އެއޮއް ހުރިހާ ދުވަހު އެ ފޮތް ތެރޭގައި މަ ބާއްވައިގެން އުޅުނީމަ ޖެހޭނެއްނު އޭގެ ބަދަލު ދޭން؟ ނޫންތަ؟” އެ މަޚްލޫޤު ޔުމްނާގެ ކުރިމަތީގައި ހުއްޓެމުން ބުންޏެވެ. “މިއީ ތި ފަކީރުގެ ނަސީބު. މިހާރު އަދކިރިޔާ ތިޔަ ފެނުނީ މިއޮޢް ހުރިހާ ދުވަހު ލޯބިވި މަންމަގެ ހަޤީޤީ ކުލަވަރު! ދެރަވޭތަ؟ އޭނ؟!” ޔުމްނާ ތަޅުވަމުން އެ މަޚްލޫޤު ބުންޏެވެ. “ހުސްނާއަށް އެ ދުވަހު އެ ހުރިހާ ކުޅިވަރެއް ކުޅެދިނީ މަށަށް މަޖުބޫރުވެގެން. އެކަމަކު މިހާރު؟ މިހާރު ކުޅިވަރު […]
“އަހަރެން ބޭނުންވިނަމަ އަހަރެންނަށް އަމިއްލައަށްވެސް ސަލާމަތްވެވުނީސް! ހުސްނާ މިހާރުވެސް ތިހުރީ އަހަރުމެންގެ އެއްބަސްވުމާ ޚިލާފުވެފަ! އެހެންވީމާ އަހަރެންވެސް މިހާ ހިސާބުން މި މިނިވަންވީ!” މިހެން ބުނެ ކުއްލިއަކަށް އެ ޖިންނި ވަށްބުރުގެ ތެރެއިން ޤައިބުވެގެންދިޔައެވެ. *** 19 ވަނަ ބައި *** ހުސްނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކުއްލިއަކަށް ވަށައިގެން ހޯދާލެވުނެވެ. ޔައުޤޫބެވެސް ހުރީ ހިސާބަކަށް ހިތް ނުތަނަވަސްވެފައެވެ. “ކޮ..ކޮންތާކަށް އެ ދިޔައީ؟؟” ހުސްނާ ހާސްވެފައި ހުރެ އެހިއެވެ. ޔައުޤޫބު ޖަވާބެއްނުދީ ކިޔެވެލި އިހުނަށް ވުރެ ބާރަށް […]
ޒަބީލު ވަލުތެރޭގައި ހިނގާފައި ދިޔައިރު އޭނާގެ ސިކުނޑި ތެރޭގައި އެނބުރެމުން ދިޔައީ ޔުމްނާއެވެ. ޒަބީލު ޔުމްނާއަށް ހަޤީޤަތް ކިޔައިދޭން ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް މިރޭ އެކަން ކުރަން ހެޔޮވެސް ނުވާނެއެވެ. ޒަބީލު ހިނގާފައި ދަނިކޮށް ކުއްލިއަކަށް މީހަކު އޭނާގެ އަތުގައި ހިފިއެވެ. ޒަބީލު ހައިރާންކަމެއް ނެތި ފޫހިގޮތަކަށް ފަހަތް ބަލާލިއެވެ. “ޒިންނީރާ”. ޒަބީލު ފޫހިގޮތަކަށް ބުންޏެވެ. *** 19 ވަނަ ބައި *** ޒަބީލު ޒިންނީރާއާއި ދިމާއަށް ބަލަހައްޓައިގެން ހުރީ ފޫހި ގޮތަކަށެވެ. ”ކީއްވީތަ މީހާރު؟” ޒަބީލު […]
މި މީހަކު އެެއްވެސް ވަރަކަށް ލަދުވެސް ނުގަންނަނީ ހެއްޔެވެ؟ ޔުމްނާ ހައްޔަރުކޮށްގެން ޔުމްނާއަށް ގެއްލުމެއް ދޭން މިއުޅެނީ ކީކޭ ހިތަށް އަރައިގެން ހެއްޔެވެ؟ ”ހޭނެ ކަމެއް ނެތް! އަހަރެންގެ ސުވާލަށް ޖަވާބު ދީ!” ޔުމްނާ އަޑަށް ބާރުލަމުން ބުންޏެވެ. އެ މީހާ މަޑުމަޑުން ހީލިއެވެ. އަދި މޫނުމަތި ނިވާކޮށްފައި އޮތް ފޮތިގަނޑު ނަގަން ފެށިއެވެ. *** 18 ވަނަ ބައި *** ޔުމްނާ ދެލޯ ބޮޑުވެފައި އިން ހާލު އެ މީހާގެ މޫނު ނިވާކޮށްފައި އޮތް ފޮތިގަނޑު […]
