Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ހިރާސް 10

Annora Level 610 Stories100 Login100 Comments100 Stories
February 2, 2021 7 Mins Read
5 Comments

ލިވިންރޫމުގައި ނުހަނު ބުރަކޮން ޒައުލް އިނީ އޮފީސް މަސައްކަތެއްކުރުމަށެވެ. ކުއްލިއަކަށް  ނީކިޔާ ދުވަމުން ދުވަމުން އައިސް ވަނެވެ. ޒައުލް ދިޔައީ ސިއްސައިގެންނެވެ. އެ މައުސޫމް މޫނުމަތީގައިވި ބިރުވެރިކަން ޒައުލަށް ނަނގައިގަނެވުނެވެ. “ދަރިފުޅާ..ބައްޕި ދެންމެއެއްނު މިއައީ މާމަމެން ބަޔަށް ލާފަ.. ކިހިނެތް ވެފަ ތިހުރީ ދަރިފުޅާ.. އޭއި ދޫނީ ..ހެލޯ” ޒައުލް ވާހަކަ ދައްކަ ދައްކަ ހުއްޓައި ނީކިޔާ ދުވަމުން ދުވަމުން ގޮސް ކޮޓަރިޔަށް ވަނެވެ. ދުވަހަކުވެސް ނީކިޔާ އުޅުން ގޮތެއް ނޫންކަމުން ޒައުލް ވަރަސް ކަންބޮޑުވިއެވެ. ޒައުލް ވެސް ކޮޓަރިޔަށް ވަންއިރު އެއްވެސް ހަރަކާތެއްނެތި ޓައިލްސް މައްޗަށް ދެމިފައިވާ ދުއްތު ނީކިޔާ ފެނުމުން ޒައުލްއަށް ހަޅޭއްލަވައިގަނެވުނެވެ.

****

“ދަރިފުޅާ..އޭތް ..މިނީ ..ދަރިފުޅޫ” އަތްދަނޑި މައްޗަށް ނީކިޔާލައިގެން ގެންގޮސް އެނދުމަތީގައިބޭއްވުމަށްފަހު ފެންކޮޅެއް މޫނުގައި ހާކަލަމުން އެތައްފަހަރަކު ގޮވިއެވެ. މަޑުމަޑުން ހުޅުވާލި ދެލޯ ނީކިޔާ ލައްޕާލަމުން އޮތްގޮތަށް އޮވެރޯންފެށިއެވެ. ޒައުލް ހާސް ވެގެންކުލްސޫމާއަށް ގުޅިއިރު ފޯނުއޮތީ ނިއްވާލައިފައެވެ. އެހެންކަމުން ޒުހޫރުއަށް ގުޅިއެވެ. “ހަލޯ.. ގޭގަ ކަމެއް ހިނގީތަ” ޒުހޫރު ފޯނު ނެގުމުން ޒައުލް އަހާލިއެވެ. ޒުހޫރު ކަމެއްނުވާކަމެއް ބުނުމުން ޒައުލް ނީކިޔާގެ އަމަލުތައް ކިޔާދިނެވެ. އެބަދަން ކަމުގައި ބުނެ ޒުހޫރު ފޯނު ކަނޑާލިއެވެ.

އެތައްއިރަކު ރޮއުމަށްފަހު ނީކިޔާއަށް ނިދުމުން ޒައުލް ބޭރަށް ނުކުމެލިއެވެ. ޒައުލް ދެފަރާތައް ހިނގާލަ ހިނގަލަހުރީ ޔިރާ އަށް ގުޅާގުޅާ ފޯނު ނުނަގައިގެންނެވެ. އެންމެފަހުފަހަރަށް ގުޅިތަނާ ފޯނު ނެގުމަށްފަހު  ނުހަނު ރުންކުރުވެފައި ޔިރާ ޖަވާބުދިނެވެ. “ޔިރޫ.. އަހަރެމެން ދަރިފުޅު ވަރަށް ސަކަރާތް ..ފެއިންޓް ވީ މިއަދު.. މިހާރު ޓޫ ވީކްސް މިވަނީ ޔިރޫ ގެޔަށް ނާންނަތާ …އަހަރެން ކޮންމެދުވަހު އެތައްފަހަރަކު އެބަގުޅަން .. ހަމަ ބިޒީއޭކިޔާފަ ތި ބާއްވީ ފޯނު ކޮންމެފަހަރު..” ޒައުލްގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައީ ޔިރާ ގެ ޖުމްލަތަކުގެ އަޑު އިވިފައެވެ. މަށައް ކޮންކަމެއްތަ އަޅެ .ކަލޭގެ ދަރިއެއްނު..މަވަރަށް ޓަޔަޑް .. އޭނާ ނިއްދަވާފަ ބާއްވާ. މަށަކަށް ނުދެވޭނެ ..” ޔިރާގެ ރަހުމަތްނެތް ޖުމްލަތައް އިއްވާލިއެވެ.

 

“ބަލަ ޔިރާގެ ވެސް ދަރިޔެއްނޫންތަ އެއީ .. ވަރިވާން ބޭނުންވަންޏާވެސް ބުނެބަލަ..މަށެއްވެސް ބޭނުމެއްނޫން ތިކަހަލަ ސުންޕާ އަންހެނަކާއިއެކު އުޅޭކަށް ކިތަންމެ ލޯބިވިޔަސް ..” ޔިރާގެ ހިތައް ކަހަރުވަކެކޭ ވެސް ހިތައް ނާރާނެކަން ޒައުލް އެނގެއެވެ. ޒައުލް ފޯނު ކަޑާލީ އެހެންވެގެންނެވެ.. އޭރު ޒައުލް އަށް ހަމަރަނގަޅަށްވެސް ރޮވިއްޖެއެވެ.

