
ހަތަރު އުދަރެސް (8)
“ދެކުދިންވެސް ރޭގަ ނުނިދަންދޯ؟ ބަލާބަލަ ތިހިރަ ލޯ ތަކެއް! ހީވަނީ މަގުމަތީގަ އުޅޭ ސޮރުންގެ ލޯހެން…” ހައުފާ ވާހަކަ ދެއްކީ ލިއުޒާމެން ދެބެއިންނާއެވެ. ސައިބޯން ތިބިއިރު ދެބެއިންވެސް ތިބީ ނެގިމަޑުވެފައެވެ. މަންމައަށް ޖަވާބެއްކެ ގޮތުން ހިނިތުންވުމެއް ރައްދުކޮއްލިއެވެ. ނަމަވެސް އިތުރު ވާހަކައެއް ނުދައްކައެވެ. ފެންނަ ފެނުމަށް ހީވަނީ އެ ދެމީހުންވެސް ބޮޑު ފިކުރެއް ކުރަނީ ހެންނެވެ.
“މާދަމާ ލުޔާ އޮފީހަށް ނިކުންނަން ދޯ؟ ހެދުމާ އެއްޗެހި ރެޑީ ކުރީތަ؟” ކޮފީތަށި ހިފައިގެން އައިސް މޭޒު ދޮށުގައި އިށީންނަމުން ހައުފާ ސުވާހުކުރިއެވެ.
“އުހުނ..” ލުޔާ ވަރަށް ކުރު ޖަވާބެއް ދިނުމަށްފަހު ތެދުވިއެވެ. އޭނާގެ ފަހަތުން ލިއުޒާވެސް ތެދުވިއެވެ.
“މަންމަ އައީމަ ނިންމާލީ ދޯ..” ދެބެއިން ސިޓިންގ ރުމާ ދިމާލަށް ހިނގައި ގަތުމުން ހައުފަ ވާހަކަ ދެއްކިއެވެ. ޖަވާބުގައި ކުޑަކޮށް ބޮލުގަ ރިއްސަނީ އޭ ބުނެފައި ލިއުޒާ ވަނީ އޭނާގެ ކޮޓަރިއަށެވެ. ލުޔާ ނިކުތީ ގޭގެ ފެންޑާއަށެވެ.
ރޭގައި ނެގި ވިއްސާރަ ކޮޅިގަނޑުގެ ނިޝާންތައް އަދިވެސް ފެންނަން ހުއްޓެވެ. އުޑުމަތި ބަނަކޮށްފައިވާއިރު މާގަހުގެ ފަތް ތަކުގައި ފެން ތިކިތައް ހަރުލާފައިވެއެވެ. ދޮރުމަތީގައި ހުއްޓިގެން ހުރެ ޖޯލި ފައްޗާއި ދިމާލަށް ބަލަމުން ދިޔަ އިރު އިއްޔެ ހިނގާދިޔަ ހާދިސާ ލުޔާގެ ކުރިމަތީގައި ކުރެހެމުން ދިޔައެވެ. އިރުކޮޅެއް ވަންދެން ޚިޔާލަށް ގެއްލިފައި ހުރުމަށް ފަހު ލުޔާ މިސްރާބު ޖެހީ ލިއުޒާގެ ކޮޓަރިއާ ދިމާލަށެވެ.
“ދޮންތާ.. މިއަދު ހަވީރު ފިހާރައަށް ދެވޭނެތަ؟” ޓަކި ޖަހާލުމަށްފަހު ކޮޓަރިއަށް ވަންނަމުން ލުޔާ ވާހަކަ ދެއްކިއެވެ. އޭރު ލިއުޒާ އޮތީ އެނދުގައި އޮށޯވެގެންނެވެ.
“ވަރަށް ބޮޑަށް ބޮލުގަ ރިއްސާތީ މި އުޅެނީ… ޔިވާމް އާ އެކު ދާވާހަކައެއްނު ކުރިން ވެސް ދެއްކީ؟” ލުޔާ އައިސް ލިއުޒާ ގާތުގައި އިށީނުމުން ލިއުޒާ ވާހަކަ ދެއްކިއެވެ.