ހުސްނާގެ ދެލޯ ނިއްކުރިއަށް އަރައިގެން ދިޔައެވެ. ހަޅޭލަވަން އަނގަ ހުޅުވާލި ނަމަވެސް އެއްވެސް އަޑެއް ބޭރެއް ނުވިއެވެ. އެ އެއްޗެއް އެ އެތީގެ އަނގުރު ކުލައިގެ ދެލޮލުން ހުސްނާއާއި ދިމާއަށް ކަޅިވެސް ޖަހާނުލާ ބަލަހައްޓައިގެން ހުއްޓެވެ. ހަމައެވަގުތު މުދިންބެ މަޤްރިބު ނަމާދަށް ގޮވަން ފެށި އަޑު އިވެން ފެށިއެވެ. އެއާއެކީ އެ މަޚްލޫޤުވެސް ދުންގަނޑަކަށްވެ ގެއްލިއްޖެއެވެ. *** 17 ވަނަ ބައި*** ޔުމްނާ އިނީ އޭނާގެ ކޮޓަރީގައެވެ. އޭރުވެސް އޭނާ ބިރުން ތުރުތުރު އަޅަމުން ދިޔައެވެ. ޔަޤީނުންވެސް […]
ޔުމްނާ ދިޔައީ މާނޭވާލަމުންނެވެ. އަވަހަށް އެ 2 ގަނޑު ފޮތަށް ލެއްވުމަށްފަހު އެ ފޮތް ހައިވަކަރު ފޮށްޓަށް ލިއެވެ. އަދި އެ ފޮށި އެނދު ތަންދޮށުގެ އެންމެ ބިއްދޮށަށް ލުމަށްފަހު ކުރިން އެތަނުން ނެރުނު ކޮތަޅުތަކާއި ފޮށިތައް ހުރި ތަނަށް ލިއެވެ. އަދި އެންމެ ސިކުންތެއްވެސް ލަސްނުކޮށް ހުސްނާގެ ކޮޓަރިން ނުކުމެގެން ގޮސް ޔުމްނާ އޭނާގެ އަމިއްލަ ކޮޓަރިއަށް ދުއްވައިގަތެވެ. އޭރު ފަހަތުގައި ޔުމްނާގެ މި ހަރަކާތްތައް ބަލަން ހިޔަންޏެއް ހުއްޓެވެ. *** 16 ވަނަ ބައި […]
ތަޅުދަނޑި ފަތީގެ އެންމެ ފުލުގައި އިން ތަޅުދަނޑި ޔުމްނާ އެ ތަޅަށް ޖެހިއެވެ. އެންމެ ފަހުން އެ ފޮށި ހުޅުވުނެވެ. ޔުމްނާ އަވަސްއަވަހަށް އެ ފޮށީގެ މަތިގަނޑު ހުޅުވާލިއެވެ. ޔުމްނާގެ ހިތް ނުހުއްޓުނީ ހަމަ ކިރިޔާއެވެ. *** 15 ވަނަ ބައި *** ޔުމްނާއަށް އާގަމުވެފައި ފޮށިތެރެއަށް ބަލަން އިނދެވުނެވެ. ފޮށި ތެރޭގައި އެކި ފާޑުފާޑުގެ ތަވީދުތައް ހުއްޓެވެ. އެއްކައިރީގައި ތަވީދު ހުރިއިރު އަނެއް ފަރާތުގައި ހުރީ ފިޔޮއްސާއި ވޫލުން ހަދާފައި ހުރި ބުދުތަކެކެވެ. މި އެއްޗެހި […]
ހަމައެވަގުތު ފަތިސް ނަމާދުގެ ބަންގީގެ އަޑު އިވެން ފެށުމުން ފަރާ ތެދުވިއެވެ. “ވަރަށް ގިނަ އިރު ވާހަކަ ދެއްކިޖެދޯ. އަހަރެން އުންމީދުކުރަން މީގެ ފަހުން ޔުމްނާ އަހަރެންނަށް އިތުބާރުކުރާނެކަމަށް.” ފަރާ ބުންޏެވެ. ޔުމްނާ މަޑުމަޑުން ބޯ ޖަހާލިއެވެ. މިއާއެކީ ފަރާ ޣައިބު ވެއްޖެއެވެ. ޔުމްނާގެ ހިތުގައި އޭރު ފަރާއާއި މެދު ހިނގި ވަސްވާސްތައް މުޅިން ހިނގައްޖެއެވެ. އާ ހިތްވަރަކާއެކީ ހަވޭލީގެ ސިއްރު ހޯދުމަށް ޔުމްނާ އަވަސްވެގަތެވެ. *** 14 ވަނަ ބައި *** ޔުމްނާ އަވަސްއަވަހަށް ގޮސް […]
މަހްމޫދަށް ފަރާއަށް ވީ ގޮތް ފެނިފައި ހެވުނެވެ. ހަމައެވަގުތު އޭނާގެ އަތުގައި އޮތް ފިޔާތޮށި ކުލައިގެ ފިނިފެންމާ ފަރާއަށް ދިއްކޮށްލިއެވެ. ފަރާ ލަދުރަކި ގޮތަކަށް އެ ފިނިފެންމަލުގައި ހިފިއެވެ. “މިރޭ ފަރާ ހާދަ ރީއްޗޭ.” މަހްމޫދު ބުނެލިއެވެ. ފަރާގެ ކޯތާފަތް ރަތްވެގެން ދިޔައީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. “ޝު..ޝުކުރިއްޔާ” ފަރާ ހިނިތުންވުމެއް ރައްދުކޮށްލަމުން ބުންޏެވެ. މަހްމޫދުވެސް ހިނިތުންވެލިއެވެ. ނަމަވެސް އެ ވަގުތު އެތަނަށް ވެރިވެފައި އޮތް އަނދިރިކަމުގެ ތެރެއިން މަހްމޫދުގެ ތޫނު ފޭރާ ދަތްތަކެއް ފަރާއަަކަށް […]