Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިޝްޤް 4

Queenquill Level 210 Stories100 Login
August 28, 2025 5 Mins Read
2 Comments

“ޒާވިން!” ޒާރާ ޒާވިންގެ ކޮޓަރިއަށް ވަދެ ގޮވާލިއެވެ. ރުޅި އައިސްހުރިކަން ދައްކަމުންނެވެ.

“ސޮރީ ..ސޮރީ އަސްލުވެސް ބިޒީ ވީއޭ” ޒާވިން އުޒުރުވެރިވިއެވެ. ޒާރާ އައި ގޮތަށް އައިސް ބާލީހަކުން ޒާވިންގެ ގައިގައި ބޮނޑިއެއް އެޅިއެވެ.

“ހުސް ދޮގު..ޔަޤީން މިއީ ޒާވިންގެ ރޭވުމެއްކަން” ޒާރާ އެހެން ބުނެފައި، ޒާވިންގެ ޖަވާބަކަށް އިންތިޒާރުކުރުމެއްނެތި ހިނގައްޖެއެވެ.

ޒާރާ ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. މިރޭގެ ހަނދާންތަކުން ހިތް އަވަސްވަނީއެވެ. ކައިލްގެ އެ ތަފާތު އަދާތަކުން ހިތަށް ނޭނގޭ އަޞަރެއް ކުރުވަނީއެވެ. އެ އިޙުސާސުގެ ނަމެއް އަދި ނޭނގެއެވެ.

“ތިއީ ލޯބި” ކިޔާރާ ހޭންފަށަމުން ބުންޏެވެ. ޒާރާ މޫނަށް ވަށްތަރެއް ޖައްސާލިއެވެ. ކިޔާރާ އަދި މަންހާ އަކީ ޒާރާގެ އެންމެ ގާތް ދެ އެކުވެރިންނެވެ.

“އަހަންނަށްވެސް ހީވަނީ ކައިލް ޒާދެކެ ލޯބިވަނީހެން…” މަންހާވެސް އެއްބަސްވިއެވެ. ތިން މީހުން ތިބީ ކޮފީއެއްގައެވެ. ދުވަހަކީ ހުކުރު ދުވަސްކަމުން ތިން މީހުންވެސް ބައްދަލުވެލީއެވެ.

“ލޯބި ވަންޏާ ދެން ކީއްވެ އަހަންނަ މި ހީވަނީ ރުޅި އައިސް ހުންނަހެން؟” ޒާރާ ޤަބޫލެއް ނުކުރިއެވެ.

“ބަލަ އެއީއޭ އެންމެ ރޮމޭންޓިކް ލޯތްބަކީ.. ޖަސްޓް އިމޭޖިން ގާރލް… ކިޔަމެއްނު ޑާކް ރޮމޭންސް ގެ ވާހަކަތައް. ކިހާ ލޯބިތަ..” ޚިޔާލީ ދުނިޔެއަކަށްދަމުން ކިޔާރާ ބުނެލިއެވެ. ޒާރާ ވިސްނާލިއެވެ. އެއީ ހަމަ ޙަޤީޤަތްބާއެވެ.

އިއްތިފާޤުން ޒާވިންމެންވެސް އެ ކެފޭއަށް އައި ވަގުތެކެވެ.

“އޭ އަވަހަކަށް މަރެއް ނުވާނެ.. އެހުރީ ޔޫގެ ބޮސް” މަންހާ ޒާރާގެ އަތުގައި ވިކައިލިއެވެ. ޒާރާގެ ކޯތާފަތް ރަތްވީ ކީއްވެކަމެއް ނޭނގުނެވެ.

“ހައި ޒާ..” ޒާވިން ޒާރާގެ އިސްތަށިގަނޑު ހަޑިކޮށްލިއެވެ. ޒާރާ ލޯއަޅައިލިއެވެ. ކައިލްވެސް ހުރީ ޒާވިންއަށް ލޯ ހަނިކޮށްގެންނެވެ.

“ޖޭވެފަ އެހުރީ..” ވައި އަޑުން ކިޔާރާ ބުނެލީ މަންހާ އަށެވެ. ދެމީހުންވެސް ސިއްރުން ހެނީއެވެ.

