އެދުވަސްތައް އަނބުރާ ލިބި ދާނެބާ 7
މިއަދު ހެނދުނު ޒިޔާން އޭނާގެ ފޯނަށް އަޅައިދޭން އެޒުވާނާގެ ވޯއިސް ރިކޯޑިން ޖައްސާ އަޑުބާރު ކޮށްލިއެވެ. އެއާއެކު މުޅި ކޮޓަރި ތެރޭގައި އެޒުވާނާގެ ހިތްގައިމު އަޑު ފެތުރިގެން ދިޔައެވެ.
*******************************************************
ފެންވަރާ ރީތި ވެލައިގެން ނިކުތް ރަޔާންގެ ސިކުނޑި ތެރޭގައި ރަސްކަން ކުރަމުން ގެންދިޔައީ މިއަދު އެގޭންގު މީހާގެ ކިބައިން އޭނާ ސަލާމަތް ކުރި އަންހެންކުއްޖާއެވެ. ލޯމަރާލާއިރަށް ލޯމައްޗައް ސިފަވަނީ ކަރުނައިން ފުރިފައިވި އެ ދެލޮލާއި އެ މައުުސޫމް މޫނެވެ. “އެއީ ކާކުތަ… ކީއްވެތަ އޭނަ ފެނުނިމާ އަހަރެންގެ ހިތުގެ ވިންދު މިހާ އަވަސް މި ވަނީ…. ކީއްވެތަ އަހަރެންގެ ހިތް އިރުއިރުކޮޅާ އެމީހާގެ ކިބައިން އޭނާ ސަލާމަތް ކުރުމަށް އެދި ގޮވަމުން ދިޔައީ….” އެތަށް ބައިވަރު ސުވާލަކުން ރަޔާންގެ ސިކުނޑި ހީވަނީ ފަޅައިގެން ދާން އުޅޭހެންނެވެ. އެންމެ ފުރަތަމަ އެ އަންހެން ކުއްޖާ ގޮވާލުމުން އަޅާނުލާ ގޮއްސަ ވެސް އަނބުރާ އައީ އޭނާގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅޭންފެށުމުންނެވެ.
އެންމެފަހުން މި ޙިޔާލުތަކުން ދުރުވާން ވެގެން ރަޔާންގެ ކުރި ކަމަކީ އެނދުގެ ކޮޅުގައި އޮތް އޭނާގެ ގިޓާ ނެގުމަށްފަހު ލަވައެއް ކިޔާލުމެވެ. ރަޔާންއަކީ ރަޔާންގެ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ. ދެން ހުންނަނީ ރަޔާންއަށް ވުރެ ބޮޑު އަންހެން ދަރިއެކެވެ. ރަޔާންގެ މި ކުޑަކުޑަ އާއިލާއަކީ މާ މުއްސަނދި ބައެއް ނޫނެވެ. ރަޔާންގެ ބައްޕަ ރިއްފަތު އަދާ ކުރަނީ މަޖީދިއްޔާގެ ސްކޫލްގެ ދޮރުވާނެއްގެ ވަޒީފާއެވެ. ރަޔާންގެ ދޮންތި، ރާޔާ އުޅެނީ ހަމަ އެ ސްކޫލްގެ ސޯސަލް ޓީޗަރެއްގެ ގޮތުގައެވެ. ރަޔާންގެ މަންމަ ރިޝްފާއަކީ ހެދިކާ ހަދާފަ ވިއްކާމީހެކެވެ. މާ ތަނަވަސް ނޫނަސް މި އާއިލާ އުޅެމުން އަންނަނީ ވަރަށް އުފާވެރި ދިރިއުޅުމެކެވެ.
