ހަތަރުއުދަރެސް ފެނުޖެހިފައިވާ މީހަކު ފަދައިން އަމިއްލަ ނިކަމެތިކަމާމެދު ހިތާމަކޮށް ރުއިން ނޫންކަމެއް މިއަދު ރިމްޝާއަކަށް ކުރެވޭކަށްނެތެވެ. މޫނުމަތީގައި އަތް އަޅައިގެންއިދެ ބާރަށް ރޮމުންދަނިކޮށް ރިމްޝާގެ ކޮނޑުގައި މީހަކު އަތްބާއްވާލުމާއެކު އިސްއުފުލާބަލާލިއެވެ. އެވަގުތު ސިއްސައިގެންގޮސް ރިމްޝާއަށް ފަހަތަށް ޖެހިލެވުނީ އެއްވެސް އިޙްތިޔާރަކާނުލައެވެ. ********* ފިހާރަޔަކަށް ދިޔަ މަގުމަތީގައި ހަލުވިކަމާއެކު އަވަސްފިޔަވަޅުތަކެއް އަޅަމުންދިޔަ އައިހަމްގެ ހަރަކާތްތައް މަޑުޖެހިލީ އާދައިގެ ގޮތަކަށްހުރި މާތަނަވަސްނޫން ގެއަކާއި އަރާހަމަވެފައެވެ. އަންހެނަކު ރަޙުމްކުޑަކަމާއެކު އެއްޗެހި ގޮވަމުންދިޔައިރު ޒުވާން އަޑަކުން ރޮއި އާދޭސްކުރާ އަޑުއިވެމުންދިޔައެވެ. ހުރިފިޔަވަޅުމަތީގައި ގަނޑުވެފައި […]
ހިތްދަތިކަމާއި ހިތާމައިން ފޯވެފައިވާ ޙަޔާތާއިމެދު ވިސްނަމުން ގެއިންނުކުތް ރިމްޝާ ބާރަށް ހިނގާލާފައި ދިޔައިރު ޙަޔާތަށް އަންނަން އުޅޭ ބޮޑު ތޫފާނުގެ ހިލަމެއްވެސް ނުވެއެވެ. ********** ލޮލުގައި ޖަމާވަމުންދިޔަ ކަރުނަތައް ބަންޑުންވުގެ ކުރިން އެތެރެއަށް ހިންދާލަމުން ބާރަށް ހިނގަމުންދިޔައިރު މަގަށް މާކަބޮޑު ސަމާލުކަމެއް ނުދެވުނެވެ. އެވަގުތު އައިނައި ދިމާލެއްނޭންގި ބާރު ސްޕީޑެއްގައި އައި ކާރުގައިޖެހި ވިއްސައިގެންގޮސް ރިމްޝާ ޖެހުނީ މީހެއްގެ ފައިބުޑަށެވެ. ފަޅިސިކުންތުކޮޅެއްގެ ތެރޭގައި ލޭގެ ކޯރު ހެދިގެންދިޔައިރު ހިރިވެސްނުލެވިފައި އޮތް ރިމްޝާ ފުސްވަމުންދިޔަ ދެލޮލުން މަގަށް ބަލައިލިއިރު […]
ކުޑަދޮރުގައި ހުރި ދޮރުފޮތިގަނޑުގެ ކުދި ކުދި ހޯތަކުން ފުރޭނިގެން އައި އިރުގެ ރަން ދޯދިތައް ނިދިފައި އޮތް ރިމްޝާގެ ދޮންދޮން މޫނަށް އެޅި އަލިވެގެންދިޔަ ހިނދު ދެތިންފަހަރަކު އެސްފިޔަތައް ތަޅުވާލުމަށްފަހު ލޯހުޅުވާލިއެވެ. ނިދުމުގެ ސަބަބުން ޗޮކްލެޓް ކުލަޔަކަށްދާ ފަން އިސްތަށިގަނޑު ހޭވިފާވާއިރު އެދޮންދޮން މޫނުމައްޗަށް ވެރިވެފައިވާ ލުއިހިނުތުންވުމުގެ ސަބަބުން މީހަކު ބަލާ ފޫހިނުވާނެއެވެ. ރިމްޝާގެ މަންމަ ހަސީނާއަކީ ދިވެއްސެއް ނަމަވެސް ރިމްޝާގެ ކިބައިގައިވާ ބޭރުކުއްޖެއްގެ ސިފަތަކުގެ އަސްލަކީ އޭނަގެ ބައްޕައެވެ. އިސްމާޢީލްގެ ކިބައިގައި އެއްވެސް ހަރުދަނާކަމެއްނެތްކަން އެނގިހުރެވެސް […]