“ހިނގާ އެހެން ތާކަށް” ޒާރާ ގޮނޑިން ތެދުވެއްޖެއެވެ. ގޮތް ނޭނގޭ ހައިޖާނުން ދުރުވެލުމަށެވެ. ޒާރާ ތެދުވުމުން މަންހާމެންވެސް ދެކޮޅެއް ނުހަދައެވެ. ރީތި ދޮންވެލި އަތިރިމަތީގައި ތިން މީހުން ހަމަޖެހިލިއެވެ. މަންހާގެ ފޯނަށް މީހަކު ގުޅީ އެވަގުތުއެވެ. ފޯނު ނެގުމަށްފަހުގައި މާ ގިނަ އިރުތަކެއްނުވެ މަންހާ ތެދުވެ ތަންކޮޅެއް ދުރަށް ޖެހިލިއެވެ. އޭގެ ދިހަ ވަރަކަށް މިނެޓު ފަހުން މަންހާ އާއިރު ހުރީ ވަރަށް ހެވިލާފައެވެ.

“ހޭ..މިރޭ ހިނގާބަ ބާބަކިއުއަކަށް އަންނަން.” ކިޔާރާއަށް އެއްލޯ މަރާލަމުން މަންހާ ވާހަކަފެށިއެވެ.

“ކޮން ބައެއް؟” ޝައްކުގެ ނަޒަރަކުން ޒާރާ ބަލާލިއެވެ.

“ސާބަހޭ.. ކުޑައިރު އެކީގަ ކުޅެން އުޅުނު ގިނަ ކުދިން މިވަގުތު ތިބީ ރަށުގަ. އެންމެންވެސް ޒާރާއާ ބައްދަލުކޮށް މަޖާކޮށްލަން ބޭނުންވޭ. ކިހާ ދުވަހެއް ވެއްޖެތަ ދިމާ ނުވާތާ. ތުނޑިއަށޭ ދަނީވެސް..” މަންހާ ޒާރާ ރުއްސޭތޯ ވާހަކަދެއްކިއެވެ.

“ދެން އެހެންވިއްޔާ ދާންތާ ޖެހޭނި” އެންމެފަހުން ޒާރާ އެއްބަސްވިއެވެ.

އަށެއް ޖެހި އިރު ތުނޑީގެ ހިތްގައިމު މާޙައުލުގައި ބާބަކިއު ތައްޔާރުކުރެވެން ފަށާފިއެވެ. ޒާރާމެންގެ އިތުރުން ދިހަ ވަރަކަށް މީހުން ތިއްބެވެ. ހުރިހާ އެންމެނަކީވެސް ޅަދުވަހުގެ އެކުވެރިންނެވެ. އަދިވެސް ދެގޮތެއް ނުވާ މިތުރުންނެވެ. ރެޔަކީ ޒާރާއަށް ނުހަނު އުފާވެރި ރެއަކަށްވީ އެހެންވެއެވެ.

“ޒާރާ” ދަންނަ އެހެނަސް ބީރައްޓެހި ގޮތެއްހުރި އަޑެކެވެ. ޒާރާ އެސޫރައަށް ބަލައިލިއެވެ. މާގިނައިރުތަކެއް ނުނަގައެވެ. އެއީ ކާކުކަން އެނގިއްޖެއެވެ.

“ޔޫން!” ޒާރާގެ ލޮލުން ޙައިރާންކަން ފާޅުވިއެވެ. ޔޫން އަކީ ތަންކޮޅެއް ކުރިން ޒާރާއާ އެކުގައި ކިޔަވަން އުޅުނު ކުއްޖެކެވެ. ޒާރާއާ ހެދި ވަރަށް ދުވަހު އުޅުނެވެ. އެތައްފަހަރަކު ލޯބިވެސް ހުށައެޅިއެވެ. އޭރެކޭ އެއްފަދައިން މިހާރުވެސް ޔޫން ވަރަށް ހިތްގައިމެވެ. ކުރިއަށްވުރެ އިސްކޮޅުން ދެމިލައި، ރޫފަވެސް ހެޔޮވެލާފިއެވެ. ރީތި ފަން އިސްތަށިގަނޑު ހުރީ ގަދަ މުށި ކުލައަކުން ޑައި ކޮށްލާފައެވެ. އެ މަޑު މުށި ކުލާގެ ކަޅިރަވައާ ނުހަނު ގުޅެއެވެ.

“އަދިވެސް ޒާ ހާދަ ރީއްޗޭ” ޔޫން ޖެހިލުމެއްނެތި ހާމަކޮށްލީ ހިތުގެ ޝުޢޫރެވެ.

