“ތިއެއް އެނގިދާނެތާ، މިއަދު ހިނގާ ފުލުސް ސްޓޭޝަނަށް ގޮސް ބޮރިސާ ބައްދަލުކުރަން.” ތޯމަސް ޚިޔާލު ފާޅުކުރިއެވެ. ސްކޫލު ސެޝަން ނިމުމުން އެދެމީހުން މިސްރާބުޖެހީ ފުލުސް ސްޓޭޝަނާ ދިމާއަށެވެ. *** “އަދި ކުރިއެރުމެއް ނުލިބޭ. ޤާތިލް ހޯދުނުހާ އަވަހަކަށް އަންގާނަން.” ކީއްވެކަމެއް ނޭނގެއެވެ. އެވަގުތު ބޮރިސް ވާހަކަދެއްކީ ރުންކުރުކޮށެވެ. ކޮންމެވެސް ކަމަކާ ބޯގޮވާފައި ކަންނޭނގެއެވެ. ތޯމަސާ އެޑެމް ފުލުސް ސްޓޭޝަނުން ނިކުތެވެ. އެތާ ކައިރީ ހުރި އައިސްކްރީމް ވިއްކާ ތަނަކަށް ވަދެ އައިސްކޯން ގަނެގެން ގެއަށް ދާން މިސްރާބުޖެހިއެވެ. […]
ތިދެންނެވީ ނުބައި ކަންކަމުގައި އެންމެ އަވަހަށް އިސްނަގާ ކުއްޖާފުޅުގެ ވާހަކަތޯއެވެ؟ ސްކޫލަށް އަންނައިރު އެކުއްޖާފުޅު ހުންނަ ގޮތް މުދީރަށް ހަމަ ފެނިވަޑައިނުގަންނަވަނީތޯއެވެ؟ މޭކަޕްކޮށްގެން އަންނައިރު އެކުއްޖާފުޅު ހީވާނީ ފުށްއެއްޗަކަށް އެރިފައި އަންނަހެންނެވެ. އެހެން ކުއްޖަކު ހަމަ ކަމުނުދާނެތޯއެވެ؟ އެޑެމްގެ ހިތުގައި ސުވާލުތައް ފުނިޖެހުނެވެ. އެއާއެކު ބޮލުގެ ރިހުމަކަށް އެކަން ބަދަލުވެއްޖެއެވެ. **** “ނޫނޭ އަޅުގަނޑަށް ފެންނަނީ ވޯޓެއް ނަގާފަ އަންހެންކުދިން ބޭނުން ކުއްޖަކު ކެޕްޓަންކަމަށް ގެންނަން.” މިހެން ބުނެފައި އެޑެމް އެތަނުން ދުރަށް ދާން ހިނގައިގަތެވެ. “އޭ […]
“ނޫނޭ، ފްލޯރާ މަރުވީ ނޭވާ ހާސްވެގެންނު؟ އެގޭ ލިފްޓު ހުއްޓުނީކަމަށް ވާނީ. މަގޭ މިހިތަށް މިއަރަނީ ކީއްވެބާއޭ އެމީހުން ފުލުހުންނަށް ރިޕޯޓުނުކުރީ.” އެޑެމް މާޔޫސްވެފައިވާ ރާގެއްގައި ބުންޏެވެ. $$$$ “އޭނަ މަންމަ ދުނިޔެއިން މޮޔަވާ ހިސާބަށް ދިޔައީމަ އެމީހުންނަށް ޑާނާގެ ކަންތަކުގައެއްނު އުޅެވުނީ؟” ތޯމަސް ބުންޏެވެ. އެޑެމްގެ ޖަވާބެއް ނައުމުން އޭނައާ ދިމާލަށް ބަލާލިއިރު އޭނާ މޫނުގައި ކަނާއަތް އަޅައިގެން ހުރެ ވޭނީގޮތަކަށް ރޮނީއެވެ. ތޯމަސް އޭނާގެ އެކުވެރިޔާގެ ކޮނޑުގައި އަތް ބާއްވާލިއެވެ. ނޮރޯށޭ ބުނާ ކަހަލަ […]
ވީ ފޫހިންނާއި ދެރައިން، އެޑެމް އަނބުރާ ގެއަށް ދާން ހިނގައިގަތެވެ. “އޭ އެޑެމް، ތިދަބަސް ބަހައްޓާފަ ދޭބަލަ އޮފީހަށް ގޮސް ގެއަށް ގުޅަން. ގުޅާފަ ބުނެބަލަ ބެލްޓު ގެނެސްދޭށޭ.” ތޯމަސް ގޮވާލިއެވެ. “ދެން ނޫނެކޭ، ކަލޭ ތިއުޅެނީ އިތުރަށް މަ ލަދުގަންނަވަންތަ؟” ރުޅިމޫނު ދައްކައިގެން ހުރެ އެޑެމް ދިޔައެވެ. ބްރޭކް ގަޑިއެވެ. “ނަމްބަރ ސެވަންޓީން ހައިސްކޫލް”ގެ ހުރިހާ ކުދިން ކަހަލަ ގޮތަކަށް ތިބީ ކެފެޓޭރިއާގައެވެ. “އޭ އެޑެމް، އިސްޓާކީންވެސް ނުލާތަ ތިއައީ މިއަދު؟” ކާއެއްޗެހި ގަންނަން ކިޔޫގައި […]
