ފޮހެވޭނޭ ބާއޭ… 5
ވަގުތު ފާއިތުވަމުން ގޮސް ހަވީރު ހަތަރެއް ޖަހަން ފަސްމިނެޓަށް ވެއްޖެއެވެ. ހަފްލާއަށް ޔަޝްމް ތައްޔާރު ކުރުމުގައި ހަތަރު ބިއުޓީޝަނުން އަވަދިނެތި އުޅެއެވެ. މޭކަޕްކުރަން ވުމުން ވެސް ޔަޝްމްއަށް އެކަން ބޮޑުވިއެވެ. މޫނުގައި ފާޑުފާޑުގެ އެއްޗެހި ހާކައި ނިމުނުއިރު އޭނަގެ ސޫރަވެސް ވަކިކުރަން ޔަޝްމްއަށް އުނދަގޫވިއެވެ. ބުރުގާވެސް އަޅާފައި ހުރީ މުޅިން ތަފާތު ޑިޒައިނަކަށެވެ.
”ކާކުކަން ވެސް ނޭގޭ މިހާރު، ވަރަށް ހަޑި…” ޔަޝްމް ހިތާހިތުން ކިޔާލިއެވެ. އެކުދިންތައް މަސައްކަތާ މެދު ހިތްހަމަ ޖެހިގެން ތިބެ ދިއުމުން ޔަޝްމް ޓިޝޫއަކުން މޫނު ފޮހެން އުޅުންވެ. ނަމަވެސް އެދަނޑިވަޅާ ދިމާކޮށް މަންމަ ކޮޓަރިއަށް ވަނުމުން ޔަޝްމްގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ.
ޒައުމާ ކުދި ފިޔަވަޅުތަކެއްގައި އައިސް ދަރިފުޅާ އަރާހަމަކޮށްލިއެވެ. އޭނަގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ހިތްވަރުކޮށްލަމުން ޒައުމާ އަވަސް ވެގަތީ އޭނަގެ ދަރިފުޅަށް ނަސޭހަތްލައިދިނުމަށެވެ. ކައިވެންޏަށް ފަހު އަންހެންޖުއްކެއްގެ ދިރިއުޅުން ބަދަލުވެގެންދާނެ ކަމާއި ފިރިމީހާއި ޢާއިލާގެ ޒިންމާތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްދޭން ޖެހޭނެކަމަށް ޒައުމާ ބުންޏެވެ. ފިރިމީހާއާއި ޒުވާބު ނުކުރުމަށާއި ފިރިމީހާއަށް އަބަދުވެސް ކިޔަމަންތެރިވާން ވާނެ ކަމަށެވެ. ދިރިއުޅުމުގައި ދިމާވާ ހިތާމަތަކާއި އުފާތައް ދެމަފިރިން އެކުގައި ހިއްސާކުރަން ވާނެ ކަމަށް ބުނެލިއިރު ޔަޝްމް އިނީ މަންމަގެ މޫނަށް ބަލާށެވެ. މަންމަ ކަރުނަތައް ހިންދަން މަސައްކަތްކުރާތަން އޭނައަށް ފެނުނެވެ. ޔަޝްމް ވެސް ދެރަވިއެވެ. އޭނަ ދިޔުމުން މަންމަ އެކަނިވެރިވާނެ ވަރު އިހްސާސްކުރެވުނެވެ.
”މަންމަގެ ދުޢާ އަކީ ދަރިފުޅަށް ދުނިޔޭގެ ހުރިހާ އުފަލެއް މިންވަރު ކުރެއްވުން…” ޒައުމާ ޔަޝްމްގެ ބޮލުގައި ފިރުމާލަމުން ހިނިތުންވެލިއެވެ. ދަރިފުޅު ގެނެސް މޭގައި ޖައްސާލުމާއެކު މައިލަގޮނޑިއަކަށް އިތުރަށް ކެތެއް ނުކުރެވުނެވެ. އެސްފިޔަތަކަށް ބަރުވެ ކަރުނަތައް އޭގެ މަގާމް ދޫކޮށްފައިބައިގަތީ ނުހަނު އަވަހަށެވެ. މީހާ ހަމައަކަށް އެޅެން މަސައްކަތް ކުރަމުން ޒައުމާ ދަރިފުޅުގެ ނިތަށް ބޮސްދިނެވެ. ޔަޝްމްގެ ދޫ ހަރަކާތެއް ނުކުރިއެވެ. ބުނަން ކިތަންމެ ގިނަ ވާހަކަތަކެއް ހުރި ކަމުގައި ވިޔަސް ދުލާ ހަމައަކަށް ނައެވެ. އޭނަ ވެސް ހިނިތުންވާން މަސައްކަތް ކުރަމުން އަދި އެއްފަހަރު މަންމަ ގައިގައި ބައްދާލިއެވެ. ވަގުތު އައިސް ޖެހުމުން އޭނަ މަންމަމެން ދޫކޮށް ދާން ބޭނުމެއް ނުވިއެވެ. މިނިވަންކަން ވެސް ބޭނުމެއް ނުވިއެވެ. ނަމަވެސް އޭނައަށް ކުރެވޭނެ އިތުރުކަމެއް ނެތެވެ. ކައިވެންޏާ ދެކޮޅު ހަދައިފިނަމަ ބަދުނަމުވާނީ ލޯބިވާ މައިންބަފައިންނެވެ. މަންމައަށް އިތުރު ހިތާމަތަކެއް ތަހައްމަލް ކުރަން ޖެހިދާނެއެވެ. މިހާރުވެސް އޭނަގެ ސަބަބަބުން ތަހައްމަލް ކުރަމުންދާ ކަންތައް މަދީއެއް ނޫނެވެ. ޔަޝްމް ދިގު ނޭވާއެއް ލިޔެވެ. އެއަށްފަހު އޭނަ ހަމަޖެހިލިއެވެ.