“ތެންކިޔޫ.. ޔޫންވެސް ހާދަ ސްމާޓޭ ދޯ” ޒާރާ ހިނިތުންވެލިއެވެ. ދުރުގައި ބަލަންތިބި މަންހާއާއި ކިޔާރާ ސިއްރުން ވާހަކައެއް ދެއްކިއެވެ. ހީވަނީ ޔޫން އައުމުން އެކަން ކަމު ނުގޮސްފައި ތިބިހެންނެވެ.

ޒާރާއާއި ޔޫން އިށީންދެލައިގެން ތިބީ ތުނޑީގައި ހުރި ހަޓެއްގައެވެ. ކިޔާރާވެސް ހުއްޓެވެ. ކުއްލިއަކަށް މަންހާ ދުވަމުން، ތެޅެމުން ފޮޅެމުން އައިސްފިއެވެ. މީހާ ހުރީ ނޭވާ ހައްޓަށް އެޅިފައެވެ.

“ބަލަ އެއްތާކު މަތަނުވެގެން އުޅޭ ފީކުކުޅެއްހެން ތިޔަ ދުވަނީޔޯ؟” ކިޔާރާ ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. މަންހާ ހުރި ގޮތުން ޒާރާއަށްވެސް ހެވިއްޖެއެވެ.

“ޔޫން..އިހަށް ހިނގާބަލަ…އަހަން..” ކޮށި އަރަމުން، ނޭވާ ހަމައަކަށް އަޅުވަމުން މަންހާ ވާހަކަދެއްކޭތޯ ބެލިއެވެ. މަންހާގެ މަޤުސަދު ކާމިޔާބު ނުވެ އުޅެނިކޮށް ޒާވިންއާއި މަލާކް އަދި ކައިލް އާއި އިތުރު ދެމީހަކުވެސް އެތަނަށް އަތުވެއްޖެއެވެ. ވީގޮތް ފަޙުމްވެގެން ކިޔާރާއަށްވެސް އިނގިލީގައި ދައިގަނެވިއްޖެއެވެ.

“ހާއި.. އޭ ޔޫން. ލޯންގް ޓައިމް” ޒާވިން ޔޫންއާ ސަލާމްކޮށްލިއެވެ. ޒާރާގެ ގާތުގައި ޔޫން އިނުމުން ޙަޖަމްނުވެފައި ކައިލް ހުއްޓެވެ. ޒާރާއަށް އެވަރު ވިސްނޭކަށް ގިނަ އިރުތަކެއް ނުނެގިއެވެ. ޒާރާގެ ސިކުނޑިއަށް މޮޅު ޚިޔާލެއް އައެވެ. ނުލަފާ ހިނިތުންވުމެއް އެ ތުންފަތްމަތީގައި ދުވެލިއެވެ.

“ޔޫން މިހާރު މިކޮޅުން ޖޮބެއް ލިބިގެންނޭ އެ އައީ. ދެން އަބަދުވެސް އުޅޭނީ އަހަރެމެން ކައިރީގައޭނު” ޔޫންގެ ކޮނޑުގައި ޒާރާ އަތުން ޖަހާލީ ގަސްތުގައެވެ. އެކަމުން އަސަރު ކުރީ އެކަކަށް ނޫނެވެ. މަންހާއާއި ކިޔާރާ ބޮލުގައި އަތްއެޅި އިރު ޔޫން އުފަލުން ވިރެނީއެވެ. ޒާވިން ހުރީ ކައިލްއަށް ބަލަހައްޓައިގެން ދެލޯ ބޮޑުކޮށްފައެވެ. އޭރު ކައިލްގެ ޙާލަކީ ތޯއެވެ؟ ޔޫންގެ މޫނުމަތީގައި ބޮނޑިއެއް އަޅާ ހިތުން ދެފައި ބިމުގައި ހަރުލަނީކީ ނޫނެވެ. ޒާރާ އިނީ ކާމިޔާބީގެ ހިނިތުންވުމަކައިގެންނެވެ.

“ޔޫން..އާން މި.. އަހަރެން މިއައީ ޙާނިމް ބުނެގެން ޔޫން ބަލައޭ..ހިނގާބަ ދެންވެސް” ގޮތް ހުސްވެފައި ހުރި މަންހާއަށް ބުނެވުނީ ކުއްލިއަކަށެވެ.

ޔޫން ދާހިތުން ނޫނަސް މަންހާއާއި އެކުގައި ގޮސްފިއެވެ.

