝަކުވާއެވެ.
“ދަރިފުޅު ބިޒްނަސް ގެ ހުރިހައި ކަމަކާ ވިސްނަންޖެހޭތީ މަންމަ އަށް ބުނަން ނުކެރުނީ. މަންމަ އަށް މާފު ކުރޭ” ސޫޒަން ގެ އަޑު ކުރެހުނެވެ. އީތަން ފުން ނޭވާއެއް ލަމުން އަޅާ ނުލާށޭ ބުނެލިއެވެ.
“މޮމް އަޅުގަނޑު މަންމަ މެނަށް ވަރަށް ބޮޑު ސަޕްރައިޒް އެއް ދޭން މި އުޅެނީ” އީތަން އެންމެ ފަހުން ގުޅި ބޭނުން ހާމަ ކޮށްލިއެވެ.
“އނެއްކާ ކޮން ސަޕްރައިޒް އެއް ދަރިފުޅާ؟؟” ސޫޒަން ގެ އަޑުން އެއި ކޮން ކަމެއް ކަން ހޯދަން ބޭނުން ވެފައި ހުރިވަރު ހާމަވެއެވެ.
“މިގަޑިއަކު ނޫން. މިރޭ އިނގޭ. ދާނަން 8 ގަ. ޑޭޑް ގާތު ވެސް ބުނައްޗޭ.” އީތަން ސޫޒަން އަށް އިންތިޒާރުގެ ވަގުތުތައް ގުނަން ޖައްސްމުން ފޯނު ކަނޑައިލަމުން މޫނުގައި އަތް އަޅާލީ މިރޭ ވެގެން ދާނެ ގޮތަކާއި މެދު ވިސްނަމުން ނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
55 Comments!
Comments are closed.



ohhh here is 14th ep.. finally ethan and michaelle is together… hehe.. please feel free to comment and tell what you guys feel abt the episode.. I love you all for your support.. keep supporting..
love shooty <3
?v v rythi
Me first yaay
Nice. Komme dhuvahaku genes dhehchey…
V reeti
Wow…v thafaathu vaahaka eh…keep it up….☺?❤…dhn vaane ulhey gotheh balaa hithun kehnuvey…..wait 4 next part …??
Alhey vvvvv reethi mivaahaka.next part knirakun….shooty avaskohdhehchey n miahvure dhogukoh…….
v. romantic
Story v reethi
v. romantic
Story v reethi
Varah varah varah nice mi story… You are the best shooty… ???
Speechless❤
Alhey miadhah nimuneetha….ethan men geyah dhiyaima vaa goih balaalan beynun vanee…..shoooootyyyy….maadhan thankolheh avahah genesdhehchey…lov the stry n u…???????
Varah hadi…Ahcheedi
nau or what ever.. hadiyyaa nukiyaany ingeyy.. konmehen magey fav writer ar alhaiganegen ulheyne kameh nei. hadi kameh neynge 14 van part ky iraku. gaimu hadiyyaa mivarah nukiyaane dhw lol.. 😛
Abunaahen dhw keke….
Super love it
Ebunaahen haadha hadi story ekey…..
kaleymen thi ee insaanun tha? myhunaa jehunas thy boduvaru. v fophivey. rangalhu vaahaka eh feshen vaairah konmehen hadiey kiyain comment kuryma kaleymen nah koacheh tha libeny???? =-O
Ebunaahen dhw keke..
VVV lobi mibaivas…
Vvvv reethi . So romantic and hot . Waiting 4 the next part
Wow wow kiyaa romantic hay aslhuvess v nice ingey well done shoot lvu?????
Story hadi viyya nukiyaa thibeema nimunee ehnu.
Vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv salhi mi part ves
Hama big WOW…Next part konirakun???
Alhe mi meehun koacheh that mikiyanyy… Story eh up vaa irah kiyaane BT kiyaa nimunyma e hadi v.. Bt emme majaa kamakee up vaa hurihaa bayeh kiyaane… Nau n shim I request u to not to read this story hadiyya.. For god sake..balaa eh kabala bayekey.. Anyway it is ausome story… Love it n love u snooty..?????????
Aslu ves dhw
Alhe reeehchey reeehchey ?
Story warah wx salhi… waahaka hadi meehun waahaka nukiyun edhen… luv yuh shoOty….
Awlhey awahah next part up kohdheeba… plxxxx…. ????
Its Rom and u too. Love yaa shooty nice stry
?????????????
Nice story keep it up ?
