Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ކެތްކުރިން ކުރަން އަދިވެސް ކުރާނަން….4

Maikaa Level 310 Stories100 Comments100 Login
February 21, 2018 3 Mins Read
21 Comments

“އިއްޔެ އަލަށް އައިމަދޯ އަވަހަށް ފިލާ ރައްކާއެވީ… ހެހެހެ.. ސޮރީޔޯ.. ” އައުސް އަމިއްލަ ނަފުސަށް އަޑުއިވޭ ވަރަށް ބުނެލިއެވެ.
ހިނގުނު އެންމެ ބާރަކަށް ލައުރާ ހިނގަމުން ދިޔައެވެ. ވަކި ހިސާބަކުން ކާރަކަށް އަރައިގެން ގެއާއި ދިމާއަށް މިސްރާބުޖެހިއެވެ. ގެއަށް ދެވުމާއިއެކު އޭނާ ބެލީ ކޮޓަރިއަށް ވަދެވޭތޯއެވެ. ކާކުގެ ނަސީބެއް ކަމެއް ނޭނގެއެވެ. ކޮޓަރި ދޮރުގައި ހިފާލިތަނާ ޒައިކަލްއަށް ފެނުނެވެ.
“ލައު.. ކޮންތާކަށް ގޮއްސަ؟؟” ޒައިކަލް ގާތްގޮތަކަށް އަހާލިއެވެ.
” ހިނގާލަން.. ކޮބާ ދޮންބެމެން؟؟” ލައުރާ ޖަވާބު ދީފައި ޝާއިންމެން މީހަކު ފެންނަން ނެތުމުން ސުވާލުކޮއްލިއެވެ.
” ނެތް އެކަކުވެސް.. ސިސް އެން ބްރޯ ވެއްޖެ ޖޮބްއަށް ގޮސް… ޖީޝް އެން އިއްކު ސުކޫލްގައި.. ވަރަށް ފޫހިވޭ އެބަ.. ހިނގާބަލަ މަޖާކަމެއް ކޮއްލަން..” ޒައިކަލް މާނަފުން ގޮތަކަށް ލައުރާއަށް ބަލާލިއެވެ. ޒައިކަލްއެބުނި އެއްޗަކުން ލައުރާ ސިހުނެވެ.
” ޒައި..ކަލް.. ލައު.. ވެއް..ޖެ.. ބޭރަށް.. ދަ..ދާން.. އެ..އެއް..ޗެއް ބަލާ މި.. މިއައީ…” ލައުރާ ބިރުން ހުރެ ބުނެލިއެވެ. އޭރު އަޑު ތުރުތުރުއަޅައެވެ.
“އެހެންތަ؟؟ ސިސް ބުނީ ލައުއަށް ކާންދެން ޗޯ… ވަރަށް ލޯބިކޮން ކާން ދޭނަމޭ.. ކީއްކުރަން ތި ބުރުގާގަނޑު ނެގީކީ؟؟ ތި ރީތިކަން އަހަރެންނަށް ދައްކަންތަ؟؟” ޒައިކަލް ލައުރާގެ ގައިގާ ބައްދާލިއެވެ.
އެވަގުތު އެޕާޓުމަންޓުގެ ދޮރަށް ތަޅުދަނޑި ޖެހިއަޑުއިވުންވެ. ޒައިކަލް ލައުރާ ދޫކޮއްލީ ކުއްލިއަކަށެވެ. ހަމަ ދޫކޮއްލުމާއިއެކު ލައުރާ ޒައިކަލްގެ މޫނުމަތީ އަތުގައި ހުރި ބާރެއް ލާފައި ޖެހިއެވެ. އަދި ސިކުންތެއްވެސް ބޭކާރުކޮއްނުލައި ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ. ޒައިކަލް ހުރީ ހުއްޓުން އަރާފައެވެ.
” ޒައިކަލް.. ކީއްކުރަނީ ލައު ކޮޓަރި ކުރިމަތީ؟؟”މާޝާގެ އަޑު އިވުމުން ޒައިކަލް ދިޔައީ ތެޅިގަނެގެންނެވެ.
” ކަމެއް ނުކުރަން..” ކުރު ޖަވާބެއްދީފައި ޒައިކަލްވެސް އޭނާގެ ކޮޓަރިއަށް ވަނެވެ. ޒައިކަލް އޭނާގެ ކޮޓަރިއަށް ވަންއަޑު އަހާފައި ލައުރާ ނިކުތެވެ. އަދި މާޝާއަށް ހިނިތުންވުމެއް ދީފައި އަވަހަށް ގެއިން ނިކުތެވެ.
