އެއީ ހަމަ އެގެއަށް ދާ ކޮންމެ ދުވަހަކު ކޮންމެވެސް ގޮތަކުން ޖެއްސުންކުރާ ޔާއްކޮ ހެއްޔެވެ؟ މިޚިޔާލުތަކުން އޭނާ ހަމަބިމަށްއައީ ލުޔާ އޭނާއަށް ހަނާ އެޅުމުންނެވެ. އޭރުވެސް ލިއުޒާއަކަށް އަރީފެއް ނުފެނެއެވެ. “ދެން އަރީ ވެސް ދޯ” ފަހަތުން އައިސް ލިއުޒާގެ ލޮލުގައި އަތްއެޅުމުން އޭނާ ކުރުކަނޑާލިއެވެ. “މަގޭ މަސްކަރައޭ އެޔޮއް ހަޑިވީ..” ލިއުޒާ މިހެން ބުނުމުން މޭޒުދޮށުގައި ތިބި އެންމެނަށް ހެވުނެވެ. ކެއުމާއިގެން ކުރިއަށް ދިޔައިރު އެކި އެކި ވާހަކަތައް އެމީހުންގެ މެދުގައި ދެކެވުނެވެ. އިރުއިރުކޮޅުން ލުޔާގެ […]
“ހޫން. ސާބަހޭ. އެއީ މަގޭ ސިސް އޭ. ޔިވާމްއަކާ ނުވެސް ގުޅޭނެ.” ލިއުޒާ ހޭންފެއްޓިއެވެ. އަދި ޔިވާމްގެ އަތުގައި ހިފައިގެން ފެންޑާއާއި ދިމާލަށް ނިކުތެވެ. “އަހަންނާ ގުޅޭނެ އެންމެންވެސް” ގޯތި ތެރޭގައި އިން ޖޯލީގައި އިށީންނަމުން ޔިވާމް ބުންޏެވެ. “ތިޔޭ މައްސަލައަކީ… އޭ ގިވް މީ ފައިވް މިނިޓްސް، މިއަންނަނީ ރެޑީ ވެލައިގެން” ލިއުޒާ އެނބުރި އަނެއްކާ އޭނާ އައި ފަރާތަށް މިސްރާބުޖެހިއެވެ. “އޭތް، އެ މަންޖެ ގާތު ބުނެބަލަ އަހަރެންގެ ފަޅު ފިލުވާލަދޭން އައިސްބަލާށޭ” ޔިވާމް […]
“އާނ، އަދި ޔާއްކޮއަކަށް އަރީ އެއް ނޭނގޭނޭދޯ! ޔާއްކޮ މީ އަރީފް، ދޮންތަގެ ބޯއިފްރެންޑް. އަރީ މީ ލުޔާ، ލިއުގެ ކޮއްކޮ. ޔާއްކޮ ކިޔަވަން ގޮސް ހުރީ ކެނެޑާގަ. މިހާރު ނިންމާފަ އެއައީ. ލިއުބުނީމެންނު ބޭރުގަ ހުންނަ ކޮއްކޮއެއް ވަރައް އަވަހައް ރާއްޖެ އެބަ އާދެޔޭ… އެއީ ޔާއްކޮގެ ވާހަކަ… ދެންމިހާރު އިންޓްރޮޑިއުސް ވެއްޖެ އެންނު، ހިނގާ އެތެރެއަށް” ލިއުޒާ ހިނގައިގަތީ އެއްއަތުން އަރީފުގެ އަތުގައި، އަނެއްއަތުން ލުޔާގެ އަތުގައި ހިފަހައްޓައިގެންހުރެ ސިޓިންގ ރޫމާ ދިމާލަށެވެ. “ލުޔާ […]
ގޭގެ މައި ދޮރުން ވަދެ ނިކުމެ ހަދާ މީހުންގެ ހަރަކާތްތައް ބަލަން ލުޔާ އިނީ ގޯތިތެރޭގައި ހުރި ޖޯލިފަތިގައެވެ. އަށް ބުރިޔަށް ހަދާފައިވަ ހ.ރިދުވަރުގޭގެ ފަސްބުރި ކުއްޔައް ދެވިފައިވާތީ އަބަދާ އަބަދު މީހުން ވަދެ ނިކުމެ ހަދާތަން އެގެއިން ފެނެއެވެ. ލުޔާ އަކީ ރާއްޖޭގައި ހުންނަ ކުއްޖެއް ނޫންކަމުން މަލޭގައި ހުންނައިރު ގިނަވަގުތު ހޭދަ ކުރަނީ އެގޭގެ ތަނަވަސް ގޯތިތެރޭގައެވެ. ލުޔާގެ މަންމަ ހައުފާ އަކީ މަމެލާމެއްޔަށާއި ރިތިކަމަށް ލޯބިކުރަ އަންހެނެއްކަމުން މުޅިގޯތިތެރެވަނީ ތަފާތު އެކިކުލަކުލައިގެ މީރުވަސްދުވަ […]