ތެމި ވާރޭގައި ވީމޭ 5
އެތައް އިރަކު ހުރުމަށްފަހު އާނާގެ މަތިން މާބޮޑަށް ހަނދާން ވާން ފެށުމުން އެތެރެއަށް ދިޔައެވެ. އަނެއްކާ ވެސް ރިހާމްގުޅަން ފެށީ އެވަގުތުއެވެ.
**
(ދެ އަހަރު ފަސް)
ފަތިހު ނަވާރް އަށް ގަޑި ބަލައިލެވުނީ ފޯނު އެލާމް ވާން ފެށުމުނެވެ. ނަމާދު ކޮށްލައިގެން ފަން އިސްތަށިކޮޅުގައި ވޫލް ކޮޅެއް އައްސައިލި އިރު އެ ދޮން މޫނުގައި ވި ތާޒާ ކަމެވެ. އާނާ އާއި ދިމާ ބަލައިލި އިރު އޭނާ ވެސް ތެދުވަނީ އެވެ. ނަވާރް އެދުނީ ދެމީހުން އެކުގައި ކޮފީ އެއް ބޯލުމަށް، ނަމާދު ކޮށްލާއިގެން އައުމަށެވެ. އާނާ ބޯ ޖަހައިލަމުން ފާހަނާއަށް ވަނެވެ.
ނަވާރް ކޮޓަރީގެހުރި ސޯފާގައި އިށީންދެލިއެވެ. އަތުގައި އޮތް ގަޑިއަށް ބަލައިލިއިރު ފަސްގަޑި ބައި ނުވާތީ މަޑު ކޮށްލިއެވެ. ދެ އަހަރު ވެގެން ދިޔައިރު ނަވާރްގެ ހަޔާތް މާބޮޑަކަށް ބަދަލެއް ނުވިއެވެ. ކުރިއާއި އެއްގޮތެވެ. އާނާ ނުކުމަންނަން ދެން އެހެން އިންދާ ފޯނަށް މެސެޖެއް އައެވެ.
“އާނާ އާ ދުރުން އުޅޭ.. ނޫނީ ކަލޭގެ މުޅިއާއިލާ އަށް އޭގެ ހިތި ފެންނާނެ..މަރާލާން…ރޭގައި ކަލޭގެ ދޮންބެ އަށް ކޮށްލާފަ އޮތީ ކުޑަ ވަރެއް..ސަލާމް” މެސެޖް ކީ އިރު ނަވާރްގެ މޫނުމަތިން ހައިރާން ކަމެއް ނުފެނެއެވެ. އެފަދަ މެސެޖްތަކަށް ހޭނިފައިވާ ފަދައެވެ. ނަމަވެސް ނުތަވަސްކަން އެމޫނުމަތިން ފާހަގަވިއެވެ. ރޭގައި ޒަހުރާން ކުޅެ ނިންމާފައި އަންނަނިކޮން ދުއްވާފައި ދިޔަ ކާރަކުން ޖައްސާ އޭނާގެ ކަނާއަތު ފައި ވަރަށް ބޮޑަށް ޒަހަމް ކޮށްލިކަން ނަވާރް އަށް އެނގެއެވެ. އެފަދަ ބިރުވެރިކަމުން ފުރިގެންވާ އެތައް އިންޒާރްގެ މެސެޖެއް ލިބެމުން އާދެއެވެ. ސްކޫލްއަށް ދާއި އިރު އޭނާ އިންނަ ޑެސްކްގެ ވަތްގަނޑުގެ ތެރޭގައި ވެސް ނޯޓެއް ނެތް ދުވަހެއް ނުދެއެވެ. ކުރީ ކޮޅު ބިރުން އުޅުނުނަމަވެސް ނަވާރް އެކަމަށް އަޅާނުލާ ދޫކޮށްލައިގެން ހުއްޓާ، މިޙާރަކަށް އައިސް އޭނާގެ އާއިލާ އޭ ކިޔާފައި އިންޒާރްތައް އަންނަން ފެށުމުން ނުތަނަވަސް ވިއެވެ. ކުރިން މުޅިންވެސް އިންޒާރްތައް ތައް ދިނީ ނަވާރް އަށެވެ. އަހަރެއް