ހެދުން ބަދަލު ކޮއްގެން ލުޔާ ނިކުތް އިރު އަރީފު އިނީ ސޯފާގައެވެ. ދެންމެ ހިނގާދިޔަ ހާދިސާއާމެދު ލުޔާ ހުރީ އަދިވެސް ލަދު ގެންފައެވެ. އެހެނަސް އަރީފަށް އެ މަންޒަރު ނުފެންނަ ކަމަށް ނިންމައި ލުޔާ ހިނގައިގަތެވެ. އޭނާ ގޮސް އިށީނީ އަރީފު އިށީނދެގެން އިން ސޯފާއާއި ޖެހިގެން އިން ގޮނޑީގައެވެ. “ލުޔާ އޯކޭތަ؟” ލުޔާއާއި ދިމާލަށް އެނބުރިލުމަށްފަހު އަރީފު ކުރީ ސުވާލެކެވެ. “ހްމމމ، ކީއްވެ ލުޔާ އޯކޭ ނުވާންވީ…؟ އަރީ އޯކޭތަ؟” ޖަވާބު ދިނުމަށްފަހު ލުޔާވެސް ސުވާލުފަށެއް […]
*އައި ހޯޕް ސޯ ޓޫ… ލިއު ހާދަ ބިރެއް ގަތޭ މިއަދު.. ޔާއްކޮ އަތުގައި ހިފިއިރު ހީވީ ހަމަ އަލިފާނުގަ އަތްލެވުންހެން* ލިއުޒާ މެސެޖު ފޮނުވާލި ވަގުތު ދޮރުގައި ޓަކި ޖަހާލުމަށްފަހު ކޮޓަރިއަށް ވަދެގެން އައީ އަރީފެވެ. “ނިދިފަ ދޯ..” ލުޔާ އޮތް އެނދާއި ޖެހިގެން އިން ގޮނޑީގައި އިށީންނަމުން އަރީފު ވާހަކަ ދެއްކީ ލިއުޒާ އާއި އެވެ. “ހްމމމ.. ” އަތް ދަބަހަށް ފޯނު ކުމަށް ފަހު ލިއުޒާ ބުންޏެވެ. އަރީފު ބްރޭކް ނިމުމުން އޮފީހަށް […]
އަރީފު އެ ގެއިން ނިކުމެގެން ދިޔައީ ލުޔާގެ ރުއިމުގެ އަޑު މުޅިން ކެނޑި ހަމަހިމޭން ވުމުންނެވެ. އޭނާ ނިންމީ މާދަމާ އޮފީހުން ދިމާވުމުން ލުޔާ އާއި ވާހަކަ ދައްކާށެވެ. ލުޔާއަށް ވެގެން އުޅޭ ގޮތުގެ ހަގީގަތް ހޯދުމަށް އަރީފު އަޒުމް ކަނޑައެޅިއެވެ. ރޮއެ ރޮއެ ގޮސް ލުޔާގެ ދެ ލޯ ވަނީ ދުޅަވެފައެވެ. ކަރުނަތައް ހުއްޓިފައި ވީނަމަވެސް އަދިވެސް އޭނާއަށް ގިސްލެވެއެވެ. ހުރިހާ ކަމެއް ހިތުތެރޭގައި ފޮރުވައިގެން އުޅޭތާ ލައްކަ ގިނަ ދުވަސް ވެއްޖެއެވެ. ދެނެއް ކެތެއް […]
ސައިޑް ޓޭބަލް މަތީގައި ފޯނު ބޭއްވި އިރު އޭނަގެ އަތްފައި ވަނީ ފިނިވެފައެވެ. މިރޭވެސް އޭނާގެ ހުވަފެންތަކުގެ ތެރެއަށް ބިރުވެރިކަން ފާއްދާލާނެއެވެ. އެވަރަށް އޭނާގެ ހިތްވަނީ ނުތަނަވަސް ވެފައެވެ. **** ހެނދުނު ހައެއް ނުޖެހި ކަމުގައި ވިޔަސް ގޭތެރެ ފެންނަނީ ހަލަބޮލިކޮށެވެ. އޮފީހަށް ދިޔުމައްޓަކައި އެއްބަޔަކު ތައްޔާރު ވަމުން ދިޔައެވެ. އަނެއްބަޔަކު އުޅުނީ ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމުގައެވެ. އޮފީހަށްދާން ތައްޔާރުވެގެން އަހުނަފް އޭނާގެ ކޮޓަރިން ނިކުތީ ފޯނަށް ގެއްލިފައި ހުރެގެންނެވެ. ބަދިގެ ތެރެއިން މަންމަ ގޮވާލުމުން […]
“އޭ މިރޭ މީ އަރީފުގެ ޓްރީޓެއް ދޯ؟” ޖޭޒް ކެފޭގެ މޭޒު ދޮށުގައި އިށީންނަމުން ޔިވާމް ވާހަކަ ދެއްކިއެވެ. އޭރު އަރީފް އަދި އަހުނަ އޯރޑާރ ކޮށް ނިމިއްޖެއެވެ. “ތިހެންނޯ.. ދެންވެސް އަވަހަށް އޯރޑަރ ދޭންވީނު…” ޔިވާމް އަތަށް މެނޫ ދިއްކޮއްލަމުން އަހުނަފް ވާހަކަ ދެއްކިއެވެ. ކޮފީގައި ތިބެގެން ތިން ރަހުމަތްތެރިން ދިޔައީ އެކި އެކި ވާހަކަތައް ދައްކަމުންނެވެ. ޔިވާމް އާއި އަހުނަފް ކޮންމެވެސް މަޖާއެއްޗެއް ބުނުމަށްފަހު ހިނިގަނޑެއް ޖަހާލިއެވެ. ނަމަވެސް ފޯނަށް ގެއްލިފައި އިން އަރީފަށް […]
