ރިފާއު ދަތްކުޑި ވިކަމުން ހިތާ ހިތުން މާޔާއަށް އެއްޗެހި ކިއެވެ.ރޭގަވެސް މާޔާ ގުޅާވަރުންނާ މެސެޖް ކުރާވަރުން ފޯނު ގެންގޮސް އަލިފާނަށްވެސް ނުލެވުނީ ކިރިޔާއެވެ.ގޭގައި އެކަނި އޭނާ އުޅޭކަން އެނގިގެން އައިސް އެހެރީވެސް ކޮންމެވެސް އުނދަގުލެއް ކުރާށެވެ. ބޯ ފަޅައިގެންދާހާ ވެއެވެ.
ރިފާއު ފެންނަ ކަމަށް ވެސް ހަދާނުލާ އެތެރެއަށް ވަންނަން ހިނގައިގަތެވެ.އޭރު މާޔާ އެގޭ ފޭރުގަސް ދޮށް ހިޔަލުގަ ތުން ފިއްތައިގެން ބަލަން ހުއްޓެވެ.
ޝާޔަން ގޭތެރެ ފޮޅާ މޮޕް ކޮށްލާފަ އައިސް ސޯފާ ގަ ޖައްސާލާމުން ޓީވީ ހުޅުވާލިއެވެ. ހޫނު ދުވަހެއް ކަމުން ފަންކާ އެންމެ ބާރުކޮށްފަ ހުންނައިރުވެސް ފިނިވާހެނެއް ހިއެއް ނުވެއެވެ. އެއްވެސް ޗެނަލް އަކުން އޭނާއަށް ކަމުދާ ކަހަލަ އެއްޗެއްވެސް ދައްކަނީ އެއް ނޫނެވެ. ރިމޯޓާ ކުޅެލަ ކުޅެލަ އިންދާ އިވުނީ ގޭ ދޮރުމަތިން އަންހެން ކުއްޖެއް ސަލާމް ގޮވާލި އަޑެވެ.
” ވައަލައިކުމުއް ސަލާމް ” ޝާޔަން ބަލައިލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ.އެކަމަކު ސަލާމް ގޮވި އަޑު އިވުނު ކަމީ ޔަގީން ވާ ކަމެކެވެ. އޭނާ ނިތަށް ރޫ އަރުވައިގެން ހުރެ ދޮރާ ދިމާލަށް ދާން ފެށިއެވެ.
” ސަޕްރައިޒް…..” ކުއްލިއަކަށް ކުރިމަތިން ފެނުނީ ރިމާހް އެވެ.
ލިބުނު އުފަލުން ޝާޔަން އަށް އަ ގަ މަތީ އަތްއަޅާ ހަޅޭއްލަވާ ގަނެވުނެވެ. އޭނާ ދުވެފަ ގޮސް ރިމާހްގެ ގައިގަ އޮޅުލައިގަތެވެ. ” ހަމަ ރަނގަޅަށްވެސް ސަޕްރައިޒް ވެއްޖެ..” ރިމާހް އާ ދުރަށް ޖެހިލުމާއެކު ޝާޔަންގެ ނަޒަރު ސީދާ ވީ އޭނާ ކައިރި ހުރި ޒުވާން އަންހެން ކުއްޖައާށެވެ. ސުވާލުގެ ނަޒަރަކުން އޭނާ ރިމާހްއަށް ބަލައިލުމުން ރިމާހް ހިނިތުންވެފާ އެއަންހެން ކުއްޖާގެ އަތުގަ ހިފާލިއެވެ.
