Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތެމި ވާރޭގައި ވީމޭ 11

Annora Level 610 Stories100 Login100 Comments100 Stories
June 12, 2024 5 Mins Read
12 Comments

ނޫރާ އިނދެ އިނދެފައި ދިޔުމުން ނަވާރް އަށް ދެލޯ މަރައިލެވުނެވެ. އަތުގައި އޮތް ފޯނު ނަގާ އާނާ އެކު ނަގާފައި އެތައް ބައިވަރު ފޮޓޯކަށް އެތައް އިރަކު ބަލަން އޮވެ އެތައް އިރަކު ކަރުނަ އޮއްސިއެވެ.  “އަހަންނަށް އެނގޭ ނާނާ މަރާލީ އެމީޙުން ނޫން ކަން .. އާނާ މަރުވި ދުވަހަށްފަހު އަހަންނަށް އިންޒާރުދޭމީހުންގެ ހިލަމެއްވެސް ނުވޭ… އާހް ކާކު އަހަންނަށް އެހީވާނީ…ކޮންމެ ގޮތެއް ވިޔަސް އަހަރެން ހުއްޓާލާނީ އާނާއަށް އިންސާފް ހޯދައިދީފަ.. ޖަސްޓް ވެއިޓް..” އާނާ ގެ ފޮޓޯތަކަށް ބަލަން ނަވާރް ގެ ލޮލުގައި ވަނީ ތަފާތު ވިދުވަރެކެވެ. ޖެހިލުންކުޑަކަމެވެ. ހަގީގަތް ހޯދާފައި ނޫނީ ނުހުއްޓާލާނަމޭ ބުނެދޭ ފަދަ ސުއޫރުތަކެކެވެ.

**

(7 އަހަރު ފަސް)

“ސާރ .. އޭނާގެ ނަމަކީ އާދަމް ޝާރިމް..އޭޖް ފަންސާސް ނުވައެއް ..އޭނާގެ ޕޯސްޓް މޯޓަމް ރިޕޯޓް ތައް މިހުރީ ލިބިފަ..” މޭޒުދޮށުގައި ފައިލް ތަކެއް ބެލުމުގައި އަވަދިނެތި އިން ޔަޒަން ސިހުނީ ކައިރިޔަށް ހުއްޓުން އޮފިސާރ ލިއަމްގެ އަޑުންނެވެ. ޔަޒަން ބަލަން އިން ފައިލް ލައްޕާލުމަށްފަހު އަވަސްވެގަތީ އެ ގެނައި ފައިލް ބެލުމަށެވެ.

“އެންމެ ރަނގަޅު .. ޝާރިމްގެ ފެމެލީ އަށް ކޭސްގެ އަޕްޑޭޓްސް ދޭތި މިއަދު މެންދުރު ދޭއްގެ ކުރިން.. ” ޔަޒަން ގެ އަޑުގައި އަމުރުވެރި ގޮތެއް ހުއްޓެވެ.

“ލައްބަ ސާރ… ބަޓް ދަ ތިންގް އިޒް.. އެކޮޅުން މިއަދު ގުޅުއްވާފަ ބުނުއްވި ޝާރިމްގެ ބޮޑީ މިކޮޅަށް ފޮނުވާ ދެވޭނީ ޓޫ ވީކްސް ފަހުންނޯ… އަދި އިތުރު ހަބަރެއް އެބައިން..އެއީ” ޖެހިލުން ވެފައި ލިއަމް ބުނެލިއެވެ.  ލިއަމްގެ ވާހަކަ ނުނިމެނީސް ޔަޒަންގެ ނިތައް ރޫ އަރާފިއެވެ.

“ޓޫ ވީކްސް އޭ.. ޓޫ ވީކްސް ވަންދެން ޑެޑް ބޮޑީއެއް އެތާގައި ބޭއްވުމުގެ ބޭނުމެއް ނުފެނޭ މަށަކަށް…މިހާރުން މިހާރަށް ގެންނަން ބޭނުން..އެންމެ ލަސްވެގެން ތިން ދުވަސް ތެރޭގަ…އައިލް ޓޯކް މި އިޝޫ ސީ އެސް އާ..”ޔަޒަން އިށީންދެ އިން ގޮނޑިން ތެދުވެލިއެވެ.

