Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ހިތް ބޭނުމޭ ދުލުން 7

🌻LamHaa🌻
🌻LamHaa🌻 Level 110 Stories
June 9, 2021 6 Mins Read
8 Comments

ހަވީރުގެ ވަގުތެވެ. ވޯޓާރ ކްރިސްޓަލް ގޭގެ ތެރެ ވަނީ އަޑުގަދަ ވެފައެވެ. ޝައިމާ އާއި ޝިމާންގެ އިތުރުން ޝަައިމާގެ ފިރިމީހާ އާއި ސާޖިދު އަދި ޒިޔާނާ އިނީ އޮލަ ވާހަކައެއްގައެވެ. ޝިމާން އިރުކޮޅަކާ ބޯ ކަހާލާގޮތުން އެ މީހުން އެ ދައްކަނީ ޝިމާންގެ ވާހަކަކަން އެނގެއެވެ.

އިރުކޮޅަކު އެންމެން އެ ގޮތުގައި ތިބުމަށްފަހު ޒަރާ ސައި ހެނދުނު ވާހަކަ ބުނުމުން އެންމެން ގޮސް ސައިބޯން އެރިއެވެ. “ޒަރާ ދޭބަލަ މިޝްޔާއަށް ގޮވަން.. މެންދުރު ވެސް ނުކައި އެމަންޖެ.. ކާން އަންނާށޭ ބުނީމަ ވެސް ބުނީ ނެތޭ ކާހިތެއް..” ޒިޔާނާ އަނގަ ހުއްޓާނުލާ އިނދެ ވާހަކަ ދައްކަމުން ދިޔައެވެ. ޒަރާ ވެސް ބޯ ޖަހާލުމަށްފަހު މިޝްޔާއަށް ގޮވަން ދިޔައެވެ.

އިރުކޮޅެއް ނުވެ ޒަރާ އައީ މިޝްޔާ ގޮވައިގެންނެވެ. ޒިޔާނާ މިޝްޔާއަށް ހިނިތުންވެލުމަށްފަހު އިށީނަން ގޮނޑި ދައްކާލުމުން މިޝްޔާ ގޮސް ގޮނޑީގައި އިށީދެލިއެވެ.

މިޝްޔާގެ ކުރިމައްޗަށް ވާގޮތަށް އިން ޝިމާން އިނީ ކަޅިޖަހާ ނުލާ އެ ރީތި މޫނަށް ބަލަހައްޓައިގެންނެވެ. ޝައިމާއަށް އެތަން ފެނި ޝިމާންގެ އަތުގައި ވިކާލިއެވެ. އެއާއެކު ޝިމާން ތެޅިގަނެފައި އަތުގައި އޮތް ފޯނާ ކުޅެންފެށިއެވެ. “މިޝްޔާ މީ އަހަރެންގެ ހުރި ހަމަ އެކަނި ދެދަރިން.. އުފަން ދަރިންނަށް ނުވިނަމަވެސް އަހަރެން މިދެކުދިން ދެކެނީ އަމިއްލަ ދަރިންގެ ގޮތުގަ.. ޝައިމާ، ޝިމާން.. މީ ދޮންދައްތަ ގެ ވަރަށް ގާތް ރައްޓެއްސެއްގެ ދަރިފުޅު. މިޝްޔާ..” ޒިޔާނާ ޝިމާން، ޝައިމާ އަދި މިޝްޔާ އެކަކު އަނެކަކަށް ތައާރަފް ކޮށްދިނެވެ.

ޝިމާންގެ ހިތް ދިޔައީ އުފަލުން ނަށަމުންނެވެ. ކުރިމަތީގައި އިން ރީތި ޕަރީއެއް ފަދަ އަންހެން ކުއްޖާގެ ނަން އެނގުމުންނެވެ. އެ ކުއްޖާ ހާ އެ ކުއްޖާގެ ނަން ވެސް ރީއްޗޭ ޝިމާންގެ ހިތަށް އެރިއެވެ. ނަމަވެސް ޝިމާން ކުއްލިއަކަށް ކަމެއް ހަނދާން ކުރަން އުޅޭފަދަ ގޮތަކަށް ސިކުނޑިއަށް ބާރު ލާން ފެށިއެވެ. ޝިމާންގެ ހިތް ބުނަމުން ދިޔައީ މި އަންހެން ކުއްޖާ ކުރިން ކޮންމެވެސް ތަނަކުން ފެނުނު ކަމަށެވެ. ޝިމާން ވިސްނި ވަރަކަށް އޭނާގެ ސިކުނޑި އިތުރަށް ހާސްކުރުވަމުން ދިޔައެވެ. އެންމެފަހުން ޝިމާން އެކަން ހުއްޓާލުމަށްފަހު ކާގެއިން ނިކުންނަން ދިޔައީ ފަހުން އެކަމާ މެދު ވިސްނާލަނީއޭ ހިތަށް އަރާފައެވެ.

