Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވަން ޔާރާ އޭ 15

shooty Level 310 Stories100 Comments
October 12, 2016 6 Mins Read
51 Comments

ލޯބިވަން ޔާރާ އޭ 15

“މިގަޑިއަކު ނޫން. މިރޭ އިނގޭ. ދާނަން 8 ގަ. ޑޭޑް ގާތު ވެސް ބުނައްޗޭ.” އީތަން ސޫޒަން އަށް އިންތިޒާރުގެ ވަގުތުތައް ގުނަން ޖައްްސަމުން ފޯނު ކަނޑައިލަމުން މޫނުގައި އަތް އަޅާލީ މިރޭ ވެގެން ދާނެ ގޮތަކާއި މެދު ވިސްނަމުން ނެވެ. ކޮންމެ ގޮތެއް ވިޔަސް މިރޭ ވެގެން ދާނީ އީތަން އަށް ބޮޑު ރެއަކަށެވެ.

އޮފީހުން ނިމިގެން އީތަން އަށް ގެއަށް ދެވުން އިރު އިރު އޮއްސި ހަތެއް ޖަހަނީއެވެ. މިޝެލް ސިޓިންގް ރޫމްގައި ޓީވީއަށް ނަޒަރު ހުއްޓާލައިގެން އިނެވެ. އިރުކޮޅަކު މިޝެލް އަށް ބަލަން ހުރެފައި އީތަން ފަހަތުން ގޮސް މިޝެލް ގެ މޫނުގައި އަތް އެޅިއެވެ.

“އިނގޭ ތީ އީތަން ކަން.” މިޝެލް ހެވިފައި އިނދެ އީތަންގެ އަތް ނައްޓަމުން ފަހަތަށް އެނބުުރި ބަލައިލިއެވެ. އީތަން ހިނިތުން ވެލަމުން ލައިގެން ހުރި ކޯޓް ސޯފާ އަށް ދޫކޮށްލަމުން ޓައީ ދޫކޮށްލީ ހަމަ ޖެހިލުމަށެވެ. އަދި މިޝެލް އާ ކުރިމަތިލަމުން އިށީނެވެ. އީތަން ގެ މޫނަށް ބަލައިލުމުން މިޝެލް އަށް ކޮންމެވެސް ކަމެއް ވެއްޖެ ހެން ހީވިއެވެ.

“އީތަން ކަމެއް ގޯސް ވީ ތަ؟ ހާދަ ފާޑަކަށް ތި އުޅެނީ” މިޝެލް އީތަންގެ ބޮޑު އަތްތިލައިގައި ހިފައިލިއެވެ.

“މިޝީ. މިރޭ އަހަރެން މި އުޅެނީ މޮމް އެންޑް ޑޭޑް އަށް މިޝެލް އިންޓްރޮޑިއުސް ކޮށްދޭން. ޔޫ ހޭވް ޓު ބީ ބްރޭވް. ބައްޕަ އަކީ ރުޅި އައިއްސިއްޔާ މީހަކަށް ބަލާނެ މީހެއް ނޫން ކިޔަން ބޭނުން ހުރިހައި އެއްޗެއް ކިޔާލާނެ.” އީތަން މިޝެލް ގެ ލޮލަށް ބަލަން އިނދެ ވާހަކަ ދެއްކިއެވެ.

“މިހާރުވެސް ނާވަސް ވާން ފަށައިފި. އީތަން މިޝީ އާއެކު ހުރިއްޔާ ހުުރިހައި ކަމެއްވެސް ރަނގަޅުވާނެ. އިރާދަ ކުރެއްވިއްޔާ އީތަން ގެ ޑޭޑް ވެސް އޯކޭ ވާނެ. ޕޮޒިޓިވް ކޮށް ވިސްނަން ވީ” މިޝެލް އީތަން ގެ އަތަށް ބާރު ކޮށްލިއެވެ.

“އަހަރެން ނަކަށް ނޭނގެ މިޝެލް އާ ނުލައި ދެން އުޅޭނެ ގޮތެއް. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އައި ވިލް ބީ ވިތް ޔޫ. އަހަރެން މިޝެލް ދޫކޮށެއް ނުލާން. އައި ޕްރޮމިސް” އީތަން މިޝެލް އެމޭގައި ފޮރުވައިލަމުން އަމިއްލަ ނަފްސަށްް ވަޢުދު ވިއެވެ.