ރަޔާންއަކީ އެންމެ ކުޑަ އިރުންފެށިގެން ވެސް މިއުޒިކަށް ލޯބި ކުރާ ކުއްޖެކެވެ. ލަވަ ލިއުމާއި ލަވަކިޔުމަކީ އޭނާ އަބަދުވެސް ވަރަށް ކުރާ ހިތްވާ ކަމެކެވެ. އޭނާ މިކަމަށް ހުންނަ ޝައުގުވެރިކަން ފެނިފައި ރާޔާ، ރަޔާންގެ އުފަންދުވަހަށް ދިން ގިފްޓަކީ މި ގިޓާއެވެ. އެހެންކަމުން ރަޔާން ގިޓާ ދެކެ ވަރަށް ލޯބިވެއެވެ. ދާކޮންމެ ތާކަށް ގިޓާ ގެންދާނެއެވެ. ރަޔާން އެނދުމަތީގައި އޮށޯވެ ދެލޯ މަރާލި ވަގުތު އޭނާގެ ލޯމައްޗައް ސިފަވީ އެ އަންހެން ކުއްޖާއެވެ. ކުއްލިއަކަށް ދެލޯ ހުޅުވާ އެނދުން ތެދުވެލިއެވެ. “އަޅެ.. ކިހާ ދެރަކަމެއްތަ މީ… ކިހިނެތްތަ އަހަންނަށް މިވަނީ… ގައިމު މީގެ ކުރިން ވެސް އަންހެން ކުދިން ފެނޭ އެކަމަކު މިހެނެއްނުވޭ…” ދެއަތް ނަގާ އިސްތަށިގަނޑު ތެރެއަށް މަހާލަމުން ރަޔާން އަމިއްލަ ނަފްސާ ސުވާލުކޮށްލިއެވެ.
މިގޮތަށް ޙިޔާލުތަކަށް ގެއްލިފައި ހުއްޓާ އޭނާގެ ކޮތަރީގައި މީހަކު ޓަކި ޖަހަންފެށިއެވެ. މަޑު ހިނގުމެއްގައި ގޮސް ރަޔާން ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރީ އޭނާގެ ދޮންތިއެވެ. “ކޮއްކޮ އާދޭ ސައިބޯން… ބައްޕައާއި މަންމަ އެބަ ތިބި ކޮއްކޮ އަންނަންދެން…” ރާޔާ ރީތި ހިނިތުންވުމެށް ހަދިޔާ ކުރަމުން ބުންޏެވެ. “އަޅުގަނޑު އިރުކޮޅަކުން މިދަނީ ދޮންތީ” ބަދަލުގައި ރަޔާން ވެސް ފުރިހަމަ ހިނިތުންވުމެއް ހަދިޔާ ކުރަމުން ބުންޏެވެ. ރަޔާން ކާކޮޓަރިއަށް ވަންއިރު މުޅި ކާކޮޓަރީގައި ވަނީ އެކިވައްތަރު ވައްތަރުގެ ހެދިކާގެ މީރު ވަސް ހިފާލާފައެވެ. ރަޔާން ކުޅުދިޔައި ވާގޮތްވިއެވެ. “އަހަން… ދަރިފުޅު އައީތަ… މަންމަ މިއަދު ހުންނާނެ ދަރިފުޅަށް އެންމެ މީރު، ކުޅިބިސް ހަދާފަ” ކަޅުސައިތަށިތައް މޭޒުމައްޗަށް ލަމުން ރިޝްފާ ބުނެލިއެވެ. ރަޔާންއައި ގޮތަށް އައިސް މޭޒު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނެވެ.
