“..ދެލޯ ބޮޑުކޮށްގެން ބަލާނެ ކަމެއްނެތް!..” ޞަފިއްޔާ އަމުރުކުރިއެވެ. “..ކަލޭ އަމާ ހިނގި މަގުން ހިނގިޔަކަ ނުދޭނަން! އަންނަ ހަފުތާގައި ޖެހޭނީ ފައިރޫޒާ އިންނަން!..” ނިހާގެ ދެލޯ އިހުނަށްވުރެ ބޮޑުވިއެވެ. ދައްތަ އެފަދަ ނުބައި ވިސްނުމެއް ވިސްނީ ކީއްވެގެން ބާއެވެ؟ ކުއްލިއަކަށް ދައްތަގެ ވިސްނުން ބަދަލުވީ ކީއްވެގެން ހެއްޔެވެ؟ އެސުވާލުތައް ހިތަށް އެރުމާއެކު ޖަވާބުވެސް ނިހާއަށް ލިބުނެވެ. އެއީ އިލްހާމްގެ ނުބައި ރޭވުމަކަށް ނޫނީ ނުވާނެއެވެ. “..ނޫން ދައްތާ!..” ނިހާ އެސްފިޔަތައް ތިރިކޮށްލަމުން ބުންޏެވެ. “..ދައްތައަށް އެނގޭނެ އަހަރެން […]
އިލްހާމް ސިކުނޑީގައި ކަންތައްތައް ރާވާލަމުން ނަޒީލަށް އެންގީ މައްޗަށް ދިޔުމަށެވެ. އިލްހާމް ފުންނޭވާއެއް ދޫކޮށްލަމުން ފަހަތަށް އެނބުރުނުއިރު ދޮރުމަތީގައި ހުރި ފައިރޫޒް ފެނުމާއެކު އޭނާގެ މޫނުމަތި ބަނަވެގެން ދިޔައެވެ. ފައިރޫޒްއާ އެކު އިތުރު ދެފުލުހަކުވެސް ހުއްޓެވެ. އިލްހާމް ވަގުތުން ހަމަޖެހިލައި، މޫނުގެ ކުލަވަރު ބަދަލުކޮށްލިއެވެ. އޭނާގެ މޫނުމަތީގައި ހިތާމަވެރި ތަސްވީރެއް ކުރަހާލި ކަހަލައެވެ. “..ދަރިފުޅާ! މަގޭ ނިހާ ފަކީރު ދުވަސް ދުއްވާލައިފި..” އިލްހާމްގެ އަޑުގައި ހުރީ މަޑުމޮޅިކަމެވެ. އިލްހާމް ބާރަށް ގޮސް ފައިރޫޒް ގައިގާ ބައްދައިގަތެވެ. ފައިރޫޒް […]
ނިހާއަށް ގޮވަމުން އުއްޑުން ޖަހާލުމާއެކު ކަރު ދަށުގައިވާ ވަކީގެ ނިޝާންތައް ފެނުނެވެ. ނިހާއަށް ގޮވާގޮވާ ހަބަރެއް ނުވުމުން ނިހާ ނޭވާލާތޯ ބަލާލިއެވެ. ނިހާ ނޭވާނުލާހެން ހީވުމާއެކު ނިކާލްގެ ވަށައިގެން މުޅި ދުނިޔެ ބާރަށް އެނބުރި ގަތްހެން ހީވިއެވެ. އެއްވެސް އިޚްތިޔާރަކާ ނުލާ އޭނާގެ ދެ ލޮލަށް ކަރުނަ ޖަމާވެގަތެވެ. އިންޝާ ފެންވަރައި ލައިގެން ނުކުތް އިރު ނަޒީލް ފެންނާކަށް ނެތެވެ. ރޫ ޖެހިފައިވާ އެނދުމަތި ފެނުމާއެކު އޭނާގެ ހަނދާނަށް އައީ ރޭގެ ހާދިޘާއެވެ. އެ އެނދުމަތިން ލިބުނު […]
