
ހިރާސް 7
” ޔާ..ޔޫމީ އަށް އެނގެއެންނު ޒެން ދެރަވާނެ ވަރު.. އޫމް.. އެބަ އޮތް ގޮތެއް ” ވިސްނާލަން ހުރެފައި އޭނާގެ ހިތުގައި އޮތްއެތި ޔަޒަކު ބުނެލަން އުޅުން ވަގުތު ޔޫމީން ހުއްޓުވިއެވެ. ” ވެއިޓް ..އަހަރެން ވިސްނާފިން އެކޮޅަށް ދާން ..އަހަރެންނަށް އިނގޭ ޒެން އެހާ އަވަހަށް ނުދާނެކަން އުއްމީދު ކަޑާލައިފަ އެއް..ބައްޕަގެ ފަރާތުން ދޮންބެއަށް ލިބިފައިވާ ޕަވާރސް އަހަންނަށް ލިބިފައި ނެތަސް އޭނާ ހުންނާނެތަން މަށައް އިނގޭ .. ލެޓްސް ވެއިޓް ..ހަމަ އެންމެ ވީކެއް ވަންދެން އަހަރެމެން ތިބެމާ ވެއިޓް ކޮށްގެން.. އޭނާ ނުދާނެ ..މަށައް ހަންޑްރެޑް ޕަސެންޓް ގެރޭ.. އެންޑް ދޮންބެ.. ލައިފްޓައިމްގަ ވެސް ދޮންބެއަށް ދެވޭނެ އެންމެ ބޮޑު ޝޮކް ދެވެން މިއުޅެނީ ..ޑޯންޓް ބީ ޓޫ ރިލޭކްސް” ޔަޒަކު ހޮޓްޗޮކްލެޓް ތަށި ހުސްކޮށްލިތަން ފެނި ޔޫމީން އިންޒާރެއް ފަދައިން ބުނެލި ޖުމްލައިން އޭނާއަށް ސިހުމެއް ލިބިގެން ދިއައެވެ.
*******
ގަސްތަކުތެރޭގައިވާ މަޑު ފެހިކުލައިގެ ޓަވާރ ބައްޓަމަށްވާ ބޮޑުގެޔެކެވެ. ގޭގެ އިން ވަކި ކުރަން ބަގީޗާގަސްތަކެއް ވަށާއިގެން ޖަހާފައިވެއެވެ. އެގޭގެ ފުޅާ ވޯކްވޭގެ ދެފަރާތުގައިވަނީ ބޮޑު މާބަގީޗާއެކެވެ. ފަތްތަކުގެ ފެހިކަމުގައި އާރޯ ކަމާއި ތާޒާކަން އެކުލެވެއެވެ. ކުލަކުލައިގެ މާގަސްތައް މުށިތަކާއި ބަގީޗާތެރޭގައި ވާދަވެރި ރޭހެއް ޖަހާފައިވާ ފަދައިން ވާދަކުރަނީއެވެ. މަލަކަށް ދޫކުރާނެ މަލެއް ނުވެއެވެ.
އެގާރަ ވަރަކަށް އަހަރުގެ އަންހެން ކުއްޖެކެވެ. އެކަވީހަކަށް އަހަރުގެ ފިރިހެން ކުއްޖެކެވެ. އަންހެންކުއްޖާގެ ފަހަތުން ފިރިހެންކުއްޖާ ދުވަމުންދިޔައެވެ. ދުވަމުން ގޮސް ބަގީޗާގެ މެދުގައިވާ އުނދޯއްޔެއްގައި ދެކުދިން އިށީންދެ ހެއްލަން ފެށިއެވެ. މުޅި މާހައްލުގައި ހިފާލައިފައިވަނީ ދެކުދިންގެ އުފާވެރިކަމުން ފުރިގެންވާ ހުނުމުގެ އަޑެވެ. ކުއްލިޔަކަށް ހުރިހާއިރު ފުރަގަސްދީގެން ހުރި އަންހެން ކުއްޖާ ގާތުގައި ފުރަގަސްދީގެން ހުރި ފިރިހެން ކުއްޖާގެ މޫނަށް ބަލާލިއެވެ.
