
ހިރާސް 9
ބަލަބަލާހުއްތާ ޔޫމީން އެ ދޮރައް އޮބާލުމުން އެކެހިގެން ގޮސް ފާޅުވި ލިފްޓައްއެރިއެވެ. ޔަޒަކު ވެސް ބަސްއަހާ ކުޑަ ކުއްޖެއް ފަދައިން ޔޫމީންގެ އަތުގައި ހިފާލައިގެން ގޮސް އެރިއެވެ. ލިފްޓް ތިރިޔަށް ދާން ފެށުމުން ބިރުގަން ނަމަވެސް ލިފްޓް ހުއްޓުމުން ފެނިލި މަންޒަރުން ހީވީ ޔަޒަކުގެ ފެނުމުގެ ހިއްސު ކެނޑިގެން ދިޔަ ހެންނެވެ.
***
އެންމެ ގާތް އެކުވެރިޔާ އިން ހާލު ފެނި އޭނާއަށް ދެލޯބޮޑުކޮށް ލެވުނެވެ. އެފަދަގަތަކަށް އިޒާން ރޯން ހުރި މަންޒަރު އޭނާއަށް މިފެނުނީ އެތަކެއް އަހަރު ފަހުންނެވެ. ރޮއެރޮއެ އިން އިޒާން ފެނުމުން އޭނާގެ ފަޔަށް ލިބުނީ އާދަޔާއި ހިލާފް ބާރެކެވެ.
“ޒާން..”ޔަޒަކުގެ އަނގައިން ނުކުން ކުރު ލަފްޒުން ވެސް އެއަޑުގައިވި މަޑު ތުރުތުރު ދެންތިބި މީހުންނަށް ފާހަގަވިއެވެ. ޔަޒަކު އަށްފެންނަނީ ހަމައެކަނި ބަލި އެނދުގައި ވާ އަންހެނެކެވެ. ކާކުތޯ ބަލާލުމަށްޓަކައި ކައިރިޔަށް ޖެހިލުމަށްފަހު އެމީހާގެ މޫނަށް ކަޅިއެއްލިވަގުތު އޭނަގެ ބޮލަށް އެނބުރުންއަރައިގެން ދިޔައެވެ. ނަމަވެސް ކައިރީގައިވާ ޔޫމީންގެ ހަރަކާތް މާއަވަހެވެ. މިފަދަކަމަކަށް އޭނާހުރި މާކުރިންވެސް ތައްޔާރު ވެގެން ކަމަށް ވުމާއެކެ ހުށިޔާރުކަމާއެކު ޔަޒަކުގެ އަތުގައި ހިފުމަށްފަހު އަތުލަފިކުރިއެވެ.
އިޒާން ބިރެއް ފެނުން ހެންފަހަތަށް ޖެހިލެވުނީ ޔަޒަކުއަށް ވި ގޮތުންނެވެ. އެތަކެއް ދުވަހަށްފަހު ފޮރުވައިގެން އުޅުން ސިއްރު އެފަދަގޮތަކަސް ޔަޒަކަށް އިނގުމުން އޭނާހުރީ ނުތަނަވަސްވެފައެވެ. އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވާލުމަށްފަހު އިޒާން ޔަޒަކުގެ ގާތުގައި އިށީންދެލިއެވެ. “ޒެކް.. އައިނޯ އަންފެއާރ ކަން އެކަމަކުވެސް މިނޫންގޮތެއް ނެތް ..” އިޒާން ވާހަކަ ދައްކަމުން ދިޔަ ނަމަވެސް ސިހުމެއް ލިބިގެން ދިޔައީ އޭނާގެ އަތްފޮޅުވާލުމަށްފަހު ޔަޒަކު ގޮސް އެނދުގެ ކައިރިޔަސް ވެއްޓިގަނެ ރޯންފެށުމުންނެވެ. ޔޫމީން ފެންކަޅިވެގެން ދިޔައެވެ. ސަބަބަކީ އޭނާގެ އުމުރުން ބާވީސް އަހަރުވެގެން ދިޔައިރު ވެސް އޭނާގެ ދޮންބެގެ ރުއިން އިވުނު ފުރަތަމަފަހަރަށްވެފައި އެ ކަރުނަތަކުގައި ވާ ވޭނުގެ ސަބަބުންނެވެ. ޔަޒަކު ހަމަޔަކަށް އަޅުވަން ޔޫމީން ކުރަމުންދިޔަ މަސައްކަތް ދިޔައީ ބޭކާރުވެގެންނެވެ. އޭނާއަށް ވެސް ރޮވުނީއެވެ. އެކަކު އަނެކަކުގެ ގައިގާ ބައްދާލައިގެން ޔަޒަކު އާއި ޔޫމީން ތިބިއިރު މުޅިތަނުގައި ހިފާލައިފާވަނީ ވޭނީ ރުއިމުގެ އަޑެވެ.