ޒަޔާންއަކީ ފޭސްބުކްގެ ޒަރިއްޔާއިން އެތަކެއް އަންހެން ކުދިންނަަކަށް އޮޅުވާލައިގެން އެކުދިންގެ ހިތްތައް ކަތިލުމުގައި ކާމިޔާބު ހޯދަމުން އަންނަ ، ލާނެތްކަމުގައި ހައްދުފަހަނަ އަޅާފައިހުންނަ ޒުވާން ފިރިހެންކުއްޖެކެވެ. އެއްވެސް ފިކުރެއް ހިޔާލެއްނެތް މީހަކު ފަދައިން އަންހެން ކުދިންގެ އިޙްސާސްތަކާއި ކުޅެމުންދާއިރު އެކަމުގެ ސަބަބުން އަނެކާއަށްކޮށްފާނެ އަސަރަކާމެދު އެއްވެސް ފަރުވާލެއްނުބަހައްޓައެވެ. މުނިފޫހި ފިލުވާލުމަށްޓަކައި ކުރަމުންއައި ކަމެއްނަމަވެސް ތިމާ ފޭހެމުން ދިޔަ އިލޮށިގަނޑު ތިމާގެ ލޮލަށް ހެރުނީ ހީވެސް ނުކުރާހާ ހިތްދަތި ގޮތަކަށެވެ. ************** މިހެން އުޅުމުގެ ތެރޭގައި ޒަޔާންއަށް ” […]
އިރުއޮއްސި އަނދިރިވަމުންދެއެވެ. ކަށްވަޅު ފަދަ ހަމަހިމޭންކަމެއް ވެރިވެފައިވާ މާޙައުލުގައި އެކަނިމާއެކަނި ޖެޓީ މަތީގައި އިށީންދެލައިގެން އިން ޖުމާން އިނީ ފުން ހިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. އެންމެ ހިނދުކޮޅަކަށްވެސް ލޮލުން ކަރުނަ ހިނދޭގޮތެއް ނުވެއެވެ. ފަނާވަމުންދިޔަ އޭނަގެ ޙަޔާތާާމެދު ވިސްނިވަރަކަށް ހިތުގައި އެޅިފައިވާ ޒަޙަމްތައް ދިޔައީ ފުންވަމުންނެވެ. އެހެންނުވާންވީ އެއްވެސް ސަބަބެއްނެތެވެ. ހަޔާތުގެ ހުޅުކޮޅުވަނީ ދެންމެދެންމެ ނިވިދާނެހާ ފަނޑުވެފައެވެ. މިހެންވީވެސް ހުދު އޭނަގެ ސަބަބުންނެވެ. ހެޔޮއެދޭ ގާތް މިތުރުންކަމުގައި ދެކިގެން އުޅުނު އިންސާނުންގެ ސިފައިގާ ތިބި ޝައިޠާނުންތައް ކޮށާދިން […]
ބުނާނެ އެއްޗެއް ނޭންގި ހުއްޓުން އަރާފައި އަހަރެންނަށް ހުރެވުނީއެވެ. އަހަރެން ނުވެސް ދެނެހުރިކަމެއްގައި ޙަޤީގަތް ބަލާލުމެއްނެތި އިބާ އެދިޔައީ އަހަރެން ކުށްވެރި ކޮށްފައެވެ. އިބާގެ އަނގައިން ބޭރުވިކޮންމެ ބަހެއްމެ އަހަރެންގެ ހިތް ފޫއަޅުވަމުންދިޔަ ތީރުތަކެއްފަދައެވެ. އަހަރެން ކިތަންމެ ދެރަވި ނަމަވެސް ހިތާމައިގެ މައްޗަށް ރުޅިވެރިކަން ކުރިހޯދިއެވެ. ދެއަތް މުށްކަވާލާފައި ފަޔަށްލެވުނުހާ ބާރެއްލަމުން ގެޔާއި ދިމާލަށް މިސްރާބުޖެހީމެވެ. ގެއަށްވަދެވުމާއެކު، ޔުނީފޯމާއެކު ސޯފާގައި އޮށޯވެ ބޯމަތީގައި އަތް ބާވާލައިގެން އޮތް އަދުހަމް ފެނި އަހަރެން އެހުރިހާއިރު ހިފަހައްޓައިގެންހުރި ކަރުނަތައް އޭގެ […]