ޝިމާން ދިޔަ ދިމާލަށް އިރުކޮޅަކު ބަލަން އިނުމަށްފަހު އެންމެން ސައިބޮއުމައިގެން ކުރިއަށް ދިޔައެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި އެންމެން ސައިބޮއެ ނިންމާލުމަށްފަހު އެ މީހަކު ދާން ބޭނުންވާ ތަނަކަށް އެ މީހަކު ދިޔައެވެ. މިޝްޔާ އާއި ޝައިމާ ވެސް ވާހަކައިގައި ހުރެ ބަގީޗާ އާ ދިމާލަށް މިސްރާބު ޖެހިއެވެ. އެ ވަގުތުކޮޅުގެ ތެރޭގައިވެސް މިޝްޔާ އާއި ޝައިމާ އާ ދެމީހުންގެ ދޭތެރޭގައި އެތައް ވާހަކައެއް ދެކެވުނެވެ. ޝައިމާ ހީކުރި ގޮތާ ހިލާފަށް މިޝްޔާ ވީ ރަނގަޅު އަޚްލާޤެއްގެ މީހުންނާ ގުޅޭ މަޑުމައިތިރި ދިންވެރި ރަނގަޅު ކުއްޖަކަށެވެ. މިޝްޔާ އާ ވާހަކަ ދައްކާލަން މަޑުކޮށްލުމަށްފަހު މިޝްޔާ ދިއުމުން ޝައިމާއަށް ވިސްނާލެވުނީ ޝިމާން އާ މިޝްޔާ ގުޅުވާލެވޭނެ ރަނގަޅު ގޮތަކާ ދޭތެރޭގައެވެ. އޭނާގެ ކޮއްކޮގެ ހަޔާތަށް ގެންނަން މީ ރަނގަޅު ކުއްޖެކޭ ޝައިމާގެ ހިތަށް އެރިއެވެ.

“ދޮންތާ ކިހިނެއްވެފަ.. ކީއްކުރަން އަނގަޔަށް ނިޔަފަތި ލައިގެން އިނދެ ތި ހަފަނީ” ޝިމާން އައިސް ޝަައިމާ ގާތު އިށީނދެލަމުން ބުނެލިއެވެ. ނަމަވެސް ޝަައިމާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. ހިޔާލުގެ ފުން ކަނޑެއްގެ ތެރޭގައި އިނދެ ޝައިމާ ނިޔަފަތިތައް ހަފަމުން ދިޔައެވެ. އެންމެފަހުން ޝިމާން، ޝައިމާ ހަމަބިމަށް ގެނެއުމަށްޓަކައި މޮޅު ގޮތެއް ރާވާލިއެވެ.

ޝިމާން ދުވެފައި ގޮސް ގޭތެރެއަށް ވަނުމަށްފަހު ނުކުމެގެން އައިއިރު ހުރި ޓީޝާޓަކާއި ސޯޓެއް ލައިގެންނެވެ. ގަސްތަކަށް ފެން ޖަހަން ގެންގުޅޭ ހޮޅި ނެގުމަށްފަހު ޝިމާން ފެން އިސްކޫރު ދޫކޮށްލުމަށްފަހު ހޮޅި ޝައިމާ އާއި ދިމާލަށް އަމާޒު ކޮށްލިއެވެ.