މިހާރަކަށް އައިސް އަލްހާން އަބަދުވެސް ހުންނަނީ ރުޅި ގަދަ ވެފައެވެ. ސޫޒަން ވިސްނައިދޭން ކުރި ހުރިހައި މަސައްކަތެއް ވީ ބޭކާރެވެ. އަލްހާން ކޮޓަރީގެ ކުޑަ ދޮރުކައިރީ ހުރީ ބޭރަށް ނަޒަރު ހުއްޓާލައިގެން ނެވެ. އޭނާގެ ބަސް ޔުޫލީ ނޭހިޔަސް އީތަން އަހާނެކަން ގައިމެވެ. އީތަން އަކީ އަބަދު ވެސް އަލްހާން ބުނާ ގޮިތް ހަދަމުން އައި ދަރިއެކެވެ. ވިޔަފާރި އަށް ޔޫލީ ވައްދަން އުޅުމުން ޔޫލީ ދެކޮޅުހެދީ އޭނާ ޑޮކްަޓަރަކަށް ވާން ބޭނުން ވާތީ ކަމަށް ބުނަމުން ނެވެ. އެފަހަރު ވެސް އަލްހާން ހަތިޔާރު ބެހެއްޓީ ސޫޒަން ކުރި އާދޭހުން ނެވެ. މިފަހަރުވެސް ވީި ހަމަ އެހެން ނެވެ. އޭނާ ބޭނުން މީހަކާ ޔޫލީ ކައިވެނި ކުރުވަން ސޫޒަން ގަބޫލެއް ނުވިއެވެ. ސޫޒަން ގޮތް ދޫ ނުކުރުމުން އަލްހާން ވަލީ ދޭން ގަބޫލު ވިޔަސް އޭނާގެ ހިތް ދުވަހަކު ވެސް ދާއިން އަކަށް ހެވެއް ނުވާނެއެވެ.

“އަލްހާން.” ސޫޒަން ގޮވައިލި އަޑު އިވުން ނަމަވެސް އަލްހާން ބަލައިލާކަށް ބޭނުމެއް ނުވިއެވެ.

“އަހަރެން މި އައީ މިރޭ އީތަން އަންނަ ވާހަކަ ބުނީމަ އަލްހާން ގާތު އެވާހަކަ ބުނަން. އިނގޭ ތި ހުންނަނީ ހިތްހަމަ ނުޖެހިފަ ކަން ވެސް. އެކަމު ޔޫލީ ދެކެ އައިސް ހުރި ރުޅި އީތަން އަށް ބޭލުން އެއީ ރަނގަޅު ގޮތެއް ނޫން.” ސޫޒަން އާދޭހުގެ ރާގެއް ގައި ވާހަކަ ދެއްކިއެވެ.

“އަހަރެން އީތަން އައިމަ ދާނަން. މިވަގުތު އަހަރެން އެކަނި ދޫކޮށްލާ” އަލްހާން ގެ އަޑުގައި ވާ ހިތްހަމަ ނުޖެހުން ސޫޒަން އަށް ނަގައި ގަނެވުނެވެ.

“ޕްލީޒް އަލްހާން. ދަރިން ގެ ކަންތަކުގަ ތި ގޮތް ދޫ ކޮށްބަލަ. އެކުދިން ދެކެ ލޯބި ވާނީ ކަން ކަން މަޖުބޫރުން ކުރުވާކަށް ނޫނެއްނު. އަހަރުމެން އެކުދިން ބޮޑު ކުރީ ކަން ކަން މަޖުބޫރު ކޮށްގެން ތަ؟” ސޫޒަން ދާ ހިޔާލެއް ނުކުރިއެވެ.

“އަހަރެން ކަން ކުރަން ވި ގޮތް ކިޔައިދޭކަށް ސޫޒަން އަކަށް ވެސް ނުޖެހޭނެ. އަހަރެން ގެ އަންބެއްގެ މަގާމުގަ ހުންނަން ބޭނުމިއްޔާ ސޫޒަން ހިމޭނުން ހުރޭ” އަލްހާން ގެ ޖުމްލައިން ސޫޒަން ގެ ހިތަށް ވަރަށް އަސަރު ކުރިއެވެ.

“ތީ އަހަރެން ލޯބިވީ އަލްހާން ތަ؟ އަހަރެން އަލްހާން އާ ކައިވެނި ކުރީ އަލްހާން ގެ އާއިލާގެ ނުގަބޫލުގަ. އެކަމު ވަކި އަލްހާން އެ މީހުންގެ އަޑު އެހިންތަ؟ އަހަރެން ވެސް މީ އާދައިގެ އާއިލާ އަކަށް ނިސްބަތްވާ މީހެއް. އެކަމު ލޯބި ވީމަ އަލްހާން އަކަށްވެސް އާއިލާ މުހިންމެއް ނުވި. މިހާރު މުއްސަނދި ކަމާއި ފަޤީރުކަން އަޅާކިޔާ އިރު އަހަރެން ދެކެ ލޯބި ވެގެން އަލްހާން އުޅުން ގޮތް ހަނދާން ކޮށްބަލަ” ސޫޒަން އަށް ރޮވިއްޖެއެވެ. އަލްހާން އެކައްޗެކޭވެސް ނުބުނެ ހިމޭނުން ހުރުމުން ސޫޒަން އަށް ކެތް ނުވެގެން ލޯ ފުހެމުން ކޮޓަރިން ނުކުތެވެ. އެއާއި އެކު އަލްހާން ފުން ނޭވާއެއް ލިއެވެ.