އެތައް އިރަކު އެހެންތިބުމަށްފަހު ހަމަޔަކަށް އެޅުމުން އިޒާން ،ޔަޒަކު ނަގައިގަނެގެން ގެން ގޮސް ސޯފާގައި ބޭންދިއެވެ. “ޒާން ކީއްވެތަ ނުބުނީ ..ކީއްވެހޭ ނުބުނީ ..އަހަރެންގެ އަމިއްލަ މައިމީހާ އަހަންނަށް ފޮރުވީ..އެންމެ ދުވަހަކަށް ނޫނޭ.. ބާރަ އަހަރު ވަންދެން އަހަންނަށް ފޮރުވީ އަހަރެންގެ އަމިއްލަ މައިމީހާ.. ބަލަ ނޭނގުނުތަ އެއީ އަހަރެންގެ މަންމަ ކަމެއް .. ދެން ހުރީ ޔޫމީން.. ބަލަ ޔޫމީން އަސް އިޙްސާސް އެއްނުވޭތަ ތިހެން ހެދުމުން އަހަންނަސް ކިހާ ބޮޑު ހިތްދަތި ކަމެއް މި ލިބުނީ.. ބާރަ އަހަރުކުރިން ..ދެހާސް އައްވަނަ އަހަރު .ޑިސެމްބާރ ފަހެއް…އެ ދުވަހު ކީކޭތަ އަހަރެން ގާތު ބުނީ .. މަންމަ މަރުވީއޭ.. އެހެންނު…ބޮޑުދައިތަ ވެސް ރަނގަޅު …ބާރަ އަހަރު ވަންދެން މަންމަ ކިޔުއްވީ.. މަންމަ ދުނިޔޭގަ ހުރި ވާހަކަ ނުބުނީ ކީއްވެ…”ރޮމުން ރޮމުން ޔަޒަކު ފަހަތައް އެނބުރުނު އިރު ޔަމްހާ ދޮރު ދޮށުގައި އެހުރިހާއިރު ހުރިހާ މަންޒަރެއް ބަލަން ހުރުމަށް ފަހު ވަނެވެ. އެމީހުންނާއި ފާރަލަމުން ޔަމްހާ އެތަނަށް އައިކަން ޔަޒަކުއަށް އިނގެއެވެ. ނަމަވެސް އޭނާ އަޅާނުލާ ހުރީ މިފަދަ ކަމެއް ފެންނާނެ ކަމަކަށް ނޫނެވެ.
ޔަޒަކުގެ ފައިބުޑަށް ވެއްޓިގަނެވުނު ހިނދު ޔަމްހާއަށް ރޮއެގަނެވުނީއެވެ. “މި މަންމަ އަށް މާފް ކުރޭ.. ދަރިފުޅާ …ދަރިފުޅަކީ އަހަންނަށް ބޮޑުދައިތަ ކިޔާ ދަރިޔެއް ނަމަވެސް ..ހަ..ހަމަ އަމިއްލަ ދަރިއެއްފަދަ ތި ދެ..ދެކުދިން…ވެސް..ދަރިފުޅުގެ މަން..މަންމަ އެދުނީ އެންމެ ކަމަކަށް…ޔޫމީން އާއި ޔަޒަކު ބަލާދިނުމަށް ..ލަވާ ދުނިޔޭގައި ހުރި ވާހަކަ ނުބުނުމަށް … ސަބަބަކީ ޔަޒަކު ލަވާ.. ހޯދަން އުޅެފާނެތީ..އެމީހުން އެތިބެނީ އަހަރެމެންގެ ކޮންމެ ހަރަކާތަކަށް ފާރަވެރި ވެގެން…..އިޒާން ގާތު ނުބުނުމަށް އަހަރެން އެދުނީ އެހެންވެ.. ޔޫމީން އަށް އެނގުނީ ކިހިނެތް ކަމެއް ނީނގޭ…ތިކުދިންގެ ސަލާމަތައްޓަކައި ސިއްރުކުރީ” ރޮމުން ރޮމުން ޔަމްހާ ވާހަކަދެއްކިއެވެ.