” އައުސް.. ކީއްކުރަން މިއޮއްފަދަ ގަޑިއެއްގައި އަހަރެން މިތަނަށް ގެނައީ؟؟؟” އަރާން ގޮނޑިއެއްގައި އިށީންނަމުން އަހާލިއެވެ. އޭނާ ހުރީ ކުނިމޫނުހަދައިގެންނެވެ. މިއީ އޭނާ ނިދާ ގަޑިއެވެ.
” ޝީ އިޒް ބެކް… މިއަދު ފެނުނު.. އިނގޭތަ ބުރުގާވެސް ނަގާފަހުރީ!!!” އައުސް އަތުގައި ހުރި ކޮފީތަށިން ކޯވަރެއްބޯލަމުން ބުނެލިއެވެ. އޭރުވެސް އޭނާ އިނީ ލައުރާ ގޮވައިގެން ވަން ރެސްޓޯރެންޓުގައެވެ. ލައުރާ ދިޔަފަހުން މިހާރު އެއްގަޑިއިރު ވަނީއެވެ.
” ކާކު އައިސްގެންތަ ތިއުޅެނީ؟؟ ލީކާތަ؟؟” އަރާން ޖެއްސުން ކުރާ ފާޑަކަށް އަހާލިއެވެ. ލީކާ އެއީ އައުސް ރައްޓެހިވެގެން އުޅޭކުއްޖާއެވެ. މިހާރު އޭނާވީ ލަންކާގައެވެ.
” ސާބަސް އަރާން.. ލެކް އެއްނޫނޭ. ލަ.. ލައުން.. ލައުނާ އޭ.. ޔާ ލައުނާ އިޒް ބެކް..” އައުސްއަށް ލައުރާގެ ނަން ހަނދާނެއް ނުވިއެވެ.
” ލައުނާ އޭ.. ތިހެންވިއްޔާ ހާދަ ލައުނަތެއް އޭނާއަށް ލިބޭނޭ ދޯ.. ލައުން އެއީ ޔޯ ސީކްރެޓް ޖީއެފްތާ.. ތި ކަޑައޭ ބުރޯ… ” އަރާން އަދިވެސް ސީރިޔަސް އެއް ނުވިއެވެ.
” އެއީ.. އަމް.. ލައު އޭ.. ޔޯ ލައު.. މެ.. މެލްސް ލައު.. ” އައުސް ނުބުނަން އުޅެފައިވެސް އެންމެފަހުން ބުނެލިއެވެ. އަދި އިސްޖަހާލިއެވެ. ދެން ދެމިގެން ދިޔައީ ހިމޭން ކަމުގެ ސުކޫތެކެވެ.
” ލައުރާ ” އިރުގަނޑެއް ފަހުން އަރާންއަށް ކިޔާލެވުނެވެ.
” ޔާ.. ލައުރާ.. ނަން ހަނދާން ނެތުނިއްޔޭ…” އައުސް މަޑުމަޑުން ބޮލުގައި ޖަހާލަމުން ހީލިއެވެ. ނަމަވެސް އަރާންގެ މޫނުމަތިން ފެންނަނީ ސިރިޔަސް ކަމެވެ. ” ކޮން އިރަކު އައީ؟؟” މަޑުމަޑުން ބުންޏެއް ކަމުން އަރާންގެ އަޑުގައި ރުޅިވެރިކަންވެއެވެ.
” ހޭ.. އަރާންއެއް ނޫން ކަންނޭނގެ ރުޅިއަންނަންވީކީ.. މެލް ވޯޒް މައި ގާލް. ދެން ހީވަނީ އޭނަ އައީ އިއްޔެހެން..” އަރާން ރުޅި އައިއްސައި ހުރުމުން އައުސް މަޑުމަޑުން ބުނެލީ އަރާން ރުޅި މަޑު ކުރެވޭތޯއެވެ.
” ދެން ތި ލައުރާއެއް ފެނިއްޖެއްޔާ ކީއްކުރަން މަ ކައިރީ ބުނަންވީކީ؟ އައުސް ކީކޭތަ ހީކުރީ. ހަމަ ރަނގަޅަށް އިނގޭނެ މަ މި އުޅެނީ ރިލޭޝަންއެއް ގައި ކަން. ލައުރާ އައިމަ މަ ވީ ސަލެނާ ޑިޗް ކޮއްފަ އެއަންހެނާ ކައިރިއަށް ދާންތަ؟” އަރާން ހީވީ ފަޅައިގެން ދިޔަހެންނެވެ.
” ނޫން.. މަ ބޭނުމީ އަރާންގެ ހެލްޕް.. މަށަށް ހަމަ ހީވަނީ އޭނަ އިނޮސެންޓް ހެން. އެހެންވެ އެއްނުން ޕޮލިހުންވެސް އެކަންކުރީ އޭނައެއް ނޫނޭ ބުނާނީ.. ހިންގާބަލަ މިކަން ތަންކޮޅެއް ކޮނެލަން.” އައުސް އާދޭހުގެ ރާގަކަށް ބުނެލިއެވެ.
