އެއީ ބަލައިލަން ކިތަންމެހާވެސް ރީތި މަންޒަރެވެ. އިރު އޮއްސެމުން ދާ ވަގުތު ދުނިޔެ މައްޗަށް ވެރިވެފަ މިހުންނަނީ ކޮންފަދަ ޖާދުވީ ކުލަތަކެއް ހެއްޔެވެ. ﷲގެ ކުޅަދުންވަންތަ ކަމާއެވެ. މިމަންޒަރު ބަލާ ފޫހިވާނީ ކޮން އިންސާނެއް ހެއްޔެވެ. ރަތާ އޮރެންޖާ ރީދުލާ ނޫކުލަ އަހަންނަށް އެންމެ ކަމުދާ ކުލަތަކަށްވީވެސް މިހިތްގައިމު މަންޒަރުގެ ސަބަބުންނެވެ. އެރީތި ރަތްކުލައިން ސާފު ނޫއުޑު މި ވަނީ ހުޅުދާން ވެފައެވެ. ކަނޑުގެ ސަތަހައަށް އިރުގެ ހިމޭން ދޯދިތަށް އެޅިފަވާއިރު ރަތް އޮރެންޖް ޖަވާހިރު ކޮޅުތަކެއް […]
ޝާޔާން ފަހަރަކު ސެޓްފިކެޓެއް ނަގާ އެނދުމަތީ ބާއްވަމުން ދިޔައިރު ކުއްލިއަކަށް އޭނާގެ ސަމާލްކަން އަތުލަގަތީ ކަރުދާސް ތަކާއެކު ފައިލް ތެރޭން ނެގުން ކުޑަ ތެލެސީމިއާ ކާޑެވެ. އޭނާ ހިއްސުތަށް އެކީ އެކައްޗަކަށް މަސައްކަތް ކުރުން ހުއްޓުނު ހެންހީވީ ބޮޑު އަކުރުން އެ ރަތް ކާޑުގަ އިން އާލިމް ގެ ނަން ފެނުމުންނެވެ. ލިބުން ސިހުމާ ޝޮކްގަ ރޮއެގަންނަންވެސް ނޭނގިފަ ހިނދުކޮޅަކަށް އިނދެވުނެވެ. ދުނިޔޭގެ ހިނގުންވެސް އޭނާ ގެ ނޭވާ ތަކައެކު ހުއްޓުނު ހެން ހީވިއެވެ. ލަސްލަހުން ގަބު […]
“ބްރޯ…އައި ނޯ ޔޫ ލަވް ހާ އަ ލޮޓް…ބަޓް ވިސްނާލީމަ އެނގޭނެ ތިދެމީހުންނަށް މުސްތަގުބަލެއް ނެތްކަން…ތި ސިއްރު އެނގޭ ދުވަހަކުން ދެފަރާތު އާއިލާވެސް ނުގަބޫލު ވާނެކަން ޔަގީން…ދޮގު ހަދައިގެން ޝާޔަން އާ މެރީވެސް ކުރެވިދާނެ..އެކަމު ކޮންމެސް ދުވަހަކުން އެންމެނަށްވެސް އެނގޭނެ،،،” ސަމާހް އެކުވެރިޔާގެ ކޮނޑުގަ އަތްއަޅާލިއެވެ. ސަމާހްގެ ވާހަތަކުން އާލިމްގެ ހިތް ރޯން ފެށިއެވެ. ސަމާހް ދައްކަނީ ތެދު ވާހަކަތަކަށް ވިޔަސް އެ ހަގީގަތާ ކުރިމަތިލާނެ ހިއްވަރެއް އޭނާގެ ނެތެވެ. ކޮންމެ ގޮތަކަށް ކަންތަށް ވިޔަސް އޭނާ […]
“މިގަޑީ ރިފާއު ބޭރަށް ނިކުތުން ރަނގަޅެއް ނޫން..އިހަށް ގޭގަ މަޑުކުރޭ..އަހަރެން އަދި ގުޅާނަން..” އަވަސް އަރުވާލާފައި އަޝްރަފް ބުނަމުން ދިޔަ ޖުމްލަތަށް ނުނިމެނީސް ރިފާއު ފޯން ކަނޑާލައިފިއެވެ. އޭރު މުޅި މީހާ ތުރުތުރު އަޅަމުން ދިޔައެވެ. ބިރުވެރިގޮތަކަށް ހިތްތެޅެމުން ދިޔައިރު މުޅި މީހާ ދާ ހިއްލާ ފޯވެއްޖެއެވެ. އިސާހިތަކު ލޮލުގަ ގިނަވީ ކަރުނަތަށް އިތުރަށް ނުހިފޭއްޓިގެން ފައިބައި ގަނެއްޖެއެވެ. “މާޔާ” ރިފާއުއަށް އަޑު ގާ ނެތް ތަނަށް ހަޅޭއްލަވައިގަނެވުނެވެ. ” ކީއްވެ..ކީއްވެތަ މާޔާ” ރިފާއުއަށް ގިސްލާ ރޮވިއްޖެއެވެ. […]
” އަހަރެން ވަރަށް ލޯބިވޭ..ވަރަށް ވަރަށް ބޮޑަށް….ޕްލީޒް ޑޯންޓް ޑޫ ދިސް ޓްމީ..” އެހުރިގޮތަށް ބައްދާލައިގެން ހުރެ ގިސްލުމުގެ ތެރެއިން މާޔާ ބުނެލިއެވެ. ރިފާއުގެ ހިތަށް ފުން އަސަރު ތަކެއް ކުރަމުން ދިޔައީ މާޔާގެ ވާހަކަ ތަކުންނެވެ. މޭމަތިން މާޔާގެ އަތްޖެހިފަ ހުރި ހިސާބަށް ފިނިކަމެއް އިހްސާސް ވެ އެހިސާބު ތެމެމުން ދިޔަހެން ރިފާއުއަށް ހީވިއެވެ. އޭނާ އިސްތިރިކޮށްލަމުން ބަލައިލުމާއެކު ދެލޯ ބޮޑުވިއެވެ. މޭމަތިން އޭނާގެ ޓީޝާޓް ލެއިން ފޯވަމުން ދިޔައެވެ. ރިފާއު މާޔާ ގެ ދެއަތުގަ […]