” ޔަޒަކު އަށް ނޭނގިދާނެ.. އެކަމަކު އެމީހުންގެ މީހުން ލަވާ ހޯދުމަށް ކެނޑިނޭޅި މަސައްކަތް އެކުރަނީ .. އެދުވަހު … އެހާދިސާ ހިނގި ދުވަހު އެފިރިހެނާ ދިއައީ ބާރަ އަހަރުފަހުން އަންނާނަން ކަމަށް ބުނެފަ އޭނާގެ ދަރި ވެސް ..އެހާ ސުންޕާ ބަޔެއް އެއީ .. އޭގެފަހުން މިއަހަރު އެވީ ބާރަ އަހަރު.. ލަވާ ކޯމާ އަކަށް ދިޔަފަހުން ތިކުދިން ބައްޕަ، އަހަރެންގެ ބޭބެ އަހަރެމެންގެ ގާތަށް ނައިސް އެހުންނަނީ އަހަރެމެންގެ ސޭފްޓީއަށް ވިސްނާފަ..ޔާސިރުބޭބެ ،ތިކުދިން ދެކެ އަދި ލަވާ ދެކެ ލޯބިނުވާތީ އެއްނޫން އެހުރީ ނައިސް …ޕްލީޞް މަންމަގެ އެންމެ ފަހު އެދުން ދެކުދިންވެސް ފުރިހަމަ ކޮށްދީ..ދެން އިތުރަށް މިވާހަކަ ނުދައްކާ ގެޔަށް ދަމާ” ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން ޔޫމީންގެ އަތުގައި ހިފާލަމުން ޔަޒަކަށް ބަލާލަމުން ޔަމްހާ ބުނެލިއެވެ. އޭރު އިސްޖަހާއިގެން އިން އިރު ޔަޒަކު އިނީ ދެއަތްތިލައިން މޫނުމަތި ފޮރުވާލައިގެންނެވެ. ޔަޒަކު ހަމަޖެހުމުން ގެޔަށްދާނެކަމަށް ވިސްނާފައި ޔޫމީން ގޮވާއިގެން ޔަމްހާ ދިޔައެވެ. ގެޔަށް ދިޔަ މަގުމަތީގައި ޔޫމީން އޭނަ ރާއްޖެ ދާން އުޅޭ ވާހަކަ ބުނެލުމުން ޔަމްހާ އެދުނީ ޔާސިރު ގާތުން ހުއްދަ ހޯދުމަށެވެ.
***
އިޒާން އެތައް އިރަކު ޔަޒަކު އާއި ވާހަކަ ދެއްކުމަށްފަހު އޭނާ ހިތްހަމަ ޖައްސެމަށްފަހު ޔަޒަކު ގެޔަށް ލާން ދިޔައެވެ.
ޔަޒަކުގެ މަންމަ ހާލު ބެލުމަށްފަހު އިޒާން އޭނާ ދިރިއުޅޭ ބަޔަށް އައިސް ފެންވަރާލީ ތާޒާ ވެލުމުގެ ނިޔަތުގައެވެ. ފެންވަރައިގެން އެފަންފަން އިސްތަށިގަނޑު ހިއްކަމުން ފޯނު ބަލާލިއިރު ޔޫމީން ގެ މެސެޖެއް އައިސް އޮތެވެ. “ފްރީ ވެވުނުހާ އަވަހަކަށް ގުޅާބަލަ” އިޒާން މަޑުމަޑުން މެސެޖް ކިޔާލަމުން ތުވާލި ނައްޓާލުމަށްފަހު ކަޅުކުލައިގެ ސޯޓެއް ލައިގެން ގަޔަށް ބްލޫ މިސްޓް ބޮޑީ ސްޕްރޭ ކޮޅެއް ޖަޙާލަމުން ހުސްގަޔާ ހުރެ ބެލްކަންޏަށް ބޯދިއްކޮށްލިއެވެ. ބެލްކޮންޏަށް ސްނޯގެ ހަމަލަތައް އަންނަމުންދިޔައެވެ. އޭނާގެ ގަޔަށްވެސް ސްނޯގެ އަސަރު ކތައް ކުރަމުންދިޔައެވެ.. ނަމަވެސް ހީނުގަންތާގައި އޭނާ ގޮސް ބެލްކޮނީގައި އަދި ހަމަ ޖެހިލީއެވެ. އޭނާގެ މޫޑް ކޮންމެވެސް ވަރަކަށް ވަނީ ރަނގަޅުވެފައިއެވެ. ޔޫމީންގެ ނަންބަރަށް ޑައިލް ކޮށްލުމުން ސިކުންތެއްގެ ތެރޭގައި ޔޫމީން ފޯނު ނެގުމުން އިޒާންގެ ގާތަށް ކުޑަކޮން ހިނިއަތުވެއްޖެއެވެ.
