Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވަން ޔާރާ އޭ 8

shooty Level 310 Stories100 Comments
October 4, 2016 6 Mins Read
42 Comments

ލޯބި ވަން ޔާރާ އޭ 8

އީތަން ގެ އަތުގައި ނޫހެއް އޮތެވެ. އެ މޫނުމަތިން ފާޅު ވަނީ ރުޅިވެރިކަމެވެ. ނޫހުގައި ޖަހާފައިވަނީ އައިސްކޯން އެކްސިޑެންޓް ވީ ދުވަހު ކޮންމެވެސް މީހަކު ނަގާފައިވާ ފޮޓޯ އެކެވެ. ‘އަންހެން ކުދިންނާާ ދިމާލަށް އެއްޗިހި ކިޔާ ފިރިހެނުން ނަކީ ވަރަށް ފިނޑިބައެކެވެ.’ އެހެން ޖަހާފައިވާ އާޓިކަލް އެއް ގެ ފޮޓޮއަކަށް އީތަން ގެ އެ ދުވަހުގެ ފޮޓޯ އެރީ މިޝެލް ގެ ސަބަބުންނެވެ. އެ ފޮޓޯ ޖެހި މީހާވެސް އީތަން އަށް ނުހޯދުމުން މިޝެލް ގެ ކިބައިން ބަދަލު ހިފައިލުމުން ނޫނީ އެ ހިތައް ހަމަ ޖެހުމެއް ނުލިބޭނެ އެވެ.

ޔޫލީ ތައްޔާރު ވަމުން ދިޔައީ ދާއިން އާއި ބައްދަލު ކުރަން ދާށެވެ. އެހެން ކަމުން ދާއިން ޔޫލީ ރަޝިޔާ ގައި އުޅެނިކޮށް ހަދިޔާ ކުރި ރަތް މެކްސީ ޔޫލީ ލިއެވެ. ހަމަ އެރޭ ފަދައިން ފަނޑު މޭކަޕެއް ކޮށްލުމަށް ފަހު ފަހަރަށް ލޯގަނޑުން ބަލައިލަމުން ހިތްހަމަ ޖެހިފައި ހުރެ ކޮޓަރިން ނުކުތެވެ.

ރީތި ވެލައިގެން ނުކުތް ޔޫލީ ފެނި ސޫޒަން އަށް ސޯފާ އިން ތެދުވެވުނީ ދަރިފުޅުގެ ފުރިހަމަ ކަން ފެނި ހިތް ތައުރީފު ކުރަމުން ނެވެ.

” ދަރިފުޅު ހަމަ ޔަގީން ތަ ތި ދަނީ ކެލީ އާއި ނައިކް ގެ ޑިނާ އަކަށް ކަން” ސޫޒަން ގެ އަޑުގައި ހުރީ ލާނެއްކަމެވެ.

“ދެން މޮމް ވެސް އަޅުގަނޑާ ދިމާ ކުރާނެ ކަމެއް ނެތް. މީ ވަރަށް ހާއްސަ ހެދުމެއް. އެހެން ވީމަ ހާއްސަ ފަރާތެއް ކައިރި އަށް ދާއިރު ލާން ވާނީ ވެސް މިކަހަލަ ހެދުމެއްނު ދޯ” ޔޫލީ ވެސް ސޫޒަން އާ ބައިވެރި ވެލަމުން ވާހަކަ ދެއްކިއެވެ.

“އެކަނި ތަ ދަނީ؟” ސޫޒަން ގެ އަޑުގައި ހުރީ ކޮންމެ މައެއްގެ އަޑުގައި ވެސް ހުންނަ ފަދައިން ދަރިފުޅު އެކަނި ތަނަކަށް ފޮނުވަން ވުމުން ހުންނަފަދަ ކަން ބޮޑު ވުމެކެވެ.

