Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަ

މާޔޫސްކަމޭ ވަށައިގެންވީ

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
November 25, 2019 2 Mins Read
8 Comments

މިއަދު އަހަރެންގެ މުޅި ހަޔާތް މިވަނީ ފުނޑުފުނޑުވެފައިއެވެ. ހުންގާނެ ނެތް އޮޑިއެއްހެން އަހަރެންގެ ހަޔާތް މިދަނީ އޮޔާ ބެހެމުންނެވެ. ކުރާނީ ކީއްހެއްޔެވެ. މާޒީގައި ކުރެވުނެ އަދި ހެދުނު އެންމެ ކުޑަކުޑަ ކުށެއްގެ ސަބަބުން މިއަދު ، މުސްތަގުމަލުގައިވެސް އަހަރެންނަށް މިވަނީ ހިތާމަ ކުރަން ޖެހިފައިއެވެ.

އަހަރެންގެ ގޯސް އުޅުމުގެ ވާހަކަ އަޑު އިވޭ ފުރަތަމަ ދުވަހީ މަންމަގެ ކަންފަތް ބުޑުގައި ހޮނު ގުގުރިއެއްގެ ސިފައިގައި އަޑު އިވިގެންދާނެ ވާހަކައެއްކަން ޔަގީނެވެ. ނަމަވެސް އަހަރެންނަށް މިކަން ނުވިސްނުނު ކަމީ މިއަދު އަހަރެން އަމިއްލައަށް ހިތާމަ ކުރާ  ކަމެކެވެ.

ބަނޑު އަޅައި ވިހޭ މައިމީހާ އެމީހާގެ ހުރި ހަމައެކަނި ދަރިފުޅު މުޅި ރަށަށް ގިނަ ވެގެން އުޅޭތަން ދެކެން ކެތްވާނެ ހެއްޔެވެ. ވައްކަމާއި ފޭރުމާއި މިފަދަ އެތައް ކުށެއްގައި ބެހިގެންދާ މަންޒަރު ބަލަން ހަމަގައިމުވެސް އެދެލޯ ނުކުޅެދޭނެއެވެ. އެދުވަހު މަންމަ ދިން ނަސޭހަތްތަކަށް ބީރު ކަންފަތެއް ދީ އެމައިމީހާގެ އާދޭސް ތަކުގައި ކޮޅުފައިން ޖަހެމުގެ ސަބަބުން މިއަދު އަހަރެންނަށް ހިތްދަތިކަން ނޫން އިތުރު އެހެން އެއްޗެއް ލިބޭކަށް ނެތެވެ. ނަމަވެސް އެދުވަހުގައި އަހަރެންނަށް ގަބޫލު ކުރެވުނީ އެއީ ވަރަށް މަޖާ މޮޅު ކަމެއްގެ ގޮތުގައެވެ. އެހެންނަމަވެސް އެކަމުގެ ސަބަބަުން އެ މައިމީހާގެ ހިތުގައި އެ ޖަހާލެވޭ ލައްގަނޑުން ވާނެ ގޮތަކާމެދު އަހަރެންނަށް ކުޑަކޮށްވެސް އަންދާޒާ ނުކޮށްލެވެއެވެ.

އަހަރެންގެ ކުރިމަތީގައި އެ ނިކަމެތި މައިމީހާގެ ލޮލުން ކަރުނަ އަންނަމުން ދިޔަ ހިނދު އެއީ ކިހައި މުހިންމު އެއްޗެއްގެ ގޮތުގައި ނުދެކެވުނީ އެއީ އަހަރެންގެ މި ހަރު ހިލަ ހިތުގެ ސަބަބުންކަން މިއަދު އަހަރެންނަށް ގަބޫލުކުރެވިއްޖެއެވެ. އަދި ގެން ގުޅެވުނު ނުބައި އެކުވެރިންގެ ސަބަބުންކަންވެސް ޔަގީން ވެއްޖެއެވެ. އެދުވަހު އެމައިމީހާގެ ހިތުގައި އަޅާލެވުނު ކޫރުމުގެ އަސަރު އަހަރެންނަށް މިއަދު އިހްސާސް އެބަ ކުރެވެއެވެ. މިއަދު އަހަރެންނަށް މިވަނީ އެދުވަސް ދައްކާފައެވެ. އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅުވެސް މިވަނީ އަހަރެންގެ މިދެއަތުން ދޫވެފައިއެވެ. ދަނީ ނުބައި މަގުގައި ފައި އަޅަމުންނެވެ. އެދުވަހު އެމައިމީހާއަށް އެކަން ކެތް ނުކުރެވުނު ހިނދު މިއަދު އަހަރެންނަށްވެސް އެކަންތައްތައް މިދެލޮލުން ބަލަން، މިދެ ކަންފަތުން އަޑުއަހަން ކެތްވާނެ ހެއްޔެވެ. އަހަރެންގެ އެދަރިފުޅު އުޅެމުން އެދަނީ މާޒީގައި އަހަރެން އުޅުނު ނުބައި ގޮތަށެވެ.

