Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ހިތް ބޭނުމޭ ދުލުން 5

🌻LamHaa🌻
🌻LamHaa🌻 Level 110 Stories
May 27, 2021 6 Mins Read
3 Comments

އެއްޗަކަށް އޯޑަރު ދިނުމަށްފަހު އައިޒަން އިނީ ރީޝަމް އާއި ކުޑަކޮން ވާހަކަ ދައްކާލުމަށެވެ. އެއްލިކަޅިއަކުން ރެސްޓޯރެންޓުގެ ބިއްލޫރިގަނޑު ކައިރީގައި ހުރި މީހާ ފެނި އައިޒަން އަށް ކޮޅަށް ތެދުވެވުނެވެ. އެވަގުތު ރީޝަމްވެސް ހައިރާން ކަމާއެކު އައިޒަންއަށް ބަލާލުމަށްފަހު ދެވަނަ ސިކުންތުގައި އައިޒަން ބަލަހައްޓައިގެން ހުރި ދިމާއަށް ބަލައިލިއެވެ.

*******

ޝިމާން ރެސްޓޯރެންޓުގެ ތެރެއަށް ވަދެގެން އައިސް އައިޒަންމެން ތިބި މޭޒު ކައިރީގައި ހުއްޓުނެވެ. އެއަށްފަހު ހައިރާން ކުރުވަނިވި ނަޒަރަކުން އެއްފަހަރު ރީޝަމްއަށް އަނެއްފަހަރު އައިޒަންއަށް ބަލާލިއެވެ. “ސާބަހޭ ބްރޯ.. ހާދަ ވަގުވެއްޖޭ ދޯ މިހާރު.. އަންގަލުމެއްވެސް ނޯވޭ ވިއްޔަ މިހާރު.. އެކަމަކު ބުނާނެ ބެސްޓް ފްރެންޑްސް އޭ..” ޝިމާން ހިނިއަަިފައި ހުރެ އައިޒަންގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. އެވަގުތު އައިޒަންގެ މޫނު ދިޔައީ ހުތް ވެގެންނެވެ. އަވަސްއަވަހަށް ރީޝަމް އާ ދިމާލަށް ބަލާލެވުނީ ރީޝަމް ހީކޮށްފާނެ އެއްޗަކާ ދޭތެރޭ ވިސްނަމުންނެވެ. އައިޒަން ރީޝަމް އާ ދިމާލަށް ބަލާލިއިރު ހައިރާން ކުރުވަނިވި ނަޒަރަކުން އައިޒަން އާ ދިމާލަށް ބަލަހައްޓައިގެން ރީޝަމް ހުއްޓެވެ. “ހޫމް މަށެއް ނޫޅެމޭ.. އަހަރެމެން ދެމީހުން މީ ފްރެންޑްސް ދޯ ރީޝަމް” ރީޝަމް އާ ދިމާލަށް ބަލާލުމަށްފަހު އައިޒަން ބުނެލިއެވެ. “ކޮންމެސް ފްރެންޑްސް އޭ ކިޔާފަ ސިއްރުން ދެ މީހުން ރައްޓެހިވެގެން ވެގެން ނޫޅެއްޗޭ” ޝިމާންވެސް ރީޝަމް އާ ދިމާލަށް ބަލާލުމަށްފަހު އެއްލޯ މަރާލަމުން ބުނެލިއެވެ. “މާން އާދޭ އަހަރެމެންނާއެކު އެއްޗެއް ކާލަން” އައިޒަން ގޮސް ގޮނޑީގައި އިށީނދެލަމުން ބުނެލިއެވެ. “ނޫނޭ އަހަރެން ނޫޅެން ކާކަށް.. ތި ދެ ލަވް ބާރޑްސް އަށް ފުރުސަތު ދީފަ އަހަރެން މި ދަނީ.. އެހެން ނޫނަސް ދޮންތަ މިހާރު ހުންނާނެ އަހަރެން ނުގޮސްގެން ކަންފަތުން ދުން އަރައަރާ” ހިނިގަނޑެއް ޖަހާލަމުން އެހެން ބުނެ ޝިމާން ދާން ހިނގައިގަތެވެ.

