ބަނަ ވިލާގަނޑުގެ ދަށުގައި
ބަނަ ވިލާގަނޑުގެ ދަށުގައި
ބަނަކަމެއް އުދަރެސް މަތިން ދައްކާފިއޭ ނެތި އަލިކަމެއް
ބަނަ ވިލާގަނޑެކޭ އެކީ ފަތުރާ އެލީ ބަލިމަޑުކަމެއް
ހަނަފަހުގެ ސަހަރާއެކޭ އެއްފަދަ ވަނީ ފަޅު މަގުތަކެއް
ވަނަ ވިހިން އޮނަވހިވި ކޮވިޑް ފެނުމާއެކީ ނާމާންކަމެއް
ހަތަރަކުން ގިނަވެވި ޢަދަދު ޤަޢުމުގަ ވަނީ ބޮޑު ހާސްކަމެއް
މަދަދަކަށް ގޮވެނީ މިހެން ފައްސީގަ ވާތީ ގިނަ ބައެއް
އަދަކު ނެތް ފަރުވާ ކުރާނޭ ބޭހަކާ މޮޅު ވެކްސިނެއް
ކަތަކު ފަހު ކަތެކޭ ދަނީ ނިމިގެން މިތާ ނެތި ހަރަކަތެއް
ބަޔަކު އެތަކެއް ޑޮކްޓަރުން ގިނަވީ ސައިންސުގެ މާހިރެއް
އަތަކު ނެތް ލާނޭ ވަރެއް ކޮށްކޮށް ދިރާސާ ނުވި ކަމެއް
ރަށަކު މީހަކުވެސް ކަމެއް ޖެހިގެން ފުރާ ހަމަ ނެތް ފަޅެއް
މަހަކު ދާނޭވެސް އޮޑިން މީހެއް ނެތޭ ފަޅު މާކަނޑެއް
އަމަށަކުން ނޫނޭ މިކަން ބިރަކަށް ވަނީ މީ ހަމަ މަރެއް
ހަމަތަކަށް ބޯލެނބުމަކީ ކަތުނަށް މިހިނދު އޮތް ވާޖިބެއް
އަރަހުޝީ ރައްބަށް ރޮމުން ކުރަމޭ ދުޢާ އެދިގެން ހެވެއް
އަހަރުތައް މިފަދައިން ނުލަށްވާ އެދި ހުރީ ހެޔޮ ރަޙުމަތެއް
19 ފެބުރުއަރީ 2020


