“ޔުމްނާ ހިތަކަށް ނާރާތަ އަހަރެން އެހާ ޔުމްނާއާއި ވައްތަރުވީ ކީއްވެކަމެއް؟” ޒިންނީރާ މާނަ ފުން ގޮތަކަށް ސުވާލު ކުރިއެވެ. އޭގެ ރައްދުގައި ޔުމްނާ ބޯ ހޫރުވާލިއެވެ. އަދިވެސް ޔުމްނާ ހުރީ ވާހަކަ ދައްކަން ބޭނުން ނުވެފައެވެ. އެހެންކަމުން އޭނާ މުއާމަލާތު ކުރަމުން ދިޔައީ އިޝާރާތުންނެވެ. ޒިންނީރާ ފަސްޖެހޭ ފަދައަކުން ޔުމްނާގެ ކިލާވެފައިވާ އަތުގައި ހިފާލިއެވެ. “އެއީ….އަހަރުމެން ދެމީހުން މީ…..އެއް މާބަނޑު ދެކުދިން.” *** 30 ވަނަ ބައި *** ޔުމްނާގެ ބަސް ހުއްޓިގެން ދިޔައެވެ. ޔުމްނާ ނިކަން […]
ޔުމްނާ ވެލިގަނޑުގައި އަތް މުއްކަވާލިއެވެ. އަދި އެއަށްފަހު ވެލި މުށެއް ނަގާ އެ ހޫރުވާލިއެވެ. މިފަދައިން އަނެއް އަތުންވެސް އޭނާ އެހެން ހެދިއެވެ. އެހެން ހަދަމުން ބިންމަތީގައި ބޮޑު ވަޅެއް ކޮނުމަށްފަހު ޔުމްނާ އޭނާގެ ލެއާއި ކިލައިން ތަތްތެޅިފައިވާ އަތަށް ބަލައިލިއެވެ. އޭރު އޭނާގެ އަތުން ދިޔައީ ދިލަ ނަގަމުންނެވެ. ނަމަވެސް މި ވަގުތު ޔުމްނާގެ ހިތުގައި އެ ވޭން އިހްސާސް ކުރެވޭވަރަކަށް ހިތްވަރެއް ނެތެވެ. *** 29 ވަނަ ބައި *** ޔުމްނާ އެ އަނދިރިވެފައިވާ […]
“އަ…އަހރެންގެ މަންމަ…ކުރި ކަމަކަށް އަދަބު ދެ..ނީ….އަހަރެންނައްތަ؟” ތުރުތުރު އަޅާހާލު ޔުމްނާ ބުންޏެވެ. “ކަލޭ މަންމައަކީ ކަލޭ ހާ ގަމާރު މީހެއް ނޫން. އެހެންނޫނަސް ހުސްނާއަށް ކެތްވާނެތަ ކަލެއަށް އަނިޔާ ލިބޭ މަންޒަރު ބަލަން؟” އެ މަޚްލޫޤު ހެމުން ބުންޏެވެ. “އެކަމަކު އެނގޭތަ އެހާ ފަސޭހައިން ޔުމްނާއާއި އަހަރެން އަވަލެވި ގޮތް؟” އެ މަޚްލޫޤު ހުރިހާ ދަތްތަކެއް ދައްކަމުން ބުންޏެވެ. ޔުމްނާ އޭގެ ރައްދުގައި ބޯހޫރުވާލިއެވެ. އެ މަޚްލޫޤުގެ ހިނިތުންވުން ފުޅާވިއެވެ. އަދި ފަހަތަށް އިޝާރާތް ކޮށްލިއެވެ. ޔުމްނާގެ […]
“އަހަރެން މި ފޮތް ބެލި ފަހުން މީގައި ހުރި ކުރެހުންތަކުގެ ކުލަ މިވަނީ ގަދަވެފައި. ބޮޑަށް ލަފާކުރެވެނީ ކޮއިގެ މަންމަމެން ހެދި ސިހުރުގެ ނޭދެވޭ އަސަރު ކުރަނީހެން. އެ ރަނގަޅު ގޮތެއްގައި ދެމެހެއްޓިފައި ނެތުމުގެ ސަބަބުން އެ ސިހުރު އެ އުޅެނީ އަނބުރާ ހުސްނާއަށް ޖެހެން” ޞިއްދީޤު ފޮތުގެ ގަނޑުތައް އުކަމުން ބުންޏެވެ. *** 27 ވަނަ ބައި *** ހުސްނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ކީ..ކީކޭތަ ތި ބުނީ؟؟” ހުސްނާ އަޅައިގަންނަ ގޮތަކަށް އެހިއެވެ. “މި […]
ހުސްނާ ނޭފަތުގައި އަތް އަޅައިގެން ހުރެ ދާވަށިގަނޑުގެ މަތި ހިއްލާލިއެވެ. ސުބުހާނައްﷲއެވެ. ވަށިގަނޑުގެ ތެރޭގައި އޮތީ ތެތްކޮށް އޮތުމުގެ ސަބަބުން ކަންމޫޑުވެފައި ހުރި ޔުމްނާގެ އަންނައުނެވެ. ހުސްނާ އަނބުރައި ނުގަތީ ކިރިޔާއެވެ. ޔުމްނާގެ ކޮނޑުގައި ހިފާފައި ރަނގަޅަށް ތަޅުވާލަން ބޭނުންވިއެވެ. ނަމަވެސް ހުސްނާއަށް ދީފައިވާ އިންޒާރު ހަނދާންވުމުން އެތެރެއަށް ނޭވާއެއް ލުމަށްފަހު ދާވަށިގަނޑު ނެގިއެވެ. އޭރު ވަށިގަނޑުން ފެން ތިކި ޖަހަމުން ދިޔައެވެ. ހުސްނާ އަވސްއަވަހަށް ގޮސް އެ ވަށިގަނޑުގައި ހުރި އެއްޗެހި މެޝެނަށް އަޅާލިއެވެ. މި […]