ސޯފާގައި އުޅަބޯށިން މޫނު ފޮރުވައިލާއިގެން އިން އިރު ކަރުނަތައް އެ ރީތި އިނގިލިތައް ފޫއަޅުވާލައިފާ ފައިބާގަތެވެ. އެހެން އިނދެ ނީކިޔާ ރޮމުން ރޮމުން ކިޔައިދިން ވާހަކަ ތައް މަތިން ހަނދާން ވެގެން ދެއަތް މުށްކަވާލިއެވެ.

“ޑެޑީ ..ޑެޑީ މަންމީ އެހެން ބޯއިއަކާއި އެއްކޮން ހަޑިކޮންއުޅުނީ ސްޓެއަރސް މަތީ..މިނީ އަށް ފެނުނޭ…. ބައްޕި ބަލާ މަންމި ކިހާ ބޭޑް.. ” ނީކިޔާގެ ވާހަކަތަކުން ޒައުލްގެ ހިތްހުއްޓުނުފަދައެވެ. އެތައްއިރަކު ގަބުވެފައި އޭނާ އިނެވެ. ނަމަވެސް ނީކިޔާ ހަދަހަދައިގެން އެވަރުގެ ވާހަކަ އެއް ނުދައްކާނެއެވެ. މީގެ ކުރިންވެސް ޢޭނާއަކީ އެކަހަލަ ވާހަކައެއް މަޖަލަކަށްވެސް ދެއްކި ކުއްޖެއްނޫނެވެ. އެކަން އޭނާއަށް ވެސް  އިނގެއެވެ. ނީކިޔާ ގާތު އަހާއަހާވެސް ޔިރާއާއި އެއްކޮން އުޅުން ފިރިހެން ކުއްޖާގެ ނަމެއްނުބުންޏެވެ. ހުރެހުރެފައި އަނެއްކާވެސް ރޯންފެށީއެވެ. އޭނާ ހަމަޔަކަށް އެޅުމުން އަހަން ނިންމާފައި ޒައުލް ހަމަޖެހިލީ އެވެ.

 

އެތައްއިރަކު ރުއިމަށްފަހު ޒައުލްއަށް ހަމަޖެހިލެވުނީ އިރުގަނޑެއްފަހުންނެވެ.

***

ޔޫމީން އެޕާރޓްމެންޓް ތެރެއަށް ވަދެވުމުން ސޯފާ މައްޗަށް ވެއްޓިގަތީ ވަރުބަލިކަން އިޙްސާސް ކުރެވުނުލެއް ބޮޑުކަމުންނެވެ. ދިގުދަތުރެއް ކުރަންޖެހުމުން ޔޫމީން ހުރީ ތާޒާވެލުމަށްފަހު ނިދާލަންބޭނުންވެފައިއެވެ. އެހެން ކަމުން ކޮޓަރިޔަށް ވަނެވެ. މަޑުފެހިކުލައިގެ އެ ތަނަވަސް ކޮޓަރީގައި ވަނީ އެންމެ ޒަމީނީ ފަރުނީޗަރުތަކެވެ. އޭނާ ހުރީ ކޮޓަރިޔާމެދު ނިކަން ގަޔާވެފައެވެ.

ކޮޓަރިއަށް ވަދެ ބެކްޕެކްތައްލަމުން އަލަމާރި ކޮނޑުތަކުގައި ހެދުންތައް އަޅުވާލުމަށްފަހު އޭނާ ނުކުތީ އެއްޗެއް ކައްކާލުމަށެވެ. ބަނޑުހައި ހޫނުކަން އިޙްސާސްކުރެވުނުލެއް ބޮޑުކަމުންނެވެ. އާރމީގްރީން އާއި އަޅިކުލައިގެން ޖަރީކޮށްލާފައިވާ ތަނަވަސް ޑައިނިނރޫމް ފެނީ މީހަކު އާސޯހްވާހާ ރީއްޗެވެ. ޔޫމީންދިޔަގޮތަށްގޮސް ފްރިޖް ހުޅުވާލުމަށްފަހު ބަލާލިއިރު އޭގައި ނެތް ވައްތަރެއްގެ އެއްޗެއް މަދުވާނެއެވެ. ކައްކަންބޭނުންވާނެ ގްރޮސެރީ ސާމާނާ އެކިބާއްވަތްބާވަތުގެ ޗޮކްލެޓާއި އައިސްކްރީމާއި އެނާރޖީ ޑްރިންކްސް އަދި ޖޫސްތަކުން ވަނީ ފުރާލެވިފައެވެ. ފްރިޖްގެ އެއް ޑްރޯވާ އެކައް ހާއްސަވެފައިވަނީ އެކި ބާއްވަތްތަކުގެ ނަޓްސް އާއި ކުޅުދިޔާވާފަދަ ކޭންޑިސްތަކުންނެވެ.

އޭނާ އަންނަންވާއިރަށް ޒައުލްމެން ވަރަކަށް  ތައްޔާރުވެފައޭ ހިތައް އަރާ ހިނިއައެވެ. ޒައުލްގެ މަތިން ހަނދާންވީ ކުއްލިޔަކަށެވެ. އަވަހަށް ކަނބަޑަކުން ނޫޑްލްސް ޕެކެޓެއް ނަގައިލުމަށްފަހު ކައްކާލިއެވެ. ކެއުމަށްފަހު މެންދުރު ނަމާދުކޮށްގެން ، ފެންވަރަން ނޫޅެ ފުރަތަމަ އޭނާ ދިޔައީ ޒައުލްއާއި ބައްދަލުކޮށްލުމަށެވެ.

