Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވާތީ ހިތަކު ލޯބި މަންމަންވެފާ 13

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
January 5, 2026 4 Mins Read
26 Comments

ކިޔުންތެރިންގެ ސަމާލުކަމަށް…

އެންމެ ފުރަތަމަ ކަމަކަށް ވެސް މިބައި ލަސްވީތީ، އަދި އެހެން ބައިތަކަށް ވުރެ މިބައި ކުރުވީތީ ކިޔުންތެރިންގެ ކިބައިން ނިހާޔަތައް މަޢާފަށް އެދެމެވެ. މި ހަފްތާ ފެށިގެން މިދަނީ އަޅުގަނޑަށް ވަރަށް ބިޒީކޮށް. ކޮލެޖްގެ އެސައިންމެންޓްތަކާއި ޓިއުޓޯރިއަލް ތަކުގެ އިތުރުން އަމިއްލަ ކަންކަމުގައިވެސް… އެހެންވެ ދެން އަޅުގަނޑު ކިހިނެތްތޯ ހަދަންވީ؟ އެއްގޮތަކީ އަޅުގަނޑު ފްރީ ވަންދެން ކުޑަ ބްރޭކެއް ނެގުން. އަނެއް ގޮތަކީ އަޅުގަނޑު ފްރީ ވަންދެން ކޮންމެ ބަޔަކު 500 ބަސް ހިމެނޭ ގޮތަށް ކުރުކޮށްލުން. ކުރު ކުރާ ނަމަ އިންޝާ ﷲ ކޮންމެ ދުވަހަކު ވެސް ބައެއް ގެނެސްދޭނަން. އަޅުގަނޑު ފްރީވުމުން އަލުން 1000 ބަހުގެ ބައިތައް ގެނެސް ދޭން ފަށާނަން…

އަޅުގަނޑު ކަން ކުރާނީ ގިނަ ކިޔުންތެރިންގެ ވޯޓު ލިބޭ ގޮތަކަށް. އެހެންވެ އެކުއްޖަކު ދެކޭ ގޮތް ކޮމެންޓު ކޮއްލުމަކީ އަޅުގަނޑުގެ އެދުމެއް 🙂

***

“އާނ ދެން އަހަރެން މިދަނީ. ދޭ މިއެއްޗެހި ހޫނުކޮށް ހުއްޓަ ލަޝްކާއަށް ކާން ދޭން” ގެއަަށް ދާން ތެދުވަމުން ޝަރަފް ބުނެލިއެވެ. “އާނ. ތޭންކްސް މޭން” ޝަރަފްއާއި ކޮނޑާއި ކޮނޑު ޖައްސާލަމުން ދާއިޔަލް ބުނެލިއެވެ.

(13 ވަނަ ބައި)

ދާއިޔަލް ކޮޓަރިއަށް ވައިން އިރު ލަޝްކާ އޮތީ ނިިދިފައެވެ. ނޫނީ ނިދާފައި ކަމަށް ހެދިގެންނެވެ. ލަސް ހިނގުމެއްގައި ގޮސް ދާއިޔަލް ލަޝްކާގެ އެނދު ކައިރީގައި އިށީނެވެ. “ހޭ… މިހުރީ ސަބްމެރީން… ލަޝްއަށް ވަރަށް މީރެއްނުން؟ ކާލައްޗޭ…” ދާއިޔަލްގެ ޖުމްލައަށް ލަޝްކާގެ އެއްވެސް ޖަވާބެއް ނުލިބުނެވެ. އިތުރު އެއްޗެއް ނުބުނެ ދާއިޔަލް ނިކުމެގެން ދިޔައެވެ.

ކިލާހަށް ވަދެގެންއައި ޒަވުލް ފެނި ހުރިހާ ކުދިން އެކުއްޖެއްގެ ގޮނޑީގައި އިށީނެވެ. “ހުރިހާ ކުދިން. އިނގޭނެ ކަންނޭނގެ ކުލާސް ނިންމާފަ މަޑުކުރަން މިބުނި ސަބަބު. ތިކުދިންނަށް ވެސް އިނގޭނެ. މި ކުލާސް ލަޝްކާ ގެއްލިގެން އުޅޭ ވާހަކަ. ލަޝްކާ ހޯދުމަށް ފުލުހުނަށް ތިކުދިންގެ ފަރާތުން ދެވޭނެ އެހީ އެއް އެބަ އޮތްތަ؟ ބުނަން މިއުޅެނީ އެކުއްޖަކަށް ލަޝްކާ އެންމެ ފަހުން ފެނުން ތަނާއި، ހުރިހާ އެއްޗެއް ކިޔައިދޭން…” ޒަވުލް ވާހަކަ ދެއްކިއެވެ.