ހިޔާލީ ފޮލާ ކައްކަން އިން ޝައިމާ ސިއްސައިގެން ގޮސް ހަޅޭލަވާ ގަނެވުނީ އޭނާ މުޅިން ތެމި ފޯވުމުންމެވެ. އެއްފަހަރު ތިރިއަށް ބަލާލުމަށްފަހު އަނެއް ފަހަރު ދުރުގައި ފެން ޖަހަން ހުރި ޝިމާން އަށް ބަލާލުމަށްފަހު ޝިމާންގެ ފަހަތުން ޝައިމާ ދުއްވައިގަތެވެ. ޝިމާންވެސް ޝަައިމާގެ އަތު ނުވާންވެގެން ދުވަމުން ދިޔައެވެ. އެންމެފަހުން ޝިމާން ދުވުން ހުއްޓާލީ މާނޭވާ ލެވޭ ވަރު ވުމުންނެވެ. ޝައިމާ ވެސް ދުވުން ހުއްޓާލުމަށްފަހު ކަކުލުގައި އަތް ވިއްދާލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ކައިރީގައި އޮތް ހޮޅި ނެގުމަށްފަހު ޝިމާން ގަޔަށް ފެން ޖަހާ ޝިމާން އެއްކޮން ތެންމާލިއެވެ.

މިޝްޔާ ބޭރަށް ނުކުމެލީ ކޮޓަރީގައި ހުރެ ކުރާނެ ކަމެއް ނެތުމުން ފޫހިވާތީއެވެ. ބޭރަށް ނުކުތް މިޝްޔާއަށް އަތުން މޫނުގައި އަތް އަޅާލެވުނީ މީހަކު އޭނާގެ މޫނަށް ފެން ޖަހަން ފެށުމުންނެވެ. މިޝްޔާ މޫނުމަތީގައި އަތް އަޅައިލައިގެން ހުރުމަށްފަހު މޫނުމަތިން އަތް ނެގީ ޝައިމާ ހޭ އަޑު އިވިފައެވެ. އޭރު ޝިމާން ވެސް ގޮސް ޝަައިމާގެ ފުރަގަހަށް ވަދެ ފިލާ ހުއްޓެވެ. މި މަންޒަރު ފެނުމުން މިޝްޔާ ގާތަށް ވެސް ހިނި އަންނަ ގޮތް ވިއެވެ. “މިޝް އާދޭ އަހަރެމެންނާއެކު ފެން ކުޅެން..” ޝައިމާ މިޝްޔާގެ ގާތަށް ގޮސް މިޝްޔާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. މިޝްޔާވެސް އެއްވެސް ދެބަސްވުމެއް ނެތި އެމީހުންނާއި ބައިވެރިވެލިއެވެ.

ޝިމާންގެ ނަޒަރު ގިނަ ވަގުތު ހުއްޓިފައި ހުންނަނީ މިޝްޔާގެ މޫނަށެވެ. ފެން ތިކިތައް މިޝްޔާގެ މޫނުމަތީގައި ބަބުޅަމުން ދިޔައިރު ވަރަށްވެސް ރީއްޗެވެ. “ހޮއެ ހޮއެ.. ކޮއްކޯ ތި ފެން ޖަހަނީތަ؟ ނޫނީ އިޝްގުގަ ޖެހުނީތަ؟” ޝައިމާއަށް ނުހުރެވިގެން އެންމެފަހުން ޝިމާން އާ ދިމާކޮށްލިއެވެ. އެވަގުތު މިޝްޔާގެ މުޅި މޫނަށް ޖަންބު ކުލަ ވެރިވިއެވެ. ދަނީ ކަމަށްބުނެ މިޝްޔާ އަވަހަށް އެތަނުން ދިޔައެވެ. ޝިމާން އާއި ޝައިމާ ވެސް ކުޅިވަރު ހުއްޓާލުމަށްފަހު އެ މީހެއްގެ ކޮޓަރިއަށް އެ މީހަކު ދިޔައެވެ.