“މޮމް. އަޅުގަނޑު ހަތް އަހަރު ވަންދެން ރަޝިޔާގަ އުޅުން އިރު ވެސް ޑްރައިވް ކުރަނީ އަމިއްލަ އަށް. އެހެންވީމަ މާލޭގަ އުޅުނަސް އަޅުގަނޑަށް ހަމަ އެކަނި ދެވޭނެ އޭ. އަޅުގަނޑު ބަލައިގެން ނޭ ކާރު ދުއްވާނީ.” ޔޫލީ ސޫޒަން ގެ ހިތްހަމަ ޖައްސައިދޭން އެތައް ވާހަކައެއް ދެކުމަށް ފަހު ގެއިން ނުކުތީ 8 ޖަހަން ދިހަ ވަރަކަށް މިނެޓު ހުއްޓައެވެ. ޔޫލީ އަށް ޑައިނަމޯ ކައިރި އަށް ދެވުން އިރު ދިހަ މިނެޓް ފާއިތުވެ އިތުރަށް ދެ މިނިޓު ވެއްޖެ އެވެ. ކާރު ޕާކް ކޮށްލުމަށް ފަހު ޔޫލީ ވަށައިގެން ހޯދާލީ ދާއިން ފެނޭތޯ އެވެ. އޭނާގެ ލޮލުގައި ދާއިން އަޅައި ނުގަތުމުން ވެސް އަދި މަޑު ކޮށްލުމަށް ޔޫލީ ގެ ހިތް ބުންޏެވެ. ދާއިން އޭނާ އަކަށް ދޮގެއް ނުހަދާނެއެވެ. ޔޫލީ ހަށަން ބަނދެލައިގެން އިސްޖަހައިލައިގެން ހުރި އިރުވެސް ދާހާ މީހަކު ދިޔައީ ޔޫލީ އަށް ބަލަމުން ނެވެ.

“ހެއި” ފަހަތުން އެ އިވުނީ ދާއިން ގެ އަޑު ނޫން ދެވަނަ އަޑެއް ނޫނެވެ. ޔޫލީ ދަތް ތައް ފެންނަ ވަރަށް ހީލަމުން އެބުރި ބަލައިލި އިރު ޖިންސްގެ ޖީބަށް އަތް ޖަހައިލައިގެން ދާިއން ހުއްޓެވެ.

“އޭރު ވެސް ޔޫލީ އަށް އިނގުން ޑޭން އަންނާނެ ކަން” ޔޫލީ މަޑުމަޑުން ވާހަކަ ދެއްކިއެވެ.

“ހިނގާ މިތާ ބީޗް ކައިރިއަށް.” ޔޫލީ ދާއިންގެ މުލައްދަނޑީގައި އަތް އަޅުވައިލަމުން ބުންޏެވެ.

“ޑައިނަ ްމޯ ކައިރިއަށް އަންނަން ބުނީމަ އަހަރެން ހީކުރީ ޑިނާއަކަށް ކަމަށް” ދާއިން ހައިރާން ވެފައި ބުންޏެވެ.

” ނޫން. ދާއިން އެހައި ކާންބޭނުމިއްޔާ ހިނގާ. ޔޫލީ ނުކާނަން” ދާއިން ވެސް ނުކާނަން ކަމަށް ބުނަމުން ޔޫލީ އާއި އެކު ހިނގައިގަތީ އަމިއްލަ ނަފްސު ކުއްވެރި ކުރަމުން ނެވެ. އޭނާދެކެ ޔޫލީ ވާ ލޯބީގެ ބަދަލުގައި އޭނާގެ ފަރާތުން ޔޫލީ އަށް ލިބުން ހިތާމައިގެ ފަހުގައިވެސް އެ އަންހެން ކުއްޖާ އޭނާ އާއި ހެދި އުޅޭ ވަރުން ދާއިން ހައިރާން ވިއެވެ. އިރުކޮޅަކު ހިނގުމަށް ފަހު މީހުން ނެތް ތަންކޮޅެއްގައި ދާއިން އާއި ޔޫލީ އިށީނެވެ. ދާއިން އިނީ ދައްކާނެ ވާހަކަ އެއް ނޭނގިފައެވެ.

“ކީއްވެ ކުއްލިއަކަށް ވީ ގޮތެއް ނުބުނެ ގެއްލުނީ؟” އިުރުކޮޅެއްގެ ހިމޭން ކަމަށް ފަހު ޔޫލީ ސުވާލު ކޮށްލިއެވެ. ދާއިން އަށް މާކުރިން ވެސް ޔޫލީ އެ ސުވާލު ކުރާނެ ކަން އިނގެއެވެ. ފުން ނޭވާއެއް ލުމަށް ފަހު ދާއިް ޔޫލީ އަށް ބަލައިލި އިރު ޔޫލީވެސް އިނީ ދާއިން އަށް ބަލާށެވެ.

“ލޯބި ނުވާތީ” ދާއިން ޖަވާބުދިނެވެ.