**
ޒީވާއަށް ސިހިފައި ހޭލެވުން އިރު އަނގައިން މަޑު ހަޅޭކެއްގެ އަޑު އިވިގެން ދިޔައެވެ. ފެނުނީ ހުވަފެނެއްކަން ޔަގީންވާއިރު ވެސް އޭނާއަށް ލިބުނު ސިހުން ކުޑައެއްނޫނެވެ. މީގެ އެތަކެއް އަހަރެއް ކުރިން އޭނާގެ އުމުރުން ތޭރަ ވަރަކަށް އަހަރުން ފެށިގެން އެ ހުވަފެން އެއްވެސް ބަދަލެއް ނެތި އޭނާ އަށް ދެރޭން އެއްރޭ ކަހަލަ ގޮތަކަށް އޭނާއަށް ފެނެއެވެ. އެކަމަކު މިރެޔާއި ޖެހެންދެން އެ ހުވަފެނުން ފެންނަ ދެކުދިންގެ މޫނު ފެންނަނީ ފުސް ފުސް ކޮންނެވެ. ނަމަވެސް މިރޭ އެއަންހެންކުއްޖާގެ މޫނު ސާފުވެގެން ގޮސް އޭނާގެ ސޫރަ ޖެހުމުން ޒީވާގެ ހިތުގެ ހަމަޖެހުން މުޅިން ގެއްލިއްޖެއެވެ. ޒީވާ ވިސްނާ ވިސްނާ ވެސް އެ ފިރިހެން ކުއްޖާގެ މޫނު އޭނާއަކަށް ދެނެއެއް ނުގަނެވުނެވެ. ވިސްނިވަރަކަށް ބޮލައް ރިހުންގަނޑެއް ވަދެ އެނބުރުން އަރާގެން ދާން އުޅޭހެން ހީވާތީ ޒީވާ ބޮލުގައި އަތްލެވުނެވެ.
ޒީވާއަށް ސިހުން ލިބުނީ ކުއްލިޔަކަށް މީހަކު އޭނާގެ ކޮނޑުގައި އަތް ލުމުންނެވެ. އިސްއުފުލާލި ވަގުތު ބޮލައް އެނބުރުން އަރާފައިވުމުން ކުރިމަތީގައި ހައިރާން ކަމާއެކު ބަލަހައްޓައިގެން ހުރި ކައިވަންގެ މޫނު ވެސް ފެނުނީ ނުސާފްކޮންނެވެ. ” އާރ ޔޫ އޯކޭ.. ހެލޯ ..ޔޫ އޯކޭ” ޒީވާއަށް ލިބިފައިވި ސިހުން ނެތިގެންދިޔައީ ކައިވަން ގޮސް ކޮޓަރީގެ ކަނެއްގައިވާ ސުވިޗް ބޯޑުން ސުވިޗްއަކަށް އޮބާލުމުން ތަނައް ހުދުކުލައިގެ އަލި ފެތުރިގެން ދިޔުމުންނެވެ. އިރުކޮޅެއް ފަހުން އޭނާ ރަނގަޅުކަމަށް ބުނެ ކައިވަން އަށް ޖަވާބު ދިނެވެ. ނަމަވެސް ކުއްލިޔަކަށް އޭނާ އަށް ކައިވަންގެ މޫނައް ބަލައިލެވުނީ ކައިވަން އެ ރޫމަށް ވަން ގޮތެއް ނޭނގިފައެވެ.