ފާއިތުވެ ދެއަހަރުވެގެން ދިޔައިރު ނަވާރް އަށް އާނާގެ ފަރާތުން އެއްކަމެއް ވެސް އޮޅުން ނުފިލިއެވެ. ނަމަވެސް މީހަކު އަބަދުވެސް އޭނާ އާއި އާނާ އަށް ފާރަލާ ކަން ޔަގީންވިއެވެ. މިއިން އެއްވެސް ކަމެއްގެ ވާހަކަ އެހިނަމަވެސް އޭނާގެ ފަރާތުން ޖަވާބެއް ނުލިބެއެވެ. ކުރިން އުޅޭހެން އެކުގައި ހީ ސަކަރާތް ޖަޙާ ގިނަ ވަގުތު ހޭދަ ކުރި ނަމަވެސް ޔަޒަން އާއި އާއިލާގެ ވާހަކަ އާނާ ދައްކަން ބޭނުން ނުވާފަދައެވެ. ކަންތައްތައް ގޯހުން ގޯހަށް ދާކަން ވިސްނި އަވަސް ގޮތަކަށް އާނާގެ ފަރާތުން ކަމެއް އޮޅުން ފިލުވަން އޭނާ ނިންމިއެވެ. މަޖުބޫރު ކޮށްގެން ވިޔަސް ހެވެވެ. ވާނުވާ ނޭނގި އޭނާ އާއި އާއިލާ ނުރައްކަލުގެ ހާއްޔަކަށް ވަދެވިފައިވާ ފަދައެވެ.
ޖީސީ އީ ގެ ވެސް ފަހު ދުވަސްތައް ކަމުން ކިޔެވުމަށް ދޭންވާ ސަމާލުކަން ވެސް އޭނާއަކަށް ދެވޭގޮތެއް ނުވެއެވެ. އަބަދުވެސް އެކަނި ވެރި ވެއްޖެޔާ ހުރެވެނީ ކޮންމެވެސް ވިސްނުމެއްގައެވެ. މަންމަ އާއި ދޮންބެގެ ސުވާލެއް ކުރިމަތިވެދާނެތީ އެމީހުންގެ ކުރިމަތީގައި އަބަދުވެސް ހިނިތުން ވުމުގައި ހުންނަން އޭނާ ކުރާ ބުރަ މަސައްކަތް ދެނެވޮޑިގެންވާނީ ހެއްދެވިފަރާތެވެ.
ނަވާރް ، އާނާ ނުނިކުމެ ލަސްވާން ފެށުމުން އިރު ކޮޅަކު މަޑުކޮށްލުމަށްފަހު ކޮޓަރިން ނުކުތެވެ. އޭރު އަލާނާ ވެސް ބަދެގެއަށް ވަންނަނީއެވެ. “ގުޑް މޯނިންގް ދޮންބެ ދައްތަ .. ކޮބާތަ މަންމަ މިއަދު ..ރޭގަ ދޮންބެ އުޅޭ އޭނު ފަޔަށް ތަދު ކޮށްލައިގެން” ނޫރާ ފެންނަން ނެތުމުން ނަވާރް ބަލައިލިއެވެ.
“މަންމައަށް ދެންމެ ހޭލެވުނީ މިހާރު އެބޯޅެ ނަމާދަށް އަރަން ..ރޭގަ ދޮންބެ އާ ހަދާއިގެން ނިކަން ލަހުން މަންމަ ނިދީވެސް.. އޭނާ ވެސް އެބައިން ނަމާދަށް އަރާ .. މިހާރު ކުރިޔަށް ވުރެން ތަންކޮޅެއް ރިހުން މަޑުވާހަކަ ބުނި.. އަދި އަހަންނަށް ގޮވާލިއްޔެއް ވެސް ނޫން އެވަރު ވީ އިރު.. ހިނގާ ކޮފީ އެއް ބޯލަން .. ” ނަވާރް ގެ އަތުގައި ހިފައިން އަލާނާ ވެސް ބަދިގެއަށް ވަނެވެ. ކޮފީ ބޮމުން ދެމީހުން ވެސް ބެލީ ނޫރާ އަންނަން ވާއިރަށް ކަމެއް ވޭތޯއެވެ.