“ގުޑް މޯރނިންގް ބްރަދާސް..” ކުއްލިޔަކަށް ދޮރުހުޅުވާލުމަށް ފަހު އެތެރެއަށް އިތުރު މީހަކުވަނެވެ. އޭނާގެ ކުރުކޮން ކޮށާލައިފައިޥާ އިސްތަށިގަނޑު އޮތީ ހޭޥިފައެވެ. ލައިގެން ހުރި ގަމީހުގެ ގޮށްތައްވެސް ހުރީ ނެއްޓެން ފަށައިފައެވެ. ދެލޮލު އެތެރެވެސް ނިންޖައިގެން ނުފެނެއެވެ. މިހާރު ވެސް ހީވަނީ ދެން މެ ނިދާ ހޭލި ހެންނެވެ.

ޔަޒަން އަށް އަތުގައި އޮތް ގަޑިއަށް ނަޒަރެއް ދެވެނެވެ. “މިހާރު އާންމު ކަމަކަށް ހަދައިގެން ކޮންމެ ދުވަހަކު ތި އަންނަނީ ގަޑި ޖެހިގެން  ޔޫޝައު…. ހަމަ ސެލެރީ ލިބޭ އިރަށް މުސާރަ ކަނޑާފަ ހުރީމަ ޝަކުވާ ކުރާނެ މީނަ..”ޔަޒަން މޭޒުމަތިން ނެގި ގަލަމެއް ނަގާ ޔޫޝައު އާއި ދިމާލަށް އެއްލާލިއެވެ.

” އޫއޫޕްޕްސްސް” ޔޫޝައު އަންހެން އަޑަކުން ހަޅޭއްލަވައިގަނެ ޖެހިގެން ހުރި ގޮނޑީގެ މައްޗަށް ޖެހިގަތެވެ. ޔޫޝައުގެ އަމަލް ހުރިގޮތުން ޔަޒަން ގާތައް ހިނިއައެވެ. ލިއަމް ވެސް ހިނިއަންނަން ފެށުމުން އިސްދޮށައް ޖަހައިލީ ބާރަށް ހެވިދާނެތިއެވެ. ޔަޒަން ދެކެ ލިއަމް ގަންނާ ކުރައްވާ ބިރަކުން އެފަދަ ހިތްވަރެއް ކުރާކަށް ލާހިކެއް ނޫނެވެ.

“މީނަ ސަކަރާތް ގަންނަން ވަގުތެއް ވަގުތެއް ވެސް ނޯވޭނު…އެނީވޭސް ލިއަމް އަދި އިތުރު އެއްޗެއް ބުނަން އުޅުނީމެންނު..”ޔަޒަން ލިއަމްގެ ނަމުން ގޮޥާލުމުން ވެސް ލިއަމް ދިޔައީ ސިއްސައިގެން

ނެވެ. ” ސްޕްރިޑެންޓް އޮފް ޕޮލިސް ފަވާދު ބޭނުންފުޅު ވޭ ބައްދަލް ކުރަން .. އެބޭފުޅާ މި ކެބިން އަށް ވަންނަނިކޮން ފޯނެއް އައީ.. އަޅުގަނޑު ފެނުނީމަ ބުނުއްވި އިންސްޕެކްޓާރ ޔަޒަންގެ ގާތުގައި ބުނުމަށް އެގާރަ ގަޑި ސުން މިނެޓަށް ދުރުވާން މީޓިން ރޫމަށް..” ލިއަމް ވާހަކަ ދައްކާ ނިމުމުން ޔަޒަން ބޯޖަހައިލިއެވެ. ލިއަމް ނުކުމެގެން ދިއަލެއް އަވަސް ކަމުން ޔޫޝައު ހޭންފެށިއެވެ.

“މި މީހުން އަހަރެން ދެކެ ހާދަ ބިރެކޭ ދޯ މިގަންނަނީ.. މަ މީ އަރާ ކާ އެއްޗަކީ ތަ..”ޔަޒަން ގޮނޑިއަށް ވެއްޓިގަންނަމުން ހީލިއެވެ.