“ހަމަ ރަނގަޅަށް އެވީ. މަށަށް ރަނގަޅީ ވެސް ދެން އެ ލަޝްކާ ނުފެނުނީއާ. ހަމަ ހުވާ މިކުރީ ލޮލަށް ފެނުނަސް ރުޅި އަރާ” ހަރަމް ބަނދެލައިގެން އިން ރަޝާ ބުނެލިއެވެ. ރަޝާއާއި އެއްބަސް ވުމުގެ ގޮތުން އޭނާ ގާތުގައި އިން އިނާރާ ބޯޖަހައިލިއެވެ.

“ސާރ. ލަޝްކާ ހޯދަން އުޅުމުގެ އެއްވެސް ބޭނުމެއް އަޅުގަނޑަކަށް ނުފެނޭ. އެ ލަޝްކާ އެއީ ދުވާލަކު ބިޓެއް ނަގައިގެން އުޅޭ ކުއްޖެއް. އެހެން ކޮންމެވެސް ސޮރަކާއި އެކީ ފިލީ ކަމަށް އެވާނީ” އަތް ހިއްލާލަމުން ރަޝާ ބުނެލިއެވެ. “ރަޝާ! ވާ ނުވާ ނޭނގި ލަޝްކާއާއި ދިމާލަށް ތިކަހަލަ އެއްޗެހި ނުކިޔާ. ފުލުހުން ޝައްކު ކުރަނީ ވެސް ކިޑްނެޕް ކޭސްއެއް ގޮތަށް” ޒަވުލް ހިތްހަމަ ނުޖެހިފައި ބުންޏެވެ.

ސަފިއްޔާގެ އުނގުގައި ބޯއަޅާލައިގެން އޮތް މީކައިލް އޮތީ ނިދިފައެވެ. ނަމަވެސް ސަފިއްޔާގެ ދެލޮލުން ހުއްޓި ނުހުރެ ކަރުނަ އަންނަމުން ދިޔައެވެ. ލޯބިވާ އަނބިމީހާ ހިތްހަމަ ޖައްސާލަން ބުނާނެ އެއްޗެއް ނޭނގިފައި އިން މިރުޝާލް އިނީ ބޯ ގޮވާ ހާލުގައެވެ. ފެނިގެން އެދިޔައީ ނުވަމަހާއި ނުވަ ދުވަހު ބަނޑުގައި ބާއްވާ ބަލާ ބޮޑު ކުރި ދަރިފުޅު ދަންޖެހި މަރުވާން އުޅުނު މަންޒަރެވެ. އެކަމުން ސަފިއްޔާ އަރައިގަންނާނީ ކިހިނެތް ހެއްޔެވެ؟

“ސަފިއްޔާ. އެއްޗެއް ކާލަން ދާންވީނުން؟” ބުނާނެ އެއްޗެއް ނޭނގިގެން މިރުޝާލަށް އެހުނީ އެހެންނެވެ. “ކާށޭ؟ މިރުޝާލް މޮޔަވީތަ؟ ނޫން. އަހަރެން ނުކާނަން. ނުކެރޭނެ މީކައިލް އެކަނި ކޮއްލާފަ ދާކަށް. ދެވަނަ ފަހަރު ކިހިނެތް އިނގެނީ ސަލާމަތް ކުރެވޭނެ ކަމެއް ވެސް…؟” އެހެން ހިތަށް އެރުމާއި އެކު ވެސް ސަފިއްޔާގެ މުޅި ހަށިގަނޑުގައި ހީބިހި ނަގައިގަތެވެ.

“އަހަރެން ވެސް މިހުރީނުން؟ މިހާރު އެޔޮށްގެން ހަވީރު ވަނީ. ހެނދުނުވެސް ރަނގަޅަށް ސައިވެސް ނުބޮއެ ތިހުރީ. ދޭ ސައިބޯން. އަހަރެން މިތާ މަޑު ކުރާނަން” މިރުޝާލް ބުނެލިއެވެ. މަޑުމަޑުން ބޯޖަހައިލަމުން ސަފިއްޔާ ނިކުމެގެން ދިޔައެވެ.