ޅަ އުމުރުގައިވެސް ނޫރާގެ ފަހަތުން ބަދިގެއަށް ވަދެ ވަދެ ނަވާރް އަށް ބަދިގެތެރޭގައި ކުރަން ނޭނގޭ ކަމެއް ނުހުރެއެވެ. ކެއްކުމަކީ އޭނާ ނުލާހިކު ކުރާ ހިތުން ކުރާ ކަމެކެވެ. ބަންދު ދުވަހެއް ވެސް ލިބިއްޖެޔާ އެންމެ ފުރަތަމަ ވެސް ނަވާރް ވަންނާނީ ބަދިގެއަށެވެ.
އާނާ އާއި ނޫރާ އަށް އާދެވުނީ އެކުއެކީގައި ކަހަލަ ގޮތަކަށެވެ. ޔަޒަން ފެނުން ފަހުން އާނާގެ މިޒާޖު ކުރިއެކޭ އެއްފަދަ އިން މަޑުމައިތިވެފައި ހުޢްޓައި ނަވާރްގެ ސަބަބުން ކޮންމެވެސް ވަރެއްގެ ހަލަބޮލިކަމެއް ފެންނަން ފަށައިފިއެވެ. މިދޭތެރެއިން އަނގަޔަކުން ބަހެއް ބުނެލަނީ އެތައް ވަރަށް ވާހަކަ ދައްކައިގެންނެވެ. ނޫރާ އަށްވެސް ވީ ގޮތެއް ނޭނގުނަސް އާނާ ތަފާތު ކަން އެނގެއެވެ. ނަވާރްގާތު އެތައް ފަހަރަކު އެހުމުން ވެސް އެއީ މާ ބޮޑު ކަމެއް ނޫން ކަމުގައި ބުނުމުން އޭނާ އަދިވެސް ހީކޮށްގެން ހުރީ ސްކޫލްގައި ބްލީ ފަދަ ކަމެއް ކުރީ ކަމުގައެވެ.
” އައްދޭ ނިންމައިލީތަ… މަންމައަށް ތަންކޮޅެއް ލަހުން ހޭލެވުނީ މިއަދު .. ރޭގަ ޒަހުރާން ކުޅެން ގޮސް އައިސް ގެޔަށް އައީ ފައި ކޮރާ ތަޅަމުން.. ކިހިނެތް ވީހޭ އެހީމަ ކިޔާފި ކުޅެން ގޮސް އަންނަނިކޮން ނުގަވާއިދުން ދުއްވާފައި ދިޔަ ކާރަކުން ޖެހުނިއްޔޭ .. މާ ބޮޑުވަރެއް ނުވެއޭ… ކުޑަކޮންނޭ އަނިޔާވީ.. ދެން އަލާ އަށް ގޮވަނިކޮން މަންމަ ކިޔާފިން އަލާ ނިދާފަ އޭ… މަންމަ ބަލައިލި އިރު އޮތީ އެއްކޮން ދުޅަވެގެން ބަޑި ލާފަ..ދެ ތަނަކުން ލޭ ވެސް އައިސްހުރި… ނުދޭން ވައްތަރު ޖައްސަ ޖައްސާފަ ދިނީމަ ތާފަނާ ފެނުން ބޮޑިތާން ކުރަން އުޅުނީ.. އައްދޯއްޔާ އޭ ކިޔާ ހަޅޭއްލަވައިގަނޭ ފައިގާ އަތް ނުލަނީސް.. ހަޅޭއްލަވާ އަޑަށް ނަވާ ވެސް ނުކުތީ..އެކަމާ ހުރެ ރަނގަޅަށް ބޮނޑިތާން ނުވެސް ކުރެވުން މަތި މަތިން ބާމް ހާކާލަފަ ބޭއްވި ދެން..”ނޫރާ ހީހީފައި ރޭގަ ޒަހުރާން އުޅުނު ގޮތް ކިޔެވެ. ނުތަނަވަސް ވެފައި ހުރެ ނަވާރް ހޭންފެށީ އޭނާގެ މޫނުމަތީގައިވި ހާސްކަން ފޮރުވުމުށެވެ. އަލާނާ ހެމުން ދިޔައިރު އާނާ ވެސް ހުރީ މަޑު ހިނިތުންވުމެއްގައި އެވެ.
“ދޮންބެ ބޭބީ ވާނެ ކުޑަބެއަށް ވުރެން …ކޮންމެ ދުވަހަކު ކޮންމެވެސް އަނިޔާއެއް ގެންނާނެ.. އެވަރުން ވެސް ކުޅެންދާނެ..” ފައި ކޮރާ ތަޅަމުން އެތަނައް އައި ޒަހްރާން ފެނުމުން ނަވާރް އަލާނާ އަށް ހެމުންހެމުން ދައްކާލިއެވެ.
ސޯޓު ބުރިޔަކާ އެކު ހުސްގަޔާ ހުރުމުން ނިކަން ފިރިހެން ވަންތައެވެ.
އަލާނާ ވެސް ޒަހުރާން އާއި ދިމާ ބަލައިލި އިރު އޭނާ ވެސް އެއްލޯ މަރައިލިއެވެ. އެތަން ނަވާރް އަށް ފެނިގެން ދިމާ ކުރާ ފަދައިން ހީގެންފައި ވިކަން ފެށުމުން އަލާނާ ލަދުގަތެވެ.
“ނޯޓީ ނަވާ.. ކޮންމެ އެއްބަޔަކު ވާނެ އެންނު މިހްރާނު އާ ރިޝާން އާ އެއްކޮން ކުޅެން ވެސް ދާން ” ޒަހުރާން ވެސް މަޖާވެފައި ހުރެ ޖަވާބު ދިނުމާއެކު ނޫރާ ޒަހުރާން ގެ ބުރަކަށީގައި ބޮނޑިއެއް އަޅާލިއެވެ.
” ޙޫމް އެމީހުން އުޅޭހެން އުޅެން ދިމާވެސް ނުކުރާތި..ތިއޮތް އިލޮށި ފަތީގެ ހުރިވަރު ދައްކާލާނަން” ނޫރާ އަޑުލާން ފެށުމުން ޒަހުރާން ދެއަތް މައްޗަށް ހިއްލާލައިގެން ހުރެ “އަމާން ދީފިމޭ” ބުނެ ދެލޯ ބޮޑުކޮށްލަމުން ސޯފާގައި އިށީނެވެ. އޭނާ އަށް ވީގޮތް ފެނި އެހެން އެންމެން ހޭންފެށިއެވެ.
” މިއަދު ވާނެނު ޑޮކްޓަރ އަށް ދައްކަން.. ” އަލާނާ އައިސް ކުރިމައްޗާއް ހުއްޓިފައި ބުނުމުން ޒަހުރާން ނިކަން ފަސޭހައިން އެއްބަސް ވެއްޖެއެވެ.
ސައިބޮއިގެން ނަވާރް އަށް ކޮޓަރިއަށް އާދެވޭ ވަރު ވީ އިރުގަނޑެއް ފަހުންނެވެ.ފުރަތަމަވެސް އެނދުމައްޗަށް ކިޔަވަން ގެންގުޅޭ ފޮތްތައް އަޅާލައިފިއެވެ. ސިޓިންރޫމުން އިން ހުސްފޮށިގަނޑެއް ހިފައިގެން އައިސް ހުރިހާ ފޮތްތަކެއް އެއަށް އަޅައިލާފިއެވެ. އެވަގުތު އާނަ ވެސް އައިސް ނަވާރް ކުރާކަމެއް ފެނިގެން ބަލައިލެވިއްޖެއެވެ.
“ތީ ކޮންކަމެއް ނަޥާ..އަދި އެގްޒާމް ނުނިމޭނު.” އާނާ ގޮސް އެނދުގައި އޮތް ހުސް ތަންކޮޅުގައި އިށިންދެލިއެވެ.