”ބަލަ އެހެން ދޯ ވާނީ ޒޭން ހީވާނީ އަބަދު ރުޅިއައިސް ހުންނަހެން.. އެހާ ރޫޑް ކޮން ތިޔަ ވާހަކަ ދައްކަނީ.. މީހަކަށް އަނގައިން ބުނަން ނޭނގޭ އެކަމަކާއި ހުރެ .. ދެން ކިހިނެތް އެމީހުން ވާޙަކަ ދައްކާނީ ބިރުކުޑަކޮށްލާފަ… ހާއްސަކޮން އަންހެން ކުއްޖެއް ފެނިއްޖެޔާ ވަކިން ތިޔަ މޫނަށް ފޫހިކަން އައިސްހުރޭ.. އަހަހަ.. މަށާއި އެންމެ ކްލޯޒްކޮން މިތާ ތިއުޅެނީ.. މީގެ ހައަހަރު ކުރިން އަލަށް އަހަރެމެން ދިމާ ވިއިރު މަށައް ވެސް ތިހެން ހަމަ ޓްރީޓް ކުރީ.. ދެން އެކަމް ރަހްމަތްތެރިންނަށް ވެފަ މިތިބީ މިޙާރު..އަހަރެމެންގެ މައްޗަށް މަތީ މަގާމެއްގަ ތިޔަ ބޭފުޅާ ތިހުންނަނީ.. ނިކަން ހަރުކަށި ރުންކުރު ފޮނި ބޮޑާ މީހެއްގެ ގޮތުގައި ލޭބަލް ވެފަ ތިބޭފުޅާ އިންނަނީ… މައެހެންވެ އެވަރަށް ނަސޭހަތް ދެނީ ވެސް.. އެހެންވެދާނެތީ..” ޔޫޝައު ފެން ފުޅިއެއް ނަގާ ބޯލަމުން ޔަޒަން އާއި ދިމާއަށް ކަޅިއަޅާއިގަތެވެ. އެއްފައްޗަކަށް އޭނާގެ ވާހކަ އަމުނާލިގޮތުން ޔަޒަންއަށް ހޭންފެށުނެވެ.

” ވަޓް އެވާރ… އެއީ އަހަރެންގެ މިޒާޖު ކަންނޭގެ..” އަނގަޔަށް ވައްތަރެއް ޖައްސާލައިގެން ފޯނުން ގަޑި ބަލައިލަމުން ޔޫޝައު ގޮވައިގެން ކޮފީއެއް ބުއިމަށް ޔަޒަން ނުކުތެވެ.

“ކީއްކުރަން ބަ އެ ބުނީ މީޓް ކުރަން.. ފިރުޝާ މެޑަމް އާއި ލުގުމާން ސާރގެ މައްޗަށް މީހުން ލާ ވާހަކަ ދައްކާފަ އެންނު އޮތީ ލާސްޓް ވީކް ގަ…އެކަމުގައި ކަންނޭގެ ދޯ…”ޔޫޝައު އެމީހުން ބޭނުން ވާ ކޮފީއަށް އޯޑަރުކޮށްފައި މޭޒެއް ދޮށުގައި އިށީންނަމުން ބުނެލިއެވެ.

“އާނ ހީވަނީ އެހެން ހެން…މިހާރު އަހަރެއް ވަނީ އެ މަގާމްތަކުގައި މީހުން ނެތްތާ.. ކިހާ އުނދަގޫ ވޭ އަހަރެމެންނަށް… މިހާރު ކޮބާ ތަ އެމީހުން.. ވަރަށް ހަނދާން ވޭ ..އެ ހަމަ އެންމެ ބެސްޓް މެންޓާސް..” ޔަޒަން ވެސް އެވަގުތު އެމީހުންގެ މަތިން ހަނދާން ވިއެވެ.