ޒައުމާއާއެކު ޔަޝްމް ކޮޓަރިން ނިކުތެވެ. ބޮޑުކޮޓަރި އޮތީ މީހުންތަކުން ފުރާލާފައެވެ. ޢާއިލާ މީހުންނާއި މަންމައާއި ބައްޕަގެ ގާތް ރަޚުމަތްތެރިންނެވެ. ހުސް އުފާވެރި މޫނުތަކެވެ. ޔަޝްމް ވެސް ޕްލާސްޓިކް ހިނިތުންވުމެއް މޫނުމައްޗަށް ގެނައެވެ. ދިގު މޭޒުގެ ދެފަރާތުގައި އިށީންދެލައިގެން ތިބި މީހުންނަށް އޭނަ ބަލާލިއެވެ. އޭނަގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ އިސްދަށަށް ޖަހައިގެން ހުރި އިޒްކާން އެވެ. އެމޫނުމަތިން ފާޅުވާ ޖަޒްބާތުތައް އެސިކުނޑިއަށް ނަގައިނުގަނެވުނެވެ. އޭނަގެ މެޔަށް ފިނިވެގެން ދިޔައީ މަންމަ އޭނަ ގެންގޮސް އިޒްކާން އާއި ޖެހިގެން ހުރި ގޮނޑީގައި ބޭންދުމުންނެވެ. އެތެރެއަށް ލީ ނޭވާ ބޭރުކުރަން ވެސް އޭނަ ހަނދާން ނެތުނެވެ. ޔަޝްމް ވެސް އިސްދަށަށް ޖަހާލައިގެން އަތުގެ އިނގިލިތަކާ ކުޅެން ފެއްޓިއެވެ. އިޒްކާން ގާތުގައި އިންނަން ވުމުން އޭނައަށް އުނދަގޫތަކެއް ވިއެވެ.
…………………..
”އަނބި ޤަބޫލުކޮށްފިން…..” ފަސް މިނެޓް ވަންދެން ބޮޑުކޮޓަރިއަށް ވެރިވެފައި އޮތް ހިމޭންކަމުގެ ތެރޭން އިޒްކާން ބުންޏެވެ. އޭރު މީހުންތައް ވެސް ސިއްރު ވާހަކަތަކެއް ދައްކައެވެ.
ބަލްޤީޝްއަށް ހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ދެންމެ ފާއިތުވެގެން ދިޔަ ވަގުތުކޮޅުގެ ތެރޭގައި އޭނަ ވަރަކަށް ހާސްކޮށްލއިފިއެވެ. އަދިވެސް އޭނަގެ ހިތުގެ ތެޅުމަށް ބަދަލެއް ނައެވެ. ޒައުމާ ކުރިމަތިކޮށްފާނެ ސުވާލަކަށް އޭނަ ޖަވާބު ވެސް ހޯދައިފިއެވެ.
އިޒްކާން އެލަފްޒުތައް ބުނީ ހިތާއި ދެކޮޅަށްކަން ޔަޝްމް އަށް ނަގައިގަނެވުނީ އެލަފްޒުތައް ބުނަން ނެގި ވަގުތާއި އިޒްކާންގެ އަޑުގައި ހުރި ރާގުންނެވެ.
އަލަތު ދެމަފިރިންނަށް މަރުހަބާގެ ބަސްތައް އޮހުނެވެ. ބަލްޤީޝް އިޒްކާން ގައިގައި ބައްދާލިއިރު ދެލޮލުގައި ކަރުނަ ވިއެވެ. ރަސަލް ވެސް އިޒްކާންގެ ބޮލުގައި ފިރުމާލިއެވެ. ޔޫޝައު ވެސް ހުއްޓެވެ. ނަމަވެސް ދީމްގެ ހިލަމެއް ވެސް ނުވެއެވެ. ޔަޝްމް އާއި އިޒްކާން ވެސް ތިބީ މޫނުމަތި ރީތިކޮށްލައިގެންނެވެ. ކުޅަދާނަ އެކްޓަރުން ފަދައެވެ.