މަޑު ދުވެއްޔެއްގައި ގޮސް އެޒިކިއެލް ސައިކަލު މަޑުކޮށްލީ ރަށު އަތިރި މަތީގައެވެ. ޖީބަށް އަތް ޖަހައިލަމުން އޭނާ އަތިރި މައްޗަށް ފޭބިއެވެ. އޭރުވެސް އޭނާގެ ޙިޔާލުގައިވަނީ މިކްޔާއެވެ. މީހުންނަށް “ޕްރޭންކް” ކޮށް މަޖާކޮށް އުޅުމަކީ އެޒިކިއެލްގެ މިޒާޖެވެ. އެޒިކިއެލް ކުރާ ކަންކަމުން ރުޅި އަންނަ މީހުން ވެސް މަދެއް ނޫނެވެ. ނަމަވެސް މީހަކު ރޯތަން މިފެނުނީ އަލަށެވެ. އޭނާގެ ހިތަށް ތަފާތު ގޮތެއްވީ ކަމުގެ ސިއްރަކީ އެއީ ކަމުގައި ވެދާނެއެވެ.

ތަންކޮޅަކަށް ހިނގާލުމާއި އެކު ރާޅު ޖަހާ ހިސާބުގައި ހުރި އަންހެން ކުއްޖާ އޭނާގެ ލޮލުގައި އަޅައިގަތެވެ. ލައިގެން ހުރި ބެލްސު ކުޑަކޮށް ހިއްލާލައިގެން ހުރެ، އޭނާގެ ދޮން ފައި ވެލިގަނޑު ތެރެއަށް ކޮއްޕާލައިގެން ހުރި އިރު ގޮނޑުދޮށަށް ބިންދާލާ ރާޅުތައް އޭނާގެ ދޮން ފަޔަށް ބޮސް ދެމުން ދިޔައެވެ.

“މިކްޔާ؟…” ދުރުން ނަމަވެސް އޭނާ ފެނުމުން އެއީ މިކްޔާ ހެން އެޒިކިއެލް އަށް ހީވިއެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް އެ އަންހެން ކުއްޖާ ކައިރީ ހުއްޓުނީ އެހެން ވެގެންނެވެ. “މިކްޔާ؟…” އެޒިކިއެލް ގޮވާލުމާއި އެކު މިކްޔާ ބަލައިލިއެވެ. މިކްޔާގެ ދެލޮލުގައި ބޮނޑިވެފައިވީ ކަރުނަތައް ފެނި އެޒިކިއެލްއަށް ހިންދިރުވާލެވުނެވެ.

“އަނެއްކާވެސް މަލާމަތް ކުރަންތަ ތިއައީ؟” މިކްޔާގެ ކުރަކިވެފައިވީ އަޑު އިވުމާއި އެކު އެޒިކިއެލްގެ ހިތް މަރުވިއެވެ. އަންހެން ކުއްޖަކު އެހާ ވޭނާއި އެކު ވާހަކަ ދެއްކި އަޑުވެސް އެޒިކިއެލް އަށް މި އިވުނީ އަލަށެވެ. “ނޫން… ހާލު ބަލާލަން… ބޭނުންތަ ވާހަކަ ދައްކާލަން؟” މިކްޔާއާއި ދިމާލަށް ބަލަން ހުންނަން އެނާއަށް ކެއްނުވުމުން ކުރިމަތީގައި އޮތް މާސިންގާ ކަނޑާއި ދިމާލަށް އެޒިކިއެލްގެ ނަޒަރު ހުއްޓާލިއެވެ.

“ހޫމް. ބޭނުން. އެކަމަކު ދުނިޔެއިން މީހުން ހުސްވިޔަސް އަހަރެން ކަލެއަކާ އެވާހަކަތަކެއް ދައްކާކަށް ނެތިން” ހިނގައިގަންނަމުން މިކްޔާ ބުންޏެވެ. ނަމަވެސް އޭނާއަށް ދެވުނީ ތަންކޮޅަކަށެވެ. މިކްޔާގެ އަތުގައި ހިފާ ގެނެސް އޭނާގެ މެޔާލާ ބޮނޑިކޮށްލިއެވެ.