“ތިހެން ބުނީމަ މިހަނދާން ވީ .. މާމަ ދަރިފުޅަކު ލިބުނީމަ ދިރިއުޅުން ވެސް އޮސްޓްރޭލިއާ އަށް ބަދަލް ކޮށްފި އޯ މެޑަމް … ލުގުމާން ސާރ ވެސް ބޭކަރީ އެއް ހުޅުވާފަ އަމިއްލަ ބިޒްނެސް އެއް ފަށައިގެން އުޅޭނީ.. ކުރީ ދުވަހު ބްރެޑް އެއް ގަންނަ ވަދެވުނީ އެތަނަށް .. އެތަނުން ދިމާވެގެން ފިރުޝާ މެޑަމް ވާހަކަ ބުނީ.. ބުނި ފޯނު ހަލާކުވެގެން ނަމަބަރުތައް ވެސް ގެއްލިގެންނޭ މިއުޅެނީ ..ޔަޒަން އަށް ވެސް ވަރަށް ގުޅަން އުޅުނީ މޯ.. ދެން މަ އައީ ބްރޯ ނަމްބަރް ދީފަ..” ޔޫޝައުގެ ވާހަކަ އަޑުއަހަން އިދެފައި އެހެން ހޭ ބުނެ  ޔަޒަން ހީލިއެވެ.

**

އެއާޕޯޓް އިން ނުކުން ނަވާރް، ހިފައިގެން ހުރި ކުޑަފޮށި ދަމަމުން ހިނގައިގަތީ  ކާރުތަކުގެ ކިޔޫ އާއި ދިމާލަށެވެ. މެންދުރުގެ އެންމެ ހަލަބޮލި ވަގުތު އިރުގެ ގަދަ ހޫނުން ފިއްސަމުންދިޔަ ފަދަ އެވެ. ލައިގެން ހުރި ކަޅު ކުލައިގެ ފިޓް ޖީންސާއި ކަކުލާއި ހަމައަށް ހުރި ހުދުކުލައިގެ ގަމީސްކޮޅުގައި ނަވާރް ވަރަށް ފުރިހަމަ އެވެ. ކުރިޔަށްވުރެން ކުޑަކޮން ދެމިލާފައި ބައްޓަން ނުހަނު ރީއްޗެވެ. އޭނާ މަޑުފިޔާތޮށި ކުލަ އަރާ އޮމާން ތުންފަތުގައި ދަތްއަޅައިލެވުނީ ފިރިހެން ވެރިންގެ ތޫނު ނަޒަރުތައް އޭނާއަށް ހުއްޓޭކަން އެނގުމުން، އެކަމާ ފޫހިވީ ވަރުންނެވެ. ދެވަނަ ސިކުންތުގައި ހަސަދަވެރި ވެފައި ބަލަން ތިބި އަންހެންކުދިންގެ ރުޅިވެރިކަން ފެނި ހިނިއަންނަ ގޮތް ވިއެވެ.

ނަވާރް މީގެ ފަސްއަހަރު ކުރިން އޭލެވެލް ނިންމާފައި ފޮލިހަށް ވަނެވެ. ނަވާރް ބޭނުންވީ ވީހަވެސް ހަމަހިމޭން މާހައުލެއްގައި ދުވަސްކޮޅަކަށް ނަމަވެސް މަސައްކަތް ކުރުމަށެވެ. އާނާގެ ހިޔާލުތަކުން ކޮންމެވެސް ވަރަކަށް ނަމަވެސް ދުރުވާން އޭނާ މަސައްކަތް ކުރިއެވެ. ގަސްތުގައި ރާއްޖެތެރެއަށް ދާން ނިންމީ ވެސް އެހެންވެގެންނެވެ. ފުވައްމުލަކު ސިޓީގައި  ވަޒީފާ އަދާކުރުމަށްފަހު މިއަދު އެއަންނަނީ  ވަޒީފާގެ ކުރިއެރުން ލިބި އޭނާގެ މަގާމް މަތިވެ އަދި މާލެއަށް ވަޒީފާ ބަދަލް ވުމުންނެވެ. ވަޒީފާގައި އުޅެމުން އޭނާ މިވީ އަހަރުތަކުގައި އެތައް މަސައްކަތަކުން އޮފީސް އެޑްމިނިސްޓްރޭޝަން އިން މާސްޓަސް ހާސިލް ކުރިއެވެ.