ނިހާގެ ކޮޓަރިން ދުންގަނޑު ނުކުމެގެން ގޮސް ނަޒީލްގެ ކޮޓަރިއަށް ވަނެވެ. ކުއްލިއަކަށް އެކޮޓަރި ދޮރު ހުޅުވިގެންދިޔައެވެ. ހަމައެކަނި ދޫ ބޮކްސާއެއް ލައިގެންހުރި ނަޒީލް ނުކުތެވެ. ވިހަ ހިނިތުންވުމެއް ވެރިކޮށް ލައިގެން ހިނގަމުން ގޮސް ނިހާގެ ކޮޓަރި ދޮރު މައްޗަށް ހުއްޓުނެވެ. ކޮޓަރި ދޮރު ހުޅުވާލިއެވެ. ނިހާ އޮތީ އަރާމު ފުން ނިންޖަކުން ނިދާލައިފައެވެ. ކޮޓަރިއަށް ވަނުމަށް ފައި އަޅާލި ވަގުތު މީހެއްގެ ހިޔަންޏެއް ފެނުނުހެން ނަޒީލަށް ހީވިއެވެ. ނަޒީލް އެނބުރި ބަލާލިއެވެ. ނަޒީލަށް ފާރަލަމުން އައި ދީޕިކާ […]
ހަވީރުގެ ވަގުތެވެ. އިންޝާހުރީ ނިހާގެ އިންތިޒާރުގައެވެ. ނިހާގެ ކޮޓަރިއަށް މީހަކު ވަތް ވާހަކަ ނިކާލް ބުނިފަހުން އޭނާ ދެފައި އެއްތާކު ނުޖަހައެވެ. އިރުއިރު ކޮޅާ ގަޑި ބަލާލައެވެ. ބޭރަށް ނުކުމެ މަގުމަތިވެސް ބަލާލައެވެ. 04 ޖަހާއިރު ނިހާގެ ޑިއުޓީ ނިމޭނެއެވެ. 05 ޖެހި އިރުވެސް ނިހާ ގެޔަށް ނައުމުން އޭނާ ކަންބޮޑުވިއެވެ. އިންޝާ ގޯތި ތެރެއަށް ނުކުތެވެ. ނިހާ މައިގޭޓުން ވަންތަން ފެނިފައި އޭނާގެ ފިޔަވަޅުތައް ހަލުވިކޮށްލިއެވެ. އޭނާ ގޮސް ނިހާގެ ގައިގާ އޮޅުލައިގަތެވެ. އިންޝާގެ ކަންބޮޑުވުން […]
އިންޝާއަށް ހޭލެވުނުއިރު ނަޒީލް ދޮރު ކަހާލައިފައި އެތެރެއަށް ވަންނަނީއެވެ. އިންޝާ މޯޅިއަކަށް ދެމިލަމުން ނަޒީލަށް ގޮވާލުމާއެކު ނަޒީލް ހުއްޓުން އެރިއެވެ. ދެން އިތުރަށް އެންމެ ފިޔަވަޅެއްވެސް ކުރިޔަކަށް ނޭޅިއެވެ. ފަރާތަކަށް ބަލާވެސް ނުލިއެވެ. ހީވީ ހުރިތަނަށް ގާވިހެންނެވެ. އިންޝާ ގޮވާލިއެވެ. ނަޒީލް އެއްވެސް ހަރަކާތެއް ނުކުރިއެވެ. އިންޝާ ތެދުވިއެވެ. ނަޒީލްގެ ގައިގައި އަތްޖައްސާލުމާއެކު ކަނޑާ ވައްޓާލި ރުކެއްހެން ހުރިތަނަށް ދެމުނެވެ. އިންޝާ ހާސްވެގެން ނަޒީލަށް ގޮވަމުން މޫނުމަތީގައި ތަޅަންފެށިއެވެ. ފެން ފުޅި ނަގައި މޫނަށް ފެންބުރުވާލިއެވެ. ލޯ […]