“މަންމާ، ބާއްޕާ… މިރޭ އަޅުގަނޑުގެ ކޮލެޖު ކުއްޖެއްގެ އުފަންދުވަސް ޕާޓީއޮންނާތީ އަޅުގަނޑަށް އެބަ އޮތް އިންވައިޓް ކޮށްފަ… އަޅުގަނޑު ދިޔަސް އެންމެ ރަނގަޅުތޯ…” މަންމަމެން ދޭނޭ ޖަވާބަކާއި މެދު ވިސްނަމުން ރަޔާން އަހާލިއެވެ. “މަންމައަށް އެންމެ ރަނގަޅު ބައްޕަ އޯކޭވާ ކަމަށް ވާނަމަ ދަރިފުޅު ދިޔަސް” ރަޔާންގެ ކައިރީގައި ހުރި ގޮނޑީގައި އިށިންނަމުން ރިޝްފާ ބުނެލިއެވެ. ރިޝްފާ އެހެން ބުނުމުން ރަޔާން ރިއްފަތަށް ބަލާލީ އޯކޭހޭ އަހާލުމުގެ ގޮތުންނެވެ. “ބައްޕައަށް ވެސް އޯކޭ ދަރިފުޅު ދިޔަސް އެކަމަކު މާ ލަސްނުވެ އަންނަން ވާނެ” ރިއްފަތު ބުނެލިއެވެ. ރަޔާން ބޮލުގެ އިޝާރާތުން އާއެކޭ ބުނުމަށް ފަހު ބައްތިރީސް ދަތް އެއްފަހަރާ ފެންނަވަރަށް ހީލިއެވެ.
ގަޑިން ރޭގަނޑު އަށެއް ޖަހަން ގަތްވަނީއެވެ. ޒާޔާވެސް އޭނާގެ ރީނދޫކުލައިގެ ބެލްގެ ގައުން ލައިގެން ރީތިވަނީއެވެ. އެ ހެދުމުގެ ތިރީ ބަޔަށް ފުޅާކޮށްފައިވާއިރު އުނަގަނޑާއި ދިމާލުންނެވެ ވަނީ ވަރަށް ބޮޑަށް ފިއްތާފައެވެ. ބޮލުގައި ވަނީ މަޑު މުށިކުލައިގެ އިސްތަށިގަނޑެއް ޖަހާ ބެލްގެ ހެއާސްޓައިލް ހަދާފައެވެ. އަތުގައި ވަނީ އުޅަނބޮއްޓާއި ހަމައަށް އަރާ ރީނދޫ ކުލައިގެ ރޭނދާ ގްލޯވްސްއެއް ލައްވާފަވެއެވެ. އެ ދޮން އޮމާން މޫނުގައި ވަނީ ލުއި މޭކަޕެއް ކޮށްފައެވެ. ތުންފަތުގައި ވަނީ ކައިލީ ލިޕުސްޓިކުގެ މަޑު ފިޔާތޮށިކުލައެއް ޖައްސާފައެވެ. ލޮލުގައި ވަނީ ޕީޗިޝް-ޕިންކް އައިޝެޑޯއެއް ޖައްސާ ލޮލުގެ ވަށައިގެން އައިލައިނާ އަޅާ، ދިގު އެސްފިޔަތަކުގައި މަސްކަރާ ޖައްސާފައެވެ.
ރީތިވެ ނިމިގެން ޒާޔާ ދިޔައީ އޭނާގެ ބާއްޕަ ފަވާޒުގެ ކޮޓަރިއަށެވެ. އޭރު ފަވާޒް އީނީ ސޯފާގައި ފޮތެއް ކިޔާށެވެ. ޒާޔާގެ މަންމަ ހައްވާ އުޅުނީ ފާހަނައިގައެވެ. “ބާއްޕާ މިދަނީ އަޅުގަނޑުމެން ކުލާހުގައި އުޅޭ ރިޔާޝާ ގެ ޕާޓީއަށް” ޒާޔާ އަވަސް އަވަހާއި ބުނެލިއެވެ. ” އެހެންތަ، ހާދަ ރީއްޗޭ ބައްޕަގެ ޕްރިންސެސް… އާން، އެންމެ ރަނގަޅު ދިޔަސް އެކަމު ހަމީދުއާއި އެއްކޮށް ކާރުގައި އިނގޭ ދާނީ” ހިނިތުންވެލަމުން ފަވާޒް ޒާޔާއަށް ހުއްދަދިނެވެ. ފާހަނަ ތެރޭގައި މިހުރިހާ ވާހަކައެއް އަޑުއަހަން ހުރި ހައްވާ ފާހަނައިން ނިކުތް ގޮތަށް އަނގައިން ތުނބުން ބަހެއް ނުކިޔާ ކޮޓަރިން ނިކުމެގެން ދިޔައެވެ. އަދިވެސް ހައްވާ ހުރީ މިއަދު ހެނދުނު ހިނގި ކަންކަމާއި ހިތްހަމަނުޖެހިފައެވެ. ޒާޔާވެސް މާވަރަކުން ހައްވާގެ ހުއްދަ ހޯދާކަށް ނޫޅުނެވެ.