“ބްރޯ.. އިޓްސް ގެޓިން ބޭޑް.. އޭނަ މޫވްކޮށްފި ހީކުރިވަރަށްވުރެން އަވަހަށް… އަހަރެން ގޮތެއް ނިންމައިފިން..ޓޫ ވީކްސް ފަހުން އެކޮޅަށްދާން..” އިޒާން ފޯނުނެގުމުން ހިތް އަވަސް ވެފައި ހުރެ ޔޫމީން ބުނެލިއެވެ. “އައި ނޯ ހީ ވިލް މޫވް ސޫން މާކުރިން ވެސް… ބަޓް ޔޫމީ.. ޝީ ޑަޒުންޓް ރިމެމްބާރ އެނީ އޮފް އަސް .. ޔޫމީ ތީ ..ބެސްޓްފްރެންޑްސް ..އެ ކަމެއް ވެސް އޭނާ ހަނދާނެއް ނެތް” ބެސްޓްފްރެންޑްސް އޭ ބުނީ ކުޑަކޮން ވިސްނާލުމަށް ފަހުއެވެ. ނަމަވެސް އެހެން ބުނިއިރު ވެސް ޔޫމީން ހިތުގަ ޖެހޭނެކަން އޭނާއަށް މާކުރިންވެސް އިނގެއެވެ. އެކަން ޔަގީންވީ ޔޫމީންގެ ކުރެހިގެންދިޔަ އަޑުންނެވެ. ނަމަވެސް ޔޫމީން އެކަނި ފޮރުވުމަށްތަކައި މަސައްކަތް ކުރުމުން އިޒާން ދެރަވިއެވެ. ” އައި ހޭވް އަ ޕްލޭން …” ޔޫމީން ވިސްނުމެއްގެ ތެރޭގައި ހުރެ ބުނެލިއެވެ. ދެން އެދެމީހުންގެ މެދުގައި ދެކެވުނު ވާހަކަތައް ދެނެވޮޑިގެންވާނީ ހެއްދެވިފަރާތެވެ.
***
މެންދަމުގެ ހަމަހިމޭން ވަގުތެވެ. ނަމަވެސް މަގުތައް މަތިން ދުއްވާ އެއްޗެހީގެ އަޑުތައް ކެނޑެނީ މަދު ފަހަރަކުއެވެ. ސްނޯފޭބުން ހުއްޓިފައިވީނަމަވެސް ފިނިކަމުން ތުރުތުރު އަޅައެވެ. ޒިއުރިކް އިންޓާރނޭޝަނަލް އެއާރޕޯޓް ތެރޭގައި ވެސް މީހުން ވަކި މަދެއް ނޫނެވެ.
ފުރާމީހުންގެ ގިމަތަ ކާރީގައި މަޑުކޮށްލައިގެން ޔޫމީން ހުރިއިރު އޭނާގެ ސިފަވަކިނުވާވަރަށް ވަނީ މޭކަޕް ކޮށްލައިފައެވެ. ތުންފަތުގައި ކަޅުކުލައިގެ ލިޕްސްޓިކް ޖައްސާލައިގެން ހުރިއިރު ނުހަނު ގަދަޔަށް އަނދުނާއި އައި ލައިނާރ އިން ލޯކައިރިވަނީ ފަވާލައިފައެވެ. ބޮލުގައި ކަޅުކުލައިގެ ތޮއްޕެއް އަޅައިލައިފާ ވާއިރު ކަޅުކުލައިގެ ރޮނގުތަކެއް ދެމި ،ހުދުކުލައިގެ ސްޓްރައިޕް ޓީސާޓަކާއި ކަޅުކުލައިގެ ހައިވެއިސްޓެއްގައިއެވެ.
ކޮނޑުގައި އަޅުވާލައިފައިވާ ބެކްބެކްގެ ވާކޮޅު އޭނާގެ ހިމަހިމަ އިނގިއްޔަށް އޮޅަމުން ދިޔައިރު ކޮންމެވެސް މީހަކަށް ނުގުޅިގެން އޭނާ ހުރީ ހާސްވެފައެވެ. ރުޅިގަދަވެގެން އަރައިފާވާ ކަޅުކަޅުކުލައިގެ ސްނިކާރސް އިން ބިމުގައި ހައެއްކަ ފަހަރު މިޙާރު އެނާ ޖަހާފިއެވެ. “ހަމަހުވާ މިބުނީ ޒާން ގަނޑު އަންނައިރަށް ލަޑާނަން” އޭނާއަށް ރުޅިގަދަވެގެން އެހެން ބުނެވުނީ ފުދޭވަރަކަށް ބާރަށެވެ. އޭނާއަށް ރެޔަކާލީ ގާތުގައިވާ މީހުންއޭނާއަށް ބަލަންފެށުމުންނެވެ.. ޔޫމީން މާފައްއެދެމުން އެތަނުން ދުރަށް ޖެހިލީ ލަދުގަތުމުންނެވެ.