“އައި ޑޯންޓް ބިލީވް ޔޫ. އަހަރެން ދެކެ ލޯބި ނުވާ ނަމަ އަހަރެން ނާ އެކީ އެހެނެއް ނޫޅޭނެ. އަދި އަހަރެންގެ ބޭނުން ހިފައިލަން ލިބުމުން އެކަމެއް ވެސް ކުރާނެ. އެކަމު ޑޭން.. ކީއްވެ އެހެން ނުހެދީ؟” ޔޫލީ ދާއިން ގެ ސީދާ ލޮލަށް ބަލަން އިނދެ ވާހަކަ ދެއްކި އެވެ.

“ހެހެ. ލޯބި ނުވާ ކޮންމެ މީހަކާއި އެކީ އެހެން އުޅެން ވެއްޖެއްޔާ ކޮބާ ސަލާމަތެއް؟ އަހަރެން ޔޫލީ ދޫކޮށްލީ ލޯބި ނުވާތީ. އެކަމު އަހަރެން މީ އަންހެން ކުއްޖަކަށް އެވަރުގެ ދެރައެއް ދޭނެ މީހެއްނޫން” ދާއިން ގެ ޖުމްލަ އަށް ޔޫލީ ބާރަށް ހީ ގަތެވެ.

“އެހެން ވީމަ ދާއިން ތި ބުނަނީ އަހަރެންނަށް ވީ ނުވީއެއް ނާންގާ އަހަރެން ދޫކޮށްލާފަ ދިއުން އެއީ އަހަރެންނަށް ދިން ދެރައެއް ނޫނޭ ތަ؟ އަހަރެން ހާދަ މަސައްކަތެއް ކުރީމޭ ދާއިން ހޯދަން، އަދި ދާއިން އަށް ހޭޓް ކުރަން ވެސް. އެކަމު އެކަމެއް ނުވި. އައި އެމް ސޯ އަންލަކީ.” ޔޫލީ ވެލި މުށެއް ނެގުމަށް ފަހު ބިންމައްޗައް ޖެހިއެވެ. ދާއިން ޔޫލީގެ މޫނަށް ބަލައިލި އިރު އެ ސާފު ދެލޮލުގައި ކަރުނަ ވިދަވިދާ ހުއްޓެވެ.

“ޕްލީޒް ޔޫލީ. ހަގީގަތާ ކުރިމަތިލާ! އަހަރެން ނަކަށް ނެތޭ ޔޫލީ އާ ގުޅެވެޭކަށް” ދާއިން ޔޫލީގެ އަތުގައި ހިފައިލީ ހިތްވަރު ދިނުމުގެ ގޮތުން ނެވެ. ނަމަވެސް ޔޫލީ އެ އަތް ފޮޅުވައިލީ ވިހަގަދަ ސޫތްޕެއް ފޮޅާލާ ގޮތަށެވެ.

“ބުނަން ދާއިން ވާހަހަކައެއް. ދާއިން ކިތަންމެ މީހަކާ އިނދެ މުސްކުޅި ވިޔަސް އަހަރެން އަބަދުވެސް އިންތިޒާރު ކުރާނީ ހަމަ އެކަނި ދާއިން އަށް. ދާއިން އަށްޓަކައި އަހަރެން ނުކުރާނެ ކަމެއް ނޯންނާނެ. އެކަމު މިވަގުތު މިތަނުން ދޭ އައި ވޯންޓް ސަމްޓައިމް ފޯ މައިސެލްފް.” ޔޫލީ  ގެ ޖުމްލައަށް ދާއިން އެއްޗެކޭ ބުނަން އުޅުމުން ޔޫލީ އަތުގެ އިޝާރާތުން ނޫނެކޭ ބުންޏެވެ. ދާއިން ބޯޖަހައިލަމުން ހިނގައިގެން އިރު އެ ދެލޮލުގައި ވެސް ވަނީ ކަރުނައެވެ. ފިރިހެނަކަސް ކެތްކުރެވޭނީ ވަކިވަރަކަށެވެ. ދާއިން ހިނގާފައި ދިޔައިރު ދިޔައީ ވަރަށް މަޑުން ނެވެ.

ކިތަންމެ ދެރަވެ ރުޅި އައިސްފައި އިނަސް ދާއިން އެގޮތަށް ދިޔަދޭކަށް ނުވާނެއޭ ޔޫލީ ހިތައް އެރިއެވެ. ހަގީގީ ސަބަބު އިނގެންދެން ނޫނީ ދާއިން އަލުން ޔޫލީގެ ހަޔާތަށް އަންނަންދެން ދާއިން އަށް ޖެހޭނީ މަޖުބޫރުކުރާށެވެ. އެއާއިއެކު އިންތަނުން ތެދުވަމުން ފަސްވަރަކަށް ފޫޓު ދުރުގައި ހުރި ދާއިން އާ ދިމާއަށް ޔޫލީ ދުއްވައިގަތެވެ.