” އެނގޭތަ މީ ކާކު ކަން.މީ އޭ ރައު އަކީ..ރައު ގޮވައިގެން އަންނާތީ އޭ ސަޕްރައިޒެއް ދޭން ނުބުނެ މިއައީ..” ރިމާހް ރައުފާ އާ ގާތްވެލަމުން ބުނެލިއެވެ. ޝާޔަން އުފަލާއަކު އޭނާ ވާން އުޅޭ ދޮންބެދައްތަ ގައިގަ ބައްދާލިއެވެ. ރައުފާ ގެ ސިފަ ކުރިން ފެނިފަ ނުވިޔަސް ރައުފާ އާ އޭނާ ވަނީ ފޯނުން ކޮންމެސް ވަރަކަށް ވާހަކަ ދައްކާފަކަމުން އެދެމެދުގަ ގާތް ކަމެއް އެފެދިފަވެއެވެ.
“ތޭންކްސް ދޮންބޭ ރައު ގެނައިމަ…އެހާ އަވަހަށް ދެން ނުދައްޗޭ..ހިނގާ އަވަހަށް ބަތްކާން ދާން..މަންމަވެސް ވީ ޑިއުޓީގަ…އެކަނި މިއުޅެނީވެސް…މަންމަ ވަރަށް ސަޕްރައިޒް ވާނެދޯ އައިސް ދޮންބެމެން ފެނުނީމަ..” ޝާޔަން ހުރީ އިންތިހާއަށް އުފާވެފައެވެ. ބޮޑު އާއިލާއެއް ލިބުމަކީ ޝާޔަން އަބަދުވެސް ކުރާ އުއްމީދެކެވެ. އޭނާ އެންމެ ހިނދުކޮޅަކަށް ވެސް ރައުފާގެ އަތުން ދޫކޮށް ނުލައެވެ. ރައުފާ އޭނާއަށް ސިފަކުރެވެނީ އެއްބަނޑު އެއްބަފާ ދައްތައެއްގެ ގޮތުގައެވެ. އޭނާގެ ދައްތައެއް ނެތުމަކީ އޭނާ އަބަދުވެސް ކުރާ ހިތާމައެކެވެ. އެހެން ޒުވާން ކުދިން އުޅޭހެން އޭނާ ވެސް ސިއްރު ތަށް ހިއްސާކޮށް އެކީ ހުރިހާކަމެއްގަ އުޅޭނެ އެއްބަނޑު އެއްބަފާ ދައްތައެއް ނޫނީ އަންހެން ކޮއްކޮ އެއް ބޭނުންވެއެވެ.
ދުވަސްތަކަކަށް ފަހު އަމިއްލަ ވަޒަނަށް އާދެވުމުން ރިމާހް އަށް ކުރެވެމުން ދިޔައީ ބަޔާން ކުރަން ދަތި އިހްސާސް ތަކެކެވެ. މަންމަ އާ ބައްދަލު ކޮށްލަ ހިތުން އޭނާ ހުރީ އިންތިހާއަށް ކެއްމަދުވެފައެވެ. މިއޮއްހާ ދުވަހު ވެސް އޭނާ ރަށަށް ނާންނަން ހުރީ ކޮންމެހެން މަންމައާ ކޮއްކޮ ދެކެ ލޯބި ނުވާތީ އެއް ނޫނެވެ. ނަމަވެސް ސަބަބަކަށް ވީ މަންމައާ ބައްޕަގެ ހަނގުރާމައެވެ. މަންމަ މެންގެ ވަރީގެ ހަބަރު އޭނާއަށް ލިބުން ދުވަހު ބޮލަށް ލުއިވެގެން ދިޔައެވެ. އޭނަ އެކަމަކާ ހިތާމައެއް ނުކުރެއެވެ. ބައްޕަ ހުއްޓަސް ނެތަސް އޭނާއަށް ހެވެވެ. ބައްޕަ އަކަށްވެސް ދަރިންނަކީ މުހިންމު ބަޔަކަށް ނުވިތާއެވެ. އޭނާ މިއޮއްހާ ދުވަހު ދުރުގަ ވީ އިރުވެސް ބައްޕަ އޭނާ އަށް ގުޅި އަދަދުވެސް އިނގިލިން ގުނާލެވޭހާ މަދެވެ. އެހެން ބަފައިން ބޮޑުވެފަ ތިބޭ ފިރިހެން ދަރިން ދެކެ ނުހަނު ލޯބިވާނެއެވެ.