“ޔިވާމް ނުނަގާ ފޯނެއް.. އެހެންވެ ދޮންތަ އާ އެއްކޮށް ދާންވެގެން މި އައީ.. އެކަމަކު އޯކޭ ދެން.. ކާރުގަ ދާނީ..” ލުޔާ މިހެން ބުނެފައި ކޮޓަރިން ނިކުތްތަނާ ލިއުޒާގެ ފޯނު ރިންގުވާން ފެއްޓިއެވެ.
“ހަލޯ؟” ލިއުޒާ ފޯނު ނަގައި ކަންފަތުގައި ޖެއްސިއެވެ.
“ހިނގާ ދުއްވާލަން ދާން..” އަނެއްކޮޅުން ވާހަކަ ދެއްކީ އަރީފެވެ.
“ވަރަށް ބޮޑަށް ބޮލުގަ ރިއްސާތީ މި އުޅެނީ… މިއަދަކު ނޫން ދޯ..”
“އެއީ ގޭތެރޭގަ މާ ގިނަ އިރު ވީމައޭ.. ބޭރަށް ނިކުމެލީމް މައިންޑް ރިފްރެޝް ވާނެ..”
ދެން ނޫން… ނިދާލަން ބޭނުންވަނީ..” މިހެން ބުނެފައި ލިއުޒާ އުޅުނީ ފޯނު ބާއްވާށެވެ. ނަމަވެސް ކުއްލިއަކަށް ކަމެއް ހަނދާން ވެގެން ވާހަކަ ދެއްކިއެވެ. “އަރީ ދާންވީނު ޔާއްކޮ ގޮވައިގެން ފިހާރައަށް..؟ އަހަރެންގާތު އެހީމަ ބޮލުގަ ރިއްސާ ވާހަކަ ބުނީމަ ކާރުގަ ދާން ނިންމައިގެން އެހެރީ..”
“ޔާއްކޮ އޯކޭ ވާނެތަ؟” އަރީފު ސުވާލުކުރީ ރޭގައި ހިނގާދިޔަ ހާދިސާ ހަނދާންވެފައެވެ.
“ކީއްވެ އޯކޭ ނުވާންވީ؟ އަހަރެން ބުނާނަން އިނގޭ..” ލިއުޒާއަކަށް އަރީފު ސުވާލުކުރީ ކީއްވެގެން ކަމެއް ނޭނގެއެވެ. އެހެންކަމުން ލުޔާ އާއި މި ވާހަކަ ދައްކަނީ އޭ ބުނެފައި އޭނާ ފޯނު ބޭއްވިއެވެ. ލުޔާ ހޯދަން ބޭރަށް ނިކުތުމުގެ ބަދަލުގައި ފޯނުން ގުޅާލިއެވެ.
“ޔާއްކޮ މިއަދު އަރީ އާ އެއްކޮށް ފިހާރައަށް ދާން ވީނު؟” ލުޔާ ފޯނު ނެގުމާއެކު ލިއުޒާ ވާހަކަ ދެއްކިއެވެ.
“އެ- އެއީ؟ އަހަރެން ކާރުގަ ގޮސްފާނަމޭ” ލުޔާ ވާހަކަ ދެއްކިއިރު އަރީފުއާއެކު އޭނާ ދާން ބޭނުން ނުވާކަމެއް ލިއުޒާ އަކަށް ނޭނގެއެވެ. ލިއުޒާ ހީކުރި ގޮތުގައި ލުޔާ ފަސްޖެހުނީ އަރީފު ދާން ބޭނުން ނުވެދާނެތީއެވެ.
“އަރީ ބުނީ އޯކޭ އޭ.. ދެން ކޮންމެހެން ކާރުގަ ދަނީ ކީއްކުރަން؟ ޔާއްކޮ ކާރު ދުއްވައިފިއްޔާ ބޯވެސް އަނބުރައެއްނު..” ލިއުޒާ އެ ވަރަށް ކިޔުމުން އެކަމާ ދެކޮޅު ހަދާކަށް ލުޔާ އަކަށް ނުކެރުނެވެ. ދައްކާނެ ބަހަނާއެއްވެސް އޭނާ އަކަށް ނުވިސްނުނެވެ. އެންމެ ފަހުން ހިތް ނުތަނަވަސް ވެފައި ހުރެ ނަމަވެސް ލުޔާ އެއްބަސް ވިއެވެ.