ހިނގަ ހިނގާ ހުރި ދާއިން އަށް ހުއްޓެވުނީ ޔޫލީގެ ދެއަތް ފަހަތުންއައިސް ދާއިން ވަށައިލުމުން ނެވެ. އެއާއި އެކު ދާއިން ލޯ މަރައިލިއެވެ.

“ޕްލީޒް ޑޭން. އައި އެމް ބެގި….” ޔޫލީއަށް އެހާ ހަމައަށް ބުނެވުމާއި އެކު ޔޫލީއަށް ހުރެވުނީ ކުއްލި ހަރަކާތެއް ގެނައި ދާއިން ގެ އަތުތެރޭ އެވެ. ޔޫލީ ރުއިމުގެ ތެރެއިން ހިނިތުން ވެލިއެވެ.

“އަހަރެން ދޮގުހެދީ ޔޫލް. އައި ލަވްޔޫ ސޯ މަޗް. މިފަހަރު އެކަކަށް ވެސް އަހަރެން ނެއް ނުހުއްޓުވޭނެ. އައި ޕްރޮމިސް ޔޫ.އައި ވިލް ޕްރޮޓެކްޓް ޔޫ” އެކަކަށްވެސް ނުހުއްޓުވޭނޭ ބުނީމަ ޔޫލީގެ ސުވާލަށް ޖަވާބުލިބުނެވެ. ދާއިން ޔޫލީ ދޫކޮށްލީ މީހެއްގެ ސަބަބުން ނެވެ. އެމީހަކަށް ޔޫލީ ދުވަހަކުވެސް މާފެއް ނުކުރާނެއެވެ.

ދެ ދުވަސް ފަހުން ލަންކާ އަށް ދިއުމުގެ ހުރިހައި ކަމެއް އީތަން ކުރިއެވެ. ކައިވެނި ކުރަން ދަނީ ހަމަަް އެކަނި މިޝެލް އާއި އީތަން އެވެ. ދާއިން އަށް ޗުއްޓީ ނުލިބުމުން ވަލީގެ ހުރިހައި ކަމެއް ލިންކާގަ ހުންނަ ދާއިން ގެ ރައްޓެއްސަކާ ހަވާލު ކުރީ އެވެ.

މިޝެލް ފަހަކަށް އައިސް އެކަނި ވެފައި ހުންނަ ވަގުތު ތަކުގައި އަބަދުވެސް ވިސްނެނީ އީތަން އޭނާ އަށް ކުރަމުން ދާ މަޖުބޫރީ ތަކާއި ދޭތެރޭ އެވެ. އެއީ ހަމަ އެ އެކްސިޑެންޓް ގެ ސަބަބުން އޭނާއަށް އީތަން ކުރާ ކަންތައްތައް ބާއޭ މިޝެލް ގެ ހިތައް އެރިއެވެ. ނޫނީ…. ނޫނެކެވެ. ލޯބި ވާ ނަމަ މަޖުބޫރުން ކަން ކަމެއް ނުކުރުވާނެއެވެ. މިޝެލް ގެ ކޮޓަރި ދޮރުމަތީ ހުރި ދާއިން އަށް މިޝެލް ކަރުނަ ފުހެލި ތަން ފެނުނެވެ. ކުޑަ ދޮރު ކައިރީ ހުރެފައި މިޝެލް އެނބުރުނު ވަގުތު ދާއިން ފެނުމުން އަވަސް އަވަހަށް ހިނިތުން ވެލީ ހިތާމަ ތައް ފޮރުވާށެވެ.

“ދޮންބެ ކޮން އިރަކު އައީ؟” މިޝެލް ދާއިން ކައިރިއަށް ދަމުން އަހައިލިއެވެ.

“އިރުކޮޅެއް ވެއްޖެ. މިޝް މިހާރު އަބަދު ދެރަވެފަ ހުންނަނީ ކީއްވެތަ؟” ދާއިން ސުވާލު ކޮށްލިއެވެ.

“މިޝް ދެރައެއް ނުވެ އޭ. އީތަން ކަހަލަ ރަނގަޅު މީހަކާ މެރީ ކުރަން އުޅޭ އިރު ކީއްވެ ދެރަ ވާންވީ؟ މިޝް ދެރަވަނީ މަންމަ އާ ދޮންބެ އާ ދުރަށް ދާން ޖެހޭތީ.” މިޝެލް ދާއިން އަށް ހިނިތުންވެލިއެވެ.