********

އީނާ އާ މަލްޝާ ތިބީ އީނާގެ ކޮޓަރީގައެވެ. މިޝްޔާއަށް ގުޅައިގެން ވީޑިއޯ ކޯލް ހަދައިގެން ދެމީހުން ތިބިއިރު ކައިރީގައި ހުރި ޕޮޕްކޯން ތަށިން ދެމީހުން ވެސް ޕޮޕްކޯން ކަމުން ދިޔައެވެ. “މިޝް ތިކޮޅުގަ ފޫހިތަ.. ރަނގަޅުތަ ތިގޭ މީހުން” އީނާ މިޝްޔާގެ ގާތުން ކަންތައްތައް އޮޅުންފިލުވަމުން ދިޔައެވެ. “ހޫމް އެހާ ފޫސެއް ނޫން.. އެކަމް ތި މީހުން މަތިން ވަރަށް މިސް ވޭ” މިޝްޔާ އޮތީ އޮށޯވެލައިގެންނެވެ. “އަސްލުވެސްތަ؟ ހަމަ އަހަރެމެން މަތިންތަ އެހާ މިސް ވަނީ” މަލްޝާ މިޝްޔާ އާ ދިމާކުރަން ފެށިއެވެ. “ހެޔޮން ދެން މަލް.. މަ ނޫޅެމޭ އެހެން މީހަކު މަތިން މިސް ވާތީއެއް” މިޝްޔާ މޫނުމައްޗަށް ފޫހި ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ. އެވަގުތު އީނާގެ މަންމަ އައިސް ކާން ގޮވުމުން ފަހުން ގުޅާނަން ކަމަށް ބުނެ އީނާ އާއި މަލްޝާ ކަން ދިޔައެވެ.

*********

ސައިކަލުގައި އައިސް ފިހާރައެއްގެ ކުރިމައްޗަށް މަޑުކޮށްލި މާއިން ސައިކަލު ޕާކު ކުރުމަށްފަހު ފިހާރައަށް ވަނެވެ. ސެންޓުފުޅިތައް ބަލަމުން ދިޔަ މާއިންއަށް ކަމުދާ ސެންޓުފުޅިއެއް ފެނުމުން އެނަގަން އުޅުނު ވަގުތު މާއިންއަށް ހިފުނީ މީހެއްގެ އަތުގައެވެ. ނަމަވެސް އެއީ ކާކުތޯ ވެސް ބަލާލުމެއް ނެތި ސޮރީ އޭ ބުނުމަށްފަހު މާއިން ދާން ހިނގައިގަތެވެ.

އީނާ ހުއްޓުން އެރީ އޭނާ ނަގަން އުޅުނު ސެންޓުފުޅި އެހެން މީހަކުވެސް ނަގަން އުޅުމުގެ ތެރޭގައި އެ މީހަކު އީނާގެ އަތުގައި ހިފުމުންނެވެ. ކާކުތޯ ބަލާލުމުގެ ގޮތުން އެ ފަރާތަށް އެނބުރުނު އިރު އެ މީހަކު ފަސްދީ ދާން ހިނގައިގެންފިއެވެ. އީނާ އިރުކޮޅަކު އެ ގޮތަށް ހުއްޓުން އަރާފައި ހުއްޓައި މަލްޝާ އައިސް ވީ ކިހިނެއްތޯ ސުވާލުކުރުމުން ކަމެއް ނުވާކަމަށް ބުނެ އީނާ ސެންޓުފުޅި ނަގައިގެން ރުފިޔާ ދައްކަން ދާން ހިނގައިގަތެވެ. ގެން ހުރިހާ އެއްޗަކަށް ރުފިޔާ ދެއްކުމަށްފަހު އީނާ އާ މަލްޝާ ގެޔަށް ދާން ހިނގައިގަތެވެ.