****
ސައިކަލުގެ ފަހަތުގައި ހުރި އިރު ލުޔާ ކޮންމެހެން ދައްކަން ޖެހޭ ވާހަކައެއް ނޫނިއްޔާ އަރީފުއާ ނުދައްކައެވެ. ދާންވީ ފިހާރަ ބުނުމަށްފަހު އޭނާ އިންނަނީ މަޑުމަޑުންނެވެ. މަގުމަތިން ފެންނަ ތަފާތު ކަންކަމުގެ ވާހަކަ އަރީފު ދިޔައީ ދައްކަމުންނެވެ. ކޮންމެ ފަހަރަކުވެސް ޖަވާބުގައި ‘އާނ، ހޫނ’ފަދަ އެއްޗެއް ލުޔާ ބުނެއެވެ. މަޖީދީމަގު ހުސްކޮށް ދުއްވުނު އިރު ފުދޭވަރަކަށް ފިހާތަކަށް ވަދެވިއްޖެއެވެ. ލުޔާ ގަންނަން ބޭނުންވާ ހުރިހާ އެއްޗެއް ގަނެ ނިމިއްޖެއެވެ. އެވާހަކަ އަރީފުގާތުގައި ބުނުމުން އައިސްކްރީމް ބޯން ދިޔުމަށް އެދުނެވެ. ފުރަތަމަ ދެކޮޅު ހެދި ނަމަވެސް އަރީފު މާގިނައިން ކިޔަން ފެށުމުން ލުޔާ އެއްބަސް ވިއެވެ. އަރީފުގެ ސައިކަލު މަޑުކޮށްލީ ސީގަލް ކުރިމަތީގައެވެ. ދެމީހުން އެކުގައި ގޮސް ރެސްޓޯރެންޓަށް ވަތް މަންޒަރު މަގުގެ އަނެއްފަރާތުގައި ހުރި އަހުނަފްއަށް ފެނުނެވެ. އެހްނެނަމަވެސް ލުޔާއާއި އަރީފަކަށް އަހުނަފެއް ނުފެނެއެވެ.
“ބްލޫބެރީ އައިސްކްރީމެއް… ކޯއްޗެއް ލުޔާ ބޭނުމީ؟” މޭޒުދޮށުގައި އިށީނދެ ހަމަޖެހިލަމުން އަރީފު އޯރޑާ ދިނެވެ. ލުޔާ ކޮނޑު އަރުވާލުމުން އޭނާއަށްވެސް އަރީފު އޯރޑާރ ކުރީ ބްލޫބެރީ އައިސްކްރީމެވެ.
“އަދިވެސް ހިތްހަމަ ނުޖެހިފައިތަ؟” އެ ދެމެދުގައި އޮތް ހަމަހިމޭންކަން ފިލުވާލަމުން އަރީފު ވާހަކަ ދެއްކިއެވެ.
“ބުނީމެއްނު މިހާރު އޯކޭ އޭ..” ލުއި ހިނިތުން ވުމަކާއެކު ލުޔާ ޖަވާބު ދިނެވެ.
“އެކަމަކު އެނގޭ އޯކޭ އެއް ނޫންކަން.. އޯކޭ ނަމަ ލުޔާ ވާހަކަ ދައްކާނެ. އެހެންޏާވެސް ތިހާ މަޑުންނެއް ނޫނެއްނު އިންނަނީކީ.. ރޭގަ-” މިހާހިސާބަށް އަރީފުގެ ވާހަކަ ދިޔައިރު އެއިޓަރު އައިއްސިއެވެ.
“ރޭގަ ވީ ކަމެއް ވީ.. ދެން އެވާހަކަ ނުދައްކަމާ ދޯ..” އައިސް ކްރީމް ތަށިތައް ބެހެއްޓުމަށްފަހު ވެއިޓަރު މީހާ ދިއުމުން ފުރަތަމަ ވާހަކަ ދެއްކި ލުޔާއެވެ.