އެންމެފަހުން ވަފިއްޔާ އާ ދެމީހުންގެ ކުޅި ގަނޑު ފަޅާ އެރުމުންވެސް ދުވަހަކު ނުވާވަރަށް އޭނާ ލަދުގަނެ ދެރަވިއެވެ. ބައްޕަގެ ސަބަބުން ދަރިންނަށްވެސް ހުތުރެވެ. ދަރިން ބޮޑެތިވީމަ އެއި މައިން ބަފައިން އުޅެން ޖެހޭ ވައްތަރު ހެއްޔެވެ.
“ހަމަ މިހާރު މިގެއިން ނުކުމޭ..ކިހިނެއް ވެގެންތަ ތިއުޅެނީ..ފުލުހުން މިތަނަށް ނުގެންނަނީސް މިތަނުން ދާން އުޅޭ..” ރިފާއު ރުޅި އައިސް ގެން މާޔާ އާ ދިމާލަށް ހަޅޭއްލަވައިގަތެވެ. އޭނާ ކޮޓަރި ތެރޭ އުޅެފަ އައިއިރު މާޔާ އިނީ ގޭތެރޭގަ ދެފައި ވަށްކޮށްލައިގެން އިށީދެގެން ނެވެ. ހެނދުނު އެގޭދޮށަށް އައި މީހާ އަދިވެސް ނުދަނީ ކަން އެނގުނެވެ. މާޔާގެ ސޫރަ ފެނުމުން ރިފާއުގެ ބޮލަށާ ހިތަށް އިންތިހާއަށް އުނދަގޫ ވެއެވެ.
” ނުދާނަން މިގެއަކުން..މީ މަގޭ ގެ..މަގޭ ފިރިމީހާގެ ގެ..މައުޅޭނީ މިގޭގަ…އަހަރެން މިއައީ ރިފާއުގެ ކަންތަށްތަށް މަގޭ ދެއަތުން ކޮށްދޭން..މަންމަ މެންވެސް ވީ މާލޭގައެންނު..” މާޔާ ތުންފިއްތައިގެން އެއިން ގޮތަށް އިނދެ ރުޅި އައިސް ފަ ބުނެލިއެވެ.
” ފިރިމީހާ އޭ؟؟؟ މާޔާ ކަލޭ މޮޔަވީތަ..މިގޭގަ ކަލޭގެ ފިރިއަކު ނެތް..” ރިފާއު އެއްޗެހި ކިޔަން ފެށުމުން މާޔާ ލޯ އަޅައިގެން ބަލަން އިނދެފަ ކުއްލިއަކަށް ފުންމައިގެން ތެދުވިއެވެ. އޭނާ ރުޅި އައިސް ރަތްވެފަ ކަރުބުޑުން ހަޅޭއްލަވައިގަތް އިރު ހަމައިން ނެއްޓިފަ ވާ މީހެއް ފަދައެވެ. މާޔާ އަށް އެވަގުތު ލިބިފަހުރީ ކޮންފަދަ ބާރެއް ކަމެއްވެސް ނޭނގެއެވެ. އޭނާ ދުވެފަ އައިގޮތަށް އައިސް ރިފާއުގެ ގަމީހުގަ ހިފިލެއް ބާރުކަމުން ގޮށްތަށް ވެސް ނައްޓައިގެން އެކި ކޮޅު ކޮޅަށް ބުރައިގެން ދިޔައެވެ.
