ހަމައެވަގުތު މަހްމޫދަށް ނުކުމެވުނީ ފަރާގެ ކުރިމައްޗަށެވެ. ފަރާ ސިހުނުވަރުން ހަނޑޫ ދޮލަނގު އޭނާގެ އަތުން ދޫވިއެވެ. ނަމަވެސް ހަމަ އެ ސިކުންތުގައި ފަރާގެ އަތުގައި މަހްމޫދު އެއް އަތުން ހިފިއެވެ. އަދި އަނެއް އަތުން ހަނޑޫ ދޮލަނގު ތެދުކުރިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. ފަރާގެ ހިތުގެ ހިނގުން އަވަސްވާން ފެށިއެވެ. “ފަރާއަށް އިވުނުދޯ ދެންމެ އަހަރެން ދެއްކި ހުރިހާ ވާހަކައެއް؟” މަހްމޫދު އެހިއެވެ. ފަރާ މަޑުމަޑުން ބޯ ޖަހާލިއެވެ. “އަހަރެން….ވާހަކައެއް ބުނަންތަ؟” މަހްމޫދު ވައި އަޑުން އަހާލިއެވެ. […]
“ފަރާ ދަރިޔާ ކޮން އިރަކުންތަ ކައިވެނި ކުރަނީ؟” ކާންތިބި އެންމެންގެ ލޯތަށް ފަރާއަށް އަމާޒުވިއެވެ. މީ އޭނާގެ މަންމަވެސް އެތަށް ފަހަރަކު ފަރާ ގާތުގައި އަހާފައި އޮތް ސުވާލެކެވެ. ނަމަވެސް އަދިވެސް ފަރާ ހިތްހަމަޖެހޭ ކުއްޖަކު ނުފެންނާތީ ފަރާ ހުރީއެވެ. “އަދި…ނޭނގެ” ފަރާ ބުނެލިއެވެ. “ތިކަހަލަ ގެވެހި ރީތި ކިޔަމަންތެރި މޮޅު އަންހެންކުއްޖަކު ނުވާނެއްނު ތިހެން އަބަދު ހުންނާކަށް؟ މަގޭ ސަރީފާވެސް ނުވާނެ ފަރާ ހާ މުރާއްޔެއް”. ހަރީރާ ބުންޏެވެ. ފަރާ ސަރީފާއަށް ބަލާލިއެވެ. އޭރު ސަރީފާގެ […]
އޭނާ ބަލާ ބޮޑުކުރި މަންމަ އޭނާގެ ގަޔަށް ކިޔެވި އިރު ކުއްލިއަކަށް ފާޅުވި ގޮތް ނޭނގޭ ޖިންނި އަންހެން ކުއްޖަކަށް އޭނާ އިތުބާރުކުރާނީ ކިހިނެއް ހެއްޔެވެ؟ ޔުމްނާ ފަރާއާއި ދިމާއަށް ޝައްކުގެ ނަޒަރަަކުން ބަލާލިއެވެ. “ކުރިން ދުވަހު ބުނީމެއްނު ފަރާ ބޭނުންވަނީ އަހަރެންނަށް އެހީވާށޭ؟ އެއީ ކީއްވެގެން؟” ޔުމްނާ ސުވާލުކުރިއެވެ. ފަރާ އިނީ ޔުމްނާގެ މި ސުވާލަށް ތައްޔާރުވެގެންނެވެ. “އެއީ….އަހަރެންނަކީ…ޔުމްނާގެ މާމަގެ ބޮޑުދައިތަ.” ފަރާ މަޑުމަޑުން ބުނެލިއެވެ. ******* 10 ވަނަ ބައި ******* ޔުމްނާގެ ދެލޯ […]
ހުސްނާ ދިޔަކަން ކަށަވަރުވުމުން ޔުމްނާ ދެލޯ ހުޅުވުމަށްފަހު އެނދުމަތީގައި އިށިނެވެ. އޭރުވެސް ކެތް ނުވާ ވަރަށް އޭނާގެ ހަށިގަނޑުގައި ވޭން އަޅަމުން ދިޔައެވެ. އޭނާގެ މަންމަ އޭނާއަށް މިކުރީ ކީއްހެއްޔެވެ؟ ޔުމްނާއަށް މިހާރު ދިމާވަމުން މިދާ ކަންްކަމުގައި ހުސްނާގެ އަތެއް ވޭ ބާވައެވެ؟ މިހެން ފިކުރުކުރަނިކޮށް ދިލަ ތަދެއް ޔުމްނާގެ ބަނޑަށް އެރިއެވެ. ހަމައެއާއިއެކީ ކަނޑާލި ރުކެއްހެން ޔުމްނާ ތަޅުންގަނޑު މައްޗަށް ދެމިއްޖެއެވެ. ******* 9 ވަނަ ބައި ****** ހުސްނާ ޔުމްނާގެ ކޮޓަރިން ނުކުމެގެން ގޮސް […]