“ގަދަކަމުން ބުނުއްވާކަށް ނޫން މި އުޅެނީ.. ބަޓް ފްރޮމް މައި އެކްސްޕީރިއެންސް، އެތެރެއަށް ހިންދަންޏާ ހަމަ ބޯ ގޮވާނީ.. އެހެންވެ ޝެއާރ ކުރާށޭ މި ބުނަނީ.. ލުޔާ ވާހަކަ ދައްކާއުޅެނީ އަހަރުމެންނާއެއްނު؟ ޔިވާމްގާތު ނަމަވެސް.. ޝެއާރ ކުރީމަ އެހެންމީހަކަށް ހެލްޕްވެސް ވެވޭނީ… ދެން އަޅާނުލަމާ ދޯ” މިހެން ބުނެފައި އަރީފު އެހެން ވާހަކައެއް ފެއްޓިއެވެ. ނަމަވެސް އަރީފުގެ އެ ޖުމްލަތައް ލުޔާގެ ބޮލުތެރޭގައި އެނބުރެމުން ދިޔައެވެ. ކިތަންމެ ފަހަރަކުވެސް އަރީފު ގާތުގައި ބުނަންވީ އޭ އޭނާގެ ހިތައް އެރިއެވެ.
“ލުޔާ! ކޮން ދުނިޔެއެއްގަ؟” ލުޔާ ޚިޔާލަކަށް ގެއްލިފައި އިނުމުން އަރީފު ސުވާލުކޮއްލިއެވެ. ޖަވާބުގައި ހީލުމަށްފަހު ލުޔާ ނިތް އަރުވާލިއެވެ.
“ހިނގާ ގެއަށް ދަމާ ދޯ.. އިރު އޮއްސެން އެ އުޅެނީ” މޭޒު ދޮށުން ތެދުވަމުން އަރީފު ވާހކަ ދެއްކިއެވެ. އޭނާގެ ފަހަތުން ލުޔާ ހިނގާފައި ދިޔަ އިރުވެސް އެއްވެސް ވާހަކައެއް ނުދައްކައެވެ. ސައިކަލު އައިސް ހ.ރިދުވަރުގޭގެ ކުރިމައްޗަށް މަޑުކުރި އިރުވެސް ލުޔާ އިނީ އޭނާގެ ޚިޔާލުގެ ތެރޭގައެވެ.
“މިރޭ މި ސައިކަލު މަތީގަ ނިދަންވެސް ވާނީ..” ސައިކަލު މަޑުކޮށްލުމަށްފަހު އިރުގަނޑެއް ވީ އިރުވެސް ލުޔާ ނު ފޭބުމުން އަރީފު ސަމާސަ ކޮއްލިއެވެ. އެއާއެކު ލުޔާ ސައިކަލުން ފޭބިއެވެ. އޭނާގޮސް ގޭގެ ދޮރު ހުޅުވާލިއެވެ. ހުރި ފިޔަވަޅުމަތީހގައި ދެތިން ސިކުންތު ވަންދެން ހުއްޓިގެން ހުރުމަށްފަހު ފަހަތް ބަލާލިއެވެ. އޭރުވެސް އަރީފު ހުރީ އޭނާ އާއި ދިމާލަށް ބަލަހައްޓައިގެނެވެ.
“ތޭންކްސް.. އިނގޭ މިއަދު ތި ދިޔައީ ދޮންތަ ބުނެގެންކަން.. އެކަމަކުވެސް ތޭންކްސް..” ލުޔާ މިހެން ބުނެފައި ދާން އުޅުމުން އަރީފު އޭނާގެ އަތުގައި ހިފިއެވެ. ލުޔާ އަރީފާ ދިމާލަށް ބަލާލީ ސިހުމަކާއެކުއެވެ. އެގޮތަށް ލުޔާގެ އަތުގައި ހިފީމައި އޭނާއަށް އުނދަގޫވިއެވެ. އަރީފު ހިފަހައްޓައިގެން ހުރި އޭނާގެ އަތަށް އެއްފަހަރު ބަލައިލިއެވެ. ދެން އިސް އުފުލައި އަރީފުގެ މޫނަށް ބަލާލިއެވެ. ލުޔާގެ މިހަރަކާތުން އޭނާގެ އަތުގައި ހިފުމުން ނުރުހުންވެއްޖެކަން އަރީފަށް ދޭހަވިއެވެ. އެހެންކަމުން އޭނާ ލުޔާގެ އަތް ދޫކޮށްލިއެވެ.