**

ވިސްނުމަށް ގެއްލިފައި ޒައުލަށް ސިހުމެއް ލިބުނީ ގޭގެ ބެލް އެޅުމުންނެވެ. ގޮސް ހުޅުވާލިއިރު ކުރިމަތީގައި ހެވިފައި ހުރި ޔޫމީން ފެނުމުން އޭނާހުރީ ހިނގައިގަންނަން ނޭނގިފައެވެ. ވޭތުވެދިޔަ ބާރަވަރަކަށް އަހަރު ތެރޭ ޔޫމީން ބަދަލްވެފައި ހުރި ވަރު ފެނުމުން ޒައު ހުރީ ކޮސްވެފައެވެ. އޭނާއަށް ހޭވެރިކަން ވީ ޔޫމީން އައިސް ބައްދާލުމުންނެވެ. ” އަމް ސޯ ހެޕީ ..ހެހެ..ފައިނަލީ ޔޫމީ އިޒް ހިޔާރ…ކިހިނެތްތަ ޔޫމީ އާއި ޔޫމީގެ ހުރިހާ ކަމެއް.. ކޮބާ އިންތިޒާމްތައް ކިހިނެތް އެޕާޓްމެންޓްގަ..ކައި އެހުރީ އެތަނައް އެއްޗިހިލާ މަރާމާތުތައް ގެނެސްފަ” ޔޫމީންގެ ގައިގާ ބައްދާލުމަށްފަހު ޒައުލް އޭނާއާއި އެކު ސޯފާގައި އިށީންނެވެ. އެހާދުވަސްފަހުން ދިމާވުމުން އެދެެދުގައި ދައްކަންހުރި ވާހަކަތައް ނިކަން ގިނައެވެ.

“ވަރަށް ރަނގަޅު..ވަރަށް ފުރިހަމަ.. ކިހިނެތްތަ ބޭބޭ ކަންކަން.. ސުވިސްއަށް މޫވް ވާ ވާހަކަ ބުނީމެއްނު.. ” ޔޫމީން އަހައިލިއިރު އެމޫނުމަތީގައިވަނީ ސައުގުވެރިކަމެވެ. ” ޔާހް.. ދެން އުޅެންވީ އެކަމާ ވެސް.. ޔޫމީ އަށް ވުރެން ކުރިން އެކޮޅަށް ދެވޭނެ ހެން ހީވަނީ ..އިންޝާﷲ..ކިހިނެތް އެޕާޓްމެންޓް ލިބިފައިން ހިސާބު..ޔޫމީ ބުނީ ޒީވާމެންދިރިއުޅޭ ބައި ފެންނަހެންނޭ ވާނީ ޔޫމީއަށްލިބޭ ބައިވެސް ހުންނަން..ސޯ ދެން ރަނގަޅުތަ” ޒައުލް އެއްސެވެ. ” މާބޮޑަށްވެސް ގުޑް.. އެ ބައި އެއްކޮން ފެނޭ ފްލަސް ޒީވާގެ ބެލްކޮނީ ..ނަސީބެކޭ ޑަބްލިއު ޝޭޕަށް މިބިލްޑިންގް އިންނަ ކަން..ހެހެހެ..ދެން ގޮސްލީއޭ އިނގޭ.. އަދި އަންނާނަން..އަދި  ބުލޫއައި މީހުން އެބައިން ދެންމެ މެސެޖް ކޮށްފަ މާދަން މޯނިންގަ ޑިއުޓީއަށް އަރަން…” ކުސްތަޅާލަމުން އެ މެސެޖްދައްކާލަމުން ޔޫމީން ދިޔުމުގެ އިޒްނައަށްއެދުނެވެ. ޒައުލް ހެވިފައިހުރެ ބޯޖަހާލިއެވެ.

***

ދެދުވަސްކުރިން ކުލްސޫމާ ހަމަލާ ދިން ފަޔަށް ތަދުވިނަމަވެސް ޒީވާ ޑިއުޓީގައި އުޅެމުންދިޔައީ ހަލުވިކޮންނެވެ. ސަބަބަކީ އެހެންނޫޅެފިނަމަ އޭނާއާއެކު މަސައްކަތްކުރާ މީހުންގެ ސުވާލްތައް އަންނާނެއެވެ.

ހުދުކުލައިގެ ނަރުސްޔުނީފޯމުގައި މިނެރަލް ވޯޓާރ ފުޅިއެއްތުމުގައި ޖަހާލައިގެން ވޯޑަށް ވަން ޒީވާ ކޮންމެވެސް މީހެއްގެ ގައިގާ ލައިގަތެވެ. ޖެހުންލެއް ބާރުކަމުން ބޯންހުރިފެންފުޅި ވިއްސާގެންގޮސް ޒީވާކޮށިއަރައިގަތެވެ. ކެއްސާ ކެއްސާގޮސް ހާންތިވާން ކައިރި ވެއްޖެވެ. ކައިރީގައި ހުރި ނުދަންނަ ޒުވާނާ ޒީވާގެ ބުރަކަށިގައި އޭނާހިފާއިގެން ހުރި ފޮތުން ޖަހާލީ ކެއްސުންގަނޑު މައިތިރިވޭތޯއެވެ. އޭނާ އަޅައިފާވާ ނަންބަރު އައިނާއި މާސްކުގެ ސަބަބުން އެއީ ކާކުކަމެއް ޒީވާއަކަސް ނޭނގުނެވެ.

