
ހިރާސް 4
“ލި..ލި..ވ” ޒީވާ ބޮލުގައި ދެއަތުން ހިފައިގެން ނަގާދިލައިގެން ކެތްނުވެގެން ހުރިދިމާއަށް ތިރިވެވުން ވަގުތު ކޮންމެވެސް ބަޔަކު ގޮވާ އަޑު އިވުނެވެ. ތަންތަން ނުސާފުވަމުންގޮސް އޭނާ އަރިއަޅާލިއެވެ. ދެން ވީ ގޮތެއް އޭނާއަކަށް ނޭނގުނެވެ.
****
ހޮސްޕިޓަލްގެ ޕްރައިވެޓް ރޫމެއް ތެރޭގައިވާ އެނދެއްގައި ޒީވާ ވަނީ އެޑްމިޓް ކުރެވިފައެވެ. އެއްވެސް ހަރަކާތެއް ނެތެވެ. ނުހަނު މައުސޫމްކޮން ލޯމަރާލައިގެން އޮތް އިރު އެމޫނު މަތިން ފެނިގެންދަނީ ވަރުބަލިކަމެވެ. މީގެ އިރުކޮޅެއް ކުރިން މުޅި ކުއްޖާ ހުދުވެފައިވި ނަމަވެސް މިހާރު މަޑުމަޑުން ހުދުކަން ކެނޑެންފަށައިފި އެވެ. ތަނުގެ ހިމޭންކަން ނަގާލައިފާވަނީ މެޝިންތަކުގެ ބީފްއަޑުންނެވެ. ޒީވާގެ އެނދާއި ދިހަވަރަކަށް ފޫޓް ކައިރީގައިވާ ސޯފާ އެއްގައި އިށީންދެލައިގެން ޒައުލް އިން އިރު އެ މޫނުމަތީގައިވަނީ ނުތަނަވަސް ކަމެވެ. ޒީވާގެ އެނދާއި ނުހަނު ގާތުގައި އިތުރު ޒުވާން ފިރިހެނަކު ހުއްޓިގެން ހުއްޓެވެ. އޭނާގެ މޫނުމަތިން ފެންނަ ހިތްހަމަ ނުޖެހުމުގެ އިތުރުން ނުތަނަސްކަންވެސް ފެނިގެންދެއެވެ.
“ކިހިނެތް ކައި އަށް އިނގުނީ..” ޒީވާ ބާއްވާފައޮތް އެނދުކައިރިޔަށް ހުއްޓެމުން އަތުގައި އޮތް މިނެރެލް ވޯޓާރ ފުޅިން ކޯވަރެއް ދަމާލަމުން ޒައުލް އެއްސެވެ. ” އަހަރެން ކިނީ ރޯވަރުން ގޮވާގެން ބޭރަށް ނުކުންތަނާ ޔުނާ ގުޅާފަ މީނަ މިތާގަ އަޅާފާ އޮތް ވާހަކަ ބުނެގެން މި ވަނީ…ކިނީ ވެސް ވެއްޖެ ޔުނާ އަތުގަ…މީހަކު ނައިސްގެން ނުދެވިފަ މިހުރީ..މުސީބާތެއް ހުވާ .މީނަގެ އުނދަގުލާއިހެދި ކަމެއް ނުވޭ..” ކައިވަން ވާހަކަ ދައްކަމުން އޭނާގެ ކުރުކޮން ކޮށާލެވިފައިވި ފަން އިސްތަށިކޮޅުގައި އަތް ހިންގާލިއިރު އެ މޫނުމަތިން ފެނިގެންދިޔަ ރުޅިވެރިކަމާއި އެއްވަރަށް ފޫހިކަން ވެސް ފެނިގެންދިޔައެވެ. އެދޮން މޫނަށް ވަނީ ރަތްކުލަވެރިވެފައެވެ. އޭނާ ހުރީ ޒީވާގެ ކަމެއް ޖެހުމުން ރުންކުރުވާގޮތްވެފައެވެ.