ރީތި ހިނގުމެއްގައި ގެއިން ނިކުމެގެން އައި ޒާޔާ ގޭޓުކައިރީގަ މަޑު ކޮށްލީ ހަމީދު ޕާކިން އޭރިޔާއިން ކާރު ހިފައިގެން އަންނަންދެނެވެ. ކާރު އައިސް ޒާޔާގެ ކުރިމައްޗަށް ވާ ގޮތަށް މަޑުކޮށްލުމުން ޒާޔާ ކާރަށް އެރިއެވެ. “ހަމަ އެހާ ގިނައިރު ނަގަން ވެއްޖެތަ… މިހާރު މިތާ ބޭރު ހުރެހުރެ ދާހިއްލާ ފޯވެއްޖޭ” މޫނު ހަދާލުމަށް ޒާޔާ ޝަކުވާއެއް ކޮށްލިއެވެ. ޖަވާބުގައި އެއްވެސް އެއްޗެކޭ ނުބުނެ ހަމީދު ކާރު ދުއްވާލިއެވެ. ގާތްގަނޑަކަށް ވިހި މިނެއްޓު ފަހުން އެމީހުންނަށް ރިޔާޝާމެންގެ ގެއާ ހަމައަށް ފޯރުނެވެ. ގޭތެރެއަށް ވަންނަން ހުންނަ ބޮޑު ދޮރުކައިރީގައި ރިޔާޝާ މެހުމާނުންނަށް މަރުހަބާ ކިޔަން ހުއްޓެވެ. އޭނާ ވެސް ހުރީ ވަރަށް ރީތީ ޖޭސްމީން ހެދުމެއްލާ ރީތި މޭކަޕެއް ކޮށްފައެވެ. ކުރަން ނުކުރަން ހުރެފައި ވެސް ޒާޔާ ގޮސް ރިޔާޝާ ގައިގާ ބައްދާ ލުމަށްފަހު ހެޕިބާރތުޑޭއޭ ބުނެލުމަށްފަހު އޭނާއަށް ގެނައި ގިފްޓް ދިއްކޮށްލިއެވެ. ރިޔާޝާ ހުރީ ޒާޔާ ރީތިކަމުން ކުޑަކޮށް ޖެހިލުންވެފައެވެ. އެއީ ކޮންޕެޓިޝަން އިން ޒާޔާ މޮޅުވެދާނެތީއެވެ. ހަމަ ރަންގަޅަށްވެސް ޒާޔާ ވަރަށް ރީއްޗެވެ. ގޭތެރޭގައި ދިއްލާފައި ހުރި ލައިޓްތައް ޒާޔާގެ ދޮން މޫނަށް އުޅޭއިރު ފެންނަލެއް ވަރަށް ވެސް ފުރިހަމައެވެ.
ޕާޓީ ތެރޭގައި ތިބި އެންމެންގެ ނަޒަރު ހުއްޓިފައި ވަނީ ޒާޔާއަށެވެ. އޭގެ ތެރޭން އެކަކީ ރަޔާންއެވެ. ރަޔާންއަށް ހުރެވުނީ ޒާޔާއާއި ނަޒަރު ވަކިކޮށްލަން ވެސް ނޭނގިފައެވެ. އެގޮތަށް ހުއްޓާ ކުއްލިއަކަށް ފިރިހެން ކުއްޖެއް އައިސް ޒާޔާގެ ގައިގާ ބައްދާލިތަން ފެނުނެވެ. ޒާޔާ ވެސް އެކުއްޖާގެ އަތުގައި ހިފުމަށްފަހު މާސްކުތަށް ބަހައްޓާފައި ހުރި މޭޒާއި ދިމާލަށް މިސްރާބުޖެހިއެވެ. މި މަންޒަރުފެނިފައި ރަޔާންގެ ހިތަށް ބަޔާންކުރަން ނޭނގޭ ތަދެ އިހުސާސްވިއެވެ.