****
ދީމް ކޮޓަރީގައި އިންއިރު އޭނަ އިނީ އިންތިހާއަށް ރުޅިއައިސްފައެވެ. ބޭރުތެރެއިން އިވެމުން ދިޔަ އަޑުތަކުން އޭނަގެ ރުޅިގަނޑަށް ޕެޓްރޯލް އަޅަމުން ދިޔައެވެ.
”އަހަރެން ހަމަ އަޖައިބު ވެއްޖެ އެކުއްޖާ ވެސް އޭނައާ ކައިވެނިކުރަން އެއްބަސް ވީމަ، ޔަޤީން މަންމަ އެއުޅެނީ އެމީހުންނަށް އޮޅުވާލައިގެން، ހަޤީޤަތް އެނގޭނަމަ ދުވަހަކު އެއްބަހެއް ނުވާނެ، އެކަމަކުވާ ކައިވެނީގެ ކުރިން މީހެއްގެ ޕާސްޓްގެ ކަންތައް އޮޅުން ފިލުވުމެއް ވެސް ނޯވޭ މިހާރު، ރީތި މީހަކު ފެންނައިރަށް ކާޅުގަނޑު ހޭބަލިވީކަމަށް ވާނީ……. އަހަރެން މިކަމާ މެދު މިވިސްނަނީ ކީއްވެގެންތަ؟…. އަހަންނަށް ކޮންކަމެއްތަ؟…..” ދީމް ސޯފާއިން ތެވުނެވެ. އޭނަގެ ރުޅިގަނޑު ފިނިވާ ގޮތެއް ނުވިއެވެ. އިޒްކާންއަށް އުފަލެއް ލިބުން ހައްޤެއް ނޫނެވެ. އެފިރިހެނާ މުޅިއުމުރަށް ވޭނާއި ހިތްދަތިކަމުގައި ގަނަތެޅޭތަން ދެކެން އޭނަ ބޭނުމެވެ. އިޒްކާންގެ ފަރާތުން އޭނަ ކޮންމެގޮތެއް ހަދާފައި ވެސް ބަދަލު ހިފާނެއެވެ. އޭނަގެ މުޅި ޢާއިލާގެ ހަމަޖެހުން ނަގާލި މީހަކީ އެއީއެވެ.
ދީމް ސިއްސައިގެން ދިޔައީ ފުރަގަހުން މީހަކު އައިސް އޭނަގެ ގައިގައި ބައްދާލުމުންނެވެ. އޭނައަށް ކުޑަކޮށް ހަޅޭއްވެސް ލަވައިގަނެވުނެވެ.
”ބޭބް، އަހަންނޭމީ…” ޔޫޝައު ދީމްގެ ކަންފަތްދޮށުގައި ބުންޏެވެ. ދީން ޔޫޝައު އާ ދުރަށްދާން އުޅުނެވެ.
”ރޭގަ ކުރެވުނުކަންތަކަށް އަހަރެން މާފަށް އެދުނު ވަރެއް ވެސް ނޭގޭ، ބޭބް އަހަންނަށް މާފު ނުކުރާނީތަ؟…” ޔޫޝައު ދެރަވިއެވެ. އޭނަ މިއަދު ގެނެސްދިން މަތަކާއި ޗޮކްލެޓްތައް ވެސް ދީމް ލީ ޑަސްބިނަށެވެ.
”ހޫމްމްމް…” ދީމް ދުރަށް ހިނގައިގަތެވެ. ޔޫޝައު ދީމްގެ ފަހަތުން އަޅުވާލުމުން ދީމް ކުދިކިޔައިގަތެވެ.
”ޔޫޝައު ދޭބަލަ ޢާއިލާ މީހުންގެ އުފަލުގައި ބައިވެރިވާން، އަހަރެންގެ ފަހަތުން ތިއުޅެނީ ކީއްކުރަން؟…” ދީމް ރުންކުރުވިއެވެ.
”ދީމް ޕްލީޒް އެމައުޟޫއަށް ވާހަކަ ނުދައްކަބަލަ، ވެދިޔަ ކަންތައް ބަދަލެއް ނުކުރެވޭނެދޯ؟….” ޔޫޝައު ހިތްހަމަނުޖެހިފައިވާ ރާގަކަށް ބުންޏެވެ. އެއާއެކު ދީމް ގާތަށް ރުޅިއައި ކަމުގައި ވިޔަސް ސިކުނޑީގައި އެނބުރިލި ޚިޔާލަކުން ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ.