********

ފެން ވަރައިގެން ފާހަނާއިން ނިކުތް މިޝްޔާގެ މޫނުމަތިން ފެންނަނީ ތާޒާކަމެވެ. އެ ދޮން މޫނުން ފެންތިކިތަައް ފައިބަމުން ދިޔައިރު ބަލާ ފޫހި ނުވާނެކަން ގައިމެވެ. ފަން ދިގު އިސްތަށިގަނޑު ވޫލް ކޮޅަކުން އައްސާލުމަށްފަހު ގޮސް އެނދަށް އެރީ ފަތިސް ނަމާދަށް ތެދުވެވޭނީ އަވަހަށް ނިދުމުންކަން އެނގޭތީއެވެ. ފޯނު ހުޅުވާލާން ބަލާލިއިރު އެ އޮތީ ނިވިފައެވެ. ބޮލުގައި ޖަހާލުމަށްފަހު މިޝްޔާ ފޯނު ޗާރޖްއަށް ޖެހުމަށްފަހު އަނެއްކާވެސް އައިސް އެނދަށް އެރިއެވެ. ނަމަވެސް ލޯ މަރާލުމަށްފަހު އެހާ އަވަހަށް މިޝްޔާ ލޯ ހުޅުވާލައިފިއެވެ. މިޝްޔާ ލޯ މަރާލުމާއެކު މިޝްޔާގެ ލޯ ކުރިމަތީގައި ސިފަވީ ޕާރކުން ފެނުނު ޒުވާނާއެވެ. އެއާއެކު އޭނާއަށް ތެދު ވެވިއްޖެއެވެ. “ޝިޓް މަށަށް ކިހިނެއްތަ މިވަނީ” ބޮލުގައި ޖަހާލަމުން މިޝްޔާ އެހެން ބުނެލުމަށްފަހު އަނެއްކާވެސް ނިދޭތޯ ދެލޯ މަރާލިއެވެ.

ފަތިހުގެ ހަމަހިމޭން ވަގުތު ފަހަނައަޅާ ގޮސް ހެނދުނުގެ އަލި ދުނިޔެ މައްޗަށް ފެތުރިއްޖެއެވެ. އެ ވަގުތުގައި ވެސް މާލޭގެ މަގުމަތީގައި މީހުން ހަރަކާތްތެރިވަމުން ދިޔައެވެ. ޝިމާން ވެސް ސައިކަލުން ފޭބުމަށްފަހު އޮފީހަށް ވަންނަން ދާން ހިނގައިގަތެވެ. އަޅާފައި ހުރި ރޭބަން އައިނު ރަނގަޅު ކޮށްލުމަށްފަހު ފިރިހެންވަންތަ ހިނގުމެއްގައި ގޮސް އޮފީސް ތެރެއަށް ވަނެވެ. މުއައްޒަފުންނަށް ރީތި ހިނިތުންވުމެއް ހަދިޔާ ކޮށްލުމަށްފަހު ޝިމާން އޭނާގެ ކެބިން އަށް ވަނެވެ.

އެއީ ޝިމާން ބައްޕަގެ އޮފީހެކެވެ. ބައްޕަ ނިޔާވުމުން އެތަނާ ހަވާލުވީ ޒިޔާނާގެ ފިރިމީހާ ސާޖިދުއެވެ. އެހެންނަމަވެސް ޝިމާން ކިޔަވައިގެން ހަރުދަނާ ޒުވާނަކަށް ވުމާއެކު ސާޖިދު ބޭނުންވީ ޝިމާން އެ އޮފީހުގެ ހުރިހާ މަސައްކަތަކާ ހަވާލުވުމަށެވެ.

********

ދޮރުގައި ޓަކި ޖަހާ އަޑަށް ސޯފައިގައި ވާހަކަ ކިޔަން އޮތް ރީޝަމް ދިޔައީ ސިއްސައިގެންނެވެ. އަވަސްއަވަހަށް ގޮސް ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރި އީނާ އާއި މަލްޝާ ފެނި އީނާގެ ހިނިތުންވުން ފުން ވެގެން ދިޔައެވެ. އެ ދެމީހުން ވަނުމުން ރީޝަމް ވެސް ގޮސް ސޯފައިގައި އިށީދެ ހަމަޖެހިލިއެވެ. “އީން އެންޑް މަލް.. ލިސެންޓު މީ.. ވާހަކަ އެއް ބުނަންތަ” އަތުގެ އިނގިލިތަކާ ކުޅެމުން ރީޝަމް ބުނެލިއެވެ. މަލްޝާ ބޯ ޖަހާލުމުން އީނާ އެ ވާހަކަ ބުނުމަށް އަވަސްވެ ގަތެވެ. “މަ ރޭގަ ފިރިހެން ކުއްޖަކާ އެއްކޮން ރައިޑަކަށް ދިޔައިން”