“ކިތައް ފަހަރު އަހަރެން ކަލޭމެން ކައިރީގައި ބުނާނީ މިވެސް އަހަރެމެންގެ ކޮއްކޮ އެކޭ..ކައިވަން… ބުނަން ރަނގަޅު ވާހަކައެއް..ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ވެފަ އޮތަސް ޒީވާގެ އެއްވެސް ކުށެއް ނެތް އެ އެއްވެސް ކަމެއްގަ.. އެކުއްޖާ އަކަށް ވެދިޔަ އެއްވެސް ކަމެއް ނޭނގޭނެކަން ކައިވަން އަށް ހަމަރަނގަޅަށް އިނގޭނެ..އެކުއްޖާގެ މެމޮރީސް މީގެ ބާރަ އަހަރު ކުރިން ލޫސް ވީ އަހަރުމެންގެ ފެމެލީއާ …..އޭނަ އިނޮސެންޓް..” ބުނެވެން އުޅުނީ ކިހާވަރެއްގެ ޖުމްލައެއް ކަން ޒައުލް އިހްސާސްވީ ކައިވަން ނުރައްކާތެރި ނަޒަރަކުން ބަލައިލީމާދެނެވެ. އައިރުޅި ޢާއި ވީދެރައިން ޒައުލްގެ އިޙްސާސްތައް ކޮންޓްރޯލުން ނެއްޓީއެވެ.
އަހަންނަށް ހީވަނީ އަހަންނާއި ބައްޕަ ނެތް ދުނިޔެއެއްގަ މިކުއްޖާ ގިނަވާނެހެން..ނުދެވިގެން އުޅޭ މީހެއްނު ތިޔައީ .. ދާން އުޅޭ” ޒައުލް ނުހަނު ދެރަވެގެން ވާހަކަ ދެއްކިނަމަވެސް ކައިވަން ކަހެރުވަކެކޭ ވެސް ހިތައް ނާރާ ފަދައެވެ. އަމިއްލަ ބޭބެއަށް ކުރާ އިޙްތިރާމެއްގެ ބޮޑުކަމުން ޒައުލްގެ ވާހަކަ ނިމެންދެން ހިމޭނުން އަހަން ހުރުމަށްފަހު އެތަނުން ނުކުންނަށް ހިނގައިގަތެވެ. “ވެއިޓް ..ޒީހާން ކޮބާ” ޒައުލް ކުރި ސުވާލަށް ކައިވަން ޖަވާބު ދޭން އަނގަހުޅުވާލި ވަގުތު އެ ރޫމަށް ޑޮކްޓަރު ވަނެވެ. އޭނާގެ ފަހަތުން ތެޅެމުން ފޮޅެމުން އައި ޒުހޫރު ވެސް ވަނީ އެވަގުތެވެ.
****
ދުވާލްގެ ހަލަބޮލި ކަން ފަހަނަ އަޅާ އައު ރޭގަނޑަކަށް މަރްހަބާ ކީކަން އިއުލާނު ކުރަމުން ރޭގަނޑުގެ ރާނީ ފަޒާގައި ރަސްކަންކުރަމުންދިޔައެވެ. “ބްލޫ މޫން” އެއް ފެންނަމުންދާތީ ގިނަބަޔަކު ސޯޝަލް މީޑިޔާގައި މި މަންޒަރުތައް ދަނީ އާންމުކުރަމުންންނެވެ.