”ބަދަލުކުރެވުނީސް، އެކަމަކު… އެކަމަކު ހީ ލެފްޓް ހާރ….” ދީމް އަށް ރޮވުނެވެ. އޭނަ ކަރުނަތައް ފޮހެލަމުން އެތެރެއަށް ނޭފަތް ދަމާލިއެވެ.
”ދީމް، ބޭބެ ވެސް ގަސްދުގަ ކުރިކަމެއް ނޫން އެއީ… ދެން އިތުރަށް އެއްޗެކޭ ނުބުނާތި!” ޔޫޝައު ދީމްގެ މުލައްދަނޑީގައި ހިފަހައްޓާލިއެވެ. ދީމް އިޒްކާންގެ ބޮލުގައި އަޅުވާ އިލްޒާމްތަކުން އޭނަގެ ރުޅިގަނޑު ހޭލައްވާލައެވެ. ދީމްއަށް ވިސްނާދީ އޭނަ ވަރުބަލިވާ ހިސާބަށް ހިނގައްޖެއެވެ.
”ޔޫޝައުއަކަށް އޭނަ ދުވަހަކު ގޯހެއް ނުވާނެ، އޭނަގެ ކުށެއްވެސް ނުފެންނާނެ، އަބަދު ގޯސްވާނީ އަހަރެންގެ ފެމިލީ….” ދީމްއަށް ގިސްލެވުނެވެ.
”ދީމް ސްޓޮޕް އިޓް…” ޔޫޝައުގެ ބުމަގޮށްޖެހުނެވެ. އޭނަގެ އަޑު ބާރު ވެގެން ދިޔައެވެ.
މެހުމާނުންގެ ތެރެއިން ރެކިގަންނަމުން ކޮޓަރިއަށް ދާން ދިޔަ ޔަޝްމްގެ ސަމާލުކަން ޔޫޝައުމެން އަތުލިއެވެ. ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވާލެވިފައި ވުމުން އޭނައަށް ސާފުކޮށް އަޑުއިވުނެވެ. އޭނަ ހުރީ އަޑުއިވުނު ޖުމްލަތަކުން ގަނޑުވެފައެވެ. އިޒްކާން ކޮށްގެން އުޅެނީ ކޮންކަމެއް ހެއްޔެވެ؟ ދީމް އޭނަ ދެކެ ރުޅި އަންނަނީ އިޒްކާން އާއި ކައިވެނި ކުރުމުން ހެއްޔެވެ؟ ދީމް އިޒްކާން ދެކެ ނަފްރަތު ކުރަނީ ކީއްވެގެން ހެއްޔެވެ؟
ޔަޝްމް ހިނގަންނަން ނޭގިފައި ހުއްޓާ ކުއްލިޔަކަށް ކޮޓަރިން ނިކުތް ދީމް ފެނިފައި ސިހުނެވެ. އޭނަ ފަހަތަށް ޖެހިލި ވަގުތު އަރިއަޅާނުލީވެސް ކިރިޔާއެވެ. ދީމް މޫނު ހަދާލަމުން ދިޔައީއެވެ. ދީމްގެ ފަހަތުން ނިކުތް ޔޫޝައުއަށް ޔަޝްމް ފެނުނުހެނެއް ހިޔެއް ނުވެއެވެ. އޭނަގެ ފުރިހަމަ ސަމާލުކަން ދެވިފައިވަނީ ދީމް އަށެވެ.
”އަޅޭ، ކާކާ ބެހޭގޮތުންތަ ވާހަކަ ދެކެވުނީ؟…” ޔަޝްމްއަށް ބުނެވުނެވެ.
”އިޒްކާންގެ ކުރީގެ ވައިފްއާ ބެހޭގޮތުންތަ؟، ޑިޑް ހީ ޑޫ ސަމްތިންގް ޓު ހާރ؟…” ޔަޝްމް އަމިއްލަ ނަފްސާ ސުވާލުކޮށްލިއެވެ. އޭނައަށް އެކަމުގެ އެއްވެސް ތަފްސީލެއް ލިބިފައި ނެތެވެ. ނޫނެކެވެ. އޮޅުން ފިލުވަން މުހިންމު ކަމަކަށް ނުވީއެވެ.