“މެރީ ކުރީމަ ޖެހޭނީ ދާކަށް ނު. އެކަމު ހަމަ މާލޭގަ އުޅޭ އިރު ދޮންބެ މެން ނާ ވެސް ދިމާ ވާނެ އެއްނު. ދޮންބެ ވެސް މިޝް މަތިން ވަރަށް ހަނދާން ވާނެ.” ދާއިން މިޝެލްގެ ބޮލުގައި ފިރުމައިލިއެވެ.

އީތަން އާއި މިޝެލް ތިބީ ކާރުގައެވެ. ކޮލޮމްބޯ އެއާޕޯޓުން އީތަން ހިފާފައި ހުރި ގެއަށް ދެވެނީ ގަޑި އިރަކަށް ވުރެ ގިނަ އިރު ދަތުރު ކޮށްގެނެވެ. ވަރުބަލިވެގެން ނިދިފައި އިން މިޝެލް އަށް ޖެއްސުމެއް ކޮށްނުލައި އިންނަ ހިތެއް އީތަން ނުވިއެވެ. މަޑު މަޑުން މިޝެލްގެ އަތް ނަގައި މިޝެލްގެ އިނގިލީގައި ދައިގަތެވެ. މިޝެލް އަށް ތަދުވި ވަރުން ނާއި ސިހުނު ވަރުން ހަޅޭއް ލަވައިގަނެވުނީ އިންތިހާ އަށް ބާރަށެވެ. އެއާއިއެކު ކާރު ދުއްވަން އިން ޑްރައިވަރު ކުއްލިއަކަށް ކާރުގެ ބްރޭކް ޖެއްސިއެވެ. އެމީހާ ފަހަތަށް ބަލައިލުމުން އީތަން ރުޅިއައިސް އިނދެ ބުނީ މީހަކު ހަޅޭއް ލެވިޔަސް ކާރު ދުއްވުމަށެވެ. އެއާއި އެކު ޑްރައިވަރު އަނެއްކާ ވެސް ކާރު ދުއްވާލިއެވެ. މިޝެލް ރުޅިވެރި ނަޒަރަކުން އީތަން އަށް ބަލައިލިއެވެ.

“ތީ އަހަރެން ދުނިޔޭގަ އުޅޭތީ އުނދަގުވެގެން އުޅޭ މީހެއް ތަ؟” މިޝެލް ހަޅޭއްލަވައިގަތެވެ.

“މާ ބާރަކަށް ހަޅޭއް ލަވާނެކަމެއް ނެތް އިނގޭ. މަޑުން ވާހަކަދެއްކިޔަސް މަށަށް އަޑު އިވެއޭ ވައިލްޑް ލޭޑީ” އީތަން ވެސް ރުޅިއައިސް އިނދެ ވާހަކަ ދެއްކިއެވެ.

“މަށަށް ކިޔަނީ ވައިލްޑް ލޭޑީއެއް ނޫން.މިޝެލް..މިޝެލް މަށަށް ކިޔަނީ” މިޝެލް އީތަން އަށް ދޫނެރެލިއެވެ.

“މަށަށް ވަރިހަމަ މިޝެލް އޮބާމާ އަކަސް. މަ ކިޔާނެ އެއްޗެއް ކިޔާނީ. ކުރީ ރޭ އަހަރެންގެ ކޮނޑުމަތީ ދަތް އެޅީމަ އޭގެ ބަދަލު ތީ. އެންޑް ދެވަނަ ފަހަރަށް މަށާ ދިމާއަށް ދޫނެރެފިއްޔާ ޔޫ ވިލް ރިގްރެޓް އިޓް.” އީތަން ދިނީ އިންޒާރެއް ނަމަވެސް މިޝެލް އަކަށް އެއްވެސް ކަމަކަށް ނުވިއެވެ. ދެވަނަ ފަހަރަށް ވެސް ދޫނެރެލީ އިތުރު މީހަކު އިންދާ އީތަން އަށް މިޝެލް އަށް ކަމެއް ކުރަން ނުކެރޭނެ ކަމަށް ޔަގީން ކޮށްގެނެވެ. ނަމަވެސް އީތަން ހަމަ ނުލަފައީ ކަންނޭނގެއެވެ. ކުއްލިއަކަށް މިޝެލްގެ މޫނުގައި ހިފައި ކުރިކަމަކުން މިޝެލް ގެ ރުޅި އިތުރަށް ގަދަވިއެވެ. އީތަން ހިފައްޓާފަ ހުރިލެއް ބާރު ކަމުން ކިތަންމެ ގަދައެއް ހެދިނަމަވެސް މިޝެލް އަކަށް ސަލާމަތްވެވޭ ގޮތެއް ނުވިއެވެ. ޑްރައިވަރު މީހާ ވެސް އިނީ ލަދުން ނެވެ. ހިތްހަމަ ޖެހޭވަރު ވުމުން އީތަން މިޝެލްގެ މޫނުން ދޫކޮށްލި އިރު މިޝެލް ގެ ލޮލުން ހުރީ ކަރުން ހިލިފައެވެ. މި އީތަން މީ އާދައިގެ މީހެއް ނޫނެވެ. ކައިވެންޏަށް ފަހު މިޝެލް އަށް ހަދާލާނެ ގޮތެއް އަންދާޒާ ކޮށްލާކަށްވެސް މިޝެލް އަކަށް ނޭނގުނެވެ. މި އިންސާނާ ކައިރިން ސަލާމަތް ވެވޭކަށްވެސް ނެތެވެ. މިޝެލް މޫނުގައި އަތް އެޅީ ރޮވެންފެށުމުންނެވެ.