“މިކްޔާ… ހެޔޮނުވާނެ. އަމިއްލަ ނަފްސައް ތިހެން އޮޅުވާ ނުލާބަލަ. ހަގީގަތާ ކުރިމަތި ލާބަލަ. ކަރުނަތައް ހިންދަހައްޓައިގެން ނުހުރެ ބޭރުކޮށްލަބަ. އަމިއްލަ ނަފްސަށް ތިހާ އަނިޔާވެރިވާން ހެޔޮނުވާނެ…” މިކްޔާގެ ބޮލުގައި ފިރުމަމުން އެޒިކިއެލް ވާހަކަ ދެއްކިއެވެ.

ކުޑަ ހިނދުކޮޅެއް ތެރޭގައި މިކްޔާގެ ލުއި ގިސްލުމުގެ އަޑު އިވެން ފެށިއެވެ. މިކްޔާ މަޑުމަޑުން އަތް ހިއްލާލަމުން އެޒިކިއެލް ލައިގެން ހުރި ފުލުސް ޔުނީފޯމުގައި ހިފާލިއެވެ. އެޒިކިއެލް ކުރިއަށް ވުރެ ވެސް ބޮޑަށް މިކްޔާ މެޔާލާ ބޮނޑިކޮށްލިއެވެ. “މްމްމް… ހިތް ފުރެންދެން ރޯލާ. ތި ހިތަށް ހަމަ ޖެހުން ލިބޭނީ އޭރުން…” އެޒިކިއެލް މަޑުމަޑުން ބުނެލިއެވެ.

ރީނދޫ ކުލައިގެ ވަށް ބޯޅައެއްފަދަ އިރު އޮއްސުނީ އެޒިކިއެލް އެދިމާލަށް ބަލަން އިންދައެވެ. އިރުގެ ރަން ދަޅަތައް މާސިންގާ ކަނޑަށް އެޅިފައިވީ އިރު ކަނޑުގެ ލޮނުގަނޑުގެ ކުލަވެސް ބަދަލުވެފައިވާ ފަދައެވެ. އެޒިކިއެލްގެ ކޮނޑުގައި ބޯއަޅާލައިގެން އޮތް މިކްޔާ އެއްވެސް އެއްޗެއް ނުބުނެ އިންނަތާ ވެސް މިހާރު ވީހާއިރެއް ވެއްޖެއެވެ. ނޭފަތް ދަމާލަމުން ކޯތާފަތުގައި ހުރި ކަރުނަތައް މިކްޔާ ފުހެލިއެވެ. އަދި ކޮޅަށް ތެދުވިއެވެ.

“ދެން ދޭ. އަހަރެން ގޮވައިގެން މިތާގަ ތިހެން އިންދަ މީހަކަށް ފެނުނީއާ އެޒިކިއެލްގެ ރެޕިއުޓޭޝަން ހަލާކު ވާނީ” ދުރުބަލައިލަމުން މިކްޔާ ބުނެލިއެވެ. “ހެހެ. އަހަރެން މިތާ އިންނަތާ މިހާރު ގަޑިއެއްގެ އިރަށް ވުރެ ގިނަ އިރު ވީ” އަތު ކުރީގައި އޮތް “އެޕަލް ވޮޗް” އިން ގަޑި ބަލައިލަމުން އެޒިކިއެލް ބުންޏެވެ. “ހަމަ މިހާރުން މިހާރުތަ ދެން އަހަރެންގެ ރެޕިއުޓޭޝަން ހަލާކު ވަނީ؟ އެހެން ނޫނަސް އަހަރެމެން ކޮއްގެން ނުވާނެ ވަރު ކަމެއް ނުކުރަން. އަހަރެން މިއަދު މިތާގަ މީނީ މިކްޔާއަށް އެހީގެ އަތެއް ދިއްކޮއްލުމަށް”

އެޒިކިއެލްގެ ވާހަކަ އިވި މިކްޔާގެ ހިތަށް ފިނިވިއެވެ. “ތޭންކްސް…” މިކްޔާ ހިނިތުންވެލަމުން ޝުކުރު އަދާ ކުރިއެވެ. “ހެހެ. ވެލްކަމް. ދެން ހިނގާ ގެއަށް. އަހަރެން މިކްޔާ ގެއަށް ގެންގޮސް ދޭނަން” ވެލިގަނޑުމަތިން ތެދުވެ، ވެލިތައް ފޮޅާލަމުން އެޒިކިއެލް ބުނެލިއެވެ.