ޒާޔާއާއި ޒިޔާންއާއި ގޮސް މާސްކުތަށް ހުރި މޭޒު ކައިރީ ހުއްޓުމަށްފަހު ޒާޔާ ރީނދޫކުލައިގެ އަދި ޒިޔާން ކަޅުކުލައިގެ މާސްކެއް ނަގާ މޫނުމަތީގައި އަޅާލިއެވެ. އެމީހުންދިއުމުން ރަޔާންވެސް އައިސް އެތަނުން ގަދަ ނޫކުލައިގެ މާސްކެއް ނަގާ މޫނުމަތީގައި އަޅާލިއެވެ. ޒިޔާންގެ އަތުގައި ހިފައިގެން ހުރި ޒާޔާގެ ލޮލުގައި ތަންކޮޅެއް ދުރުގައި އޭނާއާއި ދިމާލަށް ބަލަން ހުރި ސަމާ ފެނުނެވެ. ޒާޔާ ބަލާލާއިރަށް ސަމާ އަވަސްއަވަހަށް އެހެން ދިމާއަކަށް ބަލާލިއެވެ. ސަމާ ހުރީ ސިންދްރެއްލާ ހެދުމެއް ލައިގެންނެވެ.
“އެހެމް..އެހެމް… މޭއައި ގެޓް ޔޫއަ އެޓެންޝަން ޕްލީޒް… އޭޒް ޔޫ އޯލް ނޯ، މިއަދަކީ އަހަރެންގެ އުފަންދުވަސް…. ސޯ އެންމެންގެ މޫޑު ރަނގަޅު ކޮށްލުމަށް ޕާޓީ ފަށާނީވެސް ވަރަށް ރީތި ލަވަޔަކުން…. މި އައިޓަމް ފުރިހަމަ ކޮށްދޭނީ އަހަރެންގެ ވަރަށް ގާތް ފްރެންޑެއް…..އައި ހޯޕް ޔޫ ގައިޒް ވުޑް އެންޖޯއި އިޓް” ރިޔާޝާ މައިކު އަނގަޔާ ދިމާކޮށްގެން ހުރެ ބުނެލިއެވެ.
* ދީވާނާ ވޭ މޫސުން * ތިޔަހެން ބަލާލުމުން * ހިނިތުންވީމާވެސް މާފޮޅޭ* އެއަޑު އައީ އެންމެންގެ ބިއްދޮށުންނެވެ. އެންމެން އެއްފަހަރާ އަނެއް ފަރާތަށް އެނބުރުނު އިރު ގަދަނޫކުލައީގެ ގަމީހަކާއި ކަޅުކުލައިގެ ފަޓުލޫނެއްގައި ހުރި ޒުވާނެއް ފިރިހެންވަންތަ ހިނގުމެއްގައި އައިސް ސްޓޭޓް މައްޗަށް އެރިއެވެ. އެޒުވާނާގެ މޫނުމަތީގައި ވަނީ ގަދަ ނޫކުލައިގެ މާސްކެއް އަޅާފައި ކަމުން މޫނު ނުފެނުނެވެ. * ނޭނގޭ ޖާދުއެކޭ.. ހިތުގައި އުފަންވަނީ * ބައްދަލުކޮށްލީމާ ހިތްފުރޭ * އެންމެ ފުރަތަމަ ފަހަރުން ވެސް ޒާޔާއަށް އެއަޑު ފާހަގަ ކުރަން އެނގުނެވެ. *ވީސްނާލަން ނޭނގޭ ޙިޔާލުތަކެއް * އަޖައިބެއް ފަދަ އިޙުސާސްތަކެއް * މި ވެވޭނީ ލޯބިކަން ޔަޤީން *….. މިހިތަކަށް ނެތޭ އަރާމެއް ހިލާ * މާޔޫސް ވަނީ… ކަލާ ޔާ ނުލާ * ރަޔާންގެ ފިރިހެންވަންތަ އަޑު އިވިފައި އެތަށް އަންހެން ކުދިންތަކެއް މޮޔަވާ ވަރުވެއެވެ. ޒާޔާވެސް ހުރީ ރަޔާންގެ ރީތި އަޑުގެ މަސްތުގައި ޖެހިފައެވެ.