” ހޫމް. ވަޓްއެވާ.. ޔޯ ޗޮއިސް. ދުވަހަކުވެސް މަ ބުނާ ގޮތެއް ހަދާ މީހެއި ނޫން ވިއްޔަ. އެއްބަސް ވިޔަސް ނުބުނާތި ވާހަކަ ދައްކާށޭ. އެ އަންހެނާގެ ކުރިމައްޗަށް އަރާށޭ… މަ ބޭނުމެއް ނޫން އޭނަ މަށަށް ފެންނަންވެސް. އެގޮތުގެ މަތިން އެހީ ވެވިދާނެ..” އަރާން ތުން ދަމާފައި އިނދެ އައުސްއަށް އެހީވާން އެއްބަސް ވިއެވެ.
” ޔެސް އެން ނޯ.. ވާހަކަ ނުދެއްކިޔަސް ހެޔޮ. އެކަމަކު….” އައުސް ބުނެ ނުނިމެނިސް އަރާން ‘ވަޓް’ އޭ ބުނެލިއެވެ. އައުސް އަރާންއަށް އޭނާގެ ޕްލޭން ކިޔައިދިނެވެ. އަރާން އެކަމަށް ދެކޮޅުނުހެދީ އެހީވާނެކަމަށް އެއްބަސް ވެވުނީމައެވެ.
ލައުރާ ގެއިން ނިކުމެގެން އާޓިފިޝަލް ބީޗަށް ދިޔައެވެ. ބީޗްގައި ހުރި ބެންޗު ތަކުގެ ތެރެއިން މީހުންނަށަ އެންމެ ނުފެންނަގޮތަށް ހުރި ބެންޗުގައި އިށީނެވެ. ހެޑްސެޓް ނަގާ އޭނާއަށް އެންމެ ރީތި ލަވަ ޖަހާލިއެވެ. ދެލޯމަރައިލައިގެން އިނީ ލަވައިގައި ކިޔަމުން ދިޔަ ބައިތުތަކުން އޭނާގެ ހިތަށް އަސަރު ކުރުމުންނެވެ. އެހެން އިންއިރު ވިސްނެމުން ދިޔައީ އޭނާގެ މާޒީއާއި މެދުއެވެ.
” އޭއި.. ލައުރާ.. ލައުރާ.. ލާ..އޫ..ރާ..” ކުއްލިއަކަށް ލައުރާގެ ކުރިމައްޗަށް އަންހެން ކުއްޖަކު އައިސް ހުއްޓުނެވެ. ލައުރާ ލޯ ހުޅުވާލީ އެކުއްޖާ ގޮވާ ގޮވާ ވަރުބަލިވިފަހުންނެވެ. ލައުރާ ލޯ ހުޅުވާލުމާއިއެކު އެކުއްޖާ ލައުރާގެ ގައިގާ ބައްދާލިއެވެ. ލައުރާއަސް ލިބުނީ ޝޮކެކެވެ.
” ހޭއި.. ލައުރާ؟؟ ކީއްވެ ވާހަކަ ނުދައްކަނީ؟؟” އެއަންހެން ކުއްޖާ ލައުރާ ތަޅުވައިގަތެވެ.
” ރިވީ.. އެކުއްޖާ ނުތަޅުވަބަލަ.. މިސާލަކަށް އޭނާ ތި ކިޔާ ‘ލައުރާ’ އަކަށް ނުވިއްޔާ ކީއްކުރާނީ؟؟ ފާޑެއްގެ މޮޔަ އަންހެން ކުއްޖަކު އައިސް ގަޔަށް ބޮލަށް އެރީމަ އޭނާ ގޮސްދާނެ ޕޮލިހަށްވެސް. އޭރުން ތި ލައުރާއަކަށް ރިވީ ފެންނާނީ ކުޑަގޮޅިން. އެހެން ނޫނީ ރިވީ މެރީވެސް ކުރަން ޖެހިދާނެ އެތަނުގަ.. ސަޅި ވާނެ ދޯ.. ވެޑިން ޕާޓީ ޖަލުގައި ބާއްވަން.. ” އަންހެން ކުއްޖާ އާއި އެކު ހުރި ފިރިހެން ކުއްޖާ ބުނެލިއެވެ.
” ހޫން.. ވާން ވެސް ދޯ.. ރިވީ ހުންނާނީ ބޮޑު ގޮޅީގައި..އޭރުން…….” އަންހެން ކުއްޖާ އަނެއްކާވެސް ލައުރާ ތަޅުވާލަމުން ބުނެލިއެވެ.
” ރިއުވީ…” ވަރަށް މަޑުމަޑުން ލައުރާ ކިޔާލިއެވެ.