“ޒާ ހަނދާންވޭތަ..މައި ބްރޯ ގޭންގް. ކައިލް އެކަނިއޭނު އަދި މިފަހަރު ފެނުނީ ދެން މިތިބީ..ފަޔާ އެންޑް ޝާވިން އިނގޭ..” ޒާވިން ކައިލްގެ ގާތުގައި ހުއްޓިލައިގެން ތިބި ދެޒުވާނުން ތަޢާރަފުކޮށްދިނެވެ. އެދެމީހުން އަތް އުފުލާލީ ސަކަ ހިނިތުންވުމަކާއި އެކުގައެވެ.

“ދެން ތިމީހުން އެނގޭނެއްނު..ވާން އުޅޭ ޅިޔަނުން ދޯ؟” ޒާރާވެސް ހިނިތުންވެލިއެވެ.

“އޭން؟!” ޒާވިން އަނގަމަތީގައި އަތް އަޅާލިއެވެ.

“އޭ..އެއީ ތެދެއް؟ އަހަރެން ގާތު ނުބުނެ ކާކާ ހިތާވެގެން ތިޔަ އުޅެނީ” އޭރު ކިޔާރާ ލަދުން ހަދާނެގޮތް ހުސްވެފައި ހުއްޓެވެ.

“ފަޔާގެ ގޮމާފުޅު އެދިޔައީ ދެންމެ… ޝާވިންގެ ޝީރީން އެހުރީނު ބުލަޝްވެފަ” ޒާރާގެ ވާހަކަ ފުރިހަމަކޮށްލަދިނީ މަލާކްއެވެ.

“އަހަރެން ނޫން އެންމެނަށް އެނގޭ ދޯ؟” ޒާވިން ފަޔާގެ ކޮނޑުގައި އެތިފަހަރެއް އަޅާފިއެވެ.

“ބީ.ބީ.ސީއަށް ނޭނގޭ ޚަބަރެއް އަދި ކިރިޔާ ދޯ މި ލިބުނީ..” ޝާވިން ޒާވިންއާ ދިމާކޮށްލިއެވެ. އެ ތިން މީހުން ކޯޅެން ފެށުމުން ލޯ އަޅައިގެން ކައިލް ހުއްޓެވެ. އެ ސަކަރާތުގައި ތިއްބާ ފޯނެއް އައިސްގެން ޒާރާ ދިޔަކަމެއް ނޭނގުނެވެ.

“އޭ..ޒާ ކޮބާ؟ ޒާވިން ކޯޅުންގަނޑު ނިންމާލާފައި އައިސް މަލާކްގެ ގާތުގައި އިށީންދެލިއެވެ.

” މިތާ.. މޫދު ކައިރީ..” ޖަވާބުދިނީ ކިޔާރާއެވެ.

“ކައިލް މަގޭ އެކުވެރިޔާ..ދެންވެސް ދޭބަލަ އެކަން ވޭތޯ” މުސަޅެއްހެން ހިނިއައިސްފައި އިނދެ ޒާވިން ބުންޏެވެ. މަޖާ ރާގަކަށެވެ. ޝާވިންވެސް ލޮލުގެ އިޝާރާތުން ކައިލްގާތުގައި ދިއުމަށް ބުނެލިއެވެ.

ކައިލްއަށް ޒާރާ ހުރި ހިސާބަށް ދެވުނުއިރު ޔޫން އަރާ ޒާރާއާ ހަމަވަނީއެވެ. ކައިލްގެ ފިޔަވަޅުތައް މަޑުޖެހިލިއެވެ. ޔޫން ޒާރާއަށް ގޮވާލުމުން ޒާރާ ބަލާލިއެވެ.

“ހިނގާބަ ކާން..” ޔޫން ބުންޏެވެ.

“އަދި ތަންކޮޅެއް ފަހުން. ޔޫން ދޭބަ” ޒާރާ ހިނިތުންވެލިއެވެ. އެކަނިވެރިވެލަން ބޭނުންވި ވަގުތު މީހަކު އައުމުން ކަމަކު ނުދިޔައެވެ. އެވަގުތު ޒާރާގެ ލޮލަށް އުނދަގޫ ކުރަމުންދިޔަ އިސްތަށިކޮޅު، ޔޫންގެ އިނގިލިތަކުން ރީތިކޮށްލަދިނެވެ. މަންޒަރު ބަލަންހުރި ކައިލް މުށްކަވާލަމުން ކުރިއަށް ފިޔަވަޅެއް އެޅިއެވެ.