އެހެން ހުއްޓައި ޔަމްހާ އާއި ޔަޒަކު ވެސް އައެވެ. ޔަޒަކު ، ޔަމްހާ ޢާއި ވާހަކަ ނުދައްކާ ދެހަފްތާ ވަންދެން އުޅުނެވެ. އެދުވަސްތަކުގައި ޔަމްހާގެ ލޮލުން ކަރުނަ ނުހިކެއެވެ. ނަމަވެސް އިޒާން ވިސްނައިދިނުމުން ކުރިން ޔަމްހާއާއި އޮތް ގުޅުން ޔަޒަކު ވަނީ ބާއްވަން ފަށައިފައެވެ. ޔަމްހާ އެތައްފަހަރަކު އިޒާން އަށް ސުކުރު އަދާކުރިއެވެ.
“ކިހިނެތް ވީ.. “ޔަމްހާއަށް އަހާލެވުން އިރު ޔޫމީން ކޮށްފައިވާ މޭކަޕް ފެނި ޔަޒަކްގެ ހިނިގަނޑު ފަޅައިގެންދިޔައެވެ. ހެމުން ދިޔައިރު އޭނާގެ ލޮލުން ފެންއައެވެ. ޔޫމީން ދިޔަގޮތައް ގޮސް ޔަޒަކުގެ ކަންފަތުގައި ހިފާ ގަނެ ޔަޒަކު ބިންމައްޗަށް ވައްޓާލިއެވެ. “ކީއްވެ އަހަންނަށް މަލާމަތް ކުރީ ” ޔަޒަކްގެ އިސްތަށިގަނޑަށް ދަމަމުން ޔޫމީން ހަޅޭއްލަވަމުން ދިޔައިރު ހުރެވުނުތަނާއިމެދު ނުވިސްނެއެވެ. އޭރުވެސް ޔަޒަކުދިޔައީ ހެމުންނެވެ. އެއާރޕޯޓް ތެރޭގައިތިބިމީހުންވެސް ފޯނު ދިއްކޮށްގެން ހުރެ ހެމުންދިޔައެވެ. ޔަމްހާ އަވަސް ހަރަކާތަކާއިއެކު ދެމީހުން ދުރުކުރިއިރު އޭނާއަށް ވެސް ހެވެނީއެވެ. ކުއްލިޔަކަށް ޔޫމީންގެލޮލުގައި އަޅައިގަތީ ފޯނު ދިއްކުރަމުން އައި އިޒާން އެވެ . ” ހޮހޯއް.. އަހރެންގައިގަ އަތްލިޔަސް މީތި ލާނަން އެފްބީއަށް ..’ އިޒާން މަޖާވެލާފައިބުނެލިއެތިން ޔޫމީންގެ ރުޅިގަނޑު ހައްތަހާވީ އިތުރެވެ. ޔަޒަކު ،އިޒާންގެ ގައި ބައްދައިގަންނަމުން އަޑުއަޑުލައްވަން ފެށީ ކެކި ހުރި ޔޫމީން އިތުރަށް ރުޅިއަރުވާށެވެ.
“ހުއް..ވަޓްއެވާރ ..އަހަރެން ދަނީ މި … ކަލޭމެން އަހަރެން ފުރުވަން ނައިނަމަ ކޮންފަދަ..” ޔޫމީން، އިޒާންގެ މެޔައް ގޮށްމުށުގެ އެތިފަހަރެއް ޖަހާލި އޭނާއަށް އެއްވެސް ތަދެއް ނުވާނެކަން އިނގިހުރެއެވެ. ކަންވީވެސް ހަމަ އެހެންނެވެ. ހީވީ ހަރު ހިލަގަނޑެއްގައި ޖަހަލިހެންނެވެ. ހުރިހާ ތަދެއް ވީ ޔޫމީންއަށެވެ. ތަދުވެގެން އަނގަޔަށް ގޮތެއް ހަދައިލަމުން ރަތްވެފައިވާ އަތައް ބަލާލަމުން އިޒާން އަށް ލޯއަޅައިލިއެވެ. ވެދިޔަ ކަންތަކަށް މާފައް އެދެމުން ޔަޒަކުއާއި އިޒާން ޔޫމީންގެ އަތުގައި ހިފާލަމުން ސަލާމްކޮށްލިއެވެ. ހިނިތުންވެފައި ޔޫމީން އިޒާންއާއި ދިމާއަށް ބުމަ ހިއްލާލިއެވެ. “ޢާ..މިއޮތީ ތިމީހާގެ ސެޓްފިކެޓްތައް ..ބްލޫ-އައި ހޮސްޕިޓަލް އިން ޖޮބް ލިބިފަ އިންނާނީ މިހާރު ..ފޯރ އޯލް ދި ޑީޓެއިލްސް ،ޗެކް ޔޯ މެއިލް ..އޯކޭ .. “އިޒާންގެ މޫނައް ސީރިޔަސް ކަން ވެރިކުރަމުން ބުނެލިއެވެ. ” އަދި އެއްވާހަކަ .. ހުންނާނެ އެޕާރޓްމެންޓެއްވެސް ހޯދާފަ ވާނި ..އެހުރިހާ އިންފޯމޭޝަންސް އެއް ހުންނާނޭ މެއިލް ކޮށްފަ.. އެހެންވެމިބުނީ މެއިލް ބަލަން” އިޒާން އިތުރައް ބުނެލިއެވެ. “ތެންކްސް ގައިޞް.. ވިލް މިސް ޔޫ އަލޮޓް..” ފުލައިޓްއަށް އެރުމަށް ޓަކައި ގޮވަލުމުން ހުރިހާމީހުންނާއި ސަލާމްކޮށް ބައްދާލުމަށްފަހު ޔޫމީން ފެންކަޅިވެފައިވާހާލު ފްލައިޓަށްއެރިއެވެ.