އަަހަރެން ފުން ނޭވާއެއް ބޭރުކޮށްލީ އަދުހަމްމެންނާާ ވާާހަކަ ދައްކާލެވުމުން މާާޔޫސްކަން ފިލާގޮސް ހިތަަށް ހަމަޖެހުން ލިބުމުންނެވެ. ******************************* މިއަދަކީ ސްކޫލަށް ދާންޖެހޭ ދުވަހެވެ. ވަގުތު ކުޑަތަންވީވަރަކަށް އަހަރެން ޖެހިލުންވާާންފެށިއެވެ. ހިތްނުތަނަވަސްވާންފެށީ ކީއްވެކަމެއް ޙުދު އަހަރެންނަކަށްވެސް ނޭންގެއެވެ. ކޮންމެއަކަސް ގަޑިޖެހުމުގެކުރިން ހިތްވަރުކޮށްލާފައި އަދުހަމްއާއިއެކު ސްކޫލަށްދިއުމަށްޓަކާ ގެއިންނުކުތީމެވެ. ގެއިން ނުކުތުމާއެކު ރަށުގެ ހަނދާންތައް އާވާންފެށިއެވެ. ސްކޫލަށްދާ މަގުމަތީގައި ރައްޓެހިންނާއިއެކު މަޖާކޮށް ސަމާސާކޮށްއުޅުނު ހަނދާންވުމާާާއިކު ދެރަވީ އެމީހުން ދޫކޮށް އަންނަންޖެހުުމުންނެވެ. އެކިހިޔާލުތަކަށް ގެއްލިހުރެ ހިނގަމުންދަނިކޮށް މީހަކު ގައިގާޖެހި އެމީހަކު އަރިއަޅާލިއެވެ. ހުށިޔާރުކަމާއިއެކު […]
އަހަރެންނަށް އެއްކަމެއް ޔަޤީންވިއެވެ. ފުރަތަމަ ނަޒަރުންވެސް އަހަރެންގެ ހިތުގައި އިބާއަށްޓަކައި ޙާއްސަ މަޤާމެއްދެވިއްޖެކަމެވެ. ******************************* ދުވަހަކަށްފަހު ދުވަހެއް މާޒީއާއި އެކުވަމުންދެއެވެ. އަހަރެންވެސް ހިތްވަރާއިއެކު މަސައްކަތްކުރަމުންދިޔައީ އޯލެވެލް އިމްތިޙާނުން ރަނގަޅު ނަތީޖާއެއް ހޯދާ މަންމަމެންގެ ހުވަފެންތައް ހަޤީގަތަކަށް ހަދާދިނުމަށެވެ. ނަމަވެސް ކޮންމެ ދުވަހަކު ފިލާވަޅުހަދާ ނިންމާާލުމަށްފަހު އިބާގެ ހަރަކާތްތަކަށް ބަލަން އިނުމަކީ އަހަރެންގެ ދުވަހުގެ ތާވަލުގައި ހިމެނިފައިވާ ކަމެއްފަދައެވެ. އިބާ ސްކޫލަށް ނާންނަ ދުވަހެއްނަމަ އަހަރެންގެ މިލާ މޯޅިވެފައިވާާ މޫނުފެނި އަދުހަމް އަހަރެންނަށް މަލާމާތްކުރާނެއެވެ. ކޮންމެ ދުވަހަކު އިބާ […]
އަހަރެން ގްރޭޑް ދިހަޔަކަށްދިޔަ އަހަރު އަހަރެން މާލެ ބަދަލުކުރީ ރަށު ސްކޫލުގައި ކިޔަވާދޭގޮތާމެދު މަންމަމެން ހިންހަމަ ނުޖެހޭތީއެެވެ. ފަހުއަހަރަށްވުމާއެކު އަހަރެންވެސް ބޭނުންވީ ފެންވަރު ރަނގަޅު ސްކޫލެއްގައި ކިޔަވާ ރަނގަޅު ނަތީޖާއަކާއެކު ސްކޫލު ދައުރު ނިންމާލާށެވެ. މަންމަގެ ގާތް އެކުވެރިއެއްކަމަށްވާ ސިލްމާ ދައްތަ މާލޭގައި އުޅުމުން މިކަން ހަމަޖައްސާކަށް މާކަ އުނދަގުލެއް ނުވިއެވެ. ******************************* މާލޭގެ ބަނދަރަށް ލެފުމާއިއެކު އަހަރެން ކުޑަކޮށް ނުތަނަވަސް ވާާގޮތްވިއެވެ. އެހެން ފަހަރުތަކަށްވުރެ މިފަހަަރު މާލެ އާދެވުމުން ކުރެވެމުންދިޔަ އިޙްސާާސް ވަރަށް ތަފާތެވެ. ކުރިޔަށް […]