ނަވާރް ކިއުގައި ހުއްޓި ބަލައިލިއިރު މާ ދުރަށް ކިއު އޮތުމުން އަނގައިން އަޑެއް ލައްވައިލާ އަރައިގެން ހުރި ހުދު ބޫޓުން ބިމުގައި ފައިން ޖަހައިލެވުނެވެ. ޓޫރިސްޓުންތައް ވެސް ނިކަން ގިނަ ގަޑިއެކެވެ. ނަވާރްގެ އޮމާން ދޮން ހަންގަނޑަށް އިރުގެ އަލިން ވެރިވެފައި ވަނީ މަޑު ރަތްކުލައެވެ. މާ ބޮޑަށް ހޫނުވާން ފެށުމުން ފޮށީގެ އަތްގަނޑުގައި އަޅުވާލެވިފައި އިން އަތްދަބަހުން ވޫލް ކޮޅަކުން، ފަހަތަޢް ދޫކޮށްލެވިފައި އޮތް ފަންފަން އިސްތަށިގަނޑު އައްސާލަމުން ދަބަހުން ނެގި ހުދުކުލައިގެ ތޮއްޕެއް އަޅާލިއެވެ.

“މޯމް ..މޯމް .. ލުކް..ލުކް .. ޝީ ލުކްސް ސޯ ޕްރިޓީ..” ނަވާރް ސިހުނީ ދާދި ގާތުން ތުއްތު ކުއްޖަކު ނަވާރްގެ އަތުގައި ހިފައިލާ ވާހަކަ ދެއްކި އަޑުންނެވެ. އަށް ވަރަކަށް އަހަރުގެ ލޯބި ބުދެއްފަދަ ކުއްޖެކެވެ. ހުދު ދޮން ކަމެއް ހުރި އެކުއްޖާގެ އޮތީ ބްލޮންޑް އިސްތަށިކޮޅެކެވެ.

“އޯވްވް ޔޫ އާ މޯ ޕްރީޓިއާރ ދޭން މީ.. ވަޓްސް އޯ ނޭމް..ލިލް އޭންޖަލް”  ނަވާރް އެކުއްޖާ އެއްވަރަށް އިށީންދެލާ ހީލުމުން ނަވާރްގެ ކޮލަށް އެޅިގެން ދިޔަ އަޑިކޮޅުން އެކުއްޖާ ވޯހް އޭ ބުނެލައިފިއެވެ. ހީލަމުން އެކުއްޖާ އަށް ކިޔަނީ އެމީލީ އޭ ބުނެލިއެވެ. އޭރު ހިނި އައިސްފައި ހުރެ އެމީލީގެ މަންމަ އާއި ބައްޕަ ވެސް ހުއްޓެވެ. އެމީހުން ފުރަން ވަންދެން ނަވާރް އާއި ވާހަކަ ދައްކާ ނުހަނު އެކުވެރި ވިއެވެ. އެއީ ރާއްޖެއަށް ޗުއްޓީ ހޭދަ ކޮށްލުމަށްޓަކައި އައިސް އުޅޭ ނޯވޭ ބައެއްކަމަށް އެމީހުން ބުންޏެވެ. އަދި ބައްދަލް ކުރަންވާނެ ކަމަށް ވެސް ބުނެ ފޯނު ނަމްބަރު ވެސް ނަވާރްއަށް ދިނެވެ. ފުރަންވެގެން ދާން ވެސް އެމީލީ ނަވާރްގެ ގައިގާ ނިކަން ލޯބިން ބައްދާލަފަ ބާއީ އޭ ބުނެލިއެވެ.

ގޭ މީހުންކައިރިގައި ނަޥާރް ނާންނާށޭ ބުނުމުން ގެއިން އެކަކުވެސް ބަލައެއް ނާދެއެވެ. “އާހް އަޅެ ބުނެވުން ނަމަ ފަހުން ބަލާ އަންނާށޭ..” އަދިވެސް ދިހަ ވަރަކަށް މީހުން ތިބުމުން ނަވާރް އަށް އަޑެއް ލައްވާލެވުނެވެ.

**

ޔަޒަން މަސައްކަތުގައި އިނދެފައި އެގާރަ ޖެހުމުން ފަވާދް އާއި ބައްދަލް ކުރުމަށް ދިއައެވެ.  ޓަކި ޖަހާލުމުން އެތެރެއިން ވަންނަން ބުނެލިއެވެ. ޔަޒަން ވަން އިރު ފަވާދު އެވަގުތުވެސް އުޅެނީ ކޮންމެވެސް މަސައްކަތެއްގައެވެ. މީހަކަށް ގުޅައިގެން ހުރެ ކޮންމެވެސް ފައިލް އެއް ހޯދަމުންދިއައެވެ. ޔަޒަން ފެނުމުން ފޯނު ބޭއްވުމަށް ފަހު ހިނިތުންވެފައި އިށީނުމަށް ބުނެލިއެވެ.