މިރީތި ރޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާ ބަޔަކަށް ގައިމުވެސް “އެވާރ ގްރީން” ގޭގެ ނުވަ ވަނަ ފަންގިފިލާގެ ކޮޓަރިއެއްގައި ގައި ތިބި ދެ ޒުވާނުން ވާނެކަން ގައިމެވެ. ބަލާބެލުމަށް ފުރިހަމަ ޖޯޑެކެވެ. އެކަކު އަނެއްކަކު ގައިގޯޅިކަންމަތީގައި ވީ އިރު ޒީހާން ހުރީ ހަމައެކަނި ކުރު ސޯޓުކޮޅެއްގައެވެ. އެ ކަސްރަތީ ހަށިގަނޑު ހާމަވޭވޭ ހުއްޓެވެ. ކުރިމަތީގައިހުރި އަންހެން ކުއްޖާ ލައިފައިވާ ކަޅުކުލައިގެ އަތްކެނޑި ޓޮޕްކޮޅުގެ މައްޗައް ލައިފައިހުރި ކުރު ޖިންސް ސޯޓުކޮޅު ޖައްސާލިއެވެ.
ކޮޓަރިތެރެޔަށް ބަލާލައިފައި އެތާގައި އުޅެނީ ސާފްތާހިރުކަމަށް ލޯބި ކުރާ މީހެއްހެނެއް ހިޔެއްނުވެއެވެ. ކަރުދާސްތަކާއި ލުއިކާނާ ޕެކެޓްތަކުން ފުރާލައިފާއޮތް ކޮޓަރި ހީވަނީ ކުޑަވަރެއްގެ ކުނިގޮނޑެއްހެންނެވެ. ތަނަވަސް ބޮޑު ކޮޓަރީގެ ތަރުތީބުކަމެއްނެތެވެ. މުޅި ކޮޓަރީގައި ހިފާލައިފައިވަނީ ތައްމުޑު ވަހާއި ބިޔަރުގެ ވަހެވެ. އެ ބޮޑުކޮޓަރީގައި ވެސް ވާ ހަމައެކަނި އަލި ކަމަކީ ދިއްލާފައިވާ ޗާންދަލިޔާއި އަންނަ މަޑު އޮރެންޖްކުލައިގެ އަލިކަމެވެ.
“ބޭބީ…ކޮންއިރަކުންތަ ޑިވޯސް ވަނީ ..ދިހަ އަހަރޭ މިވަނީ މިހެން އުޅޭތާ..މިހެން އުޅޭކަށް ނޫނެއްނު އަހަރެންމެން ބޭނުންވަނީ..ޔާޔާ ވެސް ވެއްޖެ ވިއްޔަ ދަރިޔަކު ހޯދަން ” އަނގަޔަށް ފޫހި ވައްތަރެއް ޖައްސާލަމުން ކުރިމަތީގައިވާ އަންހެންކުއްޖާގެ ހަށިގަނޑުގައި އިހުނައްވުރެން ބާރަށް ބައްދާލަމުން ޒީހާން ވާހަކަ ދެއްކިއިރު ޢޭނާގެ އަޑުގައިވި ހިތްހަމަނުޖެހުން ހާމަވެއެވެ. ދެޒުވާނުންނަށް ވެސް ލިބިފައިވި އޮމާން ހުދު ހަންގަނޑުއެ އޮރެންޖް އަލީގައި ވިދަމުންދިޔައެވެ. އަންހެން ކުއްޖާ އަނގައިން ނުބުނެ ޒީހާންގެ އަތް ދުރަށް ލުމަށްފަހު ހިނގައިގަތީ ކުރިމަތިގައިވާ ބިއްލޫރި މޭޒުމަތީގައި ހުރި ބިޔަރު ފުޅިއާއި ދިމާލަ ށެވެ. ފުޅީގެ ގާތުގައި ހިމަދިގު ބައްޓަމަކަށް ހުރި ދެ ބިއްލުރި ތަށިވެއެވެ. އެތަނުން ތައްޓަކަށް ފުރާ ބިޔަރު އަޅައިލިއެވެ. އެބޮމުން ކޮޓަރީގެ ބެލޮކޮނީގެ ރެއިލިންގ ގައި އޭނާ އަތްއަޅުވާލިއެވެ.