އީތަން ކާރުން ފޭބުމުގެ ކުރިން މިޝެލް ގެ އަތުގައި ހިފަހުން ހަމަ ޖެހިލުމަށް ބުންޏެވެ.

“އައި އެމް އޯކޭ އޭ.” މިޝެލް އީތަން ގެ މޫނުގައި ބޮސްދެމުން ކާރުން ފޭބިއެވެ. ޑްރީމް ހައުސްގެ ބޮޑު އިމާރާތް ފެނިފައި މިޝެލް އާޝޯހު ވިއެވެ.

“ވާއު. ހާދަ ރީއްޗޭ” މިޝެލް އަށް ހިތާ ހިތުން ކިޔައިލެވުނެވެ. އީތަން ކާރު ޕާކު ކޮށްލަމުން ގޮސް މިޝެލް ގެ އަތުގައި ހިފައިގެން އެތެރެ އަށް ވަންނަން ހިނގައިގަތީ ހުރިހައި ކަމެއް ރަނގަޅަށް ދިއުން އެދި ދުޢާ ކުރަމުން ނެވެ. އީތަން ގެ އިންތިޒާރުގައި ސިޓިންގް ރޫމު ސޯފާގައި ތިބި އަލްހާން އާއި ސޫޒަން އަށް ތެދުވެވުނީ އީތަން ބޭރު އަންހެން ކުއްޖެއްގެ އަތުގައި ހިފައިގެން އަންނަތަން ފެނުމުން ނެވެ. އީތަން ގޮސް އަލްހާން ގެ ގައިގައި ބައްދާލަމުން ސޫޒަންގެ ނިތްކުރިއަށް ބޮސް ދިނެވެ. ހަމައެކަނި އެ ހަރަކާތުން ވެސް މިޝެލް އަށް އީތަން އޭނާގެ މައިންބަފައިން ދެކެ ވާ ލޯބި ހާމަވިއެވެ. ސޫޒަން ކަންބޮޑުވެފައި ހުރެ ވެސް މިޝެލް އާ ހިނިތުން ވެލަމުން ސަލާމް ކޮށްލިއެވެ.

“މޮމް،ޑޭޑް.މީ އަޅުގަނޑު ބުނި ސަޕްރައިޒް އަކީ” އީތަން މިޝެލްގެ އުނަގަނޑުގައި އަތް އަޅުވައިލަމުން ބުނެލި ޖުމްލައިން އަލްހާންގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ.

“ވަޓްސް ޔުއަ ނޭމް؟ އެންޑް އާ ޔޫ އަ ފްރެންޑް އޮފް އީތަން” އަލްހާން މިޝެލް އާ އިނގިރޭސިން ވާހަކަ ދެއްކީ އެއީ ބޭރު ކުއްޖެއްހެން ހީވާ ވަރުންނެވެ.

“އަޅުގަނޑަށް ކިޔަނީ މިޝެލް.” މިޝެލް ލަދުން އިނދެ ވާހަކަ ދެއްކިއެވެ.

“ޑޭޑް. މިޝެލް މީ އަޅުގަނޑުގެ ވައިފް. އަޅުގަނޑުމެން އުޅެނީ މެރީ ކޮށްގެން” އީތަން އަށް އެ ވާހަކަ ބުނެވުމުން ހީވީ ބޮލުން ބޮޑު ބުރައެއް ނެތިގެން ދިޔަ ހެނެވެ.

“ކީކޭ؟ ތި ބުނެވެނީ ކިހައި ވަރެއްގެ އެއްޗެއްކަން އީތަން އަށް އެބަ އިނގޭތަ؟” އަލްހާން ރުޅި އައިވަރުން އިންތަނުން ވެސް ތެދުވެވުނެވެ.

“ޑޭޑް. އަޅުގަނޑު މީ މިހާރު ބޮޑުވެފަ ހުރި ފިރިހެނެއް. މެރީ ކުރުމުން ކޮބައިތޯ މައްސަލަ އަކީ؟” އީތަން ތެދުވަމުން އަލްހާން އާ ކުރިމަތިލިއެވެ.