“އަސްލުވެސްތަ” އަނގަ މަތީގައި އަތް އަޅައިގެން ހުރެ މާއިން ބުނެލިއެވެ. އެ ހަތަރު ޒުވާނުން އިނީ ކޮފީއެއްގައެވެ. “އާން. މަށަށް އެނގިއްޖެ ވަރަށް ކުރިން.. މި ދޮންބެ އަންހެން ކުއްޖަކާ ގުޅައިގެން ދެއްކި ވާހަކަ މަށަށް އަޑު އިވުނޭ” ކޮފީ ޖޯޑު ތުބުގައި ޖައްސާލަމުން އައިދަން ބުނެލިއެވެ. “އާންއެކޭ.. މަށަށް ފެނުނީ ރެސްޓޯރެންޓުގަ އިންދަ” އައިދަންގެ ވާހަކަ އާ އެއްބަސްވަމުން ޝިމާން ބުނެލިއެވެ. “އޭ ޑޫޑް.. ކައެ ހާދަ ގަދައޭ މިހާރު.. ވަރަށް ރީތިތަ އޭނަ.. އަޅެ އިންޓްރޮޑިއުސް ކޮށްދޭން ވީނު” ލާނެތް ހިނިތުންވުމަކާއެކު އައިޒަންގެ ކޮނޑުގައި ޖަހާލަމުން މާއިން ބުނެލިއެވެ. “ސާބަސް އެއީ ފްރެންޑެކޭ” މިއޮތް ހުރިހާ އިރު އަނގައިން ނުބުނެ އިނދެފައި އެންމެފަހުން އައިޒަން ބުނެލިއެވެ.

********

މެންދުރު ވެގެން އައިއިރު މެލޭޝިޔާގެ މަގުތަކުގައި ވަނީ މީހުން ގިނައެވެ. އޭގެ ތެރެއިން އެކަކަށް ޒިޔާނާ އާ ޒަރާ ވާނެއެވެ. ގެއަށް ވަދެގެން އައި ގޮތަށް ޒިޔާނާ އޭނާގެ އަތުގައި ހުރި ސާމާނުތައް ބަދިގެއަށް ލިއެވެ. އަދި ޒަރާ ކައިރީ އަރާމު ކޮށްލަން ދިއުމަށް ބުނެ ޒިޔާނާ މިސްރާބު ޖެހީ މިޝްޔާގެ ކޮޓަރި އާ ދިމާލަށެވެ.

ކޮޓަރީގެ ދޮރުގައި ޖަހާ އަޑަށް މިޝްޔާ ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރި ޒިޔާނާ ފެނި މިޝްޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. “މިޝްޔާ ގެ ކޮލެޖްގެ ކަންތައް ހަމަޖެހިއްޖެ.. މާދަން ކޮލެޖަށް ދާން ފަށަން ޖެހޭނެ” ޒިޔާނާ މިޝްޔާ ގާތު ބުނެލިއެވެ. “ލައްބަ ދައްތާ..” މިޝްޔާ ހިނިއައިސްފައި ހުރެ ޒިޔާނާއަށް ޖަވާބު ދިނެވެ. “ދެން އާދޭ ރީތި ވެލައިގެން އަވަހަށް ސައި ބޯން” ޒިޔާނާ މިޝްޔާގެ ކޮނޑުގައި ޖަހާލަމުން ފަހު ދާން ހިނގައިގަތެވެ. މިޝްޔާ ވެސް ކޮޓަރި ދޮރު ލައްޕާލުމަށްފަހު ރީތި ވެލައިގެން ތިރިއަށް ދިޔައެވެ.