*********

އައިޒަން، މާއިން އަދި އައިދަން ތިބީ މާއިން ދިރިއުޅެމުން ދާ ބައިގައެވެ. އެއީ މާއިންގެ އެޕާރޓުމަންޓް އެކެވެ. ފާއިޒް ހުރި ހަމައެކަނި ދެލޯ ފަދަ ދަރިފުޅަށް ގޭގެ އެންމެ މަތީ ފްލޯރ ދިނީ އެ ދަރިފުޅުގެ އުމުރުން 22 އަހަރުވެ ކިޔަވައިގެން ހަރުދަނާ ޒުވާނަކަށް ވުމާއިއެކުއެވެ. މާއިން އެކަނި އެ ފްލޯރގައި އުޅެމުން އަންނައިރު މާއިންގެ ބައްޕަ ފާއިޒް އުޅެމުން އަންނަނީ މާއިންގެ އެޕާރޓުމަންޓް އާ ޖެހިގެން ތިރިއަށް ހުންނަ ފްލޯރގައެވެ. ގޭގެ އަނެއްބައި ކުއްޔަށް ދިނުމަށްފަހު ދެބަފައިން ދިރިއުޅެމުން ދިޔައީ ވަރަށް ވެސް ތަނަވަސް ދިރިއުޅުމެކެވެ. މާއިންގެ އުމުރުން އެންމެ 9 މަހުގައި މާއިންގެ މަންމަ އެ ދެބަފައިން ދޫކޮށް ދިއުމަށްފަހު ފާއިޒް މާއިންއަށް އެއްވެސް ކަމެއް އުނިވިޔަ ނުދީ ބޭނުންވާގޮތަށް ހުރިހާ ކަމެއްވެސް ކޮށްދެވޭތޯ ބަލައެވެ. ނަމަވެސް ފާއިޒް ގަބޫލުކުރާ އެއްކަމެއް އޮވެއެވެ. އެއީ ބައްޕަ އަކަށް މަންމައެއްގެ ފުރިހަމަ ލޯތްބާ ޒިންމާ އަދާ ނުކޮށްދެވޭނެކަމެވެ.

އައިޒަން، މާއިން އަދި އައިދަން ތިބީ އޮލަ ވާހަކައެއްގައެވެ. ފަހަރަކު މީހަކު އެ މީހެއްގެ ހިޔާލު އައިޒަން އާ ހިއްސާ ކުރަމުން ދިޔައެވެ. އައިޒަން ތައްޔާރުވަމުން ދިޔައީ މިރޭ ރީޝަމްއަށް ލޯބި ހުށައަޅަންށެވެ. އެކަމުގައި ހިޔާލެއް ދިނުމަށް އެދި ރައްޓެހިން ގާތު އެހީ އޭނާއަށް ވުރެ ބޮޑަށް ރައްޓެހިން އެކަހަލަ ކަންތައްތަކުގައި މާ މޮޅު ވާނެތީއެވެ. “އަސްލު މާން ހުރިނަމަ މިކަން ވަރަށް އަވަހަށް ނިންމާލީސް.. އޭނާ ނުލާހިކު މޮޅު ވާނެ ތަންތަނުން ހިޔާލު ނެރެން.. ދެން މަށަށް ފެންނަނީ އައިދަން ބުނިގޮތަށް ހަދަން” މާއިން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. “ހޫމް ރަނގަޅު ވާނެ.. ތެންކިއު އިނގޭ ވަރަށް ބޮޑަށް މައި ލިޓްލް ބްރަދާ.. އެން މާއިންއަށް ވެސް ވަރަށް ވަރަށް ބޮޑަށް ތޭންކްސް.. މަށަށް ގަމީސް ޗޫސް ކޮށްދިނީތީ” އައިޒަން ކޮޅަށް ތެދުވެލަމުން ބުނެލިއެވެ. އައިދަން އާ މާއިންވެސް ހިނިގަނޑެއް ޖަހާލުމަށްފަހު އައިޒަންގެ ކޮނޑުގައި ޖަހާލިއެވެ. “ގުޑް ލަކް ބްރޯ” އައިޒަންމެން ދާން ނިކުތުމުން މާއިން ގޮވާލިއެވެ. އައިޒަން ވެސް ބޮޑުވާ އިނގިލި މައްޗަށް ނަގާލުމަށްފަހު ދާން ހިނގައިގަތެވެ.

ރޭގަނޑު 8 ޖަަހަން ގާތް ވެއްޖެއެވެ. ރީޝަމްގެ ކޮޓަރި ތެރޭގައި ވަނީ އީނާ އަދި މަލްޝާގެ ހުނުމުގެ އަޑު ގުގުމާލާފައެވެ. އީނާ ރީޝަމްގެ ޝޯލް ރީތި ގޮތަކަށް އަޅުވާ ދެމުން ދިޔައިރު މަލްޝާ ދިޔައީ ރީޝަމް މޭކްއަޕް ކޮށްދެމުންނެވެ. ކުރަން ހުރި ހުރިހާ މަސައްކަތެއް ނިންމާލުމަށްފަހު މަލްޝާ އެދުނީ ރީޝަމް ގާތު ލޯ މަރާލުމަށެވެ. ރީޝަމް ލޯމަރާލުމާއެކު އީނާ ރީޝަމް ގެންގޮސް ލޯގަނޑު ކުރިމަތީގައި ބެހެއްޓިއެވެ. އެއަށްފަހު ލޯ ހުޅުވާލުމަށް އެދުނެވެ.