އެއާއި އެކު އީތަންގެ ކަންކަށި މައްޗަށް އަލްހާން ގެ އަތުގެ ހޫނު އެތި ފަހަރެއް އަރައިގެން ދިޔައެވެ. މިޝެލް އަށް ލޯ މަރައިލެވުނީ އެ ހިތަށް ކުރި އަސަްރަކުން ނެވެ. ސޫޒަން އަވަހަށް ތެދުވަމުން ރުޅިއައިސްގެން ތުރުތުރު އަޅައިހުރި އަލްހާންގެ އަތު މުލައްދަނޑީގައި ހިފައިލީ އަލްހާން އިތުރަށް އީތަންގެ ގައިގައި ޖަހާފާނެ ކަމުގެ ބިރުގައެވެ. ނަމަވެސް ރުޅިއައިސްފައި ހުރި އަލްހާން އަށް އަމިއްލަ އަނބިމީހާ ވެސް އައި ރުޅީގައި ހޫރައިލެވުން އިރު ވެސް ރެއަކާނުލިއެވެ. އެފަދަ ކަމަކަށް ނުވިސްނައި ހުރި ސޫޒަން ހޫރެމުން ގޮސް މާބްލް ޓައިލްސް ޖަހައިފައިވާ ތަޅުމުގައި ވެއްޓި ބޯ ޖެހުމާއި އެކު ބޯ ދިޔައީ ފަޅައިގެންނެވެ.

ފޭސްބުކަށް ވަދެއިން ޔޫލީ އަށް ގޭތެރޭގައި މާ އަޑުގަދަ ވާހެން ހީވުމުން މެކް ބުކް އެނދު މައްޗަށް ދޫ ކޮށްލަމުން ހަލުވި ކަމާއި އެކު ކޮޓަރިން ނުކުތީ ދުވެލާފައެވެ. ސިޓިން ރޫމުގައި ތިބި މީހުން ފެނިފައި ކަންތައްތައް ގޯސް ވެފައި ވާ ކަން ޔޫލީ އަށް ޔަގީން ވިއެވެ. އޭރު ސޫޒަން ވެއްޓިފައި އޮތުމުން އީތަން ސޫޒަން ނަގަން އުޅެއެވެ. ޖެހުނު ލެއް ބާރުކަމުން ބޮލަށް އެނބުރުން އަރާތީ އީތަން ސޫޒަން އަތްދަނޑި މައްޗަށް ނަގަމުން ސޯފާގައި ބާއްވާލިއެވެ. ފެންކަޅިވެފައި އިން މިޝެލް އަށް ސޫޒަންގެ ބޮލުން ލޭ އަންނާތީ އިނީ ބަލައިލަންވެސް ނުކެރިފައެވެ.

“ދޮންބޭ މަންމަ އަށް ކިހިނެތް ވީ” ޔޫލީ ހާސް ވެފައި ސޫޒަން ކައިރީ ކުޑަ ކަކޫ ޖަހައިލަމުން އިށީނެވެ.

“ބައްޕަ ކިތަންމެ ރުޅި ދުރުވިޔަސް މި ކައިވެނިނުކުރާ ކަމަކަށް ނުވާނެ. ކޮންމެ ގޮތެއް ވިޔަސް އަހަރެން މިޝެލް ދޫކޮށްލާކަށް ނެތިން. ޔޫލީ ތިހެން ނީނދެ ފަސްޓް އެއިޑް ބޮކްސް ހިފައިން އައިސް މޮމްގެ ބޮލުގަ ބޭސް އަޅާބަލަ” އީތަން ގެ ޖުމްލައަށް ބޯ ޖަހައިލަމުން ޔޫލީ ދުވެފައި ދިޔައީ ބޭސް އަޅާ ސާމާނު ބަލައެވެ. އީތަން ސޫޒަން ގެ މޫނުގައި ފިރުމައިލި އިރު ބައްޕަ އާއި މެދު އެ ހިތުގައި އެތައް ޝަކުވާ އެއް ވިއެވެ.

“ކައިވެނި ކުރުން އެއީ މައްސަލައެއް ނޫން. އަހަރުމެން ގާތު ބުނެ ނުލުން މައްސަލަ އަކީ. އަދި ކޮންތާކު ކާކުގެ ދަރި އެއް ކަމެއްވެސް އިނގޭ ކަމެއް ނޭނގެ” އަލްހާން ގެ އަޑު އިވިގެން ދާއިރު ހީވަނީ ގުގުރުއެއް ޖަހާހެނެވެ.