އޭނަ ވަރަކަށް ވިސްނާލިއެވެ. އިޒްކާންގެ ގޮތް ނޭގޭ މިޒާޖުގެ ފަހަތުގައި ވަނީ ކޮން ސިއްރުތަކެއް ހެއްޔެވެ؟
”ޔުމް….” އަމަލް ގޮވާލުމުން ޔަޝްމްއަށް ފަސްއެނބުރި ބަލާލެވުނެވެ. ”ޖިންނިއެއް ފެނުނީތަ؟…” ޔަޝްމް އަށް ވީ ގޮތް ފެނިފައި އަމަލްއަށް ބުނެވުނެވ
”ނޫނޭ…” ޔަޝްމް ބުންޏެވެ. އޭނަ ނިންމީ އަމަލް ގާތު ދެންމެ އިވުނު އަޑުތައް ހިއްސާ ނުކުރާށެވެ. އޭނައަށް ކަމުގެ ހަޤީޤަތް ވެސް އެނގެނީކީ ނޫންނެވެ. މީހެއްގެ ބޮލުގައި ދޮގު ތުހުމަތު އެޅުވުމަކީ ވެސް ރަގަޅުކަމެއް ނޫނެވެ. ޔަޝްމް އެކަމާމެދު ވިސްނަން ބޭނުން ނުވިޔަސް ހަމަ ވިސްނެނީއެވެ. ހަޤީޤަތް އޮޅުން ފިލުވަން ބޭނުންވަނީއެވެ. އޭނައަށް ނޭގޭ ސިއްރުތަކެއް ވާކަން ޔަޤީނެވެ.
****
ކައިވެނީގެ ޚަފްލާ އޮތީ ރަށާ ކައިރީގައި އޮތްނަ ”ޓްރޮޕިކަލް ވިއު” ރިޒޯޓް ގައެވެ. ލޯންޗްގައި ތިރީސް މިނެޓްގެ ދަތުރެއް ކުރަން ޖެހުމުން ޔަޝްމް އިނީ ބިރުން ހަލާކުވާވަރު ވެފައެވެ. ނުވީތާކަށް ކަނޑުގަދަ ދުވަހަކަށް ވުމުން ލޯންޗް ބަންޑުން ޖަހާލަފާނެ ހެން ހީވާވަރުން ހިތް އޮތީ އަތްމަތީގައެވެ.
ދީމް އިނީ ފޯނެއްގައެވެ. ޔޫޝައު ގެ ސަމާލުކަން ދެވިފައި ވަނީ އެފޯންކޯލަށެވެ. އޭނަގެ ބުމަ ކުޑަކޮށް ގޮށްޖެހިފައި ވެއެވެ.
”ހޫމް ޓްރޮޕިކަލްއަށް މިދަނީ… އަހަރެން ވެއިޓް ކުރާނަން ފައްރޭމެންނަށް…” ދީމްއަށް ފޯނު ކޯލް ކުރުކޮށްލަން މަޖުބޫރުވީ ޔޫޝައުގެ ސަބަބުންނެވެ. ޔޫޝައު އެންމެންގެ ތެރޭގައި ފޯނު އަތުލުމުން އޭނަ ލަދު ވެސް ގަތެވެ.
”ދީމްއަކަށް އަޑެއް ނީވޭ ދޯ މަ ބުނި އެއްޗެއް؟….”
ދީމްއަށް އަޑުއިވޭވަރަށް ޔޫޝައު ބުންޏެވެ.
”ޔޫޝައުގެ ފެމިލީ މީހުން ސެލެބްރޭޓް ކުރާ ތަނެއްގައި ހުންނާކަށް އަހަރެން ބޭނުމެއް ނޫން، މިތަނަށް އަހަރެން ގެނައީވެސް ގަދަކަމުން، ސޯ އަހަރެންގެ ފްރެންޑުންނާއެކު އަހަރެން ދާނީ…” ދީމް ބުންޏެވެ. ރުޅިއައިކަމުގައި ވިޔަސް ޔޫޝައު އިނީ އެންމެންގެ ތެރޭގައި އެއްޗެއް ނުބުނާށެވެ.
ކައިވެނީގެ ހަފްލާއަށް ހާއްސަކޮށް ރިޒޯޓްގެ ރެސްޓޯރެންޓް އޮތީ ޒީނަތްތެރި ކުރެވިފައެވެ. އުއްބައްތިތަކުގެ ފަނޑުއަލިކަން ފަތުރާލާފައި އޮތް އިރު ވިރެމުން ދިޔަ އުށްތަކުގެ މީރުވަސް އޮތީ މުޅި ތަނަށް ފެތުރިލާފައެވެ. ރެސްޓޯރެންޓްގެ އެކި ދިމަދިމާލުގައި ބަހައްޓާފައި ހުރި މޭޒުތަކުގެ ދޮށުގައި އިށީންދެލައިގެން ކެއުމާއިގެ ކުރިއަށް ދިޔަ މީހުންތައް ވެސް ދައްކަމުން ދިޔައީ ހަފްލާގެ ރީތިކަމުގެ ވާހަކައެވެ. ކުލަކުލައިގެ މާތަކުން މޭޒުތަކުގެ ފަޅުކަން ފިލުވާލަދީފައި ވާއިރު ހުދާއި ރަން ކުލައިގެ ފޮތިތަކުން ކޮންމެ މޭޒެއްގައި ވަނީ ތަފާތު ޑިޒައިނެއް ފަތުރާފައެވެ. އެއީ ހަފްލާގެ ތީމް ކުލައެވެ. ބުފޭ ތަކުންވެސް ފެންނަނީ ކުޅިދިޔާކޮށްލާނެ ފަދަ މުއްސަނދިކަމެކެވެ. އެކި ވައްތަރުގެ ކާއެއްޗެހީގެ މީރުވަހުން އެކަނި ވެސް ބަނޑު ފުރޭހާ ވެއެވެ.