“ޑޯންޓް ގެޓް މީ ރޯންގް އިނގޭ.. އަހަރެންނަށް ފެންބޮވައިގަނެގެން ހޭލެވުނީ ..ރޫމްގަ ފެން ހުސްވެފަ ހުރީމަ ޑައިނިންގ ރުމަށް ފެންފުޅިއެއް ހޯދާލަން ވެގެންދަނިކޮން ހަޅޭއްލަވައިގެން އަޑު އިވުނީމަ މިވަނީ ..” ކައިޔަން ގެ ކޮޓަރި ހުންނަނީ ޒީވާގެ ކޮޓަރިޔާއި ޖެހިގެން ކަމަށްވުމާއިއެކު ،އެ ކޮޓަރި ހުރަސް ނުކޮން ކައިވަން އަކަށް ޑައިނިންގް ރޫމަކަށް ނުދެވޭނެއެވެ. ކިތަންމެ ރަނގަޅަކަށް ވެސް ކައިވަން ގެ ބަހުގެ ތެދުކަން ހާމަވެއެވެ.
ދެމީހުންކުރެ އެކަކު ވެސް އިތުރަށް ބަހެއްނުބުނެއެވެ. އިސާހިތަކު އެތަނަށް ވެރިވެގެން ދިޔައީ އަޖައިބެއް ފަދަ ހަމަ ހިމޭން ކަމެކެވެ. ޒީވާގެ ހިތުގެ ތެޅުން އާދަޔާއި ހިލާފަށް ބާރުވިއެވެ. މިއީ މިފަދަ ގޮތަކަށް ދެމީހުން އެކަނިވި ފުރަތަމަ ފަހަރެވެ. ލައިގެން ހުރީ ސޯޓުކޮޅެއް ކަމުން ޒީވާ ލަދުގަންނަ ގޮތްވިއެވެ. އިސާހިތަކު ކޯތާފަތަށް ޖަންބުކުލަ ވެރިވެގަނެފިއެވެ. މީގެ ކުރިން އެފަދަ ކުރު ސޯޓްކޮޅެއް ގައި ވަނިކޮން އެއްވެސް މީހަކަށް ފެނިފައެއް ނުވެއެވެ. އެކަން އިހްސާސް ވީ ކަންނޭނގެއެވެ. ކުރިމަތީގައިވާ އަލަމާރި ދޮރުފަތުގައި އަޅުވާލައިފައިވާ އަތްދިގު ކަޅުކުލައިގެ ގޮށް އަޅުވާ ބޮޑުޖެކެޓް ކައިވަން ޒީވާއަށް ދިއްކޮށްލީ ލޯމަރައިގެން ހުރެއެވެ. ޒީވާ ލައިފައި ހުރި ކުރު ސޯޓްކޮޅާއި އުޅަބޯއްޓާއި ހަމައަށް އަތް އަރާ ނޫކުލައިގެ ޓީޝާޓްގެ މަތިން ފައިގެ ތަނބިކައްޓާއި ހަމައަށް އަރާ އެ ޖެކެޓް ލުމަށްފަހު ގޮށް އަޅުވާލިއެވެ.
ކައިވަން ފުރަގަސްދީގެން ހުރެ އެނބުރިލީ ޒީވާ ގޮވާލުމުންނެވެ. “ތޭންކްޔޫ …” ކިރިޔާ ބަނޑަށް އިވާވަރަށް ޒީވާގެ އަނގައިން ނުކުން ބަސް އިވިފައި ކައިވަންގެ އަނގައިން ލުއި ހުނުމެއްގެ އަޑުއިވުނެވެ. ޒީވާ އަށް ދެލޯ ބޮޑުކޮށްލެވުނެ. ސަބަބަކީ ކައިވަންގެ މޫނުމަތިން އެފަދަ ހިނިތުންވުމެއް އެފެނުނީ އޭނާއަށް މުޅިން އަލަށެވެ. ނުހަނު ފިރިހެން ވަންތައެވެ. ކަންފަތަށް މާމުއި ފައްވާރާއެއް އޮއްސާލިފަދަ އިޙްސާސެކެވެ. އިރުކޮޅެއްފަހުން ޒީވާއަށް ހޭވެރިކަން ވިއެވެ. އަމިއްލަ ބޭބެ އާއިމެދު މިހެން ވިސްނޭތީ އޭނާގެ ހިތައް ނުބައި ގޮތެއް ވެލިއެވެ. ފާފަވެރި ވާނެ ކަމެއްކަން އަދި އެއީ ހުތުރު ކަމެއްކަން އިޙްސާސް ވުމުން އަމިއްލަ ހިތައް ވިސްނައިދެމުން އަވަސް އަވަހައް ބޯ ހޫރައިލެވުނެވެ.
