އައިޒަން ސައިކަލުގައި އައިސް ރީޝަމްމެން ގޭ ދޮރުމައްޗަށް މަޑުކޮށްލިއެވެ. އެއާއެކު އައިޒަންގެ ގަމީހުގައި ހިފަހައްޓާލައިގެން އިން ރީޝަމް ގަމީހުން ދޫކޮށްލުމަށްފަހު ސައިކަލުން ފޭބިއެވެ. ރީޝަމް ސައިކަލު ކައިރީ މަޑުކޮށްލުމަށްފަހު ދަނީ ކަމަށްބުނެ ގެޔަށް ވަންނަން ދާން ފިޔަވަޅެއް އަޅާލިއެވެ. ރީޝަމްއަށް ދެ ފިޔަވަޅުވެސް ކުރިއަށް ނާޅާލެވެނީސް އައިޒަން ރީޝަމްގެ އަތުގައި ހިފާލުމަށްފަހު އޭނާއާ ވީ ފަރާތަށް އަނބުރާލިއެވެ. އެއަށްފަހު އައިޒަން ސައިކަލުން ފޭބުމަށްފަހު ސައިކަލު ކައިރީ މަޑުކޮށްލީ ރީޝަމްގެ އަތުގައި ހިފަހައްޓައިލައިގެން ހުރެއެވެ. “ހާދަ އަވަހަކަށް ދާން […]
ހަވީރުގެ ވަގުތެވެ. ވޯޓާރ ކްރިސްޓަލް ގޭގެ ތެރެ ވަނީ އަޑުގަދަ ވެފައެވެ. ޝައިމާ އާއި ޝިމާންގެ އިތުރުން ޝަައިމާގެ ފިރިމީހާ އާއި ސާޖިދު އަދި ޒިޔާނާ އިނީ އޮލަ ވާހަކައެއްގައެވެ. ޝިމާން އިރުކޮޅަކާ ބޯ ކަހާލާގޮތުން އެ މީހުން އެ ދައްކަނީ ޝިމާންގެ ވާހަކަކަން އެނގެއެވެ. އިރުކޮޅަކު އެންމެން އެ ގޮތުގައި ތިބުމަށްފަހު ޒަރާ ސައި ހެނދުނު ވާހަކަ ބުނުމުން އެންމެން ގޮސް ސައިބޯން އެރިއެވެ. “ޒަރާ ދޭބަލަ މިޝްޔާއަށް ގޮވަން.. މެންދުރު ވެސް ނުކައި އެމަންޖެ.. […]
އީނާ އެދުމަތީގައި އިށީދެލައިގެން އިނީ އެއްޗެހިތަކެއް ފަތް ޖަހާށެވެ. ކައިރީގައި ހުރި ފޮއްޓަށް އެއްޗެހިތައް ފަތް ޖަހަމުން އަޅަމުން ދިޔައެވެ. އެވަގުތު އީނާގެ ފޯނު ރިންގުވާން ފެށުމުން ކުރަން އިން މަސައްކަތް މަޑު ޖައްސާލުމަށްފަހު އީނާ ފޯނު ހިފައިގެެން ގޮސް ސޯފާގައި އިށީނދެލީ ގުޅަމުން ދިޔައީ ރީޝަމް ކަމަށްވުމުން ރީޝަމްއާ ވާހަކަ ދައްކާލުމުގެ ބޭނުމުގައެވެ. “ހަލޯ.. އިނޫ ކީއްކޮށްލަނީތަ ތީ؟ އީނާ ފޯނު ނެގުމާއެކު ރީޝަމް ބުނެލިއެވެ. “މާ ބޮޑު ކަމެއް ނުކުރަން.. އެއްޗެހިތައް ފަތް ޖަހާލާފައި […]
އެއްޗަކަށް އޯޑަރު ދިނުމަށްފަހު އައިޒަން އިނީ ރީޝަމް އާއި ކުޑަކޮން ވާހަކަ ދައްކާލުމަށެވެ. އެއްލިކަޅިއަކުން ރެސްޓޯރެންޓުގެ ބިއްލޫރިގަނޑު ކައިރީގައި ހުރި މީހާ ފެނި އައިޒަން އަށް ކޮޅަށް ތެދުވެވުނެވެ. އެވަގުތު ރީޝަމްވެސް ހައިރާން ކަމާއެކު އައިޒަންއަށް ބަލާލުމަށްފަހު ދެވަނަ ސިކުންތުގައި އައިޒަން ބަލަހައްޓައިގެން ހުރި ދިމާއަށް ބަލައިލިއެވެ. ******* ޝިމާން ރެސްޓޯރެންޓުގެ ތެރެއަށް ވަދެގެން އައިސް އައިޒަންމެން ތިބި މޭޒު ކައިރީގައި ހުއްޓުނެވެ. އެއަށްފަހު ހައިރާން ކުރުވަނިވި ނަޒަރަކުން އެއްފަހަރު ރީޝަމްއަށް އަނެއްފަހަރު އައިޒަންއަށް ބަލާލިއެވެ. “ސާބަހޭ […]