“އެޕޮލޮޖައިޒް!!” އީތަން މިޝެލްގެ ނިތުގައި އަތުން ހިފައި މައްޗަށް ހިއްލައިލަމުން ބުންޏެވެ. މިޝެލްގެ ރުޅިގަނޑު ކޮންޓްރޯލުން ނައްޓާ ހިސާބަށް ދިޔައެވެ.

“ދުވަހަކުވެސް ނޭދޭނަން. މަށަށް ވެގެން ވަންޔާ ކަލޭގެ ތި ރީތި މޫނުމަތިވެސް ނޮޅައިލާނަން. ރީތި ސިފައިގަ ހުރި ޝައިތޯނެއް ތީ.” މަޑުމަޑުން ވާހަކަ ދެއްކިއިރުވެސް މިޝެލްގެ އަޑު ތުރުތުރު އަޅައެވެ.

“ޔެސް. އައި އޭމް އަ ޑެވިލް. އެކަމު ދެންމެ ވީ ކަންތައް ތަކުރާރު ވާން ބޭނުން ނެތިއްޔާ ޑޫ އިޓް!!” އީތަން މިޝެލް އަށް މަޖުބޫރު ކުރަމުންދިުޔައެވެ. މިޝެލް އީތަންގެ މޫނަށް ރުޅިިވެރިކަމާއިއެކު ބަލައިލިއެވެ. ކޮންފަދަ މަޖުބޫރު ކަމެއް ހެއްޔެވެ.

” ސޮރީ.” ރުޅިއައިސްގެން ދަތްތައް ފިއްތާލަމުން މިޝެލް ބުންޏެވެ.

” ތި ގޮތަކަށް ނޫން. ކީޕް ސްމައިލިން އެންޑް ބުނޭ އީތަން ދެންމެ އުޅެވުނުގޮތުންް ވަރަށް ބޮޑަށް ސޮރީ އޭ” އީތަން ގެ އަޑުގައި ވަނީ މަޖުބޫރު ކުރުވުމުގެ ރޫހެކެވެ. އިތުރު ގޮތެއް ނެތުމުން މިޝެލް އެގޮތަށް ކަންތައް ކުރީ އަމިއްލަ ނަފްސުގެ މައްޗަށް ހަމްދަރުދީ ވަމުން ނެވެ.

“ގުޑް ގާލް” އީތަން ކާމިޔާބުގެ ހިނިތުން ވުމަކާއި އެކު އިށީނދެގެން އިން ސީޓުގައި ހަމަ ޖެހިލިއެވެ.

ގަޑި އިރަކާއި ދިހަ މިނިޓުގެ ދަތުރަކަށް ފަހު އީތަން ދެދުވަހަށް ހިފާފައި ހުރި ގެއަށް އާދެވުނެވެ. އެ ގޭގެ ރީތިކަން ފެނި ބަސް ހުއްޓިފައި މިޝެލް ހުއްޓެވެ. ރާއްޖެއިން ނުދެކޭ އެތައް ވައްތަރެއްގެ މާ ގަސްތަކުގެ ސަބަބުން އެ ގޭގެ ‘ވިއ’ު ނުހަނު ރީއްޗެވެ. މީގެ ކުޑަ އިރުކޮޅެއް ކުރިން ކާރުގައި ހިނގާ ދިޔަ ކަންތައް ވަގުތުން ހަނދާން ނެތި މިޝެލްގެ ތުންފަތަށް ހިނިތުން ވުމެއް ވެރިވިއެވެ. ހުވަފެނުގައި ވެސް މިފަދަ ތާކަށް އާދެވޭނެ ކަމަކަށް މިޝެލް ހިއެއް ނުކުރެއެވެ.