މަޑުމަޑުން އެސްފިޔަތައް ދުރުކޮށްލުމަށްފަހު ލޯ ހުޅުވާލި ރީޝަމް ހުރީ އަނގަ ހުޅުވިފައެވެ. ކުރިމަތީގައި މިހުރީ ހަމަ އޭނާގެ އަމިއްލަ ސޫރަ ބާއޭ ރީޝަމްގެ ހިތަށް އަރަމުން ދިޔައެވެ. އެހާ ވެސް މިރޭ އޭނާ ފުރިހަމަވެފައި ރީއްޗެވެ. އެހާވެސް އޭނާ މިރޭ ފުރިހަމަ ވެފައި ރީއްޗެވެ. ރީޝަމް ލާފައި ހުރި ރަތްކުލައިގެ ފައިތިލަ އާއި ހަމައަށް އަރާ ހެދުމާއި އެކު އަޅާފައި ހުރި ކްރީމް ކުލައިގެ ޝޯލް އެ ދޮން މޫނާ ވަރަށްވެސް ގުޅެއެވެ. ކޮށްފައި ހުރި ލުއި މޭކަޕުން އެ މޫނު އިތުރަށް ރީތިކަމަށް ދައްކައެވެ. މަލްޝާ ދުވެފައި ގޮސް އައީ ރަތް ކުލައިގެ އުސް ބޫޓެއް ހިފައިގެންނެވެ. “މި ބޫޓަށް އަރާ.. ރީތި ތަ؟” މަލްޝާ ރީޝަމް އަރަން ބޫޓު ދެމުން ބުނެލިއެވެ. “ވާވް މިހިރަ ހޫރު ޕަރީއެއް ދޯ.. މިރޭ އަހަރެން މޮޔަ ކޮށްލައިފި.. އަންހެނަކަށް ވެ ހުރެވެސް މިރޭ އަހަރެން ތި ރީތި ކަމުގެ ޖާދޫގައި ޖެހިއްޖެ.. އަދި މަށަށް މިވަރު ވީއިރު އެ ސޮރަށް ކިހާވަރެއް ވާނެ ބާއޭ މިހިތަށް އަރަނީ” އީނާ ދެއަތް މޭގައި ޖައްސާލައިގެން ހުރެ ކިޔަމުންދިޔައެވެ. “ސާބަސް” ރީޝަމް އީނާގެ އަތުގައި ވިކާލިއެވެ. އެވަގުތު އެކޮޓަރި ތެރޭގައި ގުގުމާލީ ތިން ކުދިންގެ ހުނުމުގެ އަޑެވެ.

ސައިކަލުގައި އައިސް ރީޝަމްމެން ގޭ ދޮރުމައްޗަށް މަޑުކޮށްލި އައިޒަން ހީވަނީ މޮޑެލްއެއް ހެންނެވެ. ރަތްކުލައިގެ ގަމީހެއް ލާފައި ބެގީ ކޮށްފައި ހުރިއިރު ރީތި ކަމުގެ އިންތިހާއެވެ. ބޮލުގައި ރީތި ގޮތަކަށް ފުނާ އަޅާފައި ހުރިއިރު އަންހެން ކުދިން އެ ރީތިކަމަށް ފިދާވާނެއެވެ. އެ ރީތިކަމުގެ ޖާދޫގައި ނުޖެހޭ އަންހެން ކުއްޖެއް މަދުވާނެއެވެ.

ރީޝަމް ގެއިން ނުކުތީ އައިޒަން އެ ގޭދޮށުގައި މަޑުކޮށްގެން އިންނަތާ 5 ވަރަކަށް މިނެޓް ފަހުންނެވެ. ގޭގެ ދޮރުން ނުކުމެގެން އައި ރީޝަމް ފެނި އެހެން ދިމާލަކަށް ބަލާލަންވެސް އައިޒަންއަށް ނުކުޅެދުނެވެ. ކަޅިޖަހާ ނުލާ ރީޝަމް އާ ދިމާލަށް އައިޒަން ބަލަހައްޓައިގެން އިނެވެ. އެސްފިޔަ ޖަހާލާފި ނަމަ އެ ހޫރުޕަރީއެއް ފަދަ އަންހެން ކުއްޖާ ގެއްލިދާނެ ނަމުގެ ބިރަށް އައިޒަން އިނީ އެސްފިޔަވެސް ޖަހާނުލާ އެވެ.

