އިލްހާމް ހުރީ އިންތިހާއަށް ރުޅިގަދަވެފައެވެ. ފެނުނު މަންޒަރާއި އިވުނު އަޑުތައް ޤަބޫލުކުރަން ދަތިވެފައެވެ. ނިކާލް އެފަދަ މޮޔަކަމެއް ކުރީތީ އަންތަރީސްވެއްޖެއެވެ. މި ދުނިޔެއިން ނިހާ ނޫން ކުއްޖެއް ނިކާލްއަށް ނުފެނުނީ ހެއްޔެވެ؟ އިލްހާމް ފާހާނާއަށް ވަދެ މޫނު ދޮވެލިއެވެ. ބާލުޙާނާއަށް ނުކުމެ ދެތިން ސިނގިރޭޓް ހުލިކުރިއެވެ. އެވަރުންވެސް ހިތްހަމަޖެހޭ ގޮތެއް ނުވިއެވެ. ނިކާލްއާ ނިހާ ގުޅުން އެއީ އޭނާ އެއްގޮތަކަށްވެސް ޤަބޫލުކަމެއް ނޫނެވެ. ހުވަފެނަކުންވެސް އެފަދަކަމެއް ފެންނާކަށް އޭނާ ނޭދެއެވެ. ސަފީނާގެ މަރަށްފަހު، ނިހާ އެގެޔަށް ގެނައީވެސް […]
ނިހާ ރޮއެ ގަތެވެ. އެމީހާގެ އަތުގައި ދަތް އަޅައި، އަތްދަށުން ވީއްލިގަތެވެ. ނިހާ ދުވެފައި ގޮސް ހޮޅުއަށި ދަށަށްވަދެ ފިލިއެވެ. އެމީހާ ހޮޅުއަށި ކައިރިއަށް އަޔެވެ. ނިހާގެ ހިތްހީވީ މޭ ފަޅާފައި ނުކުމެދާނެ ހެންނެވެ. ކުއްލިއަކަށް ޖެހި ބާރު ގުގުރީގެ އަޑާއެކު މުޅި ކައުނު އެކީގައި ދިއްލިގެންދިޔައެވެ. އެމީހާގެ ފައިކޮޅު ވަރަށް ރީއްޗަށް ނިހާއަށް ފެނުނެވެ. އެ ފައިތިލައިގައިވާ 06 އިނގިއްޔެވެ. މީހަކު ނިހާގެ ކޮނޑުގައި އަތް ޖައްސާލަމުން ގޮވާލުމާއެކު ނިހާއަށް ސިހިފައި ހޭލެވުނެވެ. އޭރު މުޅިމީހާވަނީ […]
******12 އަހަރުފަސް***** ހެނދުނު ވެހެންފެށި ވާރޭ ހުއްޓާލީ އިރުއޮއްސެން ކައިރިވެފައިވަނިކޮށެވެ. މަގުމަތީގައި ދުއްވާ އެއްޗެހި މަދެވެ. ހިނގާބިގާވެ އުޅޭ މީހަކު މަގުންވެސް ނުފެނެއެވެ. “ސުނޯހައުސް” ގޭގެ ސެކިއުރީ ބަލަހައްޓަން އިން މީހާއަށްވެސް އިނީ ނިދިފައެވެ. ރަތް ކުލައިގެ ކާރެއް ސުނޯހައުސް ކުރި މައްޗަށް މަޑުކޮށްލިއެވެ. އިލްހާމް ލޯގަނޑު ތިރިކޮށްލުމަށްފަހު ސެކިއުރިޓީ ގާޑަށް ބަލާލިއެވެ. އިލްހާމް ދެލޯ ވައްކޮށްލަމުން ދެތިން ހަތަރުފަހަރު ބަރުގޮނު އަޅާލުމާއެކު އެމީހާ ތެޅިގަތެވެ. ލިބުނު ސިހުމާއެކު އޭނާ ގޮނޑިން ނުވެއްޓުނީ ކިރިޔާއެވެ. ޖެހިގެން އިން […]
(މިއީ ހަޤީޤީ ހާދިޘާތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީވާހަކައެކެވެ.) ސަފީނާ އިނީ ކޮޓަރީގައެވެ. އެނދުގައި އިށީނދެލައިގެން، ފާރުގައި ލެނގިލައިގެންނެވެ. ސަފީނާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. ދެލޮލުގައި ދިރުމެއްނެތެވެ. މޫނުމަތި ވަނީ މިލާ މޯޅިވެފައެވެ. ލޮލުގެ ހިމަކޮޅުން ކަރުނަ ފައިބަމުން ދިޔައެވެ. ކޮންމެސްކަމަކާ ފިކުރުކޮށް ހިތާމަކުރަނީކަން ޔަޤީނެވެ. އެކަން ދެނަހުރި މީހަކު މިދުނިޔެމަތީގައި ހުރިހެނެއް ހިޔެއްނުވެއެވެ. “..ދެން މިކަންތައް އިސާހިތަކު އެންމެނަށް އެނގިދާނެ.. އޭރުން ދެން އަހަރެން..” ސަފީނާ ކޮއްޅަށް ތެދުވެ، ބަނޑުގައި އަތް ޖައްސާލަމުން ލޯމަރާލިއެވެ. ފިރިމީހާ […]
އަހަރެންނަށް އާދެވުނު ރުޅީގައި ފޯނު ނަގާ ފާރާދިމާއަށް ހޫރާލެވުނެވެ. އެއްވެސް ވިސްނުމެއް ނެތިއެވެ. އެހާވެސް ބޮޑަށް އަހަރެން ހުރީ ބިޓު ދެކެ ރުޅިއައިސްފައެވެ. އެހެން ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. އަހަރެން އެހާ ގިނަ އިރު އިންތިޒާރުގައި އިނުމުންވެސް އޭނައަކަށް އަންނާކަށް ނޭނގުނެވެ. އަހަރެން އެނދުމަތީގައި އޮށޯވެ މޫނުމަތީގައި އަތް އަޅާލީ ހިތުގައިވާ ރުޅިގަނޑު ކުޑަކޮށް ފިނިކޮށްލުމުގެ ބޭނުމުގައެވެ. އެހެން އޮންނަތާ ދެމިނެޓެއްހާއިރު ފަހުން އަހަރެންނަށް އަޑެއް އިވެން ފެށިއެވެ. އެއީ ރުއިމެއްގެ އަޑެވެ. ފުރަތަމަ އަހަރެން […]
ލާރާދިޔުމާއެކު ޖީބުގައި އޮތް ފޯނުނަގައި ޝާއިލްއަށް ގުޅާލީމެވެ. ނަމަވެސް އޭނާ ފޯނެއްނުނެގިއެވެ. ފަތިސް ނަމާދުކުރަން ޝާޢިލް ތެދުވާނެކަން އަހަރެންނަށް ޔަޤީނެވެ. އެހެންކަމުން ފޯން ނެގުމަށް އެދި މެސެޖެއްކޮށްލުމަށްފަހު ގުޅާލީމެވެ. ދެތިން ރިންގ ވުމާއެކު ޝާޢިލް ފޯންނެގިއެވެ. އޭނާހުރީ ބިރުގެންފައެވެ. އޭނާއަށް ހީކުރެވިފައިވަނީ ހަމަ ހަޤީޤަތުގައިވެސް އަހަރެންނާ ފުރޭތައެއް އަވަލީކަމަށެވެ. ބިރުގެންފައި ހުރިވަރުން ހާސްވެގެން ވާހަކަ ނުދައްކާ ފޯން ބާއްވަންވެސް އުޅުނެވެ. ނަމަވެސް އަހަރެން ހުރިހާ ވާހަކަތަކެއް ކިޔާދިނުމުން އޭނާ ހަމަޔަކަށް އެޅުނެވެ. އަހަރެން ހޭނެތުން ވަގުތު އިބްރާހީމްބެގެ […]