“އާރ ޔޫ އޯކޭ..ހެލޯ” އެޒުވާނާ ހާސްވެފައި އަހާލިއެވެ. “ޔާ.ޔާ އައެމް ފައިން ..” ކެއްސުންގަނޑު މަޑުވުމުން ޒީވާ، އެ ނުދަންނަ ޒުވާނާއަށް ބަލައިލަމުން ބުނެލިއެވެ.. “ތޭންކްގޯޑު..ހެހެ..ބަތް ސޮރީ އިނގޭ ..މާބާރަށްދޯ އާދެވުނީ..އަސްލުވީގޮތަކީ ހާއްސައެހީއަށް ބޭނުންވާ ފަރާތެއް އަތުނުވެގެން މިއުޅެނީ .. ޓޫ ނާރސް އާއި ހަވާލުކޮށްފަ ޕޭޝަންޓެއް ބަލަން އަހަރެން ދިޔައީ..އައި އިރު އެމީހުންގެ އަތްދަށުން ފިލައިފި..އެހެންވެ ތަންކޮޅެއް ބާރަށް މިއާދެވުނީ..އަހަރެން ފަސްޓް ޑޭ އަދި މިއީ ..އައި ޑޯންޓް ހޭވް ފްރެންޑްސް.. ކޭން ވީ ބީ ފްރެންޑްސް..” ސަލާމަށް އަތް ދިއްކޮށްލަމުން އޭނާ އަހައިލިއެވެ. ” އިޓްސް އޯކޭ.. ބަޓް އަހަރެންނަކަށް ނީނގޭ ކާކު ކަމެއް ތިއީ..” ޒީވާ އެއްސެވެ. ” އޯހް ސޮރީ ..މާސްކް އަޅައިގެން ދޯ މިހުރެވުނީ.. އައެމް އަ ކާޑިއޮލޮޖިސްޓް..ޑޮކްޓާރ އެލަން..” އެލަން އޭނާގެ މާސްކް ތިރިކޮށްލަމުން ބުނެލިއެވެ.

ކުރިމަތީގައިވާ ސޫރަ ފެނުމުން ޒީވާއަށް ފަހަތައް ޖެހިލެވުނެވެ. އެއީ އޭނާ ދަންނަ ސޫރައެއްކަމަސް ސިކުޑީގެ ކަނަކުން ދިޔައީ ގޮވާލަމުންނެވެ. “އެ..އެ..އެލަން” ޒީވާގެ ބޮލަށް ތޫނު ތަދެއް އެރުމުން ފާރުގައި އަތްޖައްސާލެވުނެވެ. އޭނާގެ ބޮލުގައި މީހަކު ހީވަނީ އެއްޗަކުން ތަޅާހެންނެވެ. އޭނާ ވިސްނާ ވިސްނާ ވެސް ކަމެއް ސާފު ނުވިއެވެ. ބޮލުގައި އެއް އަތުން ހިފާލައިގެން ހުރިއިރު ، ފާރުގައި އަނެތް އަތް ޖައްސާލެވުނީ  ބޮލުގައި އުފެދިފައިވާ ރިހުމުން އޭނާ އަނބުރައިގަނެފާނެހެން ހީވުމުންނެވެ.

” ހޭއި ޔޫ އޯކޭ.. ” އެލަން ހާސްވެފައިވާ އަޑަކުން ބުނެލިއެވެ. އިރުކޮޅެއްފަހުން ބޮލަށް ލުއިވެ ޒީވާ އަށްހަމަޖެހިލެވުނެވެ. އެހެންކަމުން އޭނާ ގަދަކަމުން ހިނިތުންވެލަމުން ބޯޖަހައިލިއެވެ.. “އައެމް ޒީވާ..ޔެސް ޝުއާރ.. ބޯއީސް އާ ސަލާމް ނުކުރަން ” ޒީވާ ސަލާމަށް އިންކާރު ކުރިއެވެ. “ޔާ..ޔާ.. ” އެލަން ބޯކަހާލަމުން ބުނެލިއެވެ. ޒީވާ ހުރީ އެތަނުން ސަލާމަތް ނުވެވިފައެވެ. “އެކްސްކިއުޒް މީ” އެ ފޭކް ހިނިތުންވުމުގައި ހުރެ އޭނާ މިސްރާބްޖެހީ ބެލްކޮންޏަށެވެ.

ޒީވާ ދިޔަ ދިމާލަށް ހެވިފައިހުރެ އެލަން ބަލައިލިއެވެ. “ލިވީ ބޭބީ ..ސޫން ޔޫ ވިލް ރިމެމްބާރ މީ..ހަހަހާ…” އެލަންގެ މޫނުމަތީގައިވި މަކަރުވެރިކަން ޒީވާއާއި އެލަންގެ ހަރަކާތްތަކަށް ކުޑަދޮރުކައިރީގައި ފިލާހުރި ޔޫމީންއަށް ސިއްރެއް ނުވިއެވެ. ޔޫމީންގެ އަތް މުއްކެވިގެން ދިޔައެވެ.