ދޮރުން ނިކުތް ރީޝަމް ހުރީ ލަދުން އިސްއުފުލަންވެސް ނުކެރިފައެވެ. އޭނާ ނިކުތްފަހުން އައިޒަންގެ ނަޒަރު އެހެން ދިމާއަކަށް ނުހުއްޓޭކަން ރީޝަމްއަށް އެނގެއެވެ. އައިޒަން މާ ވަރަކަށް ބަލަން ފެށުމުން ރީޝަމްގެ މޫނު މައްޗަށް ޖަންބު ކުލަ ވެރިވިއެވެ. އަވަސް އަވަހަށް ހިނގާފައި ގޮސް އައިޒަން ކައިރީގައި މަޑުކޮށްލީ މީހުން މާވަރަކަށް އެދިމާއަށް ބަލަން ފެށުމުންނެވެ.

އައިޒަންއަށް ހަމަހޭވެރިކަން ވީ ރީޝަމް އައިސް އައިޒަންގެ މޫނުމަތީގައި ދެތިން ފަހަރަކު ޖަހާލުމުންނެވެ. ނުވާކަމަށް ހަދާލުމަށްފަހު އަވަސް އަވަހަށް އައިޒަން ސައިކަލަށް އަރާ ސްޓާޓް ކޮށްލުން ރީޝަމް ނުވެއްޓުނީީ ކިރިޔާއެވެ. ވެއްޓި ދާނެތީ އައިޒަންއަށް ހިފަހައްޓާލެވުނީ އައިޒަންގެ ގަމީހުގައެވެ. “ސޮރީ” ދެ މީހުންނަށް ވެސް އެހެން ބުނެވުނީ އެކުގައި ކަހަލަ ގޮތަކަށެވެ. އެއާއެކު ދެމީހުންވެސް ހިނތުންވެލިއެވެ. އެންމެ ފުރަތަމަ ސުވާލު ކުރީ އައިޒަންއެވެ. “އޫމް ސޮރީ ލަސްވީމަ” ރީޝަމް ލަދުން އިނދެ ބުނެލިއެވެ. “ހެހެ އެއީ އެވަރު ކަމެއް ނޫނެއްނު.. މަށަށްވެސް މަޢާފް ކުރޭ ސައިކަލު މާ އަވަހަށް ދުއްވާލެވުނީމަ.. ރީޝް ވެއްޓުނު ނަމަ މަ ކިހިނެއް ހަދާނީ.. ވަރަށް ދެރަ ވީސް” އައިޒަން ބުނެލިއެވެ. ރީޝަމް ވެސް އެއީ އެއްވެސް ކަމެއް ނޫންކަމުގައި ބުނެލިއެވެ. ދެން އެދެމެދަށް ވެރިވީ މަރުފަދަ ހިމޭން ކަމެކެވެ. ރެސްޓޯރެންޓްއާ ހަމައަށް ދެވެންދެންވެސް ދެ މީހުން ކުރެ އެކަކުވެސް އަނގައަކުން ނުބުނެއެވެ.

ރެސްޓޯރެންޓުގެ ކައިރިއަށް ސައިކަލު މަޑުކޮށްލުމަށްފަހު އައިޒަން ރީޝަމް ފައިބުމަށް އެހީ ތެރި ވެދިނެވެ. ރީޝަމް ސައިކަލުން ފޭބުމާއި އެކު އައިޒަން ރީޝަމްގެ އަތުގައި ހިފައިލައިގެން ހުރެ ރެސްޓޯރެންޓުގެ ތެރެއަށް ވަނެވެ. އައިޒަން ރީޝަމްގެ އަތުގައި ހިފާލުމާއެކު އައިޒަންއަށް ރީޝަމް ހާސްވެފައި ހުރި ވަރު އެނގުނެވެ. އެ އަތްތިލަ ފިނިވެފައި ހުރިވަރުން ހީވަނީ ގަނޑުފެން ކޮޅެއް ހެންނެވެ. އައިޒަން ރީޝަމް ގޮވައިގެން ގޮސް މައްޗަށް އެރެން ހުންނަ ސިޑިން މައްޗަށް އެރިއެވެ.