“ސޮރީ… އަސްލު ބުނަން އުޅުނީ ލުޔާ އެހިނަމަވެސް އަހަރެން އުފަލުން ދިޔައީމުހޭ… އެނީވޭސް، އައި އޯ ޔޫ.. ފޯރ ލާސްޓް ނައިޓް..” އަރީފު މާފަށް އެދެމުން ވާހަކަ ދެއްކިއެވެ. ޖަވާބުގައި އަނެއްކާވެސް ‘ތޭންކްސް’އޭ ބުނުމަށްފަހު ލުޔާ ގެއަށް ވަނެވެ.
އަރީފުއަށް އޭނާގެ ސައިކަލު މަތީގައި މަޑު ކޮއްލެވުނެވެ. އަދި އޭނާގެ އަތްލިތަ އަށް ބަލާލެވުނެވެ. ލޯމަރާލުމުން އޭނާއަށް ސިފަވީ ލުޔާގެ އަތުގައި ހިފުމުން އެ މޫނަށް ވެރިވި ހާސްކަމެވެ. އޭނާގެ ޚިޔާލީ ދުނިޔެއިން ހަމަބިމަށް އާދެވުނީ ފޯނު ރިންގުވާން ފެށުމުންނެވެ. ފޯނު ނެގުމަށްފަހު މިދަނީ އޭ ބުނެފައި އަރީފު ސައިކަލު ދުއްވާލިއެވެ.
****
ލުޔާ އޭނާގެ ކޮޓަރިއަށް ވަނުމަށްފަހު ގަތް އެއްޗެހި އެނދުމަތީގައި ބެހެއްޓިއެވެ. އަދި އެނދުގެ ކަނެއްގައި އިށީނުމަށްފަހު އޭނާގެ އަތްތިލައަށް ބަލާލިއެވެ. އަރީފު އޭނާ އަތުގައި ހިފީ ނުބައި ނިޔަތެއްގައި ނޫންކަން ލުޔާއަށް އެނގެއެވެ. އޭނާ އެކަމަކާ ބިރެއްވެސް ނުގަނެއެވެ. މިއަދު އޭނާއަށް ކުރެވުނު އިހުސާސަކީ ކުރިން އޭނާ ބިރުގަތުމުން ކުރާ އިހުސާސެއް ނޫނެވެ. އެތައް އިރެއް ވަންދެން އޭނާގެ އަމިއްލަ އަތްތިލައަށް ބަލަހައްޓައިގެން ލުޔާ އިނެވެ. އޭނާއަށް އެކި އިހުސާސްތައް ކުރެވެމުން ދިޔައިރު ހީވަނީ ވާނުވާ ނޭނގޭ ކަނޑަކަށް ގެނބިގެން ދާހެނެވެ. އޭނާ ބޭނުން ވަނީ އަރީފުއާ ވާހަކަ ދައްކާށެވެ. އަރީފަށް ހުރިހާ ވާހަކައެއް ކިޔައި ދޭށެވެ. އެކަމަކު ވަކި އަރީފަށް ކީއްވެހެއްޔެވެ؟ މި ސުވާލު ހިތަށް އެރުމާއެކު ލުޔާ ފޯނު ނެގިއެވެ. އަދި ޔިވާމްގެ ނަންބަރު ލިޔެލުމަށްފަހު ‘ކޯލް’ އަށް ފިއްތާލިއެވެ.
“ސޮރީ ޕިޔާރާ.. ވަރަށް ގުޅައިފިންދޯ… ފޯނު ޗާރޖަށް ޖަހާފަ ބޭރުގައޭ އުޅުނީ..” ފޯނު ނެގުމާއެކު ޔިވާމް މާފަށް އެދުނެވެ.
“އޯކޭ އޭ.. އަރީފްއާއެއްކޮށް ދިޔައީ..” ލުޔާ ވާހަކަދެއްކި އިރު އޭނާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވެފައި ވެއެވެ.