މިކަމުގައި އަހަރެންވަކި ކުރާނީ ކީއް ހެއްޔެވެ. ނަސޭހަތް ދީދީ އަހަރެން  މިހާރު ވަރުބަލިވެއްޖެއެވެ. އަމިއްލައަށް ފެހުނު އިލޮށި މިވަނީ އަމިއްލަ ލޮލަށް ހެރިފައެވެ. އެދުވަހު އެމައިމީހާގެ ލޮލުން ކަރުނަ ނުހިކެ ހުރިއިރު މިއަދު އަހަރެންވެސް މިވަނީ ހަމަ އެފަދަ ހާލެއްގައެވެ. މިއަދު އަހަރެންނަށް މައިމީހާއަށް އަޅާލުމާއި އޯގާތެރިވުމަކީ ކިހާ މުހިންމުކަމެއްކަން ދަސްވެއްޖެއެވެ. އެމައިމީހާއާ ދިމާއަށް އުއްފުގެ މިންވަރުވެސް ބުނުމަށް އިސްލާމްދީން ނަހީ ކުރައްވާފައިވާކަން ހާމަވެއްޖެއެވެ. އަދި އެ މައިމީހާގެ މާތްކަމާއި މަތިވެރިކަން ވެސް އެނގި ހާމަވެއްޖެއެވެ. ނަމަވެސް އެއީ ވަގުތު ފާއިތުވީ ފަހުންނެވެ.

މިއަދު މަޢާފަށް އެދޭކަށް އަހަރެންގެ މަންމައެއް ނެތެވެ. އަހަރެންނަށް ކުރެވުނު ކަންތައްތައް ، ދިން އަނިޔާ ތަހައްމަލު ނުކުރެވުމުގެ ސަބަބުން މަންމަ މިފަނާވަނިވި ދުނިޔެއަށް އަލްވަދާޢުކީ މަންމަ އަށް މަޢާފަށް އެދޭށޭ ކިޔައި އަދޭސް ކުރާނެ ވަގުތުކޮޅެއް އަދި އެންމެ ފުރުސަތެއްވެސް އަހަރެންނަށް ނުދީއެވެ. އަދި އަހަރެންނަށް އެތައް ފިލާވަޅެއް އިބްރަތެއް ދިނުމަށް ފަހުއެވެ.

އަހަރެންނަށް އަމިއްލައަށް އަހަރެންގެ މުޅި ދިރިއުޅުމުގެ ހަޔާތް މާޔޫސް ގަނޑަކަށް ވައްޓާލެވިއްޖެއެވެ. މިހާރު އަހަރެންގެ ހަޔާތް ފުރިފައިވަނީ މާޔޫސްކަމާއި ހިތްދަތި ކަމުންނެވެ. މިއަދު މި މާޔޫސްކަމަށް ލުޔެއް ލިބޭނެ ހެއްޔެވެ؟ މި މާޔޫސް ކަމަށް ލުޔެއް ހޯދައިދޭނީ ކިހިނެއް ހެއްޔެވެ؟ މީ އަހަރެންގެ މާޔޫސްކަމުން ފުރިފައިވި ދިރިއުޅުމެވެ. މާޔޫސްކަމުން ވަށާލެވިފައިވި ދިރިއުޅުމެވެ.

~ ނިމުނީ ~

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ކާމިޔާބު ޓްރެއިލާ

Next

މަޢާފް (ފަސްވަނަ ބައި)

Next
November 25, 2019

މަޢާފް (ފަސްވަނަ ބައި)

Previews
November 25, 2019

ކާމިޔާބު ޓްރެއިލާ

8 Comments!

  1. Mai says:
    November 26, 2019 at 9:21 am

    Wow.. haadha emotional ey.. Hama rohvaalaifi

    1. ?Nafu? says:
      November 26, 2019 at 8:28 pm

      thanks mai…

  2. King? says:
    November 26, 2019 at 9:22 am

    Masha Allah.. vr Rythi.. adhi vr emotional..

    1. ?Nafu? says:
      November 26, 2019 at 8:28 pm

      thanks king

  3. Ran handhaan says:
    November 26, 2019 at 9:23 am

    Nafu.. haadha reethi vaahaka ekey.. Hama rohvaalaifi.. keep it up ingey dear..

    1. ?Nafu? says:
      November 26, 2019 at 8:28 pm

      thanks dear..

  4. Nayaanee says:
    November 29, 2019 at 1:13 am

    Nice… Vry touching…

    1. ?Nafu? says:
      December 2, 2019 at 12:21 pm

      Thanks dear

Comments are closed.



All Right Reserved!