ޔުމްނާގެ ގެއާއި އަރާހަމަވުމުން ޔުމްނާ ރަޝާއަށް ހަނާއަޅާލުމަށްފަހު ގެއަށް ވަންނަން ދިޔައެވެ. “ޔުމްނާ”! ކުއްލިއަކަށް ރަޝާ ގޮވާލިއެވެ. ޔުމްނާ ފަހަތަށް ބަލާލިއެވެ. ރަޝާ ސިއްރުވެރި ގޮތަކަށް ދެފަރާތް ދެފަރާތަށް ބަލާލިއެވެ. އަދި ޔުމްނާގެ ކަންފަތް ބުޑުގައި އަތް އަޅާލަމުން ބުންޏެވެ. “މިރޭ ތާސްކުޅޭނަންތަ؟ އަފީފާއާއި ޒައިނަބުވެސް އަންނާނެ”. ރަޝާ އަހާލިއެވެ. ޔުމްނާ ވިސްނާލިއެވެ. އަދި ބޮލުގެ އިޝާރާތުން އާއެކޭ ބުންޏެވެ. “އެހެންވީމާ މިރޭ 11:30 ގައި. އަހަރެންގެ ގެއަށް އިނގޭ”. ރަޝާ ބުންޏެވެ. ******* 3 ވަނަ […]
ޔުމްނާ އަވަސްއަވަހަށް ފާޚާނާއަށް ވަނެވެ. މާގަނޑު ދޫކޮށްލއަިގެން ފެންވަރަން ހުރިއިރު އޭނާގެ ހިޔާލަށް އަންނަމުންދިޔައީ މިއަދު ހިނގި ކަންތައްތަކެވެ. ޔުމްނާއަށް ފެނުނު ހުވަފެން ހަނދާންވުމުން ޔުމްނާގެ ހިތުގެ ތެރެއަށް ބިރުވެރިކަން ވަދެގެން ދިޔައެވެ. އެ ހުވަފެން ފެންނަތާ ހަފްތާއެއް ވެއްޖެއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އެ ވާހަކަ މީހެއްގެ ކައިރީގައި ބުނަން ޔުމްނާ ފަސްޖެހެނީއެވެ. ޔުމްނާގެ މި ޚިޔާލުތަކުން ނުކުމެވުނީ ކުއްލިއަކަށް ފުރާޅުމައްޗަށް އެއްޗެއް ވެއްޓުނު އަޑަށެވެ. ***************************************************** ޔުމްނާ ދިޔައީ ސިއްސައިގެންނެވެ. އަވަސްއަވަހަށް މާގަނޑު ބަންދުކޮށްފައި […]
އާ ދުވަހަކަށް އިރު އަރައިފިއެވެ. ކޮޓަރީގެ ލޫވަތަކުގެ ތެރެއިން ފޭދިގެން އައި އިރުގެ ރަން ދޯދިތައް އެ ކޮޓަރީގައި ނިދާފައި އޮތް ޒުވާނާގެ މޫނަށް އެޅުނެވެ. އެ އަންހެން ކުއްޖާ ވަނީ ފުން ނިންޖަކުން ނިދާފައެވެ. އެ ޒުވާނާގެ މޫނުމަތިން ފެންނަމުން ދިޔައީ މައުސޫމު ކަމެވެ. ނަމަވެސް މާ ގިނައިރުތަކެއް ނުވެ ކުއްލިއަކަށް އެ ކޮޓަރީގެ ދޮރު ހުޅުވުނެވެ. އަދި މެދު އުމުރުގެ އަންހެނަކު އެ ކޮޓަރިއަށް ވަނެވެ. “ޔުމްނާ! ދަރިޔާ! އަވަހަށް ތެދުވޭ! މިއަދު ރަށަށް […]
ރެއަކީ ރަޖަބު މަހުގެ 15 ވަނަ ވިލޭރެއެވެ. މުޅި ރަށުތެރޭގައިވެސް ވަނީ އަމާންކަމެވެ. މަދުމަދުން ދޭތެރެއަކުން ރަފީގު ގޮވާ އަޑު އިވެއެވެ. ހޮޅިބުރީގެ އަލި ނެތް އެ ޒަމާނުގައި މަގުތައް މަތީގައި ރަސްކަން ކުރަމުން ދިޔައީ ހަނދުވަރުގެ ރިހި އައްޔެވެ. ދުރުދުރުން ބުޅަލެއްގެ ކޯޅުމުގެ އަޑުވެސް އިވެއެވެ. މިފަދަ ހަމަހިމޭން އަދި އަމާން ރެއަކު ވަލުފަރާތުގެ މަގުން ހުސްފަޔާ ހިނގާފައި މިދަނީ ކޮން އަންހެން ކުއްޖެއް ހެއްޔެވެ؟ އާދައިގެ ގޮތަކަށް ހުރި އެ އަންހެން ކުއްޖާ ހިނގަމުން […]