“ހޭ ޔަޒަން .. އުފާވެރި ހަބަރެއް ދޭން މިގެނައީ ..ދެދުވަސްފަހުން ފިރުޝާ މެޑަމް އަދި ލުގުމާން ސާރ ގެ ބަދަލަށް ދެކުއްޖަކު އަންނާނެ..އޭރު ފިރުޝާ މެޑަމް ހުންނެވި ޗީފް އިންސްޕެކްޓާގެ މަގާމަށް އަންނާނެ އަންހެން ބޭފުޅެއް … ނަމަކީ ޒެހެކް އަހުމަދު ޝަރަފް.. ދެން އޭގެ ދަށައް ހުންނެވި ލުގުމާން ސާރ ގެ މަގާމަށް ޔަޒަން ..ދެން އެ އަންނަ  އަންހެން ކުއްޖާ ހުންނާނީ މިހާރު ޔަޒަން ތިހުންނެވި މަގާމްގަ..ދެން ތި ޓީމްގަ އުޅޭނީ ހަމަ ޔޫޝައު އާއި ލިޔަމް .. އިތުރު ބޭފުޅަކު ވެސް އަދި ޓްރާސްފާ ޥާ ވާހަކަ ދެކެވިފަ އިނީ އަދި އެކަމް ފައިނަލް އެއް ނުވޭ.. މިކަން ރަސްމީކޮން އިއުލާނު ކޮށް މަގާމްގެ ލިޔުން އަރުވާނެ ނެކްސްޓް ވީކްގަ މި އޮންނަ ޑިނާރް ނައިޓް ގަ..” ފަވާދްގެ މޭޒުމަތިން ނެގި ދެ ފައިލް އެއް  ޔަޒަން ގެ އަތަށް ލައިދިނެވެ. ޔަޒަންހީލަމުން އޯކޭ  ބުނުމުން އިރުކޮޅަކު ވާހަކަ ދައްކަން  ހުރެފައި ފަވާދު އަށް އަނެއްކާ ވެސް ފޯނެއް އައުމުން ފައިލްތައް ހިފައިން ޔަޒަން ނުކުތެވެ.

ޔަޒަން ފުރަތަމަ ފައިލްއަށް ބަލައިލި އިރު ފެނުނު ނަމަކުން ރަނގަޅަށް ޝޮކްޖެހުނެވެ. “ފާތިމަތު ނަވާރް ޒަކީން “މަޑުމަޑުން އެ ނަން ކިޔާލެވުނެވެ. ގަބޫލް ނުކުރެވިފަ އިރު އިތުރަށް ޔަގީން ކުރަން ފައިލް ހުލުވާލެވުން އިރު ނަވާރްގެ ފޮޓޯ ފެނުން ޔަޒަން ގެ ތުންފަތައް ވެރިވީ ލުއި ހިނިތުންވުމެކެވެ.

 

***

(ނުނިމޭ)

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annora

Level 610 Stories100 Login100 Comments100 Stories

Weaving tales that linger long after the last page.🤍 Turning imagination into unforgettable stories.🤍 Every story is a journey; come take a trip with me.🤍 Capturing the magic in everyday moments.🤍 Crafting narratives that touch the heart and mind. 🤍 🤍🤍🤍

Other Articles

Previous

ރާނިޔާ 9

Next

އިންސާފް (ތިންވަނަ ބައި)

Next
June 12, 2024

އިންސާފް (ތިންވަނަ ބައި)

Previews
June 12, 2024

ރާނިޔާ 9

12 Comments!

  1. Shaviyani says:
    June 12, 2024 at 12:04 pm

    ވާވާވާވާޙްހްހްްހް 🙂
    ހާދަ ރީއްޗޭ .ދެން އިން ޕާޓް ތަންކޮޅޭއް ދިގުކޮން ގެނެސްދޭނެ ކަމަށް ހީކުރާން.. ވަރަށް ލޯބިވޭ އެންމެ ފޭވްރިޓް އޯތާރ