ޒީހާން ލައިގެންހުރި ކުރު ސޯޓްގެ މަތިން ކަޅުކުލައިގެ ބެނިޔަމް އެއްލަމުން އައިސް އެ އަންހެންކުއްޖާ ގެ ކައިރީގައި ހުއްޓުނެވެ. އޭރު އޭނާގެ އަތުގައި ވެސްފުރާލައިފާވާ ބިއަރު ތައްޓެއް އޮތެވެ. “އަހަރެން ބުނީމެއްނު އެއީ މިސްޓޭކެކޭ އަހަންނަށް ހެދުން. އަހަރެން ރިގްރެޓް ކުރަން ކިޑް ލިބުނީމަ..އަހަރެން ނަފްރަތު ކުރަން އޭނަ އަށް .. އަހަރެން އެ ކައިވެނި ކުރީ ބަދަލް ހިފަން.. އަހަރެންގެ މަންމަ އަދި ކޮއްކޮގެ މަރުގެ ބަދަލް ލިބެންޖެހޭނެ..ބައްޕަޔާ ދޮންބެ ކަމަކަށް ނުހަދާ ހުއްޓަސް އެކަމުގަ އަހަރެން ބޭނުމީ އިންސާފު..” އެ “އަންހެންކުއްޖާ” ވާހަކަ ދައްކަމުންދިޔައިރު ދެލޮލުގައިވަނީ ބަދަލު ހިފުމުގެ ރޫހެވެ. އިންތިހާ ނަފްރަތެވެ. ޒީހާން އަށް ފާޑަކަށް ހީލެވުނެވެ. އޭނާގެ “ޔާޔާ” އަށް އޭނަގެ އެންމެ އަނދިރިފަރާތް އިނގޭ ދުވަހަކީ އޭނާގެ އެންމެ ފަހު ދުވަހެވެ. މިގުޅުމުގަ ސިއްކަ ޖެޙޭނެ ދުވަހެވެ.
****
މަޑުމަޑުން އެދިގު އެސްފިޔަ ތައް ތަޅުވާލުމަށްފަހު ޒީވާ ލަސްލަހުން ލޯހުޅުވާލިއެވެ. އޭރު ކުރިމަތީގައި ޒައުލް އާއި ޒުހޫރު ތިއްބެވެ. ނުހަނު ކައިރީގައި ކުލްސޫމާ ވެސް ވަރަށް ހެޔޮއެދޭ މީހަކަށް ވެގެން ކާއެއްޗިސް ހިފާގެން އައިސް އިނެވެ. އެއީ ޒުހޫރު އާއި ޒައުލް އިނުމުން ވާގޮތެއް ކަން ޒީވާ އިނގުނެވެ. ލެންސް ރަނގަޅުތޯ ބަލާލަން އަވަސް އަވަހަށް ފާހާނައަށްދާން ވެގެން ތެދުވަންނަން އުޅެނިކޮން ބޮލަށް އެނބުރުން އެރާއިގެންދިޔައެވެ. ކުލްސޫމާ އަށްވުރެންކުރިން ޒުހޫރު ޒީވާ ގައިގާ ހިފެހެއްޓިއެވެ.