ޖެހިގެން އައި ދުވަހު އިބްރާހީމްބެ އައުމުގެ ކުރިން އަހަރެން ބެހެއްޓީ ކޮޓަރީގެ ކުޑަދޮރުގެ ތަންޑު ނައްޓުވާލާފައެވެ. އިބްރާހީމްބެއާއި އޭނާ ގެނައި ކުދިންކޮޅު ކިޔަވަންފެށިތާ 10 ވަރަކަށް މިނެޓްފަހުން އަހަރެންނާއި ޝާއިލް ގެ ފުރަގަހުންގޮސް އެދޮރު ކައިރި ހުއްޓިލީމެވެ. އޭރުވެސް ކޮއްކޮގެ ގިސްލުމުގެ އަޑުއިވެއެވެ. އަހަރެން މަޑުމަޑުން ކުޑަދޮރު ފޭކޮށްލީމެވެ. އަދި ކޮޓަރި ތެރެ އެއްލޮލުން ބަލާލީމެވެ. ނަމަވެސް އެއްވެސް މީހެއް ނުފެނުމުން ތަންކޮޅެއް ބޮޑަށް ދޮރު ހުޅުވާލީމެވެ. އެވަގުތު “އެފުރޭތަ” ފެނިފައި އަހަރެންގެ ހެޔަށްގޮތްވެގެން ދިޔައެވެ. ޝާއިލް […]
އަހަރެންނަށް އިވެމުން ދަނީ ކޮއްކޮގެ އަޑެވެ. އެހީ އަކަށްއެދި ކޮއްކޮ ހަޅޭލަވާ އަޑެވެ. މަންމަ އަށާއި ބައްޕައަށް އަދި އަހަރެންނަށް ގޮވަމުން ރޯ އަޑެވެ. ކައިރިނުވުމަށް އެދި އާދޭސް ކުރަމުން ގިސްލާ އަޑެވެ. އަހަރެންނަށް އެއަޑުތައް ސާފުކޮށް އިވެއެވެ. އަޑުއިވެނީ ކޮޓަރި ތެރެއިންނެވެ. އަހަރެންނާއި މަންމަ އާއި ބައްޕަ ތިބީ ކޮޓަރިން ބޭރުގައެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ. ކޮއްކޮއަށް އެހީތެރިވުމަށް އަހަރެންގެ ހިތާ ސިކުނޑި ބުނަމުންދިޔައެވެ. ނަމަވެސް ހިތްވަރުކުރީމެވެ. އެކޮޓަރިއަށް ނުވަދެ ހުރެވޭތޯއެވެ. ކޮއްކޮގެ […]
ގަޑިން މެންދަމު ބާރަ ޖެހީއެވެ. ނިދަން އޮށޯތް ފަހުންވެސް 02 ގަޑިއިރު ވީއެވެ. އަދިވެސް އަހަރެންނަށް މިއޮތީ ނުނިދިފައެވެ. ހަމަހިމޭން ވަގުތެކެވެ. ފަންކާގެ އަޑު ފިޔަވައި އިތުރު އަޑެއް ކޮޓަރި ތެރެއަކުން ނީވެއެވެ. ބޭރަކުންވެސް ނީވެއެވެ. މިހަމަ ހިމޭން ވަގުތުގައި ލޮލަށް ނިދި ނައިސްގެން މިއުޅެނީ ކީއްވެ ކަމެއް ޚުދު އަހަރެންނަކަށްވެސް ނޭގެއެވެ. އަހަރެންގެ ދިރިއުޅުމުގައި މަދު އެކައްޗެއްވެސް ނެތެވެ. މަންމަ އާއި ބައްޕަގެ ލޯބި އިންތިހާއަށް ލިބެއެވެ. އަހަރެންގެ ލޯބިވެރިޔަކު ނުހުރެއެވެ. ލޯބިވެރިޔަކު ހޯދުން އެއީ […]