***
“ހެލޯ ބޭބީ” އެޕާޓްމަންޓްތެރެއަށް ވަދެގެން އައި ޒީހާން ގޮވާލިއިރު އޭނާގެ “ޔާޔާ” ދިޔައީ ސޯފާގައި އިނދެ، އަތުގައިވާ ލޯގަނޑުކޮޅު ބަލަމުން ލިޕްސްޓިކުން ތުންފަތް ފަވަމުންނެވެ. “ޔެސް ބޭބީ ….” މޫނުކުނިކޮށްގެން އިނދެ “ޔާޔާ” ބުނެލިއެވެ. ” ކިހިނެތް ވީ މަގޭ ރަންކޮޅާ… ކާކު ކީއްކުރީ ބޭބް ތުންކޮޅު ތިހާ ދިގު ވީ..” އޭނާ އިންލެތް މަޖާކަމުން ޒީހާންގެގާތަށް ހިނިއައެވެ. “ނޮޓް ފަނީ ޔާ..ހީ ކިސްޑް މީ އެގެއިން އެންޑް އެގެއިން …” އޭނާ އެ އިންގޮތަށް އިނދެފައި ބުނެލިއެއްޗަކުން ޒީހާން ރުޅިގަދަވިއެވެ. “ތިއީ ޔާޔާ އުޅޭގޮތުން ވާހާ ކަންކަން..އޭނާ ދަށުކޮށްލަން ބުނީމަ ވެސް ނުވޭތަ އެވަރެއް.. ބަދަލު ހިފަން ބޭނުން ވާ މީހާ ފުރަތަމަ ވެސް ތިހާ އީޒީ ވެގެންނެތް ނޫން އުޅޭނީ.. ސީރިޔަސްލީ ..ހާހ”ޒީހާން އަޑުގައިވި ރުޅިވެރިކަން އެ އަންހެންކުއްޖާއަކަށް ސިއްރެއް ނުވިއެވެ. “ބޭބް..އަހަރެން އީޒީ ވެގެންނެތް ނޫޅެން..އޭނާ އަހަރެން ކޮއްކޮ މަރާލައިފަ އެހާ ސިއްރުވެގެންނެތް ނޫޅެވޭނެ..އަހަރެން ބޭނުމީ ބަދަލަކަށް ވާކަހަލަ ބަދަލެއް ހިފަން.. ޓޫ ވީކްސް ތެރޭގަ މިކަންތައް ނިންމާލާނަން..” އެއަންހެން ކުއްޖާ އަޑުގައިވަނީ ނުރައްކާތެރިކަމެވެ.
ޒީހާންގެ އެޕާޓްމެންޓް ސާފުކުރަން ރުސްދީއަށް މިހުރިހާ މަންޒަރުތަކެއް ފެނުނެވެ. އޭނާހުރީ ފެނިގެންމިދާ މަންޒަރުން ސޮކްޖެހިފައެވެ.. ނަމަވެސް ދޮރު ކައިރީގައިވާ ތަނބަކަށް ނިވާވެލަމުން އަތުގައިވާ މޯބައިލް ފޯނުން ވީޑިއޯ ކުރިއެވެ. އޭނާ އެގޭގައި އުޅޭތާ ދިހަ ދިހަވަރަކަށް އަހަރު ވަނީ ވެފައެވެ. އެގޭ އެންމެންދެކެ އޭނާ ވަރަށް ލޯބިވެއެވެ. ހާއްސަކޮން ޒީވާ އާއި ޒައުލާއި ޒުހޫރެވެ. ރުސްދީގެ ހިތުގައި އެތިންމީހުންނަށް ވަނީ ވަކިން ބޮޑު ލޮތްބެއް އުފެދިފައެވެ. އެތިންމީހުންގެ ރަނގަޅުކަން އޭނާގެ ހިތުން ދުވަހަކުވެސް ނުފިލާނެއެވެ.މިހުރިހާ ދުވަހަކު މިގޭގައި ހުރެވުނީވެސް އެމީހުންގެ ސަބަބުންނެވެ.