(ނުނިމޭ)

ސާދަވަނަބައިގެ ތެރެއިން:

“މީ ހުސް ކަލޭގެ ކަންތަކޭ! ކަލެއަށް އޭނަ ރަނގަޅަށް ބެލުނު ނަމަ މިހުރިހާ ކަމެއް ނުވީހެއްނުން؟” ދަތްކުނޑިވިކައިލަމުން އިމްރާން ބުންޏެވެ. އޭރު އޭނާ ހުރީ ރުޅި އައިސްގެން ފަޅައިގެން ދާވަރުވެފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ހިތް ކަލާއަށް އެދޭތީ 3

Next

އަބަދުވޭ ހިތުގާ މަގޭ 2 (11)

Next
January 5, 2026

އަބަދުވޭ ހިތުގާ މަގޭ 2 (11)

Previews
January 5, 2026

ހިތް ކަލާއަށް އެދޭތީ 3

26 Comments!

  1. Shiu says:
    January 5, 2026 at 2:03 pm

    Mi part vx varah Reethi Masha Allah…
    It’s Okay Shiherr, ☺️ Komme bayaku 500 words Inna gothah alhugandah ok, Ekam Shiherr ah faseyha vaa gothakah vaahaka genesdhineema ok vaane🙂
    Rashaa keevve tha Lashka dheke Ehaa rulhi annanee??? Meekail ah dua ah vure Rangalhu kujjeh Adhi libeyene IA, Mikya E ronee Meekail dhan jehen ulhuneema dhw?? Ezikiel furathama faharah Mikya ah heyo kameh kohdheefi, hehehe 😅 When Next?? Curiously waiting for the next part.. Appreciate your hard work 🥰💗
    Lysm Shiherr 🤍

    1. shihaamaa ali shihaamaa ali says:
      January 5, 2026 at 7:35 pm

      Jazaakallah khairan dearr🫶🏻 hehe labba🥰
      Rashaa aslu Lashka dheke rulhi annany kyhve ingeyne adhi fahun.. yesyes in sha allah adhi libeyne.. haha dhww😂😂 next episode in sha allah soon.. jazaakallah khairan again.. ilyt🤍🥀

  2. Oreo gurll says:
    January 5, 2026 at 2:06 pm

    Hi Shiherrr! Remember me? I won’t really blame you even if you don’t cux i vanished out of no where dhww… But bunelan othee, even if i dont comment komme dhuvahaku vx, i always read ur stories ingey. I js couldn’t midhiya days cux a lot was going on and i wasn’t at a good condition.
    Anyways, varah varah reethi mhr thi liyaa story!! im soo amazed by ur skills honestly. This current one is sooooo my type <3 and i wish u the best! always.
    if you're busy these days.. maybe take a break? I can wait until ur free. Cux yk abadhuvx bunan dhw ur health is the most important ey.. maa busy vaan hadhaigen kameh vejjiyyaa i can't forgive myself. so take a break until ur free! alr? dont pressure urself too much. we readers are always with youuu!
    Lysm Shiherr. Take care. and go ace those assignments and tutorials! You can do it IA <3
    All the best wishes from meeee

    1. shihaamaa ali shihaamaa ali says:
      January 5, 2026 at 7:37 pm

      Heyyyy dearr.. hehe no no ofcxxx i remember you.. its okay.. sometimes in life everyone needs a little break.. or one day you will be actually drained.. mentally hama ekyga halaak vaanee.. don’t do that to yourself ingey.. ever..
      Break nagan aslu shihaa beynun nuvany dhn i think next month hen free vefa lanyyaa leveynee.. adhi its the first week of the month.. thats why dhw.. jazaakallah khairan dear.. ilyt🤍🥀

  3. Shaba_73 says:
    January 5, 2026 at 2:17 pm

    Mi part vx vrh reethi MA!!
    Mikya and ezikiel gulhuvahchey
    there both are made for each other ❤️
    Meekail dhen Ehkala kameh nukurahchey plss 🙏
    Rasha vx dhw vrh foohivey.. 😒
    500 words ok 👍…
    ✨ I appreciate your hard work ✨
    Curiously waiting for the next part when’s next??
    Lyyy ❤️