“އަޅުގަނޑަށް އިނގޭ ނުބުނެ މެރީ ކުރެވުން އެއި ކުށެއް ކަން. އެކަން އިހުސާސް ވީމަ އެކަން އަންގަން މި އައީ. ބައްޕަ ތިހާ އަމިއްލަ އެދުން ބޮޑު ވީ ކޮން އިރަކުތޯ؟” އީތަން އަދަބުވެރި ކޮށް ވާހަކަ ދެއްކިޔަސް އެ އަޑުން ރުޅިވެރިކަމާއި ހިތްހަމަ ނުޖެހުން ފާޅު ވެއެވެ.

“އީތަން މަގޭ މޫނު މަތީ ޒުވާބު ކުރަން ނަހަދާ އިނގޭ. އޮފީހުގެ އިސްވެރިއަކަށް އީތަން ހަމަޖެއްސީމަ ހީވަނީ ދޯ ބޮންތީގަ ހިފުނީ އޭ. ހަމަ މިވަގުތު މި އަންހެނާ ވަރި ނުކޮށްފިއްޔާ އަހަރެން ކުރާ ކަންތަކުން ހަމަ ގެއްލުން ވާނީ އީތަން އަަށް” އަލްހާން މިޝެލް އާ ދިމާލަށް އިނގިލި ދިއްކޮށްލަމުން ބުނެލި ޖުމްލައިން މިޝެލް ގެ ހިތް ރޫރޫ އަޅައިގަތެވެ. އީތަން ގެ ބައްޕަ ރުޅި ގަދަ ވާނެ އޭ ބުންޏަސް މިޝެލް މިވަރު އަރުވާލާނެ ކަމަކަށް ހިއެއް ނުކުރެއެވެ.

“އޯ ޕްލީޒް ޑޭޑް. އަޅުގަނޑަކަށް މިޝެލް ދޫކޮށެއް ނުލެވޭނެ. އެންޑް އަޅުގަނޑަށް ގެއްލުން ވާ ވަރު ކޮން ކަމެއް ތޯ ބައްޕަ އަށް ކުރެވޭނީ؟” އީތަން ވެސް އިންތިހާ އަށް ރުޅި އައެވެ. ބައްޕަ އަކަސް އޭނާގެ އަމިއްލަ ކަންތައްތަކާ ގޮތް ކިޔައިގެން ނުވާނެއެވެ.

“ވަޒީފާއިން ވަކި ކުރާނަން. އީތަން ހީ ކުރީ ދޯ އަހަރެންގެ ގައިގަ ބިޒްނަސް ހިންގޭހާ ބާރު ނެތީ ކަމަށް.” އަލްހާން ކުރަން ބުނި ކަންތައް އިވިފައި އީތަން ފުން ނޭވާ އެއް ލިއެވެ.

“ސޮރީ ޑޭޑް. އެކަމު ވިޔަފާރިއާ ގުޅޭ ހުރިހައި ލިޔެ ކިޔުން ތަކެއް ހުންނާނީ އަޅުގަނޑު އަތުގަ. އެހެން ވީމަ ތިކަން ވާނީ އަޅުގަނޑު އަތުން ފުރަތަމަ އެ ލިޔުން ތައް ހޯދައިގެން. އެކަމު އަޅުގަނޑު އެ ނުދޭނަން.” އީތަން ގެ އަޑުގައި ހުރީ ސާބިތުކަމެވެ. ބައްޕަ ރުޅިއައުމުން އީތަން ކިތަންމެހައި ވެސް ދެރަ ވެއްޖެ އެވެ. ނަމަވެސް އެކަން ފޮރުވަން އީތަން ނުހަނު ކުޅަދާނައެވެ.

ސޫޒަން ވެސް ބޭސް އަޅައި ނިމުމުން ސޯފާގައި އިށީނދެގެން އިނީ އެ އުފާވެރި އާއިލާ އަލްހާންގެ ސަބަބުން ރޫޅިގެން ދާ ތަން ބަލަން ރޮވިފައެވެ. އީތަން ގެ ގޮތްދޫ ނުކުރުމުގެ ސިފަ އެއީ އަލްހާން ގެ ކިބައިން ވާރުތަ ވެފައި ހުރި ކަމެކޭ ސޫޒަން ހިތައްއެރިއެވެ. އީތަން ގެ ނުކިޔަމަންތެރި ކަން ފެނި އަލްހާން ގެ ރުޅި އިތުރަށް ގަދަ ވިއެވެ.

“ކަލޭ ތީ މަގޭ ދަރިއެއް ނޫން. މަގޭ އީތަން ތިހާ ގޮތް ކުޑަ އެއް ނުވާނެ. އަދި މަށަށް ގޮތް ދައްކަ އެއްނު އެބަ. ބަލަން ހުންނާތި އަހަރެން ކުރާ ކަންތަކުން ނުކުންނަ ނަތީޖާ. ހަމަ މިހާރު މިގެއިން ނުކުމޭ.” އަލްހާން ހަޅޭއް ލަވައިގަތުމުން ސޯފާގައި އެ އޮށް ހުރިހައި އިރު ބިރުން އިން މިޝެލް އަށް ވެސް ތެދުވެވުނެވެ.