Vvvvv reethi mibaives ❤…
Habeyyyssss….. v v v v v v v v v v v v v v reethiiii…. just wowwwww????????????????????????????????????????????????. keep it up shooty. …
Nice varah keeps it up…<3 <3
Oh my my so loving ….vvvvvvvvv nice uppp kohdheythi avahah plx
Reeeeethi. ???❤️❤️❤️??????❤️❤️❤️
mansha ga ves sensaru bai hurey. konmehen shooty rangalhu kurany eh noo. rom koh liyefa othas aslu ebai detail ey buna vare noon. and myhakaa dhimaalah. story eh ga kiss koh ufaa hoadhaa vahaka liunyma e v kaafarakah dhw.
Ebunaahen ehaakaafaru vaakah nuvaanu…mishel ge mulhi hashigaduga kiss kurani o…lol
Really shooty ulheny kudhinge thiki jassan…avahah hurihaa kudhin fenvaran dhey..real ves midhani
Really shooty ulheny kudhinge thiki jassan…avahah hurihaa kudhin fenvaran dhey..real ves midhani
I agree with you me. you are right. aslu vx hama mi story baeh story kairy ekahchakah ves nuvaane. ehn noonas kobaatha detail vefa?? eh kameh vx sydhaa kury ekey nei dhw bunedhyfakaa.. so boringgg people. adhi miyo shiu eh vx thy muslimeh hey ahaifi ennu. shameless people. I cant believe this!!! shooty kairy aadhey kurithaa ethah dhuvaheh fahun adhi rythi parteh genesdhinyma ves ulhey faadeh. dhn thihaa varu vanya nukiyaa huttaalaa. I hate these people. shootyy successful vaahen hyvaathy kei nuvaa baeh thy. borrrring people :'(
and shiu maa blue vany ey bunyma bunelaa hiy vey.. mi part noony mi storyga ehaa rom parteh nuves nei me..
Vvv nyc..bt mi vaahak kiyaa eki mizaaj ge kudhin ulheene so ehaa ragalhe nuvaane dhakan nuvaakahala vaahaka maa details koh gena iyma thts is nt rom…rom is so diff frm it..srry for it…understand vaane kama hykuran..keep going on ..waiting for nxt part..
V V V Reythi hama Baraabaru thivareh neh shooty❤ ey meeheh ge hiy ey meeheh ge nafsu ey meehaku controll kury ma nimunee.
Asluvx dhw.. Dn readers in vx mee boduvaru… readers bunegn neh noontha shooty rom part mi genaee.. Dhn ebai genaima maa detail ey blaa blaa ey mikiyany.. hyvany mi storyga ekanihn rom baeh genaeevx.. miahvure detail koh ebai hunna stories vx hurey.. keehvebaa e ehchehyge vaahaka nudhahkany.. nd one more, story ehga rom bai mihn inyma detail vefa kiyan nukerefa ehn goiy goiy vanee dhw, bt film ehchehyga ok knme kahala ehcheh dhehkiyas.. balan kerey.. bt storyeh viyya kiriyaa rom thankolheh fenna irah e nubai ehcheh liyuny… this is not good dhw.. nd hadi vefa detail viyya emyhun mi story nukeema ekanthah e nimunynun..
Wow..wow ..vvvvvv reethi..story eh viyyaa mi gothah romantic baathah veehaa ves ginain genesdhenvaane..eyrun maa bodah kiyaahih vey..kuriah oiy baathah adhi miah vure bodah rom kollah chey..
I like the style of the story ?
Shiu dhen mivaahaka nukeema nimuneenu..maa blue vaneeyo..keekeytha kiyan miulheny..film eh ge manxarakun dhemeehun heybalivegen kiss kuraa manxaru dhekkias ok. Story ga migothah sifa kolladhineema mee blue vegen miulheny….mi dhen kihaa dherakameh..faadakah j vaahen heevany…mi hen 2 thin meehaku comment kollaa irah shooty thi story gendhaa goiy badhal nukurah chey…story hama habeys..rom baa thah adhives gina kolla dhehchey..v v salhi..
Sooooo nice… Love you dear..????????
VVVV reethi…
ey shiu mi vaahaka kiyaane kameh neh konmehen.. mi vx adhi madhu e scene,.. reethi vaahaka eh liyan neygeythi thi j vany.. konmehen shooty aa jahsaalain faadu faadu coment kuraane kameh neh.. i am with u shooty.. gina ginain eyge scene thah laan v adhi vx. rom rom koh feel vaa gothah vaahaka kuriyah gengosdheyn v,,, eyrun adhi vx hama furihama vaany… best of luck shoooooty .. love yah <3
Very nice story❤
Love you shooty <3
Best of Luck?
Very nice❤❤
Love you shooty <3
Best of Luck?