“ދެކުދިންވެސް ރޭގަ ނުނިދަންދޯ؟ ބަލާބަލަ ތިހިރަ ލޯ ތަކެއް! ހީވަނީ މަގުމަތީގަ އުޅޭ ސޮރުންގެ ލޯހެން…” ހައުފާ ވާހަކަ ދެއްކީ ލިއުޒާމެން ދެބެއިންނާއެވެ. ސައިބޯން ތިބިއިރު ދެބެއިންވެސް ތިބީ ނެގިމަޑުވެފައެވެ. މަންމައަށް ޖަވާބެއްކެ ގޮތުން ހިނިތުންވުމެއް ރައްދުކޮއްލިއެވެ. ނަމަވެސް އިތުރު ވާހަކައެއް ނުދައްކައެވެ. ފެންނަ ފެނުމަށް ހީވަނީ އެ ދެމީހުންވެސް ބޮޑު ފިކުރެއް ކުރަނީ ހެންނެވެ. “މާދަމާ ލުޔާ އޮފީހަށް ނިކުންނަން ދޯ؟ ހެދުމާ އެއްޗެހި ރެޑީ ކުރީތަ؟” ކޮފީތަށި ހިފައިގެން އައިސް މޭޒު ދޮށުގައި އިށީންނަމުން […]
“ޔާއްކޮވާނީ އަރީގެ ބޮސްއަށް ދޯ…!” ހިނިގަނޑެއް ޖަހާލަމުން ލިއުޒާ ބުންޏެވެ. މި ހުރިހާ ވާހަކައެއް ދެއްކިއިރު ލުޔާ އަނގައިންވެސް ބުނެނުލައެވެ. ނަމަވެސް ކޮންމެފަހަރަކުވެސް ހީލާފައި ބޯޖަހާލައެވެ. **** ވާރޭ ނުވެހުނެއްކަމަކު އުޑުމަތި ފެންނަނީ ވަރަށް ބަނަކޮށެވެ. ވައިގަދަވެފައި މުޅި ޖައްވު ވަނީ އަނދިރިކޮއްލާފައެވެ. ޖޯލިފަތީގައި އޮށޯވެގެން އޮތް ލުޔާ އޮތީ ލޯމެރިފައެވެ. ޖެހެމުންދާ ވައިރޯޅިތަކާއެކު އޭނާގެ އިސްތަށިގަނޑު ވަނީ މުޅި މޫނު މައްޗަށް ވިހުރިފައެވެ. މަޑު ނިންޖަކުން ނިދިފައިވާއިރު އޭނާ ފެންނަނީ ވަރަށް މަޢުސޫމު ކޮށެވެ. ދޮރު […]
“ޕްރޭންކެއް ކަމަށް ވެދާނެ!” ލުޔާ މިހެން ބުނުމުން ވަރަށް ފަސްޖެހިފައި ނަމަވެސް އެ ފޮށި ލިއުޒާ ހުޅުވާލިއެވެ. އެއާއެކު އޭނާގެ ތުންފަތް މައްޗައް ވެރިވެގެން ދިޔައީ ހިނިތުން ވުމެކެވެ. “އޫ، ސްނޯގްލޯބް އެއްތަ؟” ސޯފާގެ ފަހަތުގައި ހުރެގެން ލިއުޒާގެ އަތުގައި އޮތް ފޮއްޓާ ދިމާލަށް ބަލާލުމަށްފަހު ލުޔާ ބުންޏެވެ. “އާނ… ލަންޑަންގެ… އަހަރެން އެންމެ ދާހިތްވާ ގައުމު.. ” ސްނޯގްލޯބް ހިއްލާލަމުން ލިއުޒާ ބުންޏެވެ. އޭނާ އޭތި ތަޅުވާލުމުން މުޅި ލަންޑަނަށް ސްނޯ ވެހޭ މަންޒަރު ފެނިގެންދެއެވެ. […]
“ވަރަށް ބޮޑާ ހާކާ ދޯ؟! ހަމަ ލިއު ގެ ސްޓައިލް” ދެމީހުން އެކަނި ވުމުން އަހުނަފް ލިއުޒާއާ ވާހަކަ ދެއްކިއެވެ. “ކޮންތާކު، އަހަންނަށްވުރެ ހާސް ބައި ބޯހަރުވާނެ..” ހިނިގަނޑެއް ޖަހާލަމުން ލިއުޒާ ބުންޏެވެ. “އޭ، އަރީފުގެ ޓީޝާޓަކާއި ސޯޓެއް އޮވެދާނެ.. މިއަންނަނީ އިނގޭ ހިފައިގެން…” އަހުނަފްގެ ޖަވާބަކަށް މަޑު ނުކޮށް ލިއުޒާ އޭނާގެ ކޮޓަރިއަށް މިސްރާބު ޖެހިއެވެ. ޓީޝާޓާއި ސޯޓު ހިފައިގެން ލިއުޒާ އެނބުރި އައުމުން ހުސް ޖޯޑު އަހުނަފް ދިއްކޮއްލިއެވެ. އަދި ލިއުޒާ ބޮލުގެ އިޝާރާތުން […]