ޔުމްނާއަށް ގެއަށް ވަދެވުނުއިރު ހެނދުނު 8 ޖަހާފިއެވެ. ތެތް ހެދުމާއެއްކޮށް ޔުމްނާ ހުރިގޮތައް ވަނީ ކޮޓަރިއަށެވެ. އަދި އެއަށްފަހު ފާހާނާއަށް ވަދެ ފެންވެރިއެވެ. ފެންވަރާ ނިމުމުން ތެތް ހެދުން ޔުމްނާ ދާވަށިގަނޑަށް އެއްލިއެވެ. އަދި އެއަށްފަހު އެނދުމައްޗަށް ވެއްޓިގަތުމަށްފަހު ނިދަން އޮތެވެ. *** 25 ވަނަ ބައި *** ހުސްނާ ކޮޓަރި ތެރޭގައި ދެކޮޅު ދެކޮޅަށް ހިނގަމުން ދިޔައެވެ. އޭނާގެ ޝައްކު މިހާރު ޔަޤީނަށް ބަދަލުވެއްޖެއެވެ. އޭނާގެ ދަރިފުޅު ޔުމްނާއަށް އެހެރީ ޖިންނި އަވަލާފައެވެ. ހުސްނާ ފުން ނޭވާއެއް […]
ކުއްލިއަކަށް ފާޚާނާ ތެރެއިން ފެންވެރޭ އަޑު އިވެންފެށިއެވެ. ޔުމްނާ އެ އުޅެނީ ފާހަނާގަތާއެވެ. ޔުމާން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ހަމަ އެ ވަގުތު ފާހަނާގެ ތެރެއިން ބަރު ހުނުމެއްގެ އަޑު ގުގުމައިގެން ދިޔައެވެ. އެ އަޑަށް ސިފިފައި ޔުމާން ހުއްޓުނެވެ. *** 24 ވަނަ ބައި *** ޔުމާންއަށް ހުރެވުނީ ގުޑިލަންވެސް ނޭނގިފައެވެ. ވާނީވެސް އެހެންތާއެވެ. އެ ގޭގައި ޔުމާން ނޫން އެހެން ފިރިހެނެއް ނޫޅޭނެއެވެ. ވީއިރު ފާހަނާގެ ތެރެއިން މި އިވުނީ ކާކުގެ ހުނުމުގެ އަޑެއް […]
ފުންމައިގެން ހުސްނާއަށް ތެދުވެވުނެވެ. އޭރު އޭނާގެ މުޅި ގައިން ހުރީ ދާ ހިއްލާފައެވެ. އޭނާގެ ނޭވާ ހަމައަކަށް އެޅެން ދެން އޭނާ މަޑުކޮށްލިއެވެ. ހުސްނާއަށް ފެނުނީ ހުވަފެނެއްގެ ސިފައިގައި އޭނާގެ މާޒީގެ އެއްބައެވެ. ހުސްނާ މަޑުމަޑުން ތެދުވިއެވެ. އަދި ފާރުގައި ލެނގިލިއެވެ. އޭގެ ފަހުން އެތައް ކަމެއް ހިނގައިފިއެވެ. އެތައް ކަމެއް ހުސްނާ ކޮށްފިއެވެ. އޭގެ ހިތި މިހާރުވެސް ހުސްނާގެ އަރުތެރޭގައި ލަމުން ދިޔައެވެ. ނަމަވެސް އަދިވެސް ހުސްނާގެ ހިތުގައި އަނދަމުން ދިޔަ ނަފްރަތާއި އަމިއްލަ އެދުންވެރިކަމުގެ […]
“ހުސްނާ އެ ޖިންނިއާއެއްކޮށް ކޮން އެއްބަސްވުމަކަށްތަ އެއްބަސްވީ؟” ޔައުޤޫބު އެހިއެވެ. ހުސްނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. “މި ގަޑީގައި އަހަރެންނަކަށް ތި ވާހަކަ ތަފްސީލުކޮށް ކިޔައިދެވޭކަށް ނެތް. އެކަމަކު…އަހަރެން އެއްބަސްވީ އޭނާގެ ފަރާތުން މަދަދު ލިބުމަށް.” ހުސްނާ ކޮޓަރި ތެރެއަށް ނަޒަރު ހިންގާލަމުން ބުންޏެވެ. “ކޮންޗެއް ހޯދަން؟” ޔައުޤޫބު ވަގުތުން އެހިއެވެ. “….އާރާއި ބާރު. މީހުންގެ ޤަދަރު. މީހުންގެ އިހްތިރާމް. މީހުންނަށް…އޮޅުވާލަން.” ހުސްނާ ބުންޏެވެ. *** 22 ވަނަ ބައި *** ޔައުޤޫބުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. […]