“..ނިކާލް ނިހާދެކެ ލޯބިވޭތަ؟..” ޞަފިއްޔާ ފުރަތަމަވެސް ކޮށްލީ ސުވާލެކެވެ. ނިކާލް ހައިރާންވެފައި ޞަފިއްޔާގެ މޫނަށް ބަލަހައްޓައިގެން އިނެވެ. “..ދަރިފުޅު ނިހާދެކެ ލޯބިވޭތަ؟..” ނިކާލްގެ ޖަވާބެއް ނުލިބުމުން ޞަފިއްޔާ ސުވާލު ތަކުރާރުކޮށްލިއެވެ. ނިކާލް މަޑުމަޑުން ތެދުވިއެވެ. ޞަފިއްޔާ ގާތަށް އައިސް ދެކޮނޑުގައި ހިފަހައްޓާލިއެވެ. ފަރުވާތެރިކަމާއެކު ޞަފިއްޔާގެ މޫނަށް ބަލާލިއެވެ. ޞަފިއްޔާ ކަމަކާ ފިކުރުބޮޑުވެފައި ހުރިހެން ނިކާލަށް ހީވިއެވެ. “..ކިހިނެއްވީ މަންމާ..” ނިކާލް ބުނެލިއެވެ. “..ހާދަ ފިކުރު ބޮޑުވެފަ.. ކަމެއްވީތަ؟.” “..ކަމެއް ނުވޭ..” ޞަފިއްޔާ ދިނީ ކުރު ޖަވާބެކެވެ. “.. […]
ދަންވަރުގެ ވަގުތެވެ. ގަޑިން 02 ޖެހީއެވެ. ނިކާލް އޮތީ އުއްޑުން އޮށޯވެލައިގެންނެވެ. ނިތްކުރިމަތީގައި އަތްބާއްވާލައިގެން އޮތުމުން ބޮޑު ފިކުރެއްކުރަނީހެން ހީވެއެވެ. ރޭގަނޑުގެ ނިދި ނަގައިލާފައި އޭނާ ވިސްނަމުން އެދަނީ ކޮންކަމަކާ ހެއްޔެވެ؟ އެއްވެސް ހިޔާލެއް ފިކުރެއްނެތި ދިރިއުޅެމުން އައި ނިކާލްއަށް ޔަޤީނުންވެސް ބޮޑުކަމެއް ވެއްޖެއެވެ. ވީކަމެއް ވީ އޭނާގެ ނުކިޔަމަންތެރި ހިތަށެވެ. ނިކާލް އެތަށް ފަހަރަކު އެހިތަށް އަމުރުކޮށްފިއެވެ. ހަމަޖެހިލައިގެން ނިދިޔަދޭށެވެ. ނަމަވެސް ފައިރޫޒްގެ ސައިކަލު ފަހަތަށް ނިހާ އެރި ހިސާބުން ފެށިގެން އެހިތުގެ ހަމަޖެހުން ވަނީ […]
ސަފީނާގެ އަތުން ބާރު ދޫވެ، ފޮތިގަނޑުން އަތްދޫވިއެވެ. ސަފީނާގެ ކަރަށް މަޅި ބާރުވެގެންދިޔައެވެ. މޫނު މައްޗަށް ލޭއަރައި ނޭވާ ހާސްވިއެވެ. ސަފީނާ މަރަށް ތެޅެންފެށިއެވެ. ނިހާއަށް ހަދާނެ ގޮތެއް ނޭގުނެވެ. ސަފީނާގެ ފައިކޮޅުގައި ބައްދައިގަނެ، އުފުއްލާލަން ނިހާ މަސައްކަތްކުރިއެވެ. ނަމަވެސް ކުޑަކުޑަ ނިހާގެ ގައިގާ ސަފީނާ ހިއްލާލެވޭނެހާ ބާރެއް ނެތެވެ. ސަފީނާގެ ހަރަކާތް ހުއްޓުނެވެ. ސަފީނާގެ ފައިތަޅުވަމުން، ވަރަށް ގިނައިރުވާންދެން ނިހާ ގޮވިއެވެ. ރޮމުން ގިސްލަމުންނެވެ. ނަމަވެސް ސަފީނާ އޭރުވަނީ މިފަނާވަނިވި ދުނިޔެއާ އަލްވަދާޢު ކިޔާފައެވެ. ނިހާ […]