އޭރުވެސް އެ މަޚްލޫޤު އިސްޖަހައިގެން ހުރީއެވެ. އެ އެތީގެ މޫނުމައްޗަށް އިސްތަށިތައް ހޭވިފައި ހުރިނަމަވެސް އެ ދެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ރީތިކޮށް ހުސްނާއަށް ފެނުނެވެ. “އަދި ނިކަން އެބަ ރޮއެއްނު؟ އަހަރެންވާ ރަނގަޅު ޒިންނީރާގެ ވަސް މި ދުނިޔޭގައިވެސް ނުދުވާ ވަރު ނުކޮށްލާކަން!” ހުސްނާގެ ޒީލަގަދަ އަޑުން ބުންޏެވެ. އެހެން ބުނުމުން އެ މަޚުލޫޤުގެ ގިސްލުމުގެ އަޑު ގަދަވިއެވެ. “މަށަށް ކަމެއް ކޮއްދެންޏާ އެ ފަރާގެ ދުވަސް ދުއްވާލާ. އޭރުވެސް ޔުމްނާ އައުމުގެ ކުރިން […]
“މި ގަޑީގައި އަހަރެންނަކަށް ހުރެވޭކަށް ނެތް. އެހެން ދުވަހަކުން އަހަރެން ޔުމްނާ ކައިރިއަށް އަންނާނަން. ހަނދާންކުރާތި. ނަމަނަމަ އެކަކު ކައިރީގައިވެސް މި ވާހަކަ ނުބުނާތި. ރޭގަނޑު ބޭރަށް ނުނިކުންނާތި. ޔުމްނާގެ އެކުވެރިން މިއަދު ހަވީރު ޔުމްނާއާއި އެކީ ނުކުތް ހަނދާނެއް ނުވާނެ. އަދި….” ފަރާ ކުޑަދޮރުން އޮއްސެމުން ދިޔަ އިރަށް ބަލަމުން ބުންޏެވެ. “ހުދުކުލައިގެ ބުޅަލެއް ފެނިއްޖެއްޔާ އެތަނުގައި ނުހުންނާތި. އެ ބުޅާ ޔުމްނާއާއި ކައިރިވިޔަ ނުދޭތި.” ******* 7 ވަނަ ބައި ******* ( އެއް […]
ޔުމްނާއަށް އޮވެވުނީ ގުޑައިލަންވެސް ނޭނގިފައެވެ. ޔުމްނާގެ އެއް ފައި މަތީގައި އޮތް ގޮފިގަނޑުގައި އޮތްއިރު އަނެއް ފައި އޮތީ ތިރީގައި އޮތް ގޮފިގަނޑުގައެވެ. އޭރުވެސް އެ ކަޅު ބުޅާ ޔުމްނާއަށް ބަލަހައްޓައިގެން އޮތެވެ. ކިރިޔާވެސް ނުބައި ގޮތަކަށް ފައި އެޅިއްޖެއްޔާ ޔުމްނާ ގަހުން ވެއްޓޭނެއެވެ. ޔުމްނާ އެހެން ބުޅަލަށް ބަލަން އޮއްވައި ކުއްލިއަކަށް ޖެހި ބާރު ގުގުރިއާއެކު ޔުމްނާއަށް ހަޅޭލަވައިގަނެވުނެވެ. އަދި ގަހުން އޭނާގެ އަތް ދޫވިއެވެ. ޔުމްނާގެ މުޅި ދުނިޔެ ހުއްޓުނު ފަދައެވެ. ޔުމްނާ ވެއްޓެން […]
“ދަރިފުޅު ދޭ އަވަހަށް ފެންވަރާލަން”. ހުސްނާ ޔުމްނާގެ ހޭވިފައި ހުރި އިސްތަށިތައް ރަނގަޅުކޮށްލަމުން ބުންޏެވެ. އެ ވަގުތު ޔުމްނާގެ ލޮލުގައި އަޅައިގަތީ ހުސްނާގެ އިނގިލީގައި އަޅާފައި އިން އަލިމަސް އަނގޮށްޓިއެވެ. ******* 5 ވަނަ ބައި ******* ޔުމްނާ ކޮޓަރިއަށް ގޮސް ދޮރު ތަޅުލިއެވެ. އަދި އެނދުމަތީގައި އިށީނުމަށްފަހު ލޯގަނޑަށް ބަލާލިއެވެ. ޔުމްނާއަށް ފެނުނީ ހުވަފެނެއް ކަމުގައިވާނަމަ ޔުމްނާ ކަޅުކުލައިގެ ކުރުތާ ލައިގެން އެ އިނީ ކީއްވެ ހެއްޔެވެ؟ ޔުމްނާ ގައިމުވެސް ހެދުން ބަދަލުކުރީ 11 ޖެހި […]
އަޑެއް ކިޔާފައި ކުޑަދޮރު ހުޅުވުނެވެ. ޔުމްނާ ދެއަތުން ދޮރުގެ ކަނީގައި ހިފާ ފަޅޯ ގަހުން ދެފައި ދޫކޮށްލިއެވެ. ހަމައެވަގުތު ވަރަށް ގަދައަށް ވައިޖެހެން ފެށިއެވެ. ފަޅޯގަހުގައި އައްސާފައި އޮތް ދޯޕައްޓާ ވަޔަާ ވިހުރެމުން ދިޔައެވެ. ކުއްލިއަކަށް ޔުމްނާއަށް މީހަކު ވައި އަޑުން ގޮވާލިއެވެ. ޔުމްނާ ބަލަން ނުބަލަން ހުރެފައި ފަހަތް ބަލާލިއެވެ. ދޮރު ކަނިން އޭނާގެ އަތް ކައްސައިނުލީ ހަމަ ކިރިޔާއެވެ. ******* 4 ވަނަ ބައި ******* ޔުމްނާއަށް ދެލޯ ބޮޑުކޮށްގެން ވަށާފާރު މަތީގައި މޯޅިއަކަށް […]