” ދެން މޮޔައެއް ހެން ތިތާ އަނގަ މައްޗަށް ނަގައިގެން ހުންނަންވީކީ ނޫން. ކަމް ވިތް މީ” އީތަން އަނގަ އަށް ގޮތެއް ހަދާލަމުން ހިނގައިގަތެވެ. މިޝެލް ވެސް އީތަން ފަސްދިނުމުން ދޫނެރިލާފަ މޫނަށް ވައްތަރެއް ޖައްސާލަމުން ހިނގައިގަތީ އެތެރެ އަށް ވަންނާށެވެ. ތިރީގައި ތިން ކޮޓަރިއާއި ކައްކާ ބައި ހުރި އިރު މަތީގައި ވަނީ އާދައިގެ ވަރެއްގެ ޕޫލެކެވެ. އީތަން ހުރިހައި ފޮއްޓެއް އޭނާގެ ކޮޓަރިއަށް ވެއްދުމުން މިޝެލް އީތަން އަށް ފާޑަކަށް ބަލަން ހުއްޓެވެ.

“ފާޑަކަށް ބަލަން ހުންނާނެ ކަމެއް ނެތް. މަށެއް ތި މޮޔަ ކުއްޖާ ގަނޑު މި ކޮޓަރި އަކަށް ނުވައްދާނަން. އަނެއްކާ އަހަރެން ރޮލާ ކާލައިފިއްޔާ މުޅިން ސަކަރާތެއްނު. އޭރުން މެރީ ކުރުމަށް ފަހު ކުރަން ހުރު ހުރިހާ ކަމެއް ފްލޮޕް ވީނު. ސޯ ވައިލްޑް ލޭޑީ ގެ ފޮށި ހިފައިގެން ކޮންމެވެސް އެހެން ރޫމަ އަކަށް ދޭ!!” އީތަން ބުނި އެއްޗަކަށް މިޝެލް އަވަހަށް އެއްޗެކޭ ނުބުނެ ފޮށި ހިފައިގެން ނުކުތީ އަނެއްކާ ބުނެވޭ އެއްޗަކުން ވެސް އީތަން ހިޔާލު ބަދަލު ކޮށް ފާނެތީ އެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shooty

Level 310 Stories100 Comments

I like writing stories and reading comments ? I also love reading every kind of stories...

Other Articles

Previous

ނޭނގޭހެ ހާދަ ލޯބިވޭ 23

Next

އިންތިހާއަށް އާދޭސް 8…

Next
October 4, 2016

އިންތިހާއަށް އާދޭސް 8…

Previews
October 4, 2016

ނޭނގޭހެ ހާދަ ލޯބިވޭ 23

42 Comments!

  1. Anonymous says:
    October 4, 2016 at 3:21 pm

    Vvvvv reethi

  2. shooty says:
    October 4, 2016 at 3:26 pm

    here is 8th part. busykoh ulhemun ves upload mi kohlly thikudhin dhey support ge sababu. I love you more.. keep supporting and waiting for another part. 🙂

  3. Windy says:
    October 4, 2016 at 3:29 pm

    Haadha kury but nice waiting for next part…..

  4. me says:
    October 4, 2016 at 3:34 pm

    me first vvvvv salhi aneh part up kohlaanii konirakuntha shooooty

  5. Shifu says:
    October 4, 2016 at 3:35 pm

    Wow.. V teeth :*

  6. Shifu says:
    October 4, 2016 at 3:36 pm

    V reethi *

  7. kaii says:
    October 4, 2016 at 3:43 pm

    Varah varah reeethi ☺ ekam thankolheh dhigu koh up kohdhinun edhen.. ☺??

  8. Madhy says:
    October 4, 2016 at 3:45 pm

    Wowww story v v v salhi ??

  9. shooty says:
    October 4, 2016 at 3:48 pm

    konme dhuvahaku up kuraathy ehaa dhigukoh nugenesdheveny. try kuraanan ingeyyy..