“އަލްހާން ހެޔޮނުވާނެ ގޮތް ދޫ ކޮށްބަލަ” ސޫޒަން އަށް ކެތް ނުވެގެން ހަޅޭއް ލަވައި ގަނެވުން އިރުވެސް ރަނގަޅަކަށް އަޑެއް ނުނިކުތެވެ.

“ސޫޒަން ދެން އީތަން އާ އެއްކޮޅަށް އެންމެ ޖުމްލަ އެއް ބުންޏަސް ތީ މަގޭ އަންބެއް ނޫން. އިވިއްޖެތަ. އެ ގޮތްދޫު ނުކުރާ ކުއްޖާ އާ އަނގައިން ވެސް ބުނެގެން ނުވާނެ.” އަލްހާން އިންޒާރު ދިނެވެ. އީތަން ދެރަވެފައި ސޫޒަންގެ މޫނަށް ބަލައިލިއެވެ.

“އައި އެމް ސޮރީ މަންމާ. އަޅުގަނޑު އަބަދުވެސް މަންމަ މަތިން ހަނދާން ކުރާނަން. އެންޑް ޑޭޑް، އަޅުގަނޑުގެ ހިތުގަ ބައްޕަ އަށް ބުރަ ކަމެއް ނެތް. ޕްލީޒް ފޮގިވް މީ” އީތަން އިސް ޖަހައިލިއެވެ.އީތަން ކެތްކުރަން މަސައްކަތް ކުރަމުން ގޮސް ބިރުން ހުރި މިޝެލްގެ އަތުގައި ހިފަމުން ނުކުންނަން ހިނގައިގަތެވެ. ނަމަވެސް އަދި އެއް ކަންތައް މަތިން އީތަން ހަނދާން ވިއެވެ.

“އަދި އެއް ވާހަކަ. މިޝެލް މީ ޔޫލް ގެ ބޯއީފްރެންޑް ގެ ކޮއްކޮ. އެހެން ވީމަ އެ ވާހަކަ ބުނެލީ ބާއި ޑޭޑް” އީތަން މިޝެލް ގެ އަތުގައި ހިފައިގެން ހަރުކޮށް ހިނގާފައި ނުކުތް އިރު އަލްހާން އަށް ފާޑަކަށް ހުއްޓުން އަރާފައި ހުރެވުނީ އެވެ. މީ ހަމަ ތަގުދީރުގެ ސަމާސާ ހެއްޔެވެ.

އީތަން ކާރަށް އެރުމާއި އެކު ކާރު ދުއްވައިލީ ފުލް ސްޕީޑް ގައެވެ. މިޝެލް ބިރުން އިނެއްކަމަކު މިވަގުތު އީތަން ގެ ހިތަށް ކޮށްފައިވާ އަސަރު އިހުސާސް ވާތީ އެއްޗެކޭ ބުނާކަށް ނުކެރުނެވެ.

ގެއަށް ގޮސް ވެދެވުމާއި އެކު އީތަން ދިޔަ ގޮތަށް ގޮސް ވަނީ އެހެން ކޮޓަރިއަކަށެވެ. އަދި އެތެރޭން ތަޅުލީ އޭނާ ބަލިކަށި ފިރިހެނަކަށް ވެގެން ރޯ މަންޒަރު މިޝެލް އަށް ދައްކަން ބޭނުން ނުވާތީއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shooty

Level 310 Stories100 Comments

I like writing stories and reading comments ? I also love reading every kind of stories...

Other Articles

Previous

މިހިތަށް ލޯބިދޭށޭ… 1

Next

ސިއްރު 16 ފަހުބައި

Next
October 13, 2016

ސިއްރު 16 ފަހުބައި

Previews
October 12, 2016

މިހިތަށް ލޯބިދޭށޭ… 1

51 Comments!

  1. Anonymous says:
    October 12, 2016 at 11:22 pm

    Salhi saabas varahkuru ekam vedhaane kiyahithun huri varun kamah

  2. Aishaaaa says:
    October 12, 2016 at 11:23 pm

    …Ohhh…thnx shootyyy ❤ ❤ ❤ vvv reethi mibaives. ..v inthixaaru kurifahun mi kiyaalevuny… adhives ehfaharu get well soon???

