“ލައު ރޮނީތަ؟؟؟” ގިސްލެވުމުގެ އަޑުއިވުމުން އެންމެ ކައިރީ އިން ޒައިކަލް އަހާލިއެވެ. ލައުރާ ފޮރުވާކަށް ނޫޅުނެވެ. އަޑުންއަޑުނަގައި ރޮއެގަތެވެ. އަދި ދެއަތް ނަގާ މޫނުގައި އެޅުމަށްފަހު ގޮޑިން ތެދުވެ ކޮޓަރި އާއި ދިމާއަތް މިސްރާބުޖެހިއެވެ. ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. “ކިހިނެއް އެވީ؟؟؟” ޒައިކަލް މާޝާ އާއި ޝާއިންގެ މޫނަށް ބަލާލިއެވެ. އެމީހުންގެ މޫނުން ފެނުނު ކުލަވަރު ވަކި ކުރާކަށް ޒައިކަލްއަކަށް ނޭނގުނެވެ. ކެއުމަގެން ކުރިއަށް ދިޔައިރު އެކަކުވެސް ދެން ވާހަކައެއް ނުދަކައެވެ. ދޮރު ތަޅުލެވުމާއިއެކު ލައުރާ […]
ލައުރާ ދޮރުން އެތެރެއަށް ވަނުމާއި އެކު ކުޑަ ކުއްޖަކު އައިސް ލައުރާގެ ގައިގާ އޮޅުލައިގަތެވެ. އަދި ދޮންތާ އޭ ކިޔާ ގޮވާލިއެވެ. “ޝައިކާ.. ކިއުޓީ ކޮބާ ޖީޝަލް؟” ލައުރާ އެކުޑަ ކުއްޖާ އުރާލަމުން ބުނެލިއެވެ. “ޖީޝް ބަލި. ދޮންތި ގެނައިންތަ އިއްކުއަށް ގިފްޓް؟” ޝައިކާ ލައުރާގެ އިސްތަށިގަނޑާ ކުޅެލަމުން ލޯބިގޮތަކަށް އަހާލިއެވެ. ވަގުތުން ލައުރާ ބޯޖަހާލީ އެއްބަސް ވުމުގެ ގޮތުންނެވެ. ” ލައު.. މީ ލައުގެ ކޮޓަރި އިނގޭ.. އެރޫމް އާއި ޖެހިގެން އެހުރީ ޒައިކަލްގެ ކޮޓަރި. […]
ކަނޑުގެ ރާޅުތައް ދެފަޅި ކުރަމުން އައި ލޯންޗު މާލެ އާއި ކައިރި ކޮއްލިއެވެ. މީހުންތައް ފައިބާ ހުސްވުމުން ލައުރާވެސް ލޯންޗުން ފައިބަން ދިޔައެވެ. އޭނާ ހުރީ ދިގު ދަތުރެއްކުރުމުގެ ސަބަބުން ވަރުބަލި ވެފައެވެ. ބޮލުގާވެސް ކޮންމެސް ވަރަކަށް ރިއްސައެވެ. މަޑުމަޑުން ލޯންޗުން ފައިބާގެން ކާރެއް އަތުޖެހޭތޯ މަގުގެ އެއްފަރާތެއްގައި މަޑު ކޮއްލިއެވެ. ކާރެއް ލިބުނީ މަގުމަތީ ފަސްވަރަކަށް މިނެޓު މަޑުކުރިފަހުންނެވެ. ގޭގެ ނަން ބުނުމަށް ފަހު މާލޭގެ މަގު މައްޗަށް ނަޒަރު ދީގެން އިނެވެ. ގެއާއި ހަމައަށް […]