“އޭ، ތިހެން ބުނީމައޭ ހަނދާންވީ.. މިރޭ އެމީހުންނާއެކު ކޮފީއަކަށް ދާން ކިޔައިގެން މި އުޅެނީ..”
“ބޯއިސް ނައިޓެއްތަ؟”
“ތޯއްޗެއް..” ހިނިގަނޑެއް ޖަހާލުމަށްފަހު ޔިވާމް ބުންޏެވެ.
“އޭ، މެސެޖު ކުރަން ހުއްޓައޭ ތި ގުޅީ.. އެބ ގުޅަން އިނގޭ..” ޔިވާމްގެ ފޯނަށް އަޑެއް އެރުމާއެކު އޭނާ ބުންޏެވެ.
“ޕިޔާރާއޭ ކިޔާނީ.. އެކަމު އެހެން ކުދިންނާ ވާހަކަ ދައްކަން ވީމަ ލުޔާ މިޖެހެނީ ފޯނު ބާއްވަންވެސް…” ތުން އަނބުރާލުމަށްފަހު ލުޔާ ސަމާސަ ކޮއްލިއެވެ. ޔިވާމް އާއި ވާހަކަ ދައްކަމުން ދިޔައިރު އޭނާ ވިސްނަމުން ދިޔަ އެއްވެސް ކަމެއް ހަނދާނެއް ނެތެވެ. ރޭގައި ވެދިޔަ ކަންތައްވެސް ނުވާކަހަލައެވެ.
“ތީ ހަމަ ހަގީގަތުގަވެސް މަގޭ ހިތުގެ ޕިޔާރާއޭ! ތިޖާގައެއް ދެން ނުދެވޭނެ އެހެންކުއްޖަކަށް.. އަހަރެން އިންނަ ކުއްޖަކުވެސް ޖެހޭނެ އެކަން ގަބޫލުކުރަން” ޔިވާމްވެސް ވާހަކަ ދެއްކީ ސަމާސާ ރާގުގައެވެ.
“އައްދެ، މިހާރު ތި މަންޖެއާ އިންނަންވެސް ނިންމީތަ؟ ދެން އެހެންވީރުން އަވަހަށްދޭ މެސެޖަށް ރިޕްލައި ކުރަން..” މިހެން ބުނެފައި ލުޔާ ފޯނު ބޭއްވިއެވެ. ހަމަ އެއާއެކު އޭނާގެ ހިނިތުންވުން މޫނުމަތިން ފިލާ ދިޔައެވެ. އަނެއްކާވެސް އޭނާއަށް ބަލާލެވުނީ އަތްތިލައަށެވެ.
****
“އޭ މިރޭ މީ އަރީފުގެ ޓްރީޓެއް ދޯ؟” ޖޭޒް ކެފޭގެ މޭޒު ދޮށުގައި އިށީންނަމުން ޔިވާމް ވާހަކަ ދެއްކިއެވެ. އޭރު އަރީފް އަދި އަހުނަފް ވަނީ އޯޑަރ ދީފައެވެ.
“ތިހެންނޯ.. ދެންވެސް އަވަހަށް އޯރޑަރ ދޭންވީނު…” ޔިވާމް އަތަށް މެނޫ ދިއްކޮއްލަމުން އަހުނަފް ވާހަކަ ދެއްކިއެވެ.
8 Comments!
Comments are closed.
Komme part ehves thankolheh dhigukoh genes dhinumahtakaa i have decided to upload every other day. Ekamaku dheythere dheytherein daily koh ves up kohlaanan. 😉 Hope you like this part as well.
Cheers and Eid Mubaaik.
Nice… 🙂
v reethi mi part…. 🙂
Reethii…
Vvvv nice mi part vx…….waiting 4 next part………………marshan u r the best..Eid mubaarik
Nice…… Waitjng 4 next part…
reethi.. haadha heeveyey emme fahun luyaa aa aree gulhuvaane hen..
Rangalhu idea eh MAASHAM… dhuvaalaku prt eh up kuriyas 2 line onnanyaa beynumeh neh daily kh up kurumuge… eah vure dhedhuvahun eh dhuvahu up kuriyas ok vaane heskiyaafa dhigiyyaaa… 😉 mibaivex v salhi anekka lua like vanee baa aree aaa… i think its a love triangle.. 😛