  3. Shaa says:
    October 12, 2016 at 11:26 pm

    Wow nice me fast dhw ????n gws shooty

  4. Chapii says:
    October 12, 2016 at 11:27 pm

    Nice waiting fr nxt part

  5. ema says:
    October 12, 2016 at 11:28 pm

    Me first ye ☺

  6. Thoo says:
    October 12, 2016 at 11:37 pm

    V v vv nice..nd tnx bali koh ulhunu iru vx vaahaaka up kohdhinyma..u r de best. Luv u…nd gws..

  7. Shaa xee says:
    October 12, 2016 at 11:44 pm

    Thanks shooty balive ulhemun vx up koh dhineema. V reethi mi part vx. Next part vx avahah up koh dhehchey. Get well soon shooty ?????

  8. ކުލްސުމް says:
    October 12, 2016 at 11:51 pm

    ވަރަށް ރީތި އުންްމީދު ކުރަން އަނެއްބައި. އަވަސް. ވާނެ ކަމަށް.

  9. shooty says:
    October 12, 2016 at 11:54 pm

    thanks guys for understanding.. I want you guys to trust me.. will upload next part ss soon as possible.. I love you all for your support.. keep supporting.. supporting is my energy.. hehehe 😉

    1. umwah says:
      October 13, 2016 at 1:15 am

      hehe supporting is ur energy kn ingijje a mifaharu 😉

  10. Rau says:
    October 13, 2016 at 12:14 am

    Yaay me first❤️ When is the next part? Love this story❤️

    1. umwah says:
      October 13, 2016 at 1:16 am

      yu r 9th.. haha anyway congratz ??

  11. Axu says:
    October 13, 2016 at 12:54 am

    You r the best…

  12. Eye-shaa says:
    October 13, 2016 at 1:14 am

    Reethi mi part vx ❤ waiting 4 da nxt part

  13. khajja says:
    October 13, 2016 at 1:22 am

    V salhi maashaa allah eethan firihenun vaane v keitherivaan fahun rangalhuvaane waiting for next part

  14. ޝަހީދު says:
    October 13, 2016 at 3:24 am

    Shuhakko kon dhuvahakun aneh part gennaany. V v v v reethi vaahakaeh. Masha allah kokko ah adhah vure fahi maadhamaa eh minvaru koh dhehvaashi. Aameen

  15. ޝ says:
    October 13, 2016 at 3:26 am

    Shuhakko kon dhuvahakun aneh part gennaany. V v v v reethi vaahakaeh. Masha allah kokko ah adhah vure fahi maadhamaa eh minvaru koh dhehvaashi. Aameen

  16. RaM says:
    October 13, 2016 at 5:58 am

    Ethan ge dad aslu dhaain ge mom n dad aa zaathee kameh onnanee kanneyge dhw. .eiy thagudheeru kulhey kulhi varaky. .

  17. RaM says:
    October 13, 2016 at 5:58 am

    Ethan ge dad aslu dhaain ge mom n dad aa zaathee kameh onnanee kanneyge dhw. .eiy thagudheeru kulhey kulhi varaky. .

  18. RaM says:
    October 13, 2016 at 5:58 am

    Ethan ge dad aslu dhaain ge mom n dad aa zaathee kameh onnanee kanneyge dhw. .eiy thagudheeru kulhey kulhi varaky. .

  19. RaM says:
    October 13, 2016 at 5:58 am

    Ethan ge dad aslu dhaain ge mom n dad aa zaathee kameh onnanee kanneyge dhw. .eiy thagudheeru kulhey kulhi varaky. .

  20. RaM says:
    October 13, 2016 at 5:58 am

    Ethan ge dad aslu dhaain ge mom n dad aa zaathee kameh onnanee kanneyge dhw. .eiy thagudheeru kulhey kulhi varaky. .

  21. liyaa says:
    October 13, 2016 at 7:58 am

    v v v nice

  22. liyaa says:
    October 13, 2016 at 7:58 am

    v v v nice

  23. Depika says:
    October 13, 2016 at 8:16 am

    Wow v nice

  24. ?‍?‍?‍? says:
    October 13, 2016 at 8:21 am

    Enmefahun hama vaahaka genes dheyndhojehunee mee v basnaahaa kudhin kolhe dho shooty thi gengulhenee

  25. yaana says:
    October 13, 2016 at 8:50 am

    Shooty kihinetha haalu rangalhutha balikoh ulhemunves vaahaka genesdhineethee ufalaaeku marhabaakiyan vvv reethi adhives snooty ah avas shifaa akah edhen iraadhakureviyyaa v avaha rangalhuvaane

  26. miny says:
    October 13, 2016 at 8:51 am

    Haadha kurey…

  27. miny says:
    October 13, 2016 at 8:51 am

    Haadha kurey… Thankolheh avahah aneh part genesdhehchey..