Share Article

Follow Me Written By

Maikaa

Level 310 Stories100 Comments100 Login

Other Articles

Previous

ޝީން (ހަތްވަނަބައި)

Next

އިންތިހާ – 12

Next
February 21, 2018

އިންތިހާ – 12

Previews
February 21, 2018

ޝީން (ހަތްވަނަބައި)

21 Comments!

  1. shaha says:
    February 21, 2018 at 3:21 pm

    Me first

    1. Maikaa says:
      February 21, 2018 at 5:14 pm

      yay.. shaha is first..

  2. shaha says:
    February 21, 2018 at 3:22 pm

    Very nice

    1. Maikaa says:
      February 21, 2018 at 5:15 pm

      thanks

  3. Mai says:
    February 21, 2018 at 3:54 pm

    V reethi.. ekm thankolheh kury.. hope next part ga thankolheh dhigu khllaane kmh.. dhnn thankolheh avahah part thah up khlladhyba mai.. loves.. story v nice

    1. Maikaa says:
      February 21, 2018 at 5:17 pm

      thanks.. aslu las v Mik bali v ma nuliyevunii.. thanks again..

  4. Pinky shifoo says:
    February 21, 2018 at 9:00 pm

    Mi part vx as usual v reethi ???… V interesting ingey ???… Hope kuran next part v avahah n dhigukoh kiyaalan libeyne kamah ???

    1. Maikaa says:
      February 22, 2018 at 7:35 am

      thanks.. inshaa allah i will try next bai dhigu kureveythwww

  5. Xxxx says:
    February 21, 2018 at 9:15 pm

    Nice dear

    1. Maikaa says:
      February 22, 2018 at 7:36 am

      thankxx

  6. bull shit?❤????✌ says:
    February 21, 2018 at 10:37 pm

    Keh kuraane kameh neiy dhn vaahaka nimmaalabe dhw✌? kurukamun mi heevany ma kokko liyefa hunna kudhi kudhi vaahaka hen?lol. Kalo gayaa

    1. Maikaa says:
      February 22, 2018 at 7:44 am

      tuh.. tuh.. no patience dhww. dhen kiyaa iru heekohlaa mii ur kokki liyefa oi story ekey.. n allah vodigen vanii kehtherinaa ekugaa

    2. Maikaa says:
      February 22, 2018 at 2:35 pm

      btw thanks for the comment..

  7. ?? says:
    February 21, 2018 at 10:39 pm

    nice❤

    1. Maikaa says:
      February 22, 2018 at 7:44 am

      thanks

  8. lulaby says:
    February 22, 2018 at 3:59 pm

    varah reethi but kurii. unmeedhu kuran next part dhigu kuraane kamah

    1. Maikaa says:
      February 23, 2018 at 4:07 pm

      thanks

  9. kallen says:
    February 22, 2018 at 4:00 pm

    intrestin..

    1. Maikaa says:
      February 23, 2018 at 4:08 pm

      thanks

  10. redish says:
    February 22, 2018 at 4:02 pm

    nice

    1. Maikaa says:
      February 27, 2018 at 3:18 pm

      thanks

Comments are closed.


All Right Reserved!