ހަވީރުގެ ސަޔަށް އިންސާފު ކުރުމަށްޓަކައި މިންނާ، މާއިޝް، ނިހާލް އަދި ރިލްހާ ކާމޭޒު ދޮށުގައި އިށީދެގެން ތިއްބެވެ. ކެއުމަށް އިންސާފު ކުރަމުން ދިޔަ ވަގުތު އެއްވެސް މީހަކު އަނގައަކުން ނުބުނެއެވެ. ނަމަވެސް އިރުއިރު ކޮޅާ އެންމެން އެއްފަހަރާ ހީލާ އަޑު އިވެނީ ކުޑަ ކުޑަ ރަޔަން ކޮށްލާ ކަންތައްތަކުންނެވެ. އެ ގޮތުގައި ތިބެ އެންމެން ސައި ބޮއެ ނިންމާލުމަށްފަހު ރިލްހާ އާއި މާއިޝް ރަޔަން ގޮވައިގެން ގެއިން ނުކުތީ ރިލްހާގެ މަންމަމެން ގެޔަށް ގޮސް ލުމަށްޓަކައެވެ. މާއިޝް ރަޔަން އުރާލައިގެން ހުރިއިރު ރިލްހާ ހުރީ މާއިޝްގެ އަތުގައި ހިފަހައްޓާލައިގެންނެވެ. އެ މަންޒަރު ފެންނަ މީހަކު ވެއްޖެއްޔާ އެ އާއިލާއަށް ތައުރީފުކޮށް ނުލާ ނުދާނެއެވެ. އެހާވެސް އެ މަންޒަރު ހިއްގައިމެވެ. އެކަމުން ވެސް މާއިޝް އާ ރިލްހާ އެކަކު އަނެކަކު ދެކެ ވާ ތެދުވެރި ލޯބި ހާމަވެގެން ދެއެވެ.

********

ރީޝަމް މިއަދުވެސް ރީތި ވެލައިގެން ބޭރަށް ނުކުތީ އައިޒަން ހިނގާލަން ދާ ވާހަކަ ބުނެފައި އޮތުމުންނެވެ. ރީޝަމް މަގުމަށްޗަށް ނުކުމެ ދެފަރާތަށް ބަލާލީ އައިޒަން ފެންނަން ހުރިތޯއެވެ. ނަމަވެސް އައިޒަން ފެންނަން ނެތުމުން ގޭގެ ދޮރާށި ކައިރީގައި މަޑުކޮށްލައިގެން ހުރީ އައިޒަން އަންނަން ބުނި ގަޑި ޖެހެން އަދި ފަސް ވަރަކަށް މިނެޓު އޮތުމުންނެވެ.

ރީޝަމް އިރުކޮޅަކު އެގޮތަށް ހުއްޓާ އައިޒަން ހިނގާފައި އައިސް ރީޝަމް ކައިރިއަށް މަޑުކޮށްލިއެވެ. “ސޮރީ.. ވަރަށް ލަސްވެއްޖެ ދޯ.. ހިނގާފަ އަންނަން ވީމަ އަސްލު ލަސްވީ” އައިޒަން ބޮލުގައި އަތް ހާކާލަމުން ބުނެލިއެވެ. “ނޫނޭ އެހާ ލަހެއް ނުވެއެއްނު” ރީޝަމް އައިޒަންގެ ފަހަތުން ހުރެ ދާން ހިނގައިގަންނަމުން ބުނެލިއެވެ.