“ދަރިފުޅާ.. އެއްކޮން ލުއި ނުވަނީސް ތެދުވަން ނޫޅޭތި … ޑޮކްޓަރ ވެސް ބުނެފި ދެ ދުވަސް ވަންދެން އެޑްމިޓް ކުރާ ވާހަކަ… ކުޑަ ސޮކެއް ލިބުނީ އޭ ބުނީ…އެކަމު މިކަހަލަ ޝޮކްތައް މާގިނައިން ޖެންހެންޔަ ފުރާނަޔަށް ނުރައްކަވެދާނެ ވާހަކަ ބުނީ.. ދަރިފުޅާ ހަތަރުވަނަ ފަހަރަށް ތިހެން ތި ވީ… ބައްޕަ ހައިރާންވޭ ނަރުހަކަށްވެ ހުރެ އަމިއްލަ ސިއްހަތައް ދަރިފުޅު ނުބާލާތީ..” ޒުހޫރުގެ މޫނުމަތީގައިވަނީ އިންތިހާއަށް ކަންބޮޑުވުމެވެ.. ” ބައްޕާ ދެން އެހެނެއް ނުވާނެ” ޒީވާ މަޑުމަޑުން ބުނެލިއެވެ. އެވަގުތު ނަރުހަކު ވަދެ ބޭސް ސިޓީ އެއް ހަވާލު ކުރުމުން ޒުހޫރު ދިޔައީ ބޭސްނަގާށެވެ. ފަހަތުން ކުލްސޫމާ ވެސް ނުކުތެވެ. އެމީހުން ނުކުތުމުން ޒައުލް އަށް ވާހަކަ ދައްކަން ފުރުސަތު ލިބުނެވެ.
“ޒިވީ ..ދޮންބެ ސުވާލެއްކޮށްފިއްޔާ އާންސްވާރ ކޮށްފާނަންތަ..ތެދަށް؟” ކައިރީގައިހުރި މޭރީގޯލްޑް ކުލައިގެ ސޯފާ ގޯނޑި ޒީވާގެ އެނދު ދޮށާއި ކައިރިކޮށްލަމުން ޒައުލް އެއްސެވެ. “އާނ.. ތި މީހަކު ހުއްދަ ހޯދާވަރުގެ ކަމެއްތަ” ކުޑަކޮން ހިނިއައިސްފައި ޒީވާ ބުނެލިއެވެ. އޭނާގެ ބައްޕަ ނަގާފައި ޒައުލް އަކީ އާއިލާއިން އޭނާއާއި އެންމެ ގާތް ގުޅުމެއް ބާއްވާ ފަރާތެވެ. ކައިވަން އާއި ކުލްސޫމާ އޭނާ ދެކެ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. ލޯބި ފުއްގަނޑެއްފަދަ ކައިނާގެ ގައިގާ އިނގިލި ކުރި ޖައްސާލުން ވެސް ޒީވާއަށް ،ކުލްސޫމާ އޮންނަނީ މަނާކޮށްފައެވެ. އަމިއްލަކޮއްކޮ ގައިގައި އެގޮތައް އަތްލުން މަނާކުރާވަރުގެ ސަބަބެއް އޮވެދާނެ ކަމަކަށް ޒީވާ އަކަށް ގަބޫލެއް ނުކުރެވެއެވެ. ދެން ހުރީ ޒީހާން އެވެ. އޭނާގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. އުމުރުން ތިރީސް އަހަރު ވިޔަސް އުޅުމުގައި ހަރުދަނާ ކަމެއް ނުހުރެއެވެ. ގިނައީ ޒީވާއަކީ ގޭގައި ހުންނަ މީހެއް ކަމަށްވެސް ހަދާނުލާ ފަހަރެވެ. އޭނާގެ އަމިއްލަ އެޕާރޓްމެންޓުގައި ގިނަވަގުތު ހޭދަކުރި ނަމަވެސް ޒީވާމެން ބަޔަށް އަންނަ މަދު ދުވަހަކުވެސް ފެނުނަސް ތިހުރީ ކާކުހޭ ވެސް އަހާނުލައެވެ. މިކަންތައްތަކާ އޭނާއަށް ނުވިސްނަން ހުއްޓަސް ވިސްނެއެވެ. ދެރަވެގެން ރޮވެއެވެ.