” ޔޫ އާރ މައިން..” މާޔާ ރޮއެގަންނަމުން މޮޔައަކު ފަދައިން ރިފާއު ގެ ގައިގަ އެތަންމިތާ ބޮސްދޭން ފެށިއެވެ. މާޔާ އުޅެގަތް ގޮތުން ފުރަތަމަ ހައިރާންވެ ބަސްހުއްޓިފަ ހުރެވުނަސް ހިނދުކޮޅެއްގެ ތެރޭގަ އައި ރުޅިން ރިފާއު މާޔާ ދުރަށް ކޮށްޕާލައިފަ ގޮސް ކޮޓަރިއަށް ވަދެ ތަޅުލައިފިއެވެ. މާޔާ ދުވެފަ ފަހަތުން އައިސް ދޮރުގަ ތަޅަ ތަޅާފަ މައިތިރި ވެއްޖެއެވެ.
ކޮޓަރި ދޮރުފަތުގަ ލައްގަނެލަމުން ރިފާއު ފުން ނޭވާއެއް ލިއެވެ. ނިއްކުރިމައްޗަށް ވެއްޓިފައިވާ އިސްތަށިތަށް އަތުން މައްޗަށް ޖައްސާލަމުން އޭނާ ލޯ މަރާލިއެވެ. މާޔާ އާ ހެދި ބޮޑު ބޮލުގަ ރިހުމަކަށް ވެއްޖެއެވެ. އެއީ އޭނާ އާ އަވަލަވާފަ ހުރި ޖިންނިއެއް ފަދައެވެ. ލޯތްބެއް ނުވެއޭ ބުނެވުނީ ކިތައް ހާސް ފަހަރު ކަމެއް ވެސް ނޭނގެއެވެ. އެކަމަކު އެ ބަސްނާހާ އަންހެންކުއްޖާ ގޮތް ދޫނުކުރުމުގަ އެއުޅެނީ އެންމެ ކުރީގައެވެ.
ހިމޭނުން ރިފާއުއަށް ކެއްކޮށްލެވުނީ ހިނދު ކޮޅަކަށެވެ. އިވެންފެށި އަޑުތަކުން ބޮލަށް ކެއްނުވީއެވެ. އޭނާ ކޮޓަރި ދޮރުހުޅުވާލާފައި ނިކުތް އިރު ފެނުނު މަންޒަރުން ހައްތަހާ ރުޅި ގަދަވާ ގޮތް ވިއެވެ. މާޔާ އޮތީ މުޅި ގޭތެރެއަށް ޒަލްޒަލާއެއް ގެނުވާފައެވެ. ދެންމެއަކާ ޖެހެންދެން ތަރުތީބުކަންމަތީ އޮތް ސިޓިންގ ރޫމް ހީވަނީ ނަގޫ ރޯޅިއެއް އަރާފަ އޮތްހެނެވެ. ޓައިލްސް ތަށް މަތި ފުރިފަ އޮތީ އޭތި މީތިންނެވެ. ޓީވީ ރެކް މަތީ ބަހައްޓާފަ ހުރި މާ ވަށިގަނޑުތަކާ ތަރުތީބު ކަންމަތީ ހުރި ނޫސް މަޖައްލާތަކާ ފޮތް ތަށްވެސް ހުރީ އެތަން މިތަނަށް އުކާފައެވެ. މޭޒް މަތީ ހުރި ބައެއް ތަށިތަކުގެ ބިއްލޫރި ކޮޅުތަށް ވެސް އެތަން މިތާ ހުރިއިރު އޭރުވެސް މާޔާ ހުއްޓާނުލާ ކަރުބުޑުން ހަޅޭއްލަވަމުން އޭނާގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. ރިފާއު ފެންއިރަކަށް ސޯފާގައި ހުރި އެއްޗެހިތަށް ނަގާ ރިފާއު އާ ދިމާލަށް އުކަން ފެށިއެވެ.
” ޔޫ އާރ މައިން…ދުވަހަކުވެސް އެ ޝާޔަން އަކަށް މަގޭ ރިފާއުއެއް ނުލިބޭނެ..” މޮޔައަކު ފަދައިން މާޔާ ހަޅޭއް ލަވަމުން ދިޔައެވެ. ބަސް ހުއްޓިފަ ރިފާއުއަށް ހިނދުކޮޅަކު ހުރެވުނެވެ. މާޔާ ގެ ސިކުނޑި މުޅި އަކުން ހަމަނުޖެހޭ ކަން ރިފާއު ގެ ހިތް ވިސްނައި ގަތް ވަގުތު ކޮޅަކީ އެއީއެވެ.