“އާން މިއަދު މެންދުރު ފަހު ތިނެއް ޖަހާއިރު އިނީ ލާސްޓް އެގްޒާމް .. އެގްޒާމް އޮންނަ ދުވަސްތަކުގައި އެހާ ގިނައިން ނުވާނެ އެންނު ކިޔަވާކަށް .. ކުރިން ކިޔެވި އެއްޗިސްވެސް ހަނދާން ނުހުންނާނެ އޭރުން ..އެހެންވެ މިއަދު އޮންނަ ސަބް ގެ ފޮތް ބާއްވާފަ ދެން ހުރި އެއްޗިސް ގުދަނަށް ލާން މިއުޅެނީ.. ” ނަވާރް ހީލާފައި ޖަވާބު ދިނެވެ. ނަވާރް ވިސްނަމުން ދިޔައީ އޭނާ ސުވާލްތައް އާނާގާތުއަހާނެ ވަގުތަކާއި މެދުއެވެ.
“ނާނާ ތިހުންނަނީ އެންނު އިއްޔެ ނިންމާލައިގެން .. މިއަދު މީޝް އާއި އަހަރެން ނިމޭނީ.. ނާނާ..މިއަދު އަންނާނެ އަހަރެންގެ ކުޑަބެ އާއި ރިހާމްބެ …އަދި.ޔަޒަން ވެސް.. އެނގޭ ދޯ” ނަވާރް ސީދާ އާނާ ގެ މޫނަށް ބަލައިލަމުން ބުނެލިއެވެ. ޔަޒަން ގެ ނަން ބުނެލަން ނަވާރް އަށް އުނދަގުވިއެވެ.
އާނާގެ މޫނުމަތިން ސިހުން ފެނިގެންދިޔައެވެ. އާނާގެ މޫނަށް ވެރިވެގެން ދިޔަ އަސަރުން އެއީ އާނާ އަށް ހަބަރެއް ކަން ހާމަ ވިއެވެ. ނަމަވެސް ވަކި އެއްޗެއް ނުބުނެ ބަލައިލީ ދުރެވެ. އެއަމަލުން ނަވާރް އަށް އުނދަގުވިއެވެ. އޭނާ ގެންގުޅުނު ފޮށިގަނޑު އެއްފަރާތަކަށް ޖައްސާލައިފާ ވަނީ ފާހާނާ އަށެވެ.
ފާހާނާގެ ފާރުގައި ލެގިލައިގެން ހުރެ ލައިގެން ހުރި ޖިންސުގެ ޖީބުން މޯބައިލް ފޯނު ނެގިއެވެ. އެވަގުތު ނަމްބަރަކުން މެސެޖެއް ކޮށްފައި އިންތަން ފެނި މޫނަށް ހިނިތުން ވުމެއް ވެރިވިއެވެ. “މި ރިހާމްބެ މި ކެތް ނުލަވާ މީހެއް ސަހާދަތް” ފޯނު ނަގާ މެލޭޝިޔާގައި ރިހާމް ބޭނުން ކުރާ ނަމްބަރަށް ނަވާރް ގުޅާމުން ކައިރީގައި ފެން އިސްކުރު ދޫކޮށްލިއެވެ. ހަމަ ގުޅިކަމެއް ނޭނގެ ނަގައިފިއެވެ. އާނާއަށް އޭނާ ފޯނުން ދައްކަމުންދާ ވާހަކަ އިވޭކަށް ނަވާރް ބޭނުމެއް ނުވެއެވެ.
“ސާބަސް އަޅެ .. ފަނަރަ ފަހަރު ގުޅި އިރު އަޅެ އަހަރެން ގުޅަން ދެން ނުހުރެވުނު ދޯ ..” ނަވާރް ކުޑަކުއްޖެއް ހެން އަނގަހަދަމުން ވާހަކަ ދެއްކިއެވެ.
“އެހެނޭ ޥާނީ ދޮންކަމަނާ .. އަހަރެން މީ މެދުވެރިޔާ ގެ ރޯލުގަ ހުންނަ މީހާ ނު އަނެއްކާ ވެސް އެކަމާ މިގުޅީ.. ޔަޒަން ބުނެގެން ..ކޮބާ އާނާ ކައިރީގަ އަހަރެމެން ދާ ވާހަކަ ބުނެފިންތަ މައި ލިލް ބްރޯ..” ރިހާމް މަޖާވެފައި ހުރެ އަހައިލއެވެ.