“މޭން.. ތިހެން ރުޅި އައީމަ ކަމަކު ނުދާނެ. މަ އެބަ އެސޮރަށް ގޮތެއް ހަދަން” ފަޔާ ނައި ނަމަ ކައިލް މިފަހަރު ޔޫން ބިމާ ހަމަކޮށްލީހެވެ. ފަޔާ އެމީހުންގެ ގާތަށް ގޮސް ފަސްވަރަކަށް މިނެޓުތެރޭގައި ޔޫން ގެންގޮސްފިއެވެ. އޭރު ޒާރާ ހުރެ ދުރަށް ހިނގަނީއެވެ. ފުން ޚިޔާލަކަށް ގެއްލިފައި ހުރިހެން ހީވެއެވެ. ކައިލް މަޑުމަޑުން ޒާރާގެ ފަހަތުން ދިޔައެވެ. އެކަޅުފޮއެ ރޭގަނޑުގެ އަނދިރިކަން ދެކެެވެސް މިކުއްޖާ ބިރު ނުގަންނަނީބާއެވެ؟ އެއީ މީހުން ތިބި ހިސާބުން ފުދޭވަރަކަށް ދުރެވެ. ވަރަށް ފަނޑު އަލިކަމެއް ނޫނީ ނެތެވެ.

ޒާރާ ލައިގެންހުރި ކަޅު ކުލާގެ ހެދުމުންވެސް ވަކި ކުރަން އުނދަގޫވެއެވެ. އެހެނަސް ކައިލްގެ ތޫނު ދެލޮލަކަށް އެސޫރަ ނުފޮރުވޭނެއެވެ.

“ހިނގާފަ މިރަށުން ފައިބަންތަ ތި ދަނީ..؟” ޒާރާއާ އަރާ ހަމަކުރަމުން ކައިލް އެއްސެވެ. ޒާރާ ސިހިފައި ބަލައިލިއެވެ.

“އަދި ކިރިޔާ ބިރު ގަތީ؟” ކައިލް އެއްމިޔަކަނުން ހީލިއެވެ.

“އުހުމް..ނުގަނޭ ބިރެއް” ފަނޑު އަޑަކުން ޒާރާ ޖަވާބުދިނެވެ. އަޅާވެސްނުލާ ޒާރާ އަނެއްކާވެސް ދުރަށް ހިނގައިގަތެވެ. އެހެނަސް އެފަހަރަކު ނުދެވުނެވެ. ކައިލް ޒާރާގެ އަތުގައި ހިފައި ހުއްޓުވިއެވެ.

“މިހާރު މާދުރަށް ތި ދެވެނީ..ދެން ނިމުނީ!” ކައިލްގެ އަޑުގައި ހުރީ އެހެންޏާ ނުހުންނަ ރާގެކެވެ. ކައިލްއަށް ބަލައިލަން އެނބުރިލީ ވަގުތު އަނެއްކާވެސް ޒާރާގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނުގެ އަލި އެޅުމުން ޒާރާގެ ތެމިފައިވާ ރީތި އެސްފިޔަތައް ކައިލްއަށް ހާމަވިއެވެ. ނުތަނަވަސްވެފައިހުރެ ޒާރާ ފޯނު ނިއްވާލިއެވެ. އަނެއްކާވެސް ދުރަށްދާން ފިޔަވަޅެއް ނަގާފިއެވެ. އެކަމަކު މިފަހަރު ކައިލް ޒާރާގެ ގާތަށް ޖެހިލާ، އުނަގަނޑުގައި އަތް އަޅުވާލީ ބާރުކޮށްލަމުންނެވެ. ޒާރާގެ ކަރުނަ ފެނުމުން ކައިލްގެ ހިތަށް ކުރެވުނީ އުނދަގޫ އިޙުސާސެކެވެ.

“ދުރަށް ނުގޮސް ބުނެބަލ..ކިހިނެއްވީ. ޒާ ރޮނީ ކީއްވެ؟” ކައިލްގެ އިނގިލިތައް ޒާރާގެ ކޯތާފަތުގައި ޖެހިލުމުން ޒާރާއަށް ތެޅިގަނެވުނެވެ.

“އެއީ ރޮނީކީ ނޫނޭ.. އައި ހޭވް ބޭޑް އައިސް… ދުރަށް ދޭބަ..މީހަކަށް ފެނިދާނެ..” ޒާރާ ބޭނުންވީ އެކަނިވެލާށެވެ. ޒާރާ އެފޮރުވަނީ ކޮންކަމެއްބާއޭ ކައިލް ހިތަށް އެރިއެވެ.