ނޫނީ މާޔާއަށް އެވަނީ ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކޮށްފަ ހެއްޔެވެ.
” ރިފާއު ނުލިބިއްޖާ އަހަރެން އަމިއްލައަށް މަރުވާނަން..މިދުނިޔެއަކު ނުހުންނާން..” މާޔާ ރޮއެރޮއެފާ ގޮވަމުން ދިޔައެވެ.
“ދެން އެހެންވީޔާ ވެބަލަ..މަށަށް ކީއް..އަމިއްލައަށް މަރުވީމަ ދެވެނީ ސުވަރުގެއަށްތަ..މާ މޮޅުކަމަކަށް ހަދާފަ އެހެން ތިކިޔަނީ..” ރިފާއު ހަޅޭއްލަވައިގަތެވެ.
” މާޔާ މޮޔަވީތަ..ހުއްޓާލާ” ރިފާއު ހަރުކަށި ކަން ދައްކަމުން މާޔާއާ ގާތް ވާން ފެށިއެވެ. އޭނާ ފޫޓެއްހާ ދުރުމިން ހުންނަވަރަށް މާޔާ އާ ގާތްވެފަ ކުއްލިއަކަށް މާޔާގެ ދެއަތުގަ ބާރަކަށް ހިފެހެއްޓިއެވެ.ދެން އޭނާ ދަމާފަ ކަހަލަ ގޮތަކަށް ގަދަކަމުން މާޔާ އެގެއިން ނެރެން ދޮރާ ދިމާލަށް ގެންދިޔައެވެ. އޭރުވެސް މާޔާ ތެޅި ތެޅިފާ ހަޅޭއްލަވަނީ އެވެ.ރިފާއު މާޔާ ވެލިގަނޑުމައްޗަށް ހޫރާލާފަ ގެއަށް ވަދެ ދޮރުޖަހާ ތަޅުލައިފިއެވެ. ކަންކުރެވުނު ގޮތުން މާޔާގެ އަތަށް ތަދުވާނެ ކަން އެނގުނަސް އޭނާގެ ހިތުގަ ހަމްދަރުދީއެއް ނެތެވެ.
” ގަދަ ބާރުން ރިފާއުއަށް މިގެއިން އަހަރެން ނެރެވިދާނެ…އެކަމު ދުވަހަކުވެސް ރިފާއުއަކަށް ރިފާއުގެ ދިރިއުޅުމަކުން އަހަރެން ނެރެ އެއްލައެއް ނުލެވޭނެ..” ކުއްލިއަކަށް މާޔާގެ އަޑު އިވުމުން ރިފާއު ބަލައިލިއިރު ހުޅުވާފަ ހުރި ސިޓިންގ ރޫމްގެ ކުޑަ ދޮރުން މާޔާ ހުރީ ގޭތެރެ އަށް ވަދެއެވެ. މާޔާގެ އަޑުގަ ވަނީ އިންޒާރުގެ އަސަރުތަކެވެ.
ރިފާއުގެ ބޯ ގޮވައިފިއެވެ.މި އަންހެން ކުއްޖާއާ މެދު ކަންކުރަންވީ ކިހިނެއްކަމެއްވެސް އޭނާގެ ސިކުނޑިއަކަށް ނައެވެ. ހަރުކަށި ކަން ދައްކައިގެން މައިތިރި ނުކުރެވޭނެ ކަން އޭނާއަށް ވިސްނުމުން ހިމޭންކަމާއެކު ވިސްނައިދެވޭތޯ ރިފާއު މަސައްކަތް ކުރިއެވެ.