އައިޒަން އާ ރީޝަމް ގޮސް ހުއްޓިލި ކުޑަކުދިންގެ ޕާރކެއް ކައިރީގައެވެ. “މިތަން އޯކޭތަ.. ވާހަކަ ދައްކާލަން މަޑުކޮށްލަން ” އައިޒަން ޕާރކާ ދިމާލަށް އަތުން އިޝާރާތް ކޮށްލަމުން ބުނެލިއެވެ. ރީޝަމްވެސް މައްސަލައެއް ނެތޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. އައިޒަން ރީޝަމް ގޮވައިގެން ގޮސް އެތާ ހުރި ބެންޗެއްގައި އިށީދެލިއިވެ. “ސޯ ދެން ކިޔާދީބަ” އައިޒަން ރީޝަމް އާ ދިމާލަށް އެނބުރިލަމުން ބުނެލިއެވެ. “ކޯއްޗެއް” ރީޝަމް ހައިރާން ކަމާއެކު އައިޒަން އާ ދިމާލަށް ބަލާލުމަށްފަހު ސުވާލުކޮށްލީ އައިޒަން ބުނި އެއްޗެއް ނޭނގުމުންނެވެ. “މި ބުނީ ރީޝްގެ ލައިފް..” އައިޒަން ރީޝަމްއަށް ބަލާލަމުން ބުނެލިއެވެ. “ރީޝް އޭ” ދެލޯ ބޮޑު ކޮށްލަމުން ރީޝަމް ބުނެލިއެވެ. “ކިހިނެއްވީ؟ ސޮރީ ދެން ނުކިޔާނަން ރީޝް އެއް.. އޯކޭ ދޯ” އައިޒަން އަތުން ހަރަކާތެއް ކޮށްލަމުން ބުނެލިއެވެ. “ހެހެ އޯކޭ އޭ ރީޝް ކިޔަސް.. އެކަމް އެއީ ހަމައެކަނި ފްރެންޑްސް ކިޔާ ނަމަކަށް ވީމަ ބުނެލީ” ރީޝަމް ހީލަމުން ބުނެލިއެވެ. “އަހަރެންގެ ލައިފްގެ ނުހުންނާނެ މާގިނަ މީހުންނެއް.. ތި ބޭނީ ދެ ބޭބެ އާ އެއް އަންހެން ކޮއްކޮ.. ދެން އުޅޭނެ ފްރެންޑްސް” ރީޝަމް ހިނިއައިސްފައި އިނދެ އައިޒަން އަށް ކިޔާދިނެވެ. “ދެން ރީޝް ގެ އަމިއްލަ ވާހަކަތައް މަށާ ޝެއަރ ކުރަން ވީނު” އެއްލޯ މަރާލަމުން އައިޒަން ބުނެލިއެވެ. “ކީކޭ ކޮން ވާހަކައެއް” ދެލޯ ބޮޑުކޮށްލަމުން ރީޝަމް ބުނެލިއެވެ. “މި ބުނީ އޭޖް، ބާރތް ޑޭ، ދެން ހުރިހާ މައުލޫމާތެއް.. އޭ އަދި މަޑުކޮށްލައްޗޭ.. އަދި އެއް ސުވާލު.. ރީޝްގެ ބޯއީ ފްރެންޑްއެއް ނޫނީ ލައިކް ވާ މީހަކުވެސް ނުހުރޭތަ” އައިޒަން ޝައުގުވެރިކަމާއެކު އިނދެ ރީޝަމް ގެ ގާތުން ސުވާލުތައް ކުރަމުން ދިޔައެވެ. “އޫމް އޭޖް 20.. ބާރތް ޑޭ އަކީ މޭއި 28.. ދެން ބީއެފް އެއް ނެތް. އެކަމް ލައިކް ވާ މީހަކު އެބަހުރި” ރީޝަމް ހުވަފެން ގޮތަކަށް އައިޒަން އާ ދިމާލަށް ބަލަހައްޓައިގެން އިނދެ ބުނިއެވެ. “ބުނެވި ދާނެތަ އެ ލަކީ މީހަކީ ކާކުކަން” ރީޝަމް އެހެން ބުނެލުމުން އައިޒަންއަށް އަވަހަށް އެހެން އަހާލެވުނީ ހިތުގައި ރިއްސާލިލޭ ބޮޑުކަމުންނެވެ. ރީޝަމް އަށް ލޯބި ހުށައަޅަން ތައްޔާރު ވަމުން ދަނިކޮށް ރީޝަމް އެހެން މީހަކު ދެކެ ލޯބިވާކަން އެނގުމުން އައިޒަން އަށް ހީވީ އެހިތުގައި މީހަކު ހިފާ ފިއްތާލިހެންނެވެ. ނަމަވެސް ރީޝަމްގެ ކުރިމަތީގައި ފިޑި ނުވާންވެގެން އައިޒަން މޫނު މައްޗަށް ހިނިތުންވުމެއް ވެރިކޮށްލައިގެން އިނީއެވެ.