“ދުރަކަށް ނުދެވޭނެ..އެކަމު.. ކައިރި ވެވިދާނެ. ޒާ އައި ނޯ ސަމްތިންގް އިޒް ރޯންގް ކަން. ޒާ ނުބުނަންޏާ ދެން ބަލާނި ފޯނު.. ބުނެ!” ކައިލް އިންޒާރެއް ދޭފަދައިން ޒާރާގެ ކަނދުރާދަށަށް އަތް ވަށްދާލަމުން އެ މޫނު ކައިލްގެ މޫނާ ގާތްކޮށްލިއެވެ. ދެހިތުގެ ވިންދު އޮބި ނޯންނަ ވަރަށް ތެޅިގަތެވެ. ދެމީހުންގެ ހޫނު ނޭވާތަކުން ކެތްތެރިކަން ކޮޅުން ލަނީއެވެ. އެވަގުތު ވެހިލި ހިމަފޮދު ވާރޭވެސް ބުނާ ކަހަލައެވެ. ކާއިނާތުވެސް ވަނީ އެދެހިތާއި އެކުގައެވެ.

ދެމީހުންގެ ހަތަރުކަޅި ހަމަވި ހިނދު ކައިލްގެ ކެތްތެރިކަން ކޮޅުން ލައިފިއެވެ. ގުދުވެފައި އެދެމެދުގައިވާ އިންޗިއެއްގެ ދުރުމިން ނަގައިލާފިއެވެ. ވާރޭގެ ތިކިތައް ބީހެމުންދިޔަ ޒާރާގެ ފިޔާތޮށި ތުންފަތުގައި ކައިލްއަށް ބޮސްދެވުނީ، އެތަށް ދުވަހަކު ފެން އާރެއް ހޯދުމަށް ދަތުރު ކުރަމުންދިޔަ މީހެއްފަދައިންނެވެ. ކުރެވުނު އިޙުސާސުން ދުރުވާކަށް ޒާރާވެސް މަސައްކަތެއް ނުކުރެއެވެ.

ހަމަ ބުއްދިއަށް އައީ ކަންނޭނގެއެވެ. ޒާރާ މޫނު ދުރުކޮށްލަމުން އިސްޖަހާލިއެވެ. ކައިލް ޒާރާގެ ނިއްކުރީގައި ބޮސްދެމުން ޒާރާ، އެދެއަތުގެ ތެރޭގައި ހިމާޔަތްކޮށްލިއެވެ.

“ޒާ…ޔޫ އަރ މައިން!” ކައިލް ޒާރާގެ ބޮލުގައި ދަތްދޮޅި ޖައްސާލަމުން ބުންޏެވެ. ޒާރާ ދެކޮޅެއް ނުހަދައެވެ.

އިރުކޮޅަކުން ޒާރާ ދުރަށް ޖެހިލިއެވެ.

“ކީއްވެ..؟” ލަދުން ގޮސް ޒާރާއަށް ކައިލްއަށް ބަލައިލާކަށްވެސް ނުކެރުނެވެ.

” އައި ލަވް ޔޫ..” ޒާރާގެ މޫނުކޮޅު ދެއަތަށްލާ ފިއްތާލަމުން ކައިލް ޒާރާގެ ރަތްވެފައިވާ މޫނު މައްޗަށް އުފުލާލިއެވެ. ޒާރާ ލަދުރަކިކޮށް ހިނިތުންވެލިއެވެ.

 

Share Article

Follow Me Written By

Queenquill

Level 210 Stories100 Login

Tales of Heart...

Other Articles

Previous

ފަލަސްޠީނުގެ ޙައްޤުގައި: އިންސާނިއްޔަތުކަމުގެ ނިދާއެއް

Next

މާސްކު (ޕާޓް 11)

Next
August 28, 2025

މާސްކު (ޕާޓް 11)

Previews
August 28, 2025

ފަލަސްޠީނުގެ ޙައްޤުގައި: އިންސާނިއްޔަތުކަމުގެ ނިދާއެއް

2 Comments!

  1. luna says:
    August 28, 2025 at 4:29 pm

    when next part??? pls vrh avahah up kohdhehchey vaahaka vrh rythi

    1. Queenquill says:
      August 28, 2025 at 8:06 pm

      Varah try kuraanan ingey. In sha Allah soon😭❤️

Comments are closed.



All Right Reserved!