އިޒްކާން އާއި ދާދި ކައިރީގައި ޔަޝްމް ހުރިއިރު ދެމަފިރިން ވެސް ވަރަށް ރީއްޗެވެ. ޔަޝްމްގެ އަތްތިލަ އޮޅުމެއްގެ ތެރެއިން އިޒްކާންގެ އަތުގައި ބީހިގެން ދިއުމުން އިޒްކާން އެއަތްތިލަ ދަމިގަތްތަން ފެނި ޔަޝްމް ތުންފިއްތާލިއެވެ. އޭނަ ކޮންމެހެން އިޒްކާންގެ ގައިގައި ބީހެން މަސައްކަތް ކުރަނީކީ ނޫނެވެ. ވަގުތާއި ހާލަތުގެ ގޮތުން ހިތްނޭދޭ ކަންތައް ކުރަން ޖެހެނީއެވެ. އޭނައަށް ވާނެނަމަ އިޒްކާންއާއި ފަސްފޫޓުހާ ދުރުމިން ބަހައްޓާނައެވެ. ވަކިން ހާއްސަކޮށް ދީމްގެ ވާހަކަތައް އަޑުއިވުނުފަހުން ނޭގޭ ބިރުވެރިކަމެއް އެހިތުގައި ވިންދުޖަހަން ފަށައިފިއެވެ. އަދި ހަމައެއާއެކު ސިކުނޑީގައި އެނބުރެން ފަށާފައިވާ ސުވާލުތަކަށް ޖަވާބުވެސް ބޭނުން ވިއެވެ. ނަމަވެސް ކިހިނެއް ހެއްޔެވެ؟ އިޒްކާން އާއި ސުވާލުކުރަން ވީ ހެއްޔެވެ؟ ނޫނީ ދީމް އާ ސުވާލުކުރަން ވީ ބާވައެވެ؟
ޔޫޝައު ހުރީ ދީމްގެ ފަހަތުން ޖައްސާލާފައެވެ. ދީމްގެ އެކުވެރިންތައް ފެނުމުން ޔޫޝައު ހުރީ ބުނާއެއް އެއްޗެއް ނޭގިފައެވެ. އޭނަގެ ހިތުގައި އިންދާލެވުނު ޝައްކުގެ އޮށަށް މޫއެރި، މޫތަކަށް އިތުރު ބާރުވެރިކަމެއް ލިބިގެން ދިޔައެވެ. ފިރިހެން ގުރޫޕަކާއެކު ދީމް އެކަނިކޮށްލާކަށް ޔޫޝައު ބޭނުމެއް ނުވިއެވެ. އެއާއެކު ދީމް ރުޅިގަދަ ވިއެވެ.
”ހަމަޖެހުމެއް ވެސް ނެތޭ…” ދީމްގެ ޖުމްލައިން ރުޅިއައުމުގެ ބަދަލުގައި ޔޫޝައު ވީ ދެރައެވެ. މިހާރު އޭނައާއެކު ދީމްއަށް ހަމަޖެހުމެއް ވެސް ނެތީ ބާވައެވެ؟ އުފަލެއް ނުލިބެނީ ބާއެވެ.
މަންމަ ގޮވާލުމުން ޔޫޝައުއަށް މަޖުބޫރުވީ މަންމަ ގާތަށް ދާށެވެ. އޭނަ މަންމަ ގާތަށް ދާން ހިނގައިގަތް އިރު ދީމް އެކަނިދޫކޮށްލާ ޚިޔާލެއް އޭނަގެ ނެތެވެ. ފިޔަވަޅުތައް އަވަސް ވީ ވެސް އެހެންވީމައެވެ.
”އެކޮންބަޔެއްތަ؟…. ދަރިފުޅު އެމީހުންނާއެކު ދާން ދީމްއަށް ހުއްދަދިނީތީ ވެސް މަންމަ ޚައިރާންވޭ… އެތާކު ނެތޭ އެންމެ އަންހެންކުއްޖަކު ވެސް!، މީހުން ފާޑުފާޑުގެ ވާހަކަ ދައްކާނެކަން ޔޫޝައުއަށް ނުވިސްނޭތަ؟ ޔޫޝައުއަށް ދީމް މައިތިރިނުކުރެވެންޏާ މަންމައާ ހަވާލުކޮށްބަލަ….” ބަލްޤީޝް ހިތްހަމަނުޖެހުނެވެ. ދީމް އުޅޭ ގޮތަކުން އޭނަ ލަދުން ބޯހަލާކުވާ ހިސާބަށް ގޮސްފިއެވެ.