2 ވަނަ ބަޔަށް އެރުމާއިއެކު ރީޝަމް އަނގަ ހުޅުވާލެވުނީ އެ ތަނުގެ ފުރިހަމަ ކަމުންނެވެ. އެކި ކުލަކުލައިގެ ފުއްޕާހަން ތަކާއި ބޮކިފަތިތައް ހުރިއިރު ބަލައިލަން ކިތަންމެހާ ވެސް ރީއްޗެވެ. މޭޒުތައް އަތުރާލާފައި ހުރިއިރުވެސް އެދެމީހުން ފިޔަވައި އިތުރު މީހަކު އެތާކު ނެތެވެ. އައިޒަން ރީޝަމްގެ އަތުގައި ހިފައިލައިގެން ގޮސް އެތަނުން މޭޒެއްގެ ކައިރީގައި ހުއްޓުނެވެ. ރީޝަމް އޭރު ވެސް ހުރީ ތަނުގެ ފުރިހަމަކަމަށް ގެއްލި ހުސްވެފައެވެ. ވަށައިގެން އެނބުރިތަންތަން ބަލާލުމަށްފަހު ރީޝަމް އައިޒަންއާ ވީދިމާލަށް އެނބުރިލިއެވެ. ދެވަނަ ސިކުންތުގައި ރީޝަމްގެ އަނގަ ހުޅުވާލެވުނީ ފެނުނު މަންޒަރަކުންނެވެ. ހިތުގެ ބައްޓަމަށް ލައިޓްތައް އަތުރާލެވިފައިވާ ވީއިރު އޭގެ އެތެރޭގައި ‘އައި ލަވް ޔޫ’ ޖަހާފައި އިނެވެ. އޭރު އެއް ކަކޫ ޖައްސައިލައިގެން ރީޝަމްގެ ކުރިމަތީގައި އައިޒަން އިނެވެ. “ވިލް ޔޫ ބީ މައި ގާރލް ފްރެއިންޑް” ތިބި ކުލައިގެ އަނގޮޓިއެއް ދިއްކޮށްލަމުން އައިޒަން ބުނެލިއެވެ. ނަމަވެސް ރީޝަމްގެ އަނގައިން އެންމެ ބަހެއް ވެސް ބޭރެއް ނުވިއެވެ. އައިޒަން ދެވަނަ ފަހަރު އެ ސުވާލު ތަކުރާރު ކޮށްލުމުން ރީޝަމް ގެ ދެލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ. އަވަސްއަވަހަށް ރީޝަމް ބޯ ޖަހާލި އިރު އެ މޫނުމަތީގައި ވަނީ އެންމެ ރީތި ހިނިތުންވުމެކެވެ. ރީޝަމް އޭނާގެ ވައަތު އަތް އައިޒަން އާ ދިމާލަށް ދިއްކޮށްލުމުން އައިޒަން ރީޝަމްގެ ކަށި އިނގިލީގައި އަނގޮޓި އަޅުވާލާ ދިނެވެ. ރީޝަމް އިރުކޮޅަކު އަނގޮޓިއަށް ބަލަހައްޓައިގެން ހުއްޓެވެ. ތިބި ކުލައިގެ އަނގޮޓީގައި އެސްތަކެއް ޖަހާފައި ހުދިއިރު ހިތެއްގެ ބައްޓަމަށް އިން އެހުގައި އާރް އަކުރަކާއި އޭ އަކުރެއް ޖަހާފައި އިނެވެ.

އައިޒަން އައިސް ރީޝަމްގެ އަތުގައި ހިފައިލަމުން އައިޒަން ރީޝަމް ގޮވައިގެން މޭޒު ކައިރިއަށް ދިޔައެވެ. އައިޒަން ރީޝަމް އިންނަން ގޮނޑި ދަމާލަ ދިނުމުން ރީޝަމް ހިނިތުންވެލަމުން ގޮނޑީގައި އިށީނެވެ. އިރުކޮޅަކުން ވެއިޓަރު ކާއެއްޗެހި ހިފައިގެން އައެވެ. ކާއެއްޗެހިތައް ފެނުމުން ރީޝަމްގެ ކުޅު ދިޔާ ވިއެވެ. ރީޝަމްއަށް އެންމެ މީރު ކާއެއްޗެހި އެތާ ހުއްޓެވެ.