***

ޒީވާ ބެލްކޮނީގެ ރެއިލިންގައި އަތް އަޅާލައިގެން ހުރި އިރު އެމޫނުމަތީގައިވަނީ ތަރުޖަމާ ކުރަންދަތި ކުލަވަރެކެވެ. ” އަޅެ އެކާކުތަ.. އޭނާ އެއީ އަހަރެންގެ ޕާސްޓް ލައިފް ޢާ ގުޅުން ހުރި މީހެކޭ އަހަރެންގެ ހިތްބުނަނީ ކީއްވެތަ…އަހަރެންގެ ސިކުނޑި އާއި ހިތް އިއްތިފާގުން އެބަ އެއްބަސްވޭ އޭނާއާއި ދުރުން އުޅެން ..އާރގް..ބަޓް.. ވެން އައި ސޯ ހިމް ،އައި ފެލްޓް ލައިކް… އެޓް ބިފޯރ ހީޒް މައި އެނިމީ ….” ރުޅިގަދަވެގެން ބޮލުގައި ގޮށް މުށުންޖަހަން ވެގެން ޒީވާ މަޅައިލި އަތް ކޮންމެވެސް މީހަކު ހިފެހެއްޓިއެވެ..

ސިހިފައި ޒީވާ ހަޅޭއްލަވައިގަންނަމުން އެނބުރިލިއެވެ. ކުރިމަތީގައި ހެވިފައި އޭނާއަށް ބަލަން ހުރި އަންހެންކުއްޖާފެނުމުން އަނެއްކާވެސް ސުވާލްތަކުގެ އިތުރު ބޮޅެއް އޭނާގެ ސިކުނޑިގައި ހައްޔަރުވެލިއެވެ. މިއަދު އޭނާއަށް ހުސް އާމީހުންނާއި ދިމާވަނީ ކީއްވެބާއޭ އޭނާގެ ހިތައް އެރިއެވެ.

“ހޭއި..ދެން ޑޯންޓް ޓޯކް ހިމް ..އެއަށް ވުރެން ރަނގަޅު ގޮތެއް ވަކި ކޮބާ” މޫނުމައްޗަށް ވެރިކުރި ހިނިތުންވުން އިތުރަށް ފުޅާކޮށްލަމުން ޔޫމީން އަހާލިއެވެ.

ކުރިމަޓިގައި ހުރި އަންހެން ކުއްޖާފެނުމުން އޭނާ ދަންނަ ކަހަލަ ގޮތެއް ހީވިއެވެ. ކޮންމެވެސް ތާކުން ފެނުންހެން ހީވިއެވެ.  ނަމަވެސް  ދެފަރާތައް އޭނާއަށް ބޯހޫރުވާލެވުނީ ހިތައްއެރިއެއްޗަކުންނެވެ. އެހެންވާނީ ކިހިނެތް ހެއްޔެވެ. މިއީ އޭނާއަށް އަލައް ދިމާވި ކުއްޖެއްވިއްޔާއެވެ. މިއަދަކީ އޭނާއަށް މުޅިންވެސް އާމީހުންފެންނަ ދުވަހެކެވެ. ފެންނަމީހަކު ވިއްޔާ، އެއީ އޭނާ އާއި ކުރިން ދިމާވެފައިވާ މީހެކެ ހިތައް އަރާ ދުވަހެކެވެ. ޒީވާ ގާތަށް ކުޑަކޮން ހިނިއައީ އޭނާގެ މޮޔަކަމުންނެވެ. އޭނާ ދެންމެ ކީއެއްޗިސް އެކުއްޖާއަށް އިވުން ހެން ހީވެގެން ޒީވާ ހުރީ ލަދުގަނެފައެވެ.

“ހާއި..އައެމް ޒީވާ ..އަހަރެން ދެންމެ ކީ އެއްޗިހިނުގެ އަޑު އިވުންދޯ.. މީހަކު ހުރިކަމަކަށް ނޫނޭ އަދި ކީއެއް ވެސް..ސޮރީ..ހެހެ” ޒީވާ ހުރީ އެ ނުދަންނަ ކުއްޖާ އާއި ކުޑަކޮން ވާހަކަ ދައްކާލާ ހިތް ވެފައެވެ.

“ހެހެހެ.. އެ ކަމެއްނޫން..އައެމް ޔޫމީން ..އަދި އަލަށް މި ޖޮއިން ވީ މިއަދު ..ފްރެންޑް އެއްވެސް ނުހުންނާނެ.. ކުރިން އުޅުނީ ސުވިޒަލޭންޑް ގަ ކުޑަ ދުވަސްކޮޅަކަސް މިއައީ މިކޮޅަށް..ލެޓްސް ބީ ފުރެންޑްސް.. ” ޔޫމީން ބުނެލިއެވެ. ” ޔެސްސް.. ޝުއާރ…އަހަރެން ކިޔާނީ ޔޫމީ އޯކޭތަ..ސުވިސް އިންތަ ތިޔައީ ..އަޅޭ ..އަހަރެންގެ ޑްރީމް ޕްލޭޒް….ވޯހް ޔޫ ސޯ ލަކީ..ކިހާ ދުވަހަކަށް ތަ ތިއައީ .. ކޮބާ ފެމެލީ” ނުހަނު އުފާވެރި އަޑަކުން ޒީވާ އެތައް ސުވާލްތަކެއް ޔޫމީން އާއި ކޮށްލިއެވެ.

“ޔާ ފެމެލީ އާއި އެކޮޅު ފްރެންޑްސް ވެސް ކިޔާނީ ޔޫމީ..އޯވް..ވާނެ އަހަރެންނާއި އެއްކޮން އެކޮޅަށް ޖައްސާލަން.. އަހަރެން މަންމަ ރާއްޖެ .. ބައްޕަ އެކޮޅު.. އެކޮޅުގަ އުޅެނީ ފެމެލީވެސް..މަންތް އަކަށް ގާތްގަނޑަކަށް.. އެކަމު އެއަށް ވުރެން އަވަހަސް ވެސް ދެވިދާނެ..” ޔޫމީން މައުނަވީ ގޮތަކަށް ބުނެލިއެވެ.