ކައިވަން އަށް ޒީވާއަށް ވީގޮތް ސިއްރެއް ނުވިއެވެ. އޭނާގެ ތުންފަތްމަތީގައި ހިނގާލީ މައުނަވީ ހިނިތުންވުމެކެވެ. ” އެދެން މީހަކު ޝުކުރު އަދާ ކުރާވަރުގެ ކަމެއްތަ.. އޫމް .. ކޮފީ އެއް ހަދާލަ ދެ ވޭނެތަ ” މިފަދަ ކަމަކަށް ޒީވާގެ ކައިރިން މުޅިން އަލަށް އަހަން ޖެހުމުން ކައިވަން ކުޑަކޮން ލަދުގަންނަ ގޮތްވިއެވެ. ބޯކަހާލެވުނީ އެހެންވެއެވެ. ދެލޯބޮޑުކޮށްގެން ޒީވާ ހުންނަން ފެށުމުން ކައިވާން ހީކުރީ ޒީވާ ހިތްހަމަ ނުޖެހުނީ ކަމަށެވެ. ” އޫމް.. އިޓްސް އޯކޭ އިފް ޔޫއާރ ސްލީޕީ..ބާއީ” ކައިވަން ނުކުމެގެން ދާން ފެށުމުން ޒީވާގެ ހިތައް ނުބައިގޮތެއް ވެލިއެވެ. ” ނޫނޭ .. އެހާ އަވަހަކަށް ނިންޖެއް ނާންނާނެ މިރޭ.. އެބަ އަންނަން އިނގޭ ކޮފީ އެއް ހަދާލައިގެން .. ކޮންތާކަށް ގެންދަންވީ ” ހިނިތުންވެލަމުން ޒީވާ އެއްސެވެ. ” ރޫފްޓޮޕް..ޒީވާ ވެސް އަންނަން ވީނުން…. ޕްލަސް ޓޫ ކޮފީ ” ޒީވާ އެއްބަސް ވުމުން އޭނާ އިތުރުކޮށްލިއެވެ. އެއްމިޔަކަނުން ހިނިތުންވެލައިގެން ކައިވަން ބަލަން ހުރިގޮތުން ހީވީ ޒީވާގެ ހަށިގަނޑު އެކަށް ސްކޭން ކޮށްލަން އުޅުން ހެންނެވެ. ކައިވަންގެ ފަރާތުން ފުރަތަމަ ފަހަރަށް މި ފެންނަ ގާތްކަމުން ޒީވާގެ ހިތައް ބަޔާން ކުރަން ދަތި އުފަލެއް ލިބުނު ނަމަވެސް އަމިއްލަ ބޭބެޔާއި މެދު ހިތުގައި ތަފާތު ކަމެއް އުފެދިދޭ ކަމުގެ ބިރުވެރިކަން އުފެދުނެވެ. ކުއްލިޔަކަށް އޭނާއަށް އިހްސާސްވީ ވޭތުވެ މިދިޔަ ދުވަސްތަކުގައި އަޅުކަންތަކާއި އޭނާއަށްކުޑަކޮން ދުރުވެވިފައިވާ ކަމެވެ. އެހެންވުމުން ވެސް މިފަދަ ޝައިތާނީ ވިސްނުންތައް ކުރެވުމަށް މަގުފަހިވެދާނެއެވެ. މިވާގޮތުން އިޙްނަށް ވުރެން ބޮޑަށް އަޅުކަމާއި ގާތްވާން ޒީވާ އަޒުމް ކަނޑައެޅިއެވެ.