”މަންމާ، ދީމްގެ އެކުވެރިންނޭ އެއީ….” ޔޫޝައު ދީމްގެ ދިފާއުގައި ބުންޏެވެ. ”އެކުވެރިކަމުގަޔޭ ލޭބަލްވާނީ…” ދަރިފުޅުގެ މޮޔަކަމާމެދު ބަލްޤީޝް ޚައިރާންވިއެވެ.
ޔޫޝައު އެއްޗެއް ނުބުންޏެވެ.
”ދެން ވެސް ދޭބަލަ އޭނައާއެކު….” ބަލްޤީޝް ބުނެލިއެވެ. ޔޫޝައު ދެން އަވަސްވެގަތީ ދީމް ވީ ހިސާބެއް ބެލުމަށެވެ. ރިޒޯޓްގެ އެކިތަންތަން ހޯދަމުން ދަނިކޮށް ”ބާރ”އާ އަރާހަމަވުމުން އޭނަގެ ހިތުގެ ވިންދު މަޑުޖެހިލިހެން ހީވިއެވެ. އެއާއެކުމުޅިމީހާ ރުޅިވެރިކަމުން މޮޔަކޮށްލި އެވެ. ދީމް އެއިނީ އޭނަގެ އެކުވެރިނާއެކު ބާރ ގައެވެ. ފައްރޭ ދީމްގެ ހަށިގަނޑުގައި ބީހެން މަސައްކަތްކުރާއިރު ދީމް އެއަތް ދުރަށްޖައްސަން ވެސް ނޫޅެއެވެ. ދިގު ފިޔަވަޅުތަކެއްގައި ގޮސް ޔޫޝައު ދީމްގެ އަތުގައި ހިފާ ގޮނޑިން ނެގިއެވެ. ދީމްގެ އަތުގައި އޮތް ތަށީގައި ހުރި ދިޔާއެއްޗެހި މުޅިތަށް ވެރިގެން ދިޔައެވެ. ދެލޯބޮޑުކޮށްލަމުން ދީމް ޔޫޝައުއަށް ބަލާލިއެވެ.
ޔޫޝައު ދީމްގެ އަތުގައި ހިފާ ދަމަމުން ބޭރަށް ނެރުނެވެ. ގޮނޑުދޮށާ އަރާހަމަވުމުން އޭނަ ދީމްގެ އަތުން ދޫކޮށްލިއެވެ.
”ކުރެވޭ ހެޔޮ އަމަލުތައް ގިނަކަމުންތަ ފަތަށް ބަރުނުވެގެން ތިއުޅެނީ؟….” ޔޫޝައު ހަޅޭއްލަވައިގަތެވެ. އޭނަގެ ލޯކުރިމަތިން ސިފަވަނީ ފައްރޭ ދީމްގެ އުނަގަނޑުގައި ހިފަހައްޓައިގެން ހުރި މަންޒަރެވެ. އޭނަގެ ހިތަށް ފުން ޒަހަމްތަކެއް ލިބުނެވެ. ދީމް އޭނައަށް އޮޅުވާލަފާނެއެކޭ އޭނަގެ ހިތަށް ނާރައެވެ.
”އަހަރެން ބީހުނީމަ އެކަނި ދޯ މައްސަލައަކަށް ވަނީ؟…. މީގެ ފަހުން ދީމް އެއިން އެކަކާވެސް ބައްދަލުކޮށްގެން ނުވާނެ! އޭމް އައި ކްލިއާރ؟….” ޔޫޝައުގެ އަތުން ފައިން ގޯހެއް ހެދިދާނެތީ އޭނަ ފުންނޭވާތަކެއް ލަމުން ދިޔައެވެ. މީހާ ހަމައަކަށް އެޅުވުމުގެ ބޭނުމުގައެވެ. ”ދީމްއަށް އަހަރެން ދެން މިނިވަންކަމުގެ ފައިދާ ނެގީ ނާޖާއިޒް ގޮތުގަ، ދެން އެހެނެއް ނުވާނެ!…. މިރެއިން ފެށިގެން ދީމް ޖެހޭނީ އަހަރެން ބޭނުންވާ ގޮތަކަށް އުޅެން، ގަދަ ހެދިޔަސް އަހަރެން ބޭނުންހާ ކަމެއް ކުރާނަން…..” ޔޫޝައު އިންޒާރެއް ދިނެވެ. ދީމް ހުރީ ގަނޑުވެފައެވެ.