*މަގޭ ހާލަކީ މިޔޭ ނޭގުނަސް * ދާކަށް ނެތިން… ހަނދާނުން ފިލާ * މި ވާގޮތަށް ނޭނގޭ ލޯވެސް ތޮޅޭ * ރިޔާޝާ ވެސް ރަޔާންއާއި ބައިވެރިވެލަމުން ލަވައިގެ އަންހެންބައި ކިޔާލިއެވެ. * ދީވާނާ ވޭ މޫސުން * ތިޔަހެން ބަލާލުމުން *ހިނިތުންވީމާވެސް މާފޮޅޭ * ނޭނގޭ ޖާދުއެކޭ * ހިތުގައި އުފަންވަނީ * ބައްދަލުކޮށްލީމާ ހިތްފުރޭ * ދެމީހުން އެއްކޮށް އެއްފަހަރާ ލަވަ ކުރިޔަށް ގެންދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
27 Comments!
Comments are closed.




Salaam all readers here’s the 7th part ??hope u will like it ???n ya now u guys know the name if the boy… I revealed it because vrh gina kudhin request kuri name reveal kuran I hope u liked the name “rayaan” ???Eid Mubarik to all n LYSM ❤️❤️❤️??
???Varah reethi lysm
Thanksssss??LY
Me secind dhw..Mi bai vec vvv rythi ingey..Waiting fr the next..??
Ya unfortunately 2nd?? Better luck next time… Thanks for commenting ??❤️?❤️❤️
I click kohlan obbaaly ieu neiy..Ekm fahun comment kohfa iny..Edhn k vaane..2nd libunas evaruvec dhera ehnoonehnu dhw???
Yeah?????
Oh…aharun first eh noon dho… Ekam vrh reethi reems ge story..??
Oh…ma first eh noon dho…. ekam reems ge story vrh reethi…??
Woooooww i love this story. Keep up the good work mimmi sis???❤️❤️❤️
Awwwwn I am vry happy because u liked my stry???thanks a lot….
Mimmi7. ????I love this part too. Perfect
Awwwwn thanks a lot Mimmi vrh ufaavey knme part akah vx ®¥N comment kuraathee…. I luv reading comments… It helps me to improve a lot… Thank u so much n keep on commenting ???Lysm
Waiting for the next part?varah varah varah reethi & mimmi I’m good at guessing “names”?
Yeah u guessed it right???? well done…. Thanks a lotttttttt❤️❤️
Thanks Mimmi7 a lot. ???I will always be with you dear ???I love you ???
Awwwwn ❤️❤️❤️❤️??
Wowwwwww u are so obiness Mimmi7 lyms ❤️❤️❤️???really love it
Thnkuuuuuu I am soooooo happyyyyyyyyy????????????????????????????????????
Wowwww obi ingey Mimmi7 love you so much ❤️❤️❤️❤️❤️❤️❤️????????
Wowwwwwwww….. Vrh salhi mi story…. Magey Mimmi molhukan….. Keep the good works Reems… ????
Awwwwn Thnx a lot darlin❤️❤️? I miss u a lot?? Lysm
VOW
I’m not yerkko writer doof
Miss u 2 ??
Wowowow….. ❣️❣️
When next part??