“ވިޝާލް” އަންހެން ކުއްޖާގެ އަނގައިން ހަމައެކަނި ބޭރުވީ އެ ލަފްޒެވެ.ޗޮކުލެޓް ކުލައިގެ ފަން އިސްތަށިގަނޑެއް ލާފައިހުރި ޒުވާނާގެ ފެހި ދެލޮލަށް ބަލަ ހައްޓައިގެން ހުރި އަންހެން ކުއްޖާގެ އަނގަތަން މިނަށް ހުޅުވައިގެން ހުއްޓެވެ.ކުއްލިއަކަށް އެ އަންހެން ކުއްޖާ ގައިގަ ހުރިހާ ބާރެއް ލާފައި ދުއްވައިގަތީ ދޮރު މަތީގައި ހުރި ވިޝާލް އާއި ދިމާއަށެވެ.ނަމަވެސް ނަސީބު ދިމާކުރި ގޮތުން ހަށިގަނޑުން ބެލެންސް ކަޓައިގެން ގޮސް ވެއްޓެން ދިޔަ އެއަންހެން ކުއްޖާއަށް ލޯ މަރާ ބާރުކޮށް ލެވުނީ ހަށިގަނޑު ގައި ހުރިހައި ބާރެތްލާފައެވެ. […]
ކުއްލި އަކަށް އެެއަރޕޯޓުން ނިކުންނަ ދޮރާއިދިމާއިން މީހަކު ވަރަށް ބާރަށް ދޮންބޭ އޭ ގޮވައިލި އަޑަށް އެވަގުތު އެތާތިބިހުރިހައި އެންމެންގެ ނަޒަރު ދޮރާއި ދިމާއަށް ހުއްޓުނެވެ.ހުރިހައި އެންމެން ނެކޭ އެތް ފަދައިން ޒުވާނާގެ ނަޒަރުވެސް ދޮރާ އިދިމާއަށް ހުއްޓުނެވެ.އެވަގުތު ޒުވާނަގެ ތުންފައި މައްޗަށް ހިނިތުންވުމެއި ވެރިވިއެވެ.ޗޮކުލެޓްކުލައިގެ އިސްތަށިގަނޑަކާއި މަޑުަ އަޅިކުލައިގެ ލޮލެއްލިބިފައިވާ، ފަތްމިންޏެއް ފަދަ އެރީތި އަންހެންކުއްޖާ އާއި ދިމާއަށް ހިނގައި ގަނެވުނުއިރު އަންހެން ކޯތާފަތް މައްޗަށް އެރީތި ދެލޮލުން ކަރުނަތަށް ހޯސްލާފައި ފައިބަމުން ދިޔައެވެ.ޒުވާނާ ދޮރާއި ހިސާބަށް […]
ރިއުވީ ކީވާން އާއި ލައުރާގެ އަތުގައި ހިފައި ސިޑިއާއި ދިމަލަށް ދިޔައެވެ. ޕާޓީ ތެރޭތިބި އެންމެން އޭރު ޓެރެސްއަށް ދަނީއެވެ. އެއެންމެންގެ ތެރެއިން ރިއުވީ ސިޑިން ތަންކޮޅެއް ހޯދައިގެން މައްޗަށް އަރަން ދިޔައެވެ. ނަމަވެސް ވަކި ހިސާބަކަށް ދެވުނުތަނަ ރިއުވީގެ އަތުން ލައުރާގެ އަތް ދޫވިއެވެ. ރިއުވީ ފަހަށް ބަލާލި ނަމަވެސް އޭނާއަކަށް ލައުރާއެއް ނުފެނުނެވެ. ލައުރާއަށްވެސް އެންމެންގެ ތެރޭގެ ރިއުވީ ގެއްލުނެވެ. މަޑުމަޑުން ފަހަތަށް ޖެހެމުން ގޮސް އޭނާ ފުރަތަމަ ފްލޯއަށް ފޭބިއެވެ. އެމީހުން ކުރިންވެސް […]
ހުޅުލޭ އެއަރްޕޯޓަށް ދެންމެ ޖެއްސި ފުލައިޓުން ފައިބައި ގެން އައި އެރީތި ޒުވާނާ ގެ ތުންފަތް މަތީވަނީ ރީތި ހިނިތުން ވުމެކެވެ.ޓާމިނަލްގެ ތެެރެއިން ފުރޭނިގެން މީހުން ތަކުގެ ތެރެއިން ނުކުއިން ޒުވާނާ ލާފައިހުރި ހުދުކުލައިގެ ގަމީހާއި އަރާފައި ހުރި ބޫޓު ނުހަނު ގުޅެއެވެ.ލާފައި ހުރި ގަމީހުގެ ތުނިކަމުން އެ ކަސްރަތީ ހަށިގަނޑުގެ ދޮންކަމާއި ރީތި ކަން ފާޅު ވޭވޭ ހުއްޓެވެ. އެ ފިރިހެން ވަންތަ ހިނގުމުގައި އެގުޒިޓް ޑޯރް އާއި ދިމާއަށް ދިޔަ އެރީތި ޒުވާނާ އަށް […]