ރިފާއު ބަލަހައްޓައިގެން ހުއްޓާ މާޔާ މަޑުމަޑުން ހިނގާލަފަ އައިސް ރިފާއުގެ ގާތަށް ހުއްޓިއްޖެއެވެ.އޭރު މާޔާގެ ރުޅިގަނޑު ވަނީ ފިނިވެފައެވެ.ހޯސްލާފަ އޭނާ ގެ ލޮލުން ކަރުނަ ތަށް ފައިބަމުން ދިޔައެވެ. މާޔާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފެނުމުން ހަތަރު ކަޅި ހަމަކޮށްލައިގެން ކެއްކޮށްލުން ރިފާއު އަށް ވީ ދަތިކަމަށެވެ. އޭނާ މަޑުމަޑުން ހިނގާލާފަ ގޮސް ކުޑަދޮރު ކައިރިއަށް ހުއްޓި މާޔާއަށް ފުރަގަސް ދިނެވެ.
” ރިފާއު ކީއްވެ އަހަންނަށް ތިހެން ތި ހަދަނީ..” މާޔާ އަށް ގިސްލަމުން ބުނެވުނެވެ. ރިފާއުއަށް ލޯ މަރާލެވުނީ އެއަޑުގަވާ ވޭން އިހްސާސް ވުމުންނެވެ. އޭނާއަށް ހިންދިރުވާލެވުނެވެ. އެއީ އޭނާވެސް ޝާޔަން އާ ހަތަރުކަޅި ހަމަކޮށް ކުރަން ބޭނުންވާ ސުވާލެކެވެ. މާޔާގެ ހިތަށް ކުރަމުންދާ އަސަރު ރިފާއުއަށް އިހްސާސް ކޮށްލެވުނެވެ.ފިނިހިތަކުން ފުރަތަމަ ފަހަރަށް އޭނައަށް މާޔާ އާމެދު ވިސްނާލެވުނެވެ. ހުދު އޭނައަށް ވެސް މިއަދު ޖެހިފަ ވާ ހާލަކީ އެއީ އެވެ.
ރިފާއު މާޔާ އަށް ރީތިގޮތުގަ ވިސްނައިދޭން ބުނަންވި އެއްޗަކާމެދު ވިސްނާލިއެވެ.އޭރުވެސް ފަހަތުގަ ހުރެގެން މާޔާ ގިސްލަމުން ދިޔަ އަޑު އިވުނެވެ. މާޔާ މަޑު މަޑުން އައިސް ފުރަގަހުން ރިފާއުގެ ހަށިގަނޑުގަ ބައްދާލިއެވެ. މާޔާގެ އަތް ދުރުކުރާނެ ހިތްވަރެއް ރިފާއުއަކަށް ނުލިބުނެވެ. އޭނާ އަށް ހަރަކާތެއްވެސް ނުގެނެވިފަ އެހުރި ގޮތަށް ހުރެވުނީއެވެ.
” އަހަރެން ވަރަށް ލޯބިވޭ..ވަރަށް ވަރަށް ބޮޑަށް….ޕްލީޒް ޑޯންޓް ޑޫ ދިސް ޓްމީ..” އެހުރިގޮތަށް ބައްދާލައިގެން ހުރެ ގިސްލުމުގެ ތެރެއިން މާޔާ ބުނެލިއެވެ. ރިފާއުގެ ހިތަށް ފުން އަސަރު ތަކެއް ކުރަމުން ދިޔައީ މާޔާގެ ވާހަކަ ތަކުންނެވެ. މޭމަތިން މާޔާގެ އަތްޖެހިފަ ހުރި ހިސާބަށް ފިނިކަމެއް އިހްސާސް ވެ އެހިސާބު ތެމެމުން ދިޔަހެން ރިފާއުއަށް ހީވިއެވެ. އޭނާ އިސްތިރިކޮށްލަމުން ބަލައިލުމާއެކު ދެލޯ ބޮޑުވިއެވެ. މޭމަތިން އޭނާގެ ޓީޝާޓް ލެއިން ފޯވަމުން ދިޔައެވެ. ރިފާއު މާޔާ ގެ ދެއަތުގަ ހިފަހައްޓަމުން އޭނާއާ ދިމާލަށް އަނބުރާލުމާއެކު ފެނުނީ މާޔާގެ ދެލޯ މެރެމުން ދިޔަތަނެވެ. އެއާ އެކު މާޔާގެ ވަރުނެތް ހަށިގަނޑު ރިފާއުގެ އަތު ތެރެއަށް ދެމިއްޖެއެވެ.