  10. Depika says:
    October 4, 2016 at 3:50 pm

    Dhigukohlaba hadha reechey

  11. naaanu says:
    October 4, 2016 at 5:10 pm

    Alheyyy …. Kn irakun next part… Vvvv reethi mi bai vxxx

  12. Ainy says:
    October 4, 2016 at 5:18 pm

    V rythi …oh eethan ulhey gotheh dhn …too much…

  13. Aishaaaaa says:
    October 4, 2016 at 5:19 pm

    Alhey vvv reethi mibaives❤ thnx shootyyy ❤❤❤

  14. Anii says:
    October 4, 2016 at 5:22 pm

    Wowww…vvvv reethii..plss next part avas kohladhehjy… thnx shooty..daily update kohdhythy

  15. Ellie says:
    October 4, 2016 at 5:27 pm

    Another awesome part. Ethan hama bad boy eh dho ? ❤

  16. Sheeby says:
    October 4, 2016 at 6:02 pm

    V nice story eh… Eagerly waiting for another part????

  17. Sheeby says:
    October 4, 2016 at 6:02 pm

    V nice story eh… Eagerly waiting for another part????

  18. Rsy says:
    October 4, 2016 at 6:27 pm

    VVv obi mibaivas……
    Thak y Shooty…….

  19. Mar Sha Marsha says:
    October 4, 2016 at 6:35 pm

    Likessssssssss… very nice

  20. niha says:
    October 4, 2016 at 6:36 pm

    VVVV reethi….

  21. sonaalee says:
    October 4, 2016 at 6:48 pm

    V v reethi mi story gendhaa goiy..

  22. Shaya says:
    October 4, 2016 at 7:08 pm

    Vvvvvvv reethi❤❤❤❤ kithah part ge story eh

  23. shooty says:
    October 4, 2016 at 7:11 pm

    l dont no shaya. hama liyaa varakah mi up kurany..

  24. ully says:
    October 4, 2016 at 7:17 pm

    Woow… Soo nice….?????

  25. Anii says:
    October 4, 2016 at 7:22 pm

    Mirey next pary up vaanethr shooty..plss up kohdhehchy

  26. Haly says:
    October 4, 2016 at 7:47 pm

    Kiyaahithun indhaa enimuny.kon iraku next part

  27. xenn says:
    October 4, 2016 at 7:50 pm

    Alhe haadha kurey

  28. Laal says:
    October 4, 2016 at 7:54 pm

    keep it up

  29. Laal says:
    October 4, 2016 at 8:08 pm

    v salhi ingey waiting waiting waiting

  30. xee says:
    October 4, 2016 at 9:01 pm

    asluves hama varah reethi .. i just love it .. story kiyaairu kiyaa hihvany mikahala stories… varah reethi.. awesome..im just speechless… ..hey can u plx answer my question….story liye nimmije tha .. i myn story rough koh liye nimifa tha othy

  31. Ushaa says:
    October 4, 2016 at 9:39 pm

    Vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv salhi….

  32. shooty says:
    October 4, 2016 at 10:25 pm

    noon nunime. vakin neh nuliyamey shooty mi story eh. up kuran beynun vaa bai comp ga liyefa hama up kohllany. I dont like hand writing hehe. 🙂

  33. ninaa says:
    October 4, 2016 at 11:06 pm

    alhe v reethi . waiting for next part

  34. Khajja says:
    October 5, 2016 at 3:04 am

    Alhey aee konkahala firi heneththa evves kahala rahumevves hama nethytha eynage main bafainnavves eynage e mizaaj hama neyngenytha kykey dhw bunaany eynage kokko akah ehenvaanama gaimu eyna ge hithah kommes ehchen erys kanneynge stry v furihama waitin

  35. reader says:
    October 5, 2016 at 12:31 pm

    best story and writer so far. konme dhuvahaku up kohdheythee thanks 🙂 keep the good work.

  36. Aishaaaaa says:
    October 5, 2016 at 2:44 pm

    Shooty kobaatha next part…waiting waiting ???

  37. Fat says:
    October 5, 2016 at 2:57 pm

    Waiting???????

  38. vishaa says:
    October 5, 2016 at 3:17 pm

    vara reethi…keep it up ..

  39. Ainy says:
    October 5, 2016 at 5:12 pm

    Waiting waiting waiting ….

  40. Susan says:
    October 5, 2016 at 5:34 pm

    Please please soon up kohdheeba…??

  41. Me says:
    October 6, 2016 at 12:59 am

    Shooty keep going wish you a good luck babe

  42. Rifa ismail says:
    April 4, 2017 at 8:50 pm

    Waiting…….

Comments are closed.

Next Episodeލޯބިވަން ޔާރާ އޭ 9←


All Right Reserved!