ހަވީރުގެ ހިތްގައިމު ވަގުތެވެ. މަގުތައް މަތި ފެންނަނީ ވަރަށް ނަލަ ބޮލި ކޮށެވެ. އެކި ކަންކަމުގައި މަގު މައްޗަށް ނިކުމެ އުޅޭ މީހުން ވެސް ވަކި މަދެއް ބުނެވެ. ގޭގެ ހަވަނަ ބައިގެ ޓެރަސްކައިރި ގުދުވެ ބޭރުބަލަން އާޝާ އާއި އޭނާގެ ފަސް އަހަރުގެ ދަރިފުޅު ހުރީ އިންތިޒާރަކަށް ބަލާފަދައިންނެވެ. އާޝާ އާއި އޭނާގެ ދަރިފުޅު އިންތިޒާރު ކުރަމުން ަަެަަެަަެަަެަަެަަެަަަަެަަެަަެަަެަަެަަެއެދަނީ، އާޝާގެ ފިރިމީހާ ރާޔިޝް ގެޔަށް އަންނާނެ އިރަކަށެވެ. އާޝާ އުޅެމުން ދިޔަ ގޮތުން ހީވަނީ މިރޭ […]
މެންދުރުގެ ހޫނުގަދަ ވަގުތެވެ. ގޭތެރޭގައި މީހުން ގިނަވެ އަޑުފަށްގަޑުވަނީ ގަދަވެފައެވެ. ރައްޓެހިންނާއި ތިމާގެ މީހުންނާއި އެމީހުންގެ ދަރިންނެވެ. ސްޕީކަރު ތަކުން ޖަހަމުންދާ ލަވަތަކާ، ހުޅުވާފައި ހުރި ޓީވީގެ އަޑެވެ. ގޭގައި ދުވެދުވެފައި އުޅޭ ކުޑަކުދިންތަކާއި، ސިޓިން ރޫމުގައި ތަންތަންކޮޅުގައި ގޮނޑިޖަހައިގެންތިބި ޒުވާންކުދިންގެ އޮލަވާހަކާއިގެ އަޑާއި އެކު އެމީހުންގެ ހުނުމުގެ އަޑުން މާހައުލަށް ވެރިވެގެން އުޅޭ އުފާވެރިކަން އިތުރުވެގެންދެއެވެ. އޭރު ބަދިގޭގައި ހެދިކާ ހަދާ މީހުން ހެދިކާހަދަނީއެވެ. ތަށިތައް ހިފައިގެން ދެކޮޅަށްދުވާމީހުންވެސް މަދެއްނޫނެވެ. އެއްފަހަރު ކާއެއްޗެހި އަޅާފަހުރި ތަށިތަކެވެ. […]