އޭނާ މިވީޑިއޯ އެންމެންނަށް ދައްކާނެއެވެ. ގެޔަށް ޒަލްޒަލާއެއް އަންނާނޭކަން އޭނާއަށް އިނގެއެވެ. ނަމަވެސް އޭނާއަށް ވަރިހަމައެވެ.
ޒީހާން މެންނަށް ނުފެނި ރުސްދީއަށް ނިކުމެވުނެވެ. އޭނާ ފުރަތަމަވެސް ވީޑީއޯ ދައްކަން އަވަސްވެގަތެވެ.
***
ފަތިސް ނަމާދުކޮށްލައިގެން ޑިއުޓީއަށް ދިޔުމުގެކުރިން ޒީވާ ސައިހެދުމަށްޓަކައި އަވަސްވެގަތެވެ. ބީޓްރޫޓްގައި ކިރުގަރުދިޔަ ހެދުމަށްފަހު ބަށި ހަނާކުރިއެވެ. އެއަށްފަހު އަތްމަތިއަވަސްކޮށްލައިގެން ރޮށިފިހެ ނިންމާލުމަށްފަހު ހަގަޑި ބައިގެ ކުރިން މޭޒުމައްޗަށް އެއްޗިސް އަރުވާލިއެވެ. އެއީ އެގޭގައި ޒީވާއަށް އޮތް ގަވާއިދެވެ.
ފެންވަރައިގެން އޭނާގެ “ބޭސް” ބޭނުން ކުރުމަށްފަހު ސައިބޯންވެގެން ޒީވާ ޑައިނިންގް ރޫމަށްވަނެވެ. އޭރު ކުލްސޫމާ ސައިބޯން އިނެވެ.އޭނާ، ޒީވާ ފެނުމުން ކަޅި އަޅައިލިއެވެ. އެވަގުތު ކައިވަން އާއި އެކު އެއްއަހަރުގެ ލޯބި ފުށްގުޅައެއްފަދަ ކައިނާ ވެސް އައިސްވަނެވެ. ކުޑަ ސޯޓްކޮޅަކާއި ކުޑަ ހޫޑީއެއްގައި ކައިނާ ހުރިއިރު ޒީވާގެ ހިތް ލޯބިން ފުރުނެވެ. ކުލްސޫމާ ޒިންކު ކައިރީގައި ހުރިވަގުތު އޭނާއަށް ނުފެންނާނޭކަމަށް ބަލާފައި ޒީވާ ކައިނާގެ ކޮލުގައި ނުހަނު މަޑުމަޑުން ލޯތްބާއިއެކު ފިރުމާލިއެވެ. ޒުހޫރު ، ކައިވަން އަށް ގޮވަމުން އައި އަޑު އިވުމުން އޭނާ ކައިނާ ބަހައްޓާފައި ދިޔައެވެ.
އެވަގުތެވެ. ދުންޖަހާފައި ކުލްސޫމާ އައިސް ތިރީގައި ހިނގާލަ ހިނގާލަ ހުރި ކައިނާ ކޮލުގައި ފެން ހާކައިލުމަށްފަހު މިނިކާވަގެއްހެން އައިގޮތަށް އައިސް ޒީވާގެ ބޮލުމެދުގައި ޖަޙާލީ ނުހަނު ބާރަށެވެ. ޒީވާގެ ބޮލުން ހީވީ ތަރިބުރައިގެން ދިޔަހެންނެވެ. “ކަލޭކައިރީގައި އަހަރެން ކިތައްފަހަރު ބުނާނީ އަހަރެންގެ ދަރިފުޅުގެ ގައިގާ ކަލޭގެ ނުބައި އަތުން އިނގިލިކުރިވެސް ޖައްސާނުލާށޭ…އޭނ ..،މިހިރަ ސޭކާ..މާ މާތް މީހަކަށް ވެގެން އެބޯޅެއެންނު ..ހަހް” ދެވަނަ ފަހަރަށް ޒީވާގައިގާ ޖަހަން ވެގެން އަތް މަޅާލިވަގުތު ކައިނާ ބިރުން ރޮއިގަތެވެ. ނަމަވެސް ދެތިން ބޮނޑި ޒީވާގައިގާ އަޅާއިލަމުން އޭނާ ހިންދެމިލީ ޒީވާއަށް ރޮވުނީމައެވެ. “މަންމާ ތަދުވެޔޭ” ޒީޥާ އަށް ގިސްލެވެން ފެށުނެވެ. ” ކަލޭއަށް ތަދުކުރާށޭ މިއުޅެނީ ..ނީނގެނީތަ އެވަރު.. މަގޭ ދަރީގެ ގައިގަ އަތްލީމަ ކަލެއަށް ޖެހޭނެ އަދަބު ލިބެން..” ކުރިމަތީގައިވާ ކާމޭޒު ހަރުން އުލެއް ނެގުމަށްފަހު އޭގެ ކޮޅު ޒީވާގެ ފަލަމަސްގަނޑަށް ހަރާލިއިރު ރަހުމުގެ ކަންފުޅެއް ވެސް ނެތެވެ. ޒީވާ ނުރޯންވެގެން ތުންފަތް ހަފާލަ ހަފާލަ އިންއިރު ނަގާދިލައިން ކެތްނުވެއެވެ. ބަދިގެ ދޮރުކައިރިން ހިލަމެއް ވިހެން ކުލްސުމާއަށް ހީވިއެވެ. ނަމަވެސް މީހަކު ފެންނަން ނެތުމުން ހީވިގޮތެއްކަމަށް ބަލާފައި ކުލްސޫމާ ރޮމުންދިޔަ ކައިނާ މަސަލަސް ކުރުވިއެވެ.