****
ހަފްލާއަށް އައި މެހުމާނުންތައް ހުސްވާން ފެށުމުން ޔަޝްމްގެ ހިތުގެ ވިންދު އަވަސް ވާން ފެއްޓިއެވެ. ވަގުތު ކުޑަތަން ވަމުން ދިޔަވަރަކަށް މީހާ ހާސްވެ ފިނިދަލެއް ހިއްލަން ފަށައިފިއެވެ. އިޒްކާންއާއެކު އެއްކޮޓަރި ހިއްސާކުރާނީ ކިހިނެއް ހެއްޔެވެ؟ އެއީ އޭނައަށް ވާނެ ވަރުގެ ކަމެއް ނޫނެވެ. ޔަޝްމް އެކަމާމެދު ވިސްނިވަރަކަށް އޭނަގެ ހާސްކަން އިތުރުވިއެވެ. އަތްފައި ފިނިވެއްޖެއެވެ. އޭނަގެ ހިނިތުންވުން ވެސް ފަނޑުވެއްޖެއެވެ.
އިތުރު އެއްވެސް ގޮތެއް ނެތުމުން ދެމަފިރިންނަށް ހާއްސަ ކުރެވިފައިވާ ކޮޓަރިއަށް ޔަޝްމް ދިޔައެވެ. އޭނަ ރަށަށް ދާން އުޅުނުކަމުގައި ވިޔަސް އެހުއްދަ ނުލިބުނީ އިޒްކާއާ ހެދިއެވެ.
ކޮޓަރީގެ ފުރިހަމަކަން ފެނި ޔަޝްމް ހުއްޓުން އެރިއެވެ. މަލުގެ މީރުވަހުން ހުވަނދުލެވިފައި ވާއިރު އުށްބައްތިތަކުގެ ހުޅުކޮޅުތައް މިނިވަންކަމާއެކު ނަށައެވެ. ބޮޑު އެނދުގައި ފަތުރާލާފައި އޮތީ މަލުގެ ދޫލައެކެވެ. މިހާވަރަށް ކޮޓަރި ޒީނަތްތެރިކުރެވިފައި ވަނީ ކޮން ބޭނުމަކު ހެއްޔެވެ؟
ޔަޝްމްގެ މެޔަށް ފިނިވެގެން ދިޔައީ ކޮޓަރީގެ ދޮރު ހުޅުވުނުއަޑަށެވެ. އޭނައަށް ބަލައިލެވުނީ ފާޚަނާގެ ދޮރާދިމާއަށެވެ. ހިތްއަވަސްވެ ނިތުގައި ދާތިކިތައް ބަބުޅައިގަތެވެ. ދެވަނަ ސިކުންތުގައި ދޮރާދިމާއަށް ބަލާލެވުމުން މޭގަނޑު އަނގަޔަށް އައެވެ.
އިޒްކާން ބޮޑު ދެފޮށި ކޮޓަރިއަށް ވައްދަމުން ދޮރުލައްޕާލިއެވެ. ފޮށްޓަށާއި އިޒްކާންއަށް ނަޒަރު ހިންގާލަމުން ޔަޝްމްއަށް ފަހަތަށް ޖެހިލެވުނެވެ. އިޒްކާން އެހާވަރުން އޭނަ ހުއްޓުވުމުގެ ފަހަތުގައި ސަބަބެއް ވާނެކަން ޔަޤީނޭ ކުރިން ވެސް އޭނަގެ ހިތަށް އެރިއެވެ.
އިޒްކާން އެއުޅެނީ ކީއްކުރަން ހެއްޔެވެ؟ އޭނަ މަރާފައި އެ ފޮށިގަނޑުތަކަށް އަޅަން ހެއްޔެވެ؟ އެސުވާލުތަކުން ޔަޝްމްގެ ބޮލުގެ ނާރުތައް ވާންކޮށްލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.




Me first……vvvvvvv reethi…..????. Love to read ur stories????
Inthizaaru ga hutaa thi up kohli.. U r the besty, thanks and I’m 1st wow!!!
I’m the first not u faryluvs???
Vrh salhi mi part vx
Vrh salhi mi partvx
Avahah uplode kohdhehcheyy… V.hihthelheyy.. Dhen vaany kihinehbaa? Anyways v.reethi maasha allah
ޚައިރާންވިއެވެ.
ޚަފްލާ
mee haa in feshey basthakennu.. khairaan, khaflaa kiyaa basthakeh noavey arabi bahaku adhi dhivehi bahuga ves. nubai koh thiki jahaafa iny. thireega innaany arabi haa jahanyaa thiki,..
awesome..v rythi..n thnq mutha thiha long koh up kohla dheythy
i like it..
waiting for the next part…
Sorry mal I’m second ..
Wowww
Awesome.