މިޝްޔާ ބަލާލިއިރު ކާރުގެ ދޮރުހުޅުވައިލައިގެން ހިނިތުންވެލައިގެން ހުރި އަންހެން މީހާ ފެނި ރައްދުގައި މިޝްޔާ ވެސް ހިނިތުންވުމެއް ދިނެވެ. “މިޝްޔާ އާދެ އަވަހަށް ކާރުން ފައިބަން” އެ މީހާ މިޝްޔާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރެ އެހެން ބުނެލުމަށްފަހު މިޝްޔާ ފޭބުމަށް ކާރުގެ ދޮރު ބޮޑަށް ހުޅުވާލަދިނެވެ. މިޝްޔާ ކާރުން ފޭބުމާއި އެކު އެ މީހާ ސަލާމަށް އަތް ދިއްކޮށްލިއެވެ. “މީ ޒިޔާނާ ދައްތަ.. މިޝްޔާ އަށް މިގޭގައި ހުރުމަށް އެއްވެސް ދައްޗެއް ނުވާނެ.. ކަމެއް ބޭނުން […]
މެންދުރު އަތަށް އަޅާލުމާއެކު ކަޅު ބޯ ވިލާތަކުން ދުނިޔެމަތި އަނދިރި ކޮށްލާފިއެވެ. ހިނދެއް ހިނދަކަށް ވައިބާރު ވަމުން ދިޔައިރު ގަސްތައް މުލުން ލުހިގެން ދާނެހެން ހީވާ ފަހަރުވެސް މަދެއްނޫނެވެ. އިސާހިތަކު ވާރޭގެ ބޯ ތިކިތަކުން ބިންގަނޑު ތެންމާލާފިއެވެ. ކުޑައެއް ނަގައިގެން މިންނާ އާއި ރިލްހާ ފިހާރައަށް ދާން ނިކުތެވެ. ވެހޭ ބޯ ވާރޭތެރޭގައި ތަނެއް ދޮރެއް ސާފެއް ނުވެއެވެ. ކުޑަކޮށް ދުވަމުން ކަހަލަ ގޮތަކަށް ގޮސް ކައިރީގައި ހުރި ފިހާރައަށް މިންނާ އާއި ރިލްހާ ވަނެވެ. “ދަރިފުޅާ […]
ރޭގަނޑުގެ ހަމަހިމޭން ވަގުތު މެލޭޝިޔާގެ މަގުތައް ވަނީ ކުލަކުލައިގެ ބޮކިތަކުން ދިއްލާލާފައެވެ. މަގުމަތީގައި ކޮންމެވެސް ވަރަަކަށް މީހުން ހަރަކާތްތެރިވަމުން ދިޔައެވެ. ދުވަސްވަރަކީ ފިނި މޫސުމުގެ ދުވަސްވަރަށް ވުމާއިއެކު މާހައުލުގައި ވަނީ ފިނިކަން ހިފާލާފައެވެ. “ވޯޓަރ ކްރިސްޓަލް” ގޭގައި ވަނީ މަރުފަދަ ހިމޭންކަމެކެވެ. ގެއަށް ވަންނަތަނުން ފެންނަން ހުންނަ ގަރޑެން އިން ގޭގެ ރީތިކަން އިތުރުކުރުވައެވެ. އެތާގައި ވިނަ އިންދާފައި ހުރިއިރު ވަށައިގެން ބެންޗުތަައް އަތުރާލައިފައި ހުއްޓެވެ. ކައިރީގައި ހުރި އޮރެންޖު، އާފަލު، އަދި ސްޓޯބެރީ ގަސްތަކުން ތަނަށް […]
އިރުގެ ގަދަ ހޫނުން ދުނިޔެމަތި ފިއްސަމުން ދިޔައިރުވެސް މާލޭގެ މަގުތައް މަތީގައި ވަނީ އާދަޔާޚިލާފު ހަލަބޮލިކަމެކެވެ. ކޮންމެ މީހަކުވެސް އަވަސްވެ ގަންނަނީ އެމީހަކު ބޭނުންވާ މަންޒިލަށް ދިޔުމަށެވެ. އެ ހޫނުގަދަ ވަގުތުވެސް މަގުމަތީގައި ހިނގާލާފައި އައި ޝިމާން ގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. ގިނަ މީހުންގެ ނަޒަރު ޝިމާންއަށް ހުއްޓިފައި ވީއިރު އެ ކަމުން އޭނާއަށް ވެސް އުނދަގޫވަމުން ދިޔައެވެ. ރީތި ހަށިގަނޑެއް ލިބިފައިވާއިރު ގަވައިދުން ކަސްރަތު ކުރާކަން ހާމަވެގެން ދެއެވެ. އާދަޔާޚިލާފު ދޮންކަމެއް ލިބިފައި ވާއިރު […]
އުޑުމަތި ރީތި ސާފު ދުވަހެކެވެ. އުޑުމަތީގައި އެންމެ ވިލާ ރޮއްޖެއް ވެސް ނެތެވެ. ނަމަވެސް ފުދޭ ވަރަަކަށް ވައި ޖެހެމުން ދިޔައެވެ. މިޔުޒިކެއް ފަދައިން އެ ހިތްގައިމު އަޑު ގުގުމާލާފައި ވީއިރު އުޑުމަތި ފެންނަނީ ވަރަށް ސާފުކޮށެވެ. ސަނާ ފިލާވަޅު ނިންމާލި ވަގުތުވީ ދެން އޮތް ގަޑިއަށް ބެލް ޖެހި ވަގުތަށެވެ. ދެން އޮތް ގަޑިއަކީ ސައިންސް ގަޑިކަމުން މުދަރިސް ނިންމީ އެކްސްޕެރިމެންޓެއް ހެދުމަށްޓަކައި ލެބޯޓަރީ އަށް ގެންދިއުމަށެވެ. އެހެން ކަމުން ހުރިހާ ކުދިންވެސް އުފަލުން ހުރެ […]