    1. shihaamaa ali shihaamaa ali says:
      January 5, 2026 at 7:38 pm

      Jazaakallah khairan dear… hehe lets see dhw who ends up with whoo… hehe lets see dhw.. aslu vess shihaa vess vrh foohivey.. bigggg jazaakallah khairan.. lyt next in sha allah soon🤍🥀

  4. ^-^ says:
    January 5, 2026 at 3:21 pm

    500 words okk
    I really appreciate your hard work shiherr
    Lysm💝💝

    1. shihaamaa ali shihaamaa ali says:
      January 5, 2026 at 7:39 pm

      jazaakallah khairan.. lyt🤍🥀

  5. Anonymous says:
    January 5, 2026 at 3:41 pm

    Mi part vx vrh reethi Masha Allah
    500 words would be OK
    Curiously waiting for the next part when’s next??

    1. shihaamaa ali shihaamaa ali says:
      January 5, 2026 at 7:39 pm

      jazaakallah khairan.. lyt in sha allah next soon🤍🥀

  6. Shishashu says:
    January 5, 2026 at 3:57 pm

    I vot for 500 words

    1. shihaamaa ali shihaamaa ali says:
      January 5, 2026 at 7:40 pm

      🤍🥀

  7. Your fav bab Your fav bab says:
    January 5, 2026 at 4:20 pm

    It’s okey! Just take ur time…
    I prefer 500 words! Kithanme kuru viyas I just want konme dhuvahaku ep eh kiyaalan.. Hehe..
    Mi part ves vrh reethi MA!
    Ngl but mikya and ezikiyal are so cute together💗
    The way how ezikiyal is comforting mikya😊😊 just gives off lovely couple vibes!!!!
    When next?
    Ly💗 AND MAKE SURE TO TAKE CARE OF YOURSELF!!!

    1. shihaamaa ali shihaamaa ali says:
      January 5, 2026 at 7:41 pm

      Hehe jazaakallah khairan… hehe dhww asluvess vrh loabi ma sha allah.. in sha allah next soon.. take care of yourself, too.. ilyt🤍🥀

  8. Nayaa says:
    January 5, 2026 at 4:51 pm

    500 words rangalhu vaane but shiherr ah fasyha gothakah ☺️

    1. shihaamaa ali shihaamaa ali says:
      January 5, 2026 at 7:41 pm

      🤍🥀

  9. Aisherr says:
    January 5, 2026 at 6:23 pm

    500 words 👌

    1. shihaamaa ali shihaamaa ali says:
      January 5, 2026 at 7:41 pm

      🤍🥀

  10. Lil missy says:
    January 5, 2026 at 6:45 pm

    500 words ekm hama shiherr ah faseyha gotheh

    1. shihaamaa ali shihaamaa ali says:
      January 5, 2026 at 7:42 pm

      🤍🥀

  11. 🤍🥀 says:
    January 5, 2026 at 9:37 pm

    Heyyy Schi_Her🤍🥀
    MaShaAllah🤍🤍The story is so beautiful….May Allah Bless You with all your Duas be true…InShaAllah🤍🥀 When s, the character I told you coming??I’m so proud of DaaiYal Cuz He ‘x helping Herr…& So so sorry for MikYer But I think She’s fallen for that boy!!You can write 500 words for the story..
    Lysxxxxm
    Tc of Yourself 🫶🤍🥀
    🤍🥀

    1. shihaamaa ali shihaamaa ali says:
      January 7, 2026 at 7:24 pm

      Hey…. in sha allah… she will come a bit later in the story.. hehe ya..
      Lyt, tc 2🥀

  12. Anonymous says:
    January 5, 2026 at 10:34 pm

    Varah reethi mi part
    I vote for 500 words

    1. shihaamaa ali shihaamaa ali says:
      January 7, 2026 at 7:24 pm

      Jazaakallah khairan🥀

  13. Me says:
    January 7, 2026 at 10:27 am

    So how’d you decide??

    1. shihaamaa ali shihaamaa ali says:
      January 7, 2026 at 7:25 pm

      @all…. i will be uploading 500+ ge episodes starting wednesday… i want sometime to write the next couple of episodes..

Comments are closed.

Next Episodeވާތީ ހިތަކު ލޯބި މަންމަންވެފާ 15 & 16←


All Right Reserved!