ޒީވާގެ ހުންނަ އެކުވެރިކަމާއި ލޯބިވެތި މިޒާޖުގެ ސަބަބުން މީހުންއެކުވެރިކަމާއި ލޯބި ހޯދަނީ ނުހަނު ފަސޭހަކަމާއެކުއެވެ.

 

ޔޫމީން ފެންކަޅިވެގެން ދިޔައީ އެންމެ ގާތް އެކުވެރިޔާ އޭނާގެ މަތިން ކުޑަކޮންވެސް ހަނދާން ނުހުންނާނެކަން އެނގުމުންނެވެ. ޒީވާ އޭނާގެ މަތިން ހަނދާންވާނެނަމައެވެ. ކުޑައިރު އެއޮތް އުފާވެރިކަން އަލުން އިއާދަވާނެ ނަމައެވެ.

ދެމީހުން އެތާގައި އިރުކޮޅަކު ތިބެ އެތެރެޔައްވަންނަން ދިޔައެވެ.

***

“ބޭބޭ.. އަހަރެން ގޭން ބޭރުން ބައްދަލުކޮށްލަން ބޭނުންހުންނަނީ.. އަހަރެން ބޭރުގަ ތިބެނީ…ބޭބެ މީހަކު ކާރީ ނުބުނެ އަންނަނީ އިނގޭ ..ސިއްރުން..ސިއްރުން އަންނަނީ” ހާސްވެފައިވާ ރުސްދީ ވާހަކަ ދައްކަމުން ދިޔައިރު  އޭނާގެ މޫނުމަތިން އޮތްދާހިއްލަން ފަށައިފިއެވެ.

**

“ހޭއި ދެން ތެދުވޭ..” ޒީހާން އައިގޮތައް އައިސް އެނދުގައި ޖައްސާލަމުން ގަދަ ނިދީގައި އޮތް އޭނާގެ ލޯބިވެރިޔާ ނަގާ ކޮޅައްޖެހިއެވެ. އެހާ އަރާމްކޮން ނިދަން އޮއްވާ ހޭލަން ޖެހުމުން އޭނާ އޮތޯ ނުހަނު ރުޅިގަދަވެފައެވެ. “ވަޓް ދަ…” ރުޅިވެރިކަމާއެކު ބުނެލިއެވެ.

“އަހަރެން ޔާޔާ އަށް ނާންގާ ކަމެއް ކޮށްފިން.. ވަރަށް ބޮޑު ކަމެއް ..”ޒީހާން، އޭނާގެ ޔާޔާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. “ކޮންކަމެއް” ފޫހުވެފައި އިނދެ ޔާޔާ ބުނެލިއެވެ. އަހަރުމެން އިއްޔެ ތިބެ ދެއްކި ވާކަހަކަ..އައި މީން ޔާޔާ އާއި އޭނާ ކިސް ކުރީމާ ހާޑް ވެގެން އުޅުނީމެއްނު ދޯ.. އެގަޑީގަ ދެއްކީމެއްނު ބައިވަރު ވާހަކަ ..އެހުރިހާ ވާހަކައެއް މިގޭގައި އުޅޭ ރުސްދީއަށް އިވުނީ ..ސޯ އޭނާ ވީޑިއޯ ކުރީ އެ ސީން އާއި  އަހަރެމެން ދެމީހުން ރޭގަ މޭކް އައުޓް ކުރީމެއްނު ސޯފާގަ..އެ ސީން ވެސް ވީޑިއޯކޮށްފަ..މިހާރު ގޮސްފި ޒައުލަށް ދައްކަން..އަހަންނަށް އިނގޭ އޭނާ ވީޑިއޯ ކުރިކަން ވެސް” ޒީހާން ވަރަށް ހަމަޖެހިލައިފަ ކިޔާލިއެވެ.

“ވަޓް…ޒީހާން ކަލޭ މޮޔަވީތަ..ތިބުނީ ޒީހާން އަށް އިނގެޔޭ އިއްޔެގަ އެހުރިހާއިރު ވެސް ރުސްދީ ފާރަލި ކަން އެންޑް ވީޑީއޯ ކުރިކަން.. ރޭގަ ސޯފާ މޭކްއައުޓް ވެސް .. ވަޓް ނޮންސެންސް.. ނީނގެނީތަ އަހަރެން ބަދަލު ހިފަން ކަމެއް މިއުޅެނީ ..ކޮއްކޮގެ މަރުގެ ބަދަލް އަހަރެން ބޭނުމީ ..ކަލޭ ތިކުރި ކަމަކުން..މުޅިން ފެއިލް”  ޔާޔާ މެޔާއި ހަމައަށް ކްއިލްޓް އޮޅައިލަމުން އައިސް ޒީހާންގެ މޫނުމަތީގައި ދެތިން ބޮނޑި އަޅައިލިއިލިއެވެ.