  2. Cutie girl says:
    June 12, 2024 at 12:19 pm

    Mi part vx v Reethi masha allah
    Can’t wait for next part
    Keep it up

  3. DHONTHI says:
    June 12, 2024 at 12:26 pm

    V REETHI MI PART VES
    KON IRAKUN NEXT PART CANT WAIT.
    KEEP IT UP LOABIVAA SISTA

  4. rooya says:
    June 12, 2024 at 12:28 pm

    alhey ehaa kiyaa hithunq indha e nimuny
    next week ga dw next part.. dn noon cant wait :(:(:(
    thankolheh dhigula dhehhchey dn inna part
    v furihama mi part ves

  5. ސަހާ says:
    June 12, 2024 at 2:00 pm

    ވަރަށް ފުރިހަމަ.. ކޮން އިރަކުން ދެން އިން އެޕިސޯޑު..ކިޔާހިތުން ހުރެވެނީއެއް ނޫން..

  6. Mishy says:
    June 14, 2024 at 12:29 pm

    Salaam
    Maasha Allah mi part vx varah varah reethi… mi vaahaka upload vany kn dhuvas thakeiiga kan buneladhee faanan thw??….

    1. Lam’aa says:
      June 20, 2024 at 2:16 pm

      She said kurin faharaku week aku 2 or 3 epp nereyne vaahaka iraadhu kureviyya
      Ehn buni fahun hama gavaaidhun egothah eba nerey and sometimes 4 episodes ves libun
      Mifaharu ebain bunelaafa dw lasvi reason 😊

  7. Xaara_ says:
    June 18, 2024 at 10:06 pm

    Frrr haadha reehchey mi vhk. 💗
    Hope ur’e in gud health. u have a baby?! I thought u thi teen eh kamah, like me. but Ig I was wrong.
    enme luwbi n favourite author, tops. :D💗
    Furathama episode kiyaalevunyma I fell in luw hama. 💗
    3 hrs thereyga 11 episode nimunyy mi.
    next episode ah vrh desperate, haadha curious kohlaafa ey thi nimmaali mi episode.💗
    it’s kinda awkward reading my crushes n dhonbe ge name mi story in, -dhonbe, yazan & -zayaan, crush 🙊. heh
    kon irakun next part kiyaalan libeyni?!..
    once again stay healthy both u & ur baby.
    💗

    1. Ishu says:
      June 20, 2024 at 2:26 pm

      Awllhey akhuga nama ves kudkon awkward
      Adhi rom seen eh aisfiyya heveyne kanneyge dhonbe r crush name hunna hisaabuthah aima 😂😂
      Yeah she has a baby and 20 kanneyge mihaaru she ah. Last year one time she told us hiraas knme ves part ehge comment section ga 19 ey
      Ehn v ma mihaaru vedhaane kanneyge 20 or 21

      Annora you got a new fan 🥹
      3rsh in 11 episodes not gad xaara
      Actually annora ge stories thakuga parts dhugu ves dhigu fudheyvarakah
      Thats what we all love her most and enme best author ah ves v reason 🤍

  8. Annora says:
    June 20, 2024 at 11:23 am

    salam huriha readers ..
    actually i was in a trip and forgot to bring laptop.. sorry readers mihaaru innaany 2 parts submit kohlaafa .. vaki vakin comments thakah reply nukohlevunas hurihaa comment eh ves alhugadu kiyan.. insha allah balaanan reply ves kohleveytho. kiyuntherin thidhey support alhugadu nuhanu ufalaa eku balai gannan.. v bodah shukuriyya adhives ehfaharu.. varah loabivey hurihaa readers .. 🙂

    1. Kkukku says:
      June 20, 2024 at 2:13 pm

      Itss okiii lov we understand 🥹❤️❤️
      Can’t wait hama 🫣

    2. Roo says:
      June 20, 2024 at 2:19 pm

      Awvv its oki
      We love you more
      Take your time beautiful 🤍

Comments are closed.

Next Episodeތެމި ވާރޭގައި ވީމޭ 12←


All Right Reserved!