” ޝީ ވޯޒް ކްރައިން ދޯ.. ” ކީވާން އިރުކޮޅަކު ހުރެލަފައި ބުނެލިއެވެ. ” ހޫމް. ވާން ކޯކް ބަލާ ދިޔަ ގަޑީގައި ރިވީ އެހީ ކިއްވެތޯ އޭނަ އެހާ ބިރުގަންނަނީ މީހުން ގިނަތަން ތަނުގައި.. އެއީ ހަމަ މެލްގެ ކަންތަކާ.. ލައު ބުނީ ލައު ރައްޓެހިވެގެން އިޅުނު ކުއަޖާވެސް ރުޅި ވިޔޯ އެކަމުގައި.. އޭނަގެ ފެމެލީވެސް.. ޝީ ހޭވް ނޯ ވަން.. ނޯ ފެމެލީ.. ނޯ ފްރެންޑްސް.. ޖަސްޓް އަސް.. އެކަމަކު އަދިވެސް ނޫޅެ ހަގީގަތް […]
” އުޕްސް.. ރައުދާން މަތިން ހަދާން ވެސް ނެތް.. ސޮރީ. ދަންތަ ޕާޓީއަށް؟” ކީވާންއަށް ރައުދާން އެތާ އިންކަން ހަދާންވީ ރައުދާން އޭނާގެ ކޮފީތަށި ތަންކޮޅެއް ބާރަށް މޭޒުމަތީ ބަންދާލުމުންނެވެ. ރައުދާން ބުމަ އަރުވާލީއެވެ. ސުވާލު ކުރީ ކާކާކަމެއް އޭނާ އަކަސް ނޭނގުނެވެ. ” މިބުނީ ރައުދާން ” ކީވާން އިތުރު ކޮއްލިއެވެ. ” ހީ އިޒް ގޮއިން.. އެހެން ނޫނީ ކިހިނެއް ލޯރާއަށް ތަނެއް ދޮރެއް އިނގޭނީ.. މިތާ އުޅޭ ކުދިން އިންޓްރާ ކޮއްދެން ޖެހޭނެއެއްނުން. […]
“ވަދޭ..” ކެބިންތެރެއިން ބަރު އަޑެއްގެ ވެރި ފިރިހެނަކު ބުނެލިއަޑުއިވުނެވެ. ސަލެނާ މިނިޓެއްވެސް ބޭކާރު ކޮއްނުލައި އެތެރެއަށް ވަނެވެ. ލައުރާ ސަލެނާގެ ފަހަތުން ވަނެވެ. ” ސަރ.. މީ ސަރ ގެ ޕީއޭ..ލައުރާ..” ސަލެނާ ލައުރާގެ ތައާރަފެއް ދީފައި އަވަހަށް ނިކުތެވެ. ސަލެނާ ދަންދެން ރައުދާން އިނީ އިސްޖަހައިގެންނެވެ. ސަލެނާ ދިޔުމުން ރައުދާން ލައުރާއަށް ބަލާލިއެވެ. އަދި ކުރިމަތީ ހުރި ގޮޑި ދައްކާލަމުން އިށީންނާށޭބުނެލިއެވެ. ލައުރާ އިށީނުމުން ރައުދާން އޭނާގެ ވާހަކަފެށިއެވެ. ” އަޅުގަނޑަށް ކިޔަނީ ރައުދާން.. ތީ […]
ލައުރާ ގެއިން ނިކުމެގެން އާޓިފިޝަލް ބީޗަށް ދިޔައެވެ. ބީޗްގައި ހުރި ބެންޗު ތަކުގެ ތެރެއިން މީހުންނަށަ އެންމެ ނުފެންނަގޮތަށް ހުރި ބެންޗުގައި އިށީނެވެ. ހެޑްސެޓް ނަގާ އޭނާއަށް އެންމެ ރީތި ލަވަ ޖަހާލިއެވެ. ދެލޯމަރައިލައިގެން އިނީ ލަވައިގައި ކިޔަމުން ދިޔަ ބައިތުތަކުން އޭނާގެ ހިތަށް އަސަރު ކުރުމުންނެވެ. އެހެން އިންއިރު ވިސްނެމުން ދިޔައީ އޭނާގެ މާޒީއާއި މެދުއެވެ. ” އޭއި.. ލައުރާ.. ލައުރާ.. ލާ..އޫ..ރާ..” ކުއްލިއަކަށް ލައުރާގެ ކުރިމައްޗަށް އަންހެން ކުއްޖަކު އައިސް ހުއްޓުނެވެ. ލައުރާ ލޯ […]
“އިއްޔެ އަލަށް އައިމަދޯ އަވަހަށް ފިލާ ރައްކާއެވީ… ހެހެހެ.. ސޮރީޔޯ.. ” އައުސް އަމިއްލަ ނަފުސަށް އަޑުއިވޭ ވަރަށް ބުނެލިއެވެ. ހިނގުނު އެންމެ ބާރަކަށް ލައުރާ ހިނގަމުން ދިޔައެވެ. ވަކި ހިސާބަކުން ކާރަކަށް އަރައިގެން ގެއާއި ދިމާއަށް މިސްރާބުޖެހިއެވެ. ގެއަށް ދެވުމާއިއެކު އޭނާ ބެލީ ކޮޓަރިއަށް ވަދެވޭތޯއެވެ. ކާކުގެ ނަސީބެއް ކަމެއް ނޭނގެއެވެ. ކޮޓަރި ދޮރުގައި ހިފާލިތަނާ ޒައިކަލްއަށް ފެނުނެވެ. “ލައު.. ކޮންތާކަށް ގޮއްސަ؟؟” ޒައިކަލް ގާތްގޮތަކަށް އަހާލިއެވެ. ” ހިނގާލަން.. ކޮބާ ދޮންބެމެން؟؟” ލައުރާ ޖަވާބު […]