“ކީއްވެ އަހަންނާ ރައްޓެހިވާ ކުއްޖަކު އެހާ ލަކީ ވާންވީ.. އަހަރެން ލައިކް ވާ ކުއްޖާ މިހާރުވެސް އަހަންނާ ވަރަށް ގާތުގަ އެބަހުރި.. އައިޒަންގެ ނެތްތަ ގާރލް ފްރެންޑްއެއް” ރީޝަމްވެސް އައިޒަން ގާތުން ސުވާލުކޮށްލިއެވެ. “ހޫމް އަހަރެން ލައިކް ވާ ކުއްޖާ އާ ދިމާ ނުވެގެން މިހުރިހާ ދުވަހު މި މަޑު ކުރީ.. އެކަމް މިހާރު ފެނިއްޖެ.. އެ އަންހެން ކުއްޖާ އަހަރެންގެ ހިތުގެ އެންމެ ފުނަށް އަސަރު ފޯރުވައިފި” އައިޒަން ކޮޅަށް ތެދުވެލަމުން ބުނެލިއެވެ. ނަމަވެސް އައިޒަން ގެ ނަޒަރު ރީޝަމް ގެ މޫނަކުން ނުނައްޓައެވެ. އައިޒަން އެހެން ބުނުމުން ރީޝަމްގެ މޫނަށް އަރާ ފޭބި ކުލަވަރު އައިޒަންއަށް ވަރަށް ރީތިކޮށް ފެނުނެވެ. ނަމަވެސް އެހާ އަވަހަށް ރީޝަމް އެއަސަރުތައް ފޮރުވާލުމަށްފަހު ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވިއެވެ. އެވަގުތު އައިޒަންއަށް ވެސް ހިނިތުންވެވުނީ ރީޝަމް ލޯބިވާނީ އައިޒަންދެކެ ކަން އެނގުނީމައެވެ.

“ހިނގާ ދާން.. އަދި އެބަ ޖެހޭ ފިހާރައަކަށްވެސް ވަދެލަން.. ރީޝްއަށް އެއްޗެއް ގަނެދޭން” އައިޒަން ދާން ހިނގައިގަންނަމުން ބުނެލިއެވެ. ރީޝަމްވެސް އިތުރު ސުވާލެއް ކުރުމެއް ނެތި އައިޒަންގެ ފަހަތުން ދާން ހިނގައިގަތެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

🌻LamHaa🌻
Follow Me Written By

🌻LamHaa🌻

Level 110 Stories

Other Articles

Previous

ނަފްރަތުން ވެވުނު ލޯބި 28

Next

ތިޔަ ލޯތްބަށް އެދެމޭ 2 – 5

Next
May 27, 2021

ތިޔަ ލޯތްބަށް އެދެމޭ 2 – 5

Previews
May 27, 2021

ނަފްރަތުން ވެވުނު ލޯބި 28

3 Comments!

  1. ?Ril? says:
    May 27, 2021 at 11:04 pm

    Hello lam ❤️❤️
    Vrh reethi stry ge mi part vxxx.❤️❤️
    Masha Allah❤️❤️
    Keep it up???❤️❤️
    Aizan an reesham they are so cute ❤️❤️❤️❤️❤️?. Beautiful hama vrh .?❤️❤️❤️ Maaish ge family haada lwbi eyy dhw hahahahaa .❤️❤️❤️?????
    Mishyaa aa shimaan dhimaavaane irakah ❤️❤️❤️and baakee thibi malsaa and eenaa ah Emeehun ge boy aa dhimaavaane irakah waiting❤️❤️❤️❤️❤️❤️❤️❤️
    Waiting for the next part❤️❤️
    Love uuu soo much ❤️❤️
    Mysssmm❤️❤️
    Stay safe ❤️❤️an tvgc❤️❤️❤️

    1. 🌻LamHaa🌻 LamHaa says:
      May 29, 2021 at 8:41 pm

      Thank u riloo???Lyyyyyyssmm ♥️♥️ Myyysssmmm
      Stay safe n Tc

  2. 🌻LamHaa🌻 LamHaa says:
    May 27, 2021 at 11:17 pm

    Hellow readers
    Here is the 5th part of the story.. unmeedhu kuran kiyuntherinah mi part vx kamu dhaane kamah..
    Nxt week ga alhuganduge test thah fesheythee alhugandah gaivaidhun stry up nukurevidhaane vahaaka kiyuntherin samaalu kamahttakaa bunelan..
    Stay safe all
    Tc

Comments are closed.

Next Episodeހިތް ބޭނުމޭ ދުލުން 6←


All Right Reserved!