“ބޭބީ..ކަލޭ ކަލޭ ނުކިޔާފަސްޓް ހަމަޖެހީ.. ޔާޔާ..ޔާޔާ ބޭނުންވަނީ ފިރިމީހާ ކައިރިން ބަދަލް ހިފާކަށްނު ދޯ.. ސޯ ޔޫ ކޭން .. މިހާރު މިއޮތީ އީޒީ ވެފަ.. މަރަށް މަރު އެހެންނު..” ޔާޔާގެ ކުރިމަތީގައިވާ ޒީހާންގެ މޫނުންފެންނަން ހުރީ މަކަރުވެރިކަމެވެ.. ޒީހާންގެ ޕްލޭން ކިޔާދިނުމުން “ޔާޔާ”ގެ ތުންފަތްމަތިން މަކަރުވެރި ހިނިތުންވުމެތް ފާޅުވާން ހިނދުކޮޅެއް ނުނަގައެވެ. ކޮންމެހެން ބޭނުންވާނެ ސާމާނުކޮޅު އަޅައިލާގެން ދެމީޙުންވެސް އެކަކަށްވެސް ނުފެނި ގެއިން ނުކުމަތެވެ.
***

 

ޒައުލް ހައިރާންވި ނަމަވެސް ކުރަންހުރި މަސައްކަތް މެދުކަނޑައިލުމަށްފަހު، ލެޕް ނިއްވާލުމަށްފަހު ގެއިން ބޭރަށްނުކުތެވެ. އެވަގުތު ގޭޓް ކައިރީގައި ދެކޮޅައް ދެކޮޅައް ހިނގާލަ ހިނގާލަ ހުރި ރުސްދީ ،ޒައުލްގެ ލޮލުގައި އަޅައިގަތެވެ. ރުސްދީ އުޅޭގޮތް ފެނި ޒައުލް ހެމުންހެމުން ގޮސް ވީކީއްތޯ އަހައިލާފިއެވެ.

” އެހެންތާކަށް ހިނގާބަލަ.” ރުސްދީ އަތުގައި އޮތް ފޯނު ދައްކަމުން ބުނެލުމުން ޒައުލް އޭނާގެ ކާރަށް މިސްރާބު ޖެހިއެވެ. އަދި އޭގައި ހަމަޖެހިލައިގެން ޒައުލް އިށީންނެވެ. ރުސްދީ ފޯނުން ވީޑިއޯ އަކަށް ލުމަށް ޕްލޭކުރަން އެދުނެވެ. އެ ވީޑިއޯ ނިމުމުން ޖެހިގެން އިން ވީޑިއޯ ބެލުމަށް ޒައުލަށް ބުނުމަށްފަހު ރުސްދީ ކާރުގެ ދޮރުލެއްޕުމަށްފަހު ބޭރުގައި މަޑުކުރިއެވެ.

ހެވިފައި ހުރެ ޒައުލް ވީޑިއޯ ކޮޅުޕްލޭ އަށްލިއިރު އެއީ ކޮންފަދަ ބޯޑު ތޫފާނެތްކަމެއް އެ ފަކީރަކަށް ނޭނގެއެވެ.

ހެޑްސެޓް ޖަހާލުމަށްފަހު  ޕްލޭވި ވީޑިއޯކޮޅުން ހީވީ ޒައުލްގެ ފައިދަށުން ބިންގަނޑު ގަނބައިގެން ދިޔަހެންނެވެ. އޭނާގެ އެއްމާބަނޑު ކޮއްކޮ އާއި އޭނާގެ އަންހެނުން އޭނާއަށް ބޭވަފާތެރިވީ އެވެ. “ޒީހާން ..ޔިރާ” ތުރުތުރު އަޅަމުންދިޔަ ޒައުލް އަޑުގެ ކޮޅަށް ހަޅޭޢްލަވައިގަނެވުނީ އިވިގެންދިޔަ އަޑުތަކާއި ފެނިގެންދިޔަ މަންޒަރުންނެވެ. އެއްވެސް ނިވާކަމެއްނެތިވި ޔިރާއާއި ޒީހާންގެ ގައިގޯޅި މަންޒަރުތަކެވެ. އެ އެކްސިޑެންޓަކީ ޒައުލްގެ އަމަލެއް ނޫންކަން އިނގޭއިރުވެސް ޒީޙާން އެހެން ހަދާ ސަބަބެއް ޒައުލް އަކަށް ނުވިސްނުނެވެ.. ކާރުގެ ބޭރުން ރުސްދީގެ ފޯނު އެއްލާލުމަށްފަހު ގައިހުރި ބާރަކަށް ޒައުލް ކާރު ދުއްވާލީ ވަކި މިސްރާބެއްނެތިއެވެ.

އެމަންޒަރު ފެނި ރުސްދީ ގަތީ އަމަށަކު ބިރެއްނޫނެވެ. އެވަގުތު ގޭގައި އުޅޭނީ ކައިވަން އާއި ކުލްސޫމާކަން ރުސްދީ ދަނެއެވެ. ރުސްދީ ގައިހުރި ބާރަކަށް ގެޔައް ވަންއިރު ކައިވަން އާއި ކުލްސޫމާ ކޮންމެވެސް ވާހަކައެއްގައި ސޯފާގައި ތިއްބެވެ. ރުސްދީ އައިލެއްބާރުކަމުން އެދެމީހުން ވެސް ދިޔައީ ސިއްސައިގެންނެވެ. ” ދައްތާ ..ވަރަށް ސަކަރާތް ތިބެނީ” ރުސްދި ރޮމުންރޮމުން ކިޔާދިނެވެ. ކުލްސޫމާ އަށް ވީޑިއޯތައް ފެނުމުން ރޮއިގަނެވުނެވެ. ކައިވަން ހުރީ ޒީހާން ދެކެ އައިސް ހުރި ރުޅިން ތުރު ތުރު އަޅައެވެ. ޒައުލް މަތިން ހަނދާންވެގެން ރޮވުނެވެ..ނީކިޔާ ސުކޫލްގައި ކަމަށް ވުމުން ކުލްސޫމާ ނީކިޔާއާއި ހަވާލުކުރުމަށްފަހު ކައިވަން  ރުސްދީ ގޮވައިގެން ދިޔައީ ޒައުލް ހޯދުމަށެވެ. ދިޔަ މަގުމަތީގައި ޒީވާ އާއި ޒުހޫރު އަށް ކުޑަ ގޮތަކަށް ކިޔާދިނުމަށްފަހު ޒައުލް ހަބަރެއް ވޭތޯ ބެލުމަށް ބުނެލިއެވެ.