ރިފާއު ދަތްކުޑި ވިކަމުން ހިތާ ހިތުން މާޔާއަށް އެއްޗެހި ކިއެވެ.ރޭގަވެސް މާޔާ ގުޅާވަރުންނާ މެސެޖް ކުރާވަރުން ފޯނު ގެންގޮސް އަލިފާނަށްވެސް ނުލެވުނީ ކިރިޔާއެވެ.ގޭގައި އެކަނި އޭނާ އުޅޭކަން އެނގިގެން އައިސް އެހެރީވެސް ކޮންމެވެސް އުނދަގުލެއް ކުރާށެވެ. ބޯ ފަޅައިގެންދާހާ ވެއެވެ. ރިފާއު ފެންނަ ކަމަށް ވެސް ހަދާނުލާ އެތެރެއަށް ވަންނަން ހިނގައިގަތެވެ.އޭރު މާޔާ އެގޭ ފޭރުގަސް ދޮށް ހިޔަލުގަ ތުން ފިއްތައިގެން ބަލަން ހުއްޓެވެ. ޝާޔަން ގޭތެރެ ފޮޅާ މޮޕް ކޮށްލާފަ އައިސް ސޯފާ ގަ […]
އިބްރާހިމް އަށް ދެވުންއިރު މިރޭވެސް ވަފިއްޔާ ހުރީ ނިކުމެއެވެ. އިބުރާހިމް ގޮސް ހުއްޓޭ އިރަކަށް ވަފިއްޔާ ހިނިތުންވެފަ ކޮންމެސް ވާހަކަތަކެއް ދައްކަން ފެށިއެވެ. ބަނބުކެޔޮ ގަސް ދޮށުގަ އަނދިރީގަ ހުރި މުނީރާއަށް މިހުރިހާ މަންޒަރެއްވެސް ފެނުނެވެ. އޭރު ރުޅިއާ ހިތާމައިން އޭނާގެ ލޭކެކެނީއެވެ. މިރޭ މިއޮތީ ހުރިހާކަމެއް ލޯ މައްޗަށް އެނގިފައެވެ. އިބުރާހިމަށް ދެއްކޭނެ ވާހަކައެއް ދެނެއް ނޯންނާނެއެވެ. މުނީރާއަށް މިކަހަލަ ކަމެއް ހިނގާތާ ޝައްކުވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. މިރޭ ފާރަލާން ނިންމީވެސް ޝައްކު ޔަގީން ކުރާށެވެ. […]
އާލިމްގެ ވާހަކަ މިހާ ހިސާބަށް ދިޔަތަނާ ރިފާއު، އާލިމްގެ އަތް ފޮޅުވާލައިފައި ގޮސް ފާހާނާ އަށް ވަދެ ބަން ލާފަ ދޮރުޖެހިއެވެ. އާލިމްއަށް މާޔޫސް ކަމާއެކު ގެއަށް ދާން ޖެހުނީ ގަޑި އިރެއް ވަންދެން އޭނާ މަޑުކުރުމުންވެސް ރިފާއު ނުނިކުތުމުންނެވެ. ލަހުފާ ގޮސް ވަތް އިރު މާޔާ އިނީ ކޮޓަރި ކަނެއްގަ އިސްޖެހިފައެވެ. ލަހުފާ ފެނުމުން ބަލާވެސް ނުލާ ހުއްޓިފަ އެއިން ގޮތަށް އިނީއެވެ. “މާޔާ ތީދެން ކޮން ކަމެއް…ތިހެން ނީނދެ ހިނގާބަލަ ބޭރަށް ގޮސްލަން..” ލަހުފާ […]
މާޔާގެ އަޑެއް ބަޑެއް ނީވުމުން ޝާޔަންއަށް ގޮވާލެވުނެވެ. އޭރު މާޔާ ، ޝާޔަން އެތަނަށް ދޫކޮށްލާފައި އެނބުރި ދާމަންޒަރު އަނދިރީގެ ތެރެއަށް ހޭނެމުންދިޔަ ދެލޮލަށް ފެނުނެވެ. ގަތްފައިވާ ބިރާއެކު މާޔާގެ ފަހަތުން ދާންވެގެން ހިނގައިގަތް ވަގުތު ވަރުހުރި އަތަކުން ޝާޔަންގެ އަތުގެ މުލައްދަނޑީގައި ހިފެހެއްޓިކަމުގެ އިހްސާސް ކުރެވުނެވެ. މޭގަނޑު އަނގަޔަށް އައި ފަދައެވެ. “ކާކު..ކާކު؟؟؟” ޝަޔަންއަށް ބުނެވުނެވެ. “ޝްޝްޝްޝް..ބިރުނުގަނެބަލަ..މީމަށޭ..” އެއިވުނީ ރިފާއުގެ އަޑެވެ. ޝާޔަން އަށް ދެލޯ ބޮޑުކޮށް ލެވުނު އިރު ހިތަށް ވެރިވީ ހާސް ބިރުވެރި […]