” އާން ސިސް .. ބުނެފީމޭ.. އޭނާ ޝޮކް ޖެހޭނެއެންނު..ނާވެސް ވެފަ ހުންނާނީ މިހާރު .. ޔަޒަން އޭނާއާއި ވާހަކަ ދައްކަން އުޅެފާނެ ކަމަށް… މަޑުކޮށްބަލަ ދެއަހަރު ވެއްޖެ އާނާގެ ވާހަކަ ދައްކަން ވެއްޖެއްޔާ އަހަރެން ފާހާނާއަށް ވަދެ ހުރެ ވާހަކަ ދައްކަން ޖެހޭތާ.. ޑޫ އައި ހޭވް ޓް ޑޫ ދިސް ފޯ ފްރީ….” ނަވާރް ހިނިއައިސްފައި ހުރެ ވަރަށް މައުސޫމު ގޮތަކަށް އަހައިލިއެވެ. އެވަގުތު ރިހާމް ހޭންފެށި އަޑު އިވުނެވެ.
“ދެން ހީވޭތަ މަ ބޭބީކޮޅަށް އެއްޗެއް ނުގެންދާނެ ހެން .. ޒަޔާން އެބަހުރި ލައްކަ ސާމާނު އެއްކޮށްފަ.. އިތުރު މީހަކު އެއްޗެއް ގެންދަން ޖެހޭ ވަރެއް ނުވެސް ވާނެ ތޯއްޗެ… އެނީވޭސް ޓޫ ގަ ނައްޓާލާނަން އެއާރޕޯޓަށް ދާން.. އާނާގެ ކަމެއް އިނިއްޔާ އަންގަން ބޮސް އަންގަނީ.. ” ރިހާމް ބުނެލިއެވެ.
“ހާދަ ބޮޑު ފިނޑިއެކޭ ދޯ.. މީހުން ލައްވާ ވިއްޔަ އެ ސޮރު އެ ހަބަރުތައް ހޯދަނީ.. އަންހެނެއް ތަ އެ.. އާން މި މީހުންނަށް ހީވަނީ މަ މީ ހަބަރުފަތުރާ ވަސީލަތެއް ހެން .. ހަމަ ހު” ނަވާރް ގެ ވާހަކަ ނުނިމެނީސް އެކޮޅުން އިވިލި އަޑަކުން ނަވާރް އަށް ވަގުތުން ހުއްޓެވިއްޖެއެވެ.
“ހަލޯ…” އެއިވިލީ ޔަޒަންގެ އަޑެވެ. ދެ އަހަރަށް ފަހު ޔަޒަންގެ އަޑު އިވުމުން އޭނާ ފާޑަކަށް ރަކި ވެއްޖެއެވެ. ހާދަ ފިރިހެންވަންތައެވެ. ހާދަ ފުރިހަމަ އަޑެކެވެ. ޔަގީނުން ވެސް ދެންމެ ނަވާރް ކީ އެއްޗިހިނުގެ އަޑު އޭނާއަށް އިވޭނެއެވެ. ގަތް ލަދުން އަވަހަށް ފޯނު ކަނޑަލިއެވެ. ރިޙާމް ދެކެ ރުޅިވެސް އާދެވުނެވެ. އޭނާ އަދި އެއްޗެއް ބުންޔަސް އަޑު އިވުނުކަން އަންގަން ޖެހޭހެއްޔޭ ވެސް ބުނެ ޔަޒަން އާއި ދިމާލަށް ވެސް ކުދި ކިޔަމުން ފާހާނައިން ނުކުން އިރު އާނާ ފެންނަން ނެތުމުން އޭނާ ބަލައިލިއެވެ. އެވަގުތު ބެލްކޮނީގެ ރެއިލިންގައި ލައް ގަނެގެން މަގުމައްޗަށް ބަލަން އާނާ ހުއްޓެވެ.