  28. Shaa says:
    October 13, 2016 at 9:17 am

    wow shooty .. teary vejje ..missed ma dad.. same like hama alhaan.. shooty you are the best.. mi site ga emme kiyaa hiyyvaa story meii ??

  29. Shaa says:
    October 13, 2016 at 9:17 am

    wow shooty .. teary vejje ..missed ma dad.. same like hama alhaan.. shooty you are the best.. mi site ga emme kiyaa hiyyvaa story meii ??

  30. SaSha says:
    October 13, 2016 at 10:02 am

    ohhh love you. this is so nice. loved it. thank you million times.

  31. Aish says:
    October 13, 2016 at 10:05 am

    Woooowwww!!!

  32. aishuu.. says:
    October 13, 2016 at 11:16 am

    Wow…v rythi mi part vx…waiting for da next…plx plx avas kohdhehchey…nd once again gws shooty

  33. sadh says:
    October 13, 2016 at 11:39 am

    Shooty may god bless you my dear. Get well soon. Varah ufa vejje bali kon ulhemunves part upload koddhinyma. Really appreciate it. Mi part ves varah varah rythi. Eagerly waiting for the next part. Take care and best of luck. ❤️

  34. aika says:
    October 13, 2016 at 11:47 am

    V reethi waiting 4 next part

  35. Hooooo. says:
    October 13, 2016 at 12:45 pm

    Mie part ves varah reethie

  36. Anonymous says:
    October 13, 2016 at 1:10 pm

    ❤️❤️❤️???

  37. CHoOpYo says:
    October 13, 2016 at 2:42 pm

    Warah reethi mi bai wx… luv yuw shoOty….

  38. shaya says:
    October 13, 2016 at 3:44 pm

    When next part?

  39. Reema says:
    October 13, 2016 at 4:24 pm

    Maa kurukoh part thah genessa hunnany alhugandah heevaa gothun..thankolheh dhigu kohllaba..iyye up nukurevunyma maadhan up kohllany ehnu..varah curious vefa mihiry dhen vaane gothakaa..varah salhi vaahaka mihaathanah????????

  40. niha says:
    October 13, 2016 at 6:12 pm

    vvvvv lobi….

  41. Xaan says:
    October 13, 2016 at 6:15 pm

    Koba vaahaka v kiyaahithun mi inny

  42. shaya says:
    October 13, 2016 at 6:17 pm

    Kobaatha next part

  43. mr.slow says:
    October 13, 2016 at 6:44 pm

    kobaa ulhey dhen up kohla dheyn. warah wait kurewihje. This is my type of story. laaarv it ❤

  44. Roohy says:
    October 13, 2016 at 7:16 pm

    Shooteyn v v v v thanks heekurivarahvure maabodah furihama hithah aranee dhenvaanagoi mishel ekanihutta paateen fonuva faaney mishel ga dhuvas dhuvvaalan konmes mishel biruveri vaguthu thakuga nurahkaa thakun eethange hivvarugadha kan medhu verikoh mishelga salaamei koddeythi mihaaru 5faharu sightah vadhevijje up veethaw balun. esfiyage roohakee mihaaru shootee anme bodah gina meehunge inthizaaru thiyaee pls pls pls story up kothee?????

  45. Ndmsjsnfn says:
    October 13, 2016 at 7:38 pm

    Awww? I feel sympathy for Ethan ? Alhe mi Alhaan gandu rulhi annan dhas kuree kon iraku? Yooly,Ethan,Mishel,her boyfriend and soozan ah dhera gotheh nahadhachey? AND story vrh reeeeeethiiiii? Masha Allah? Love you shooty and story??❤️?

  46. lam says:
    October 13, 2016 at 8:32 pm

    V reethe

  47. ::A:: says:
    October 13, 2016 at 8:45 pm

    GWS shooty.. Next part up kohdheyn vynu.. Story is just awesome

  48. Rsy says:
    October 13, 2016 at 8:56 pm

    VVVV reethi….
    Waiting…..pls avas kolachay….

  49. no one care says:
    October 13, 2016 at 10:43 pm

    reyga meega kohfa huri comments thah mi hoadhany.. adhi nikan ehchehi kiyaalan miulhuny rude koh ehchehi kiyaafa coment kohfa in konmes shiu eh tho meehakah 😛
    bt kan dhimaa kuri gothun e coment thakeh neh…
    gina ginain rom parts genesdheythi ingey.. aslu v feeel vaa kahala gothakah genesdheefa hury.. v v v v reethi ehnve <3

Comments are closed.

Next Episodeލޯބިވަން ޔާރާ އޭ 16←


All Right Reserved!