ހިޔާލްތަކެއްގައި ހުރެ ޒީވާ ދެތަށި ކޮފީ ހިފާއިގެން ބެލްކަންޏަށް ދިޔައެވެ. އޭރު ކައިވަން މަދިރި މަރާ ރެކެޓް ހިފާގެން އުޅެއެވެ. ހުސްގަޔާ ހުރިއިރު މީގެ އިރުކޮޅެއްކުރިން ލާފައި ހުރި ކަޅުކުލައިގެ ޓީޝާޓް ބޮނޑިކޮށްލައިފައި ކުރިމަތީގައިވާ ސޯފާއަށް އެއްލާލިއެވެ. ލާފައިހުރި ޑެނިމް ސޯޓް މައްޗައް ހިއްލާލަމުން ކޮނޑުގައި ހުރި ޒަހަމްކޮޅަށް ބަލައިލެވުނެވެ. ކޮނޑުކަށިގަނޑާއި ދިމާލުން ތަންކޮޅެއް ހަލާކުވެފައިވާއިރު ލޭގަނޑު އޮހެމުން އާދެއެވެ.
އެމަންޒަރު ފެނިޒީވާގެ ފަޔަށް ލިބުނީ އާދަޔާއި ހިލާފް ބާރެކެވެ. ކުޑަކޮން ދުވެލާފައި ގޮސް ކުރިމަތިގައިވާ ބިއްލޫރި މޭޒެއްމަތީގައި ކޮފީ މަގުތައް އަޅައިގެން ގެނަ ތަބައް ބަހައްޓާލަމުން ކިހިނެތް ތޯ ވީ އަހާލިއެވެ. “ރެޓް އެއް ދަތް އެޅީ ..މިހިރަ ސޯފާގައި ޖައްސާލިއިރު މަށައް ކިހިނެތް އިނގޭނީ މިހިރަ ގަހުން ރެޓް ފައިބާ ކަމެއް.. މިއުޅޭ ރުސްދީ އެކޭ ކިޔުނު މީހާއަށް ވެސް ތަންތަން ބަލާކަށް ނީނގޭނެ..ހުސް ގަސް މިއޮތީ ..ބަލާލަން ކީއްވާނީ .. ގައިމު މިތާގައި އެކަހަލަ އެއްޗެއް އޮންނާނީ ކޮންމެ ވެސް މީހެއް މިސްޓޭކަކުން..” ކޮނޑުން ނަގަމުންދިޔަ ދިލައިން ކައިވަން ލޮލުން ފެން އަންނަ ވަރު ވެއްޖެއެވެ. ތެދެކެވެ. މުޅި ޓެރެސްގަ ވެސް ވަނީ ތަފާތު އެކިވައްތަރުގެ ގަސްތަކުން ފުރިފައެވެ. ހުސް ތަފާތު ވައްތަރުގެ ތަރުކާރީއާއި މޭވާގެ ގަސްތަކެވެ.
އެބައަންނަން ކަމުގައި ބުނެފައި އަވަސް ހަރަކާތަކާއި އެކު ޒީވާ ކޮޓަރިޔަސް ދުއްވައިގަތީ ފަސްޓް އެއިޑް ބޮކްސް އެއް ހޯދުމަށެވެ. ފަރުވާއެއްނެތި ގިނައިރު ވެއްޖެ ނަމަ ސަލްމޮނެއްލާ އަދި ޓްލަރީމިއާރ ފަދަ ނުރައްކާތެރި ބައްޔެއްގެ ޝިކާރައަކަށް ވެދާނެއެވެ.