އެތްލި ކަޅިއަކުން ޖެހިގެން ހުރި އިމާރާތުގައި އެމީހުންނަށް ފާރަލަމުން އަންނަ މީހާ ހުރިތަން ނަވާރް އަށް ފެނުނެވެ. ވަގުތުން އެދިޔަ ބާރުމިނުގައި ގޮސް އާނާގެ އަތުގައި ހިފައި އެތެރެއަށް ވައްދާ ބެލްކޮނީގެ ދޮރުވެސް ކަހާލައި ކާޓޭން ތައް ވެސް ދަމައިލިއެވެ.
ވާނުވާ ގައި ހުރި އާނާ ވަގުތުން ހައިރާންވެފައި ހުރެ ބަލައިލީ ކިހިނެތް ހޭ ވީ އަހާފަދަ ގޮތަކަށެވެ.
ނަވާރް އަނގައިން ބަހެއް ނުބުނެ ހުރެ ކުޑަކޮން ދޮރުފޮތި ކަހާލައިފާ ހުރެ ދައްކާލީ ޖެހިގެން ހުރި އިމާރާތުގައި ހުރި މީހާއެވެ. އޭރުވެސް އެމީހަކު ހަމަ އެހުރި ގޮތައް ހުއްޓެވެ. އާނާ ވެސް ޝޮކް ޖެހިފައި ހުރެ އަނގަމަތީގައި އަތް އަޅައިލެވުނެވެ.
“އާނާ .. އަހަންނަށް ކިޔާދީފާނަން ތަ ހުރިހާ ވާހަކަ އެއް.. މީ އެންމެ ރަނގަޅު ވަގުތު.. ގަބޫލް ކުރަމެންނު މިހާރު ގޯހެއް އުޅޭ ކަމަށް ” ނަޥާރް އާނާގެ ކުރިމަތީގައި ހަށަން ބަދެލައިގެން ހުރެ ބުނެލިއެވެ. ނަވާރް މޫނުމަތީގައި ވި ހާސް ކަން އާނާއަށް ސިއްރު ކުރަމުން ދުރު ބަލައިލިއެވެ.
“ނަވާ އަށް ކޮން އިރަކު އެމީހަކު ފާހަގަ ވި..” އާނާ އަހައިލި އިރުވެސް އެއަޑުގައިވި މަޑު ތުރުތުރު ނަވާރް އަކަށް ނޯޅުނެވެ.
” ނާނާ މިގެއަށް އައި ދުހުން ފެށިގެން.. އެއީ މީގެ ދެ އަހަރާއި ހަތްމަސްދުވަސް ކުރިން … އެދުހުން ސުރެން އަހަރެން ބޭނުން ހުރިހާ ކަމެއް އެނގެން .. ވަރަށް ގިނަ ދުވަސް ވެއްޖެއެންނު މިހާރު ފޮރުވައިގެން ހުންނަތާ…. ޓެލް މީ އެވްރިތިން..” ނަވާރް މިފަހަރު އެއްވެސް ވަރަކަށް ދޫދޭކަށް ބޭނުމެއްނުވިއެވެ.
“ނަވާ މިއަދު އެގްޒާމެންނު .. އަހަރެން ވެސް ބޭނުން ޝެއާރ ކުރަން .. އެކަމް އެގްޒާމަށް ފަހު އޯކޭ އެންނު.. ” އާނާ ސޯފާއަށް ވެއްޓިގަންނަމުން ދެއަތުގެ ތެރޭގައި މޫނު ފޮރުވާލިއެވެ. އާނާ ތަހައްމަލް ކުރަމުންދާ ކަންތައް ނަވާރް އަށް ކިއައިދޭން ޖެހުމުން އާނާ އަށް ދޫކޮށްލެވުނީ ފުންނޭވާ ތަކެކެވެ.
“ނާނާ.. އަހަރެން އެގްޒާމް އޮތީ މެންދުރު ފަހު.. ވީކޭން ޓޮކް މި އަދި މޯނިން.. އިންޝާﷲ އަހަރެންގެ އެގްޒާމް އަކަށް ބުރޫ އެއް ނާރާނެ ..” ނަވާރް ކުރުނޮށްގެން އެންމެ ފަހުން އާނާ ނިންމީ ކިޔާދޭށެވެ.
***
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.