ކުލްސޫމާ ހިތް ފުރުނީ ތޯއްޗެކެވެ. ޒީވާ އާއި ދިމާލަށް ދެލޯ އަޅައިލަމުން ނިކުމެގެން ދިޔައެވެ. ޒީވާއަށް ކެއްކުރެވުނީ އެހިސާބަށެވެ. ރޮވެމުން ދިޔައިރު މަޑުގިސްލެވެމެއްގެ އަޑު ދިޔައީ އިވެމުންނެވެ. ކުލްސޫމާ ،ޒީވާގެ ފަޔައް ހެރި އޫ އިނީ ފައިގެ ފަލަމަސްގަނޑައް ކޮޅައްޖެހިފައިއެވެ. އޫ ނައްޓާލިވަގުތު ޒީވާއަށް ހަޅޭއްލަވައި ނުގަނެވުނީ ކިރިޔާއެވެ. ތުންފަތް ފިއްތާލިލެއް ބާރުކަމުން އަނގައިގަ ލޭ ރަހަ ލިއެވެ. އެތައް ހިތް ވަރެއް ކުރުމަށްފަހު ސައިބޯން ނޫޅެ ޑިއުޓީއަށް ދާން ނުކުތީ ކޮރަމުން ކަހަލަ ގޮތަކަށެވެ.
***
ލިވިންރޫމުގައި ނުހަނު ބުރަކޮން ޒައުލް އިނީ އޮފީސް މަސައްކަތެއްކުރުމަށެވެ. ކުއްލިއަކަށް ނީކިޔާ ދުވަމުން ދުވަމުން އައިސް ވަނެވެ. ޒައުލް ދިޔައީ ސިއްސައިގެންނެވެ. އެ މައުސޫމް މޫނުމަތީގައިވި ބިރުވެރިކަން ޒައުލަށް ނަނގައިގަނެވުނެވެ. “ދަރިފުޅާ..ބައްޕި ދެންމެއެއްނު މިއައީ މާމަމެން ބަޔަށް ލާފަ.. ކިހިނެތް ވެފަ ތިހުރީ ދަރިފުޅާ.. އޭއި ދޫނީ ..ހެލޯ” ޒައުލް ވާހަކަ ދައްކަ ދައްކަ ހުއްޓައި ނީކިޔާ ދުވަމުން ދުވަމުން ގޮސް ކޮޓަރިޔަށް ވަނެވެ. ދުވަހކުވެސް ނީކިޔާ އުޅުން ގޮތެއް ނޫންކަމުން ޒައުލް ވަރަސް ކަންބޯޑުވިއެވެ. ޒައުލް ވެސް ކޮޓަރިޔަށް ވަންއިރު އެއްވެސް ހަރަކާތެއްނެތި ޓައިލްސް މައްޗަށް ދެމިފައިވާ ތުއްތު ނީކިޔާ ފެނުމުން ޒައުލްއަށް ހަޅޭއްލަވައިގަނެވުނެވެ.
****
(ނުނިމޭ)
5 Comments!
Comments are closed.
salaam .here is the 9th part of hiraas..i hope you all will like this one too..next part insha allah day after tomorrow..if u guys like new cover pic of the story plx like ❤❤❤❤
Mi part ves Vrh Vrh reethi ?????
Good luck ? ??????????
And stay safe ???????????????
awwwnn ❤❤❤thanks dear begirl❤❤❤stay safe you too ❤❤❤thank yoo alot dear❤❤❤❤
maasha allah.. vrh reethi mi bai vx.. whn is the next?
awn thanks dear flame gurl ❤❤ im so happy gurl ah mi part kamudhiyaeema ❤❤❤❤❤ next part insha allah day after tomorrow ❤❤❤hope e part vx sauguverikamaa eku kiyaane kamah❤❤❤