( ނުނިމޭ)
1323 Comments
Comments are closed.
cuty
August 18, 2016 at 9:37 pmme first dhw……. varah thihthi ingey reesham
reesham
August 18, 2016 at 9:38 pmthanks cutyy…yes u r first..
reesham
August 18, 2016 at 9:38 pmmivaahakaves now nimen kairivehje kudhinney..dhn iny 3 varakah parts
juma
August 18, 2016 at 9:41 pmVvv nice maa kuryyy thankolheh story dhigukhba
reesham
August 18, 2016 at 9:44 pmthanks juma..
cuty
August 18, 2016 at 9:45 pmmaaya maruvy tha reekko
cuty
August 18, 2016 at 9:46 pmavahah bunebala reekko
Sinookko
August 18, 2016 at 9:50 pmV salhi
reesham
August 18, 2016 at 10:02 pmdhn tmrw night kiyaalyma egeyneyy cutyy..igeyy..tmrw night kiyaalaafa comment kohlaacheyy…thankss sinookko
Shara
August 18, 2016 at 10:23 pmV v reethi mi stry ,,,ekn maa avahah nimeythy dherave,,
Reesham
August 18, 2016 at 10:27 pmThanks shara..mi story nimunyma miah vure dhigukh ehn story eh iraadhu kurehvyya genesdheynan
Shara
August 18, 2016 at 10:49 pmThnx,, reesham…..keeeeep it,,, ????
Meera.
August 18, 2016 at 10:58 pmI want a happy ending.
Reesham
August 18, 2016 at 11:31 pmThankss meeraa..bt ending emme happy nuvedhaane faharehga
cham
August 19, 2016 at 12:13 amVarah obi an asarugadha story eh… Hope next part adhi mi part ah vuren nice vaaneh kamah…
bella
August 19, 2016 at 12:17 amNice 🙂
sabeeha
August 19, 2016 at 7:59 amnice…??
SanaSaeedh
August 19, 2016 at 8:30 amAsluves hyves nuvey my reesham ge first story hen ehaaaves reethi
Keep it up igey
You are a g??d writer
SanaSaeedh
August 19, 2016 at 8:37 amKaaku tha mi reesham ge namuga replay rurany
Ey ey ky reesham he comment eh noon eynage comment hunnaany green kulaiga registry nururaa kiyuntheringe comment gray kulaiga admin ge comment red and registry vefathibey kiyuntheringe comment blue
Thigothah hadhaakah nuvaane
Dhoguhedhyma dheveyny suvarugeah tha?
I hope ekan ekurifaraathakun ekan dhenthakuraaru nukuraanekamah
Hama bunelyigey ☺
SanaSaeedh
August 19, 2016 at 8:42 amKaakutha reesham ge namuga comment kurany???
Liyuntheriyaage comment huh nany green color ga ehnun tha???
Plx ekan kurifaraathakun dhenekan thakuraaru nukurahchey as a friend hama bunely ☺☺
reesham
August 19, 2016 at 9:23 amWow…thanks for the lovely comment sanasaeedh…
Reesham ah hadhaan nethi login nuve commnt kurevuny igey sanasaeedh…
mari
August 19, 2016 at 8:00 pmVv reethi
zoya
August 20, 2016 at 12:03 pmehaa reehchennoon….sorry