މަންމަމެން ތިބީ ނިދާފައިކަމުން އެމީހުންނަށް ގޮވާ ހޭލައްވާކަށް ޖެސިކާ ބޭނުމެއް ނުވިއެވެ. އޭނާ އެނދުމައްޗަށް ވެއްޓިގަތްތާ އިރުތަކެއްނުވެ ނިދިއްޖެއެވެ. ޖެސިކާއަށް ހޭލެވުނީ ހެނދުނު ނުވައެއްޖަހާ ބޮޑުވި ފަހުންނެވެ. އަވަސްކޮށްލައިގެން ކޮޓަރިން ބޭރަށް ނިކުތްއިރު މަންމަމެން ހާސްވެގެން އުޅޭތަން ފެނެއެވެ. “ކިހިނެތްހޭ ވީ؟ ވެގެން އުޅޭގޮތެއް ނޭނގޭތަ؟ މިއުޅެނީ ޖެސިކާގެ އެއްމާބަނޑު ފްލޯރާ މަރުވެގެންނޭ.” ޖެސިކާމެންގެ މަންމަ ޑާނާ ހާސްވެފައި ހުރެ ބުންޏެވެ. ޖެސިކާވެސް ހާސްކަމެއް މޫނަށް ވެރިކުރުވަމުން ކިހިނެތްވީ ކަމެއްހޭ އަހާލިއެވެ. ޑާނާ ބުނި ގޮތުގައި މި […]
ޖެސިކާ އަޑުއިވުނުކަމަށްވެސް ނުހަދާ އެތަނުން ނިކުމެގެން ދިޔައީއެވެ. މޭރީގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވިއެވެ. މިއީ ކޮންކަހަލަ ކުއްޖެއް ހެއްޔެވެ؟ ރަނގަޅަށްވިއްޔާ އޭނަ ސްކޫލަށް އަންނާނީވެސް އެކަންޏެވެ. މިއޮށްފަދަ ފިނި، އަނދިރި ރޭގައިވެސް ބިރެއް ފިކުރެއް ނެތި އެއައީއެވެ. އެހެންނޫނަސް މިކަހަލަ ރޭތަކުގައި މީހުން ސްކޫލަށް އާދޭހެއްޔެވެ؟ އޭނާއަށް ވާނެނަމަ، މިހާރު މޭރީ އިންނާނީ ގޭގައެވެ. އެކަމަކު ޖެސިކާމެން މިރޭ ސްކޫލަށް އަންނަ ވާހަކަ ބުނެފައި އޮތުމުން އެމީހުން އެކަނިކޮށްނުލަންވެގެން އައީއެވެ. އެޑެމްމެން ނަޔަސް ޖެސިކާ ކޮންމެ ގޮތެއް […]
ވެހެމުންދިޔަ ވާރެއަށް އާޝޯޚުވެފައި ބަލަން ހުރެ ޖެސިކާ ކުރިއަށް ފިޔަވަޅެއް އަޅައިފިއެވެ. ކަކުލާ ހަމައަށް އަރާ ގަދަ ފެހިކުލައިގެ ބޯ ޔުނީފޯރމުގައި އޭނާ ފެންނަނީ ލޫޅާފަތިކޮށެވެ. އެޔުނީފޯރމުގެ މޭމަތީގައި ދެބަރިއަށް ހައެއްކަ ކަޅުކުލައިގެ ބޮޑެތި ގޮށް ހުށްޓެވެ. އުފަންވިއިރުވެސް ޖެސިކާއަށް ލިބިފައިވަނީ ފެހިނޫ ކުލައިގެ ލޮލެކެވެ. މުށިކަޅު ކުލައިގެ އެބުޅިފަން އިސްތަށިގަނޑު ވަނީ މަށްޗަށް ނަގައި ހުޅިއެއް ޖަހާފައެވެ. ހަމުގެ ކުލަ މާއަލިނޫނަސް މާކަޅެއްވެސް ނޫނެވެ. ގުގުރީގެ އަޑުން މުޅިތަން ގުގުމާލިއެވެ. ހަމައެއާއެކު ވާރޭ އިހުނަށްވުރެވެސް ބޯކޮށްލިއެވެ. […]