އައިޒަން އެ އުފާވެރި ވަގުތު ކޮޅުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފިއެވެ. ކެއުމުގެ ވަގުތުގައި ވެސް ރިޝަމް ގާތުން އެތައް ސުވާލެއް އައިޒަން ކުރިއެވެ. އެ ގޮތުގައި ތިބެ އެނދެމީހުން އެ އުފާވެރި ވަގުތު ކޮޅު ނިންމާލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

🌻LamHaa🌻
Follow Me Written By

🌻LamHaa🌻

Level 110 Stories

Other Articles

Previous

ވާނަމޭ އެކުގައި… ކިޔުންތެރިންގެ ސަމާލުކަމައް

Next

ލޯބި….ތޭރަވަނަބއި

Next
June 10, 2021

ލޯބި….ތޭރަވަނަބއި

Previews
June 9, 2021

ވާނަމޭ އެކުގައި… ކިޔުންތެރިންގެ ސަމާލުކަމައް

8 Comments!

  1. inma says:
    June 9, 2021 at 10:14 pm

    Nice story .And stay home stay safe I love YOU for this story Lam has ❤️❤️❤️??☺️☺️☺️????

    1. 🌻LamHaa🌻 LamHaa says:
      June 10, 2021 at 11:57 am

      Thank u ? ? Stay safe n Tc

  2. ?Ril? says:
    June 9, 2021 at 10:39 pm

    Hello lam ❤️❤️
    Vrh Sali mi part vxx ❤️❤️
    Masha Allah❤️❤️
    Keep it up dhoonee.❤️❤️
    Kihineh tha Kan Kan lam.❤️❤️
    Fainally aizan reehsam ah propose kuree yeyyyy vrh cute❤️❤️❤️
    Mishyaa and shimaan vrh cute heheh❤️❤️
    Edemeehun guleyne irakah ❤️❤️
    Waiting for the next part ❤️❤️
    Lysssssmm❤️❤️
    Stay safe ❤️❤️and tvgc ❤️❤️

    1. 🌻LamHaa🌻 LamHaa says:
      June 10, 2021 at 2:15 pm

      Hey Rilooooo ?
      Thank u v bodah.. dhn ekahala gotheh dhw.. ok dhn.. yhh aizan n reesham propose kuree ey.. ril ah adhi egothah propose kuraanee.. hehe.. ?Mishya n shimaan vx adhi gulheyne..
      Lyyysssmm ??♥️ n Mysmm ♥️
      Stay safe n Tc ??

  3. Nayaa Nayaa says:
    June 10, 2021 at 10:28 am

    hey lam.. vvvv reethi ingey mi prt vx as always.. waiting for the nxt prt.. ss and tc… enmennah salaam bunahche.. lilly sis vx salaam buni… lyssssm and my.. sorry maa dhigu cmnt eh nukureveythee ingey but hope this will do.. hehe… keep it up girlll.. proud of yuh!

    1. 🌻LamHaa🌻 LamHaa says:
      June 10, 2021 at 2:11 pm

      Hi.. Thank u Naayoo ?♥️♥️? yhh bunaanan.. lilly ah vx v v salaam ingey.. buney stay safe ey.. v v loabi veyey.. anehkaa sry bunee.. ey ok vaaney Naayoo.. Thank u ingey v v boadah????
      Lyyysssmm ♥️? Mysmm
      Stay safe n Tc

  4. euphoria says:
    June 10, 2021 at 2:44 pm

    maasha allah vvvvvv furihama vhk eh… feshuniissure vs mi vhk kiyan hama neh bunaane ehcheh vs vvvv furiahama maasha allah…sifa kurun thah vs vrh reethi hama maasha allah…whn nxt dear? hope vrh avahah kiyaalan libeyne kamah…keep it upp!!
    stay safe dear…
    lyssssmm

    1. 🌻LamHaa🌻 ?LamHaa? says:
      June 11, 2021 at 11:46 am

      Thank u so much sis???? ISA tomorrow kiyaalan libeyne..
      Stay safe and Tc ?
      Lyyysssmm ?? Myyysssmmm ♥️

Comments are closed.

Next Episodeހިތް ބޭނުމޭ ދުލުން 8←


All Right Reserved!