ޒީވާ އެނބުރި އައި އިރު ކައިވަން އިނީ ސޯފާ ގޮނޑިއެއްގައި ދޮރާއި ފުރަގަސްދިގެންނެވެ. ހަނދުވަރުގެ ރިހިއަލީގައި ޓީޝާޓްނުލައި އިނުމުން ހާމަވެފައިވާ އެފިރިހެންވަންތަ ހަށިގަނޑު ފެންނަލެއް ނުހަނު ފުރިހަމައެވެ. ބައިމަތިފުޅާ ހަށިގަނޑުގައި މަސްތައް އެތުރިލާފައިވާލެއް ފުރިހަމަ ކަމުން ބަރާބަރަށް ކަސްރަތުކޮށް ޖިމައްދާކަން ހާމަވެއެވެ. ފަހަތުން ފެންނައިރުވެސް އެރީތިކަމަކަށް ބަދަލެއް ނާދެއެވެ. ޒީވާގެ ހިތްތެޅިލިއެވެ. ނަމަވެސް އަވަސްއަވަހަށް ހިންދިރުވާލުމަށްފަހު ކައިވަންގެ ގާތުގައި ހުއްޓިލިއެވެ. އެއަށްފަހުމަޑުމަޑުން ބޭސް އަޅަންފެށިއެވެ. ދޮރަށް ފުރަގަސްދީގެން ކައިވަން އިން އިރު އޭނާގެ މޫނެއް ފަހަތުގަ ހުންންމީހަކަށް ނުފެއެވެ. ޒީވާގެ ހޫނު ނޭވާތައް ކައިވަންގެ ކޮނޑަށް އެޅުމުން ކައިވަންގެ ހިއްސުތަކަށް އެނގުންވެލައިފިއެވެ. ހިތުގެ ތެޅުން ބާރުވަމުން ދިޔުމާއެކު އޭނާ ކެއްސަން ފެށިއެވެ.
“ތަދުވަންޏާ ބުނާތި..ކޮބާ މިހާރު ރެޓް” ތަދުވެފައިން ނަމަވެސް ތަދުވާ ވާހަކަ ބުނަން ނުކެރިފައިއިން ކައިވަން ފެނި ޒީވާގެ ގާތައް ހިނިއައެވެ. ” ކީއްވެ ހެނީ..މަށަކަށް ނުވޭ ތަދެއް.. އޭތި މަރަން އުޅެނިކޮން ދުއްވައިގަތީ.. ބެލްކޮނީގެ ފާރަށް އެރިތަނާ އަމިއްލަ އަށް ވެއްޓުނީ ..ސުސައިޑް އަކަށް ދޯ ވާނީ ..މަށެއް ނުމަރަން ވިއްޔަ” ކައިވަން ބުނެލިއެއްޗަކުން ޒީވާއަށް ހޭންފެށުނެވެ. ކައިވަން އާއި އެއްބައިވެލުމުގެ ގޮތުން ބޯހޫރުވައިލިނަމަވެސް ޒީވާއަށް ހެވެމުން ދިޔައެވެ. އިރުއަރަންދެން ދެމީހުން ވާހަކަ ދައްކަން ތިބިއިރު ދެމީހުންގެ ދެމެދުގައިވާ ބޯ ފާރު ތުނި ވުމުގެ އަލާމާތްތައް ފެންނަން ފަށައިފިއެވެ. ފަތިސް ނަމާދަށް ބަންގި ގޮވުމުން ދެމީހުން މިސްރާބް ޖެހީ ކޮޓަރިތަކާށް ތަކާއި ދިމާލަށެވެ.