” ދެން ދޮންބެ. އަހަންވީނު”ޒީވާ ބުނެލިއެވެ. “ލުކް ..ޒިވީ ބޭނުންވާ ކޮންމެ ގަޑިއެއްގަވެސް ދޮންބެ މިހުރީ ހެލްޕް ވަން… ސީކްރެޓްސް ޝެއާރ ކުރަން ބޭނުންވެއްޖެޔާ ދޮންބެ މިހުރީ ..ސިއްރު ނުކުރާތި ކަމެއް ދިމާވިޔަސް ..އަހަން ނުކެރިފަ ނުހުންނާތި… މިއަދު ވީގޮތް ކިޔާދިބަ” ބޮޑު ކަމެއް ދިމާވެގެން ނޫނީ އެގޮތަސް ޝޮކް ނުޖެހޭނެކަން ޒައުލްގެ ތޫނު ސިކުނޑިއަށް ވިސްނެއެވެ. “ޒިވީ..ޓެލް މީ ..އައި ޕްރޮމިސް އެކަކަށް ވެސް ނީނގޭނެ ޒިވީ ތިބުނަން އުޅެނީ ސިއްރެއް ކަމަށް ވަންޔާ…އައި ކެން ކީޕް ސީކްރެޓްސް” ޒައުލް ނުހަނު އުއްމީދާއިއެކު ބުނެލިއެވެ.
ޒީވާ ލިފްޓުތެރޭގެ ހާދިސާ ކިޔާދީ ނިންމާލިއިރު ޒައުލް އިނީ ދެލޯބޮޑުކޮށްލައިގެން އިސްދޮށައްޖެހިފައެވެ. “އަހަރެން ހިތް ބުނަނީ އެ ނަމާ ކޮންމެވެސް ގުޅުމެއް އަހަރެން ވެޔޭ..އެ ނަން އަޑު އިވުނަސް ފާޑެއްގެ ގޮތެއްވެފަ ހުންނަނީ…ދޮންބޭ.. ކީއްވެތަ ހަމައެކަނި އަހަރެން މި ލެންސް ލައްވަން ޖެހެނީ ؟ ބާރަ އަހަރު ވަންދެން އެއް ލެންސް މިލައްވަނީ ލޮލަށް؟ އެހާ ދުވަސް ވީއިރުވެސް އަހަރެންގެ ލޮލަކަށް ކަމެއް .. އަޖާއިބެކެއްނު މިވެސް .. ކީއްވެތަ ހަމަ އެކަނި އެ ބޭސް ގުޅަ އަހަރެންގެ ގަޔަށް ލައްވަން ޖެހެނީ؟ އެއީ ކީއްވެ؟ މީގެ ބާރަ އަހަރު ކުރީގެ އެއްވެސް ހަނދަނެއް އަހަރެން ނުހުރޭ.. ހަނދާން ކުރަން މަސައްކަތް ކުރިޔަސް އަހަރެން ބޮލަށް ކެތްނުވެ ވާތަދުން…ބައްޕަޔާ ސުވާލު ކުރާކަށް ނުކެރެ އެހެން އަހާއިރަށްރުޅި އަންނާތީވެ.. ތިއްތިބެ އާއި ކައިވަން އަހަރެންދެކެ އިންތިހާ އަށް ރުޅި އާދޭ .. މަންމަ ވެސް.. ކީއްވެ ” ރޮވިފައި ހުރެ ޒީވާގެ ހިތުގައިވާ ޝަކުވާތައަ ސުވާލް ތަކެއްސިފައިގައި އެއްފަހަރާ ޒައުލްގެ ކުރިމައްޗަށް ބަންޑުންކޮށްލިއެވެ.
“ޒީވާ…” ހުރިތަނަށް ގަނޑުވެފައި އިން ޒައުލަށާއި ގިސްލާ ރޯން އިން ޒީވާ އަށް ސިހުމެތް ލިބުނީ ރުޅިއައިސް ރަތްވެފައިވި ޒުހޫރުގެ ބާރު އަޑުންނެވެ. ޒުހޫރުގެ ފަހަތުގައި ހުރި ސޫރަ ފެނި ޒީވާ އަށް ލިބުނީ ބޮޑުޝޮކެކެވެ.
****
(ނުނިމޭ)
One Comment
Comments are closed.
salaam . heres the 4th part of hiraas .. i hope you all will this one too ???