***

ޒީވާ އަތްދަބަސް ހިފައިގެން ހޮސްޕިޓަލުން ނުކުންއިރު ފެންކަޅިވެގެންދިޔައެވެ. ވީގޮތެއް ނޭނގި،ކުއްލިޔަކަށް ޒީވާ އައުމުން ހަބަރުބަލައިލުމަށް ޔޫމީން ވެސް އައެވެ.  ޒީވާ ވެސް މަނަލެއް ނުކުރެއެވެ.

***

ޒައުލް ރޮމުން ރޮމުން ކާރު ދުއްވަމުން ދިޔައިރު ދުއްވީ ނުހަނު ބާރަށެވެ.ނަމަވެސް އިރުގަނޑަކު އެހެންހުރުމަށްފަހު އާދައިގެ ވަރަކަށް ދުއްވަން ފެށީ ކީކޭ ހިތައް އަރައިގެން ކަމެއް ނީނގެއެވެ. އޭރު އޭނާއަށް ހުރެވުނީ ބުލޫއައި ހޮސްޕިޓާލްގެ ގޭޓް ކައިރީގައިއެވެ. ކުއްލިޔަކަށް ޒައުލްއަށް ސިހުމެތް ލިބުނީ ހައިސްޕީޑުގައި ދުއްވާފައި އޭނާގެ ކާރުގައި ޖެހެންއައި ބޮޑު ޕިކަޕެއް ފެނިއެވެ. އެނާއަށް ޝަހާދަތުގެ ދެކަލިމަ ހަރުއަޑުން ކިޔުނީ ދެން ސަލާމަތެއް ނުވާނެހެން ހީވުމުންނެވެ.

**

އިސާހިތަކު މުޅިތަނައް ގުޑުން އަރައިގެންދިޔައީ ޒައުލްގެ ކާރުގައި ޖެހުނު،ގަވާއިދާއި ހިލާފައް ދުއްވަމުންއައި  ބޮޑު ޕިކަޕެއްގެ އަޑުންނެވެ. ޕިކަޕަށް ،ބިއްލޫރިގަނޑު ތަޅައިގެންދިޔުންނޫނީ އިތުރު ގެއްލުމެއް ނުވިއެވެ. ނަމަވެސް ޒައުލްތޯއެވެ.

ކާރުގެ ބިއްލޫރި ގަނޑު ތަޅައިގެން ގޮސް ،ދޮރުފަތް ވަކިވީއެވެ. ޒައުލް ދިޔައީ ވިއްސާގެންނެވެ. އެދިޔަ ބާރު މިނުގައި މަގުބައްތިޔަކައް ހުރި ދަގަނޑުހޮޅީގައި ޒައުލްގެ ބޯ ޖެހި ތިރީގައިވާ ގާފުންޏަކަށް ގުޅަޔަކަށް ޖެހުނެވެ. އިސާހިތަކު ހިސާބުގަނޑުގައި ލޭގެ ކޯރެއް އުފެދި ގެންދިޔައެވެ.

****

(ނުނިމޭ)

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annora

Level 610 Stories100 Login100 Comments100 Stories

Weaving tales that linger long after the last page.🤍 Turning imagination into unforgettable stories.🤍 Every story is a journey; come take a trip with me.🤍 Capturing the magic in everyday moments.🤍 Crafting narratives that touch the heart and mind. 🤍 🤍🤍🤍

Other Articles

Previous

ނޭދެމޭ ވަކިވުމެއް-42

Next

ކޮކާ ކުއްޖާ – 4

Next
February 2, 2021

ކޮކާ ކުއްޖާ – 4

Previews
February 1, 2021

ނޭދެމޭ ވަކިވުމެއް-42

5 Comments!

  1. Ner wer shaa says:
    February 2, 2021 at 2:32 pm

    Curiously waiting for the next part ???

    1. Annora says:
      February 4, 2021 at 9:19 am

      awwn thanks dear ner wer shaa♡ ♥?❤
      i hope next part vx shauguverikamaa eku dear kiyaane kamah ♡ ♥?❤

  2. Begirl says:
    February 2, 2021 at 3:18 pm

    I love this part too ??waiting for the next part ? ? ? ? ? ? ? ? ? ? ? ? ? ? ?

    1. Annora says:
      February 4, 2021 at 9:22 am

      awwwnn thankyou dear begirl ♡ ♥?❤ v happy vejje girl ah mi part vx kamudhiyaweema ♡ ♥?❤ next parts vx sauguverikamaa eku kiyaane kamah unmeedhu kuran♡ ♥?❤

  3. Annora says:
    February 4, 2021 at 9:26 am

    salaam .. here is the 10th part of hiraas ..i hope you all will like this part too.. next part insha allah tomorrow ..guys stay safe
    stay home
    ♡ ♥?❤♡

Comments are closed.

Next Episodeހިރާސް 11←


All Right Reserved!