*****
ވެލާނާ އިންޓާރނޭޝަނަލް އެއާރޕޯޓްގެ ރަންވޭގައި ޖެއްސުމުން ބައިބަޔަށް މީހުންގަނޑު ފައިބައިގެން ނުކުންނަން ފެށިއެވެ. މީހުންގެ ތެރެއިން ފުރޭނިގެން އެކަހެރިކޮން އައި ޒުވާނާ އަށް އެއާރޕޯޓްގައި ތިބިއްޔާ ތިބި ބަޔެއްގެ ނަޒަހުއްޓުނެވެ. ހުރިހާ އަންހެންވެރިން ބޯއުކައުކާފައި ކައިރީގައިވާ ފިރިންނާއި ރައްޓެހިވެގެން އުޅޭ ބައިވެރިން މަތިން ހަނދާންނައްތާލައިފައި އުނިކަމެއް ނުވާ އެ ފިރިހެންވަންތަ ސޫރައަށް ބަލަމުން ދިޔައެވެ. ތުނިކޮން ކޮށާފައިވާ ފަންފަން ކަޅުކުލައިގެ އިސްތަށިގަނޑެކެވެ. ލިބިފައިވާ އަޅިކުލައިގެ ލޮލުގައިވާ އަވިއައިނެއް އަޅައިލާފައެވެ. މާދޮން ނޫނަސް ކުލައަލި ހަންގަނޑެކެވެ. ބައިމަތިފުޅާވެފައި ކަސްރަތީ ހަށިގަނޑެކެވެ. އޭނާގެ ސިފައަށް އިތުރު ފުރިހަމަ ކަމެއް ލިބެނީ ބަހައްޓާފައިވާ ތުނި ތުނބުޅިންނެވެ. ކަޅުކުލައިގެ ކޯޓްފަޓުލޫނުގައި ހުރުއިރު އެންމެންގެ ހިއްސުތަކާއި ވަރުގަދަޔަށް އޭނާ ކުޅެލައިފިއެވެ. އެއްބަޔަކު އަތުން ފައިލްތައްދޫވިއިރު އަނެއްބަޔަކު ބޯންތިބި ފެންތަށިތައް ވެސް ދޫވެގެން އަގައިން ފެންފައިފާބަމުން ދިޔައިރު ވަނީ ލޯ ބޮޑުވެފައިއެވެ.
މީހުންތަކަށް އޭނާ ފެނިފައި މިވާ ގޮތްގޮތުން ހިނިއައިނަމަވެސް އެކަން ނުދައްކާ އޭނާ ހޯދައިލީ އެންމެ މީހެކެވެ. ކުރިމަތީގައި އޭނާއަށް ބަލައްޓައިގެން އަންހެނަކު ހުއްޓެވެ. ބަލާލާ ބެލުމަށް ޒުވާން ކަމަށް ދެއްކިނަމަވެސް ރަނގަޅަށް ބަލައިލާފިނަމަ އެމޫނުމަތީގައިވާ ކުދި ރުލުން ދުވަސް ވެފައިވާކަން އިނގެއެވެ. ފްލޯރަލް ޓޮޕެއްލާފައި ފިޓްކޮން ހުރި ޖިންސެއްގައިހުރި އެ އަންހެންމީހާ ދިޔަގޮތަށްގޮސް އެ އެޒުވާނާގައިގާ ބައްދާލިއެވެ. “ދަރިފުޅާ.. އައި މިސް ޔޫ ސޯ މަޗް..އާފްޓާރ ޓްވެލް އިޔާރސް މަންމައަށް މަންމަގެ ދަރިފުޅު މިފެނުނީ.. ” ކެމީލާ ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ ލޮލުން ކަރުނައިގެ އަސަރު ފެނުނެވެ. “މޯމް ދެން ނުރޮއެ.. އަހަރެން މިއައީއެންނު.. މީގެ ބާރަ އަހަރު ކުރިންވެސް އަހަރެން ބުނީމެއްނު ބާރަ އަހަރުފަހުން އަންނާނަމޭ” އޭނާ ވާޙަކަ ދެއްކިއިރު މޫނުމަތީގައިވާ ވިހަ ހިނިތުންވުމުން އެމޫނުގައިވާ ނުރައްކާތެރި ނަޒަރު ކެމީލާގެ މޫނުމަތިނަ ވެސް ފެނިލިއެވެ. ” ޔެއާރ ދޫނީ .. ލެޓްސް ގޯ އަލާނިއަލް” ވިހަ ހިނިތުންވުމަކާއި ކެމީލާ، އަލާނިޔަލްގެ އަތުގައި ހިފާލިއެވެ.
****
(ނުނިމޭ)
One Comment
Comments are closed.
Maasha Allah ? mibaivx vrh furihama!